"ރޯދަމަސް އެއޮތް ބޯމަތިވަނީ ގެޔަށް ގަންނަން ބޭނުންވާ އެތަކެއް ސާމާނެއް އެބަހުރި. މިފަހަރު ހުރީ ރޯދަ އިނާޔަތުން ލިބޭ ލާރިކޮޅުން ކޮޓަރީގައި ކުލަސްވެސް ލާން ތައްޔާރުވެގެން. އެކަމަކު ބޮސް ބުނީ ރޯދަ އެލަވެންސް ދެވެން ނެތް ކަމަށް"

ފިހާރައެއްގައި 8 ގަޑިއިރަށްވުރެ ގިނަ އިރު ކޮންމެ ހަފްތާއެއްގެ 6 ދުވަހު މަސައްކަތް ކުރަމުންދާ ޒުވާނަކު ވަރަށް ހިތާމައާއެކު ކިޔާދިނެއެވެ.

ކިޔެވުން ނިންމާލުމަށްފަހު ކުރިއަށްދާނެ ދާއިރާއެއް ނޭންގިފައި ތިބި ޒުވާނުންނާއި ކޮންމެވެސް އެހެން ސަބަބަކާހުރެވެސް ފިހާރައިގައި ސޭޓަކަށް ނުވަތަ ސޭލްސް މަސައްކަތް ކުރާ ޒުވާނުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރޯދަ މަހު މިޒުވާނުން ކުރަން ބޭނުން ވެފައިހުރި ހުރި ކަންކަކަމާއި ތައްޔާރީތަކުގައި ތަޅު އެޅުވެނީ އެމީހުނަށް ޙައްޤުވާ ރޯމަހުގެ އިނާޔަތް ދިނުމަށް އެމީހުން މަސައްކަތް ކުރާ ފަރާތުން ހުރަސްއަޅާ ހިސާބުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުން ލާޒިމެވެ. މުސްލިމު، ބިދޭސީ މުވައްޒަފުންނަށް ރޯދަ އިނާއަތް ދިނުމަކީ އިހުތިޔާރީ ކަމެކެވެ. މިއަހަރުގެ އިނާޔަތް މިމަހުގެ 10 ގެ ކުރިން ދޭން ޖެހޭނެ ކަމަށް ލޭބަރ އޮތޯރިޓީންވަނީ އަންގާފައެވެ.

ނަމަވެސް ބައެއް ފަތާތްކަށް ރޯދަ އިނާޔަތުންވަނީ މަޙްރޫމް ކުރެވިފައެވެ. އެމީހުންގެ ކުށަކަށްވަނީ ދައުލަތުގެ އޮފީހެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒިފަކަށް ނުވުމުވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 81 ވަނަ މާއްދާގައި ބުނާ ގޮތުން، ރޯދަ އިނާޔަތް ނުދީ ހިފަހަށްޓައިފިނަމަ ލޭބަރ އޮތޯރިޓީއަށް ރޯދަ އިނާޔަތް ނުދޭ ކުންފުނި ތަކާމެދު ފިޔަވަޅު އެޅެއެވެ. މިގޮތުން ފުރަތަމަ ކަމަކަށް އޮންނަނީ ރޯދަ އިނާއަތް ދިނުމަށް ނަސޭހަތްތެރިވުމެވެ. އޭގެ ފަހުން ވެސް އެކަން ތަކުރާރުކުރާ ނަމަ 5،000ރ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުން ދޭ ހުއްދަތައް ބާތިލްކުރުން ފަދަ ފިޔަވަޅުތައް ވެސް މިޤާނޫނުގެ ދަށުން އެޅިދާނެ އެވެ.

ރޯދަ އިނާޔަތަކީ ކޮންމެ ވަޒީފާ އަދާކުރާ މުވައްޒިފެއްގެ ޙައްޤެކެވެ. މިޙައްޤުން ތިމާ އުނި ކުރާނަމަ އެކަމުގެ ޝަކުވާ ލޭބަ ރިލޭޝަން އޮތީރިޓީއަށް ކުރާށެވެ. މިދިޔަ އަހަރުވެސްވަނީ ރޯދަ އިނާޔަތް ނުދިނުމުގެ 43 މައްސަލައެއް ހުށައަޅާފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް އެއޮތޯރިޓީއިންވަނީ ރޯދަ އިނާޔަތް ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފިހާރާގައިނަކުއްޖެއް

  ޢަޅުގަޑަކައް ވެސް ނުލިބޭ ތިޔަ ރޯދައިނާޔަތެއް ރޯރައް ރެޑީވާން މަ ވެސް ބޭނުން ވާނެ ދޯ
  ސޯސެޑު ?

 2. އަހުމަދު

  މަކީސަރުކާރު މުވައްޒިފެން އަދިނުލިބޭ އިނާޔަތެއް

 3. Anonymous

  ކޮންމެހެން ރޯދައައް ކުލަލާން ޖެހޭތަ

 4. ސާންޑު

  ލޭބަރިލޭޝަން އޮތޯރިޓީއަށް ފިހާރަތަކުގަ އުޅޭމީހުންނަށް މައްސަލަ ޖެއްސޭނީވެސް އެމީހުންގެ ވަޒީފާ އެއްބަސްވުމެއް އޮވެގެންތާ.ގިނަ ފިހާރަތަކުގަ އުޅޭމީހުންގެ ވަޒީފާގެ އެއްބަސްވުމެއް ނޯންނާނެ.އަދި އޮޑިދޯނި ފަހަރުގަ އުޅޭމީހުންގެވެސް.

 5. އަހަންމާބެ

  2000 ރުފިޔާގެ މުސާރައެއްދޭ ކަމަށް މުސާރަ ކަނޑަޅާއި ޕެންޝަން އޮފީހަށް އޮޅުވާލާފަ ވިޔަސް ރޯދަ ޢިނާޔަތަކީ އޭނައަށްވެސް 3000 ރުފިޔާ ޙައްޤުވާ އެއްޗެއް، ފިހާރަތަކުގައި އުޅޭ މީހުންގެ ވަޒީފާއާގުޅޭ ލިޔެކިއުންތައް ހަމައަށް ހުރިތޯ ބަލައި ޗެކްކޮށް ފިޔަވަޅު އަޅަން ފެނޭ، ސަބަބަކީ ފިހާރަތަކުގައި ވަޒީފާދީގެން ގެންގުޅޭ މީހެއްގެ ކުޑަމިނުން ވަޒީފާދިންކަން އެނގޭނޭ ލިޔުމެއްވެސް ނޯންނާނެ، މިކަން ބަލަނީ ކޮންބައެއް، ބަލައި ފިޔަވަޅު އެޅޭނަމަ މިކަހަލަ އޮޅުވާލުންތަކާ ކުރިމަތިލާކަށް ނުޖެހުނީސް.

 6. ޢަންސަލް

  އަހަރެންނަކީ އަމިއްލަ ކުންފުންޏެއްގައި މަސަކަތް ކުރަމުން އަންނަ ޒުވާން ފިރިހެން ދިވެއްސެއް. އެހެން ނަމަވެސް އަދި ރޯދަ އިނާޔަތް ނުދޭ. މިދިޔަ އަހަރުވެސް ހަމަ މަސައްކަތް ކުރީ މިވަޒަިފާގަ. އެކަމަކު އެ އަހަރުގަވެސް ނުދޭ.
  ބުނާކަށްވެސް ނުކެރޭ. ވަރަށް ދެރަވޭ.

 7. ޓަސް

  ޢަހަންނަކީ ސަރުކާރު ވަޒީފާ އެއްގައި މަސައްކަތްކުރާ މީހެއް އެކަމަކު އަދި ރޯދަ އިނާޔާތް ނުލިބޭ

 8. ޢަންސަލް

  އަހަރެންނަށް އަދިވެސް ރޯދަ އިނާޔަތެއް ނުލިބޭ ރޯދަ އައިސް ބޯމަތި ވީއިރުގަ. ބުނަންވެސް ބޭނުން އެކަމަކު، ބުނެފިނަމަ މިވަޒީފާއިން އަހަރެން ކަނޑާވެސް ލާފާނެ. ދެން ކިހިނެެއް ހަދާނީ އަޅެ. މިހެން ހުންނަންވީތަ. މިދިޔަ އަހަރުވެސް ރޯދަ އިނާޔަތް ނުދޭ. އަނެއްކާ މިއަހަރުވެސް. ?