ހަނދާން ހުންނަން ފެށީއްސުރެ ތިމާ ދިރިއުޅޭ އަމިއްލަ ގެއަކީ، އެނޫން ދުވަހެއް އައިސް ދިރިއުޅުން އެހެން ތަނަކަށް އަދި ބަލަދު ކުރާން ޖެހުނަސް ޚާއްސަ ތަނަކަށް ނޫނީ ނުވާނެއެވެ. އަމިއްލަ ވަޒަނުގައި އަމިއްލަ ގޭގައި ދިރިއުޅުމަކީ ކޮންމެ މީހަކަށްމެ ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. އެހެނަސް ނިކަން ފޮނި އުންމީދުތަކާއެކު އުޅެމުން އަންނަނިކޮށް، ކުއްލިއަކަށް އެގެ ބިމާއި ހަމަވާތަން އެއީ ހުވަފެނެއްގައި ވެސް އެއްވެސް މީހަކު ދެކެން ބޭނުންވާނޭ މަންޒަރެއް ނޫނެވެ.

ޤަބޫލުކުރަން ދައްޗަސް އަދި ހިތަށް ގެންނާން އުނދަގުލެއް ކަމަކު މިއީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއިލްގެ ވަކިތަކުގެ ދަށުވެފައި މިއަދު ތިބި ފަލަސްތީނުގެ މުސްލިމް އެތައް އާއިލާއެއް ބަރުދާސްތު ކުރަމުންދާ ހިތާމައެކެވެ. ފޮނި ހުވަފެންތަކާއެކު އެތަކެއް ޤުރުބާނީއެއްވެގެން މުސްލިމުން އަޅާފައިވާ ކިތަންމެ ގެއެއް ސުންނާފަތިކޮށް، ނުވީތާކަށް ބިންވެސް "ޖަހައިގަނެ" އެތައް ބަޔަކު ވަނީ ވަޒަނުން ފައްސާ މަގުމަތިކޮށްލާފައެވެ.

އެގޮތުން މިއީވެސް އިސްރާއިލްގެ ޔަހޫދީ ދައުލަތުގެ ޝިކާރައަކަށްވެގެން ދިޔަ އާއިލާއަކަށް ޖެހުނު އެފަދަ ހާލެއްގެ ވާހަކައެވެ. މީސްމީޑިއާގައި މިހާރު އާންމުވެ ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ ކުޑަކުއްޖެއްގެ ކުރިމަތީގައި އޭނާ އާއި އާއިލާ ދިރިއުޅެމުންދިޔަ ގެ، ތަޅައި ބިމާއި ހަމަކުރަމުން ދިޔަ މަންޒަރެވެ. އެވަގުތު އޭނާއަށް އެމަންޒަރު ފެނިފައި ހިތަށް ކެތްނުވެގެން ގިސްލުމާއެކު ރޮމުން ދިޔަ މަންޒަރު ވީޑީއޯއިން ފެނެއެވެ.

އިހުސާންތެރިކަން އެއްވެސް މިންވަރަކަށް ނެތް ބަޔަކު އެކުއްޖާ ދިރިއުޅެމުންދިޔަ، ތިންބުރީގެ ގެ ތަޅައި ސުންނާފަތި ކުރަމުން ދިޔައީ ކުއްޖާގެ ރުއިމުގެ އަޑު އަހަ އަހައި ތިބެގެންނެވެ. ވީޑިއޯއިން ފެންނަނީ ޒަމާނީ ފެންވަރަށް ރީއްޗަށް ހަދާފައި ހުރި އެ ގެ، ގެތައް ތެޅުމަށް ޚާއްސަކޮށްފައވާ ވަރުގަދަ އާލާތްތައް ބޭނުންކޮށްގެން އިސްރާއިލްގެ އިދާރާތަކުން ތަޅައި ތިރި ކުރަމުން ދިޔަ މަންޒަރެވެ. އަދި އެގެ ބިމާއި ހަމަކޮށްލާފައި ވަނިކޮށްވެސް ވީޑީއޯއިން ފެނެއެވެ.

އިސްރާއިލްގެ ޔަހޫދީ ދައުލަތުން އަންނަނީ ކޮންމެ ދުވަހެއްގައި ވެސް މިފަދަ ލާއިންސާނީ އެތައް ޖަރީމާއެއް މުސްލިމުންގެ ބިމުގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންނެވެ. މިނިކާ ވަގުތަކެއް ފަދައިން އެ ދައުލަތުގެ ސިފައިން އަންނަނީ އެއްވެސް ރަހުމެތް ނެތި މަގުތައް މަތީން ފެންނަހައި މުސްލިމުންނަށް ދުއްތުރާކޮށް ހައްޤަކާއި ނުލައި އަނިޔާކޮށް ފުރައްސާރަ ކުރަމުންނެވެ. މީގެ އިތުރުން ކުށެއްނެތް އެތައް ބަޔަކު މަގުމަތީންނާއި ގެތަކުން ރަހީނުކޮށްގެން ގެންގޮސް ޖަނަވާރުންނަށްވެސް އެކަށީގެން ނުވާ ވަރުގެ ކޮށިތަކަށް ލައި އެތައް އަހަރެއް ވާންދެން އެގޮތުގައި ބައިތިއްބައެވެ.

ޔަހޫދީންނަކީ މީގެ ކުރީން ދުނިޔެމަތީގައި ވަޒަނެއް ނެތި ވިއްސިވިހާލިވެފައި ތިބި ބައެކެވެ. އިސްރާއީލުގެ ޔަހޫދީން އެންމެ ފުރަތަމަ ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވާން ދިމާކޮށްލީ، ދިރިއުޅޭނެ ތަނެއް ނެތި، ހާލުގައި ޖެހިފައި ތިބި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުގެ ބޯޑަރު ސަރަޙައްދުގައި އެމީހުން މުސްލިމުންގެ މަދަދަށް އެދި އާދޭސްކުރަމުން ދަނިކޮށް އެހީތެރިވުމުންނެވެ. އެދުވަހު އެގޮތުގައި އެ ޔަހޫދީ ޖަމާޢަތް ވަނިކޮށް ފަލަސްތީނަށް މަރުޙަބާ ކިޔައި މުސްލިމުން އެބައި މީހުންނަށް އިހުސާންތެރިވެ ޤައުމުގައި ދިރިއުޅުމުގެ ފުރުސަތު ދިނީ މީގެ 60 ވަރަކަށް އަހަރު ކުރީންނެވެ. އެއަށްފަހު ފަލަސްތީނުގެ ބިމުގައި ގަދަކަން ދައްކައި، ވަކި ދައުލަތެއް އުފައްދައި، އެމެރިކާގެ އެހީތެރިކަމާއި އެކު ޔަހޫދީން ފަލަސްތީނުގެ ބިމަށް އަތްގަދަ ކުރުމުގެ މަސައްކަތް އޭރުއްސުރެ ފަށައިގަތެވެ.

އެ މަސައްކަތް އަހަރަކަށްފަހު އަހަރެއް ވަރުގަދަކޮށް، މުސްލިމުންގެ މާތްވެގެންވާ މަސްޖިދުލް އަޤްސާ ހުންނަ ފަލަސްތީނުގެ ޤުދުސްއަކީ އިސްރާއީލުގެ ވެރިކަން ކުރާ ރަށްކަމަށް ކަނޑައަޅާފައި ވަނީ 2018 ވަނަ އަހަރުއެވެ. މިކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއިއެކު އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ދަރީންނާއި ދެޤައުމުގެ އެނޫންވެސް އިސް މީހުން ހާޒިރުވިއިރު، ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށްކަން އިއުލާނުކޮށްދިނީވެސް އެމެރިކާއިންނެވެ. މިކަމުން ވެސް އެމެރިކާއިން އިސްރާއިލްގެ ޖަރީމާތަކުގައި ޝާމިލްވެފައި އޮތް މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ނަތަންޔާހޫ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ވެރިކަމަށް އައުމުގެ ކުރީންވެސް މުސްލިމުންނާއި ދެކޮޅަށް ފާޅުގައި ބަސް ބުނަމުން އައި މީހެކެވެ. މުސްލިމުންނަށް ދަތިވާނެ ފަދަ ކަންކަން ކޮށް، އިސްލާމް ދީނާއި ދެކޮޅަށް ކުރެވުނު ކޮންމެ ކަމެއް ކުރުމަކީ، ވެރިކަމަށް އިންތިޚާބުވުމުގެ ކުރީން ކުރި ކެމްޕޭނުގައި އޭނާ އިއުލާނުކޮށްފައިވާ ރިޔާސީ ވަޢުދެއްވެސް މެއެވެ.

އިސްރާއިލްގެ ޔަހޫދީ ދައުލަތާއި އެމެރިކާގެ ސަރުކާރާއި ގުޅިގެން ފަލަސްތީނުގެ މުޤައްދަސް ބިމުގައި އަނިޔާވެރި އެތައް ޢަމަލެއް ކޮންމެ ދުވަހަކުވެސް ހިންގަމުންދާއިރު، ބައިނަލްއަޤުވާމީ "އިންސާނީ ހައްޤުތަކޭ ބުނެ" ވަކާލާތުކުރާ ބައިނަލްއަޤުވާމީ ބޮޑެތި ޖަމިއްޔާތަކާއި ޖަމާޢަތްތައް ތިބީ އެ ޖަރީމާތައް ހުއްޓުވަން ނުކުޅެދި ބަހެއް ބުނާން ނުކެރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝޮޓްގަން

    ފަލަސްޠީނުގެ ބިމުގައި ޔަހޫދީން އާބާދުކުރުވި އަރަބިންނަށް އަދި މިހާރުވެސް އިސްރާއީލަށް ވާގިވެރިވާ އަރަބީންނަށް ލައުނަތް ލައްވާށި. އާމީން

    73
    4
    • ޖިންނި

      އާމީން

      33
      2
  2. ދެރަވޭ

    ވ.ދެރަވެއްޖެ.....މުސީބާތުގެ ވަގުތުގައިވެސް މާތްﷲއަށް ވަކީލުކުރުމުގަ އެނިކަމެތި ދައްތަ ހުރުމުން ދޭހަވަނީ އެދައްތަގެ ކެތްތެރިކަމާއި ހިތްވަރުގަދަކަން އަދި ކޮންމެ ހާލަކަށްވެސް ޝުކުރުވެރިވާކަން....މުޅި ދުނިޔެއިންވެސް އަހަރެންނަށް ފެނުނު އެންމެ ކެތްތެރި އެއް ބަޔަކީ ފަލަސްތީނުގެ އަނިޔާލިބެމުންދާ ނިކަމެތި މުސްލިމުން..

    87
    2
  3. ޖިންނި

    ޔޫ އެން ، އީ ޔޫ އަދި ބޮންދުއަންނި އަކަށް މި ކަންތައްތަކަކީ “ ހަރުކަށިފިކުރަކަށް” ނުވާނެ

    52
    7
  4. ރާއްޖެތެރެ

    ފަލަސްތީން މިނިވަންވާން ވަރައް ގާތްވެއްޖެ މުސްލިމުންގެ ހިތައް ތަދުވާން ފަޝައިފި

    35
    3
  5. ޝޮކްތެރަޕީ

    ހުރިހާއެމްމެން ދުވާކުރަންވީ މުސްލިމުން އުލެމުންދާ ހާލަތުން އަރާގަންނަން. ޔަހޫދިން ބަލި ކުރެވޭނީ ހަގުރާމަ ކޮއްގެން

    49
    1
  6. Anonymous

    ?????

    13
    1
  7. އަބުދުބޭ ކާށިދޫ

    މިގައުމުގަވެސް އަދި ދުނިޔޭގަ ތިބި ބަޔަކައް މިމަންޒަރު ފެންނާނެ އިންޑިއާ މީހުން އަހަރުމެން ގެދޮރު ނެރެލާ ގަތަޅާލާތަން މިހާރުވެސް ބިންތައް ހިއްކާފަ އިންޑިއާ މީހުންނައް ވިއްކަމުން އެދަނީ ނަމުގަ ކުއްޔައް 50 99 އަހަރައް މިގައުމާ ދޭތެރޭގަ ވިސްނާ ކިތައް ބޭފުޅުން އުޅޭބާ ގައިމު ވެރިޔަކު ނުވިސްނާ އެކަން އެބަ އެނގޭނޫންތޯ ރައްޔިތުން ކައިރީގަ ސަލާން ޖަހައިގެން ވޯޓް ހޯދާއިގެން ވެރިކަމައް ހަމަ އެރޭއިރައް މިފެންނަނީ ބިންތައް ބޭރުމީހުންނައް ވިއްކާލާތަން ރައްޔިތުމީހާ އެއްޗެއް ބުނާއިރައް މިބުނަނީޫ ކެންޕޭނުގަ ދައްކާވައުދުއަކީ ފުއްދައް ޖެހޭ އެއްޗެއް ނޫނޭ ބުނާކަހަލަ މިފަސް އަހަރުތެރޭގަ ވިއްކާލާފަ ތިމަންނަމެން ފިލާނަމޭ