ދެކުނުގެ ރަށަކަށް އުފަން އަހުމަދު ނިޝާން ( އަސްލު ނަމެއް ނޫން)އަކީ ވަރަށް މަދުން ނޫނީ ނުޖެހޭ ކެންސަރުގެ ބާވަތެއް ކަމަށްވާ ޝޮފްޓް ޓިޝޫ ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ ޒުވާނެކެވެ. އުމުރުން 30 އަަހަރުގައި ނިޝާން އަށް ތަހައްމަލު ކުރަން ޖެހިފައިވާ މި ބައްޔަށް ރާއްޖެއިން ލިބޭނެ ފަރުވާއެއް ނެތް އިރު، އޭނާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުން ނޫން ގޮތެއް ނެތެވެ.
ސޮފްޓް ޓިޝޫ ސެރްކޯމާއަކީ ހަށިގަނޑުގެ ބައިތަކުގެ ވަށައިގެންވާ ހަށިގަނޑަށް ބާރުދޭ، އެހެނިހެން ގުނަވަންތައް ގުޅުވައިދޭ ޓިޝޫއިން ފެށިގެން ފެތުރެން ފަށާ ކެންސަރުގެ ބާވަތެކެވެ. އޭގެ ތެރޭގައި މަސް، ފެޓް، ލޭގެ ސެލްތައް، ނާރުތައް، ޓެންޑޮންސް، އަދި ހުޅުތައް ގުޅުވައިދޭ ބައިތައް ހިމެނެއެވެ. މި ބާވަތުގެ ކެންސަރުގެ 50 އެތައް ކެންސަރަށް ބެހިގެންދެއެވެ.
ފުރަތަމަ ހީކުރީ ޓީބީ ކަމަށް
ނިޝާންގެ ދައްތަ އައިޝާ ޝުޖޫން (އަސްލު ނަމެއް ނޫން) "ވަގުތަށް" ކިޔައި ދިން ގޮތުގައި މި އަހަރު ކުރީކޮޅު މާލެ އައީ ހުން އައިސް އަތުގައި ރިއްސާތީއެވެ. އަދި އޭރު ޑޮކްޓަރަށް ދެއްކުމުން ނިޝާންގެ ބައްޔަކީ ޓީބީ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އައިޝާ ބުންޏެވެ.
އައިޝާ ބުނީ އައިޖީއެމްއެޗްގައި ނިޝާން އެޑްމިޓްކޮށްފައި އޮންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.
" ރަށު ހޮސްޕިޓަލުން މާލެ ގެންނަން ބުނެގެން ގެނައީ. އައިޖީއެމްއެޗްގައި ގެނެސް އެޑްމިޓް ކުރީ. ދެން ސާޖަރީއެއް ހަދަން ޖެހިގެން އެ ސާޖެރީ އައިޖީއެމްއެޗުން ނުހެދޭތީ އޭޑީކޭއިން ސާޖަރީ ހެދީ. އެ ސާޖަރީއަށް ނެގި ސާމްޕަލްއިން ކެންސަރަށް ޑައިގްނޯސްވީ. އެއީ ރޯދަ މަހު،" އައިޝާ ކިޔާދިނެވެ.
ނިޝާންގެ ބައްޔަކީ ސޮފްޓް ޓިޝޫ ކެންސަރު ކަމަށް މިހާރު ޑޮކްޓަރުން ފާހަގަކުރި ނަމަވެސް، އޭނާގެ ކެންސަރުގެ ސްޓޭޖަކީ ކޮބައިކަން ރާއްޖެއިން އެނގޭކަށް ނެތެވެ. އެކަންވެސް ކުރެވެން އޮތީ ރާއްޖެއިން ބޭރަށް ދެވިގެންކަމަށްވާތީ ނިޝާންގެ އާއިލާގެ މެމްބަރުން ތިބީ އޭނާ ރާއްޖެއިން ބޭރަށް ގެންދެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.
"އެއްދުވަހުން އަނެއް ދުވަހަށް ކޮއްކޮގެ ހާލަތު ދަނީ ދަށަށް. އޭނާގެ ހާލަތު ފެނިފައި އަހަރުމެންގެ ހިތަށް ކުރާ އަސަރު އެނގޭނީ އަހަރުމެންނަށް. އޭނާގެ ގައިގައި އަޅާ ވޭނާއި ކެކުޅުން ފެންނާނީވެސް އަހަރުމެންނަށް. މޭގައި ފެން އުފެދޭތީ އޮންނަނީ ހޮޅި ގުޅާފައި. އެކަމަކާ ހުރެ އަޅާ ވޭން ވެސް ބުނެދޭން ނޭނގޭ،" އައިޝާ ބުންޏެވެ.
އައިޝާ ބުނީ އޭނާާގެ ކޮއްކޮގެ ހާލަތު ގޯސްވެ މިހާރު ތިން ފަހަރު މަތިން ލޭ ވެސް އަޅާފައިވާ ކަމަށެވެ. އަދި އޭނާ އަށް އިތުރު އެއްވެސް ފަރުވާއެއް ރާއްޖެއިން ދެވެން ނެތް ކަމަށާއި ރާއްޖެއިން ބޭރަށް ދާން އެހާ ބޮޑަށް ބޭނުންވާ ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ނިޝާންގެ ލިބޭ އެންމެ ބޮޑު ހިތްދަތިކަމަކީ، އޭނާގެ ގައިގައި އަޅާ ވޭނާއި ކެކުޅުން ބަލަން ތިބުން ނޫން އެހެން ގޮތެއް ނެތުމެވެ. އައިޝާ ބުނީ ނިޝާންގެ އަނބިމީހާ ރައުނާ ރަޝީދު (އަސްލު ނަމެއް ނޫން) މާލެ އައިސް ނިޝާން ކައިރީގައި ހުންނަން ޖެހިފައި ވަނީ ދަރިފުޅު ރަށުގައި ބަހައްޓާފައި ކަމަށެވެ.
" އޭނާގެ އަންހެނުން މާލެ އައިސް އެ ހުންނަނީ އެންމެ ދެ އަަަހަރުގެ ދަރިފުޅު ރަށުގައި ބަހައްޓާފައި އައިސް. ކިހާ އަސަރެއް ކުރާނެތަ. މިތަނަކުން ފަރުވާއެއް ލިބެނީކީ ނޫން. ބޭރަށް ގެންދެވޭނެ ގޮތެއް ނެތް." އައިޝާ ކިޔައިދިނެވެ.
ސަރުކާރުގެ މަސައްކަތް ހުއްޓައެއް ނުލާ
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މީހުން ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން 33 މީހަކު ރާއްޖެއިން ބޭރަށް ފޮނުވަން ނިންމިކަން ސަރުކާރުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފާހަގަކުރައްވާފައެވެ. އެ 33 މީހުންގެ ތެރޭގައި ނިޝާންވެސް ހިމެނެއެވެ.
ނަމަވެސް އޭގެ ފަހުން އޭގެ އަދާހަމައެއް ނުލިބޭކަމަށް އައިޝާ ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހޭ މީހުން ފުރުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާކަމަށެވެ.
" އެ މަސައްކަތް ހަމަ ކުރިއަށް ދަނީ. މެލޭޝިއާ އާއި ވެސް ސްރީލަންކާ އާއި ވެސް އިންޑިއާ އާއި ވެސް ވާހަކަދެކެވޭ އެބަ. އަދި އިންޑިއާ އިން އެންމެ ހޯޕްފުލްއީވެސް، އެކޮޅުން ލިބެން ޖެހޭ ހުއްދަ ނުލިބިގެން އަސްލު. މިކޮޅުން އަދިވެސް އެ މަސައްކަތް އެބަ ކުރޭ." އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އޭނާ ފުރުވާލުމުގައި ދިމާވާ ދައްޗަކީ ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ހުރުމުން ދިމާވާ ދަތިތައް ކަމަށާއި ސަރުކާރުގެ އުންމީދަކީ ވީއެންމެ އަވަަހަކަށް އެފަދަ ބަލި މީހުންނަށް ފަރުވާގެ ފުރުސަތު ހޯދާ ދިނުން ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުންދޭ ޖަވާބުތަކުން އާއިލާ ނާއުންމީދުގައި
އައިޝާ ބުނީ ނިޝާން އަށް ރާއްޖެއިން ބޭރަށް ދެވޭނެ ދުވަހެއް ސާފުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ގުޅުމުން އެ އިދާރާތަކުން އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށެވެ.
" އުންމީދެއްގައި މިތިބީ. އަޅުގަނޑުމެން އުންމީދު ކަނޑައެއް ނުލަން. އެކަމަކު އާސަންދައިން ވެސް ބުނަނީ ނޭނގެއޭ. ދޭ ޖަވާބުތަކުން ހިތް މަރާލަނީ. ނޭނގެއޭ. ނެތޭ ކުރާނެ ކަމެއް. ވަރަށް ހިތްދަތިވޭ. ގަބޫލެއް ނުކުރެވޭ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާ ކަމަކަށް. އަޅުގަނޑުމެން މިތިބީ ބަލި މީހާ އާއި އެކު ކަރަންޓީންވެގެން ވެސް ދާން. އިންޑިއާ އާއި ރާއްޖެ އާއި އެހާ ގުޅުން ރަނގަޅު އިރު މިކަން ނުވާންވީ ސަބަބެއް ނުވިސްނޭ،" އައިޝާ ބުންނެވެ.
ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާ ނަމަ އެފަދަ ބަލި މީހުންނަށް ނުދެވެންވީ ސަބަބެއް ނުވިސްނޭކަމަށް އައިޝާ ވަނީ ބުނެފައެވެ.
ކެންސަރު ބަލި މީހުން ރާއްޖެއިން ބޭރަށް ދާއިރު އާއްމުކޮށް ގެންދަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ކަމަށް ވާއިރު، އެ ހޮސްޕިޓަލުން ބަލި މީހާ އާއި ބެލެނިވެރިން ކަރަންޓީންކޮށްގެން، ފަރުވާ ދޭން ތައްޔާރަށް ތިބިކަމަށް މައުލޫމާތު ދީފައިވާކަން އައިޝާ ފާހަގަކުރެއެވެ.
އެހެންކަމުން ރާއްޖެއަށް އިންޑިއާއިން މީހުން ގެނައުމާއި، ރާއްޖޭގައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ފޮނުވާލެވޭ އިރު ކޮންމެހެން ފަރުވާ ބޭނުންވާ މީހުން ފުރުވާ ނުލެވޭތީ، އައިޝާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބޭސްފަރުވާ ނުލިބި ވެނާއި ކެކުޅުމުގައި ދުވަސްތައް ވޭތުކުރާ އައިޝާގެ އުންމީދަކީ މާދަމާވެސް ކޮއްކޮއަށް ފުރޭނެ ގޮތެއް މިންވަރު ކުރެއްވުމެވެ.
ބަނބުކެޔޮ ސަރުކާރަކަށް ނުވާނެ. ރައްޔިތުންނަށް ހައްގު މިންވަރަކީ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއް
އެހީ ދެވޭނީ އަސްލުނަމާއި ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމުން ނޫންތޯ.. ދެކުނު ރަށެއްގެ.. އަސްލު ނަމެއްގެ ބައެއް އިނގުނީމަ ދަންނަ މީހުންގެ އެހީ ދީލަވާނެ. ނޫނީ ހީވަނީ އޮޅުވާލުމެއްހެން
ވޯޓް ނުދޭތި
ހިތާމަ ހުރި ކަމެއް މިނޫން ދުވަހެއް އަހަރުމެން ދިވެހިންނަށް ނެތީބާ؟ ރާއްޖޭގައި ބޭސް ކުރެވޭނެ ގޮތެއް ހަމަ ދުވަހަކުވެސް ނުވާނެބާ؟ އިންޑިޔާ މީހުންނަށް އާދޭސް ކޮށް ލިބޭލާރި އެމީހުނަށް ދިނުން ހުއްޓުވަން ނުވޭބާ؟ މިފަހަރު މި ޕެންޑަމިކާހުރެ އިންޑިޔާ އަށް ދަތުރުކުރަން އުނދަގޫވުމުން ދެންވެސް މިކަމަށް ހައްލެއް ގެންނަން ސަރުކާރުން މަސައްކަތް ކުރާނެ ހެން ހިއެއްނުވޭ، އަހަރުމެން ވީ ދުނިޔެއުމުރު ބޭރު ގައުމަކަށް ބަރޯސާ ވާން، ފެއިލް ވެފަ އޮތް ސިއްޙީ ނިޒާމެއް ، ކުރިއަރުވަން ބޭނުންވާހެންވެސް ހިއެއްނުވޭ.
ކޮބާތަ ނިމިދިޔަ ފަސް އަހަރު ގެ ސަރުކާރުން އެޅި މޮޅު ހޯސްޕިޓަލް ؟؟؟؟
އެއީ ވަރަށް މޮޅު ހޮސްޕިޓަލެއް.. ތަޖުރިބާ ކުރިމީހަކައް އެކަން އެނގޭނެ. ފަހުން އެމީހުން ބޭރުކޮށްލީ
ސަރުކާރުން ބޭނުންވާ މީހުން ބޭރުން ވެސް ގެންނަނީ، ބޭރަށްވެސް ފޮނުވަން ބޭނުންވާ މީހުން ފޮނުވަނީ. ކީއްތޯ ވަނީ މިފަދަ ބަލިމީހުންނަށް ފަރުވާ ލިބޭނެ ގޮތެއް ހެދުން . ހިތަށް އަރާއިރަށް ފްލައިޓް ބާއްވާ. ޢިތްޒަތްތެރި ރައީސަށް ވޯޓްލީ އެންމެން ހެޔޮ ހެޔޮބަދަލަކަށް ޔަޤީން ކޮށްގެން. ދީނާއި ޤައުމާއި ރައްޔިތުން ޙިމާޔަތްކޮށް އުފާފަގަތި ދިރިއުޅުމެއް ހޯއްދަވާ ދެއްވާނެކަމަށް. މަޖިލީސް މެޖޯރިޓީ ލިބިފައި ، ރައްޔިތުން ނަށްޓަކައި ކިހާރީތިކޮން ކަންކަން ކުރެވުނީސް. އެކަމަކު. ރައީސްމީހާގެ ހިލަމެއް ނެތް .ބޮޑުވަޒީރޭ ކިޔާބޭފުޅަކު ތޯއްޗެ މިޤައުމު މިހިންގަނީ. އެންމެ އިސްކަން މިދެނީ ދީނާއި ޚިލާފުކަންކަން މިތާފަތުރަން . ހުރިހިތާމައެއްގެ ބޮޑު ކަމާއެވެ.
މަޖިލިސް ބޭއްވުނީމަ ނިމުނީ، ސިޔާސީ މަޤާމްތަކަށް އެކްޓިވިސްޓުން ލެވުނީމަ ނިމުނީ، ވަރަށް ސަލާމް
ޔާﷲ! ނިޝާން އަށާއި އެފަދަ އެހެން މީހުންނަށް ބޭސްފަރުވާ ކުރުމުގެ ފުރުޞަތު މިންވަރުކޮށް ދެއްވަވައި ފުރިހަމަ ޝިފާ މިންވަރު ކުރައްވަވާށި! އާމީން
ކީތްވެތޯ އަސްލުނަމާއި ރަށްވެސް ލިޔަން ފަސްޖެހެނީ!
ޢާއިޝާއަކަށް ބޭނގޭބާ މިކަމުގަ ރާއްޖެއިން ކުރެވޭނެ ކަމެއްނެތް ކަމެއް އަދި ޖަވާބު ދޭނީވެސް ކީކޭ ކިޔާފަތޯ ބޯޑަރތައް ހުޅުވީމަ ނޫންތޯ ދަތުރު ކުރެވޭނީ ވަރަށް ހިތްދަތި ކަމެއް އެކަމު ސަރުކާރަށްވެސް ކުރެވޭނީ ކޮންކަމެއްބާ މިފަދަ ހާލަތެއްގައި
ޢިސްކޮއް ތިބޭ މީހުންގެ އާއިލާއަކައް އެފަދަ ކަމެއްނަމަ ވަރައް ފަށޭހަ ވެދާނެ.. އާމު މީހުންނައް އެހާ ފަސޭހަ ނުވިޔަސް...
ހަމަކަން ދައްކަންޖެހޭ ދަޑިވަޅުގާ ގިނަފަހަރައް އޮންނަނީ ނުވެފަ.. ނުވަތަ އެއްފަޔައް ބަރުވެފަ އަދި ހިތްބޮޑުވެފަ..
(އެކަންކުރަން ހިތްބޮޑުވަނީ ނުވަތަ ހިތް ބުރަވަނީ..
..
** އިންސާފާ ހަމަ ހަމަ ކަމައް ލޯބިކުރުމަކީ މުސްލިމުންގެ އުސޫލެއް.. އެފަދައިން ވެލައްވާ..
** އޯގާތެރިކަން ދައްކަން ޖެހޭ ދަޑިވަޅުގާ އާގާތެރިކަމުގެ ބަދަލުގާ ބުރަހެލިކަން ނުދައްކާ..
** ބަހަނާތައް އިތުރުނުކުކޮއް.. ކަމުގެ ނަތިއްޔާ ނެރެދެއްވާ..
** ތިމާމެންގެ މަސްއޫޒުލިޔަތުތައް އުފުއްލުމުގާ ރައްޔަތުންނައް ބުރަ ނުޖައްސަވާ.. ( ރައްޔަތުމީހާ އައުމުން ތީ މިތަނުގެ ކަމެއްނޫނޭ. ނުވަތަ ތީ މިތަނާ ބެހޭ ކަމެއްނޫނޭ.. އެތަނުގެ ކަމެކޭ އެތަނައް ދިއުމުން އެނެއްތަނުގެ ކަމެކޭ ކިޔާ ރައްޔަތުމީހާ ދެކޮޅައް ދުއްވަދުއްވާފާ ތިމާމެންގެ މަސްއޫލިޔަތު ރައްޔަތުންނައް ބުރައަކައް ނުޖައްސަވާ..
..ރައްޔެތުމީހާ ގަނަތަޅުވާ ދުއްވުމައްވުރެން ސަރުކާރުގެ ތެރޭން ދޭންޖެހޭ ހިދުމަތްތައް ސަރުކާރުގެ އެއްއިދާރާން އެނެއް އިދާރާއާ މުއާމަލާތްކޮއް ރައްޔަތުމީހާއަށް އެ ހިދުމަތް ލިބިގަތުމުގާ ލުއިފަސޭހަތައް ހޯދާ ދިނުން އެއީ ސަރުކާރާއެ ސަރުކާރިގެ މުއައްޒިފުންގެ ޒިންމާއެއް.. އެ ޒިންމާ ހަދާން ނުނަތާލާ.. އިހުލާސްތެރިވޭ .. ހައްގުގޮތުގާ އާމުދަނީ ހޯދުމައް އަޒުމު ކަޓައަޅާ.. . .. ރައްޔަތުމީހާ ސަރުކާރުގެ އެހީތެރިކަމައް އެދެނީ އޭނާޔައް އެކަން ނުވެގެން.. (އޭނާ ގިނަފަހަރައް އެހާލަޔުގާ ހުންނަނީ ކަންބޮވުމާ ހާސްކަމުގެ ތެރޭ) އެހީތެރޮކަމައް އެދުމުން އެނެއްކާ އެނާ އެހީތެރިވުމުގެ ބަދަލުގާ އެތަނައް ދުއްވާ އެނެއްތަނައްދުއްވާ ގަނަތެޅުވުމުން ތިމާމެންގެ އިހުލާސްތެރިކަމާ އެހީތެރިކަން ކޮބާ...)
..
މަސް އޫލިޔަތު އަދާކުރުމުގާ އިހުލާސްތެރިކަމާ އެހީތެރިކަން ފޯރުވާދީ ނަމޫނާ ރައްޔަތުންނައް ދައްކަވާ...
ބޮކި ނަމުގަ ކޮމެންޓް ކުރި ކަނޑުކޮހާ ކަލޭ ހުރީ ބޮއެގެން ކަލެއަކަށް ނުފެންނާނެ އެޅި ހޮސްޕޓަލެއްވެސް ގެންގުޅުއްވި ތަސައްވުރެއްވެސް،ޔާމީން ކޮށްފަ ހުރި ކަންކަމުން މިއަދު މިވަރުވެސް މިވަނީ .ގެރި މޯދީއަށް ކުޑަމިނުން ފިލްޑް ހޮސްޕިޓަލް ގަނޑެއްވެސް އަޅާ ނުދެވޭ....ތިޔަކަހަލަ ގަމާރުން މިގައުމުން ބޭރުކުރަންވީ.....
ސަރަނގު އޮޅައިގެން ހިންދޫ ގެރި މިތަނަށް އަޢީ ކީއްކުރަން ....އޯޅުލައިގަނެ ގަނެ އުޅުނު ވައްތަރުން ހީވި ލައްކަ މޮޅެއް ވާނެޔޭ...