މިދިޔަ މަހުގެ 26 ވަނަ ދުވަހުގެރޭ އެތައް ބަޔަކަށް ސިހުން ގެނުވީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ހިތާމަވެރި ހަބަރާ އެކުގައެވެ. އެ ހަބަރު ރާއްޖޭގެ މީޑިއާތަކާއި ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ވެސް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ ގާތް ގުޅުމެއް އޮންނަ ނުފޫޒު ގަަދަ ފަރާތްތައް ކަމަށް ބުނާ އިރު، ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުންނާ މެދު އަމަލު ކުރި ގޮތުން މި މައްސަލަ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އާއްމުން ތުހުމަތު ކުރަން ފެށިއެވެ. އެގޮތުން އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލީ ސިޔާސީ ބާރުގަދަ ފަރާތެއްގެ ނުފޫޒު ފޯރުވައިގެން ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އޮތީ ގަދަވެފައެވެ.

ހަމައެހެންމެ މި މައްސަލައިގައި އަނިޔާ ލިބުނު މީހާ ޑޮކްޓަރަށް ދެއްކުމާއި މައްސަލަ ބެލުމުގައި ފުލުހުން އަމަލު ކުރި ގޮތާއި މެދު އެތައް ސުވާލުތަކެއް އާންމުންގެ ހިތުގައި އޮތީ އުފެދިފައެވެ. މި މައްސަލައިގައި އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ރައްޔިތުން އޮޅުން ފިލުވަން ބޭނުންވީ ތަހުގީގުގައި ލިބުނު ކުރިއެރުމެއް އޮތްތޯއެވެ. ހިތްހަމަޖެހޭ ޖަވާބަކަށް އިންތިޒާރު ކުރި މީހުން މަދެއް ނޫނެވެ.

ދައުވާ ކުރެވޭ ވަރަށް ކުރިއެރުން ލިބިއްޖެ: ފުލުުހުން

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި ކަންކަމުގެ ތެރޭގައި މާ ގިނަ އާ މައުލޫމާތުތަކެއް ނުހިމެނެއެވެ.

އެގޮތުން މި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ކުރިއެރުން ލިބުނުކަން ހާމަކުރުން ފިޔަވާ ދެން ހުރި ގިނަ ވާހަކަތަކަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ފުލުހުން ދައްކާފައި ހުރި ވާހަކަތަކެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައިގައި ދައުވާކުރުމާއި މެދު ޕްރޮސެކިއުޓަ ޖެނެރަލް އާ މަޝްވަރާކުރައްވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ދައުވާ ކުރެވޭނެ ކަމަށް. އެކަމަކު އެއީ ޕީޖީގެ ނިންމުމެއް. މި ތަހުގީގުގައި، ޕީޖީއާ އެކު މަޝްވަރާ ކުރަމުން މި އަންނަނީ،" ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާ ގުޅިިގެން މިހާތަނަށް 11 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވީ އަދި އަނިޔާ ލިބުނު މީހާގެ ފޯނުވެސް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެއެވެ.

"މި މައްސަަލާގައި މިހާތަނަށް 11 މީހެއްގެ ބަޔާން ނެގިފައިވޭ، ފުލުހުންގެ ފޮރެންސިކް ޑައިވިންގ ޓީމުން ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް، ވިކްޓިމްގެ ފޯނު ހޯދިފައިވޭ." ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ޗީފް އިންސްޕެކްޓަރު މަރިޔަމް އަޒްމާ ވިދާޅުވިއެވެ.

ޖަވާބު ލިބުމުގެ ބަދަލުގައި އިތުރު ސުވާލުތަކެއް!

ނޫސްވެރިންގެ ބައްދަލުވުމުގައި މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރަން ފުލުހުން އުޒުރުވެރިވެވަޑައިގަންނަވައެވެ. ކޮންމެ މީޑިއާއަކަށް އެއް ފުރުސަތު ދީގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުލިބުނެވެ.

ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެވޭ ސަބަބެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއްވީ އެ މައްސަލަ އަކީ ތަހުގީގު ކުރިއަށް ދާ މައްސަލައަކަށް ވުމުން އިތުރު މައުލޫމާތު ހާމަކުރެވެން ނެތުމެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތާއި، ނޫސްވެރިންގެ ބައްދަލުވުން ނިމުމަށް ފަހު ވެސް މީސްމީޑިއާގައި އާއްމުން ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އަމަލު ކުރި ގޮތާއި، ފުލުހުން ދިން ޖަވާބުތަކާއި މެދު ސުވާލު އުފައްދައިފައެވެ.

އެގޮތުން ނޫސްވެރިންނަށް ޖަވާބު ދިނުމުގެ ބަދަލުގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަލާމާތް ކުރި ކަމަށް ޓްވިޓާގައި އާއްމުންގެ މީހަކު ވަނީ ބުނެފައެވެ. އަދި ބައެއް މީހުން ވަނީ ފުލުހުންގެ އަމަލުތަކުން ޖިންސީ ގޯނާގެ މައްސަލަތަކުގެ ސީރިއަސްކަން ދޭހަވާކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ސިފަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުން ލިބުނު ޖަވާބަށް ވުރެ ސުވާލުތައް ގިނަ ކަމަށް ބުނި މީހުންވެސް ތިއްބެވެ. އަދި މެންދުރު އޮންލައިންގައި ސަފާރީގައި ޖިންސީ ގޯނާ ލިބުނު މީހާ ނުދޭ އިންޓަވިއުއެއް ދޮގު މައުލޫމާތު ހިމަނައިގެން ޝާއިއުކޮށްފައިވާ ކަމަށާއި އެ މައްސަަލަ ބަލާ ކަމަށް ފުލުހުން ހާމަކޮށްފައިވާތީ އެއީ ޖިންސީ ގޯނާގެ އަމަލު ފަޅާ އަރުވާލަން، ކަށިގަނޑު ފުމުނު މީހާގެ ފަހަތުން ފުލުހުން ދިއުން ކަމަށް ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.

މި ކޭސްގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވިގެން މައްސަލަ ބަލަމުން ދަނީ ދެ މީހަކާއި ގުޅުން ހުރި މައްސަލަތައް ކަމަށާއި އިތުރު މީހަކަށް އެ މައްސަލައިގައި ތުހުމަތު ނުކުރާކަން އިއްޔެ ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. އަދި އެ މީހުން ދޫކޮށްލުމުގައި އުސޫލާ ޚިލާފް އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

އެކަމަކު، ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަ ނުކުރައްވާ ސަބަބަކީ ކޮބާތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ، އާއްމުކޮށް ކުށްވެރިންގެ ވަނަވަރު ހާމަކުރަނީ ދައުވާ ކުރާ ހިސާބަށް މައްސަލަ ދިއުމުން ކަމަށެވެ.

ފުލުހުންގެ އެ ވާހަކަތަކަށް ވެސް އާއްމުން ވަނީ ވަަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުންނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ހާމަކުރި އިރު އެ މައްސަލައިގައި ވެސް އަދި ދައުވާ ކުރާ ހިސާބަށް ކަންކަން ނުދާކަން އައްމުން ފާހަގަކުރެއެވެ.

މީގެ އިތުރުން ފުލުހުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ބިދޭސީ މީހާ ޑޮކްޓަރަށް ދައްކާފައި ވަނީ ލަހުން ކަމަށް ގާބޫލު ނުކުރާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އަނިޔާ ލިބުނު މީހާ ހެދުން ބަދަލުކޮށް ފެންވަރައިގެން ޑޮކްޓަރަށް ގެންދިއުމުން ހެކި ނެތިގެން ނުދާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ފުލުހުން ވިދާޅުވީ، އެ އަންހެން މީހާ އަށް ފެންވަރައިގެން ހެދުން ބަދަލުކޮށްގެން ޑޮކްޓަރަށް ދާން ފުރުސަތު ދިނީ އެ މައްސަލަ ރިޕޯޓް ކުރީ ރޭޕް ކޭސްއެއްގެ ގޮތުގައި ކަމަށް ނުވާތީ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވުމުން، އާއްމުން ވަނީ އެކަަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ޕާޓީ ކުރަމުން ދިޔަ ބަޔަކު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެކަމުން ސަލާމަތްވުމަށް މޫދަށް ފުންމާލި ވާހަކަ ބުނެފައިވާއިރު އޭނާ މޫދަށް ފުންމާލީ ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ފުލުހުންވެސް ވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވީނަމަވެސް އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހާ ހިސާބުން ވެސް ދިވެހިންގެ ހިތްތަކުގައި އިތުރު ސުވާލެއް މިވަނީ އުފެދިފައެވެ. އެއީ އެ ބޮޑު ކަމަކީ ކޮބައިތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ލަދު

    ޝިރުކު ކުރުން ދޯ ބޮޑު ކަމަކަށް ހިނގާފައޮތީ. ކަލޭމެން ނުއުޅެޔޭ ތިކަން ކުރާކަށް. ހުސް ވާހަކަ..

    65
    2
    • Anonymous

      މިތިބަ ބައެއް. ލަދެއް ހަޔަތެއް ހުރިނަމަވެސް ތި ޗެނަލްތަކުން ނުދެއްކީސް. ހެއްދެވި ފަރާތްހަނދާން ނުވިއަސް ދުނިޔޭގެ ލަދަށްވެސް ތިހުރިހާދޮގެއް ނުހަދާނަމަ. ރޯމާދުވާލު ހިނގިކަމެއް. މީހަކު ދަންވަރު މޫދަށް ފުއްމާލާނީ ފަތާލާ ހިތުން ނޫންކަން ނުދަންނާނެމީހަކު ނުހުންނާނެ.

      15
      1
  2. ހޮނޑާފުށީ ބޮޑުހުސޭނު

    ޔަގީނުންވެސް މެންދުރު އޮންލައިން ނޫސްވެރިޔާ އަތުގަ އޮންނަންވާނެ އެއަންހެން ކުއްޖާގެ އިންޓްވިއުގެ އޯޑިއޯ ރެކޯޑިން އޭތި ރައްޔިތުންނަށް އަޑުއިއްވާލަދީ އޭރުން ހުރިހާ ހަގީގަތެއް ހާމަވީ .

    87
    • Anonymous

      ސަރުކާރުން ގަނެފި

      52
      1
  3. އޭ.ޑީ

    ތިޔަ ވިދާޅުވާ ރޯޔަލް ކޭސްގައި ދަޢުވާ ކުރެވޭ ވަރަށް ހެކި ހުރިކަމަށް ފުލުހުން މީޑިޔާގައި އިޢުތިރާފް ވާއިރު، ތުހުމަތުކުރެވޭ މީހުން ހައްޔަރު ނޮކޮށް ދޫކޮށްލާފައި ތިބީ ކީއްވެގެންތޯ، ރޯޔަލް ފެމެލީ ވީމަތޯ.

    82
    2
  4. ހަމްދު

    ލާދީނީ އެމްޑީއެން ފިކުރުގެ މީހުންނަށް އިސްލާމްދީން އަދި އިންސާނީ ހައްގެއް ނޭންގޭނެ. އެމީހުންނަށް އެނގޭނީ އެއްޖިންސުގެ ހައްގު އަދި "އިސްލާން" ދީން. އެމީހުން މަގާމުތަކުން ދުރުކުރަންޖެހޭ.

    63
  5. ތައްޚާން.

    މިއީތޯ އެވިދާޅުވި އިންސާފަކީ؟ މިއީތޯ އިންސާފަށް ވިލުނު އަލިކަމަކީ؟ މި ފެނުނު މަންޒަރުން ކަނޑުގެ ޤާނޫނު ނޫން ކޮން މަންޒަރެއްތޯ ސިފަމިވީ؟ އިޚްތިރާމް ލިބިގެންވާ މުއައްސަސާތައް ކުޑަކަކޫ މައްޗަށް މިފަދަ ގޮތަކަށް ތިރިވާނަމަ ކޮބާތޯ އަޅުގަޑުމެންގެ ހާލަކީ؟ ކާކުތޯ ހިމާޔަތަކަށް މިފަދަ ދޮރެއްގަ ޓަކިޖަހާނީ؟ މި ލޮބުވެތި ޤައުމުގެ ހައްޤުގަ އިންސާނުންނަށް ލިބިފަވާ މަތިވެރި ނިއުމަތް ދޫކޮށްލި ބަތޮލުންނަށް މިއަދު އަޅުގަޑު މެންނަށް ދެވޭނެ ޖަވާބެއް އެބަ އޮތްތޯ؟ ހިތާމަހުރި. އެފަދަ ބަތޮލުންނަށްވުރެ މިއަދު މިބިމުގަ މުޑުދާރު ޢަމަލު ކުރި މީހުން މިވަނީ އިއްޒަތްތެރިވެފަ ނޫންތޯ؟

    64
    1
  6. ސަމާ މާލެ

    ދެން ސޯލިހެއް ވެރިކަމަކަށް ނުހޮވޭނެ. ޖީހާނުގެ ފިރިމީހާ ރޭޕް ކުރީމާ އޯކޭ، އެހެން މީހުން ކުރީމާ އަދަބު ދެނީ. މޮޅު މީހާޔައް މޮޅުގޮތް، ދެރެ މީހާޔައް ދެރެ ގޮތް. އަދުލު އިންސާފެއް ނެތް ވެރިއެއް ސޯލިހުތީ. ނުހޮވޭނެ ކަލޭއެއް ދެނެއް.

    69
  7. Anonymous

    ރޯޔަލް ރޭޕް އާއި ގުޅިގެން ރައްޔިތުން ފުލުސް އޮފީހަށް ކުރަމުންގެންދިޔަ އިތުބާރު ގެއްލިއްޖެ

    71
  8. ކަހުރަބު

    އެ ދެ މީހުން ދޫކޮށްލު މުގަ ޢަ މަލު ކޮށްފަ ވަނީ އުސޫލާއި ޚިލާފަށް މިއަދުގެ ސަރުކާރާއި ފުލުހުން ހީކުރާހާ ގަ މާރު ބައެއް ނޫން ދިވެހީންނކީ ..( އެ މް ޑީ ޕީ ބައިގނޑު އެޅިހާ ބަތަކަށް ލާދީނީ ޕަޕެޓް ރިހަ ވެފަ އަތް ޖަހަން ތިބިއަކަސް އެން މެނެއް ނުތިބޭނެ )

    61
    1
  9. މަލްސާއާމިރު

    މިހާ ގިނަދުވަސް ވެގެން ދިޔައިރުވެސް ފުލުހުންނަށް ބުނަން އިނގުނީ “އެ އަންހެން މީހާ މޫދަށް ފުންމާލާނީ ވަރަށް ބޮޑުކަމެއް ވެގެން ކަމަށް”
    ތިއަށްވުރެ ގިނަ މައުލޫމާތު މީޑިއާތަކުންވެސް ދީފި ކަންނޭނގެ. ތިވަރު ބަޔަކަށް ހުޅުމާލޭން ފްލެޓު ހަވާލުކުރަން ތިއުޅެނީ ނާޤާބިލު ފުލުހުން

    61
    1
  10. ޢާލަމް

    ތިޔަކަމެއްނިމޭއިރު ކުއްވެރިވާނީ ސަފާރީގައި އުޅޭ ދެބޮންދުން.

    41
    1
  11. ނަސްރީނާ

    މުޅިންވެސް ތި މީހުން ހެދީ ހުސްދޮގުކަން ވަރަން ރަގަޅަން އެގޭ އެ މީހުންގެ ވާހަކައިން އިތުރަން އެގިގެން ދިޔައީ މުޅިންވެސް ވާހަކަ ދެއްކިއިރު އާގަނެގަނެފަ ވާހަކަދެއްކި ކަން ދޮގުހަދާމީހާ އަނގަ އޮޅޭނެ އެއީ ޝައްކެއްވެސް ހުރިކަމެއްނޫން

    33
    1
    • ?

      އެހެންތަ ?. ދެން ވަﷲ އަޢުލަމް

      17
      1
  12. ވަކަރު

    ތިޔަފުލުހުން ތިމަށްސަލަ ނުބަލާ ދޫކޮށްލައިފިނަމަމަށްސަލަބެލުމުގައި ސާމިލުވާފަރާތްތަށް ކޮމިސަނާއޮފު ޕޮލިސްއާއި އެކު ދެންއަންނަ ސަރުކާރެއްގައި ބަލާ ފިޔަވަޅު އަޅާނެކަން ހަނދުމަކޮށް ވީހާވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަދުލު ވެރިކަމާއި އިންސާފުން މަށްސަލަ ބެލުމަށް ފުލުހުންްްްްްްްްްނަށް ގޮވާލަން..

    30
  13. ސަލީމް

    ރޭޕް ކުރިމީހުންނައް އަދަބު ނުދޭނެ ކަމުގެ ހެއްކެއް، އިބޫ ވެރިކަމައް އައިގޮތައް ފުރަތަވެސް ކުޑަކުއްޖަކާ ބެހިގެން ޖަލުގަ ހުރި ހޯރަ އިއްބެ ދޫކޮއްލީ... މި ވެރިކަމުގަ އިންސާފެއް ލިބޭނެހެން ހީނުވޭ

    41
  14. ސަރީފް

    މިސަރުކާރު އޮތްހާ ހިނދަކު އުޅޭނީ ތިޔަފަދަ ހާލެއްގަ،

    36
  15. ކޮރަކަލި

    މިމީހުންދައްކާ ވާހަކަ މިހާރު ތާކުންތާކު ނުޖެހޭ ކުށުގެ ވެށިން ހައްޔަރު ކުރިކަމައް ބުނެފަ ކޮންކަމަކައްބިރުންބާ އެވާހަކަ އަނެއްކޮޅައް އަނބުރާލީ

    36
  16. ބޮޑުވަރު

    ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމަކީ އެވިދާޅުވާ އަނދިރި ދައުލަތުގެ ވާހަކަ ތޯއްޗެއް.

    31
  17. މަޖުބޫރީހާލަތް

    ސަރުކާރުން މިކަން ނުބަލާނެ މަޖިލިސްގެ މެންބަރަކައް އެހުރީ އަނބިގޮއްޔެ ދުނިޔޭގެ ލަދައްވެސް މިކަން އޮއްބާލާނެ ނަ މަވެސް ދެ މީހުން ގެޔައްގޮސް ކޯޅޭނެވަރު ހިތައްއާދޭ ސަރުކާރުން ބޮޑުންގާތު ބުނަނީ ލޮލުން އިޝާރާތް ކޮއްލާފަ ބޭނުން ކަ މެއްކޮއްލާށޭ ނިކަ މެތި މީހެއްނަ މަ.ރޯކަ މައް ހަދާލާފަ އެކްޓްކޮއްލާފަ މީވެސް ސަރުކާރެކޯ ކޮބާ ރިސޯޓު މުވައްޒަފުންގެ ޕެންޝަންލާރިކޮޅު އެވެސް ބަނޑުފުޅު އަޅުއްވައިގެން އެތިބީ

    13
  18. ދޖހގ

    މަންނާނުމެން ހާދަފަރިތައޭ ދޮގުހަދާލަން. ﷲ އަށް ބިރުވެތިވުމެއްވެސް މިމީހުންގެ ނެތް. ދޫ ގޮއްޖެހިދާނެއޭ ހިތަށް އަރާނަމަ ކޮންފަދަ

    16
  19. ޢާރިފު

    ފުލުހުން ރަނގަޅުވާނީ ތިޔަ ވާހަކަ އިތުރައް ނުދެއްކިއްޔާ. ދެއްކިވަރަކަށް ފުލުހުންގެ މުއައްސަސާ ބަދުނާ މު ވާނީި. ތިޔަ މައްސަލާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ ގުޑާލާގޮތް ނުވެފާ އޮތީ. ރައީސްއަށް ބޮޑުބޭބެ ކިޔާ މީހެއްގެ ފިރި މީހާއަށް ވީ މާ މައްސަލަ ނުބަލާ ރޭޕުކުރި މުޖުރި މުން ދޫކޮށްލަން އެންގީ މާ ފުލުހުން އެގޮތައް އަ މަލު ކުރީ. އިތުރަށް ކޮންވާހަކަތޯ ދައްކަންވީ. ތިޔަ ކަން ހިނގިގޮތް ނުދަންނަ މޮޔެއްވެސް ނެތް މި ގައު މމަކު

    20
  20. އަހްމަދު

    މަސްތުވާތަކެތި ބޭނުންކޮށްފައިހުރިތޯ ބެލުމަށް ސާމްޕަލް ނަގާނީ މައްސަލަ ބަލާ އޮފިސަރގެ ރިކުއެސްޓަށް ސީންއަށް ދާ ފުލުހުން އެކަމުގައި ގޮތެއް ނުނިންމާނެ. އާންމު ގޮތެއްގައި ހައްޔަރުކުރެވޭ މީހުންގެ ޔޫރިން ނަގާދޯ!

  21. ގިޓާ

    ތީދި އަންހެންމީހާ އަންހެނަކަށްވެ އިނދެ ހެކި ނައްތާލަން މަސައްކަތް ކުރާއިރު ލަދު ކޮބައި؟

  22. ގިޓާ

    ރޯޔަލް ރޭޕްގެ ޙިމާޔަތުގައި ފުލުހުން ނުކުތްކަން ތިޔަސާބިތުވީ

    13
  23. ވަހީދު

    މިރޭޕް ކޭހަކާއި ގުޅިގެން ފުލުހުންގެ އެންމެ މަތީ މީހުން ނޫސް ކޮންފަރެންްސްގައި ދެއްކި ވާހަކައިން ފުލުން މައްސަލައަކާއި ގުޅިގެން ހުޅުމާލޭގައި އަދި ހަރަކާތްތެރިވި ފުރަތަމަ ފަހަރޭވެސް ހީވެގެންދިޔަ. ސަފާރީތަކުން ހުޅުމާލެއަށް ރާބޭލުމާއި ހުޅުމާލެ ބޭރުގައި ސަފާރީ ތަކުގައި ޕާޓީ ކުރުމާއި ބަދުއަހްލާގީ އަމަލު ހިންގުމުގެ މައްސަލަ ތައް އަބަދު ބަަލަބަލާ ތިއްބާ އަންހެނެއްް ނިވާކަން ކުޑަވެފައި ތެމިފޯވެ ފަތިސްގަޑިއެއްގައި އެކަނި ބިރުވެރި ކަމެއްގައި ހުރުމުން ވެސް އަމަލު ކުރާނެ ގޮތެއް ސީނަށްދިޔަ ފުލުުހުންނަށް ނޭގުނު ކަމަށް ފުލުހުންގެ އިސް މީހުންގެ ވާހަކައިން ބުނެދިނުމަކީ އެފުލުހުން ރެއާއި ދުވާލު އެކުރާ މަސައްކަތްތަކަށް ބެލުމެއް ނެތް ކަމާއި އެމީހުންނަށް މުހިންމީ ސިޔާސީ މަންފާތައް ލިބިގެން އެތަންތަނުގެ އެންމެ.މަތީގައި ވީހާ ގިނަ ދުވަހަކަށް ތިބެވުންކަން އެގިގެން ދިޔައީ.

  24. ސާބިތު

    މި މީހުން މުޅިންވެސް ހެދީ ހުސްދޮގު މަށެއް ޤަބޫލެއް ނުކުރަން މި މީހުން ދެއްކި އެއްވެސް ވާހަކައެއް މުނާފިގުން ހުސް ތިތިބީ މަޙުސަރު ދުވަހުން ކެއްވާނެބާ

  25. އިއްސެ

    ކިހިނެއްތަ ރޯޔަލްވަނީ....ހުސް ހަޑި ލޭހުރީ، ކޮންމެ ހެން ރޯޔަލް ކިޔާކަށް ނުހެޖޭ... މިކޭސް ހިގުމާމެދު ސައްކު.