(އައްޑޫ ސިޓީ/ހިތަދޫ) މިއީ މިހާރު ސިޓީގެ ދަރަޖަދީ "އައްޑޫ ސިޓީ" އަށް ނަން ބަދުކޮށްފައިވާ އައްޑޫ މީހުންގެ ޒަމާންވީ ޝަކުވާއެކެވެ. ކޮންމެ ވެރިކަމެއްގައިހެން ހުވަފެނީ ވާހަކަތަކަކުން އެމީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދިން، ނުފުއްދުނު ވައުދެކެވެ. ޒިންމާވާނެ ފަރާތެއް ނެތި، ޒިންމާ ނަގާނެ ބަޔަކު ނުވެ ފެށުނީއްސުރެ ހައްލު ނުގެނެވިވާ ބޮޑު ތަކުލީފެކެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީގައިި ދިރިއުޅޭ މީހުންގެ މި ޝަކުވާއަށް ފުރިހަމަ ގޮތެއްގައި އިޖާބަދިން ސަރުކާރަކާއި މިސިޓީގެ ރައްޔިތުންނަށް ދިމާނުވެ، ދަތި ހާލުގައި ވީހާލެއްގައިވާން ގިނަ ބަޔަކު ތިބޭތާ ކިތަންމެ ދުވަހެކެވެ.

ހިތަދޫ ބޮޑު މަގާ ގުޅިފައިވާ ގޯޅިއެއް- ފޮޓޯ: ވަގުތު އިމޭޖެސް- ވިއާމް އަލީ

ރާއްޖެއަށް ބޯ ވިއްސާރަ ކުރާ ދުވަސްތަކުގައި މި ސިޓީގެ ހުރިހާ ރަށެއްގެ މަގުތައްމަތީގައި ހެން ފެން ބޮޑުވެއެވެ. މިގޮތުން ހެދޭ ފެންގަނޑުތައް ހަފްތާ ދެހަފްތާ ވަންދެން ނުހިނދި އޮތުމަށްފަހު ޗަކަވެފައި އިތުރު އެތައް ދުވަހެއްވަންދެން އޮވެއެވެ. ވިއްސާރަ މޫސުމަކާ ދިމާވާ ކޮންމެ ފަހަރެއްގައި މިިކަމުގެ އުދާސްތައް އެތައް ބަޔަކު މީސްމީޑިއާގެ މަންސަތަކުގައި ބަންޑުން ކުރަމުންދާއިރު، އެކަމާއި ބަހެއް ބުނެލާނެ ވެރިޔަކާއި ދިމާނުވެއެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ދެއްކީ ފޮނި ހުވަފެންތަކެއް

ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި، ހިތަދޫގެ އެންމެ "ހާލުދެރަ" އެއް މަގު ކަމަށްވާ "ބުރިކެޑެ މަގު" ގައި ތާރުއެޅުމަށްޓަކައި ޕޭވްމެންޓް އެޅިއެވެ. މި މަގަކީ ހިތަދޫގެ މައި ސްކޫލްތަކަށްދާން ބޭނުންކުރާ މަގަކަށް ވެފައި، ހިނގާފައިދާ ކުދިންނާއި ބެލެނިވެރިންނަށް، ފެންބޮޑުވެއްޖެނަމަ މިމަގުން ދަތުރުކުރުމަކީ ގަދަ ކަނޑެއްގައި ދަތުރުކުރުން ކަހަލަ ބޮޑު ކަމެކެވެ.

ވިއްސާރަވެ އައްޑޫ ސިޓީ ހިތަދޫ އެތެރޭގެ މަގެއްގައި ޗަކަ ހެދިފައި-- ފޮޓޯ: ވަގުތު އިމޭޖެސް- ވިއާމް އަލީ

ރައީސް ޔާމީންގެ ވެރިކަމަށް ނިމުމެއް އައިސް، ދެން ވެރިކަމާއި ހަވާލުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ވެރިކަމަށް އަހަރެއް ވެގެންދިޔައިއިރުވެސް، އައްޑޫގެ މަގުތައް ހަދައި، ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް ލިބިފައެއް ނުވެއެވެ. މިސިޓީ މީހުންނަށް މި ސަރުކާރުގައި ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ސަތޭކަ ދުވަސް ފަހަނައަޅައި ދިޔަފަހުން، އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން ފުއްދި ސަތޭކަ ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ "ސިޓީ ސްކެއާ" ޕާކްގެ ފުރިހަމަނުވެ އޮތް މަސައްކަތެވެ.

އައްޑޫސިޓީ ގިނަ ބަޔަކަށް އެނގޭ ހަގީގަތަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ރިޔާސީ އިންތިހާބުގައި ވަނީ އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމުގެ ވައުދުވެފައިވާ ކަމެވެ. އޭގެ ފަހުން އެކަމުގެ އަމަލީ މަސައްކަތެއް ފެނިގެން ގޮސްފައިނުވާއިރު، ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވަނީ މިފަދަ ހުވަފެންތަކެއް ދައްކައިފައެވެ.

އައްޑޫ، ހިތަދޫ ބޭންކާއި ދިމާލުން ލިންކް ރޯޑަށް ނުކުންނަ މަގު-- ފޮޓޯ: ވަގުތު އިމޭޖެސް- ވިއާމް އަލީ

ކޮންމެ އިންތިހާބަކާއި ދިމާކޮށް ރައްޔިތުންގެ ވޯޓަށް އެދެމުން، "އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެރަށުގެ މަގުތައް" ކަން ތަސައްވުރު ކުރެވި، ޚާއްސަ އިސްކަމެއް ދީގެން އެކަން ހައްލު ކުރުމުގެ ޕްލޭން ކުރާތާ ވީ ޒަމާނެއްވެސް ނޭނގެއެވެ. މިގޮތުގެ މަތީން މީގެ ހަ މަސް ކުރިން ލޯކަލް އިންތިހާބާ ދިމާކޮށް އެ ސިޓީގެ މަގުތައް ހަދައި ތާރު އެޅުމަށް ކަމަށް ބުނެ އާލާތްތައް ގެނައި ހަނދާން ގިނަ ބަޔަކު އެބަހުއްޓެވެ. އެކަމަކު އޭގެ ފަހުން ދެން މި ތަކެއްޗަށް ވީގޮތް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

އައްޑޫ ހިތަދޫ ލިންކް ރޯޑުގެ ހާލަތު-- ފޮޓޯ: ވަގުތު އިމޭޖެސް- ވިއާމް އަލީ

އުޅަނދުތައް ދުއްވާ މީހުންގެ ޝަކުވާތައް

އައްޑޫސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ގަމަކީ ތާރު މަގަކުން ގުޅިފައިވާ ރަށްތަކެވެ. ނަރުދަމާގެ މަސައްކަތް ކުރުމަށް މަރަދޫން ފެށިގެން ފޭސީ އާއި ހަމައަށް ތާރުގަނޑު ކެނޑުމަށްފަހު އެހުރިގޮތަށް މި ތިން ރަށުގެ މައި މަގުވެސް އޮންނަތާ އަހަރުތަކެއް ވެގެން ހިނގައްޖެއެވެ. ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް މި މަގު ކެނޑުމަށްފަހު ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައި އޮތުމުން، ތާރު އެޅުމުގެ ކުރީން ބޭނުންކުރެވުނު ހެންވެސް މަގު ބޭނުންކުރަން ވަނީ ދަތިވެފައެވެ.

އައިއެމްޑީސީއާއި ދިމާލުން ލިންކް ރޯޑަށް ނިކުންނަ މަގު-- ފޮޓޯ: ވަގުތު އިމޭޖެސް- ވިއާމް އަލީ

ވާރޭ ވެހިއްޖެނަމަ ތާރު އަޅާފައިވާ މަގުތަކުންވެސް އެކި ހިސާބުތަކުގައި އެތައް ދުވަހެއް ވަންދެން ޕޭވްމެންޓާއި ހަމައަށް ފެންގަނޑު އޮވެއެވެ. މިކަމުގެ ސަބަބުން މަގުގައި ހުންނަ ފިހާރަތަކާއި ގެތަކަށް މީހުންނަށް ވަދެ ނިކުމެ އުޅެންވެސް އިންތިހާއަށް ދަތިވެއެވެ.

އައްޑޫ މަގެއްގައި ހުރި އަޑިގުޑަންތައް-- ފޮޓޯ: ވަގުތު އިމޭޖެސް- ވިއާމް އަލީ

މި ސިޓީގައި ތާރު ނާޅާ ހުންނަ މަގުމަތުގެ ހާލަތު އަދި ވަކީން ގޯހެވެ. ވަޅުގަނޑުތައް ހުންނަ ތަންތަނާއި އަޑިގުޑަންތައް ހުންނަ ސަރަހައްދުތައް ވަކި ކުރަން ނޭނގުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާވަރުގެ އަނިޔާތައް ވެސް މިއިން ބައެއް މަގުތަކުން ދަތުރުކުރާ މީހުންނަށް ލިބިފައި އެބަހުއްޓެވެ.

ހިތަދޫ އެތެރޭގެ މަގެއް-- ފޮޓޯ: ވަގުތުު އިމޭޖެސް- ވިއާމް އަލީ

"ދުވާލުގަޑީގައި ވަޅުގަނޑުތައް ފެންނާން ހުރުމުން ދަތުރުކުރާއިރު އެކަމަށް ސަމާލުވެވޭ. އެކަމަކުވެސް ދާން ބޭނުންވާ މަންޒިލާއި ހަމައަށް ދެވޭއިރު ހުންނަނީ ވާނެ އެއްޗެއް ވެފައި. އެހާވެސް ވަޅުގަނޑުތައް ގިނަ. އެއްވަޅުގަނޑަކުން ނައްޓުވާއިރު ހުންނާނީ އަނެއް ވަޅުގަނޑަކަށް ޖަހާފައި. އެތަކެއް ހާދިސާތަކެއް މިފަދަ މަގުތަކުގެ ސަބަބުން އެބަހުރި ހިނގާފައި. ވެހިކަލްތަކަށް ކިތަންމެ ފަހަރެއްގެ މަތީން ގެއްލުން ލިބިފައި އެބަހުރި. މިކަންކަމަށް ޒިންމާވާނެ ފަރާތެއް ނެތް. އެކަމަކު ބަރާބަރަށް މަގުތަކަށް ނަތާ ޓެކްސް އެބަ ދައްކަން ޖެހޭ. ޓެކްސްގެ ބޮޑު ބައެއް ދައުލަތަށް ދައްކަމުންދާ މި ސިޓީގެ ހާލަކީ މިއީ،" މަގުތަކުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރި ފަރާތަކުން ބުނެފައި ވެއެވެ.

ހިތަދޫ ކުޑަކުދިންގެ ޕާކާއި ދިމާލު، ލިންކް ރޯޑު-- ފޮޓޯ: ވަގުތު އިމޭޖެސް- ވިއާމް އަލީ

ވަޅުގަނޑު ތަކުގެ މައްސަލައަށް ފަހު ދެން މިސިޓީގެ މަގުތަކުން ދަތުރުކުރާ ފަރާތްތަކަށް ދިމާވާ އެންމެެ ބޮޑު ދައްޗަކީ ހިރަފުހުގެ މައްސަލައެވެ. ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، ހިރަފުހުގެ ސަބަބުން މަގުމަތީގައި ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ކެތްނުވާ ވަރަށް ހިރަފުސް ބޯވެއެވެ. ކޮންމެ ދުވަހަކުވެސް މަގުތައް ސާފު ކުރުމަށް މަސައްކަތު މީހުން ނިކުމެއެވެ. މިގޮތުން އެއްކުރާ ހިރަފުސް އެކި ދިމާތަކަށް ފުނި ޖަހާފައި ވެސް ހުރެއެވެ.

ރައްޔިތުންގެ އުއްމީދަކީ މަގުތަކަށް އަވަސް ހައްލެއް ލިބުން

އައްޑޫގެ މަގުތައް ބޭނުންކުރަން ދަތިވެ، ދަތުރުފަތުރުކޮށް ހިނގައިބިނގައިވެ ނޫޅެވޭވަރުވެފައި ވުމުގެ ޝަކުވާތައް އައްޑޫގެ ރައްޔިތުން ކުރަމުން އަންނައިރު، ހިތާމައަކީ އެ ޝަކުވާތައް އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދޭނެ އެއްވެސް ސަރުކާރެއް ނެތުމެވެ. އާބާދީ އާއި އެއްވަރަށް ހިދުމަތްތައްވެސް ދެވެން ނެތުމެވެ. މިއީ ސަރުކާރުތައް ޖަވާބުދާރީވާން ޖެހޭ ކަންކަމެވެ.

އައްޑު ސިޓީ، ފޭދޫ ސްކޫލް ސަރަހައްދު-- ފޮޓޯ: އިބްރާހިމް ރަޝީދު

އައްޑޫ ސިޓީއަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ސިޓީއެކެވެ. ނަމަވެސް ވެރިކަމަށް ގާތްގަނޑަކަށް ދެ އަހަރުވީއިރުވެސް އެކަށީގެންވާ މިންވަރަށް މަޝްރޫއުތައް ނުހިންގޭތީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ވިއްސާރާގައި ވެހުނު ވާރޭގައި ކާރެއް ދުއްވަނީ-- ފޮޓޯ: މީސް މީޑިއާ

އައްޑޫ ރައްޔިތުންގެ އިތުރުން ހުދު، ހުރިހާ ފަރާތްތަކުންވެސް ގަބޫލު ކުރާ ގޮތުގައި ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައިކަމުގައިވިއަސް އިސްކަމެއް ދޭން ޖެހޭނީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ރަށްތަކުގެ ތަރައްގީއަށެވެ. އެގޮތުން މަގުތަކުގެ ހައްލަކަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ބަޔަކީ ޔަގީނުންވެސް މިސިޓީގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

65 ކޮމެންޓް

  1. ދޮންދީނާ

    ކޮންލަދެއް ގަންނާނީ؟ ހަމަ ދާއިރަށް އުފަލުން ވޯޓުދޭނެ. އަމުދުން އެމްޑީޕީއަށް ވިއްޔާ ހިތުން ރުހުމުން ދޭނެ. ވަރިހަމަ އެއްކަމެއް ނުކޮށްދިނަސް. ދެން ކޮންލަދެއް؟

    173
    2
    • އައްޑޫ ގޫބައްޑާ

      ޔާމިނުވެސް އަތްހޫރަމުން މޭޑަމް ގޮވައިގެން ރަށަކަށް އަރާއިރަށް އަންހެންވެރިން ފިޔާތޮށި ބުރުގާ އަޅައިގެން މާފަތި ހިފައިގެން ދުވެފަ އަންނާނެ... ރައީސުން ހަލާކު ކުރުމުގަ ޒިންމާދާރުވާން ޖެހޭނީ ރައްޔިތުން.... އެމީހުންނަށް ދޭން ނުވާ ވަރުގެ ދަރަޖަތައް ދެންޏާ ލިބޭ ލަނޑު

      10
      33
    • ޙައްގުބަސް

      އައްޑުއަތޮޅު ރައްޔިތުންނަކީ ވަރަށް ފަސޭހައިން ގުނބޯ ހެއްދޭ ބައެއް!! ވަކިން ޚާއްސަކޮށް އެމްޑީޕީގެ މިއުޅޭ ނަޝީދުގެ އަވައިގަޖެހިގެން އައްޑޫ ހަލާކުވެގެން މިދަނީ!! މީގަ ޒިންމާ ނަގަންޖެހޭނީ އައްޑޫ ރައްޔިތުން!! ވެރިން ބޭނުންހާ އެއްޗެއް ހެދިގެން އަތްޖަހަން ތިބޭތީ!! އެމްޑީޕީއަކީ ޖުމްލަކޮށް ބުނާނަމަ މިގައުމުގެ ހަލާކު!! ވަކިން ޚާއްސަކޮށް ނަޝީދަކީ މިގައުމަށް ދިމާވާ ހުރިހާ ނުބައެއްގެ ޒިންމާ ނަގަންޖެހޭ ފަރާތް!! އެމްޑީޕީގެ ވެރިަކަކުގައި ކޮންކަމެއް މިގައުމަށް ޙާސިލްވީ؟ 2008 ގައި ވެރިކަމަށް އައިސްވެސް ހަމަ ގައުމު ފުނޑާލީ!! އިސްލާމްދީން މިގައުމުން ނައްތާލަން މަސައްކަތްކުރީ!! އިސްތިއުފާދީފަ ދަމުން ޖެހިގެން އައިދުވަހު މުޅިގައުމުގައި ހުޅުޖަހާލީ!! މިހުޅުޖެހުމުގައި އެންމެ ބޮޑު ގެއްލުމެއްވީ އައްޑޫ ރައްޔިތުންނަށް! އެކަމަކު އޭރުވެސް އައްޑޫ ރައްޔިތުން ނުކުމެ އޭނާގެ ބަހައް ހެއްލި އަމިއްލަ އަތުން އަމިއްލަ ގޭގައި ނޫންތޯ ހުޅުޖެހީ؟ ދެން ކޮން ވާހަކައެއް ދައްކާކަށް!! އެމްޑީޕީއަށް ވެރިކަން ދެވަނަ ފަހަރަށްވެސް ޙަވާލުކުރަން ހެޔޮނުވާނެއޭ ބުނެ ބަޔަކު ގޮވާލަ ގޮވާލަ ތިއްބާ އަމިއްލަ އެދުމުން ފޯވެފައިވާ މައުމޫނާ ގާސިމާ އިމްރާނާ މިމީހުން ނަޝީދާ ބައިއަތު ހިފާ ވެރިކަން މިޙާވާލުކުރީ ރައްޔިތުން ދެވަނަ ފަހަރަށް ގުނބޯ ހައްދައިގެން!! ހަމަ އައްޑޫ ރައްޔިތުންވެސް އަތްޖަހާފަ ވޯޓުލީ ނޫންތޯ މިސުންޕާ ނުލަފާ ފިރުއައުނު ޕާޓީއަށް!! މިހާރު މިއޮތީ އަނެއްކާވެސް ގައުމު ފުންވަޅުގަނޑަކަށް ވައްޓާލާފަ!! ގައުމުގެ މިނިވަންކަން އިންޑިޔާއަށް ވިއްކާ ހުސްކުރަނީ!! ގައުމުގެ އިގްތިސޯދު އިނދަޖައްސާލައިފި!! މިކަމުގެ ޒިންމާ ހަމަ ދިވެހި ރައްޔިތުންވެސް ނަގަންޖެހޭ!! ބޮޑަށް އައްޑޫ ރައްޔިތުން!! އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރު!! މިފިކުރާ ދުރުވެ މިގައުމު އާރާސްތުކުރަން މިގައުމުގެ ރައްޔިތުން ވިސްނާ ހިސާބުން މިގައުމުގެ ހާލަތު ބަދަލުވާނީ!! އެމްޑީގެ ދޮގު މަކަރުވެރި ހިޔަޅު ޕްރޮޕެގެންޑާއާ ދުލުހެލިވާންވީ! އޭރުން ގައުމު ހަމަމަގަށް އެޅޭނީ!!

      30
      1
  2. ކީކޭ ބުނާނީ

    ވަހީދު ސަރުކާރުން އައްޑޫ ހައި ސްކޫލް، ތައުލީމީ މަރުކަޒު، ށަރަފުއްދީނު ސްކޫލް، ކެމްޕަސް، ގައުމީ ޔުނިވަރސިތީގެ ގޮފި ، އޮޑިޓްއޮފީސް، އަވަށު އޮފީސް، ދިރާގު، އެއިރުގެ ޕޮލިސް ސްޓޭޝަން ހުންނަ މަގު ހަދަން އުޅުމުން މޑޕ ކައުނސިލަރުން ގޮސް ވެހިކަލް ހުއްޓުވައި މަސައްކަތް ހުއްޓުވީ.
    ދެންވެސް ހޮވީ ހަމަ އެއިރުގެ މޭޔަރު. ދެން ޔާމީން ކުރަން އުޅުނުކަންތައް ހުއްޓުވީ.
    އަދިވެސް ތިބޭ ބީތާވެފައި.

    176
    2
  3. ސަޒާ

    އައްޑޫ ގައި އުޅުނު އިލްމީ/ހިލްމީ މީހުން ހުސްވެއްޖެ.
    ކޮސްތަޅަން ބައިތިއްބާފައި އެތިބެނީ ވަރިކަން ބަދަލަުކުރާ ވޯޓް ހޯދަން.
    ކަމެއް ކުރެވޭ ބައެއްނަމަ ކަންކަން ކުރވާނެ ކޮއްމެ ސަރުކާރެއް އޮތަސް.

    110
    1
  4. Anonymous

    ލިއޯ މެސީ ބުނަނީ އަދި ފަހުން ރަނގަޅުވާނެޔޯ އަދިވެސް ރީނދޫ ގައިގަ އުނގުޅާށޯ ކަންކަން ނުވަނީ ޔާމީން ސަރުކާރުގެ ސަބަބުންނޯ، ޔާމީން ޖަލުގައޮވެގެން މިސަރުކާރުގެ ލަގަނުގައި ހިފަހައްޓައިގެންނޯ ހުރީ ކުރިޔަށް ނުދެވޭގޮތަ،ހާޔާއިޔޯ،ޕުއަރ ލިއޯ މެސީ ގޮއިންގ ނަޓްސްއް

    106
    3
    • ރަދީފް

      ލިއޯ މެސީ އެއީ ބޮޑު ފޭކެއް.

      22
  5. ގޫބައްޑާ

    ޖަމަލު ފޮޑި ޖަހާ މީހުންނާއި ވެރިކަން ހަވާލު ކުރީމާ ވާނެއެތި ވެނިމުނީ

    95
    1
  6. ވަގުތު ސާބަސް

    ވަގުތު ނޫހުން ތިކުރި މަސައްކަތް (ތިރިޕޯޓް) މަޖިލިހުގައި ތިބި އައްޑޫ މެމްބަރުންނަށް ކޮއްނުދެވުނު

    104
    1
  7. ޒާހިދު / އައްޑޫސިޓީ

    ރައީސް ޔަމީން ވެރިކަމުގަ ހުންނެވިނމަމިހާރު އޮތީހީ ތިކަން ނިމިފައެވެ. ފަސްއަހަރުގެ ޓާމެއްގައި ޔާމީން ހުރިހާ ރަށަކަސް ބެއްލެވިއެވެ. ތަރައްޤީ ގެންނެވިއެވެ. އެ މުއްދަތުގައި އައްޑޫއށް ކުރެއްވި ޚިދުމަތަކީވެސް ފާހަގަކޮށްލެވޭނޭ ޚިދުމަތެކެވެ. ހުރިހާ ކަމެއް އެއްފަހަރާ ނުވާނެއެވެ. 2018 ގެ ކެމްޕެއިންގައި ވިދާޅުވީ ކުރިޔަށްއޮތް ދެއަހަރުތެރޭގައި އައްޑޫގެ މަގުތަކުގައި ތާރު ފަތުރާ ތިން އަހަރުގެތެރޭގައި އައްޑޫގެ ދެރަށެއް ކަޑުމަގުން ބްރިޖުން ގުޅާލާނޭކަމަށެވެ. އެކަމަކު އައްޑޫ ރައްޔިތުން ޚިދުމަތް ބަލާނުގަނެ ދެން ކޮށްދޭންބުނިކަންތަކަށްވެސް ހުރަސް އެޅިއެވެ. ނިޢުމަތަށް ކުފުރުވުމަކީ ނިޢުމަތް ފިލާދާކަމެއްކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ހަތްއުޑުގެ މަތިން އަންގަވާފައި ވެއެވެ. ﷲގެ ބަސްފުޅުގެ ތެދުކަމަށާ ވަޢީދަށް ވިސްނާ ފިކުރުކުރައްވާށެވެ.

    94
    7
    • އައްޑޫމީހާ

      ފަސްއަހަރު ހަމަވިއިރު މާލެ ފިޔަވައި އެންމެ ބޮޑު އާބާދީ މަތިން ހަނދުމަފުޅުވިއިރު ވަގުތުޖެހި ޖަލުގޮޅި ފެންނަން ފަށައިފި. ގޮޅިން ސަލާމަތްވާން ކޮންމެފަދަ ކޮހެއްވެސް ގޮވާނެ. ނަސީބު އައްޑޫން ހަނދަށްދާވަހަކަ ނުކީކަން. ދުނިޔޭގެ ސަލާމަތުން ތިބެ ހަނދަށް ދެވުމުން އޭރަށް ބުނާނެ ރައީސް ޔާމީނުގެ ދުރު ވިސްނުމޭ.

      5
      49
      • ފާއިޒު

        5 އަހަރު ތެރޭ ކުރައްވަން އުޅުއްވި ހުރިހާ ކަންކަން ތި ތާނގައި އޮންނަ ސިޓީ ދައުލަތެއްގެ ސަބަބުން ވާގޮތް ނުވިކަން އެއީ ޙަޤީޤަތަކީ

  8. ސަމުސާ

    އައްޑޫއަކީ މެޖޯރިޓީ ނަސީދުއަށް އޮންނަ ތަނެއް. އަދިވެސް އައްޑު މީހުން ހޮވާނީ ނަސީދު ވަރިހަމަ އައްޑޫ އަޑިޔަށް ދިޔަޔަސް. ޔާމިނުވެސް ޕޭމަންޓެއް އަޅާލާފަ މަލަމަތި ތިއްތި ކޮށްލީ އެމްޑީޕީ ހޮވައިގެން ފައިދާވާ މީހުންނަށް އަދިވެސް ފައިދާވާނެ އައްޑޫގެ ބޮޑެތި ވިޔަފާރިވެރިންނަށް ރަނގަޅަށް އިނގޭނެ.މި ހަބަރު ކިޔާފަ ވަރަށް އުފާ ވެއްޖެ ވަގުތު ނޫހަށް އައްސަރިބަހާ ސާބަސް . ވަކި ކޮޅަކަށް ބަރު ނުވެ ތެދު ހާމަ ކުރުމުގަ މެދު ނުކެނޑި?

    91
    4
  9. ބޭޗާރާ

    އައްޑޫ ނޫނަސް އެހެން ރަށްރަށްވެސް ހުރީ ހަމަ ތިޔަ ހާލުގައި. ވޯޓު ހޯދަން ދަނީ އައްޑުއަކަށް އެކަންޏެއްނޫން. ރާއްޖޭގެ އެހެން މީހުންވެސް ވޯޓު ދީގެން ވެރިޔަކު ހޮވަނީ. އަހަރެން ހިތުން އައްޑޫ ސިޓީގެ ހާލަތު ކުރިޔަށް އޮތްތަނުގައި އޮތީ އަދި މިއަށްވުރެ ބަނަކޮށް. އިނގިރޭސީން އުފެއްދި ހަސަދައިގެ އޮށް މިއަދާ ހަމައަށް މަރު ނުވެ އެބައޮތް. އެ ހަސަދައިގެ އަސަރު އައްޑޫގެ ކޮންމެ ރައްޔިތަކާ ބައްދަލުވިޔަސް ފެނޭ. އެހެން އެކަން އޮތްވައި މިހާރު އަނެއް ހަސަދައާއި ނީހައާއި ދުއްޕާނުގެ އޮށް ވަނީ އިންދިފައި. އައްޑޫގެ ރައްޔިތުންގެ ތެރޭގައި ގިނައީ ގާތް ރަހްމަތްތެރިން. މިހާރު އޮތް ހާލަތާއި އަދި ކުރިޔަށް އޮތްތާނގައި ރައްޔިތުންނަށް ޖެހިދާނެ ހާލާއި މުސީބާތާމެދު މެދު ވިސްނާލީމާ ކަންބޮޑުވޭ. ހިތާމައިގެ ކޮޅެއްވެސްނެތް.

    55
    8
  10. ހައްވީ

    އައްޑޫ މީހުން ގެ ސަރުކާރުގެ ތިކަންތައްތައް ލަސްވާތީ، ދެރަވީ. ސަރުކާރަށް ޕްރެޝަރ ޚޮސްގެން ނަމަވެސް ހައްލެއް ހޯދަން މަސައްކަތް ކުރަން ފެނޭ.

    51
    1
  11. އަށްޑޫ މިނިޔާ

    މީ އަހަރުމެން ރައްޔިތުން އެދޭމިންވަރު ،އެއްގޮތަކަށްވެސް ހައްގުވާ މިންވަރެއް ނޫން ! ރީންދޫ ކުލަ ލެވިއްޖެއްޔާ އެނިމުނީ ،، ދެންވެސް ހޮވާނީ ރީންދޫ..

    61
    4
  12. އަައްޑޫ ބޭސް ސިޓީ

    މިސާލަކަށް މާދަމާ ހެނދުނު ތެދުވެ އަހަރެން ގޭގެ ބޭރުގަ ހަރުކުރީޔޯ ނަންބޯޑެއް، އޭގަ އޮތީޔޯ ‘ބަކިންހަމް ޕެލަސް’ ލިޔެލާފަ، ދެން އޭގެފަހުގަ އެތަނުން ފެންނާނީ އިނގިރޭސީންގެ ޝާހީ ގަނޑުވަރެއްބާ ?

    22
  13. ވިސް

    އައްޑޫއޭ ބުނީމަވެސް ރުޅި އާދޭ 2013 އިން 2018 ހުރި ޔާމިން..
    ކުރީގެ ފޭދޫމެންބަރ އައި ބީ
    މަވޯޓާ ޝަރީފް
    ރޮޒޭނާ
    ކުރީގެ މެންބަރ ނިޒާރު..
    މިބޭ ފުޅުންގެ ހަދިޔާ ލާރި ކޮޅުން ހެދި ނަމަވެސް ކޮންމެވެސް ވަރެއްވާނެ..

    19
  14. ބެއްޔާ

    ތިޔަސޯބެ އައްޑޫ މޭޔަރަކަށް ހުރިހާ ދުވަހަކު އައްޑޫ ތަރައްގީއެއްނުވާނެ.

    42
    1
  15. ނަސްރު

    އައްޑޫ ސިޓީ އަށް ވުރެ ހާލު ދެރަ ތަނެއް ނެތް. މަގުތަކުގެ ހާލަތުވެސް ވަރަށް ދެރަ. ރާއްޖޭގެ އެހެން ރައްތަކަށް ބަލާއިރު ރީތި ގެތަކެއްވެސް ނުހުރޭ. މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގަވެސް ހެދީ ހުސްދޮގު. ދުވަހަކުވެސް ސަލާމަތް ނުވާވަރަށް އެމްޑީޕީ ވަނީ އައްޑޫ މީހުންގެ ބަލަށް ޗިޕް ޖަހާފަ. ދުވާލުގެ އިރު ދައްކާފަ އެހެރީ ހަނދޭ ބުންނަސް އެމީހުން ގަބޫލުކުރާނެ. އިލްމީ މީހަކު ހުރިއްޔާ އެމީހުންގެ ދުވަސްވެސް ވަނީ ދުއްވާ އަގުވައްޓާލާފަ. ވިޔަފާރި ވެރިންވެސް މުޅިން ނަގޫ ތާށިކޮއްފަ ތިބެނީ. މިކަމުން ސަލާމަތް ވާނެގޮތެއް ހޯދޭނީ އައްޑޫގެ ޒުވާނުން ނިކުމެގެން.

    31
    2
  16. އަމީ

    ލޮލް.

    12
  17. ތެހެލާނު ކޮއި

    އެން އަޅައި ކާންދީ ދަހިކޮށްފަ ބާނާނީ..

    އިންޑިޔާއިން ވެސް އެކުރަނީ ހަމަ އެކަން.. ފިލިޖައި މީހުން ރުއްސަނީ.. ދެން އިންޑިޔާއިން ބަޔަކު އައިސް ތިބުނާތަނުގައި ތިއްބަސް އަގަނއިން ނުބުނެތިބޭނެ ދޯ.؟

    ކަޝްމީރުގައިވެސް ފުރަތަމަ ހެދި އެއްބަސްވުން ވީދާފައި. މިހާރު އެމީހުން ބޭނުން އިންޑިޔާ މީހަކަށް ކަޝްމީރު މީހެއް ގެ ވެސް ނަގާދެވޭގޮތަށް އިންޑިޔާއިން ހަމަޖައްސައިފި..

    މަގުމަތީ މުސްލިމުން މަރަނީ.. މުސްލިމުން ކަނޑަށް އެޅުމާއި ކަތިލަން ޕާރލަމެންޓޭރިއަނުން ދައުވާކުރަނި..

    އަނެއްބަޔަކު ދިވެހިރާޢްޖެ ހިފުމަށް އޯޕަން މީޑިޔާގައި ގޮވަނީ..!

    ތިގޮތަށް ލިބޭ މަދު ފައިސާކޮޅަކަށް ގައުުމުނުވިއްކަވާ އާދޭސް މިދަންނަވަނީ..

    އަޅުގަނޑަކީ އެއްވެސް އާރެއް ބާރެއް ހުރި ބަސްބުނެވޭ ފަރާތަކަށް ނުވިޔަސް އެބަވިސްނޭ ކީއްކަން މިކުރަނީ.. އެހެންވެ ދަންނަވާލީ..ވައްﷲ އައުލަމް..

    34
  18. ރަދީފް

    ކޮބާ އައްޑޫގެ ރަން ރީނދޫ ގަބީލާގެ މީހުން؟ ތަމެންނަށް ފެނޭތަ؟ މަމެން ރީނދޫ ބައިގަނޑަށް ވޯޓް ނުދެން ދުވަހަކުވެސް.ލިއޯ މެސީ ، ނައުޓީ އަދި ޝުއައިބް ތުއްތު މެން އެތިބެނީ ޓްވިޓާގަ ކޮސްގޮވަން. ކަލޭމެން އަދި ދޭ އަސްލަމް ސޯބެގެ ކެމްޕެއިނަށް.ގޮސް ތިބެ ބޮނޑިބަތް ކާލާ.ލަދ ކޮބާ؟ ވ.ވެދުން

    30
  19. ޒާ

    އައްޑޫ މީހުންނަކީ އެންޑީޕީއަށް މަރުދޭބައެއް. އެހެންވީމާ ތިވާހަކަ ދައްކާނެކަމެއްނެތް.

    33
    1
  20. ސާހިދު

    ކޮބާތަ އައްޑޫސިޓިގެ އެންޑީޕީ މެންބަރުން ތި ހުރިހާ ކަމެއް ކޮންދެއްޖެހޭނީ އެންޑީޕީގެ މެންބަރުން

    28
  21. ހައް

    ވަރިހަމަ ކަލޭމެން ދެންވެސް ހަމަ ދާއިރައް ދެފައިގަ ހިފާ ހަތަރެސް ފައިގަ ދޫލާފަ ކެނެރީގޭ ބޭގަޑައް ވޯޓް ދީ ހުރިހާ ކަމެއް ފުރިހަމަ ވާނެ އޭރައް ކަލޭމެން އަމިއްލަޔައް ކކަލޭމެން ހަލާކުގެތެރެއައް ތި ވެއްޓެނީ މޮހާރު އެއޮތީ އައްޑޫގެ އެއބައި އިނޑިޔާ އައް ދީފް ދެން ކަލޭމެން އެތަން ހޯދަން ކިތަންމެމަސައް ކަތެއް ކުރިޔަސްއެތަންލިބޭނެތަ ނުލިބޭނެ އެއީތަރައްގީ އެއްނޫން އެއީއަޅުވެތިކަން ދެންވެސް ހަމަ ރިޒެނާމެން ދެރުފިޔާ ދޭއިރައް ވޯޓު ދީ ހޭ އަރާ ވަގުތު ފާއިތުނުވަނީސް

    28
  22. އަހްމަދު

    އައްޑޫ އެމްޑީޕީ މީހުންނަށް ހީވެފައި އޮންނަނީ ނަޝީދު އި ތިބެ އަންހެންވެރިން ކައުންސިލް 7:0 މަޖްލީސް 7:0 ނުވީތަނަކަށް ދެންއޮންނަ ކައުންސިލްގެ ހުރިހާ ގޮޑިއެއް ދިނުމުން ތަރައްޤީ އޮހޭނެހެން. ދަންނަވަންތޯ މުޅި އަތޮޅުގެ އެންމެންގެ ހުރިހާ ވޯޓެއް ދިނަސް އެމީހުން ކޮށްދޭނެ އެއްކަމެއްވެސް ނޯންނާނެ.
    ސަރުކާރުތަކުން އަބަދުވެސް ކުރަމުން އައިކަމަކީ އައްޑޫމީހުންނާ ދޭތެރޭ ރާއްޖޭގެ އެހެން ރައްރަށުގެ މީހުން ނަފްރަތު އުފެއްދުން! އިންތިހާބުތަކާ ކާރިކޮށް ފޯޑިއަމް ތަކުގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭނެ. ދުވަހަކުވެސް ޢަަމަލީ ސިފަ ނާންނާނެ. ދުވަހަކުވެސް އަޑު އެހިންތޯ މިވެނިކަމެއް ކޮށް ނިމިއްޖެޔޭ! އަބަދުވެސް ކުރާނީ، އޮތީ ރާވާފައި، މިކުރާހާވެސް ކަމަކީ!
    އައްޑޫ ރައްޔިތުންނޭވެ ސީޔާސީ ގޮތުން ވަކުބަޔަކުވެގެން އުޅުމަކީ ގަޓްކަމެއްނޫން! ތިމާމެންދެކޭ ޒާތީ ކަންކަން ދުރުވެ އެކަތިގަނޑަކަށްވެ އަތޮޅައިދެތެރެ ވިސްނަވާ! ދަދިއަވަހަށް ތިތަނުގެ ނަން ސައުތު ޓްރިވެންޑުރަމް ނުވަތަ ސައުތު ކެރެލާއަށް ބަދަލުވެދާނެ! ވިސްނާ!ވިސްނާ!

    29
  23. ހަކީމް

    މިއުޅެނީ މަގުނުހެދިގެންތަ.... ފުރަތަމަ މިބަލިމަޑުކަމުން އަރާގަނެވޭނެ ގޮތެއްހޯދަންވީ...

    5
    19
  24. ބުއްޅަބޭ

    އަސްލަމުކިޔާމީހަކު ތިމަޖިލީހަށް ހިތަދޫމީހުން ހޮވާތާ 30 އަހަރުވީ، އަދިވެސް އޭނަޔަށް ހަމަ ތިހިތަދޫ ގޯނިބޮލެއެޑިމީހުން ވޯޓްދޭނެ! ދެން ކޮންލަދެއް ނަޝީދު ސުލޯ ސާލިހުމެން ގަންނަންވީ! ލަދުގަންނަންވީ އަމިއްލަޔަށް!

    33
  25. Anonymous

    Kankamah naagaabil meehun bonda thi vuzaaraa thakaai kudhuminii verikamaai havaala veemei vey hishi huhsi ei eitha feneyhei. Adhi othy kuriah

  26. ނަން

    އައްޑޫ ރައްޔިތުން ކަނު ވާނެ. އަޅާ ނުލާ!

    27
  27. ބޭކާރު

    ސިޓީއާ ކައުބްސިލް ވުޖޫދު ވުމުގެ ކުރިން މަގުހަދާ ޔުނިޓެއް އޮންނާނެ.އެމްޑީޮީ 2008 ގެ ސަރުކާރު އައިސް އެހުރިހާކަމެއް ހުއްޓުވީ.އައްޑޫމީހުން ބޭނުންވީ ނަމެއް.އެއީ ސިޓީ .މަގުހަދާ ޔުނިޓަށް ދެމުން އައި މުސާރަޔާ ހަރަދަށް ވުރެ ބޮޑުހަރަދު ކައުންސިލަރުންނަށް ހަރަދު އެބަކުރެވޭ.އެމީހުންގެ ފަރާތުން ރައްޔިތުންނަށް އޮތީ ކޮން މަންފާއެއް.

    19
  28. ދުންތަރި

    ބަލަ މީގެ ފަންސަވީހަކަށް އަހަރު ކުރިން މާލޭގެ މަގުތައް އޮތީ ތިޔަށްވުރެ ހާލުގައި މީވެރިކަންކުރާރަށް ތަނާހާލަތަށް ނުބައްދަލްވާވަރަށް ދުއްވާތަކެތި ގިނަވީމާ މަގުތަކުގެ ފަސްގަނޑު ހަރުވެ ވާރޭވެހުނީމާ ފެން ބިމަށް ނުހިނގދޭތީ ފެންބޮޑުވުމަކީއާންމުކޮށް ދިމާވާ މައްސަލައެއް މީހަމަ އެކަނި އަށްޑުއަށް ދިމާވެފައިވާ މައްސަލައެއްނޫން ދުއްވާ އެއްޗެހި ގިނަ ކޮންމެ ރަށަކަށްވެސް މިމައްސަލަބޮޑު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލާގުޅިގެން މިހާރު ދުއްވާއެއްޗެހި ނެތްރަށެއްނޯންނާނޭ ބުނުމަކީ ކުށަކަށްނުވާނެ ހުރިހާރަށެއްގަވެސް މިމައްސަލަ އެބަހުރި ހަތަރުފުރޮޅުލީ ތަކެތި ގިނަރަށްރަށުގަ މައްސަލަބޮޑުވަމުންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަދުތައްވެސް ހަދަން އެބަޖެހޭ ހަމަ އެކަނި އަށްޑުއެއްނޫން ވޯޓުދެނީކީވެސް ހަމަ އެކަނި ވަކިސިޓީއަކަށްނިސްބަތްވާ ރައްޔިތުންނެއްނޫން

    4
    14
  29. އެސޮރު

    އައްޑޫ މީހުން ބޭނުންވާ ގޮތަށް އައްޑޫގެ ހާލަތު އެ އޮންނަނީ... މުޅި ރާއްޖެއަށް ތަރައްޤީ ގެނައި ސަރުކާރާ މި ބައިމީހުން ދެކޮޅުވެރިވީ... މޑޕ ގެ ސަރުކާރުން އައްޑޫގައި އެއްވެސް ކަމެއް ނުކުރިޔަށް ވޯޓު ލިބޭނެ އެހެންވީމާ ކީއްކުރަން މި ސަރުކާރުން ބޭކާރު ހަރަދު ކުރަނީ އައްޑޫއަށް...

    22
  30. ޖުމުހޫރީ މައިދާނުން

    ޕީޕީއެމްގެ ސަރުކާރުން މަގުހަދާ ހޮސްޕިޓަލްހެދީމަވެސް ވޯޓްދިނީ އެމްޑީޕީއަށް. އެހެންވީމާ ވިއްސާރަވެއްޖިއްޔ. ދެންމަގުތައް ހަދަްނވާނީ އެމްޑީޕީ ކޯލޮޝަނުން

    23
  31. ިބޯކިބާ

    އައްޑޫމީހުންވެސް ދަންނަން އެބަޖެހޭ ކަލޭމެން ކުލިދައްކަން މާލޭމީހުނަށް ގޯތިދޭން ގުޅީފަޅު ހިއްކާ އެނިމެނީ. ނިމެންވާއިރަށް އެތާ ރީތިގޮތްގޮތަށް މަގުތައްހަދާ ނިންމަން އެބަޖެހޭ، ކިހިނެއް ތިހުރިހާކަމެއް އެއްފަހަރާ ކުރާނީ.

    11
    2
  32. މާމީ

    ދެން އައްޑޫ މަގުތައް ހަދާނީ އިންޑިއާ ދަރުކާރުން . މިހާރު ތިތިބީ ރިހާކުރު ފެކޮޓަރީ އިންޑިއާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    16
  33. ރރ

    ތިކަހަލަ ކަންކަން ނުވާވާހަކަ ނުދައްކަބަލަ ދެންވެސް އަހަރުން ހޮވާނީ ލާދީނީ އަންނި ނޫނީ ލާދީނީ އަންނިބުނާމީހަކު އަހަރުމެން ވީހާލެއްގާވާން ތިބެދާނަން

    14
    1
  34. ޙަސަނު

    ތީ ގުނބޯބތަކެއް އުޅޭ ތަނެއް އމ ޑ ޕީ ގެ ސީކްރެޓް ވެޕަން ދި މެގަ ގުނބޯސް

    22
  35. ޏަވިޔަނި

    މޮޔައިން ދޭނެ ވޯޓް ... ކކޮސް ސިޓީ ކިޔާބަލަ ... ކައިރީ އޮތް މުލަ ކު މީހުން ވެސް ތިވަރެއް ނޫން

    20
  36. ރެއްކާ

    އަޅުގަނޑު ދެކޭގޮތުގައި އައްޑޫގެ މަގުތަކަށް ވެސް އަދި އެހެންކަންކަންވެސް ކުރިނާރައި ވަޅުޖެހިފައި އޮތުން ނުވަތަ އައްޑޫ ރައްޔިތުން މިއެދޭ ކުރިއެރުން ނުލިބިގެން މިއުޅެނީ އައްޑޫގެ އިސްމީހުންގެ އަމިއްލަ އެދުންބޮޑުކަމުންކަމަށް. "އައްޑޫ" މިނަމާއި އައްޑޫގައި މިތިބަ އާންމުރައްޔިތުން ވެފައި މިއޮންނަނީ ކޮންމެ ސަރުކާރެއް ގެނައުމަށް ނުވަތަ އިދިކޮޅުމީހުންގެ އަޑުބާރުކުރުމަށް ގުރުބާންކުރުމަސް އައްޑޫގެ އިސްމީހުން ގެންގުޅޭ ކަންބަޅިއެއްގެ ގޮތަށް.
    އައްޑުއަށްވެސް އެހެން ރަށަކަށްވެސް މިސަރުކާރަކަށް މެގަޕްރޮޖެކްޓް ނުގެނެވޭނެ، ޔާމީނުގެ ސަރުކާރުގައި ކޮރަޕްޝަން މަތިމައްޗަށް ހުއްޓަކަސް ގައުމަށް މެގަޕްރޮޖެކްޓް ގެނެސްދީފި އޭގެ ފޮނިމީރު ރައްޔިތުންނަށް އެބަލިބޭ. މާލެ ހުޅުމާލެ ބްރިޖްގެ ފޮނިމީރު ދިވެހިންނަށް އެބަލިބޭ، ދާދިއަވަހަށް މާލޭ އެއަރޕޯޓްގެ ފޮނިމީރުކަން ލިބިގެންދާނެ، ދަރުމަވަންތަ ހޮސްޕިޓަލުގެ ފޮނިމީރު އެބަލިބޭ، ދިވެހިންނަށް ސީޓީ އެމްއާރްއައިގެ ފޮނިމީރު އެބަލިބޭ، އައްޑޫ ކޮންވެންޝަން ހޮސްޕިޓަލުގެ ފޮނިމީރު އެބަލިބޭ އެވެސް އައްޑޫ ކައުންސިލާއި ދެކޮޅަށް ގަދަކަމުން ކުރިކަމެއްކަން އައްޑޫ ރައްޔިތުން ހަނދާންކުރަންއެބަޖެހޭ. އައްޑޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރިޔަށްދިޔަ، ބޯފެނުގެ މަސައްކަތްކަތް ކުރިޔަށްދިޔަ، ހުވަދުއަތޮޅާއި ފުވައްމުލަކުގެ ރައްޔިތުންނަށް ތަރައްގީގެ ފޮނިމީރު ރަހަލިބިގެންދިޔަ، ޖުމްލަކޮށް މުޅިރާއްޖެއިން ފެންނަމުން ދިޔައީ ތަރައްގީގެ ފޮނިމީރު މަންޒަރު. މިހާރުވެސް މިރާއްޖޭގައި މިހިނގާ ގިނަ ޕްރޮޖެކްޓް ތަކަކީ ރައީސް ޔާމީނުގެ ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަށް، ރައީސް ޔާމީން ވެރިކަމުގައި ހުރިނަމަ މިހާރު ހުންނާނީ ގިނަކަންކަން ނިމި ދެވަނަ ފޭސް ފެށިފައި. ރަައީސް ޔާމީނަށް ދެވަނަ ދައުރެއް ދިންނަމަ ދިވެހިން ތިބޭނީ އެފެއްޓި މަސައްކަތް ނިންމައި ތަރައްގީގެ އެހެން ލެވެލްއެއްގައި. މިތަންކޮޅު ކިޔާފައި އެމްޑީޕީ މީހުން ބުނާނެ ދެވަނަ ދައުރެއް ދިންނަމަ ހަޒާނާ ހުރިތަނުގައި ހުންނާނީ ވަޅުގަނޑެކޭ. އަޅުގަނޑު ބުނާނީ މިއަދު ހަޒާނާ ހުރިތަނުގައި ހުރީ ކޯޗެއްތޯ؟ ހަޒާނާ ހުރިތަނުގައި ވަޅުގަނޑެއް ހުރެފައި ވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ތަރައްގީ ލިބިއްޖެއްޔާމު އެއޮތީ މަގްސަދު ހާސިލްވެފައޭ. މިއަދު ހަޒާނާ ހުރިތަނުގައި ވަޅުގަނޑެއްހުރެފައި ރައްޔިތުން ފަށާފައި ހުރިމަސައްކަތް ހުއްޓި ރައްޔިތުން ބިކެވެގެންމިދަނީ ކޮރަޕްޝަން ހުރީ ހަމަ ހުރިލެވެލްގައި، ސަރުކާރުގެ ވެރިންނާއި އެވެރިންގެ ގާތްމީހުން ކައިގެންބޮއެގެން އެ ބަހައި ނިންމަނީ ހަމަ ރައްޔިތުންގެ ބައިތުލްމާލު. އެހެންވީމައި ކޮންމެ ސަރުކާރެއް އޮަސް ކޮރަޕްޝަން އޮންނާނެ، މިޒަމާނަކު ކޮރަޕްޝަން ނެތް ސަރުކާރެއް ނުގެނެވޭނެ. އަނގަފުޅާކޮށްފައި އެއްޗެކޭބުނެވިދާނެ. އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް.
    ހަގީގަތަކީ ދިވެހިރާއްޖެ ޗައިނާއާއި އެކު ގުޅުން ގާއިމްކޮށް އުމްރާނީ ތަރައްގީގެ ސްޕީޑް މެކުހަށް ޖަހާލީމައި އިންޑިޔާއަށް އެނގިއްޖެ މިދާރޭޓުން ދަންޏާމު ދިވެހިންގެ މައްޗަކަށްދެން ތިމަންނާމެންނަކަށް ބަސްނުބުނެވޭނެކަން. އެހިސާބުން އެމީހުން ކަމަރުބަނދެލީ ޔާމީނުގެ ސަރުކާރު ނިންމާލަން. ދެން އެމީހުން ބެލީ މިކަން ނިންމޭނީ ކޮންގޮތަކުންތޯ ކަން. އެމީހުންނަށް އެނގިއްޖެ ރައީސް ޔާމީނަކީ އެމީހުން ޖަހާހާ ބެރަކަށް ނަށާނެ މީހެއްނޫންކަން ދެން އެމީހުން ވަދެގަތީ އިދކޮޅު މީހުންގެ ތެރެއަށް، ހިންދުސްތާނުގެ ފިނިހަކަ ސްޕީޑްގެ ތަރައްގީގެ ފަލްސަފާ ދައްކައިލީ، ފައިސާ އޮއްސައިލީ އެއެއްޗެހީގެ އެހީގައި އޭރުގެ އިދިކޮޅުމީހުން ގަނެލީ އެއިގެ ބާރުގައި މުޅިގައުމު އޮޔާދުއްވާލީ.
    މިއަދު މެދެކެނީ އެދުވަހުގައި އިންދި މުޑުވަކުން ފެޅިގަސް އެގަހުގެ ހިތި މޭވާވެސް ދާދި އަވަގަށް ލިބިގެންދާނެ. ހުރިހާ ގޮތަކުން އިންޑިޔާއިން އެދަނީ މިގައުމާއި ކުޅެމުން، ފެންނަފެނުމަށް އައްޑޫ އަކީ ކުރިޔަށް އޮތްތަނުގައި އެމީހުންގެ މަރުކަޒު.

    26
    1
    • ބޯކިބާ

      ބޭކާރު ވާހަކަނުދައްކާ ކަލޭވެސް، ޔާމީނު ދައުރުގަވެސް ސަރުކާރަށް އެންމެ ބޮޑަށް ޖެއްސުންކުރީ މާލޭ މެންބަރުންނާއި މާލޭ ކައުންސިލާއި މާލޭ ރައްޔިތުން. އެކަމަކު ޔާމީނު ދައުރުގަ 350 ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އެރަށުގަ ހިންގި. އައްޑުއަށް 5 އަހަރުތެރޭ 1 ބިލިއަން ރުފިޔާ ހަރަދުނުކުރެވުނު.

      8
      6
  37. ިބޯކިބާ

    ތިޔައީ ރާވައިގެން ހިންގާ ކަންތައް. މިސަރުކާރު އައިފަހުންވެސް ޖުމްލަ 3 ކުރޮޅި ދުއްވާ އެތައް ރަށެއްގެ މަގުތައް ތާރު އަޅައިގެން ހައިވޭ ފެންވަރަށް ހަދައިފި. އުތުރު ހިސާބު ހިސާބުގަ ހައެއްކަ ބައިސްކަލް ދުއްވާ ރަށްރަށުގަ މުޅި ރަށުގެ ހުރިހާމަގެއް ހަދާފަ މަގުހުރަސްކުރާ ހާއްސަ ތަންތަނާއި ޕާކިންޒޯނުތަކާއި މިހުރިހާ ތަނެއް ހަދާފަ އެހެރީ. އައްޑޫގަ ނަހަދާނެ.

    13
    1
  38. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    އައްޑޫ އެކަނިތަ؟ އެހެންރައްރަށޯ؟ ހަމަ ތި ވޯޓްހޯދަން އަންނައިރު، އެހެންރަށްރަށް އައްޑޫއަށްވުރެ ހާލުގަ އުޅެނީ! އެހެންވީމަ އައްޑޫގެ އެކަނި ވާހަކަދެއްކީމަ މާކަ ތާހިރެއްނޫން!

    10
    1
  39. އިއްބެ

    ތިޔައީލަދުގަންނަންޖެހޭކަމެއްނޫން އައްޑޫ ކަންކަންކޮއްދީފަވޯޓް ހޯދަންއައްޑޫރައްޔަތުން ކާރިޔައްދިޔުމަކީ މޮޔަކަމެއް ތިޔައީހިތާހިތުގެ ގުޅުންގުޅިފަތިބިބައެއް ދެންތިތާގައުޅޭނީ ގެރިތަކެއްއެހެންވީމާމަގުތައްހެދުމުގެބޭނުމެއްނެއް އަޅުގަނޑުއައްޑުވައްތަރާފަ އިންޑިޔާމީހުންއެހަދާ ތަންތަންފެނިފަ އިހުސާސްކުރެވެނީއަޅުވެތިކަން

    12
  40. ޟޯދު

    ޢައްޑޫ އަކަށް މޑޕ ނުޖެހޭނެ ކަމެއް ކޮށްދޭކަށް އޭއީ އެމީހުން މޑޕ އަށް ވޯޓްދޭނެކަން ޗަގީން

    17
  41. އައިމީ

    ލަދު ގަންނާކަށް ނުޖެހެ. ތިޔަށް ވުރެ މާހާލުގަ މަގުތައް ހުރި ރަށްރަށްވެސް މަދެއްނޫން. އެހެން ވިނަ ފަޅާ ތިހާ ގޮނޑުކޮށް މަގުތައް އޮތީމަ ލަދެއް ނުގަނޭބާ..

    11
  42. އެލެކުސް މައިކާލޯ

    އަދިވެސް އެދުރުކަލޭފާނު ހޮވާ އޭނަ މަޖިލިހަށް ވެޑުވިގެން މުޅިގައުމުގައި ދެސަރުކާރެެއްހިންގާ މުޅިދައުލަތް ކައްވާލައިފި! މިހާރު އެބައުޅޭ ތިމާވެށިބައްޕަޔަކަށް ވާންވެގެން ކޮންމެވެސް ދޮންމީހެއްގަ ގާތު އާދޭސްކޮށްގެން ނަންޖަހައިގެން. އިއްޔެ އެދުރުކަލޭފާނު އުޅޭ ބީޗްގައި ފަތަންގޮސް މާސްކުނާޅާ މީހުންނާއި ފޮށި ފޮޓޯނަގަން. ތީތިޖަލަށްލަނީ ކޮންދުވަހަކުން

    10
  43. ޙހހހ

    އައްޑޫމީހުން ތި ސުވާލުކުރަން ލަދެއް ނުގަނޭތަ ، ހަމަ ފަނާކުރާމީހުންނަށް ވިކިފަ

    10
    1
  44. ސަނދުރަ

    ބޅއގ ނަގޫ ސަންފާއޮނަކަށް ލާފަ ނެގިޔަސް ހަމަ އޮންނާނީ ބޅ ކޮށް ހަމަމިބީދައިން އަށްޑޫ ބަދަލެއްނުވާނެ އޮންނާނީ އަބަދުވެސް އެމްޑީޕީ އާއިއެކު ބަދަލްނުވާ އަށްޑޫ.

  45. ާދެރަކަމެއް

    ވޯޓު ހޯދާއިރު ލަދުގަންނާނެ ފައިސާއެއް ނުހުރޭ. އެދުވަސްވަރު ގޭގޭގެ ފާޚާނާހޮޅި ފެން ހޮޅި ސާފު ކޮށްލަން ފަސޭހަވާނެ.

  46. ލޯއަބު

    ފެށުނީންސުރެ އުޅޭނީ އަމިައްލައަށް ސަރުކާރުހަދަން އެހެންވެ ލިބޭ ލަނޑު

    2
    7
  47. ބޮނޑޮ ބ ަައްްޕާާ

    އައްޑޫ މީހުންނާ ދޭތެރޭގައި އަބަދުވެސް ކަންތައް ކުރަމުން އަންނަނީ އިހާނެތިކޮށެވެ. އައްޑޫޫ ގެ މުއްސަނދިން ގެ ފަރާތުންް މި އަތޮޅަކަށް އެއްވެސް ކަމެއް ކޮން ނުދެއެވެ. ދެން ކޮން ތަރައްގީ އެކޭ ކިޔާކައް! އައްޑޫ ގެ މުއްސަނދިން ތިބެނީ ލަގޮނޑީގަ ނާށިލާފައެވެ.

  48. ގަންޖާބޯ

    މި ސަރުކާރުން ކަ މެއް ކޮށްދިން ރައްޔިތެއް ދައްކަބަލަ

    10
  49. ސޮނި

    ބަލަ ޔާމީން ފަސްއަހަރު ކީއްވެތަ އައްޑޫގެ މަގުތަށް ތާރުއަޅާ ނުނިމުނީ ؟؟؟؟؟؟؟

    5
    9
  50. ބޭރުމީހާ

    އައްޑޫ މީހުންނަކީ ހަމަކޮހުންނެވެ. މިހެންމިބުނީ އެމީހުންނަށް ބުރަވެގެނެއްނޫނެވެ. ތެދުޙަގީގަތެއް ހާމަކުރުމަށެވެ.
    އައްޑޫމީހުން އެތިބީ އެމީހުންގެ އެތައް ޙައްގުތަކެއް އަމިއްލައަށް ނެތިކޮށްލާފައެވެ. އެމީހުންގެ ރައްރަށުގައި ތިބި ކޯޓުތަކާއި، 1950 ވަނައަހަރުން ފެށިގެން އެކޯޓު ތަކުގައިހުރި އެމީހުންގެ ތަރިކަތައް އަންދާލާފައެވެ. އެއަތޮޅުގައިތިބި ފުލުސް އޮފީސްތަކާއި އޮޑިޓް އޮފީސް ފަދަ ތަންތަން އަމިއްލަ އަތުން އަންދާލާފައެވެ. މިއީ ވަކި މީހަކު ބުނީތީ ކުރަންހެޔޮވާވަރުގެ ކަންތަކެއް ހެއްޔެވެ؟ ވަގިތު ނޫހުގައި ހާމަކޮށްފައި މިވަނީވެސް ތެދު ޙަގީގަތެވެ.

    7
    1
  51. ޟީމާ

    ކޮން ލަދެއް ގަންނަންވީ އަހރުމެން އެއްވެސް ލަދެއް ނުގަނޭ ތި މަގުތައް ފެނުނީމަ ހަމަހެވެނީ ވޯޓް ކާރިވީމަ މަގުތަކަށް އަރާނެ ނުން ދަނޑިބުއަކުން ތަޅާބާލާތި ހުރިހާ ރައްޔަތުން ވެގެން

  52. ތިލަފަތް

    ވޯޓު ލާދުވަސް ކައިރިވިވަރަކަށް އައްޑޫގެހުރިހާގެއެއްގެ ފާރުގައި ރީނދޫކުލަލާ ފައި ތިލަފަތްކުރަހަން ވާނެ ހުރިހާ މަގެއްގައި ރީނދޫ ދިދަފަތި ދަ މާތި އޭރުން އެވެސް މަގެއްގައި ފެންބޮޑުވެގެން އުޅޭކަށްނުޖެހޭނެ!

  53. ބަޒުރާ

    އައްޑޫ މަގުތައް އެކަނިތަ ތިހެން އޮންނަނީ؟ މީދެން ކިހާ ދެރަވެއްޖެކަމެއްތަ. އައްޑޫ ތީދެން މާ ޚާއްޞަ ބަޔަކީތަ؟ ތީ މަތިންފައިބާ ތިބި ބަޔަކީތަ؟ ބަލަ ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ހާލުހުރީ ތިގޮތަށޭ. އަހަރުންވެސް ތަރައްޤީ ބޭނުންވެޔޭ.

    5
    1
  54. ހހހހހ

    އައްޑުގަ އެކަނިތަ ތައްރިޔުން ތިބެނީ. މަމެން ރަށުގަ ނެތް ތިޔަކަހަލަގެ އެއްވެސް ކަމެއްވެސް، އެކަމަކު ހަމަ ރައްޔިތުން ބޮލަށް ޗިޕް ޖަހަން ވޯޓު ހޯދަން އާދޭ. އެކަމަކު ނޫޅެން ތިޔަވަރަށް ހޭބަލިވެގެނެއް

    5
    2
  55. ލލ

    މާލޭގައި އުފެދޭ އެއްވެސް ސަރުކާރަކީ އަތޮޅުތަކެއް ތަރައްޤީ ކުރާނެ ސަރުކާރުތަކެއްނޫންކަން މިދިޔަ 55 އަހަރު ތެރޭގައި ރައްޔިތުންނަށް ނިކަން ބޮޑުކޮށް ފެނިހާމަ ވެއްޖެނުންތޯ ؟

    • އެދެ...

      ތީ ވަރަށް ރަނގަޅު ވާހަކައެއް ލލ. ތީ އަސްލު އަސްލު މިތާގަ މި ވާގޮތަކީ. މިތާ ހާމަަ ނުކުރެވިފައިވާ ބޮޑު ސިއްރު.

  56. ހެރެ

    ލަދުން ގޮސް ތިރަށު ރައްޔިތުން ތިމަގުތަކުން ގޮހެއް ނޫންތަ ވޯޓު ލަނީކީ؟!؟ ބަދަލަކަށްށޯ ވޯޓުދެނީ!

  57. އަމީރާ

    ފޭދޫ މީހާ އޭ ކިޔާމީހަކު އެފްބީގަ ލިޔުނަސް މިކަން ހެޔޮނުވާނެ. ޔާމީން ކުރި މަސައްކަތްތަށް ހުއްޓާލި މިނުބައި ޖައްބާރުންނަށް ވޯޓު ލަޑާފަ އަތަށް ގޮވީމަ ވާނެގޮތް މި ފެންނަނީ!

  58. ދިވެހި ރައްޔިތެއް.

    ވަގުތު ނޫހަށް ޝުކުރިއްޔާ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އައްޑު އަތޮޅުގެ ރައްޔިތުންނަށް ހެއު ވިސްނުން މިންވަރު ކުރައްވާށި. އަދި އަބަދު ގެ އަބަދަށް އުފައު ފާގަތިކަން މަތީ ދަމަހަށްޓަވާ، ހެއުވިސްނުން މިންވަރު ކުރައްވާށި. މުޅި ރާއްޖެ އޮތީ އައްޑޫއާއެކު. ެެޮެެެޮެެެޮެެެޮެެޮެެެޮެެެޮެެެެެޮެެެޮެެެޮެެެޮެެޮެެެޮެެެޮެެެ