ރޭޕް އާއި ޖިންސީ އަނިޔާގެ މައްސަލަތައް ސާބިތު ކުރަން މާ ގިނަ ހެކިތަކެއް ނުލިބެއެވެ. ރޭޕް ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށްވީމަ، ވީ އެންމެ އަވަހަށް ރިޕޯޓުކޮށް ވަކި ވަގުތެއްގެ ތެރޭގައި މެޑިކަލް އެގްޒަމިނޭޝަން ނުހެދޭ ނަމަ، ސިއްހީ ގޮތުން ވެސް އެކަން ސާބިތު ކުރުމަކީ ނާދިރު ކަމެކެވެ. ރޭޕް އާއި ޖިންސީ އަނިޔާގެ އަމަލުތައް ހިންގުމުން ވަގުތުން އެކަން ރިޕޯޓުކުރުމުގެ ހިތްވަރު އަދިވެސް ހުންނަނީ މަދު ބައެއްގެއެވެ.

އިންސާފު ލިބެން އޮތީ ރިޕޯޓުކޮށްގެން ކަމަށްވީ އިރު، އެފަދަ މައްސަލަތައް ރިޕޯޓު ކުރަން ޖެހިލުން ވަނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.

ހަގީގަތުގައި މިފަދަ މައްސަލަތައް ރިޕޯޓުކުރަން ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބަކީ މުޖުތަމައު ދެކޭ ގޮތެވެ. ރޭޕް ނުވަތަ ޖިންސީ ގޯނާގެ ޝިކާރައަކަށްވި މީހާ އުޅުނު ގޮތާއި އޭނާގެ މިޒާޖާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި ހެދުން އަޅާ ގޮތަށް ދާންދެން ބެލުމަށް ފަހު އޭނާއަށް ބަދުބަސް ބުނެ އަނިޔާ ލިބުނު މީހާ އަށް އިތުރު މަލާމާތާއި ފުރައްސާރަ އާއި ކުރިމަތިލާން ޖެހޭ ފަހަރު އަންނަނީ މަދެއްކޮށް ނޫނެވެ.

އެނގިގެން ނުވަތަ ނޭނގި ނަމަވެސް ރޭޕް ކުރާ މީހާ ދިފާއުކޮށް ވާހަކަދައްކާ މީހުން ތިބެއެވެ. އެކަހަލަ މީހުންނަށް ކިޔަނީ " ރޭޕް އެޕޮލޮޖިސްޓް" އެވެ.

ދަ ގާޑިއަން ނޫހުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އެންމެ އާއްމުކޮށް އެފަދަ މީހުން ބުނާ ވާހަކަ އަކީ ތިމަންނަ ވަރަށް ރަނގަޅަށް އެ އަންހެން ކުއްޖާ ނުވަތަ ފިރިހެން ކުއްޖާ ދަންނަ ވާހަކައެވެ. ރޭޕްގެ ޝިކާރައަކަށް ބުނާ އަންހެން ކުއްޖާ އަކީ ވިޔާ ނުދާ މީހެއް ކަމަށާއި އޭނާ އަކީ ހިލޭ ފިރިހެނުންނާ އެކު އުޅޭ މީހެއްކަމަށް އެފަދަ މީހުން ބުނެއެވެ. އެހެންކަމުން އެފަދަ މީހަކު ރޭޕްކޮށްފާނެބާއޭ ރޭޕް އެޕޮލޮޖިސްޓުން ސުވާލު އުފައްދައެވެ. އަދި ރޭޕްގެ ތުހުމަތު ކުރެވޭ މީހާއަކީ ވަރަށް ރަނގަޅު މީހެއްކަމަށް ގަބޫލުކުރެވޭނަމަ އޭނާ އާއި މާ ގާތް ގުޅުމެއް ނެތް ނަމަވެސް، ރޭޕް އެޕޮލޮޖިސްޓުން އެފަދަ މީހުން ދިފާއުކުރެއެވެ.

އެ ދިރާސާއިން ދައްކާ ގޮތުން ކުރިން ރިޕޯޓް ނުކުރީ ކީއްވެތޯ ސުވާލުކުރުމަކީ ވެސް ރޭޕް އެޕޮލޮޖިސްޓުންކޮށް އުޅޭ ކަމެކެވެ. ރޭޕްގެ ޝިކާރައަކަށް ވުމަކީ މީހާ އަށް ނަފްސާނީ ބޮޑު ޝޮކަކަށްވާ އިރު، އެ ހާލަތުން އަރައިގަންނަން ކިތަންމެ ދުވަހެއްވެސް ހޭދަވެދާނެއެވެ. އަދި ރޭޕް ނުވަތަ ޖިންސީ އަނިޔާ ލިބުނު ހާދިސާ ނިމުމަށް ފަހު އެ ހާދިސާ އާއި ގުޅުން ހުރި އަޑެއް، މަންޒަރެއް، ވާހަކައެއް، މީހެއް ފެންނަ ކޮންމެ ފަހަރަކު އަލުން އެ ހާދިސާ ދިމާވާ ކަމުގެ އިހުސާސް ކުރެވެއެވެ. އެހެންކަމުން އެ ކުށް ހިނގާ ވަގުތު ރިޕޯޓްކުރުމުގެ ހިތްވަރު ނެތުމަކީ ވެދާނެކަމެކެވެ.

ރޭޕް އާއި މެދު ދިރާސާކޮށް އެފަދަ މީހުންނަށް ސަޕޯޓްދިނުމަށް އުފައްދާފައިވާ ކޭޕްޓައުން އިން ބުނީ ރޭޕް އެޕޮލޮޖިސްޓުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭ ކަމަށެވެ. އެފަދަ މީހުން ދަންނަ މީހަކަށް ރޭޕް ނުވަތަ ޖިންސީ ގޯނާގެ ތުހުމަތުކޮށްފި ނަމަ އެކަން ގަބޫލު ނުކުރާކަމަށް ކޭޕްޓައުންއިން ފާހަގަކުރެއެވެ. އަދި ހެކި ނެތި އެ ވާހަކަ ގަބޫލު ނުކުރެވޭނެ ވާހަކަ އާއި ދޮގު ތުހުމަތުތައް އަބަދުވެސް ކުރާކަމަށް ބުނާނެއެވެ. އެފަދަ މީހުން ހަޅޭއް ނުލެވީ ކީއްވެހޭ، ނިޝާނެއް ވެސް ނެތީހޭ، ރޭޕް ކުރި މީހާ އެކަން ކުރީމަ ފަހުން ވާހަކަދެއްކީ ކީއްވެހޭ މިފަދަ ސުވާލުތައް ކުރެއެވެ.

ރޭޕް އާއި ޖިންސީ އަނިޔާގެ ކުށަށް އެކި މީހުން ރިއެކްޓް ކުރަނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން އަމިއްލަ ނަފްސު ދިފާއުކުރަން ހަޅޭއްލަވާ، ރޭޕް ނުވަތަ ޖިންސީ އަނިޔާކުރަން އުޅުނު މީހާއަށް ހަމަލަދެއެވެ. މިފަދަ ކުށްތައް ހިނގާއިރު ރޭޕްގެ ޝިކާރައަކަށްވާ މީހާ އެންމެ އާއްމުކޮށް ރިއެކްޓް ކުރާ ދެވަނަ ގޮތަކީ މީހާ ގަނޑުވުމެވެ. އޭނާ އަށް އަޑާއި މަންޒަރު ފެނުނު ނަމަވެސް ދިފާއުގައި މާ ބޮޑުކަމެއް ނުކުރެވި ހަނު ހުރެވޭ ގޮތްވެއެވެ. މިއީ ނަފްސާނީ ގޮތުން ލިބޭ ސިހުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ނަމަވެސް ރޭޕް އެޕޮލޮޖިސްޓުން މިފަދަ ކަންކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.

އަދި ރޭޕްގެ ތުހުމަތު ކުރެވޭ މީހާ އަކީ އާއިލާ މީހެއް ނުވަތަ ގާތް މީހެއް ނަމަ "އޭނާ ތިމަންނަ އާއި މާ ގާތޭ"، "ތިމަންނަ އަށް އެކަހަލަ ކަމެއް ނުކުރެއޭ"، "އޭނައަށް ވަކި އެހެންވާންވީ ކީއްވެހޭ" މިހެންވެސް ބުނެއުޅެއެވެ.

ނަމަވެސް ރޭޕް ނުވަތަ ޖިންސީ ގޯނާ ކުރާ މީހާ އަކީ ކޮންމެ މީހަކަށް އެ އަނިޔާ ދޭ މީހަކަށް ނުވެދާނެއެވެ. އަދި އެކަމުގެ ސަބަބުން ރޭޕްގެ ތުހުމަތު ކުރެވޭ މީހާގެ ހަޔާތް ހަލާކުވެދާނެއޭ ބުނުމަކީ ވެސް އާއްމުކޮށް ބުނާ ކަމެކެވެ.

ވަރަށް ގިނަ ފަހަރު ގަބޫލުކުރެވެނީ ރޭޕް ނުވާ ނަމަ ޖިންސީ ގޯނާ އިން އަސަރު ނުކުރާނެ ކަމަށެވެ. އަދި އެއީ ބޮޑު ކަމެއް ނޫންކަމަށް ބަލާފައި ރިޕޯޓްނުކޮށް ދޫކޮށްލައެވެ. ރޭޕް އެޕޮލޮޖިސްޓުންނަކީ ފާޅުގައި އާއި ސިއްރުން ވެސް އެ ވާހަކަދައްކާ މީހުންނެވެ. މީސްމީޑިއާގައި އެފަދަ މީހުން އެ ވާހަކަ ނުދައްކާފާނެއެވެ. ސަބަބަކީ އެހެން މީހުންގެ ފާޑުކިޔުމާއި ކުރިމަތިލާން ބޭނުން ނުވުމެވެ. ނަމަވެސް ތިމާގެ ބާރު ހިނގާ ނޫނީ އިތުބާރު ލިބޭ މީހުން ކައިރީގައި އެފަދަ މީހުން ވާހަކަދައްކާނީ މި މޭރުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އޯކޭ ބޫމަރރ

    ހޭޓް ޓު ބްރޭކް އިޓް ޓު ޔަ ބަޓް ރާއްޖޭގައި ރޭޕް އެޕޮލޮޖިސްޓުން ވަރަށް ގިނަ. ރޭޕްގެ ކޭސްއެއްގެ ވާހަކަ ދެކެވޭއިރަށް ރޭޕިސްޓް ހައްޔަރުކުރުމަށް ގޮވާލާ އެކަމަށް އިންސާފު ހޯދައިދިނުމަށް އަޑުއުފުލުމުގެ ބަދަލުގައި ރޭޕްގެ ޝިކާރަކަށްވީ ފަރާތާ ދިމާލަށް އިނގިލި ދިއްކުރާ މީހުން މަދެއް ނޫން. ހަގީގަތުގައި މިގޮތަށް މީހުން ރިއެކްޓުކުރާތީ ރޭޕިސްޓުންނަށް ވަނީ ބޮޑު އެންކަރޭޖްމެންޓަކަށް. ނުވި ތާކު އެފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަށް އެ ކޭސްތަށް ރިޕޯޓުކުރަން ޖެހިލުންވާ ސަބަބަކަށް. ޖަސްޓް ސެޔިންގ. ރޭޕް އެޕޮލޮޖިސްޓަކަށް ނުވޭ.

    13
    3
  2. Anonymous

    ގާނޫން ފުނޑުނީމަ ކުށްކުރުން ގިނަވަނީ

    15
    2
  3. އޮޅުވާލި ވޯޓު

    ތިޕޯޓުކުރީމާކޮން ބަތަކުތޯބަލަނީ ކިތަމަސްސަލަތޯ ނޫނީކިތަމީހުންތޯ ރިޕޯޓުކޮއް އިންސާފެނުލިބިތިބީ އެމީހަކު އަމިއްލަޔައް އެމީހެއްގެއިންސާފުހޯދަންޖެހެނީ އެހިސާބައް ގައުމުގެ ކަންތަހިގައްޖެކަމުގާދެކެން

    14
    1
  4. ފެކްޓް

    މިއާޓިކަލްގަ ލިޔެފައިވާ ވާހަކަތަކަކީ ތެދު ކަމުގައި ވިޔަސް މިވަގުތަކަށް ތިއީ ހުސް ބޭކާރު ވާހަކަ. ރާއްޖެގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އިންސާފް ނުލިބުން. އެނގުނަސް ސާބިތުވިޔަސް ކަންކަން ނެބެލުން. ނުވަތަ ބަލަން ހުރަސްތަކެއް ހުރުން. މިކަން ކުރެވެނިކޮށް ތިއިން އެއްވެސް ވާހަކައަކާ ކީއް؟؟؟؟؟ ބަޔަކު ކިޔާއެއްޗެއް ކިޔަކިޔާ ދިބެދާނެއެއްނު! މި ދިމާވަނީ ޤައުމު ހިންގުމުގެ މައަސަލައެއް. ތަންފީޒީ އިދާރާތަކާއި ޒިންމާ އަދާކުރަންޖެހޭ މުއައްސަސާތަކުގެ މައްސަލެއެއް. ފުރަތަމަ ކަމަކަށް މިކަންކަން ހައްލުވާންވީ

    20
    3
  5. ޖާޒީރާ ބޯއީ

    ބޯގަންވިލާ ހަސަން އިސްމާއިލް މިހާރުން މިހާރަށް އިސްތިއުފާދޭންޖެހޭ. މީނަގެ މައްސަލަތަށް ވަރަށް ގިނަ.

    13
    2
  6. ޖާޒީރާ ބޯއީ

    ރައީސް ކީރިތި ކުރަށްވާވަރަށް ތިޔަވާހަކަ ދެްކެވިގެން މެނުވީ އިންސާފެއް ނުލިބޭނެ.

    17
    2
  7. ހުދުހުދު

    ރާއްޖޭގައި ރެޕްގެ ޝިކާރަޔަކަށް ވެފައިތިބި އެންމެގެ ފަރާތުން ރައީސް ސޯލިހު އެބަޖެހޭ މާފަށް އެދެން.

    10
    7
  8. ޙެކި

    ހަގީގަތަކީ ބައެއް ފަހަރު ހިތި އެއްޗެއް، އެނގުނަސް ގަބޫލެއް ނުކުރެވޭ، ގަބޫލު ކުރެވުނަސް އެއްބަހެއް ނުވާނެ، އުޅެންވާގޮތް އަންގަވާފަ އޮއްވާ އެއާ ހިލާފަށް އުޅުނީމަ ކޮންސީކުއެންސް ތައްއަންނާނެ

    17
    3
  9. ސަންގު

    އަންހެނުން ހަށިވިއްކުން ހުއްޓާލާ!ފިރިހެނުން ވާވަދައިގެން ދިރިއުޅުން ހުއްޓާލަން ގޮވާލަން ، ހަމަ އެހެންމެ ބަރަހަނާ ފިލްމުކުޅުމާ ނާސިގޭތަކުން ނުކުމެ ފިރިހެނުން ފަދައިން ބުރަ މަސޭކަތް ކުރަން ގޮވާލަން
    ޑިމޮރަސީޔާ މިނިވަންކަމާ އަދުލުވެރިކަމާ ހަމަހަމަކަން އިންތިހާޔައް ލިބޭ ޔޫރަޕް ގައުމުތަކުގައި މަގުމަތިން ހިނގާލެވެންނޯވޭ އަންހެން ވެރިން ޖިންސީ ފުރައްސާރަ ކުރާވަރުން 100ޑޮލަރޭ 30ޑޮލަރޭ ކިޔާ ދަމާވަރުން
    މިރާއްޖޭގައިވެސް މަސާޖޭކިޔާގެން ރޭޕްކުރާތަންތަންްހުރޭ

    5
    1
  10. ސީނު

    ދޮގުހަދަން ނޭނގޭ ކުޑަކުއްޖެއްނަމަ ގަބޫލުކުރަން . ނަމަވެސް މާލޫސްވެގެން އުޅޭ މީހުން އެފަދަވާހަކަދައްކަން ލަދުގަންނަންޖެހޭނެ.ދެންމިހާރި ތިވާގޮތުން މީހަކު ބުނާކޮންމެ ކަމެއް އެބަޖެހޭ ދޯ ގަބޫލުކުރަން. މީހާގެ އަބުރަާ އިއްޒަތާ ކަރާމަތަކީ ހުރުމަތް ތެރިވެގެންވާކަންކަން. ތަހުގީގުން ދޯ ކުއްކުވެރިއެއްކަން ނިންމާނީ

    2
    1
  11. މަރީ

    ލަދު ކަނޑާލާފަ ރިޕޯޓުކުރީމަ ވަނީކޮންކަމެއް މައްސަލަ އޮންނަނީއޮންނަތަނުގަ ކާފަރުކަލޭގެ ވަރަށް ކޫލް

    2
    1
  12. Anonymous

    Justice4Survivors#