އުމުރުން އެއް އަހަރުގެ އާހިލް މުހައްމަދު (އަސްލު ނަމެއް ނޫން) ފުއްޕާމޭގައި ކަނަމަދުކޮޅެއް ތާށިވެ، ނޭވާލާން އުނދަގޫވެގެން އުޅޭތާ ގާތްގަނޑަކަށް ތިން މަސް ވެދާނެއެވެ. ފުއްޕާމޭގެ ނޭވާލާ ހޮޅިއެއްގެ ތެރޭގައި ކާ އެތިކޮޅެއް އިނދެގެން އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަން ވެސް ކާމިޔާބު ނުވިއެވެ. އެހެންވެ، ޑޮކްޓަރުން ލަފާ ދިނީ ވީހާވެސް އަވަހަށް ބޭރަށް ގޮސް ފަރުވާ ހޯދުމަށެވެ. މިދިޔަ ބުދަ ދުވަހު ފުރޭ ގޮތަށް ވެސް ހަމަޖެހުނެވެ.

އެކަމަކު، އެ އާއިލާ އަށް ދެން ކުރިމަތިވީ މާ ހިތްދަތި ކަމެކެވެ. މިދިޔަ ބުދަ ދުވަހު ފްލައިޓް ނައްޓާލަން އުޅެނިކޮށް އާހިލްގެ މަންމަ، ފާތުމަތު ސަނާ (އަސްލު ނަމެއް ނޫން) ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އަންގައި މުޅި އާއިލާ ފްލައިޓުން ބޭލުވީއެވެ. މި ފްލައިޓުގައި ދެމައިންގެ އިތުރުން އާހިލްގެ ބައްޕަ އަހުމަދު މުހައްމަދު (އަސްލު ނަމެއް ނޫން) ވެސް ދަތުރުކުރިއެވެ. ފްލައިޓު ފުރުމުގެ ކުރިން ކޮވިޑް-19 ގެ ނަތީޖާ އަށް ނެގެޓިވްވީ އާހިލް އާއި އަހުމަދުގެއެވެ. އަދި ސަނާ ފަހުން ހެދި ޓެސްޓްގެ ނަތީޖާ ކޮވިޑް-19 އަށް ނައްސިވިއެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެމީހުންނަށް ފުރޭ ގޮތެއް ނުވެއެވެ.

އާހިލްގެ ފުއްޕާމޭގައި ކާއެތިކޮޅެއް ތާށިވެގެން އެންމެ ފުރަތަމަ ދެއްކީ އަތޮޅު ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލުން ލަފާ ދީފައި ވަނީ ފަރުވާ އަށް ވީހާވެސް އަވަހަށް މާލެ ދިއުމަށެވެ. އެހެންވެ އާހިލާ މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިޔަ ޖޫން 28 ގައެވެ.

މިދިޔަ މަހުގެ ދެ ވަނަ ދުވަހު އިމަޖެންސީ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، އިމަޖެންސީ ބައިގައި ކޮވިޑް-19 އަށް ފައްސިވެ، މީހަކު ނިޔާވުމުން އޮޕަރޭޝަން ޖުލައި ފަހަކަށް ފަސް ކުރިއެވެ. އެ ދުވަހު އޮޕަރޭޝަން ކުރުމަށް ވެއްދިތާ އެއް ގަޑިއިރު ފަހުން އެންގީ އޮޕަރޭޝަން ނާކާމިޔާބުވި ވާހަކައެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި އޮޕަރޭޝަން ނާކާމިޔާބުވީ އޮޕަރޭޝަން ކުރުމަށް އެކަށީގެންވާ "ހިމަ ޓޫލްސް" ނެތުމުންނެވެ. އަދި ކާއެތިކޮޅު ފުއްޕާމޭގެ ތެރޭގައި އޮންނަތާ ގިނަ ދުވަސްވުމަކީ ވެސް އައިޖީއެމްއެޗުން ދެއްކި ސަބަބެކެވެ.

މި ނާކާމިޔާބު އޮޕަރޭޝަނަށް ފަހު، އާހިލް ތިން ދުވަސް ވަންދެން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ޖެހުނެވެ. އަދި އިމަޖެންސީކޮށް ބޭރަށް ދިއުމަށް ވެސް އެންގިއެވެ. އެހެން ނޫން ނަމަ، އޯޕަން ސާޖަރީއަކުން ފުއްޕާމޭގެ ބައެއް ނަގަން ޖެހިދާނެ ކަމަށް ބުންޏެވެ.

އާހިލްގެ ބައްޕަ އަހުމަދު "ވަގުތަށް" ބުނީ ރާއްޖެ އިން ބޭރަށް ދިއުމަށްޓަކައި ބޭނުންވާ ޑޮކްޓަރުގެ ލިޔުން އާސަންދަ އަށް ހުށަހެޅުމަށް ތަކުރާރުކޮށް އައިޖީއެމްއެޗްގައި އެދި ލިޔުން ލިބުން ލަސްވުމުން ރާއްޖޭގެ އެހެން ހޮސްޕިޓަލެއްގެ ޑޮކްޓަރެއް މެދުވެރިކޮށް އައިޖީއެމްއެޗަށް ޕްރެޝަރުކޮށް ލިޔުން ލިބުނީ އޭގެ ތިން ދުވަސް ފަހުން ކަމަށެވެ. އޭގެ ފަހުން، ރާއްޖެ އިން ބޭރަށް ފުރޭތޯ އެތައް ފަހަރަކު މަސައްކަތް ކުރި ކަމަށް އަހުމަދު ކިޔައިދިނެވެ.

އަހުމަދު ބުނި ގޮތުގައި ޖުލައި 14 ވަނަ ދުވަހު އޮތް ފްލައިޓުން ފޮނުވައި ދިނުމަށް އެދުމުން އެ ފްލައިޓްގެ ލިސްޓްގައި ނަން ޖަހާދެވެން ނެތް ކަމަށް އާސަންދަ އިން ބުނި އިރު، ފްލައިޓުން ޖާގައެއް ހަމަޖައްސާދީފައެއް ނުވެއެވެ. އެކަމަކު، އެތައް އާދޭހެއްކޮށްގެން މިދިޔަ ބުދަ ދުވަހު އިންޑިއާ އަށް ފުރޭ ގޮތަށް ހަމަޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު، އެ ފްލައިޓަށް އަރާ ތިއްބާ ފްލައިޓުން ވެސް ބޭލުވީއެވެ.

"ފަރުވާ ނުލިބި ލަސްވާ ކޮންމެ ސިކުންތަކީ އެއް އަހަރާއި ތިން މަހުގެ ދަރިފުޅުގެ ފުރާނައަށް އިތުރަށް ގެއްލުންތަކެއް،" އަހުމަދު ބުންޏެވެ.

އަހުމަދު ބުނި ގޮތުގައި އެ ދުވަހު ފްލައިޓުން ބޭލުމަށް ފަހު ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށެވެ. ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ބުނާ ސަނާއާ އެކުގައި އަހުމަދާއި އާހިލް ވެސް އެތަނަށް ގެންދިޔައެވެ. އެންމެން ވެސް ބޭތިއްބީ ބައްޔަށް ފައްސިވެފައިވާ ބައެއް ކައިރީގައެވެ.

އެކަމުގެ ޝަކުވާ ކުރުމުން، ގެސްޓްހައުސްއަކަށް އެމީހުން ބަދަލު ކުރީ ގަޑިއިރެއްހާ އިރު ފަހުންނެވެ. އެ ތަނުގައި ވެސް ކޮވިޑް-19 އަށް ފައްސިވެފައި ބަޔަކު ތިބި ކަމަށް އަހުމަދު ބުންޏެވެ. އެ ތަނަށް އައުމަށް ފަހު، އަނެއްކާ ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. އަންހެނުންގެ އެ ނަތީޖާ ވެސް ނައްސިވިއެވެ.

އެ އާއިލާގެ އެންމެ ބޮޑު ޝަކުވާއަކީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ބޮޑު ބައި ކޮވިޑް-19 ބަލީގައި ފަރުވާ ހޯދަމުންދާ އެތައް ބައެއްގެ ތެރޭގައި ތިބެން ޖެހުމެވެ.

"ސަރުކާރުން ތިފަދަ އަނިޔާއެއް ތި ދިނީ ކޮން ކުށަކުން؟ އެ ދުވަހު އަޅުގަނޑުމެން ފްލައިޓުން ބާލާފައި ވަނީ ޕޮޒިޓިވްވި ކަމަށް ބުނެ. ނަމަވެސް ފްލައިޓް ޑިސްއިންފެކްޓް ކުރުމަށް ފަހު އިންޑިއާ އަށް ފުރި ފަހުން އަޅުގަނޑުގެ އަނބިމީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެންގުމަކީ ގަސްދުގައި ކޮށްފައިވާ ލާއިންސާނީ އަމަލެއް. މިއީ އަޅުގަނޑުމެންނަށް ސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއް،" އަހުމަދު ބުންޏެވެ.

އަހުމަދު ތަކުރާރުކޮށް ބުނީ ދަރިފުޅަށް ފަރުވާއެއް ނުލިބި ލަސްވާ ކޮންމެ މިނެޓަކީ އެ ދަރިފުޅަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އިމަޖެންސީގައި ފަރުވާ އަށް ފުރުމަށް ހުއްދަ ދިންތާ 25 ދުވަސްވެފައިވާ އިރު، މިހާ ލަސް ކުރަނީ ކީއްވެތޯ އާއިލާ އިން ދަނީ ސުވާލު ކުރަމުންނެވެ.

އަހުމަދު ބުނި ގޮތުގައި މާލޭގައި ހޭދަކުރަން ޖެހުނު މި ކުރު މުއްދަތުގައި ހުރިހާ ހަރަދެއްކޮށް އަތްމަތި އެއްކޮށް ހުސްވެފައިވާ ކަމަށެވެ. އަދި ޖުލައި 29 އާ ހަމައަށް ކޮޓަރީގެ ކުލީގެ ގޮތުގައި ދުވާލަކު 400ރ. ހޭދަކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ރާއްޖެ އިން ބޭރަށް ފުރެން ދެން އުޅެން ޖެހިފައި ވަނީ ދަތި ހާލުގައި ކަމަށް ވެސް އަހުމަދު ބުންޏެވެ.

އެ އާއިލާގެ އެދުމަކީ އާހިލް ރާއްޖެ އިން ބޭރަށް ގެންގޮސް، ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރެވޭނެ މަގު ފަހިވުމަށެވެ. ނޫނީ އިންޑިއާ އިން ޑޮކްޓަރުން ނުވަތަ އޮޕަރޭޝަނަށް ބޭނުންވާ ޓޫލްސް ގެނެސްގެން ނަމަވެސް އޮޕަރޭޝަން ކުރުމަށް އާއިލާ އިން އެދެއެވެ.

ރާއްޖޭގައި މި އޮޕަރޭޝަން ކުރެވޭނެ މަގު ހޯދައިގެން ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށް ދިނުމަށް އަހުމަދު ވަނީ އެދިފައެވެ. އަދި އާހިލް އަށް ބޭރަށް ފުރޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި މި ތަފްސީލްތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ???

    މީހެއޮސަރުކާރު މިސަރުކާރަކުން ނުކުރާނެ ތިކަހަކަ ކަމެއް ސޯލިހުކްމުން ގޮސް ރައްޔިތުން މަރުވާއިރުވެސް ފިލާއޮންނާނީ ހަރުގަ މިހާރުގެ ވެރިޔާނުޖެހޭނެ އެއްވެސް ކަމަކާޒިންމާވާކައް ޔާމީން ސަރުކާރުގަ ޔާމީން ޖެހޭ މީހަކު މަރުވިޔަސް މީހަކު ވިހެޔަސް ދައުލަތުން ބައިރުފިޔާއެއް ގެއްލުނަސް ޒިންމާވަން މީ ދެން ކިހާ ބޮޑު ބ ވެރިކަމެއް ނުވަންޏާ ފައިބައިގެން ރައްކާވޭ

    120
    5
  2. Anonymous

    ދިވެހި ސަރުކާރަށް އިންސާނެއްގެ ފުރާނައިގެ އަގަކީ މިހާދަށް އެއްޗަކަށް ވީތޯއެވެ ހަހަމަ ތިލަފަތު އަސްލު ސޫރަ ފެންނައިރު މަޔަކާ ބަފައެއްގެ ލޮލުން ލޭކަރުނަ އޮހޮރެނީ ހިތް ކުދިކުދިވެގެން މިއީތޯ ހެޔޮސަރުކާރުގެ ބޮޑު މަންޒަރު ﷲ އެކުއްޖާއަށް ރަހްމަތް ލައްވާށި

    151
    3
  3. Anonymous

    މި ނުލަފާ ލާދީނީ ބައިގަނޑު ހިތިގޮތަކަށް ބަލިކުރައްވައި އަމަން އަމާންކަން މި ގައުމަށް ވެރިކުރައްވާންދޭވެ.!!

    151
    8
  4. ވާވާ

    މިހުންނަނީ އިންސާނުންގެ ފުރާނަޔާ ގުޅިފަހުންނަ ބޮޑެތި ކަންތައްތައް. އަޅުގަނޑުމެންވެސް ގަބޫލްކުރަން މިފަދަ ދަނޑިވަޅެއްގައި ރާއްޖެއިން ބޭރަށް ދިޔުމަށް ދަތިތަކެއް ހުންނާނެކަން. އެކަމަކު 25 ދުވަސް ވާއިރު އަދި ރާއްޖެއިން އިންޑިޔާއަށް ދަތުރުކުރާއިރު ކޮންމެވެސް ގޮތަކުން މިކަން ހަމަޖައްސާދޭންވާނެ. އަދި ނުވިތާކަށް ކޮވިޑް ޕޮޒިޓިވް މީހުން ތިބި ތަނެއްގަ އެމީހުން ބައިތިއްބާ ބަަލަންވީވަރަށް ނުބަލާ ފްލައިޓުން ބާލުވާ. އެހެން ބަޔަކު ވެރިކަމުގަ ތިބިނަމަ ތިލަފަތުގެ އަހުލުވެރިން ދެފައި އެއްތާނުޖަހާނެ.

    75
    3
  5. ކަމަނަ

    ކީއްކުރާނީ މީ ސިއްހީޚިދުމަތްދޭފަރާތަކަށް ސަރުކާރުންކުރާ ޖެއްސުން އަޅެ ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅު ކޮށްދޭނަމަ

    46
    4
  6. ޢެތުތު

    ޢެތުތު މައުސޫމު ދަރިފުޅައް އެހެން ނުހަދާ ވީހާވެސް އަވަހަކައް ފަރުވާއައް ފޮނުވާދެެއްވާ އަދި އެއާއިލާ އެތަނުގާ ތިބުމައް ބޭނުންވާނޭ މާލީ އެހީ ޒަަކާތުފަންޑުންނަމަވިޔަސް ހަމަޖައްސާ ދެއްވާ... އެދަރިފުޅައް އަޅާވޭން އަހަރެމެންނައް އިހުސާސްވެސް ނުވާނެ..
    އަހަރެމެންގެ ހަށިގަނޑުން ކުޑަތަނެއް ޒަހަމްވިޔަސް އަޅާވޭން އިހުސާސްވޭ އެހެންނުން... އެހެންކަމުން އެފަދަ ތުއްތު ކުޖަކައް އެކަމުގާ އަޅާވޭން އިހުސާސް އަހަރެމެންނައް ވާނެތައް...

    56
    1
  7. ގަޓު

    މަރުވިއަސް ކޯވިޑް19 ނުޖެހެންޏާ އޯކޭވާނެ

    32
    2
  8. Anonymous

    ހަމަބޭނުންވާ ދަތުރުތައް ކުރަމުން އައީ ލޮކްޑައުން ގައިވެސް. ކީއްވެ މިފަދަ މީހުން ނަށް ފަރުވާ ނުކުރެވި ލަސްވާންވީ. ސަރުކާރުގެ ވެރިންގެ ދަރިންނަށް ނުވާތީބާ. ގައިމު އިންޑިޔާގެ ހެޔޮކަމުގެ ވާހަކަ ނުޖަހާ ޚަބަރެއްނޯވޭ. ނިކަން ގެރިމޯދީއަށް ގުޅާފައި މިތުއްތު ފުރާނަ ސަލާމަތް ކުރުމަށް އެހީ ތެރިވާން އެދިބަލަ. ބޭރުން އިނގިރޭސި ވިލާތުންވެސް ބޭނުންވާ މީހުންގެ ދަރިން ގެނައި ކުރީގައިވެސް. ނަޝީދު ވެސް ބޭރަށްދާން ވީމަ ފުރައިގެން ދިޔަ ބަލިފެތުރެނިކޮން ހަމަ. ނިކަމެތި ރައްޔިތުމީހާ ގޮތްހުސްވެފައި ރޯލަރޯލާ. ދިވެހިން ނަށް މިހާރު އެނގޭ ހަދާ ނަހަދާ . ނާޤާބިލް ސަރުކާރުމީ

    43
    2
  9. 662

    ސަރުކާރުންގެ އިދާރާތަކުގައި ނާގާބިލް ބޭފުޅުން ތިބެގެން އާންމު ރައްޔިތުންނަށް ލިބެނީފޫނުބެދޭވަރުގެ ބޮޑެތި ގެއްލުން ތަކެއް ވަމުން. މިކަންކަން ކަމުގެ ޒިންމާދާރު ވާނެ ފަރާތެއް ޒިންމާވާނެ ފަރާތެއްނެތް. އެބޭފުޅުންގެ ވިސްނުން އޮންނަނީ މިއީ އެ ބޭފުޅުންނަށް ލިބުނު ރަނުގެ ފުރުސަތެ ކަމުގައި އެކަންކަން ވަރަށް ސާފު ކޮށް ފެނިގެންދޭ ކޮންފަރެންސް ތަކަށް އަރާ ބޭފުޅުންގެ މޫނުމަތިން މިސާލަކަށް ނަޒްލާ އަދި މަބުރޫކް ގެ މޫނުމަތިން އެ ފެންނަ މަސްތައް އެކަމަށް ހެކިދޭނެ. ދެން އަދި އެބޭފުޅުންގެ ފަހަރުގައި ތިއްބެވި ބޭފުޅުން ގެއަށް ގޮސް ދޮރުން ވަދެވުނަސް ސާބަސް

    27
    1
  10. އަތޮޅޭ

    މިދިވެހިރާއްޖޭގައި ކޮންމެ ކަމަކަށް ބަލާލިއަސް މުއްސަނދި ސިޔާސީގޮތުން ބާރުގަދަ މީހުންނަށް ކަންކަން ވާއުސޫލް މިއޮންނަނީ ކޮންމެ ބަޔަކުވެސް ވެރިކަމާއި މަޖިލިސް މެމްބަރުކަމާ ކައުންސިލްކަން ހޯދަން އުޅޭއިރު ދައްކާނެ މޮޅުވާހަކަ އަހަރެމެން ނިކަމެތި ރައްޔިތުން ބޯގަޅި ހައްދަނީ ޖެހެނީ ހަމައެއްތާކު، މިދިވެހިރާއްޖޭގައި އިންސާފަކީ މުއްސަދިންނާއި ސިޔާސީ މީހުންގެ ހައްޤެއް، ޔާﷲ އެތުއްތު ކުއްޖާގެ ބައްޔަށް އަވަސް ޝިފާއެއްދެއްވާ އެ އާއިލާއަށް ކެއްތެރިކަން ދެއްވާށި..... މާތްﷲ ވޮޑިގެންވަނީ ކެއްތެރިންނާއި އެކު އާމީން

    27
  11. ލޫކަސް

    މި ރަހުމުކުޑަ އިންސާނިއްޔަތު ކަމެއް ސަރުކާރު ވައްޓާލައިގެން ނޫނީ ރައްޔިތަކައް އުފަލެއްނެތް..

    32
    1
  12. ޔެލޯ

    #ޖަޒީރާ #ފަޅޯހޮޅި #ދޮންބޭސް #ކަޅުދިރި #މާމުއި

    14
  13. ފާތުމަ އެޅި މިސްކިތް

    ޙަޖަ މް ނުވެގެން ދޯ ތިއުޅުއްވަނީ... 5 އަހަރު ވެސް ދެކެފިން . ފާތު މަ އަށް ސަލާ މް .

    2
    10
  14. ބަކުރުބެ

    މިކަހަލަ ވަށާނުޖެހޭ ހަބަރު މިނޫހުގަ އަބަދުވެސް ލިޔާނީ

    1
    7
  15. ޖާބެ

    އާ ސަންދައައް ކުރާ ޙަރަދުން ރާއްޖޭގަ ހަ ސްފަތާލްތައް ރަންގަޅުކޮށް ހެދުމެއްނެތް ލާރިކާނެ ނީޒާމެއް ބަދަލްކުރަން ބޭނުން ނުވަނީ ، ޑަކްޓަރުން އަދި ވަ ސީލަތްތައްވެ ސް ގެންނަން ބޭނުމެއް ނުވޭ.

  16. ސާބަސް

    ހަފްތާއަކު އެތަކެެެއް ޓަނެއް ގެ ގަސް އެތެރެ ކުރެވޭ. ވރިހަމަ އެއްނު