ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވީ އެއް ވައުދަކަށް ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދު ހިމެނިވަޑައިގަންނަވާނެއެވެ. ފަނޑިޔާރުގެތަކުން ނެރޭ ހުކުމްތަކަކީ ވަކި ބަޔަކު ބުނާ ގޮތަކަށް ލިޔުއްވާ ހުކުމްތަކަކަށް ވެގެން ގޮސްފައިވާ ކަމަށް ކޮންމެ ކެމްޕެއިން ޖަލްސާއެއްގައި ކޮންމެ ކަންމަތީ ބައްދަލުވުމެއްގައި ވިދާޅުވިއެވެ. އެވަރުން ނުފުދެއެވެ. ބައެއް ފަރާތްތަކަށް ކުރެއްވި ހުކުމްތަކަކީ އޭރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ކަނބަލެއް ލިޔުއްވާ ހުކުމްތަކެއް ކަމަށްވެސް ތުހުމަތުތައް ކުރެއްވިއެވެ. ކޮންމެއަކަސް ޝަރުޢީ ދާއިރާ އިސްލާހް ކުރުމުގެ އެ މުހިއްމު ވައުދު ފުއްދާނެ ވެރިޔަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުން ނިންމީ 2018 ގެ ވޯޓުންނެވެ.

ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުވެސް ރައްޔިތުން މީގެ އެތަކެއް އަހަރުތަކެއް ކުރިން އެދިއެދި ތިބި އިންސާފުވެރި އަދުލުވެރި ހުކުމްތަކެއް ނެރޭނެ ފަނޑިޔާރުގެއެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެފަހުން އައި މަޖިލިސް އިންތިހާބުގައި ވިދާޅުވީ އެކަން އެންމެ ފަސޭހައިން އެމަނިކުފާނަށް ކުރެވެން އޮތީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުންނެވެ. އެކަންވެސް ރައްޔިތުން ކޮށްދެއްވީ ރައީސް ވިދާޅުވި ވާހަކަފުޅަށް އިތުބާރު ކުރައްވައިގެންނެވެ.

ތެދެކެވެ. މަޖިލީހުގެ މެޖޯރިޓީ ލިބުމާއިއެކުގައި އެންމެ ފުރަތަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި މެންބަރުން ބަދަލުވެގެން ދިޔައެވެ. އެހައި ހިސާބުން "ޕެރެލައިޒް" ވެފައި އޮތް ޖޭއެސްސީ "އެކްޓިވް" ވެއްޖެއެވެ.

ސުވާލު އުފެދުނީ މިހާ ހިސާބުންނެވެ. އެންމެ ބޮޑަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ވަކާލާތު ކުރެއްވި ބޭފުޅުން ޖޭއެސްސީގެ ގާނޫނަށް ބޮޑެތި ގިނަ އިސްލާހުތަކެއް ހުށަހެޅުއްވިއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އިސްލާހު ހުށަނޭޅީ ކީއްވެގެން ހެއްޔެވެ. ޖަވާބުވެސް މިއަދު ރައްޔިތުންގެ ލޯމަތިން މިހިރަދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ.

އެންމެ ފުރަތަމަ ވެސް "ޖަންޕު" ޖަހާލީ ވަކިވަކި ފަނޑިޔާރުންނަށެވެ. އެ ފަނޑިޔާރުން ނެރެފައިވާ ހުކުމްތަކަށް ޖޭއެސްސީން ގޮތް ކިޔަން ފެށިއެވެ. ހަގީގަތަކީ ޖޭއެސްސީއަކީ "ޖުުޑީޝަލް" ބޮޑީ އެއް ނޫން ކަމާއި، އެތަނަކީ ފަނޑިޔާރަކު އިއްވާ ހުކުމެއްގެ މައްސަލަ ރިވިއުކޮށް، އެއަށް ފާޑު ކިއުމުގެ އެއްވެސް ބާރެއް ގާނޫނީ ގޮތުން ލިބިދީފައިވާ ތަނެއް ނޫން ކަމެވެ. އެހެންކަމުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުނުކޮށް ޒަމާންވީ "ފޯމޭޝަން"ގައި މިހާރުގެ ޖޭއެސްސީ ކުޅެމުން އެ ދަނީ ކުރިން އެކަން ކުރެއްވި ބޭފުޅުން ނުވަތަ ސަރުކާރުތަކުން އެކަން ކުރި ގޮތް ރަނގަޅުވީމަ ނޫން ހެއްޔެވެ.

އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަނީ ކޮން އިރަކުންތޯ އެހުމުން މަޖިލިހުގެ ރައީސްގެ ޖަވާބަކަށްވީ އެއީ އެއްރޭ މަތިން ވާން އޮތް ކަމެއް ނޫން ކަމަށެވެ. އޭގެފަހުން އެތައް ރެއެއް ފަހަނަ އަޅާ ގޮސްފިއެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް އޮތީ އަދިވެސް އެވޭލާ ގޮތުގައެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޭއެސްސީ ކޮންޓްރޯލް ކުރަނީ ރައީސް ޔާމީން ކަމަށް އޭރު އިދިކޮޅުގައި ތިއްބެވި މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވިއެވެ. މިއަދު ޖޭއެސްސީ ކޮންޓްރޯލް ކުރަނީ މި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އޭރު ޖޭއެސްސީ ކޮންޓްރޯލް ކުރިކަމުގެ ތުހުމަތު ކުރެވޭ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

"ޖުޑިޝަރީ ހަރުދަނާ ކުރެވޭނީ ޖޭއެސްސީގެ މޮޑެލް ބަދަލު ކުރެވިގެން. އެ މޮޑެލް އޮންނަހާ ހިނދަކު ޖުޑިޝަރީއަށް އިތުރު ހަރުދަނާ ކަމެއް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ވިދާޅުވިއެވެ.

"ޖޭއެސްސީ މިހާރު އެކުލަވާލެވިފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައި ވިޔަސް ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ގޮތަކަށް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން ޖޭއެސްސީ އެކުލަވާލެވިފައި އެއޮތީކީ އެންމެ އެކަށީގެންވާ ގޮތަކަށް އޮތް މޮޑެލްއަކަށް ކަމަކަށް،" ކުރީގެ ބަންޑާރަ ނާއިބު އަދި ރައީސް ޔާމީން ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު މަޖިލީހުގެ ކޮމެޓީއެއްގައި މީގެކުރިން ވިދާޅުވިއެވެ.

ސުވާލަކީ އަދުގެ ސަރުކާރުގެ އިސްވެރިންނާއި ހުދު ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ނިޔަތް ހަގީގަތުގައި ވެސް އޮތީ ޖުޑީޝަރީ އިސްލާހު ކުރުންތޯއެވެ. ނޫނިއްޔާ އެބޭފުޅުންގެ ވިސްނުން ހުރީ ބަދަލު ހިފުންތޯއެވެ. ޖޭއެސްސީން ނެރޭ ބަޔާންތަކާއި ބަލަމުން އަންނަ "ސުލޫކީ" މައްސަލަތަކުން ސުވާލު އުފެދޭ ހިސާބަށް ޖޭއެސްސީގެ ކަންކަންދާކަން ގިނަބަޔަކު މިއަދު ގަބޫލުކުރާނެއެވެ. ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ބޭނުން ނަމަ ޝަރުއީ ދާއިރާ ހަގީގަތުގައި ވެސް އިސްލާހު ކުރަން އުޅޭ ބަޔަކު އުޅޭ ފާޑަށް ޖޭއެސްސީގެ މަސައްކަތްތައް ބައްޓަން ކުރާނެއެވެ. މުޅި ޖޭއެސްސީގައި މެޖޯރިޓީ އޮތީ ސަރުކާރުގެއެވެ. އިދިކޮޅަށް ނުވަތަ ޖޭއެސްސީން ނިންމާ އެންމެ ނިންމުމަކާއި ދެކޮޅު ހައްދަވާލަން ކެރިވަޑައިގަންނަވާ އެންމެ ބޭފުޅަކުވެސް އެތަނުގައި ނެތެވެ.

ކޮންމެއަކަސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރެވެން އޮތީ ރައްޔިތުން މަޖިލީހުގެ ތެރެއިންނެވެ. އެތަނުގެ ކޮންޓްރޯލް މިހާތަނަށް ގޮސްފައި އޮތީ އެއިރެއްގައި މަޖިލިސް ކޮންޓްރޯލް ކުރާ ނުވަތަ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ސިޔާސީ ޕާޓީއަކުންނެވެ. އެހެންކަމުން ހަގީގަތުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ޖުޑީޝަރީ އިސްލާހުކޮށް ޖޭއެސްސީ އުފެދިފައިވާ ގޮތް ބަދަލުކުރާކަށް ބޭނުމެއް ނުވެއެވެ. އެކަން މިއަދު ވަރަށް ސާފުކޮށް މިދަނީ ފެންނަމުންނެވެ. މިއަދު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ބޭނުން ނަމަ އެކަން ކުރެވެން އެބައޮތެވެ. ނަމަވެސް އެކަން ނުކޮށް ތިބޭނީ ހަގީގަތުގައި ޝަރުއީ ނިޒާމު ނުވަތަ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ތެދުވެރި ނިޔަތް ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސާހިދު

    އެހެއްވެތަ ދެއިރު ދެދަޅައަށް ތި ގާޒީންތަށް ވަކިކޮން ހަދަނީ ހާދަ ގޮތެއްވެސްނެތް ބައެކޭދޯމީ

    39
    1
  2. މާލެ ބޭބެ

    3 ބާރު މިއޮތީ އޮޅި ލާމެހިވެފަ... ވޯޓް ގަތީޔޯ، ފައިސާދިން މީހުންނަށް އޭގެ ބަދަލްދޭން ޖެހޭނެޔޯ. ކޯޓްތަކުގައި ތިބެންޖެހޭނީ ކޮންޓްރެކްޓްގެ ތެރެއިން ބޭރު ފަނޑިޔާރުން ތިބެންޖެހޭނެޔޯ
    އަށްޑޫ ގައި އޮތް މިލިޓަރީ އަޑިނޭގޭ މަރުކަޒުގަވެސް 500 ބޭރު ސިފައިން ތިބެން ޖެހޭނެޔޯ.. އަދި ވެރިކަމުގެ ލައްޒަތުގައި ދިވެހިން އަޅުވެތިކުރަންޖެހޭނެޔޯ... ދިވެހިން އުޅެންޖެހޭނީ 2 ވަނަ ދަރަޖައިގެ ރައްޔިތުންގޮތުގަޔޯ ....
    ލޮބްވެތި ރައްޔިތުން ވަގުތު ފާއިތުވެ އަޅުވެތި ވުމުގެ ކުރިން މާއްދާ 4 ގެ ބާރުގައި އަތާއިއަތްގުޅާލާ ތެދުވެ ރ.ޔާމިންފަދަ ގަޓް ލީޑަރުން ބަސްބުނަން އިސްކުރައްވާ. މިއީ މަކަރާއި ހީލަތުން ޤައުމު އަޅުވެތިކުރަންއުޅޭ ޖަމާއަތެއް. .

    51
    1
  3. އާދަމުގެދަރި

    ޚުދުމުޚުތާރު ކަމުގައި ހައްދުފަހައަޅާފައިވާ ޑިކްޓޭޓަރަކު މަޖިލީހުގައި ހުރެގެން ތިޔަކަމެއް ނުވާނެ. ޑިކްޓޭޓަރ ނަޝީދު މަޖިލީހުގައި އިދެގެން ތިޔަކަމެއް ނުވާނެ.

    50
  4. ހިޔަޅު

    މިސަރުކާރު ވެރިކަމަށް ގެންނަން ވޯޓުދިން މީހުން ލަދެއް ނުގަނޭތަ މަކަރާހީލަތް ހަަދާގެން ވެރިކަމަށް އައިސް އެތިބީ ސޯލިހުއަކީ ތަނެއްގަ ބަހަށްޓާފަ ހުރި މޮނިޔުމަނަންޓަކާ ތަފާތެއްނެއް ދެންމިހަދާއެއްޗަކީ މީހުންގެ ސިންޕަތީ ހޯދަން މަކަރުވެރިކަމުގެ ކަރުނަ މިފެންނަނި މިކަލޭގެ ހިތަށް މާ އަސަރުކުރޭ ﷲއާރަސޫލާ އަށްފުރަށްސާރަ ކުރި ކަންތަކަށްވުރެ ޖިންސީ ފުރައްސަރަ ކުރާ ވަހަކަ އަޑްއިވޭ އިރަށް ރޮއެ ހޭރެނީ މި ސީދާ ޔަހޫދީ އަމަލެއް ސިފައެއް އިނޑިޔާގެ ބީޖޭ ޕަޓީންވެސް ބުންޏެއްނު އީދު ދުވަހު ﷲ ހަދިޔު ކަތިލާއިރު ޖަނަވާރު ކަތިނުލެވޭނެ އެމީހުންގެ ދަރިން ކަތިލާށޭ މިކަހަލގެ ޖާހިލުންނަށް ވިކި ހުސްވެފަ ދެންކޮން އިންސާފެއް ހަމައެއް ލަމައެއް އޮންނާނި މުޅި ގައުމު ބިކަވެ ރައްޔިތުން ހާނަވަނީ މިތަބަ ދެ ހިޔަނުންގެ މަކަރާ ހީލަތުން

    26
  5. ދަންބެރު

    ސަރުއީދާއިރާ އިސްލާހުކުރުމުގެ ނިޔަތްނެތީ ގާޒީންނަށްދޭނެ ފައިސާ ސަރުކާރުގައިނެތުމުން އެހެންނޫނީ ތަޅާމަރާފަވެސް އިސްލާހުކުރާނެ ބުއްޅަބެއެއްނު ވެރިކަން ކުރަނީ ގައުމުގަ ދެންހުރީ މީދާކޭ އުނބެއް ރަމްޒީ އުނބެއް.

    22
  6. ބަކުރު

    މަކަރުވެރި ހިޔަޅުގެ ދުވަސްދާތަން ދެކެން ވަރަށް ބޭނުން .

    27
  7. ޢަންސާރު

    ނަޝީދު އަކީ ވެކްސިނަކާއެކު ޖަލުގަ އޮންނާނެ ވައިރަހެއް

    27
    1
  8. 0-ޓޮލަރެންސް

    ފު ރަތަ ތިމާމެން އިސްލާހުވެބަލަ!

    15
    1
  9. ދަވާލި-19

    އެންމެ ފު ރަތަމަ އިސްލާހުކު ރަން ޖެހެނީ ތިދެވަގު!

    19
  10. ކަމަނަ

    މިބައިގަނޑަށް ރަގަޅުވާނީ މަކަރާ ޖަހައިގެން ކެއިވަރެއް ތެދުވެރިކަމެއްނެތް

    17
  11. އޮޅުވާލި

    މިދެމީ ހުންނައް ކުރަންކެރޭނެ ކަމަކީ ފަނޑިޔާރުންނައް ނުފޫޒުފޯރުވުން އެކަންތި ޑިކޮޓޭޓަރުން ކުރާނެ އެކަމަކު ތިޔަތަން އިސްލާހުކުރާކައް ތިޔަ ދެމީހުންކުރެ އެކަކުވެސް މަސައްކަތެއް ނުކުރާނެކަމީ ޝައްކެއްނެތި އެނގޭކަމެއް މިހާރު ފަނޑިޔާރުގެއަކީވެސް ހުކުމްކުރާތަނަކީވެސް އިސްތިއުނާފު މަރުހަލާއަކީވެސްތީ މިހާކައްވަރައްދެން ބަޔަކައް ޚުދުމުޚުތާރުވެވޭނީ

  12. ޢަހޫ12

    މިހާރު އެއޮތީ އެބުނާ އިޞްލާހުވެފަ. އެމްޑީޕީން ބުނާ އިޞްލާގަކީ، އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ކޯޓުތައް ގެންދިއުން. އެކަން އެއޮތީ ކޮށްފަ. އެމްޑީޕީން ބޭނުންނުވާ ޙުކުމެއް ކޮށްފިނަމަ އެ ޙުކުމެއްކުރި ޤާޟީއަށް ފިޔަވަޅު އަޅަމުން އެދަނީ. ޤާޟީންތައް އެތިބެނީ ރިފުޢަތުމެންގެ ކުރިމަތީގަ ކުޑަކަކޫ ޖަހައިގެން. ހަމަ ބުނި ގޮތަކަށް ނިންމަމުން އެދަނީ.. އެހެންވީމަ އިޞްލާހު ކޮށްފިއެއްނު.

  13. ޢަޒްރާ ޢަލީ

    ކޮންމެ ވެރިޔަކުވެސް ބާރު ލިބުނީމަ ޢަމަލު ކުރަނީ އެއްގޮތަކަށް މީހަކަށް ރަޙްމެއް ޙަމްދަރުދީއެއްނެތް މުސްލިމެއް ވެއްޖިއްޔާ އެއީ އަލްގައިދާ ގުޅުން އޮންނަ މީހެއް ބާރު ލިބުނީމަ އެހެން މީހުންނަށް އަނިޔާވެެރިވެފަ ބާރު ނެތިވާ ދުވަހު މިވެެިން އުޅޭނީ ކޮންފަދަ ޙާލެއްގަ މާޒީން ޢިބްރަތެއް ލިބޭނެނަމަ މިވެރިންނަށް ލިބޭނެ މުސްލިމަކަށް ދެރަގޮތެއް ހަދާފަ މޮޅުގޮތެއްވީ ކާކަށް

  14. ކަނަމަނަ

    ބޭރުފުށުންދަޅަދައްކައިގެން ރައްޔަތުންގެލޮލުގަ އަދުންއަޅުވާ ދެމީހުންތިބެގެން ޓޮމްއެމްޖެރީކުޅެނީ ހީލަތްތެރި ދެމީހުން

  15. ފަރީދާ

    އެހެއްވީރު ސަރުައީދާއިރާ ހަލާކޮން ސުއްނާފަތި ކޮންލުމުގެ ނިޔަން އރބައޮތޭތި ބުނަނީ

  16. އަލިބެ

    ޔާﷲ މިކެނެރީގޭ އަންނި ގެ ކިބައިން މިޤައުމު ސަލާމަތްކުރައްވާ ދީނަށް ލޯބިކުރާ ޢިލްމުވެރި ސިކުނޑި ހަމަޖެހޭ މީހަކު މީނާގެ ބަދަލުގައި މިޤައުމުގެ ބޮޑުގޭގެ ރައީސަކަށް ލައްވައި ރައީސް ޞާލިޙް އަންނިއާ ވަކިކޮށްދެއްވާންދޭވެ!