ހުޅަނގުގެ ގޮތް ފޮތް ދިވެހިން ކިޔަވައިގެން އެގޮތައް ދަރިވަރުވެ، އެގޮތައް އުޅެން ފެށިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެންކަމުން އެވާހަކަ ދައްކަން އެބަޖެހެއެވެ.
މަތީގައި އެވާ ފޮޓޯއިން އެފެންނަނީ އާންމުތަނެއްގައި ބޭއްވި އިވެންޓެއްގައި ދެޖިންސްގެ މީހުން އެމީހުންގެ ހުރަހަކަށް ފުއްޕާހަމެއް ލައްވައިގެން އެހަން ފަޅާލަން އުޅޭ މަންޒަރެވެ. ކުޅެން ވަރަށް މަޖާ ކުޅިވަރަކަށް ވެގެން މިކުޅިވަރު ބަޔަކު ކުޅެ ފޮޓޯ ނަގާ ވީޑިއޯކޮށް، ފަހުރުވެރިވެރިކަމާއި އެކު އާންމު ކުރަމުން ދާއިރު ވިސްނާލަން އެބަޖެހެއެވެ.
ތަނަކުން ފެންނަ ކޮންމެ އެއްޗަކީ ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދައާއި، ހިލާފު ކަންކަމަކީ އަދި އަމުދުން އާންމު ތަންތަނުގައި ކޮށްގެން ވާނެ ކަންތައްތަކެއް ނޫނެވެ.
މިފަދަ ކުޅިވަރެއް ކުޅުން މިއީ ބައެއް މީހުންނަށް އޯކޭ ކަމަކަށް ވާނެކަން ޔަގީންނެވެ. ރާއްޖޭގައި ވެސް ދޮން މީހުން އުޅޭގޮތައް އުޅެން ބޭނުންވާ، މީހުން ވަރަށް ގިނައެވެ. ރީތި އާދަތަކަށް ވުރެ އަމިއްލަ މިނިވަންކަމާއި، ހިތް އެދޭ ގޮތައް އަމަލުތައް ބެހެއްޓުމުގެ އުފާ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު ވެސް މިމުޖުތަމަޢުގެ ތެރޭގައި އުޅޭތީއެވެ.
ފޮޓޯ އިން އެފެންނަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އާންމުކޮށް ކުޅޭ ކުޅިވަރެކެވެ. ނަމަވެސް އެގައުމުތަކުގައި ވެސް އެކުޅިވަރު ކުޅެނީ އާއިލާ މެންބަރުން ނުވަތަ އެއްޖިންސެއްގެ ރަހުމަތްތެރިންގެ މެދުގައެވެ. އަޅުގަނޑުމެން ރާއްޖެ މިއޮތީ އެހެންކަމުން ދޮން މީހުންނަށް ވުރެ ވެސް މިކަމުގައި މާބޮޑަށް ކުރީގައެވެ.
މިފަދަ ކުޅިވަރެއް އެންމެ ދުވަހަކު ކުޅެލުން އެއީ މައްސަލައެއްތޯ ބައެއް މީހުން ސުވާލު ކޮށްފާނެއެވެ. ޖަވާބަކީ އާނއެކެވެ. މުޖުތަމަޢުގެ އަޙްލާޤީ މިންގަނޑުން ބޭރުން އެންމެ ދުވަހަކު އެންމެ ކަމެއް ކުރި ނަމަވެސް އެއީ މައްސަލައެކެވެ.
ލިޔާނެ ހަބަރެއް ނުލިބުނީ ދޯ
ސާބަސް އެއީ ޕޭރަންޓުސް....މަންމަ ޔާއި ބައްޕަ.
މަންމަ އާއި ބައްޕަ ކުޅޭ ހުރިހާ ކުޅިވަރު ދަރިވަރުން ކުރިމަތީ ކުޅެންވީ ދޯ، ހަމަ އޯކޭ ވާނެ ދޯ
ޕޭރަންޓުން، މަންމަ އާ ބައްޕަ ތި ޒާތުގެ ކުޅިވަރުކުޅޭނީ ކޮޓަރީގަ ، ދަރިންނާ ޕަބްލިކްގެ ކުރިމައްޗަކުނޫން، ތީ ލަދުކުޑަކަމުގެ އިންތިހާ
ތީ ދެމަފިރިން.
ސުކޫލެއްގެ އިވެންޓެއް ތީ.
ދަރިވަރުގެ މަންމަ އާއި ބައްޕަ ތި ފެންނަނީ.
ތީ ރަނގަޅު ކަމެއް ތޯ ނޫނީ ނޫންތޯ ޖަޖް ކުރާކަށް ނެތިން.
އެކަމު ރާއްޖެ މީހުން ދޮން މީހުންނަށް ވުރެ ކުރީގައޭ ކިޔާތީ ބުނެލީ.
ނޫސްވެރިކަމަށް މައުލޫމާތު ހޯދާ ފެންވަރު ނެތްކަން އަބަދުވެސް ފާހަގަ ކުރެވޭ.
ގަޓެއް ހުރިއްޔާ ކޮމެންޓު ޖަހާލާތި ?
މަންމަ އާއި ބައްޕަ މިސާލަކަށް ބަލައިގެން ދަރިން ތި ކުޅިވަރު ކުޅެން ފެށީމަ އޯކޭ ވާނެބާ؟
ދެމަފިރިޔަކަސް އާނމުކޮށް ފެންނަހެން އެކަހަލަ ކަންކަން ކުރީމަ ހުތުރު
އެއީ މާފަންނު މަދަރުސާ
މާފަންނަކަސް ހެންވޭރަކަސް ބައްޕައަކަސް މަންމައަކަސް ހާމަތަންތާގަ ކުދިންގެ ކުރިމަތީގަ ކޮއްފިޔާ ކޮންމެވެސް ހިސާބަކުން ކުދިން ތިކަން ކުރާނެ އޭރު ކުރާނީ ކޮންމެވެސް ރައްޓެހި އަންހެން ކުއްޖެއް ނޫނީ ފިރިހެން ކުއްޖަކާއެކު. ޙަންފެޅޭއިރު ހުންނާނި ލަނދުކެޑި ތަނދު ކެޑިފަ އޭރަށްތަ ރީތީ..
މާފަންނަކަސް ހެންވޭރަކަސް ބައްޕައަކަސް މަންމައަކަސް ހާމަތަންތާގަ ކުދިންގެ ކުރިމަތީގަ ކޮއްފިޔާ ކޮންމެވެސް ހިސާބަކުން ކުދިން ތިކަން ކުރާނެ އޭރު ކުރާނީ ކޮންމެވެސް ރައްޓެހި އަންހެން ކުއްޖެއް ނޫނީ ފިރިހެން ކުއްޖަކާއެކު. ޙަންފެޅޭއިރު ހުންނާނި ލަނދުކެޑި ތަނދު ކެޑިފަ އޭރަށްތަ ރީތީ..
ހަންފެޅި ލަދުކެނޑި ދުލިފެޅި ތަދުކެނޑޭނެ.
މަންމައާއި ބައްޕަ ވިޔަސް، ކޮންމެ މީހަކު ވިޔަސް އަންހެނަކާއި ފިރިހެނެއް އެގޮތަށް އާންމު ތަނެއްގައި، އެފަދަ ކުޅިވަރެއް ކުޅުމަކީ ރަނގަޅުކަމެއް ނޫން. ތިބުނަނީ މަންމަ އާއި ބައްޕައާ ދެމީހުން އާންމުތަނެއްގައި ދެމަފިރިކަމުގެ ގުޅުން ހިންގުމަކީވެސް މައްސަލައެއް ނޫންކަމަށް.
ވަރަށް ރަނގަޅަށް ތި ވިދާޅުވީ...!
ދެމަފިރިން ވީމާ ކޮންމެ ކަމެއްވެސް ހުއްދަ ވަނެތޯއެވެ
ގަޓް އެބަހުރި ދޯ.
ދެމަފިރިންނަށް ވިޔަސް ތިޒާތުގެ ކަންތައް ކުރަންވާނީ ދަރިންގެ ކުރިމައްޗަކުނޫން ، ދެމަފިރިންނޭ ކިޔާފަ މަގުމަތީގައި ޖިންސީ ގުޅުން ހިންގުން ވެސް ހުއްދަކުރޭ ދެން ،މާ ގަޓުވެގެން
ބުނަން މިއުލެނީ... ގަޓުގެ ވާހަކަބާވާށޭ.... ތިސުކޫލް ގެ ކިތަންމެ ކަމެއް ހިގާ... އޮފީސްތެރޭ ކިސްކުރަނިކޮން ބަސްވެސްވި... ޓީޗަރަކާ ޕޭރެންޓެއް... ސާފު..
މަގެދީނާ މަގެ ގައުމާ ނުކުޅަށްޗޭ..
އެއީ ދެމަފިރިންގެ ދެމެދުގަ ކުޅުން ގޭމެއް... ހަގީގަތް ނޭގި ހަބަރު ލިޔުން ހުއްޓާލަން ވެއްޖެއެއްނު..
2 މަފިރިން 2 މެދު ކުޅޭ ކުޅުން ކުޅެނީ ހާމަޔަށްތަ. 2 މަފިރިން ވީމަ އޯކޭ ދޯ ޕަބްލިކުގަ ކޮންމެ ކަމެއް ކުރިޔަސް.
ހަބަރު ލިޔާ ހިތް ވިޔަސް ބޮޑުވަރު.
އެ އީ ކުދިން ގެ ބެލެނި ވެރިން. މަންމަ އާ ބައްޕަ
މަންމަ އާއި ބައްޕަ ވިޔަސް އާމުތަނެއްގަ އެގޮތަކައް އުޅޭކައް ނުޖެހޭ.
ކަލޭގެ ނާތަހުޒީބު ކަންމަތީ ކަލޭ އުޅެވޭތޯބަލާ
ކަލޭ ތީ އަސްލު ލަދެއް ނެތް ނާތަހުޒީބު މީހަކީ ،ލަދުކުޑަކަމަކީ ތަހުޒީބުވުމެއްނޫން
އެހެން ދޯ!
ކަލޭ ކިހިނެއްބާ އާންމު ތަންތާ ހިތާވެގެން ނޫނީ އަންދެގެން އުޅޭ މީހާ ގޮވައިގެން އުޅެނީ؟ މަގުގެ ދެފަރާތުގަ ދޯ ތިބެނީ!!
?
މަންމަ އާއި ބައްޕަ ވިޔަސް މިދެން ބޮޑުވަރު! ކީއްކުރަންތަ ބޮޑެތި ކޮޓަރިތައް ހަދާގެން އެތާއެތެރޭގަ ތިއުޅެނީ، މަގުމައްޗަށް ނުކުންނަށް ވީނު. މިވެސް %100 މޮސްލިމް ގަޢުމެކޭ. ބޯ ހަލާކު.
ދަރިންގެ މަންމައާއި ބައްޕަ ދޯ
މަތީގައިވާ ފޮޓޯއިން އެފެންނަނީ މާފަންނު މަދަރުސާގައި ފާހަގަކުރާ އާއިލީ ހަވީރުގައި، ކުއްޖާގެ ބައްޕައާއި މަންމައާ ދެމީހުން ކުޅެފައިވާ ކުޅިވަރެއްގެ ފޮޓޯއެކެވެ.
މި ކުޅިވަރުގައި ކޮންމެހެން ހަންފަޅާލާ ދެމީހުން ބަގުޑި ބައްދާކަށް ނުޖެހެއެވެ. ކުރަންޖެހޭ ކަމަކީ ހަން ބިމައް ވެއްޓުނަނުދީ ހިނގާފައި ދިއުމެވެ.
ހިތާވެގެން އުޅޭ މަންޖެ ސައިކަލް ފަހަތައް ލައިގެން ދެމީހުން އޮޅުލައި ގަނެގެން އެކަނު އަނެކެއްގެ ކަރުދޮށުގައި ބޮސްދެމުން، އެދުއްވާ ދުއްވުން ތަކުގެ ވާހަކަ ލިޔެލުން ވަރަށް ރަނގަޅު ވާނެއެވެ.
އެއް ނުބައިކަމެއް ޖަސްޓިފައިކުރަން އަނެއް ބަޔަކު ކުރާ ނުބައިކަމެއް ދެއްކުމަކީ ބޯހަރުކަމުގެ އިންތިހާ
ވަރަށް ރަނގަޅު ވާހަކައެއް
ތިބުނީ ހަމަ 100 ކައިގެ ވަަހަކައެއް !!!
އޭތް އޯތް އެއީ މާފަންނު މަދްރަސާގެ ދަރިވަރުންތަކެއްގެ މަންމައާއި ބައްޕައިންނޭ. އެމީހުންވެސް އެކުރަނީ ލިޔުންތެރިޔާ އަށް އޯކޭވިގޮތަށް ފެމިލީގެ މެދުގައޭ
އޭ ބަލަ! އެއީ މަންމަ އާ ބައްޕަ ކަން ނޭގިގެން ނޫޅެޔޭ އެކަކުވެސް ، މަންމަ އާ ބައްޕަ ކޮޓަރިއެއް ހޯދައިގެން ތިކުޅިވަރު ކުޅެބަލަ
ދަރިފުޅާ އެއީ ސްކޫލެއްގައި ބޭއްވި އިވެންޓެއްގައި ބައިވެރިވާ ބެލެނިވެރިން، ދެމަފިރިން
އައްޗީޑި. ކޮން ބައެއް ކަންވެސް ލިޔެލި ނަމަ
ވަރަށް ހަޑި މުޑުދާރު ޢަމަލެއް. ވިސްނާލަން މަޖުބޫރު
ތީވެސް... ހޭލުންތެރިކަމެއް....ސިވިލައިޒް...ތަރައްޤީ... ހދ އަތޮޅު ސްކޫލެއްގެ ދަރިވަރުންނަށް ދީނީގޮތުން ހޭލުންތެރިކުރުމުގެ ބޭނުމުގައި އެރަށުގެ މަދު ކުދިންކޮޅެއްގެ އިސްނަގައިގެން އިލްމްވެރިއަކު ގެނެސް ސްކޫލްކުދިންނަށް ދަރުސްއޮތްވާހަކަ އަންގާލަދޭށޭ ބުނީމަ ބުނީ އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ނުލިބެޔޭ...
ސާބަހޭ... ތީ ދެން ނުވެފަ އޮތް ކަމަކީ...ލޮލް.
ތީ މާފަންނު މަދުރަސާ ހެން ވަރަށް ހީވޭ. ދެން ކީކޭ ބުނާނީ .. ހަމަ %100 މުސްލިމުން ނޯ.
މި ނޫނީ ނުދެކެން މި ނޫހުން ރަނގަޅު ވާހަކަ އެއް ދެއްކި އާޓިކަލް އެއް!
ތިޔަ ކުޅިވަރު ރާވާ ހިންގާ ކުޅުނު ބަޔަކަށް ޙލާކުހުރި
ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް މުސްލިމުންކަމަށް ދައުވާ ކުރާ ބައެއްތީ. އަނެއް ދުވަހު ނުކުމެ އަންހެންވެރިން ގޮވާނެ ނުފޮށޭށޭ، ގޯނާ ނުކުރާށޭ، އަނިޔާ ނުކުރާށޭ. ބަލަ ކަލޭމެންގެ ފިރިންނަށް ޚިޔާނާތްތެރިވުމަށްވުރެ ބޮޑު އަނިޔާއެއް ކޮބާތަ؟ ލަދު ހަޔާތް ކުޑަކަން ނިކަން ދެކިބަލަ. އައްޗީޑި.
ކޮބާތަ ހިޔާނާތްތެރިވެފަ. ފިރިމީހާޔާ އެއްކޮށޭ އެކުރަނީ ?
ދަރިޔާ ވާނުވާ ބަލާފަ ކޮމެންޓް ކޮއްބަ ނޫނީ ހަނުހުރޭ ސާބަސް..
މުސްލިމް އަންހެނެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑު މިހުރީ ތިޔަ މަންޒަރު ފެނިފަ ލަދުން ބޯ ހަލާކުވެފަ.
ސާބަސް ލަދުނުގަނެ ތިމަާ ފުރަތަމަ ދީނުގަ އަންގަވާފަ އޮތްގޮތައް އުޅެވޭތޯ ބެލިއްޔަ މާރަގަޅުވާނެ ދޯ ގުދޯގުދޯ ނުގޮވާ
ޖެންޑަރ މިނިސްޓްރީއިން އަބަދުވެސް ޕްރޮމޯޓް ކުރަނީ އަދި ކުރަން ބޭނުންވަނީވެސް ތިޔަކަހަލަ ކަންތައްތައް.
އެއީ ދެމަފިރިން ކަމަށް ވިއްޔާ އޯކޯ އެއް ނޫންތަ
އޯކޭ އެއް ނުވާނެ ދޯ... އެއީ ޕަބްލިކް ވިއްޔަ... ގޭ ހަތަރުފާރުތެރޭނަމަ ހަމަކުރިޔަށްގެންދަންވީ... އެއްވެސް މީހަކު އެއްޗެކޭ ނުކިޔާނެ.... ދިވެހިން ތަންކޮޅެއް ހޭވެރިވާންވެއްޖެ...
އެ ވެދާނެއެއްނު ދެމަފިރިންކަމަށް. އެހެންނޫންނަމަ އެކަން ކުއްވެރިކުރަން. އެސޫކޫލުގެ ޕްރިންސިޕަލާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން.
ދެން އަތްޖަހާ
ﷲ އަކުބަރު
ތީ މެރީ ކޮށްގެން އުޅޭ 2 މީހުން. ތި ގޭމްގައި ހުސް ތިބީ ކައިވެނި ކޮށްގެން އުޅޭ މީހުން. ތީ ޕޭރެންޓް ޑޭ ފާހަގަ ކުރުމުގައި ކުޅުނު ކުޅިވަރެއް.
ރަނގަޅަށް ތަން ދޮރު ބަލާފަ ހަބަރު ލިޔޭ!
ޕޭރެންޓް ޑޭ އެއަށް ވުރެ ރީތިކޮށް ފާހަގަ ކުރަން ނޭނގުނީދޯ.ލަދު ލަޔާތް ހުންނަން ވާނެ
މީގަ ނުޖެހޭ ހަންފަޅައި ދެމީހުން ބައްދައި ބަގުޑި ބަންނާކަށްވެސް... މިއީ ފެމިލީ ޑޭ ގެ ހަރަކާތެއް...މިއީ ނުބައި ކަމެއް ވެއްޖެޔާ ދެމަފިރިން ސައިކް ވެސް ދުއްވައިގެން ނުވާނެތާ ދ؟
އެއީ ހަންފަޅާ ގޭމެއްވެސް ނޫން. ހަންވެއްޓުނަނުދީ ހިނގަން ޖެހޭނީ
ފުރަތަމަ ހަން ފަޅާކަށްނުޖެހޭނެ ، ދެން ފަހަރަކު ހަންފަޅަންވެސް ޖެހިފަ އޮންނާނީ ، ޝައިޠާނާ ނުބައި ކަންތައް މީހުން ނަށް ޒީނަތްތެރި ކޮށްދެނީ މަޑުމަޑުން
ދެމަފިރިންނަށްވިޔަސް ހުދޫދެއްވޭ... ދެމަފިރިން ކުރާ ކަންކަން އަނެއް ދެމަފިރިންނަށް ފެނުމަކީ ގޯހެއް. ބުނަން މިއުޅެނީ މިއީ ބޭއަދަބީ ކަމެކޭ... ތަންދޮރު ބަލަންޏާ މި ފޮތޯއިން ފެންނަނީ މިމަންޒަރު ބަލަން ތިބި އެތައްބަޔަކު މިމަންޒަރުތަކުން އުފާ ހޯދާމަންޒަރު.
އަނެއްކާ ދެއަތް ފުރގަހައްލައިގެން އެއީ ވުޟޫ މަތީގަ ތިބީތަ......
އަޅުގަނޑުމެންގެ ވަހުށީކަމާއެވެ...... ހީލަތްތެރި މިފަދަ ރޭވުންތަކުން މުސްލިމް ދަރިފަސްކޮޅު ނެތިދާތަން ބަލަންތިބުމީ ހިތާމަހުރިކަމެއް.
މި ކުޅިވަރުގައި ފުއްޕާހަން ބޭނުންނުކޮށް އުނގުޅުނުނަމަ މާ ފުރިހަމަވީސް....
މިފަދަ އިވެންޓް ރާވާ ހިންގާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލަން.
ފައްޅިއެއް އެޅުން ހަމައެކަނި އަޅުގަނޑުމެންގެ މައްސަލައަކަށްމިވަނީ
ސާބަހޭ!!!!ތިއޮތީ އުޅެން ދަސްވެފަ!
ހަމަ ހުވާ މަމީ މި ފޮޓޯގައި ތިބިދެމަފިރިން ނަމަ ކޯޓައް ދާނަން.
ދެމަފިރިން ކަމުގައިވިޔަސް މީ ޢާއްމުންގެ ތެރޭގައި ކޮށްގެންވާނެ ކަމެއްނޫން. ދެމަފިރިންނޭ ކިޔާފަ މީހުންގެ ތެރޭގައި ބޭނުންހާކަމެއް ކުރެވެނީތަ
މިވެދާނެ ދެމަފިރިންނަށްވެސް. ވަގުތުނޫހުން މިކަންތައް ޗެކްކޮށްލާދީބަލަ.
ދެމަފިރިންވެސް ތިކަހަލަ ސަކަރާތް ޖަހާނީ މީހުންނަށް ނުފެންނަގޮތަށް
ބަލަ ހޭފުޅު ބަލިވަނީ ތޯ ، މިއީ %100 އޭ......
ދެމަފިރިންނަށް މަގުމަތީގަ ޒިނޭކުރުން ހުއްދަތޯ. ބަލާމީހުންނަކަށް ނޭގޭނެ އެއީ ދެމަފިރިންކަމެއް. ޢެހެންވީމަ ލަދުޖަމަކަށްވަނީ.
ކޮންމެ އެއްޗެކޭ ކިޔަސް ތިއީ ބޭއަދަބީކަމެއް.. މާދަމާ އެކުދިން ތިކަންތައް ކުރާނެ.. ބުނާނެ މަންމަ އާއިބައްޕަ އާވެސް ކުޅުނޭ..
لا حول ولا قوة الا بالله
ލަދުވެތިކަން ގޮއްސި
ދެމަފިރިންކަމެއް ނޭނގޭ. އަދި ދެމަފިރިންކަމުގައިވިޔަސް ހާމަކަންބޮޑުކޮށް ކުރާކަންކަން އަޚުލާޤީ މިންގަނޑުތަކަށް ފެތެންޖެހޭނެ!
އެތަނުން ކިތައް ހަންތަ ފަޅަން ޖެހެނީ.
ދެ މީހަކު ފުއްޕާ ހަމެއް ފަޅާލަން އުޅޭ މަންޒަރު ފެނުނީމަވެސް ހިތް ދޯ ކާފަރު ވަނީ.
ބަލަ ދެމަފިރިންގެ ދެމެދުގައި ކުޅޭ ކުޅިވަރާއި "ޖަހާސަކަރާތް" ފޮޓޯ ނަގާފައި ޢާއްމުންނަށް އޮޅުން ބޮޅުން އަރާގޮތަށް އެފޮޓޯތައްލުމަކީވެސް މައްސަލައަކަށް ނުވޭހެއްޔެވެ؟ ދެމަފިރިންވިއްޔާ ޖަހާހާ ސަކަރާތެއްގެ ފޮޓޯނަގާފައި ޢާއްމު ކުރަންވޭތަ؟ހަމަ ލަދެއް ނެތީއޭ ބުނެވޭނީ.
Alhugandah hivani adhi thikanth kuri raglhakah nunhen...blabelumah mi event me school lakun baahvaafai va kameh...alhugadah hivani mi event ga fenigen nidhani.kohme kuhje mom and dad hen...
މަ ބޭނުމެއްނޫން އެއީ ދެމަފިރިންތޯ ނޫނީ ދެބެއިންތޯ ބަލާކަށް. އެކަން ނުޖެހޭނެ ޢާއްމުން ބަލާކަށްވެސް. ކޮންމެ މީހަކުވެސް ދެކޭނީ އެއީ އިސްލާމީ މުޖުތަމަޢެއްގައި ޢާއްމު ތަނެއްގައި ކުޅެފައި ޢާއްމު ކޮށްގެން ވާނެ ފޮޓޯތަކެއްނޫންކަން. އެކަހަލަ ކަންތަކުން ދަރިންގެ ލަދުހަޔާތް ކެނޑެނީވެސް. މީހުން އެއްޗެހި ކިޔާނީ ފެންނަ މަންޒަރަށް. ތިމާމެން ބުރުގާއަޅާފައި، ތުނބުޅި ދިގުކޮށްފައި ތިބެގެން މިކަހަލަ ކުޅިވަރު ކުޅޭއިރު ދެންއެހެންމީހުންކިޔާނެ އެއްޗަކަށްވެސް ވިސްނާލުން ރަނގަޅުވާނެހެންހީވަނީ.
ފުރަތަމަ ފަޅާލާނީ ފުއްޕާހަމެއް
ދެން ސިންގަލް މަމްސް އެންޑް ސިންގަލް ޑޭޑްސް އަށް މިކުޅިވަރުގަ ބައިވެރިއެއް ނުވެވޭނު ދޯ؟ ހާދަ އަންފެއަރ އޭ ކުދިންނަށް
ތިބުނާ ސިންގަލްސް ތިބީ އެއްފަރާތުގަ ބައިވެރި ނުވެ!
ޥަރަށް ރަނގަޅު ލިޔުމެެއް. ޟިފަދަ ލިޔުން ގިނައިން ލިޔުމަށް ހިއްވަރުދެން.
ތީ ޓީޗަރުން ދަރިވަރުންނަށް ފިލާވަޅު ދަސްކޮށްދެނީ.
މައިން ބަފައިންގެ ލަދުކުޑަކަން..ދެން މިކަން ބަލާ ދަސްކުރާނީ ދަރިން. މުސްލިމުން ކުޅެން ހެޔޮވާވަރު ކުޅިވަރެއްނޫން މީ
ދެމަފިރިން ވިއްޔާ އޯކޭ..ތި ފުައްޕާހަން މައްސަލަ އަކީ..ފުއްޕާ ހަމުގެ ބަދަލުގަ މެދުގަ ދަރިފުޅު ބަިއިން ދައިގެން ތި ކުޅިވަރު ކުޅުން ނަމަ ހަބަރު ތަކައް މި ވާހަކަ އަރާނެ ބާ އޭ އަހަރެން ހިތަށް އަރަނީ....
ޑިގުރީ ގެ މިސާލު
ވަގުތު ނޫހުގަ މިހާތަނަށް ލިޔުނު އެންމެ ރަނގަޅު އާޓިކަލް.ނުބައި މުންކަރާތްތަކަށް ނޫނެކޭ ބުނަންޖެހޭނެ.ސާބަހޭ ވަގުތު ނޫސް.
ޕޭރެންޓްސް ގެ އިވެންޓެއް ދޯ... މިޒަމާނުގައި ޕަބްލިކްގައި ހިނގާ ކަންކަމަށް ބަލާފައި، އަނެއްހެން މާ ބޮޑު އިޝޫ އެއް ނޫން ކަންނޭންގެ...
މިތާ ބައެއްފަރާތްތަކުން ކޮމެންޓްކޮށްފައިވަނީ މިކަމަކީ ދެން ވަރަށް އާދައިގެ ކަމެއްކަމަށް. އެފަދަ ފަރާތްތަކަށް އިސްލާމީ ރިވެތި އުސޫލުން މީކޮންފަދަ މެސެޖެއްގެނެސްދޭ ކަމެއްކަން ނުވިސްނޭ. ދެމަފިރިޔަކަސް ޕަބްލިކުގައި އަހުލާޤީ މިންގަނޑެއް ހިފަހައްޓަންވާނެ. ނޫންނަމަ އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ފޮނުވައިގެން މިދަސްކޮށްދެވެނީ ކޯންޗެއް؟
މަންމަ އާއި ބައްޕަ އަކީ ކުދިނަށް ރިވެތި ނަމޫނާ ދައްކަން ތިބޭ ބައެއް. ސުވާލަކީ ތިބޭފުޅުންގެ މަންމަ އާއި ބައްޕަ މިހެން އުޅޭތަން ދެކެން ބޭނުންތޯއޭ؟
ނޫހުގައި ލިޔާނީ ހަމައެކަނި ޚަބަރެއް ނޫނޭ. މީހުން ހޭލުންތެރި ކުރުމަށްޓަކައި ތަފާތު ލިޔުންތައް ލިޔެއުޅޭ. މީ ރިޕޯޓެއްކަމަށް އޮތީ. ކޮންމެ ބާވަތެއްގެ ލިޔުމަކަށްވިޔަސް މިއީ ރަނގަޅު ލިޔުމެއް. ލިޔުންތެރިޔާ ފޮޓޯއާމެދު ދައްކާފައިވާ ވާހަކައާއި ފާޅުކޮށްފައިވާ ޚިޔާލު ވަރަށް ރަގަޅު. މުސްލިމު މުޖުތަމައެއްގައި ދެމަފިރިންކަމުގައިވިޔަސް އެއީ ކުޅޭކަށް ރަނގަޅު ގޭމެއް ނޫން. ލިޔުންތެރިޔާގެ މަސައްކަތަށް ހެޔޮ ﷲތަޢާލާ ހެޔޮ ދަރުމަ ދެއްވާށި. ޅިޔުންތެރިންގެ ވާޖިބަކަށް ވާންވާނީ މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކޮށް ސީދާމަގަށް މަގު ދެއްކުން. ނަވާޒަށް ސާބަސް!
ސައިކަލުގައި ދާއިރު ފަހަތުން ކިތަންމެ ބާރަށް ބައްދައިގެން އިނަސް އެއީ މައްސަލައެއް ނޫން ދޯ!
ގޮތެއްނެތްކަން މިކަމުން މިފެންނަނީ. ހަން ފަޅައިގެން ދާއިރަށް ދެންފެންނަ މަންޒަރު މާރީތިވާނެ އަދިދޯ. މިހުންނަނީ ބައެއް ދިވެހިންފެ ހަޔާތް ކުޑަކަން. އަޚްލާގުގެ ކަންފުޅެއް ނެތްކަން. ތިއަށްވުރެ މާރީތިވާނެ ކުރަންއޮތް އެންމެ ބޮޑުގޮތަށް ޖެއްސީމާ. ސުކޫލުތަކުން ވެއްޓޭ ފެންވަރު މިހުންނަނީ. ލަދު! ހުވާ މިބުނީ
ތި މީހުން އަވަހަށް ވަރިވާން ކޯޓަށް ދާން ފެންނަނީ. އެނޫން ގޮތެއް ނެތް.
ނަވާޒު ހިގާބާލަ ނުކުމެލަން މާލެތެރޭބުރެއް އަޅާލަން ނޫހުގަ ލިޔާނެ ޚަބަރެއް ހޯދާލަން ވަރަށްގިނަ މަންޒަރު މަގުތަކުން ފެންނާނެ
ދެމަފިރންކަން އެނގޭނީ ހެއްދެވި ފަރާތަށާއި އެދަމަފިރިންނަށާއި ، އެކަން އެނގޭ ބަޔަކަށް އެކަނި . އެހެން ވީމައި ފެންނަ ބަޔަކަށް ނޭނގޭނެ. ކޮންމެ ބަޔަކު ކުރިޔަސް ތިޔައީ ރާއްޖެގައި ކުޅެން ރަނގަޅު ކުޅިވަރެއް ނޫން. ދަލީލު ކީރިތި ގުރުއާނާއި ، ސުންނަތުން އެނގޭން
ތިފަދަ ވާހަކަ ޙަބަރުގަ ޖެހި މީހަކު ގޯސްވާނީ އަހަރެމެންގެ މެދުގަ... އެކަމަކު ދަރިން ތަރުބިއްޔަތު ކުރަން ތިބި ބަޔެކޯ މި ބެލެނިވެރިންނަކީ... ސްކޫލުތަކުން އެންގީމަ ދެން ނުކުރާނެ ކަމެއް ނޯންނާނެދޯ އެހެންވީމަ...؟؟؟
މަންމައާ ބައްޕަވިޔަސް، ޢާއިލީ ހަވީރެއްވިޔަސް މިކަން ޕަބްލިކްގައި ސަޅިއެއްވެސްނޫން. އަނެއްކޮޅުން ތީގެ ޑިސްއެޑްވާންޭޖަށް ބަލާއިރު، ރާއްޖެއަކީ އެންމެ ވަރިގިން ޤައުމަށްވާއިރު، މިފަދަ މަންޒަރުން މައިންބަފައިންގެ ފުރިހަމަ ލޯބި ނުލިބޭ ނުވަަަ މަންމައާއި ބައްޕަ ވަކިވެފައިވާ ކުދިންނަށް މިކަމުން ވަރަށް ބޮޑަށް ނަފުސާނީގޮތުން އަސަރުކުރާނެ. ދަރިފުޅާއި މަންމަ ނުވަަތަ ދަރިފުޅާއި ބައްޕަ ހިމެނޭގޮތަށް އިވެންޓެއް ރޭވިނަމަ މާ ރަނގަޅުވީސް.
މަންމަ އާއި ބައްޕަ ކުޅުނު ކުޅިއެއްކަން ނޭންގިގެނެއްނޫނޭ މި ކޮމެއްޓްކުރަނީ އެކަން ސާފުކޮށްދޭން ތި ކޮމެންޓްކުރަނީ. މަކުރިއަސް ތިބޭފުޅާ ކުރިއަސް ގޯސްކަންތައް ވާނީ ހަމަ ގޯސްކަންތަކަށް. ދެމަފިރިން ކުޅޭނެ ވަރަށް ގިނަގޭމް. ނަމަވެސް އެކަން ކުރަނީ ޕަބްލިކްގަތޯ ނޫނީ ދަރިން ކުރިމަތީތޯ އަމިއްލައަށް ސުވާލުކޮށްފަ ޖަވާބު ހޯދަބަލަ. ގިނަ ކުދިންނަކީ މައިންބަފައިން ކުރާ ކިތަންމެ ކުޑަކަމެއްވެސް ކޮޕީކޮށް އެކަން އެހެން ކުރާބައެއް. ކޮންމެގޮތެއްވިއަސް ތިގޭމަކީ ހުތުރުމެސެޖެއް ދޭ ގޭމެއް. މާފަށް އެދުމުގެ ބަދަލުގައި ތިކަންކުރި މީހުންގެ ފަރާތުން ފެންނަނީ ޖަދަލުކުރުން.
ޑިމޮކުރަސީ ދޮންވެ ފައްކާވަނީ.
އަޅެ ހަމަ ކޮންމެކަމެއް "ސެކްޝުއަލައިޒް" ކުރަން ޖެހޭތަ؟
ތިހެން ބުނަންޔާ ކޮއްފަ ނުކުރާނެ ކަމެއް ނެތް
ކޮމެންޓްތައް ހަބޭސް
ލިޔަންޖެހޭ ޚަބަރެއް ! އެއީ އެވަރުގެ ވިޔާނުދާ މުޑުދާރު އަމަލެއް! މުސްލިމުން ކުރާކަންތަކެއް ނޫން ! އެބަޔަކު ހޯދާ އަދަބު ދޭންޖެހޭ .އެޑްޔިކޭޝަން ޒިންމާދާރު ވާންޖެހޭ! މަންޒަރުން ފެންނަ ގޮތުގައި މާފަންނު މަދަރުސާ ގޯތި ތެރޭގައި ހިންގާފާވާ ޖަރީމާއެއް!
ފޮޓޯގައި އެވާ ކޮންމެ ޖޯޑަކީ ދެމަފިރިންތަ؟ އެހެންވީއިރު ހަމަ އެންމެ ރަނގަޅު.
އޭ! މަށޭ ކިޔާތަ؟
ނޫން
ލިޔުންތެރިޔާއަށް ވަރަށް ސާބަސް. ތިއީ ހިތްވަރުދޭންޖެހޭ ކަންކަމެއް ނޫން. ކުރާކަށް އަހަރެމެންނަށް ރީތި ކަންކަމެއް ނޫން.
ނަކުން ފެންނަ ކޮންމެ އެއްޗަކީ ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކީ ވަގުތުގައި ލިޔަންޖެހޭ ކަމެއް ނޫނެވެ.
އާއޭ !! ކަލޭ މެނަށް މަންމަ ، ބައްޕަ އެކުގައި މިކަހަލަ ކުޅިވަރެއް ކުޅޭ ތަން ފެނުނީމަ މައްސަލަ އަކައް ވެއްޖެ ދޯ..މަހަމަ އަޖައިބު. މަންމަ އާއި ބައްފަ އެކުގައި މަޖާ ކޮއްލާ ތަން ފެނުނީމަ ކުދިންވާނީ އުފާ ނޫންބާ. ދެން ކަލޭމެން ސައިކަލްގަ ބައްދައިގަނެގެން ތިބެނީއޯ. ެމަންޒަރު ފެނުނީމަ އެއީ މައްސަލައެއް ނޫން ދޯ.
ލިޔާނެ ހަބަރެއް ނުލިބުނީ
ބަލަ މީވެސް ގޮތެއް ސަޅި ވާނެއް އަދި ފުރަގަހުގައް ފުއްޕަހާން ހަރުކޮއްގެން މާ ރީތިވާނެއް.... ބަޔަކަ ނޭގޭ ދޯ....ދޯ.... މަޖާކުރަން