ގދ. ހޯޑެއްދޫގައި މި ފަހުން، އަންހެން ކުއްޖަކަށް ސިހުރު ޖެހިގެން ތަކުރާރުކޮށް ރުގްޔާކޮށްގެން ވެސް ރަނގަޅެއް ނުވިއެވެ. އަދި އެ އުނދަގޫތަކުން މިންޖު ނުވެ އުޅެނިކޮށް އެންމެ ފަހުން ކެންސަރު ޖެހި އަންހެން ކުއްޖާ ނިޔާވިއެވެ. ހޯޑެއްދޫގައި ހިނގި އެކަންތައްގަނޑަށް ފަހު، ރަށުގެ މީހުންގެ މެދުގައި އުފެދުނީ އިތުރު ބިރުވެރިކަމެކެވެ. ކޮންމެ މީހަކަށް ވެސް ސިހުރު ޖެހިދާނެ ކަމުގެ ބިރު ހީވިއެވެ.

ސިހުރާއި ހާހޫރަ އާއި ފަންޑިތައަކީ ދިވެހިންގެ ތެރޭގައި އާ ވާހަކަތަކެއް ނޫނެވެ. ރޫހާނީ ކަންކަމާއި ސިހުރުގެ ސަބަބުން އިންސާނުންނަށް ދިމާވާ ހިތްނުތަނަވަސްކަމާއި، އުދާސްކަން އަދި ނުރައްކަލުގެ ވާހަކަތަކަކީ އަބަދުވެސް ކަންފަތުގައި ހަރުލާފައި ހުންނަ ވާހަކަތަކެވެ.

ހަގީގަތަކީ ރާއްޖޭގެ އެކި ރަށްރަށުގައި ސިހުރު ހެދުން އިތުރުވަމުންދާ ކަމެވެ. ދާދި ފަހުން ގދ. ފަރެސްމާތޮޑާގައި ސިހުރު ހަދަމުންދާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ހޯޑެއްދޫގައި ވެސް އެފަދަ މައްސަލައެއް ފެންމަތިވެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހޯޑެއްދޫގައި ސިހުރު ހަދާ ކަމުގެ "އިނގިލި" ދިއްކުރެވިފައި ވަނީ ދެބައި އުމުރުގެ އަންހެނަކަށެވެ. އެ މައްސަލަ މި މަހުގެ ކުރީކޮޅު ފުލުހުންނަށް ރިޕޯޓު ކުރުމުން އަންހެން މީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ގެންދިޔައެވެ. އެ ރަށުން "ވަގުތަށް" ކިޔައި ދިން މީހުން ބުނި ގޮތުގައި ފަހަކަށް އައިސް ރަށުގައި ސިހުރު ހަދާ ކަމުގެ ވާހަކަތައް ވަރަށް ގަދައަށް ވަނީ ދެކެވެން ފަށައިފައެވެ. ރަށުގެ އެކި ގޭގެއިން އެކި އުމުރުފުރައިގެ އަންހެނުންނަށް ސިހުރު ޖެހިފައިވާ އިރު، އެމީހުންނަށް ސިހުރު ހަދަނީ ކާކު ކަން ނުވަތަ ކޮން ބައެއް ކަން ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ.

ހޯޑެއްދޫގައި ސިހުރު ހަދާފައި ހުރި ގަސްތަކުގެ ފޮޓޯ: ވަގުތު އިމޭޖަސް

ސިހުރުގެ އުނދަގޫ ބޮޑުވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔަ މީހަކު "ވަގުތަށް" ބުނީ އޭނާގެ މަންމަ އަށް އެންމެ ފުރަތަމަ ދިމާވާން ފެށީ ގައިގެ އެކި ތަންތަނުގައި ރިއްސައި ދިލަ ނަގައި ހުޅުހުޅުގައި ރިއްސައި ބޮލުގައި ރިއްސުން ފަދަ އުނދަގޫތަކެކެވެ. މަންމަ އަށް އުނދަގޫތައް ވާން ފެށުމުން، ފަރުވާ ކުރަން ފެށި ނަމަވެސް އެކަމުން އެއްވެސް ލުޔެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އިންޑިއާ އަށް ވެސް ދިޔަ އިން. މާލޭގައި ހުރިހާ ހޮސްޕިޓަލްތަކަށް ގޮސްގެން ވެސް އެއްވެސް ޑޮކްޓަރަކަށް ބައްޔެއް ނޭނގުނު. ދިވެހި ބޭސް ކުރެވުނު. ފަސް އަހަރުވެއްޖެ އަޅުގަނޑުމެން މިގޮތުގައި އުޅޭތާ. އެންމެ ފަހުން މަންމައަށް ހިރިނުލެވި ތަންމަތީގައި އޮންނަން ޖެހުނީ. އަޅުގަނޑުމެންނަށް ވެސް ގޮތް ހުސްވީ. އެންމެ ފަހުން އާއިލާއަށް ހެޔޮ އެދޭ މީހުންގެ ލަފައާ އެކު ރުގްޔާ ކުރަން ފެށީ. ކޮންމެހެން ސިހުރުކަން އެނގިގެނެއް ނޫން. އެކަމަކު ބޭހުން ރަނގަޅު ނުވެ ގޮތް ހުސްވީމަ ދެން އެގޮތަށް ދިޔައީ،" މަންމައަށް ދިމާވި ގޮތް ކިޔައިދެމުން ދަރިފުޅު ބުންޏެވެ.

އެމީހާ ކިޔައި ދިން ގޮތުގައި ރުގްޔާ ކުރަން ފެށުމާ އެކީގައި "އަރަން ފެށި ބާރާއީ" ދައްކަން ފެށި ވާހަކަތަކުން ސިހުރު ކަން އެނގުނެވެ. އަދި މާލޭގައި ރުގްޔާ ކުރުމަށް ފަހު، ރަނގަޅުވާން ފެށުމުން ރަށަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެ ގޯސްވީ ކަމަށް އޭނާ ބުންޏެވެ.

މައްސަލައިގެ "ފުނަށް" ވާސިލްވާން ފުލުހުންގެ ޓީމެއް ދިޔަ

އާއިލާ އިން ކިޔައި ދިން ގޮތުގައި ސިހުރުގެ ސަބަބުން އެ އަންހެން މީހާ އަށް ދިމާވާ އުނދަތަކަށް ހައްލެއް ހޯދަން ރުގްޔާ ކުރާތާ ދެ އަހަރުވެދާނެއެވެ. އެކަމުން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބުނު ނަމަވެސް އެއްކޮށް ރަނގަޅުނުވެ ހުރެ މިދިޔަ ރޯދަ މަސް ނިމުނުތަނާ އެ އަންހެން މީހާގެ ހާލު ވާރަށް ބޮޑަށް ގޯސްވިއެވެ. އެފަހަރު އޭނާގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔައެވެ.

"އޭރު މުޅި ރާއްޖެ އޮތީ ލޮކްޑައުންގައި. އެއް ރަށުން އަނެއް ރަށަށް ފުރައިގެން ދެވޭކަށް ނެތް. މި ރަށުގައި ރުގްޔާގެ ކަންކަން މޮޅަށް ދަންނަ މީހަކު ނެތް. އެކަމަކު ރަށުގެ އެކިއެކި އަންހެން ކުދިންނަށް ސިހުރުގެ ކަންކަން ދިމާވާތީ އެކި މީހުން އެމީހުންގެ އާއިލާގެ މީހުންނަށް ފަރުވާދޭން ރުގުޔާގެ އާޔަތްތައް ދަސްކޮށްގެން މީހުން އުޅުނީ. ސިހުރު ޖެހުނު މީހާގެ ގެއަށް ގޮސް ރުގްޔާ ކުރަން ފެށުމުން އޭނާ އަށް ސިހުރު ހަދާފައި ހުރިކަން ޔަގީންވި. އަދި ފުރާނައަށް ނުރައްކާވާކަން ވެސް އެނގުނު،" އާއިލާގެ މެމްބަރަކު ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެކަމަކު، މައްސަލައިގައި މީހަކު ހައްޔަރު ކުރަން ޖެހޭ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"މި މައްސަލައިގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ދަނީ ސުވާލު ކުރަމުން. މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވޭ. މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ ތަފްސީލް މައްސަލަ ހުށަހެޅި ފަރާތަށް ބަރާބަރަށް ހިއްސާކުރޭ. މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދޭ." ފުލުހުން ވިދާޅުވިއެވެ.

ސިހުރު ހެދީ ދަނޑެއް ހޯދުމުގެ ނިޔަތުގައި؟

އެނގިފައިވާ ގޮތުގައި ފުލުހުން އެ ގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ކަފުން ފޮތީގެ ފޮތިތައް އެކިތަންތަނުން ވީދައި ގޮށް ޖަހައި، އެ ގޮށަށް ޕިން ހަރައި، ކަރުދާސްގަނޑެއްގައި ލޮލެއް ކުރަހައި އޭގައި ރޮނގުތަކެއް ދަމާފައި ހުރިކަން ފާހަގަކުރެވުނެވެ. އެތަކެތީގެ ފޮޓޯތައް "ވަގުތަށް" ލިބިފައިވާ އިރު، އެތަކެއްޗާ ސިހުރު ޖެހިފައިވާ މީހާއާ ގުޅުމެއްވޭތޯ ފުލުހުން ބެލި ކަމަށްވެއެވެ. އަދި އެރަށުގެ މީހަކު ލައްވައި އެ ސިހުރުގެ ބާތިލަށް ގުރުއާންގެ އާޔަތްތަކުން ކިޔަވައި، އެގޭތެރޭގައި ތިބެ ނައްތާލާފައިވެއެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނީ މިކަމެއް ފެށުނީ މަންމަގެ އަތުގައި އޮތް ދަނޑެއް ހޯދުމުގެ ދަހިވެތިކަމުގައި މީގެ ފަސް އަހަރު ކުރިން ފެށިގެންނެވެ. ރުގުޔާ ކުރުމުގެ ތެރޭގައި އެ ދަނޑުގައި ހުރި ވަރަށް ބޮޑު ގަހަކަށް ސިހުރުހަދާފައިވާ ކަމަށް ފެނިގެން އެ ގަސްބުޑުން ކޮނެގެން ނެގިއިރު ގޮށްޖަހައި އައްސާފައިވާ ފޮތިތައް ފެނިފައިވެއެވެ.

ހޯޑެއްދޫގައި ސިހުރު ހަދާފައި ހުރި ގަސްތަކުގެ ފޮޓޯ: ވަގުތު އިމޭޖަސް

"އެމީހާގެ ގެއިން ފެނުނު އެއްޗެހި ނައްތާލައި ގަސް ނަގައި އަންދާލައި ސިހުރު ހަދާފައިވާ ކަމަށް ފެނުނު އެއްޗެހިތައް ނަތާލުމުން އަޅުގަނޑުގެ މަންމަ މިހާރު އެއްކޮށް ރަނގަޅުވެއްޖެ. އެކަމަކު އަޅުގަނޑު އެންމެ ބޮޑަށް ހައިރާންވަނީ އަޅުގަނޑުގެ މަންމަ ރަނގަޅުވުމުން މަންމަ ދެކިލަން އަންނަ ބައެއް މީހުން ރޮއެ ރޮއެފައި އެމީހުންގެ ގެއަށާއި އެމީހުންގެ ދަރިންނަށް ސިހުރު ޖެހިގެން ދިރިނޫޅެވިގެން އުޅޭ ވާހަކަ ކިޔައިދެނީ. އަޅުގަނޑުގެ މަންމައަށް އެކަންޏެއް ނޫން މިހާރު މި އެނގެނީ ސިހުރު ހަދާފައި ހުރީ. ހެޔޮ ނުވާނެ އިންސާނުންނަށް އަނިޔާކުރަން،" އެމީހާ ބުންޏެވެ.

ރަށުން ވާހަކަ ދެއްކި މީހުން ބުނީ އަންހެން މީހާ ރަށުގެ ވަލުތެރޭގައި އާއި އެކި ތަންތަނުގައި ގަސް އިންދައި އެ ގަސްތަކަށް ފެންއަޅާ ހަދާ މަންޒަރު އާންމުންނަށް ވަނީ ފެނިފައެވެ. އެ ގަސްތަކުގައި ފޮތިކޮޅުތައް އައްސައި ގޮށްޖަހާފައި ވާތީ، މި ގަސްތަކަކީ އެކި މީހުންނަށް ސިހުރު ހަދައި ސިހުރު ދިރުވަން ކުރާ ކަމެއް ކަމަށް މީހުން ތުހުމަތުކުރެއެވެ. އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ވެސް ވަނީ އެމީހުންގެ އާއިލާއަށް ސިހުރުގެ ވަބާ ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމުގެ އުނދަގޫ އިންތިހާއަށް ތަހަންމަލު ކުރަމުންދާ ކަމަށް ބުންޏެވެ.

"ވަރަށް ދުވަސްވެއްޖެ އަޅުގަނޑުމެން މި ހާލުގައި އުޅޭތާ. އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ޝައްކު ކުރެވޭ މީހާ ރަށުގައި މިހާރު ފަޅާއަރައިގެން މިއުޅެނީ. އަޅުގަނޑުމެންނަށް މިހާރު އެބަ އަޑުއިވޭ އެ އަންހެން މީހާގެ ބަލި އެނދުގައި އޮންނަ އޭނާގެ މުސްކުޅި މަންމަގެ ހަށިގަނޑުގެ ބޭނުންކޮށްގެން ވެސް ސިހުރު ހަދާކަން. ފުލުހުން މިއަންހެން މީހާގެ މައްސަލަ ސީރިއަސްކޮށް ބަލައި، އޭނާގެ ސިހުރުގެ ނުރައްކަލުން ހޯޑެއްދޫގެ ރައްޔިތުންނަށް ސަލާމަތް ކަން ހޯދައިދޭން ޖެހޭނެ،" އެމީހާ ބުންޏެވެ.

އެ ރަށުގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މީހާ އަދިވެސް ދިރިއުޅެމުން ދަނީ މިނިވަންކަމާ އެކީގައެވެ.

ސިހުރު ހެދީ ނައިމާ ދަރިއެއްގެ ފިރިމީހާގެ މަންމަ!

އުމުރުން 54 އަހަރުގެ ނައީމާ އަބޫބަކުރު (އަސްލު ނަމެއް ނޫން)އަށް ދިމާވި ސިހުރުގެ ބިރުވެރި ކަމަކީ އެހެން ދެވަނަ އިންސާނަަކަށް ކުރިމަތިވާން މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ހަތަރު ކުދިންގެ މަންމަ ކިޔައި ދީފައި ވަނީ ހިތްދަތި ބިރުން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެެކެވެ.

ނައީމާއަށް އެންމެ ފުރަތަމަ އުނދަގޫތައް އިހުސާސްވާން ފެށީ 2014 ގައެވެ. އެކަމަކު، މިހާރު ރުގްޔާކޮށްގެން ނައީމާގެ ހާލު ރަނގަޅެވެ.

ނައީމާ އަށް އެންމެ ފުރަތަމަ ދިމާވި އުނދަގޫތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުން އަދި ކަކުލުގައި ރިއްސުމުގެ މައްސަލަ ހިމެނެއެވެ. އަދި 2014 އިން ފެށިގެން އޭނާ އަށް އެކިވަރުގެ އުނދަގޫތައް ދިމާވަމުން ދިއުމާއެކު ތަފާތު އެކި ޑޮކްޓަރުންނަށް ދައްކައިގެން އޭނާގެ ބައްޔަކީ ކޮބާތޯ ހޯދުމަށް އޭނާ އާއި އާއިލާއިން އައީ މަސައްކަތް ކުރަމުންނެވެ.

ގދ. ހޯޑެއްދޫ

ނައީމާގެ ހަތަރު ކުދިންގެ ތެރެއިން ޝައިމާ އިސްމާއިލް (އަސްލު ނަމެއް ނޫން) ދިރިއުޅެމުން އައީ މާލޭގައި ކަމަށް ވާތީ އޭނާގެ އުފަން ރަށް ދޫކޮށް ވަރަށް ގިނައިން މާލެއަށް ޒިޔާރަތްކުރެއެވެ. އެގޮތުން މާލޭގައި އުޅުނު އިރު ނައީމާ އަށް ސިޑިން އަރާ ފައިބަން ވެސް އުނދަގޫވާކަން އޭނާގެ ދަރިފުޅަށް ވެސް ފާހަގަވިއެވެ. މަންމަގެ ކަންފަތަށް ދިމާވި މައްސަލައަކަށް ވެސް ފަރުވާ ހޯދި ކަން ޝައިމާ ކިޔައި ދިނެވެ.

"2016 ވަނަ އަހަރު މަންމަގެ ކަންފަތުގައި ލޯވަޅެއް ހުރެގެން އޮޕަރޭޝަނެއް ކުރި. ދެން މަންމަ އުޅެނީ އަބަދު އެ ކަކުލުގަ ވެސް ރިއްސާތީ. އެތައް ފަހަރަކު ބޮޑީ ޗެކަޕް ހެއްދުނު. ދިވެހި ބޭސް ވެސް ކުރި. ގޭސްކަމަށް ބެލެވޭތީ އެކަމަށް ވެސް ފަރުވާ ކުރިން. ދެން ދިވެހި ބޭސް ވެސް ކުރި. އަދި ކަށީގެ ކަމެއް ވީމަ ތެޔޮ ދަމައިގެން ވެސް ރަނގަޅުވޭތޯ ބެލި. އެކަމަކު މަންމަ ގައިގައި އަޅާ ވޭނަކަށް އެއްވެސް ބަދަލެއް ނާދޭ." ޝައިމާ ބުންޏެވެ.

ނައީމާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޑޮކްޓަރުންނަށް ދައްކައިގެންވެސް އޭނާގެ ބައްޔަކީ ކޮބައިކަމެއް ނޭނގުނެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތް ކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ތަކުރާރުކޮށް ފަރުވާކޮށްގެންވެސް ލުޔެއް ނުލިބި ވަނިކޮށް ނައީމާގެ ތިމާގެ މީހަކު އޭނާ އަށް ދިމާވާ އުނދަގޫތަކަކީ ސިހުރުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވެދާނެ ކަމަށް ލަފާ ކުރިއެވެ. އޭރު އޭނާ ހުރީ މާލޭގައެވެ.

މީގެ ތިން އަހަރު ކުރިން 2017 ގައި އޭނާއަށް ސިހުރު ޖެހިފައިވޭތޯ ބަލަން ކިޔެވުމުން، އޭނާއަށް ދިމާވި އުނދަގޫތައް ބަޔާން ކުރަން ދައްޗެވެ. ކިޔަވަން ފެށުމުން ނައީމާއަށް ވީ ބިރުވެރި ގޮތްތަކެކެވެ. ބަނޑު ފުއްޕަން ފެށީ މީހުން ހައިރާންކޮށްލާ ފަދަ ގޮތަކަށެވެ.

ބަނޑު ބޮޑުވަމުން ގޮސް ހީވަނީ 9 މަހުގަ ވިހަން ކައިރިވެފައި ހުރި މީހަކަށް ވުރެ ބަނޑު ބޮޑު. ކެތް ނުކުރެވޭ އޭނައަށް ތަދުވާ ވަރުން. އެ މަންޒަރު ފެނުނީމަވާ ގޮތް ބުނަން ނޭނގޭ،" ރުގްޔާ ކިޔެވި ދުވަހު އެކަންތައް ލޮލަށް ފެނުނު މީހަކު "ވަގުތަށް" ކިޔައިދިނެވެ.

ނައީމާ ފުރަތަމަ ހީކުރީ އޭނާއާ ރޫހާނީ ކަމެއް ލައިގަތީ ކަމަށެވެ. އެކަމަކު، ފަހުން އެނގުނީ އޭނާ އަށް ސިހުރު ހަދާފައި ހުރި ކަމެވެ. އޭނާ އަށް ދިމާވި ކަމަކީ އާއިލާގެ ގާތް މީހެއްގެ ސަބަބުން ދިމާވިކަމެއްކަން އެނގުމުން އެ ހަގީގަތް ގަބޫލުކުރުންވީ ދަތި ކަމަކަށެވެ. ހަށިގަނޑުގައި އަޅަމުން އައި ވޭނާއި ކެކުޅުން އިތުރުވެ މީގެ ދުވަސްކޮޅެއް ކުރިން ނައީމާ އަށް ދިމާވާން ފެށީ ހިތަށްވެސް ގެނުވަން އުނދަގޫ ކަންކަމެވެ. މިފަހަރު އޭނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް މި ސިހުރުގެ ކުޅިވަރު އޮތީ ގޮސްފައެވެ.

ޝައިމާ ބުނީ ރުގްޔާ ކުރަން ފެށުމުން ފެނުނު މަންޒަރުތަކަކީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ކަންކަމެއް ނޫން ކަމަށެވެ.

"މަންމަ ބާއްވާފައި އޮތް ތަނުގައި ނުޖެހި މައްޗަށް ހިއްލިފަ މަންމަ އޮތީ ބަލަބަލާ ހުއްޓާ ތަންތަން ދުޅަވެ ފުއްޕަނީ. ދެން އެހެން ބިރުވެރި އަޑަކުން ވާހަކަވެސް ދައްކަނީ. އެއީ ނައީމާގެ ގައިތެރޭގައި ވާ ޖިންނިގެ އަޑު. މަންމަ އެ ހާލުގަ އޮންނަތަން ބަލަން ކެތްވާނީ ކިހިނެތް؟ އަދި ފަހުން މަންމަ އަށް ވާހަކަވެސް ނުދެއްކޭ. މަންމަ އަނގަމަތީ ޓޭޕްގަނޑެއް އަޅާފައި އޮތްހެން ހީވަނީ،" ޝައިމާ ބުންޏެވެ.

މި މައްސަލަގަނޑު މިހާ ހިސާބަށް ގޯސްވެފައި އޮއްވައި މަންމަގެ ފުރާނަ ނެތް މަސްގަނޑު ފެނިދާނެ ކަމުގެ ބިރަށް ޝައިމާ ނުކުތީ އަމިއްލަ ނަފްސަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި ފުލުހުން މެދުވެރިވެގެން އެ މައްސަލަ ހައްލުކުރުމަށެވެ.

ރުގްޔާކޮށްގެން ޝައިމާގެ މަންމަ އަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބުނު ނަމަވެސް، އޭނާގެ މަންމައަށް ދިމާވަމުން ދިޔަ ކަންކަމަށް އަޅާނުލާ ތިބެވޭކަށް ނެތެވެ. އެއީ އޭނާގެ މަންމަގެ ހާލު ދެރަވެ، ފުރާނަ އާއި ހަނގުރާމަ ކުރާ ހިސާބަށް ކަންކަން ގޮސްފައިވުމެވެ. ފުލުހުން އެންމެ ފުރަތަމަ މި މައްސަލައިގައި ތުހުމަތު ކުރާ މީހާގެ މަންމަގެ ގެއަށް ގޮސްފައި ވަނީ މި މަހުގެ ކުރީކޮޅެވެ.

އެކަމަކު، ފުލުހުންނަށް ވެސް އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ހޯދިފައެއް ނެތެވެ.

ނައީމާ އަށް ސިހުރު ހަދަމުން އައިކަމަށް ތުހުމަތު ކުރާ އާއިލާއަކީ އެ ރަށުގެ ނުފޫޒު ގަދަ އާއިލާއަކަށްވުމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ދަތިތައް ދިމާވިކަމަށް ޝައިމާ ބުންޏެވެ. އެ މައްސަލައިގެ ތުހުމަތު ކުރާ މީހާގެ އާއިލީ ގާތް މީހުން މަތީ މަގާމުތަކުގައި ތިބުމުން އެ މައްސަލަ ބަލަން އުނދަގޫ ވެގެން އުޅެނީ ކަމަށް ރަށުގައި ދިރިއުޅޭ ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ.

ހޯޑެއްދޫގައި ސިހުރު ހަދާފައި ހުރި ގަސްތަކުގެ ފޮޓޯ: ވަގުތު އިމޭޖަސް

"އެންމެ ފުރަތަމަ ކޯޓު އަމުރަކާއި ނުލާ ފުލުހުން ވަތް އިރު، އެ މީހުންނަށް އެނގޭ ކޯޓު އަމުރު ނެތްކަން ކުރިން. އެތަނުން ވެސް ނުފޫޒު ފޯރުވާފައި. ދެން ފުލުުހުން ބުނި ފޮޓޯ މީސްމީޑިއާއަށް ނުލާށޭ ވެސް. އެހެން ބުނީމަ ވަރަށް ސުވާލު އުފެދޭ. އެތަނަށް ދިޔަ މީހުން ވަރަށް ރުން ކުރުކޮށް އެހެން ބުނީ،" ޝައިމާ ބުންޏެވެ.

ފުލުހުން މި މައްސަލަ ބެލި ގޮތާއި މެދު ހިތްހަމަނުޖެހިގެން މިހާރު މައްސަލަ ހުށަހަޅާފައި ވާނެ ކަމަށް ޝައިމާ ބުންޏެވެ.

މި މައްސަލަ ކުރިއަށްދާ ކަން ފުލުހުން ހާމަކުރި އިރު، އެ މައްސަލަ އަށް ސިޔާސީ ނުފޫޒު ފޯރާފާނެ ކަމުގެ ބިރު އެބައޮތްކަން ޝައިމާ ފާހަގަކުރެއެވެ.

ނައީމާއަށް ސިހުރު ހެދި ކަމަށް ތުހުމަތު ކުރާ މީހާ އަކީ ނައީމާއާ އާއިލީ ގޮތުން ދުރު މީހެއް ނޫނެވެ. އޭނާ އަކީ ނައީމާގެ ހަތަރު ކުދިންގެ ތެރެއިން ފައިނާ އިސްމާއިލް ( އަސްލު ނަމެއް ނޫން)ގެ ފިރިމީހާ ރުކްޝާން އަބޫބަކުރު ( އަސްލު ނަމެއް ނޫން)ގެ މަންމައެވެ.

މީގެއެތައް އަހަރެއް ކުރިން 2012 ގައި ނައީމާގެ ދިރިއުޅުން އޭނާގެ އުފަން ރަށަށް ބަދަލުކޮށް ރަށުގައި ދިރިއުޅެން ފެށި އިރު ވެސް އޭނާގެ ދަރިފުޅު ފައިނާގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައި އޮތް ދަނޑެއް އޮވެއެވެ. ނައިމާގެ އާއިލާގެ މީހަކު ކިޔާދިން ގޮތުގައި އެ ދަނޑަކީ ރިޝްފާންގެ އާއިލާގެ މީހުން ދަނޑު ހެއްދުމަށް ދަނޑު ނެގި އިރު ނަގާފައިވާ ދަނޑެކެވެ. އެކަމަކު، ދަނޑުގެ މަސައްކަތެއް ނުހިނގައެވެ.

ނައީމާ "ވަގުތަށް" ބުނީ އެ ދަނޑުގެ މަސައްކަތް ނުފަށައި އުޅެނިކޮށް ދަނޑުގެ މަސައްކަތް ކުރަން އޭނާ ނިންމީ ރުކްޝާންގެ މަންމަ ސަކީނާ ޝައުގަތު ( އަސްލު ނަމެއް ނޫން) އާއި ދެކެވުނު ވާހަކަތަކަކަށް ފަހުގައި ކަމަށެވެ.

ދަނޑު ހެއްދުމަށް ފަހު އެތަން ފަހުން ނައީމާގެ ނަން މައްޗަށް ވަނީ ބަދަލުކޮށްފައެވެ. ދަނޑުގެ ރަޖިސްޓްރީ ބަދަލު ކުރީ ފައިނާގެ ފިރިމީހާ ރުކްޝާން އަށް ވެސް އެނގިގެންނެވެ. އެ މައުލޫމާތު ރުކްޝާންގެ އާއިލާ އަށް ނޭނގި އޮތްކަން ނައީމާ އަށް އެނގިފައެއް ނެތެވެ. އެކަމަކު، އެ ދަނޑު ކޮންމެ ހާލަތެއްގައި ވެސް އަތުލާނެކަމަށް ސަކީނާ ވަނީ ބުނެފައެވެ.

"މި ރަށުގެ ފުދޭ ވަރަކަށް ގިނަ މީހުން ތިބި ތަނެއްގައި އޭނާ ބުނި ފަންޑިތަ ހަދައިގެން ވިޔަސް އެ ދަނޑު އަތުލާނަމޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސިހުރަކީ ނުބައި އަމަލެއް، ރާއްޖޭގެ ތާރީހުގައި ހިނގި ކަމެއް

ސިހުރުގެ ނަބައި އަމަލަކީ އިސްލާމްދީނުގައި ހަރާމްކޮށްފައި އޮތް ކަމެކެވެ. ސިހުރު ހަދާ މީހެއްގެ ހުކުމަކީ ކަނޑިން ޖަހައި މެރުމެވެ. އެކަމަކު، މި ފަހުން ރާއްޖޭގައި ސިހުރު ހަދައިގެން މީހަކު މެރި ހަނދާނެއް ނުވެއެވެ. ޝިރުކުގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ނުބައިކަން ބޮޑު މި އަމަލާ ގުޅިގެން ދީނީ އިލްމުވެރިން ވިދާޅުވަނީ ސިހުރުވެރިން ތައުބާވެ، އިސްލާހުގެ މަގަށް ރުޖޫއަވުމުގެ ދޮރު ބަންދުވެފައި ނެތް ކަމަށެވެ.

ދިވެހި ތާރީހަށް ބަލާ އިރު، އެނގޭ އެއް ކަމަކީ ރާއްޖޭގައި އެކި ޒަމާންތަކުގައި ސިހުރު ހަދާ އުޅުނު ކަމެވެ. ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު ގދ. ކާޑެއްދޫ ފަޅުވާން މެދުވެރިވީ އެ ރަށުގައި ހިނގައި ދިޔަ ވަރުގަދަ ސިހުރުގެ ހަނގުރާމައެއްގެ ތެރެއިން ކަމަށްވެއެވެ. ހުވަދު އަތޮޅުގެ އަތޮޅުވެރިޔާ ވީރުއަލިދީދީއަށް ސިހުރު ހަދައި ސައިތަށްޓަކަށް ވިހަ މަހެއްގެ ވިހަލައި ބޯންދީގެން އޭނާ މަރާލި ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށްޓަކައި ގއ. ނިލަންދޫ ހަކީމްދީދީ އާއި ގއ. ވިލިނގިލީ މީހަކު މަރުވެފައި އޮތް ކުޑަކުއްޖެއްގެ މޭގަނޑު ނަގައި ތެޔޮ ހޭނިކަމާއި އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި އަދަބަކަށް ބަޑި ޖަހައި މަރާލިކަން ތާރީހީ ލިޔުންތަކުން ފެންނަ އެބައޮތެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިހުރު ހެދި މައްސަލައެއް ވެސް ސާބިތުވިއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބަޔޯގްރަފީގައި އެމަނިކުފާނުގެ ވެރިކަމުގައި ދަރުބާރުގެއާ ދިމާލުން ކަނޑަށް ފާލަމެއް އަޅައި އެތަނުގައި ކާޅާއި ރަތް ހާ ކަތިލައި ކަނޑަށް ލޭ އަޅައި ސިހުރު ހެދި ކަމަށް ވިދާޅުވެ ލިޔުއްވާފައިވެއެވެ.

ސިހުރަކީ މީހުން މެރުމަށް ވުރެ ނުބައި ކަމެއް ކަމަށް ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކުން އެނގެއެވެ.

ސިހުރުގެ ސަބަބުން މުޖުތަމައު ރޫޅި އެކުވެރިން ހަތުރުންނަށްވެ، ނާމަންކަން ފެތުރި، ސިހުރުވެރިންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، އާއިލާތައް ރޫޅުމަށް މެދުވެރިވާ ކަމަށް ދާދި ފަހުން ސިހުރުގެ ނުބައިކަން ބަޔާންކޮށް ދިން ހުތުބާގައި ބުނެފައިވެއެވެ. އެ ހުތުބާގައި ވަނީ ސިހުރުވެރިންގެ ސަބަބުން ދުޅަހެޔޮ އެތައް ބަޔަކު ބަލި މީހުންނަށްވެ، އެތައް ބާއްޖަވެރިންނެއް އަބާއްޖަވެރިވެގެން ހިނގައިދާނެ ކަން ބުނެފައެވެ.

ހުތުބާގައި ބުނެފައި ވަނީ ސިހުރަކީ ގަދީމީ ޒަމާނުގައި ވެސް އަދި ޓެކްނޮލޮޖީގެ މި ޒަމާނުގައި ވެސް އިންސާނުންގެ ގައިގައި ވަކި ހިއްޕާލައިފައިވާ ބިރުވެރި ބަލިމަޑުކަމެއް ކަމަށާއި ސައްތައިން ސައްތަ ދިވެހި ގައުމުގައި ސިހުރު ހާހުރަ ގިނަވަމުން ދިއުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

ސިހުރުގެ އެތައް ނުބައި އަމަލު ރާއްޖޭގެ މި މުޖުތަމައުއިން ވެސް ހައިރާންވާ ވަރަށް ފެނެއެވެ. ނަމަވެސް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ބަލާއިރު މި ފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ކުރުން ވަނީ ދަތި ކަމަށެވެ. ދައުވާކުރުމާއި ސާބިތު ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

72 ކޮމެންޓް

 1. އާދަމް

  މިކަހަލަ ސަޙީޙް ފަ އިދާ ހުރި މަޢުލޫމާތު ހުރި ޚަބަރެ އް ގެނެސްދިން ކަމަ އްޓަކާ ލިޔުންތެރިޔާ އަށް ޝުކުރު ދަންނަވަން.

  285
  7
 2. ފަޚުރުއްދީން އަލް ރާޒީ

  ﷲ އަށް ޝަރީކު ކުރި ސިހުރުވެރިޔާ އިންސާފުގެ ކުރިމަ އްޗަ އް ގެނެސް ކަނޑިން ޖަހާ ބޯ ބުރި
  ކޮ އްލުމަށް ނިޔާކަނޑަ އަޅާ އެ ޙުުކުމް ތަންފީޒް ކުރުމަށް ވެރިންނަށް ގޮވާލަން....

  277
  4
 3. ބޯކިބާ

  އެއްކޮޅުން ދައްކާވާހަކަ މުޅިންވެސް މިއޮތީ. އެހެންވީމަ ގަބޫލުކުރަން ދަތި.

  45
  236
  • ޟމމދދ

   ކޮން އެއްކޮޅެއް. ސިހުރު ޖެހުނީމަ އިނގޭނީ ވާ ގޮތް. ސިހުރު ހަދާ މުޑުދާރު ކާފަރުގެ ކޮޅެއް ބަލާކަށް ނުޖެހޭ

   232
   10
   • ލޮލް

    ކަލޭ ތީ ސިހުރު ހަދާ މީހެކޭ މަ މިބުނީ، ދެން އެވީ ކަލޭ ބޯ ބުރި ކުރަން.؟ މިކަހަލަ ގަމާރުން ހުވާ....

    20
    55
    • ނަން

     ބަލަ ހެއްކާ ގަރީނާ އަކީވެސް ވާއެއް_ކޭ ގަމާރާ

     11
     1
  • ފަނީ

   ކަލެއަށް ސިހުރު ޖެހޭދޭ އާމީން

   7
   155
 4. މުހަންމަދު

  މި މާލޭގައިވެސް ތިޔަ ސިހުރުތަކުގެ ޝިކާރައަކައްވެފަ ތިބި އެތަކެއް ބަޔަކު އެބަތިބި.. މިކަންކަން ހުއްޓުވަން ފުލުހުންނެއް އުޅޭހެން ހިޔެއްނުވޭ.. ހޯމްއެފެޔާޒްގަ އެހެރީ މިނިސްޓަރަކައް ޝޭހެއް.. އަބަދުވެސް އޭނާގެ ވާހަކަތައް ހުންނަނީ ޖަލާއި ގުޅިފަ.. މިފަދަ މުހިންމު ކަންކަމަކައް ފިކުރެއް ހިންގައި ހަރުދަނާ ފިޔަވަޅެއް އަޅާކަށެއް އުޅޭ މަންޒަރެއް އަޑެއް ނާހަން.

  155
  3
 5. ޔަޝްފާ

  ތި ފަންޑިތަ ހެދި މީހާ އަށް އަދަބު ދީ! ހާދަ ހިތް ނުބި ނުލަފާ މީހާ ގަނޑެއް

  177
  4
  • ާައެމިނެމް

   ސިހުރުވެރިޔާ މިިހާރު ނަފްސާނީ ވެގެން ގެއިންވެސް ނުނުކުންނަ ކަމަށް ރަށު ތެރޭގަ ވާހަކަ ދެކެވޭ. ސިހުރުވެރިޔާގެ އާއިލާ މީހުންނާ ހެދި ސިހުރު ޖެހުނު މީހާގެ ދަރިންނާ ގާތް މީހުންނަށް މަގުދަނޑުގަ ހިނގޭ ވަރެއްވެސް ނޫން ކަމައް ވަނީ އެއްޗިހި ކިޔާވަރުން. ހަމަ ސީދާ ކަނޱަ އެޅިގެން ސިހުރުވެރިޔާ އަކީ ކާކުކަން އިނގޭ އިރު ގާނޫނުގަ އޮންނަ އަދަބު ދޭން ޖެހޭ!

   106
   5
  • ހެކި

   ކަފުން ފޮތީގެ ފޮތިތައް އެކިތަންތަނުން ވީދައި ގޮށް ޖަހައި، އެ ގޮށަށް ޕިން ހަރައި، ކަރުދާސްގަނޑެއްގައި ލޮލެއް ކުރަހައި އޭގައި ރޮނގުތަކެއް ދަމާފައި ހުރި
   މިވަރުންވެސް އެބުނީ މައްސަލައިގައި މީހަކު ހައްޔަރު ކުރަން ޖެހޭ މިންވަރަށް ހެކި ލިބިފައި ނުވެޔޯ

   22
   2
  • ހީ

   ހަމަޖައްސާ ބަދަލު ލިބޭނެ ދުވަހެއް ވޭ

   14
   1
 6. ރާގީ

  ރުގްޔާ ކުރާނެ ގޮތް: މަތި ނަގާފަވާ ފެން ޖަގެއް ނުވަތަ ބާދިލީއެއް ނުވަތަ ގައިގަ ހާކާވައްތަރު ޒައިތޫނި ތެޔޮ ފުޅިއަކައް މިދަންނަވާ ބައި އަޑުހަރުކޮއް ކިޔަވާށެވެ. އަދި އެޔައްފަހު ބަލި މީހާ ހެނދުނާއި ހަވީރު އެފެނުން ފެންވަރުވާގަ ހުޅުހުޅުގައި އާއި ގައިގަ ރުގްޔާތެޔޮ ހާކާށެވެ.
  ފެނައް ރޯސްވޯޓާރ އަޅެންވެސް ރަނގަޅެވެ. ރޯސްވޯޓާ ނުވަތަ ފިނިފެނަކީ ޖިންނީންނައް އޭގެ ވަސް އުނދަގޫ ކުރުވާއެއްޗެކެވެ. ކިޔަވާނީ މި ދަންނަވާ ތަރުތީބުންނެެވެ.އައޫޒު ބިސްމިކިޔާވާފަ.. 1 ފަހަރު ސޫރަތުލް ފާތިހާ..7 ފަހަރު ސޫރަތުލް ފަލަގް..7 ފަހަރު ސޫރަތުއް ނާސް..7 ފަހަރު އާޔަތުލް ކުރުސި.. 7 ފަހަރު ސޫރަތުލް އައުރާފްގެ 117-122 ވަނަ އާޔަތައް.. 7 ފަހަރު ސޫރަތުލް ޔޫނުސއ 79-82ވަނަ އާޔަތް...7 ފަހަރު ތާހާ ސޫރަތް 65-69 އަކައް.. 7 ފަހަރު ޔާސީން ސޫރަތް.. ފެން ނުވަތަ ތެލައް ގިނައިން ކިޔަވާފައި ބެހެއްޓިދާނެއެވެ އެކަމަކު ހަފްތާއަކު އެއްފަހަރު ކިޔެވުން ރަނގަޅު. ފަލަގް އަދި ނާސް ސޫރަތައް ފަހު އަރުރާފް، ތާހާ އަދި ޔޫނުސް ގެ އާޔަތްތަކަކީ ސިހުރު ބާތިލް ކުރަން ކިޔަވާ އާޔަތްތަކެވެ. އަދި ގިނައިން ކުރުސި ކިޔެވުންވެސް ރަނގަޅެވެ. ފެން އެޅުމުގެ ކުރީން ގޮއްމުށެއްގެ ފެން ބަލިމީހާއަށް ބޯންދިނުންވެސް ރަނގަޅެވެ.

  225
  6
  • ޒައީން

   ވަރައް ބޭނުންތެރި ކޮމެންޓެއް..

   91
   2
  • ޙުވާ

   ޙީހީ ހަލާ ކު

   11
   107
   • އަލިބެއްޔާ

    ސިޙުރަކީ ޙަޤީޤަތެކެވެ.

    58
    4
 7. އަހުމަދު

  ސިހުރު ހަދާ މީހުނައް ދީނުގައި ޮޮޮޮޮޮޮޮޮ އޮއިތް އަދަބު ދީގެން މިކަން ހައްލު ވާނީ. މަށައް އިނގޭގޮތުން އެއީ މެރުން

  142
  2
 8. ރަދީފް

  ވަރަށް ފުރިހަމަ ލިޔުމެއް! ޝުކުރިއްޔާ ނަޒާހަތު އަދި ވަގުތު ޓީމް.

  132
  3
 9. އެމަންޖެ

  ރޯޔަލް ބޭފުޅުންނަކައް އެއްވެސް ބަޔަކައް އަތެއް ނުފޯރުވޭނެ. މިހާރު މިގައުމުގެ ރޯޔަލުންނަކީ މޑޕ.

  99
  12
  • މުހައި

   ރޯޔަލް ސަފީހުން ވެރިކަމުގަ ތިބީ.

   41
   7
 10. ފެކްޓް

  ސިހުެުވެރިޔާގެ ޙުކްމަކީ ޤަތުލް ވާޖިބު. އެއީ ހަމަ ޝައިޠާނެއް

  127
  2
  • ނޫސްކިޔާމީހާ

   ތިޔަ ބުނާ ސިހުރު ހެދިމީހަކު ގެ ނަން ލިޔުނު ނަމަ އަސްލު ތީ ސިއްރު ކުރަން ހެޔޮވާވަރު ގެ ކަމެއް ނުން ތިޔަ މީހަކަށް އެކަޝީ ގެންވާ އަދަބެއް ދޭން ބޭނުން

   64
   4
 11. މުހަންމާ

  މިސަރުކާރުގެ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދަށް ބޮޑުބޭބެ ކިޔާ އާމިނާ މަނިކެ ކިޔާ މީހަކު މިޖަރީމާ ހިންގަނީ. އޭނާ އަކީ ގދ އަތޮޅު ކައިންސިލްގެ ރައީސް އެމްޑީޕީ ގެ މެމްބަރު ގެ މަންމަ. ފުލުހުންނަށް އޭނަ ހައްޔަރު ކުރާވަރުގެ ހެކި ލިބޭނެތޯ؟

  68
  3
  • މުހައްމަދު ޝާހް، ރ.ވާދޫ

   ނުބައި ނުލަފާ ޝައިތާނު. މިކަހަލަ ކޮންމެ މީހަކީ އެމްޑީޕީގެ ޝައިތާނީ މީހެއް. މިނުބައިމީހުން މެރުން ހައްގު.

   47
   10
  • ހެކި

   ކަފުން ފޮތީގެ ފޮތިތައް އެކިތަންތަނުން ވީދައި ގޮށް ޖަހައި، އެ ގޮށަށް ޕިން ހަރައި، ކަރުދާސްގަނޑެއްގައި ލޮލެއް ކުރަހައި އޭގައި ރޮނގުތަކެއް ދަމާފައި ހުރި.
   މައްސަލަބަލަން ބޭނުންނަމަ މިހިރީވެސް ހެކި ނޫންތޯ؟
   ސިހުރު ހަދާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އަދަބު ދީބަލަ

   14
   1
 12. ބިރުވެރި

  މީތި ކިޔާލާފަވެސް ބިރުގަނެއްޖެ. ހާދަ ހިތްނުބައި ހަސަދަވެރިންވެސް އުޅެއޭ ދޯ. އެކަމަކުވެސް މިހެން ހަދާކަށްނުވާނެ އެންނުން. މިކަހަލަ މީހުން ނުމަރައިފިއްޔާ ކުށެއް ނެތް އެތައް ބަޔަކު ވޭނާ ކެކުޅުމުގަ އުޅެންޖެހޭނީ.

  70
  1
 13. ޙުސޭނު

  ދިގުކޮށް ދަމާފަ އޮތް ހާސަރެއް ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ އޮއްޓަރެއް ނެތް.
  ޚަމަކު ނުދޭ..

  10
  95
  • ޙަސަނު

   ލާދީނީ އެމް ޑީ ޕީ ގެ ރޯޔަލް ސަޕޯރޓަރެއް ކަލޭތީ ދެން އަތް ޖަހާ

   42
   5
 14. ކޮލަމާފުށި

  ތީގެ މީހެއް އުޅޭ ކޮލަމާފުށީގަވެސް. އޭނަގެ އުނދަގޫ ނުޖެހޭ އަވަށްޓެރިއަކު ނެތް. މެދު އުމުރުގެ އަންހެނެއް. އޭނަގެ ހުރިހާ ދަރިންގެ ފިރިންނަށް ވެސް ހުންނަނީ ސިހުރު ހަދާފަ.

  43
  3
 15. އަޡު

  މިވެރިކަންބަދަލްނުވެ އެވެސް ރައިތައް އިންސާފްނުލިބޭނެ

  30
  5
 16. ސަރޭ

  ރައްޔަތުން ނުކުމެ ތިކަކޭގެ ސައިޒްކޮށް ލީމަ ރަގަޅުވާނެ ޕޮލިހުންނަށް ނުވިއެންނޫން

  53
  3
 17. Anonymous

  ދަންނަވަންތޯ އަޅުގަނޑު ރަށުގައި ހުރިއިރު ދިމާވި ހަގީގީ ހާދިސާއެކެވެ އަޅުގަޑަށް ހުވަފެނުގައި ފެންނަނީ އާދަޔާޚިލާފު ކަޅު ބިޔަ މީހެއް ކޮޓަރިއަށް ވަދެގެން އަންނަތަނެވެ އެޔާއެކު ދިއްލާފައވާ ލާވާ ލޭމްޕްގެ ހުޅުކޮޅު ގަދަ ވެސްނޫ ކުލަޔަށް ބަދަލުވިއެވެ ބިރުންގޮސް މަރުވާވަރުވެފައިއޮއްވާ ކުއްލިއަކަށް ހުވަފެނުގައި ފަލަގި ނާސި ސުރަތްތައް ކިޔެވެން ފެއްޓުނެވެ އެއާއެކު އަޅުގަނޑަށް ހޭލެވިއްޖެއެވެ ހޭލެވެމުންދިޔައިރުވެސް އަޅުގަނޑުގެ ކިޔެވުމުގެ އަޑު އަޅުގަނޑަށް އިވެމުންދިޔައެވެ ހޭލާފައި ބަލާލިއިރުވެސް ކޮޓަރި ތެރެއޮތީ ހުވަފެނާ އެއްގޮތައް އަނދިރިކޮށެވެ ބައްތިވެސްހުރީ ނޫކުލައިގައެވެ އަޅުގަނޑު ހޭލެވުނީމަވެސް އަޑުގެ ކޮޅަށް މެދުކަނޑާނުލާ ގުރުއާން ކިޔަވަމުން ގެންދިޔައީމެވެ ހުވަފެނުގައިކިޔެވި ސޫރަތްތަކެވެ ކުޑައިރު ކޮޅެއްގެ ފަހުން ކޮޓަރިތެރެ އަލިވެ ސާފުވިއެވެ ބައްތީގެ ކުލަވެސް ކުރީގައި ހުންނަ ގޮތައްބަދަލުވެ ކޮޓަރިތެރެ އަމާންވިއެވެ މިއީ ހަގީގަތެކެވެ

  58
  3
  • ާައަފީ

   ބައްތި ދިއްލައިގެން މީހުން ނިދީ ކޮން ޒަމާނެއްގަބާ ?

   8
   14
 18. ހެޔޮނުވާނެ....

  ތިއީ އެއްކޮޅުގެ ވާހަކައެވެ. އަނެއްކޮޅުން ބުނަނީ ކީކޭ ކަމެއް ނޭނގެ އެވެ. މީހެއްގެ ބޮލުގައި ތިފަދަ ބޮޑުފާފައެއް ނުކުރަނިސް، ކުރިކަމުގެ އިލްޒާމް އެޅުވޭހެން ހާދަ ހީވެއެވެ. ކަލޭމެން ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަން ހެއްޔެވެ؟ ތިބުނާ ރުކްޝާން ފަކީރު މިހާރު އުޅޭނެ ޙާލާއިމެދު ހަމްދަރުދީ ވަމެވެ. ﷲގެ ޙަޟްރަތުން ތިރަށުފައި އުފެދިފައިވާ ބޮޑު ފިތުނަވެރިކަން ނެތިކުރައްވައި، ތިކަމުގައި ޙަޤީޤަތެއް ނެތްނަމަ އެކަމެއް ހާމަ ކުރައްވަވާށި! އާމީން

  43
  10
 19. ޑައި

  ޢަހަރުން ތިވާހަކަ ދެއްކިޔަސް ކުރާނެ ފައިދާ އެއް ނެތް. ލިބޭނެ އިންސާފެއްވެސް ނެތް. މިހާރުވެސް އެނުބައި ކަންކުރި މީހާ މިނިވަންކަމާއެކު އެބައުޅޭ. ސިހުރު ހެދިމީހަކު ބުނާނެތަ އަމިއްލައަށް ތިމަންނަ ސިހުރު ހަދަމޭ. ކަމާއިގުޅޭ އިދާރާތްތަކަށް މައްސަލަ ހުށަހެޅިޔަސް ކުއްވެރިވަނީ މައްސަލަ ހުށަހަޅާ ފަރާތް.
  އަހަރުން އުފަންވި ރަށަށް ދާންވެސް ބިރުން މިތިބެނީ ތިކަމަކާހުރެ.

  42
  3
 20. މަހުދީ

  ސިހުރުހަދާމީހުންނަކީ ނަރަކައިގެ އެންމެ އަޑީގައިވާ ތާއަބަދަށް އަޒާބުލިބިލިބި އެނަރަކައިގައި ތިބޭނެބައެއް. ދުނިޔޭގައިވެސް އެބައިމީހުންނަށް ދައްކަވާފަ ގެންދަވާނީ. ސިހުރުގެ ނުބައިކަމަކީ އެކަމަށް މަރުގެ ހުކުމް އައިސްފައިވާ ކަމެއް.

  36
  1
 21. މަ

  ސިހުރާއެއްޗެހި ޖެހެނީ ހެނދުނާ ހަވީރު ކިޔުމަށް ހުންނަ ދުޢާތައް ނުކިޔާތީ. ﷲ އެންގެވި ގޮތަށް އުޅުނީމަ ތި ކަންކަމުން ސަލާމަތް ވެވޭނީ.

  45
  6
  • މީ

   އިންޝާﷲ

   36
   1
 22. Anonymous

  ސައްތައިން ސައްތަ "ނަމުން" އިސްލާމުން. "އަމަލުން" ކާފަރު. އިސްލާމް ދީނުގައި ކުއްވެރިންނަށް ދޭންޖެހޭ ބޭސިކް އެންމެ ރޫލް އެއްވެސް ހިނގާ ތަނެއްތަ މީ.
  މި ޒަމާނުގައި ޖަލަކީ މިހާރުގެ ކޮލެޖްތަކަށްވުރެ ވަސީލަތް ގިނަ ތަންތަން. ޖަލުގެ އަޞްލު މާނަ އޮޅޭ ހިސާބުގަ.

  39
 23. ވަގުތު

  ލިޔުން ވަރަށް ފުރިހަމަ . ރުޤިޔާ ކުރުމަކީ ޤުރުއާން އަދި ސުންނަތުން ސާބިތުވާ ވަރައް އެކަން ކުރުން އަދި އެކަމުން ސަލާމަތް ވުން . އެކަން ކުރި ބަޔަކާއި އަދި އެކަން ކުރީ ކީއްވެގެންތޯ ބެލީމަ އެހިސާބުން ގޯސްވީ . އެހިސާބުން އެމީހަކަށް ވެސް އެހެދެނީ ސިހުރު

  27
  1
 24. ރުޤްޔާ

  މިއުޅެނީ އެއްވެސް މީހަކު އެއްވެސް ސިހުރެއް ހަދައިގެނެއްނޫން. މީހަކު ފުރޭމްކުރުމަށް ހިންގާ ބޮޑު ޖަރީމާއެއް. މިވީޑިޔޯ ފެންނަ ދަބަހާއި ދަބަހުގައިހުރި މީހެއްގެ މުދަލަށް ޤާނޫނީއެއްވެސް ހައިސިއްުޔަތެއް ލިބިފައިނުވާ ހޯޑެއްދޫގައި މާމޮޅަށް ރުޤްޔާކުރާކަމަށް ހެދިގެންއުޅޭ އަބްދުﷲ އަރީޝް ކިޔާ މީހަކު އަރައިގަނެ ގެއްލުންދީ ހަދާފައިވަނީ ޤާނޫނުތައް މުގުރާލުމަށްފަހު. މީނާއަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގައި އެފަދަ މަޤާމެއްގަ ހުރި މީހަކަށް ނުވާއިރު ޕޮލިހުން ހިންގި ބަލާފާސްކުރުމެއްގެ ތެރެއަށް އަމިއްލައަށްވަދެ ގެއެއްބަލާފާސްކޮށް މީހެއްގެ މުދަލަށް ގެއްލުންދީ މިއަމަލު ހިންގިއިރު މީނާއަކަށް އެއްވެސް މިންވަރަކަށް ނޭގުނު ތިމަންނާޢަކީ ޕޮލިހެއް ނޫންކަން. މިހިންގެނީ ޤާނޫނު ހުއްދަކުރާ ކަމެއްނޫންކަން. ގޯތިގެދޮރަށް ދީފައިވާ ހިމާޔަތާ ރައްކާތެރިކަން.

  10
  41
 25. ހަޤީޤަތް

  ހޯނޑެއްދޫ ރައްޔިތެއްގެ ހައިސިއްތުން މިކަމުގައި ބުނެލަން އޮތް ވާހަކައަކީ މިއީ އެއްވެސް ހަޤީޤަތެއް އެކުލެވޭ ވާހަކައެއްނޫން

  10
  41
 26. ސަލީމް

  އާޓިކަލް ކިޔާލުމުން ދޭހަވި ސިޙުރުހެދުމަކީ ދިވެހި މުޖްތަމަޢުގައި އެހާ ޢާންމު ކަމެއް ނޫންކަމަށް. ނަމަވެސް ސިޙުރަކީ މި 100% މުސްލިމް ގައުމުގަ ވަރުގަދަޔަށް ވަކިހިއްޕާފައިވާ ކަމެއް. މިއީ ޙަގީގަތެއްކަން އާޓިކަލްއިން ސިފަކޮށްދީފައިމިވާ ޙާދިސާއިން އެބަހާމަވޭ. ކޮންމެއަކަސް ވަރަށް ދެރަ، އަދި ހިތާމަހުރިކަމެއް! ސިޙުރުގެ ވަބާގެ ސަބަބުން ބޮޑެތި ވޭންތައް ތަޙަންމަލް ކުރަމުންނުދާ ބޮޑުމީހަކު ކީއްކުރަންތޯ ކުޑަކުއްޖަކުވެސް މިމުޖްތަމަޢުގައި މަދުވާނެ ..... ވާގޮތަކީ މީހުންނަށް ކުރިމަތިވާ އުދަގޫތަކުގެ ޙަގީގީސަބަބަކީ ކޮބައިކަމާމެދު އަޅުގަޑުމެގެ ބޮޑު އިންސައްތައެއް ވަނީ ނޭގުމެއްގައި...... މިސާލަކަށް ހޯނޑެއްދޫގައި ދިގުމުއްދަތެއްގައި ބޮޑެތިވޭންތަކެއް ތަޙަންމަލް ކުރަމުން އައިސްފައިވާ، އަދި ޑޮކްޓަރީ ފަރުވާ ހޯދުމަށް ލައްކައިން ޙަރަދުކޮށްފައިވާ (އޭގެތެރެއިން ބަޔަކު ދުނިޔެދޫކޮށްފައި) ބައެއް މީހުންގެ ތެރެއިން ސިހުރުއެއީ ޙަގީގަތުގައި ވާއެއްޗެއްކަންވެސް ގަބޫލުނުކޮށްތިބި ގިނަބަޔަކަށް މިހާރު މިއީ ޙަގީގަތެއްވާ ކަމެއް ކަމާއި، ބަޔަކު ހަމައެއްވެސް އެއްޗެއް ހިތަށްނައަރުވާ ފަސޭހަކަމާއެކު ކޮށްލާނުރައްކާ ތެރި ކަމެއްކަން ވިސްނޭނެކަމަށް ގަބޫލުކުރަން.
  ..... ސިޙުރު ހެދުމުގެ ވިސްނުމާހަމަޔަށް މީހަކުދަނީ ޙަސަދަވެރިކަމުގެ އަލިފާން އެމީހެއްގެ ހިތުގައި ރޯވެއަދަމުންގޮސް އޭނާޔަށް ދެންކެތްނުވާވަރު ވާހިސާބުން. ........ ސިޙުރުހެދުމަކީ އެކަންކުރާހިސާބުން މީހާދީނުން ބޭރުވެގެންދާކަމެއް. އޭނާޔަށް ޙަގީގަތުގައި ތައުބާވުމުގެ ފުރުޞަތެއް ނޯވެދާނެ!! .... މިސާލަކަށް މީހަކު ހެދި ސިހުރެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެސިހުރު ހެދިމީހާ ތައުބާވާން ބޭނުންވާހިދު އޭނާއެކަން ކުރާނީ ކިހިނެތްތޯ؟ ..... އެހެންކަމުން މިކަމަކީ ޢާންމުން މިކަމާއިދޭތެރޭ ހޭލުންތެރިވެ، އެބަޔަކު ނުވަތަ މީހަކުދަންނަ ސިޙުރުހަދާމީހަކު މުޖްތަމަޢުގައި އުޅޭނަމަ އެބަޔަކު އެކަންކުރިޔަނުދީ އެކަން އެއްކޮށް ހުއްޓުވަން ޖެހޭކަމެއް.

  21
  3
  • ރަމީޒް

   އެކަމައް ދީނުގައި ހައްލު އެބަހުރި.. އެއީ އެކަން އެނގި ސާބިތުވުމުން އެމީހުންގެ މައްޗައް މަރުގެ ހުކުމް ތަންފީޒު ކުރުމެވެ. އަދި އެފަދަ ކަންކަން ވުމާއި އެކު އަވަހައް ރުގްޔާ ކުރުމާއި އަދި ރަސޫލާގެ ސުންނަތުން މިފަދަ ކަންކަމުން ރައްކާތެރިވުމައް ކިޔަންޖެހޭ ދުއާތައް ކިޔުމާއި ފަރުލުތައް އަދާކުރުމާއި ގޭގައި ގުރްއާން ކިޔަވާއި ކުޑަކުދީންނައް އެގުރްއާން އުނގަންނާއިދީ ކިޔެވުމައް އާދަ ޖެއްސުމާއި ތިމާއަށް ލިބިފައިވާ ނިއުމަތްތައް ފޮރުވުމާއި އަދި ހަސަދަވެރީންނައް ރައްކާތެރިވުން ހިމެނެއެވެ.

   23
   2
  • ސިހުރު

   މިއަކީ %100 މުސްލިމް ޤައުމެއް ނޫން.

   12
   2
 27. ޑައިގެ އަމާ

  ޑައި އެންޑް އާއިލާ ރަށައް ނުދެވިގެން އުޅެނީ ސިހުރުގެ ސަބަބަކުން ނޫން.. ބުނަންވީނު ތިމަންނާމެންގެ ފެންވަރު ދައްވާނޭ ރަށު ފަސްގަނޑުގަ ފައި ޖެހުނީމަ.. ސިހުރޭ ހާހޫރޭ ކީޔާއިރު ފުރަތަމަ ﷲއެންގެވި ގޮތައް އުޅެބަލަ. ދެން ރުގްޔާގެ ނަމުގަިއި ޖިންނި ސައިތޯނުންގެ އެހީިގައި އެބައި މީހުންގެ ބަހައްހެއްލި އާއިލީ ގުޅުންތައް ކަނޑައި މުޖްތަމައު ފަސާދަ ކުރުމުގައި ހޭދެބައި ވަނީ.. އިސްލާމް ދީނުން ބޭރުވެ މުރުތައްދުވެ ށަރީިކުކުރުމުގައި. ޙަމަ އަންތަރީސްވެއްޖެ.

  7
  7
 28. ސާހިރު

  ސިހުރު ހެދިމީހަކު އެގުނީކިހިނެތްތޯ..މީހެއްގެ ބޮލުގައި ސިހުރުގެ ނަމުގައި ބަދުނާމު އެޅުވިގެން ނުވާނެ،..މިއީ ކޮން ހެއްކެއްގެ މައްޗަށް ދައްކާ ވަހާކަ އެއްތޯ..ސިހުރުގެ ނަމުގައި އިލްޒާމު އަޅުވައި ފިތުނަފެތުރުމަކީ ގާނޫނީ ކުށެއް..އެމައްސަލަ ބަލަން ޖެހޭ. އޭރުން ތާހިރުވާނެ

  10
  11
 29. ޭދަނޱު އަމާ

  މީހަކު ހަމަ ހުރެފަ ގޮސްފަ މީހެއްގެ ގެއަޔް ވަނީކީއެއްނޫން. ސިހުރުވެރިޔާ ހުރީ ގޭގެ ދޮރު ކުރިމައްޗައް ނުކުމެ މަށެއް ނޫނޭ ކިޔާލަ ކިޔާލަ. އޭރު އަދި މީހަކު ހޭވެސް އަހާނުލާ.
  ދެން ހޯނޱެއްދޫގެ ސިހުރުވެރިޔާގެ އާއިލާ މީހުން ބުނަނީ ސިހުރަކީ އެމީހުން ގަބޫލުކުރާ އެއްޗެއް ނޫނޯ! މީ މީހުންގެ ފެންވަރަކީ. ކީރިތި ގުރުއާން ގައި ބާވާލައްވާފައިވާ އެއްޗެއް ގަބޫލު ނުކުރެވޭ ބަޔަކަޔް ކޯންޗެއް ގަބޫލު ކުރަން އިނގޭނީ؟

  24
  3
 30. މުހައްމަދު ޝާހް، ރ.ވާދޫ

  ތިޔަ ނުލަފާ ޝިރުކުގެ ދިހުރުވެރިޔާގެ ނަން ހާމަކޮށް އޭނަ ބޭޒާރުކުރަންޖެހޭ.

  21
  2
 31. މަމޫ

  ސިހުރު ހެދި މީހުންނަށް މިދުނިޔޭގަ އުފަލުގަ އުޅެވިދާނެ.. އެހެން ދު ނިޔެއެއް އޮތްކަން ނޭގޭ ބައެއް ވިއްޔާ އެއީ.. ތިރަށައް ދާންވެސް ފޫހި ވެއްޖެ..

  25
  1
 32. ފިޔޯރީ ރައްޔިތެއް

  ތި އަތޮޅު ގދ. ފިޔޯރީ ގަވެސް އެބަހުރި ތިޔަށްވުރެ މާ ފުންނާބު އުސް ސިހުރުވެރިއެއް.

  13
  3
 33. ޟަރީ

  ޢެ އަންހެންމީހާ ކޮމެވެސް ގޮތެއް ހަދާ އޭރުން އެންމެން ސަލާމަތްވާނެ

  13
  2
 34. ކަހުރަބު

  ދިވެހި ޕޮލިހުންނަކަށް އެއްވެސް ވަރަކަށް އެއްވެސް ދާއިރާއަކުން އިތުބާރެއް ނުކުރަން ސިހުރަކަސް މަރަކަސް ވައްކަމަކަސް މިހެން ގޮސް ކިޔާނެ ކަމެއް ނެތް

  21
  1
 35. މާއުނގޫދޫ ރައްޔިތެއް...

  ށ.މާއުނގޫދޫގަ ވެސް ތިކަން ކު ރަމުން ދޭ. ކު ރާމީހުން ވެސް އިންގޭ. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ

  10
  2
 36. ވައުޒީން

  ސިހުރު ހަދާތަން ފެނިއްޖެއިޔާ އެކަން ކުރާ މީހާނހައްޔަރުކޮއް ކަނޑުފައްތާލާށެވެ. ސަރުކާރުން އެކަން ހައްލު ނުކުރިޔަސް އަމިއްލަ ނަފްސާއި އަނބި ދަރީންނާއި މައިންބަފައިން އަދި ރަށުގެ އެންމެހާ މައުސޫމުންނައްޓަކާ މިކަން ކުރަންޖެހޭ. ސިހުރު ވެރިޔާގެ ލޭ ހުއްދަ.

  21
  4
 37. ?

  މާމިގިލީ ގަވެސް އެބަ އުޅޭ! ?

  12
  3
  • ޙަހް

   ޢެކަން އެންމެނަށްވެސް އެނގެޔޭ...؟؟؟!!!!

   4
   1
 38. ހުވަދު އަތޮޅު

  މީހަކު އޭނާ ހިތާވި އަންހެން ކުއްޖަކު ސެޓް ކުރުމައްޓަކައި ރަށުގައި އުޅޭ ފަންޑިތަ ހަދާ މީހެއް ކައިރިޔަށް ގޮސް ހިތް ޖެހޭ ޒާތުގެ ކަމެއް ކޮށްދިނުމަށް އެދުނެވެ. އަދި އެމީހާ ދިން އަންނާރު ދަނޑިކޮޅެއް ހިފައިގެން ގޮސް އަންހެން ކުއްޖާގެ ގޭގެ އަލި ޖެހޭ ހިސާބުގައި ގޯތި ތެރޭގައި ވަޅުލިއެވެ. ކަންދިމާކުރި ގޮތުން އަންހެން ކުއްޖާ އެހެން މީހަކާއި ކައިވެނި ކުރީ އެވެ. ކައިވެނި ކުރިތާ 40 ވަނަ އަށް ވީ ދުވަހު އަންހެން ކުއްޖާގެ ބައްޕަ ނިިޔާވެއްޖެއެވެ. އެއްވެސް ބައްޔެގެ ޢަލާމާތެއް ނެތި ހަމަ ކުއްލި އަކަށް މަރުވެގެން ވެއްޓުނީއެވެ.

  8
  4
 39. ދޮންގޮމާ

  ޙުސްވެސްް މޮޔައިން ހުވާ....ބޯހަލާކު

  8
  11
 40. ކަނބުލޮ

  ދިވެހި ރާއްޖޭގަ ފުލުހުންނާ ދެންތިބި ބަޔަކާ މަގުމައްޗައްނެރެ ސްޓިކާ ޖެހުމާއި މީހުން ޖޫރިމަނާކޮށްގެން ލާރިގަނޑު ޖަހާލީމަ ނިމުނީ...... އެވިއްޔަ އެކަނި ކުށަކަށް މިފެންނަނީ ދެން ހުންނާނީ މުޅިންވެސް އަލިފުގަ އަބަފިލި.....

  13
  2
 41. ބަންޓީ

  އަނެއްކޮޅުގެ ވާހަކަވެސް އަހާލުން ރަނގަޅުވާނެ. "ލާހިކައެއްނޫން އެ ދަނޑުގައި އެހެންމީހަކަށް މަސައްކަތްކުރަން." މިކަމުގައި ސިހުރު ހަދާމިހާއާއި ސިހުރު ޖެހުނު މީހާއަކީ އާއިލީގޮތުން 3 ވަނަ ދަރަޖައިގެ ގާތް މީހުންނެވެ. ސިހުރު ޖެހުނު މީހާގެ ފަރާތުގެ މީހުންނަކީވެސް ދައުލަތުގެ މުހިންމު މަގާމުތަކެއްގައި ޚިދުމަތްކުރާ ބަޔެކެވެ. މިބުނި މީހުންނަކީ ބަޔަކާ ދެކޮޅަށް މަސައްކަތްކޮށް ވާހަކަ ފަތުރާ ބައެއްނޫނެވެ. ސިހުރިޖެހުނު މީހާގެ އަންހެންދަރިއަކާ ސިހުރު ހަދާމީހާގެ ކޮއްކޮގެ ދަރިއަކާ ކާވެނީގެ ގޮތުންވެސްވަނީ ގުޅިފައެވެ. ސިހުރަކީ ބައެއްފަހަރު އަނބިން ފިރިންނަށް އަދި ފިރިން އަނބިންނަށްވެސް ހަދާ އަދި ތިމާގެ ހިތުގައި ހަސަދައެއް އޮތްމީހަކަށް ހަދައި މަގްސަދުހާސިލުކުރާ ޝިރުކުގެ އަމަލެކެވެ. ފޮރިންމިނިސްޓަރާ ދެފަރާތްވެސް އާއިލީގޮތުން ގުޅެއެވެ. އެއީ މާލެއަށް ނިސްބަތްވާ އާއިލާއެކެވެ. ޚަބަރު ކިޔާލީމާ ވާނުވާނޭގޭވަރަށް ބަހުގެ އެތުރުން ގެއްލިފައިވާކަން ފާހަގަ ކުރެވެއެވެ. ކަމަކީ ހަމަ ހަގީގަތެކެވެ.

  7
  6
 42. އަލިބެ

  ޞިހްރު ގެ ކަންކަން ކުރާމީހުންނަށް ދުނިޔޭގައިވެސް ހިތްހަމަ ޖެހުމަެއް ނުލިބެއެވެ. ހަމަ އެހެންމެ އާޚިރަތުގައި ގަދަފަދަ ވެގެންވާ ޢަޒާބު މާތްﷲ ޞޥ ދެއްވާނެއެވެ. ޔާﷲ ޞިހްރުވެރިންގެ ކިބައިން އަޅަމެން ސަލާމްތަކުރައްވައި ޞިހްރު ހަދާ އުޅޭމީހުންނަށް ހެޔޮމަގަށް މަގުދައްކަވާންދޭވެ.

  11
 43. އަލީ

  ސިހުރު ހަދާ މީހުން މަރަން ވީ. ދީނުގަ އޮންނަގޮތަށް ހުކުމް ކޮށް ބަލަ .

  14
  2
  • ޢަހަރެން?

   ދެލޯފުޅާ ތިޔަކަމެއްވާ ނުކުރެވޭނެ މިތާކު...

   5
   1
 44. ހހހހހހހހހހހހހހހހހހހހހހހހހހހހހހހ

  އަހަރުމެން ރަށުގަ ތިކަން ނުކުރޭ ، މިރަށުގަ ކުރާ ހަމައެކަނި ހަރާން ކަމަކީ ބެރު ޖެހުން.

 45. މާމުއި

  ހުވަދޫ އަކީ ފަންޑީތާ ސީޙޫރޫގަ އަރާ ހުރި ބަޔެއް

 46. Anonymous

  އެމީހާއަށް ރުޤުޔާކުރީ އަދި ރަނގަޅުވީ ކާކު ރުޤުޔާ ކޮށްދީގެންކަން ބުނެލަދީބަލަ... އެމީހާގެ މައުލޫމާތު ވވވ ބޭނުން

  7
  2
 47. އަސްލުވެސް

  ލިޔުން ކިޔާލުމުން އެބަހީވޭ ނައީމައްތަ ނުހައްޤުން ދަނޑެއް އަތުލިހެން. އެވެސް ކަޑަ ކަމެއް. ހިތްނުތަނަވަސްކަން ކުރިމަތިކުރުވާ ކަހަލަ ކަމެއް. ގާތްތިމާގެކަން އެއްފަރާތްކޮށްލާފަ، ފުރާނައަށް ނުރައްކާވާ ހިސާބަށް މި ދަނީ ދަނޑެކަށްޓަކާ. ދުނިޔެއައްޓަކާ މަރުދަންޖެހެނީ. ސިހުރު ހަދައިގެން ނުވާނެ ސަކީނާއްތަވެސް. ދަނޑުހޯދަން އޮފީހާއި ކޯޓަށް ހުށައެޅިނަމަ، ބިރުނުދައްކާ. ސިހުރުހެދި ކަމުގެ ކުށް ސާބިތުވާނަމަ އިސްލާމްދީނުގަ ކަނޑައަޅާފައިވާ އަދަބުދޭންޖެހޭނެ.

  2
  1
 48. ފިޔޯރީ މުސްޠަފާ

  އެއީ ކާކު؟ ފިޔޯރީ ކާކުކަން ބުނެބަލަ؟

 49. ަނަންނަމުރާހި

  ރޫޙާނިއްޔަ ޢިލްމަކީ ސުވަދީވް (ހުވަދޫ އައްޑޫ ފުވައްމުލައް) ރައްޔިތުންގެ ޚާއްސަ ޢިލްމެކެވެ. ނަހަމަ ގޮތުގައި ބޭނުންކުރަނީ ބައެއް މީހުންނެވެ. ކޮންމެ ޢިލްމަކީ ވެސް އެއިން ނަހަމަ ގޮތުގައި ބޭނުން ކުރެވިދާނެ ޢިލްމެކެވެ. މިސާލަކަށް ގައިނީ ޑޮކްޓަރަކު ހަމަ އެކަނި އަންހެނުންގެ އައުރަ ބެލުމަށް ދަހިވެތިވެ އެކަން ކުރާ ނަމަ އެއީ ގޯހެކެވެ.

 50. ނުކިޔަވާސޮރު

  އިގްނޮރެންސް އިޒް ނޮޓް ބުލިސް

  1
  1
 51. ކޮންމެސް މީހެއް

  ތީކީ ދޮގެއްނޫން. ރ.ހުޅުދުއްފާރުގައިވެސް ތިނުންވާހަކައެއް ނެތް. އަހަރެންގެ ކާފަގެ ދަރިންކޮޅު ދުނިޔެއަޅާ ދިޔައީ ތިހާލުގައި. ދުނިޔޭގައި ތިބި މީހުންނަށްވަނީ ެ އޭގެ އަސަރުކޮށްފައި. ރަށުގައި ބުނީމަ ނޭންގޭ އެކަކުވެސް ނުހުންނާނެ. ފުލުހުން ބަލާ ފާސްކޮށްފައި އެބޭ ގެންގުޅުނު ފޮތްބޮނޑި ގެންދިޔާމަ ބުނިކަމަށްވޭ ފޮތްތަކޭ ގެންދެވޭނީ، ހިތުގައި ފޮރުވާފައިވާ އެެއްޗެއްސެއް ނުފޮހެވޭނޭ. ހާދަހާވާ ދެރަ ކަމެކޭ މީ.