މިއީ ރާއްޖޭގައި ހިނގި ހާދިސާއަކާއި ގުޅިގެން ބިދޭސީއަކު ބުނި ޖުމްލައެކެވެ. ބިދޭސީ މީހާ ބަކަރިއަކާއި "ގުޅުން ހިންގުމުން" އެމައްސަލަ ހިލުވާލި މީހުންނާއި މުހާތަބުކޮށް އޭނާ ބުނީ އެކަން ކުރަން އޭނާގެ ބޮސް އޯކޭ އެވެ. އެކަން ކުރަން އޭނާ ވެސް އޯކޭ އެވެ. އެހެންވީއިރު ކަލޭމެންނަށް އެކަން މައްސަލަ އަކަށް ވާންވީ ކީއްވެ ހެއްޔެވެ؟

ރާއްޖޭގެ ސްކޫލެއްގައި ކުޅުނު ކުޅިވަރެއް އެއީ މުޖުތަމަޢުގެ އާންމު އަޙްލާޤީ މިންގަނޑާއި ނުގުޅޭ ކުޅިވަރެއް ކަމަށް ބުނެ "ވަގުތު" ގައި އިއްޔެ ލިޔުމެއް ޝާޢިއު ކުރުމުން އެހަރަކާތް ހިންގި ސްކޫލްގެ ޕްރިންސިޕަލްގެ ފޯން ކޯލެއް އަޅުގަނޑަށް ލިބުނެވެ.

ޕްރިންސިޕަލް ވަރަށް ކޯފާ އިސްކުރައްވާ ވާހަކަފުޅު ދައްކަވަމުން ފުރަތަމަ ނެންގެވި މައްސަލައަކީ "ރަސްމީ ފޭސްބުކް ޕޭޖް ގައި" އިން ފޮޓޯއެއް ބޭނުންކުރި މައްސަލައެވެ. ދެން ވިދާޅުވީ އެއީ ތިހީކުރާ ކަހަލަ ކުޅިވަރެއް ނޫން ކަމަށެވެ. އެއީ ދެމަފިރިން ކުޅުނު ކުޅިވަރެއް ކަމަށް ވެސް ވިދާޅުވިއެވެ.

މައްސަލައެއް ނެތެވެ. ދެމަފިރިން ކުރަން އެއީ ހަޑިކަމަކަށް ނުވެދާނެއެވެ. ނަމަވެސް މައްސަލައަކަށްވީ އެކަން އާންމު ތަނެއްގައި ކުރުމެވެ. އެކުޅިވަރު ކުޅޭ މަންޒަރު ފެންނަ ކޮންމެ މީހަކަށް އެތަނުގައި ތިބީ ދެމަފިރިންކަމެއް ވެސް ނޭނގޭނެއެވެ. އަދި ކުޑަކުދިންތަކެއްގެ ކުރިމަތީގައި އެފަދަ ކުޅިވަަރެއް ކުޅުމުން ދެން ނިކުންނާނެ ނަތީޖާ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންތަކަކަށް އަޅުގަނޑު ކޮންމެހެން އިތުރަށް ސާފުކޮށްދޭކަށް ނުޖެހޭނެއެވެ.

އިސްވެ ދެންނެވި ލިޔުމާއި ގުޅިގެން އިތުރު ބޭފުޅެއްގެ މެސެޖެއް ވެސް އަޅުގަނޑަށް ލިބުނެވެ. އެމެސެޖްގައި އޮތީ "ސްކޫލުން އިންތިޒާމް ކުރި ކުޅިވަރެއް ސްކޫލަށް މައްސަލައަކަށް ނުވޭ. ސްކޫލްގެ ބެލެނިވެރިންނަށް މައްސަލައަކަށް ނުވޭ. އެހެންވީމާ އެކަން ކަލޭމެންނަށް މައްސަލައަކަށް ވަނީ ކީއްވެ؟"

ކޮންމެ މުޖުތަމަޢެއް ގައި ވެސް އާންމު އިޖުތިމާޢީ މިންގަނޑެއް އޮވެއެވެ. އެއީ ޤާނޫނެއްގައި ނުވަތަ ޤަވައިދެއްގައި ނުވަތަ އުސޫލެއްގައި ލިޔެވިފައި އޮންނަ މިންގަނޑެއް ނޫނެވެ. އެމިންގަނޑަކީ ރީތި، އަޙްލާޤީ ސިފަތަކުގެ ގޮތުގައި އެންމެން ވެސް ގަބޫލު ކުރާ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ މިންގަނޑެކެވެ. އެއްވެސް މީހަކު އެމިންގަނޑުން ބޭރުވެއްޖެނަމަ އޭނާ އެމިންގަނޑުގެ ތެރެއަށް ވެއްދުން އެއީ މުޖުތަމަޢުގެ ދެން ތިބި އެންމެންގެ ޒިންމާއެކެވެ.

މިއަދު ރާއްޖޭގެ މުޖުތަމަޢުގައި ކޮންމެ މީހަކީ ވެސް ވެރިއެކެވެ. ކޮންމެ މީހަކީ ވެސް ބޮހެކެވެ. އެހެންކަމުން އޭނަގެ މައްޗަށް އަމުރު ކުރެވޭނެ، އޭނާ ގޯސް ކަމެއް ކުރުމުން ތިއީ ގޯސް ކަމެކޭ ބުނެވޭނެ އެހެން މީހަކު މުޖުތަމަޢުގައި ވެސް އަދި އެންމެ ގާތައް ޖެހިލާއިރު އާއިލާގެ ތެރޭގައި ވެސް ނުހުރެއެވެ.

ކޮންމެ މީހަކަށް މިއޮތީ އިމެއް ނެތް މިނިވަންކަމެވެ. މިއޮތީ ކޮންމެ ކަމެއް ކުރުން ހުއްދަ ޒަމާނެވެ. ތިމާ އަށް އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް ފެނުމުން ދެން އިތުރަށް ބަލަން ޖެހޭ އެއްވެސް ކަމެއް އޮންނާނެ ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް އެއީ ގޯސް ގަބޫލު ކުރުމެކެވެ.

ބޮސް އަށް އޯކޭ ވީނަމަވެސް، އަދި ކަލެއަށް އޯކޭ ވީނަމަވެސް މުޖުތަމަޢުގެ އާންމު މިންގަނޑުން ބޭރު ކަންތައްތައް އަޅުގަނޑުމެންނަށް އޯކޭ އެއް ނޫނެވެ. އެހެންކަމުން އެވާހަކަތައް އަޅުގަނޑުމެން ދައްކާނަމެވެ. ކުރާ ފޯން ކޯލަކުން، ލިބޭ މެސެޖަކުން، ފޮނުވާލާ ކޮމެންޓަކުން، ޝެއާ ކުރާ ސްޓޭޓަސް އަކުން އެކަމެއް ނުހުއްޓޭނެއެވެ.

އެކަން ހުއްޓޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ކޮންމެ މީހަކުމެ އާންމު އިޖުތިމާޢީ މިންގަނޑަށް ބޯލަނބާ ކިޔަމަންވުމެވެ.

ކިޔުންތެރިންގެ ހިޔާލު

74 ކޮމެންޓް

 1. ނާޒިރުގެ އަނބި

  ދެމަފިރިން ވެއްޖިއްޔާ ހެޔޮދޯ މީހުންގެ ކުރިމަތީ ކޮންމެ ކަމެއް ކުރިޔަސް..! އެހެންނޫނަސް އެއީ ހުސް ދޮގު. އެތާ އެކުޅިވަރު ކުޅުނީ ހުސް ދެމަފިރިންނެއްވެސް ނޫން. އެހެން ނޫނީ އެސްކޫލަށް ވަޒީފާއަށް ވަނީމަ މީހެއްގެ ފިރިއަކަށް ނޫނީ އަތްންބަކަށް ވިޔަސް، ސްކޫލް ތެރޭގަ ހުންނައިރު އެސްކޫލުގެ އެހެން މުވައްޒަފެއްގެ އަތްންބަކަށް ނޫނީ ފިރިއަކަށް ވަނީ ތޯއްޗެ..!

 2. ވަގުތަށް މާބާރު ކުރަނީ ކީއްވެ. މި ގައުމުގަ ތިޔައް ވުރެ މާ ގޯސް ވަންތައް އެބަ ވޭ. ދެން މި އާރޓިކަލް ލިޔުނު މީހަކީ ހަމަ އަލިފެއްހެން އުޅޭ މީހެއްތަ؟ ފުރަތަމަ ތިމާމެން އިސްލާހުވެބަލަ

  • ހިނި ހަޖަމް ކޮއްލާ. ތި ޕުރިންސިޕަލް ވާވެއްދި ޕީޓީެއޭ ގޮލައެއްދޯ

  • ފަޔަށް ހިނި އަރަނީތަ. ގޯސްކަމެއް ހިނގާނަމަ އެކަމެއް އިސްލާޙް ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް.

   • މީކީ ނޫން އިސްލާހު ކުރަން އޮންނަ ގޮތަކީ...އިސްލާހު ކުރުމުގެ ފުރަތަމަ މަރުހަލާ ނަސޭހަތް ދިނުން....އެއަށްފަހު އެހެން ކަމެއް...މި ގޮތަށް ބަދުނާމް ކުރުމެއް ނޯވެ....ފަސާދަ ވުން ނޫން ކަމެއްނުވާނެ އެކަކު އަނެކަކާ ޖައްސާލަެިގެން.....

    • އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ މީޑިއާގެ ޒިންމާއެއް..

     • ކަލޯ ރަނގަޅު އެއްގޮތްވެސް ނޯންނާނެ. ދިވެހިން ދިވެހިންގެ ގޮތުގައި...

  • މީހަކު ރަނގަޅު ވާހަކައެއް ދެއްކީއްޔާ އެވާހަކަ ގަބޫލު ކުރަން ދަސް ކޮށްބަލަ. ތިވެސް އަލިފެއްނޫން

  • މިއައްވުރެ މާބޮޑެތި ކަންކަން މި މުޖުތަމައުގައި ވަމުންދާއިރު މިކަހަލަ ބޭކާރު ހަބަރުތައް ފިތުނަ ފަސާދަ އުފައްދަން ލިޔުނީމަ އެއީ ވަރަށް މޮޅުކަމެއް ކަމަށް ދެކިގެން މިހަބަރާ ދެކޮޅަށް އެއްޗެއްލިޔާ މީހާ އާއި ޖައްސާލީމަ އެއި ވަރަށް މޮޅުކަމެއް. މި ގޭމް ވެސް ސެކްޝުއަލްއެއްޗަކަށް ހަދައިގެން އެވާހަކަ ފަތުރަން ކުރާ ވަރަށް ނާތަހުޒީބު ކަމެއް މީ. ކަލޭމެން ވެސްހިސާބަށްވުރެ މައިންޑް ޑާޓީއީ.

   • ލާލަ އަށް..

    ތިހެންކިޔާ ކިޔާ ކަލޭމެންކަހަލަ މީހުން މުޅި މުޖުތަމަޢު ހަލާކު ކުރާތަން ބަލަން ތިބެވިއްޖެތާ... އަބަދުވެސް ގޯސްމިވާނީ ކަޑަކަންތައްތަކާމެދު ބަސްބުނާ މީހާ.. ދެނެއް ތިޔަހެން ކިޔާނެކަމެއްނެތް.. ދިވެހިން މިހާރު އެހެރަ ހޭލަނީ..

   • މަބުނީ އަސްލު ޙަބަރުގައި ހުރީ ވަރަށް ރަނގަޅު ވާހަކަ. ލާލަ އަށް މާބޮޑަށް އިނގެނީ.

  • ޙެއޮނުވާނެ

   ނުބައިކަންތައް ތައް ކުރަން ހިތްވަރުދީ ކޮމެންޓްނުކުރާށެވެ. ޙެއޮނުވާނެ މުއުމިނުންނަކީ ހެއޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރަންޖެހެބައެއް

 3. ކޮންމެ ސްކޫލަކުން ކުރި ކަމެއްކަމުގައި ވިޔަސް، ދެމަފިރިން ކުޅުނު ކުޅިވަރެއް ކަމުގައިވިޔަސް އެއީ މުޖުތަމައު ބަލައިގަންނަން އުނދަގޫ އަދި ކުޅެން އެހާމެ ހުތުރު ކުޅިވަރެކެވެ.

 4. ކޮބާބަ އިޖްތިމާއީ މިންގަޑު؟ އެއީ މިޤައުމު ދަންނައެއްޗެއްނޫން އިންގޭތޯ!

 5. ތި ޕްރިންސިޕްލް އާދޭތެރޭ އެޑިޔުކޭސަނުން ފިޔަވަޅު އަޅަންޖެހޭ.

 6. ތީ ދެން މާ ވެގެންއުޅޭ ޕްރިންސިޕަލެއް

 7. "ބެލޫން ޕްރިންސިޕަލް"

  • މަށަށް ޝައްކު ތިހާ ރޮމޭންޓިކް ޕްރިންސިޕަލެއްވިއްޔާ މިހާރު ހުންނާނީ ދަރިވަރުންނާމެދުވެސް ބެލޫން .................................

 8. ކަމަނަ މުހައްމަދު

  ތި ސްކޫލުން ޕޭރަންޓްކަން ލިބިދާނެތަ ޕްލީސް؟

 9. ވަރަށް ރަނގަޅު ލިޔުމެއް. ތިޔައީ ހަގީގީ ނޫސްވެރިކަން. ރަނގަޅު މުޖްތަމައެއް ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން.

 10. ރަނގަޅު! ސާބަހޭ ކޮޔާ އާދަމް ނަވާޒޫ ..... ތިމާމެންނަށް ކަމުގޮސްގެން ތިއްބަސް އަހަރުމެންނަކަށް ކަމަކުނުދޭ ތިޔައެއް.... އަދި ދެރައީ ސްކޫލަކުން އިންތިޒާމް ކުރީތީ... ލަދެއްގެ ކަންފުޅުވެސް ނެތީ އޮތަ!؟

 11. އަލްޖިބްރާ

  އާއްމުންގެ މޫނުބަލާލޯގަޑަކީ ކޮންބައެއް ހެއްޔެވެ؟ އެމީހުން ހިންގަމުންދާ ހުރިހާ ނުބައި ނުލަފާކަންތަކަށް އާއްމުންވެސް ދާނީ މަޑުމަޑުން ތަބާވަމުންނެވެ.

 12. މަހަށްދޭބަލަ

  ޕްރިންސިޕަލް މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭ އިނގޭ.

 13. ރަނގަޅު ވާހަކައެއް...މީ 100 ގެ ލިޔުމެއް

 14. ކެނެރީ ސޮނި މުގާބޭ

  ތިޔަ ސްކޫލުގެ ޕްރިންސިޕަލް މަޤާމުން ދުރުކުރަން ގޮވާލަން. ޕާޓީ ފިކުރު ދޫކޮށް މިކަލޭގެ ހަމަމަގަށް އަޅުވަމާބަހީ.. ވަގުތު ނޫހަށް ތިކުރާ މަސައްކަތަށް ސާބަސް ހައްޤު.

  • ރަނގަޅަށް ތިބުނީ.. ޤައުމުގެ ޅަޖީލު ބިނާކުރަން އެފަދަ ޕްރިންސިޕަލުންނާއި ޓީޗަރުން ތިބެގެނެއް ނުވާނެ..

 15. ޢެންމެންނަށް ހެޔޮވިސްނުން ދެއްވާ އެފަދަ ކުޅިވަރު ތަކުން ދުރުހެލި ކުރައްވާށި.

 16. އާމިނާފުޅު

  ރަނގަޅު ލިޔުމެއް. ބަކަރި އޯކޭ ވިޔަސް އަހަރެމެންނަށް އޯކޭ އެއްނޫން. ސްކޫލު ކިޔަވާ ކުދިންނަށް ދައްކަންވީ އެއްޗެއް ނުދައްކަންވީ އެއްޗެއް ނޭނގޭ ޓީޗަރުން އުޅޭތީ ހިތާމަކުރަން. ތި ސްކޫލަށް ކުދިން ފޮނުވުން ހުއްޓާލުމަށް ގޮވާލަން. ނޫނީ އެ ޓީޗަރުންނަށް ފިޔަވަޅު އަޅާ. އެހެންނޫނީ މިކަހަލަ ކަންތައް ތަކުރާރުވާނެ. ނޫނީ އަދިވެސް ކުރެވުނު ކަންތައްތައް ފޮރުވާއި ރަނގަޅު ކަމެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި މުދައްރިސުން މާފަށް އެދުމަށް ގޮވާލަން

 17. ބައެއް މީހުން ތިޔަފަދަ މީހުންނަށް ކިޔާއުޅޭ " ގަމާރުން" ނޭ

 18. މުޖުތަމަޢުގެ ކަފާސްވެ ވީދި ކުނޑިކުނޑިވެފައިވާ އިޖުތިމާޢީ ފޭރާމުގެ އާބާތުރަ ފިލުވައި ނުބައި ވަބާތަކުން ގައުމު ދަފަރާކުރަން ތިޔަ ކުރާ ހިތްވަރާ ތިޔަ ސާބިތުކަން ފެނި ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިއްޖެއެވެ. ކޮންމެ ނުބައި އަމަލަކަށް އަރައިގަންނަ މީހާއާއި އެކަމަށް ވާގިވެރިވާމީހުން ހަމަގައިމުވެސް އެކަމަށް އޯކޭވާނެތާއެވެ. ޢެއީ އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީއެވެ. ޢަހަރެމެން މުޅި ދިރިއުޅުން ބިނާވާންޖެހޭނީ އިސްލާމުދީނުގައި އަންގަވާފައިވާ އަޚުލާޤީ ރިވެތި އަދަބުތަކުގެ މައްޗަށެވެ. އަޚުލާގީ މިންގަނޑުން ބެރު ގޭމުތަކުން ހިތްއުފާކުރުމުގެ ހަރަކާތްތައް ރާވައި ހިންގުން ހުއްޓުވަން ވާހަކަދައްކާމީހާ ކުށްވެރިކުރުމުގެ ބަދަލުގައި އެފަދަ އަމަލުތައް ތަކުރާރުނުކުރުމުގެ ފަލްސަފާއެއް ގެންގުޅޭބަޔަކު ކަމުގައި ދިވެހިން ވަމާހިނގާށެވެ.

 19. ނަވާޒުގެ މަސައްކަތަށް ސާބަހާއި އައްސެރިބަސް! އެންމެ ފިޔަވާޅެއްވެސް ފަހަތަށް ނާޅާތި.

 20. ވަގުތުން ލިޔުނީ ރަނގަޅު ލިޔުމެއް އިއްޔެވެސް، ކޮންމެހެން ނުޖެހެ ޕަބްލިކް ތަނެއްކަ އެކަހަލަ ހަޑި ކުޅިވަތުތައް ކުޅެކަށް ، ވަރަށް ހަޑި މަންޒަރެއް، ލަދު ހަާތްވެސް ނެތީނު

 21. ގަދަ ޕްރިންސިޕަލެއް އެއީ....... އޭނައަށް ވަރިހަމަ ކުޅިވަރެއްގެ ގޮތުގައި ރަސްފަންނުގައި ދެމަފިރިން އެއްދާންކުރިޔަސް.

 22. މީވެސް ކުޅިވަރެއްތަ ޕްރިންސިޕަލޫ.

 23. ތި ޕްތިންސްޕަލްގެ ފޯނު ކޯލަށް ވަރަށް ފުރިހަމައަށް ޖަވާބު ލިބިފަ މިހާރު އޮންނާނީ....

 24. ވަރަށް ރަނގަޅު ލިޔުމެއް.
  މުޖުތަމަޢު ތަރުބިއްޔަތުކުރަން ތިއްބަވާ ތިޔަފަދަ ވެރިންނަށް ދީން ނުވިސްނޭކަން މިއިން އެނގެނީ.
  ބޭރުގެ ކޔެވެލިން ފެތުރޭނީ އެވެރިންގެ ގޮތް

 25. ދެން އެންމެން އަތް ޖަހާ.. ބާރަށް އަތް ޖަހާ، ހިތްވަރުދީ.. ވަރަށްް މޮޅު އާޓިކަލް އެެއް ވިއްޔަ މިއޮތީ ލިޔެލާފަ.. ވަގުތު މީހުންނަކަށް ނޭނގަެތަ ކަލޭމެނަށް ގޮވޭ އަވަގުރާނައެެއް؟
  ވާނުވާ ބަލާ ނުލާ ފާޑު ފާޑު އާޓިކަލްތައްް ލިޔެފަ ހަގީގަތް ބަޔަކު އަންގަދިނަިމަަ މާފަށް އެދުމުގެ ބަދަލުގަ ރީއްޗެއްނު އަނެއްކާ ލިޔެލާފަ އޮތް އާޓިކަލް.

 26. އާދަމް ނަވާޒުގެ ލިޔުމަށް 100 ތާޢީދު. "ހިނި" އަށް ބުނެލަން އޮތީ އިންސާނެއް ދައްކަބަލާށޭ އަލިފެއް. އިންސާނުން ހައްދަވާފައިވަނީ ކުށްކުރެވޭނެކަމަށް އަންގަވާފަ. "ހިނި" ކަލޭ ީ އަލިފެއްތ؟

 27. ތި ޕްރިންސިޕަލަކީ ވަަރަށް ފުއްޕާ މީހެެއް. ތިމީހަކު ގެ ފޮޓޯއަކަށް މަވެސް އެފްބީގަ ކޮމެންޓެެއް ލިޔުނީމަ ގުޅާފަ ބިރުދެއްކި. އަބަދުވެސް އުޅޭ ވައްތަރު.

 28. ފުރަތަމަ މީހުން ކުރިމަތީ ބަދުނާމެއްނޫން ކުރާނީ އެއަށްވުރެ ރީތި ގޮތުގަވެސް ކަންކަން ހައްލު ކުރެވޭނެ....ލިޔާނެ ހަބަރެއް ނެތިއްޔާ އެޓްލީސްޓް ތިގޮތައް ބަދުނާމް ނުކޮއްބަލަ...މިބުނަނީ އެއްވެސް ހާލެއްގަ އެމީހުންކުރި ކަންތައް ރަނގަޅެކޭ ނޫން....ބަޓް މުޖުތަމައުގަ ހިނގާ ކަންކަން މިގޮތަށް އިސްލާހު ކުރަންވެއްޖެއްޔާ ދުވަހަކު އިސްލާހު ވާނެ ކަމަކަށް ނުފެނެ....ފުރަތަމަ ނަސޭހަތްތެރިވުން ބުއްދިވެރި ކަންނޭނގެ....

  • ބަލަ ނަސޭހަތޭ އެދެނީ.ނޫސްވެރިންގެ ޒިންމާ އަކީ މި ނޫން ދެން ކޮންޗެއް

 29. ޙުސައިން މ. މުލި

  ޕުރިންސިޕަލް ވަޒީފާއިން ވަކިކުރުމަށް ގޮވާލަން

 30. ބަރާބަރު. އަދިތިވީގޮތުން ކޮން ސްކޫލެއްގެ ފޭސްބުކުގައި އޮތް ފޮޓޯއެއްތޯވެސް ބަލާނަން. އަދި ތިޔަ ޕްރިންސިޕަލަށް ރީތިގޮތަކަށް މަރުހަބާވެސް ކިޔާނަން.

 31. މަންމަ އާއި ބައްޕަ ކުޅުނު ކުޅިއެއްކަން ނޭންގިގެނެއްނޫނޭ މި ކޮމެއްޓްކުރަނީ އެކަން ސާފުކޮށްދޭން ތި ކޮމެންޓްކުރަނީ. ގިނަ ކުދިންނަކީ މައިންބަފައިން ކުރާ ކިތަންމެ ކުޑަކަމެއްވެސް ކޮޕީކޮށް އެކަން އެހެން ކުރާބައެއް. ކޮންމެގޮތެއްވިއަސް ތިގޭމަކީ ހުތުރުމެސެޖެއް ދޭ ގޭމެއް. މާފަށް އެދުމުގެ ބަދަލުގައި ތިކަންކުރި މީހުންގެ ފަރާތުން ފެންނަނީ ޖަދަލުކުރުން. ރާއްޖޭން ބޭރުގައިވެސް މިގޭމަކީ ދެޖިންސް މިކްސް ވެގެން ކުޅޭ ގޭއްމެއްވެސްނޫންތޯއްޗެ. ނޫސްވެރިޔާގެ މިލިއުމަށް އަޅުގަނޑު ވަރަށް ތާއީދު.

 32. ދެމަފިރިން ކުޅިވަރެއް ކުޅުނަސް އެހެން ބަޔަކު ކޮންމު ކުޅިވަރެއް ކުޅުނަސް ހަނދާން ކުރަންޖެހޭނެ އަހަރެމެންނަކީ މުސްލިމުން ކަން... މުސްލިމަކަށް ވެހުރެ ދެމަފިރިޔަކަސް މީހުން އެއްވާ ތަންތާގަ އުޅެންޖެހޭނެ ހައްދެއް އޮންނާނެ.. އެއީ ދެމަފިރިންނޭކިޔާފަ ނުޖެހެ ދެމީހުން ހިތުހުރިގޮތަކަށް އުޅޭކަށް..

 33. ދެމަފިރިން ކުޅިވަރެއް ކުޅުނަސް އެހެން ބަޔަކު ކޮންމު ކުޅިވަރެއް ކުޅުނަސް ހަނދާން ކުރަންޖެހޭނެ އަހަރެމެންނަކީ މުސްލިމުން ކަން... މުސްލިމަކަށް ވެހުރެ ދެމަފިރިޔަކަސް މީހުން އެއްވާ ތަންތާގަ އުޅެންޖެހޭނެ ހައްދެއް އޮންނާނެ..

 34. ބަލަ ހިލޭ ފިރިހެނުން ހިލޭ އަންހެނުން ގޮވައިގެން މުޅި މާލެ ކުޑަކޮށް ދުއްވާއިރު މީހުންނަށް އޯކޭ؟ ވަގުތަށްވެސް އޯކޭ. އަދި ދިބެނީ ބައްދާލައިގެން އެކަތި ގަނޑަކަށް ވެގެން. އެކަމަކު އެކަންތައް އޯކޭ. މި ކަންތަކުގެ ވާހަކަ ދައްކާފަ ކީއްވެ އެކަންތަކުގެ ވާހަކަ ނުދައްކަން ވީ؟؟

 35. އަތްޖަހާ އަތްޖަހާ ދެން އެންމެން އަތްޖަހާ.

 36. މާމޮޅު ވެގެން ތި ލިޔުން ލިއުނު މީހާއަށް ނޭގެނީބާ ޓީވީއިންވެސް އަބަދު ތިގޭމް ކުޅޭތަން އަބަދު ދައްކާކަން. ތިކަން ގޯސްވެގެން ތިއުޅެނީ މަގުމަތީގައި ބޮއެގެން ބިއްޖެހިގެން ދާއިރު ކަލޭމެންގެ މައްސަލައެއް ނެތް . އެމީޙުންނާއި ބެހޭ ގޮތުން ކުޑަކުދިން ސުވާލު ކުރޭ.. ރައްޔިތުންގެ މަޖިލީހޭ ކިޔާ ބަކަރި ކޮށީގައި ޖައްސާ ވައްތަރާއި ލައްވާ ހަލޭއް ބަލަން ތިބެނީވެސް ހަމަކުޑަކުދިން... މަގުމަތީގައި ބައްދައިގެން ކިސްކުރަން ތިބޭތަންވެސް ފެންނަނީ ހަމަކުޑަކުދިންނަށް.

 37. އެއީ މައްސަލައެއް، ކޮޓަރި ތެރޭ ކުރާ ކަންތައް އޯކޭ އޭ ކިޔާފަ ދެމަފިރިން ވިޔަސް އަހަރެމެނަށް ދައްކާނެ ކަމެއް ނެތް. މިކަމުގަ ވަގުތު ނޫސް އޯކޭ! އެކަމު ދުނިޔޭގެ ވަހުޝީ ޚަބަރު ތަންކޮޅެއް މަދު ކޮށްލައްޗޭ

 38. ރަނގަޅައް އެބުނީ ކަލޭމެންނަށް ކޮންކަމެއް

 39. އިޖުތިމާއީ މިންގަޑަށް ނުފެތޭއިރު ކީއްވެ މި އާޓިކަލްގައި ބުރުގާ ނާޅާ އަންހެނުން އެ އަމަލުކު ހިންގަނިކޮށް ފޮޓޯލާފަ ތި ބަހައްޓަނީ؟

 40. ވަގުތުން ލިޔާ އާޓިކަލްތަކަށް އަމިލްލަޔަށް ވިސްނަވާ ހަމަ ތިނަޒަރުން

 41. މީ ލިޔުމަކީ .... ބަރާބަރު ވާހަކައެއް ... މިހާރު މިއުޅޭ މީހުން ހިތުހުރި ކަމެއް ކުރަނީ ... ވަގުތުން އެބަޖެހޭ އަދި ލިޔުމެއް ތައްޔާރުކުރަން... ގައުމީ މަންހަޖަކީ އިސްލާމްދީނާ ގައުމިއްޔަތު ދިރުވާ މަންހަޖެކޭ އޮންނައިރު ފާހަގަކުރާ ދުވަސްތަކުގައި މިއިން އެއްވެސް ކަމަކަށް ނުފެތޭ ތީމްތަކަށް ކުދިން ތައްޔާރުކުރުވާ ހަރަކާތް ހިންގާ މައްސަލަ މީ ބޮޑުވެއްޖެ ކަމެއް... އަދި މިފަދަ ކޮންމެ ކަމަކަށް ބެލެނިވެރިން ކުރަންޖެހޭ ހޭދަ މީ ބޮޑުކަމެއް

 42. ާއަހްމަދު

  ތިޔަ ކުުރައްއްވާ މަސައްކަތައް ސާބަސް

 43. ހާމިދު ދާއީ

  ތި ޕްރިންސިޕަލް އިސްތިއުފާ ދޭން ގޮވާލަން. ބެލެވޭ ގޮތުގައި އޭނާއަކީ ފާހުޝި އަމަލުތައް ޕްރޮމޯޓް ކުރަން އުޅޭ ޕްރިންސިޕަލް އެއް. އަނެއްކޮޅުން ޕަބްލިކް ޑޮމައިންއަށް ފޭސްބުކަށް ލާ ފޮޓޯއެއް ކްރެޑިޓް ދީފައި އެހެން ބަޔަކަށް ޝާއިޢު ކުރެވިދާނެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތް.

 44. ޢިސްލާހު.

  ވަގުތު ޓީމަށް ސާބަސް .ދޫނުކުރާތި

 45. ނަވާޒަށް ސެލިއުޓުކުރަން މިކަހަލަ ލިޔުންތެރިކަން ބޭނުންވަނީ، މީތަރައްޤީ އަކީ، މުޖުތަމަޢުގައި އުޅޭ ކޮންމެ އަފުރާދެއްގެ އަމަލެއްގެ ފަރުދީ ޒިންމާ އުފުލައިގެން އުޅެން ދަސްކުރަން އެބަޖެހޭ

 46. މިއީ ވަރަށް ރަގަޅު ލިޔުމެއް.

 47. ރަނގަޅަށް ތިޔަ ބުނީ

  ރަނގަޅު ފޮލޯ އަޕް ކުރީތީވެ.. މިރާއްޖޭގަނޫނިއްޔާ އެހެން ޤައުމުތަކުގައި އެންމެ ކުޑަމިނުން ތަނުގެ އާދަކާދަތަކަށް ރައްޔިތުންނާއި ބޭރުމީހުންވެސް އިޙްތިރާމުކުރޭ..އެކަމަކު މިރާއްޖޭގަ މިނިވަންކަން ހައްދުފަހަނަ އަޅައިގޮސް އަމިއްލަ ބުއްދި ވަހުށީ ފިކުރަށް އަޅުވެތިވެ އެކަންކަން ހާސިލުކުރުމަށް މިހާރު މިތިބީ ދީނާއި ޤައުމުވިއްކާލަންވެސް ތައްޔާރަށް.. އެބަޖެހޭ ލައިން ޑްރޯކުރަން.. ހޯހޯއޭބުނަން.. އަދި ހެދިފައިހުރި ޤާނޫނުތައް ތަންފީޒުކުރަން.. މިކަމުގައި ފުލުހުންގެ ރޯލު އަލުން ބިނާކުރަން އެބަޖެހޭ..

 48. ކަލޭމެން ވަހުށީ ވާހަކަ ލިޔަން މުޖުތަމައު އޯކޭ ތަ؟

 49. ތަންތާގެ ޕުރިންސިޕަލުންނަށް ތިބެނީ ވައިބާ ގުރޫޕްތަކުގައި އިސްގީ ލަވަފޮނުވުން ނޫންކަމެއް ކުރެވޭނެ ފެންވަރެއް ނުވަތަ ދިރިއުޅުމެއް ނެތް ފަތަރާސީން ކަމަށް ވަންޏާ މިކަހަލަ ކުދިކުދި ހިތިކަންކަން ފެންނާނެ ދޯ؟

 50. ޒިއްމާދާރު ނޫސްވެރިކަމަކީ މުޖުތަމަޢުގަހިގާ ނޭދެވޭކަންކަމާއި، ރަނގަޅުކަންކަންވެސް ފާހަގަކޮއްގެން ކުރެވޭނެކަމެއް! ނޫސްވެރިޔާއަށް ސާބަސް.

 51. ލިޔުންތެރިޔާގެ ވާހަކައަށް ތާއީދު. ތިކަހަލަ ކަންކަމަށް އެއްބާރުލުންދީ އަތްޖަހައިގެން ނުވާނެ. ޝަކުވާ ކުރަންޖެހޭ، ކޮންޑެމް ކުރަންޖެހޭ.

 52. ޕުރިންސިޕަލް

  ބަލަ ޕުރިންސިޕަލޫ. ތިބޭފުޅާ ދަރިން ކުރިމަތީގައި މާ ވަރަކަށް ކުޅޭ ކުޅިވަރެއްތޯ މީ ހަންފަޅާ ހަން ފިއްތުން. ސަލާމް ވަރަށް.

 53. ވަރަށް ތާއީދު. ވަގުތު ނޫހުން ތިކުރާ ހިއްވަރަށް ހަމަ ސާބަސް. ފޯން ކޯލަކަށް ކޮަމަންޓަކަށް ޕްރިންސިޕަލަކަށް ބޮސްއަކަށް ވެރިއަކައް ނުގުޑާތި. ތި އަޒުމުގައި ކުރިއަށް ވަޑައިގަންނަވާ. މިފަދަ ޖަރީމާ ހިންގާ މީހުން ހީކުރަނީ މިކަން ކުރާމީހުން އޯކޭވީމާ ބޭނުންހާ ކަމެއްކޮށްލާފަ ބޭނުންގޮތަކަށް އުޅެވޭނެކަމަށް. މި ޤައުމުގެ މުސްތަޤްބަލު ހަލާކުރާ ބައިގަނޑު.

 54. ޅިޔުންްތެރިޔާަް!
  މަރުހަބާ.
  ތިއީ ބޮޑުޖިހާދެއް.
  ސާބަސް.

 55. ވ.ރަނގަޅު ވާހަކައެއް....

 56. އުޑުގަ ޖެހިފައި ބިމުގަ ޖެހިފަ މިފަދަ ކަންތަކަށް ތާއީދު ކުރިނަމަވެސް ވިޔާނުދާ އެއްވެސް ޢަމަލަކުން ރަގަނޅު ނަތީޖާއެއް ނުނިކުންނާނެ،،، ބަޔަކަށް ހީވެދާނެ: މިގޮތަށް ފުއްޕާހަން (ކުރިމަތި ފަރާތާއި ދިމާލުން ) ހަށިގަނޑުގައި އެލުވައިގެން އެފެޅުމާއި، (ފުރަގަސްފަރާތާއި ދިމާލުން) އަށިގަނޑުގައި އެލުވައިގެން ފެޅުމާއި ކުރިމަތި ފަރާތާއި ދިމާލުން އާފަލު އެލުވައިގެން އެ އަނެއް ޖިންސުގެ ބައިވެރިން ކެއުމާއި މިފަދަ މަންޒަރު ދެ ޖިންސުގެ ބައިވެރިން ކުޅޭއިރު ހާދަ މަޖަލޭ! ހަމަ ހީވަނީ ގުދަށް ބާ**ފަ **** ހެން! ހީވެދާނެ އެފަދަ ވަޙުޝީ ޢަމަލު ތަކުން ނިކުންނާނީ ރަނގަޅު ނަތީޖާއޭ! ނިކަން ދެކިބަލަ މިކަމުގެ ހުއްޖަތަކަށް މިބުނަނީ އެކަން ކުރީ ދެމަފިރިންނޭ! ކޮބާހޯ މައްސަލައަކީ! ސުބުޙާނަﷲ!

 57. ޢާދަމް ނަވާޒަށް ވ ސަލާމް