ހެންވޭރު ކޮޅުގައި ހުންނަ ޓިއޯލޯ ރެސްޓޯރަންޓުގައި ރޯވި އަލިފާން ގަނޑު ޖެހިގެން ހުރި ހ. ސަންލީޓްގެ މަތީ ފްލޯތަކުގައި ހިފީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަލިފާން ގަނޑު ކޮންޓްރޯލް ކުރަން ދެ ގަޑިއިރެއްހާ އިރު، ހޭދަ ކުރަން ޖެހުނެވެ. އަލިފާން ގަނޑު ފެތުރިގެން ދިޔަ އިރު، ކޮންޓްރޯލް ނުކުރެވި ދިޔަ ކޮންމެ މިނިޓެއް ވެސް އެއީ ހާސް ކަމުގައި ހޭދަކުރި ވަގުތެކެވެ.

މި ހާދިސާ އާއިި ގުޅިގެން އުފެދޭ އެންމެ ބޮޑު އެއް ސުވާލަށް ޖަވާބު އަދި ނުލިބެއެވެ. އެއީ ހާދިސާ ހިނގަން މެދުވެރިވި ގޮތެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ޔަގީން ވާނީ ހާދިސާގެ ތަހުގީގު ނިމުމުންކަމަށެވެ. ނަމަވެސް ފުރަތަމަ އަލިފާން ހިފީ ޓިއޯލޯގައިކަން ކަމާއި ބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ. އޭގެ ފަހުގައި ސަންލީޓްގެ މަތީ ފްލޯތަކުގައި ރޯވީއެވެ.

މަންޒަރު ދުށް މީހުންނާއި، އެތަނުގައި ތިބި ފުލުހުންނާއި އެމްއެންޑީއެފް ސިފައިންގެ ބަހުން އެނގޭ ގޮތުން ޓިއޯލޯގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން މާ ބައިވަރު ވަގުތެއް ނުލިބެއެވެ. 5-7 ވަރަކަށް މިނިޓް ތެރޭގައި މުޅި އެ އިމާރާތް އަނދާ ހުލިވީއެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހުންނަ އިމާރާތަށް އަލިފާން ގަނޑު ފެތުރެން ނެގީ ވެސް ކުޑަ ވަގުތުކޮޅެއް ކަން އެ ފަރާތްތަކުގެ ބަހުން ހާމަވެއެވެ.

މި ހާދިސާގެ ތަހުގީގު ރިޕޯޓު އެއްކޮށް ނިމުމުން އާންމުން މިހާރު ކުރާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރެސްޓޯރެންޓުގެ ބޮޑު ބައެއް ހަދާފައި ހުރީ ވަކަރުން!

ކެފޭ ޓިއޯލޯ އަނދައި އަޅިއަށްވެފައި. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ކެފޭ ޓިއޯލޯއަކީ ގިނަ އަދަދެއްގެ ބަޔަކު ކޮފީ ބުއިމަށާއި ކެއުން ބުއިމަށް ގޮސް އުޅޭ ތަނެކެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާ ކުރުމާ އެކު ޓިއޯލޯ ވެސް އަށެއް ޖަހާކަން ހާއިރު ބަންދުކުރެއެވެ.

ޒުވާނުން އާންމުކޮށް ގޮސް އުޅުނު ޓިއޯލޯގެ އޮނިގަނޑުގެ ބޮޑު ބައެއް ހަދާފައި ވަނީ ވަކަރު ހިމެނޭ ގޮތަށެވެ. ދެ ވަނަ ފަންގިފިލާ ހަޓެއް ގޮތަށް ޑިޒައިންކޮށްފައިވާ ޓިއޯލޯގެ ގޮނޑި އާއި މޭޒު ވެސް ހުންނަނީ ވަކަރުންނެވެ. އެހެންކަމުން އެތަނުގައި ލަކުޑި އެކުލެވޭ ގިނަ ތަކެތި ހުރުމާއެކު، އެއީ އަލިފާން ގަނޑު އެހާ ހަލުވިމިނެއްގައި ފެތުރެން ދިމާވި މައިގަނޑު އެއް ސަބަބެވެ.

އެސްބީއައި ހުންނަ އިމާރާތަށް އަލިފާންގަނޑު ފެތުރި އެ ތަނުގެ އެންމެ މަތީ ފަންގިފިލާތަކުގައި އަލިފާން ހިފީ، އެސްބީއައި އިމާރާތުގެ ކްލެޑިންގައި އަލިފާން ހިފުމުގެ ސަަބަބުންނެވެ. އެތަނުގައި ހުރި ކްލެޑިން ހުރީ އެލްމިނިއަމުންނެވެ. އެ ކްލެޑިންގެ ބޭރުގައި ހުންނަ ދަވާދު ފަށަލައަކީ ފަސޭހައިން އަލިފާން ހިފާ އެއްޗަކަށް ވާއިރު، އެސްބީއައި އިމާރާތުގެ މައްޗާއި ހަމައަށް އަލިފާންގަނޑު ފެތުރުނީ، އެ ކްލެޑިންގެ ޒަރީއާއިންނެވެ.

އެސްބީއައި އިމާރާތަށް އަލިފާންގަނޑު ފެތުރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރީ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށެވެ. އެ އިމާރާތުގެ އެންމެ މަތީގައި ވެސް ލަކުޑި ހިމެނޭ ގޮތަށް ހަދާފައިވާ ޕެންޓް ހައުސް ޒާތުގެ ތަނެއް ހިމެނޭ ކަން އެނގިފައިވެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރަން ދަތިވީ މައްޗަށް އަރާނެ ގޮތެއް ނެތުމުން

އެސްބީއައި ހުންނަ އިމާރާތުގެ ތިން ފަންގިފިލާގައި އަލިފާން ރޯވި އިރު އެންމެ ބޮޑަށް އަލިފާނުގެ އަސަރު ކޮށްފައި ވަނީ އެސްބީއައިގެ އެންމެ މަތީ ފަންގި ފިލާއަށެވެ. އެ އިމާރާތަކީ ސަލާމަތީ ވަރުގަދަ ފީޗަތަކަކާ އެކު ތައްޔާރުކޮށްފައިވާ ތަނަކަށް ވުމުން އެތަނަށް ވަނުމަށް ދަތިތަކެއް ދިމާވިއެވެ.

މާލެގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ:- ވަގުތު އިމޭޖެސް:-އަހްމަދް އަލީ

ސަބަބަކީ އެސްބީއައިގެ މަތީ ފަންގިފިލާގައި ދިރިއުޅޭ މީހުން މިވަގުތު ތިބީ ރާއްޖެއިން ބޭރުގައި ކަމަށް ވުމުން އެ ފަންގި ފިލާ އަށް ވަންނަން އެމްއެންޑީއެފްގެ މެޝިނަރީ ބޭނުންކުރުން ނޫން ގޮތެއް ނެތުމެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އަލިފާން ނިއްވަން ހޭދަވީ ވަގުތުގެ ބޮޑު ބައެއް ހޭދަވީ އެތަނަށް އަރާނެ ގޮތެއް ނެތުމުންކަން ފާހަގަ ކުރައްވައިފައެވެ.

"މައްޗަށް އަރަން ޖެހުނީ އަޅުގަނޑުމެންގެ ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން އެހެންވީމަ އިރުގަނޑެއް ނެގި. ރާއްޖޭގެ ހުންނަ ގޮތުން ފަޔަގެ ހައިޑްރެންޓްސް އާއި އެއްޗެހި ގެންނަން ތަންކޮޅެއް ވަގުތު ކޮޅެއް ނެގި. ނަމަވެސް ދެ ގަޑިއިރު އެއީ ވަރަށް ރަނގަޅު ވަގުތުކޮޅެކޭ އަޅުގަނޑު ދަންނަވާނީ މިވަރުގެ ބޮޑު ފަޔަ އިންސިޑެންޓެއް ކޮންޓްރޯލަށް އައުމަށް،" މާރިޔާ ވިދާޅުވިއެވެ.

އެ އިމާރާތަށް އެރުމަށް ދިމާވި ދަތިތަކާ އެކުވެސް އެމްއެންޑީއެފްއިން ކެނޑިނޭޅި ހުރި މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. އެ އަލިފާންގަނޑު ނިއްވުމަށް ހޭދަވި ވަގުތު ދިގުދެމިގެންދިޔަ އެއް ސަބަބަކީ ކުރިން ފާހަގަކުރިހެން އެ އިމާރާތަށް އެރޭނެ ގޮތެއް ނެތި ހޭދަވީ ވަގުތެވެ.

ނަމަވެސް އެމްއެންޑީއެފުން ކުރި ބުރަ މައްސައްކަތުން ރޭގެ 12:30 ހާއިރު ވަނީ ކާމިޔާބުކަމާއެކު އެ އަލިފާންގަނޑު ނިއްވާލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޭޗާރާ

    މާލޭގައި ރޯނުވާކަން މިއީ ބަޔަކަށް ލައްވާފައި އޮތް ބޮޑު ރަހްމަތެއް. އެހެން ނޫން ނަމަ ކޮންމެ ދުވަހަކު ތިކަހަލަ ހާދިސާއެއް ހިނގާނެ. ސިގިރޭޓް ބޮއިފައި ނިންވާނުލާ ބޭނުންތާކަށް އުކަނީ. ރެސްޓޯރެންޓްތަކާއި ހޮޓާތަކުގައި މަނަލޭ ކިޔާފައި ބޯޑެއް ޖަހައިގެން ހުއްޓާނުލައި ބޯން ތިބެނީ. ބޮއިބޮއިފައި ތަނުގެ ތެރެއަށް އެޅުމާއި އުކުމަކީ އާދައެއް.

    70
    2
  2. މަގޭ ޚިޔާލު

    އިމާރާތްތައް މަތިމައްޗަށްނަގާ ތަން ތޮއްޖެއްސި ވަރަކަށް އަލިފާންނިއްވަން ފަސޭހަވާނެ.

    41
    3
  3. މޯދީ މާމަ

    ތިއީ ޕޕމ މީހުންގަސްތުގައި ރޯކޮއްލިތަނެއް..

    13
    85
  4. ކުލެޑިން

    ރޯވުމަށް ދިމާވި މައިގަނޑު ސަބަކީ ކުލެޑިންގަ ހުޅުހިފީމަ

    29
    2
  5. ދުނަކީރި

    އެންމެ ފުރަތަމަ ތި އަލިފާންގަނޑު ކޮންޓްރޯލުވީ އެއަރޕޯޓް ފަޔަރު އައުމުން، އެހާ އަވަހަށް އާދެވުނީ ރޔ ބުރިޖުއަޅާފަ އޮތީމަ

    50
    3
  6. އުދުންރޯކުރި ހުސެއިން

    ރޯވާން ދިމާވީ އެކަން ޕްލޭންކުރި ބަޔަކު ރޯކުރީމަ. އަދުން ހުސެއިން އެކަންކުރީ އިންޑިއާ މޯދީ ބުނެގެން. ރާއްޖެ މޯދީ ހުރީ އެކަންކޮށްފަ ގޮޑި ދުއްވަން ގޮސް

    34
    4
  7. ކެަެހެރި ނުފަޅާ ޖަނަރުން ރީނދޫ ގުންޑާތައް އަލިފާން ބޯޅަ

    އެމްޑީޕީމީ ހުން ވަރަށް މޮޅުވާނެ ހުޅުޖަ ހަން ވަކަރުގޭ. އެއީ އާކަމެއްނޫނޭ އިދިކޮޅުން ދެމީ ހަކުތަކަށް އެއްވެލާއިރަށް އެމްޑީޕީ ދުވާނެ އަލިފާން ހޯދަން ބޮޑު ހުޅު ޖަ ހަން އެމްޑީޕީ ވަރެއް ނޯންނާނެ ލާދީނީންގެ ސުވަރުގެއަކީ ނަރަކަ ހަޖަނުވިޔަސް ތިއީ ބޮޑުވަރު ތީގެ ހަގީގަތާއި ހަމަޔަށް ދާއިރު އެންމެއަޑީގައި ތިބޭނީ އެމްޑީޕީގެ ލާދީނީ ރީނދޫ ވަގުން އެ ހެންވެ އިދިކޮޅޭ ފަޅޮލޭ ތިކިޔެނީ ތިބައިގަނޑު މިދިވެ ހިރާއް ޖެއިން ނައްތާލައިގެން ނޫނީ މިރާއްޖެއަށް ދެން ހަމަޖެ ހުމެއްނުލިބޭނެ މުޅިރާއްޖޭގައި ހުޅުޖަ ހަން ކެރުނުބަޔަކަށް ކުރަންނުކެރޭނެ ކަމެއްނޯންނާނެ އެބައިގަނޑު އެއުޅެނީ ފެއިލްވީމަ ކުރާނެ ނުކުރާނެ ކަމެއްނޭގިގެން ރާއްޖެ ދަރުވާލައިފި މި ހާރު އެބައިގަނޑު އެތެޅެނީ ރައްޔަތުން ބަޑަޖެ ހޭނެކަން އެގޭތީ ވެރިކަންދޫކޮލާފަ ދާނެގޮތެއް ނުފެނިގެން ލަދުން އިސްތިއުފާދޭން ނުކެރިގެން ތިމާމެންގެ ލަދުކޮބާ ކަމެއްވާއިރަށް އިދިކޮޅު އިދިކޮޅު ތިމާމެންގެގައިގަ ވެރިކަން ކުރެވޭ ހައި ފެންވަރުނެތްކަމެއް ނޭގޭތަ؟ ވެރިކަންލިބި މަޖިލިސްލިބި ރައީސްޔާމީން ޖަލަށްލެވި ދެންކޮންކަމެއްތަ ތިބައިގަނޑު ބޭނުންވެގެން ތިއުޅެނީ ހުރިއްޔާ ހުރި ފައިސާއެއް ބަނޑުއެޅިއްޖެ ރާއްޖެ ދަރުވާލެވިއްޖެ ވިއްކާލެވިއްޖެ އިންޑިޔާސިފައިނަށް ހިބަކޮށް ބިންދެވިއްޖެ ރައްޔަތުން ބަނޑަށް ޖެ ހިއްޖެ ޒުވާނުންގެ ވަޒީފާތައް ގެއްލުވާލެވިއްޖެ ކަރަނޓްބިލް ފެބިލް ކާބޯތަކެތި އަތްނުފޯރާފަށުގައި މުޅިރާއްޖެ ބޮއިކެޓް ދެންކޮންކަމެއްތަ ތިބަލާތަކަށް ނުކުރެވިއޮތީ؟

    21
  8. ދިސްވޭ

    ދެން ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ ރައީސަކަށް ވެސް އިނގެންވާނެއޭ ރާއްޖޭގައި އޮންނާނެ ކަން ކޮންމެ ސިޔާސީ ޕާރޓީ އަކުން ވެރިކަން ކުރި ނަމަވެސް ވަރުގަދަ ކޯލިޝަނެއް ރާއްޖެ މުޅިން ތަފާތުވާނެއޭ ދުނިޔޭގެ އެހެން ގައުމު ތަކާއި އެކަން ދަންނަން ޖެހޭނެއޭ ދެން ރާއްޖޭގައި ވެރިކަން ކުރައްވަން ދިމާ ކުރާ ކޮންމެ މީހަކު ވެސް މާލެ ސަރަހައްދުގެ ތަރައްގީ އަށް ކަމެއް ކޮށް ނުދެވޭ ރައީސެއް ގެ ބޮލުގައި ވަރަށް ރިއްސާނެއޭ އަދި އެފަދަ މީހަކު ޕްރެޝަރަށް ވައްޓާލާނެއޭ އިސާހިތަކު އެއީއޭ އެވާގޮތަކީ...

    10
  9. ސާފުކޮށްދީ

    އިދިކޮޅުން ކުރި މުޒާހަރާ ކުރީ އެއީ ރާއްޖެ އިންޑިއާ އަށް ވިއްކާލާތީއޭ އެކަމުގައި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ރައީސް އިބޫ ރައްޔިތުންނަށް ސާފުކޮށް ދިނުމުގެ ބަދަލުގައި އިދިކޮޅުން އެކަމާއި ހިތް ހަމަ ނުޖެހިގެން މާލޭގައި އިހްތިޖާޖް ކުރުމުން އެކަމަށް ރައީސް އިބޫ ފާޑުކިޔާނަމަ އެއީ އަބޫޖަހުލު ތިއަރީއޭ ރައީސް އިބޫ ބޭނުން ކުރެއްވީ ޑިމޮކްރަސީ އަކީ އިދިކޮޅުން ކަންބޮޑުވެގެން އުޅޭ ރާއްޖެ އިންޑިއާ އަށް ވިއްކާލަން އުޅޭ މައްސަލަ ރީއްޗަށް ސީދާ ރައީސް އިބޫ ސާފުކޮށްދޭންވީއޭ...

    11
  10. ނިޒާމު

    އތިޔަ ރެސްޓޯރަންޓަކީ މީގެކުރިންވެސް ބަނގުރާ ވި އްކާތީ ބަންދުކުރި ތަނެ އް ތިޔަތާދެން ކޮންކަމެއްތޯ ނުކުރެވޭނީ ހާހާއްސަކޮށް މިދަނޑި ވަޅުގަ ..ބުނަންތަ ސިޓީކައުންސިލުން އެކޮނޮމިކް މިނިސްޓްރީން ގެ އެއއ އްގެ ފުރާޅުމަތީ ރެސްޓޯރެންޓް ހުޅުވަން ވި އަސް އަދި ދެފަ އިދެގޯޅި ވި އަސް ހު އްދަދޭނެ ..ދެން ނި ރެސްޓޯރަން ދާ ޒުވާނުންކޮޅު ސިގިރޭޓް ބޮ އިބޮ އި ފަ ޖެހިގެންގެން ހުންނަ ގޭގެ ފުރާޅުމަ އް ޗަ އް ނުވަތަތަ ދެގޯޅި ތެރެ އައ އް އުކާނެ ދެން ކޮންހާ ވާހަކަ އެ އް..

    10
    1
  11. ޖާހިލު

    ހައްދުފަހަނެޅީންގެ ކަމަކަށް ވެދާނެ

    8
    1
  12. ނަސީދު

    ސޯލިހާހެދި، ދެން ތިލަފުސީގައި އެކަނި އަލިފާންގެންގުޅެވޭގޮތައް ގާނޫނު އިސްލާހު ކޮއްލީމާ ޖޮބްޑަން އެރުން އޯކޭވާނެ