"ޤާނޫނީ ދާއިރާއަށް ވެސް ބޭރު މީހުން، ހުރިހާ ފަންތިއެއްގެ ވަޒީފާތަކަށް ބޭރު މީހުން ގެނެސް، ދިވެހިންގެ ބާރު ކަނޑުވާލާތަން މި ފެންނަނީ،" މިއީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދޭން ނިންމުމާ ގުޅިގެން "ވަގުތު"ގައި ޝާއިޢު ކުރި ޚަބަރަކަށް ކޮމެންޓް ކުރި މީހެއްގެ ޚިޔާލެވެ.
ވަޒީފާގެ ބާޒާރުގައި ބިދޭސީން އިތުރުވާ ގޮތެއް މެދުވެރިވާނަމަ ދިވެހިންގެ ފަރާތުން އާންމު ގޮތެއްގައި މިފަދަ ކޮމެންޓްތައް ފެނެއެވެ. އިސް ވަޒީފާތަކުގައި ބިދޭސީން ގިނަވުމާއި، ދިވެހިންނަށް ފުރުސަތު ނުލިބުމާއި، ވިޔަފާރިތަކާއި ކުންފުނިތައް ބޭނުންވާ ފަދަ ފަންނީ ދިވެހިން ނުލިބުމާއި، ފަންނުތަކުގެ ތަޢުލީމު ފޯރުކޮށްދެވޭ ފެންވަރާ ގުޅޭ އެތައް ޝަކުވާއެކެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވޭނެ އުޞޫލުތައް އޮންނައިރު، ރާއްޖޭގެ ކޯޓުތަކުގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރަން ހުއްދަދިނުން މައްސަލައަކަށްވާނެ ހެއްޔެވެ؟ ކުރިން ޤަވާޢިދު އޮތްގޮތުން ބިދޭސީ ވަކީލުންނަށް ވަކާލާތެއް ނުކުރެވެއެވެ. އެހެންކަމުން މިހާތަނަށް ބިދޭސީ ވަކީލުން ބޭނުމެއް ނުކުރެއެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ޤަބޫލުކުރައްވާ ގޮތުގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަދިނުމަކީ ރާއްޖޭގެ ޤާނޫނީ ފަންނުގެ ދާއިރާއަށް ލިބޭނެ ކުރިއެރުމެކެވެ. ދިވެހިންނަށް ލިބޭ ފުރުޞަތުތައް ހަނިވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހި ވަކީލުންނަށް، ބޭރުގެ ފަންނީ ވަކީލުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި، ދިވެހި ވަކީލުންގެ ފެންވަރު ވެސް މަތިވެގެންދާނެއެވެ.
"ދިވެހިންގެ ތެރޭގައި ގިނައީ މުޅި ޤާނޫނީ ނިޒާމު ދަސްކޮށްފައި ތިއްބެވި ބޭފުޅުން. ވަކި ދާއިރާއެއްގެ އެކްސްޕާޓުން ނޫޅެދާނެ. އެކަމަކު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ވަކި ދާއިރާއެއްގެ ގާނޫނީ އެކްސްޕާޓުން ވެސް ތިބޭނެ. އެފަދަ އެކްސްޕާޓުންނާއެކު ދިވެހި ވަކީލުންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނަމަ، އެއީ ދާއިރާއަށް ލިބޭ ކުރިއެރުމެއް" މުހްތާޒް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޒީ އަހްމަދު ހައިލަމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ބިދޭސީ ވަކީލުންނަށް ފުރުޞަތުދިނުމުގައި މައްސަލައެއް ނެތެވެ. ދިވެހި ވަކީލުންގެ ތެރޭގައި ވަކިވަކި ދާއިރާތަކުގެ ޚާއްޞަ ވަކީލުން ތިއްބެވި ނަމަވެސް، ވަކި ދާއިރާއެއްގެ މާހިރުން މަދުކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ. ބޭރުގެ ތަޖުރިބާކާރުންނާއި އެކު މަސައްކަތް ކުރުމުން ދިވެހި ވަކީލުންނަށް ވެސް ކުރިއެރުން ލިބި، ފަންނު ކުރިއަރައިގެން ދާނެކަމުގައި ވިދާޅުވިއެވެ.
"އާންމު ގޮތެއްގައި ކޯޓުތަކުގެ އަޑުއެހުންތަކުގައި ވެސް ފާހަގަވާ މައްސަލައަކަށް މި އޮންނަނީ، ބައެއް އިޖުރާޢަތްތަކަށް ފަރިތަނުވާކަން. ދިފާޢުގެ ފަރާތުން ވަރަށް ގިނައިން ފާހަގަކުރާނެ ދައުލަތުގެ ފަރާތުން އަންނަ ވަކީލުން އިޖުރާޢަތްތަކަށް ފަރިތަނުވާ މައްސަލަ. ބައެއް ފަހަރު ދަޢުލަތުގެ ފަރާތުން ވެސް ދިފާޢުގެ ވަކީލުން ފަރިތަނުވާ މައްސަލަ ނަގާނެ. އިދާރީ އޮޅުންތައް ވެސް އަރާ. މިހެން ފުރުޞަތުތައް ދިނުމުން ދިވެހި ވަކީލުންގެ ފެންވަރު ވެސް އިތުރުވާނެ" ހައިލަމް ވިދާޅުވިއެވެ.
ޤާނޫނީ ވަކީލަކު ފާހަގަކުރެއްވި ގޮތުގައި، ބާ ކައުންސިލްގެ ޤަވާޢިދުގައިވާ ގޮތުން، ހުއްދަ ދިނުމުގައި ރިޢާޔަތްކުރަންޖެހޭ އެއްކަމަކީ، ހުއްދަދެވޭ ބާވަތުގެ މައްސަލައަކީ ރާއްޖޭގައި އެކަމަށް ފަންނީ ތަޖުރިބާކާރު ޤާނޫނީ މާހިރުން ނެތް ބާވަތުގެ މައްސަލައަކަށްވުމެވެ. އަދި އޭގެ އިތުރުންވެސް މި އޮންނަނީ ދިވެހި ވަކީލަކާއި ނުވަތަ ލޯފާމްއަކާއި ނުވަތަ ދަޢުލަތުގެ މުއައްސަސާއަކާ ގުޅިގެން، ހުއްދައަކަށްއެދި ހުށަހެޅުމުން ހުއްދަދިނުމެވެ.
"ހުއްދަދިނުމުގެ އެބައޮވޭ ޝަރުތުތަކެއް. ފުރަތަމަ ކަމަކަށް ރާއްޖޭގައި އެ ބާވަތުގެ މައްސަލައިގެ ތަޖުރިބާކާރުން މަދު މައްސަލަތަކަށް މި ފުރުޞަތު ދޭން އޮންނަނީ. ދޭއިރުގައި ވެސް ދިވެހި ވަކީލުންނާ ގުޅިގެން މަސައްކަތް ކުރަން މި އޮންނަނީ. އެހެންވީމަ ބޭރުގެ ތަޖުރިބާކާރުންގެ އަރިހުން ދިވެހި ވަކީލުންގެ ފެންވަރު އިތުރު ކުރަން ލިބޭނެ ފުރުޞަތެއްގެ ގޮތުގައި ފެންނަނީ" އެ ވަކީލް ވިދާޅުވިއެވެ.
ހައިލަމް އެހެންކަމެއް ވެސް ފާހަގަކުރެއްވިއެވެ. އެއީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއިން އިނގިރޭސި ބަހަށް ތަރުޖަމާކުރެވިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މަދުވުމެވެ. އެހެންކަމުން ބިދޭސީ ވަކީލުންނަށް ހުއްދަ ދިނުމުން ވެސް އެ ވަކީލުން މަސައްކަތް ކުރަން ޖެހޭނީ ހަމަ ދިވެހި ވަކީލުންނާ ގުޅިގެންނެވެ.
ބިދޭސީން ވަކީލުންނަށް ހުއްދަދިނުމާއިގުޅޭ ޚަބަރުގައި ދެން ފާހަގަކޮށްލެވުނު ކޮމެންޓެކެވެ. "ޤާނޫނު އަސާސީގައި އޮންނާނެ މި ޤައުމުގެ ދީނަކީ އިސްލާމް ދީނޭ. އެހެންވީމަ މުސްލިމުނޫން ބަޔަކު ވަކާލާތުކުރަން، ޙުކުމްކުރަން ތިބޭނަމަ އެއީ ގޯހެއްދޯ؟" ކޮމެންޓުގައިވެއެވެ.
މިކަމާއި ގުޅޭގޮތުން ޤާނޫނީ ވަކީލަކު ފާހަގަކުރެއްވީ ޤަވާޢިދުގެ ފަސްވަނަ މާއްދާއެވެ. އެއީ ބިދޭސީ ވަކީލުން ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑެވެ. ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބިދޭސީ ވަކީލު އިޙްތިރާމުކޮށް، އެ މިންގަނޑުގެ ތެރޭގައި ޢަމަލުކުރަން ޖެހޭނެކަމަށް އެ ޤަވާޢިދުގައި ވެއެވެ. އެހެންކަމުން ޣައިރު މުސްލިމު ވަކީލަކު ވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙްތިރާމްކުރަން ޖެހޭނެއެވެ.
"މި ޤަވާޢިދު ހަމަ އެބައޮތް، ބިދޭސީ ވަކީލުންނަށް ހުއްދަދޫކުރަނީ އެއްއަހަރަށްކަމަށް. އޭގެފަހަށް ހުއްދަ ބާތިލްވާނެ. ވަކާލާތުކުރަން ހުއްދަދިން މައްސަލަ ކޯޓުން ނިންމުމާއެކު ވެސް ހުއްދަ ބާތިލްކުރޭ. ދެން މި ފާހަގަކުރަނީ ސުލޫކީ މިންގަނޑާއި، ޤާނޫނާ ޚިލާފްވެގެން ބާ ކައުންސިލުން އަޅަންއޮތް ފިޔަވަޅަށް ވެސް ހުއްދަ ބާތިލް ކުރުން" ވަކީލް ވިދާޅުވިއެވެ.
މުހްތާޒު މުހުސިން ވެސް އެ ނުކުތާ ފާހަގަކުރައްވައެވެ. ބިދޭސީ ވަކީލުންނަށް ހުއްދަ ދޫކުރާއިރު ބިދޭސީ ވަކީލުން ވެސް ޢަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކެއް އެބަ އޮވެއެވެ. އަދި ޤަވާޢިދު މިހާރު އޮންނަގޮތުން، ބައެއް ބާވަތްތަކުގެ މައްސަލަތަކަށް ހުއްދަދޭނީ ވެސް މުސްލިމް ވަކީލުންނަށް ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.
"ވަގުތު"އާއި ވާހަކަ ދެއްކެވި ޤާނޫނީ ބޭފުޅުންގެ ވިސްނުންފުޅަކީ، މިކަމުގެ ސަބަބުން ރާއްޖޭގެ ޤާނޫނީ ފަންނުގެ ދާއިރާއަށް ކުރިއެރުން ލިބޭނެކަމެވެ. ބާ ކައުންސިލްގެ ޤަވާޢިދުގައި ބިދޭސީ ވަކީލުންނަށް ހުއްދަދިނުމުގައި ބަލަންޖެހޭ ގިނަ މިންގަނޑުތަކެއް އެބައޮތެވެ. ހުއްދަދެވޭ ވަކީލު ނިސްބަތްވާ ޤައުމުގައި ލައިސަންސް އޮތްތޯ ބަލައެވެ. މަތީ މަރުޙަލާގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަދޭއިރު، ވަކީލުގެ ޤައުމުގައި މަތީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތްތޯ ވެސް ބަލައެވެ.
ބަލާނެއޭ. ބާ ކައުންސިލް ގާނުނޭ އުސޫލޭކިޔާއިރު މިތާހުރި ރައީސް ވަޒީރުން ކުރިމަތީ ރައްޔިތުން ކުރިމަތީ ދައްކާވާހަކަ ވަޒީރުން ފަސްއެނބުރިފަ އެފުއްމިފުށައްޖަހާ އެބަ. ތިޔަހެން ބަލާއިން ގާނޫނާ ގަވައިދާ އެއްގޮތަށް ވަރަށްގިނަ ކަންކަން އޮތީ ބޮއްސުންލާފަ
އިންޑިޔާއިން ވަގުތު ގަނެލީތަ
ރާއްޖެއިން ބޭރަށް ލާރިގަނޑެއް ފޮނުވާލަނީ. މިހާރު ވަކީލުކަން ކޮށްގެން ލިބޭ ލާރި އެއީ ރާއްޖެއަށް ލިބޭއެއްޗެއް ދެން ކުޑަ އަގުގައި ވަކީލުކަން ކޮށްދީގެން ބަނގުލަދޭޝް އަދި އިންޑިޔާ މީހުން އައިސް އެމީހުން ކުރާ ވިޔަފާރިއަކަށް ތިކަން ހަދާނެ.
ހަޤީގަތަށް ވާސިލުވަމާ ހިނގާ! ރާއްޖޭގައި އޯޑިޓް ދާއިރާގެ ފަްނީ މީހުން ނުވަތަ މަސައްކަތުގެ އެކްސްޕާރޓުން ޏެތުމުން ތޯންޓަން ޕަންޑިތަރަތުނަމް... ގެ ނަމުގައި ބޭރު މީހުންނަށް ރާއްޖޭގައި މިދާއިރާގައި މަސައްކަތް ކުރުމަށް 1980 ގެ ކުރީކޮޅުގައި ހުޅުވާލެވުނު. ޏަތީޖާ އަކަށް ވީ ދިވެނިންނަށް އެތަނތަނުން ކުނިކަހާ މީހެއްގެ ވަޒީފާގެ އިތުރުން އެއްވެސް ފުރުސަތެއް ނުދިން އެއިގެ ބަދަލުގައި އެދާއިރާއާޢި ދިވެއްސަކަށް ކައިރިވެވުނަ ވެސް ނުދިން. އާޚިރުގައި އެދާއިރާގައި ހަރަކާތްތެރި ވީ ބޭރުގެ ބައެއް މީހުން ހީދީ ދިވެހި ރައްޔިތުކަން. 2018 ނުވަތަ 2019 އާއި ޖެހެންދެން މިދާއިރާގައި ދިވެއްސަކަށް އެެވެސް ފުރުސަތެެއް ލިބިފައެއް ނެތް.
ދެން ހިނގާ ފަތުރުވެރިކަމުގެ ދާއިރާއަށް ވިސްނާކަން. ޟިދާއިރާގައިވެސް ފަްނީ މީހުން ނެތުމުން އެދާއިރާގައިވެސް ބޭރު މީހުންނަށް ފުރުސަތު ދެވިގެ ް ދިޔަ. އެނީހުންގެ ދަށުން ދިވެހިންނަށް ތަޖުރިބާލިބި ދިވެހިން ބިނާކުރުމަށް މިއަދާ ހަމަޔަށް ވެސް ދިވެހިރާޢްޖޭގެ މިސިނާއަތުގެ ތެރޭގައި ދިވެހި މެނޭޖަރުން، އެގްޒެޖަޓިވް ނުވަތަ ޝޫޝެފުން، ފިނޭންސް މެނޭޖަރުން، އެކައުންޓަންޓުން ފަދަ ދާއިރާގައިވެސް އަދިވެސް ދިވެހިންނަ ފުރުސަތު އިންތިހާއަށް ހަނިކޮށް އޮތް ހިނދުގައި މެދުފަންތީގެ ވަޒީފާތަކަށް ވެސް ގިނައިން ފުރުސަތު ލިބެނީ ބޭރު މީހުންނަށް.
މިހާލުގައި ކަންކަން އޮތީ. ޤާނޫނީ ދާއިރާގައި ދިވެހިން ކިޔަވައިގެން ތިބިލެއް މަދެއް ނޫން. ޢެހެން ނަމަވެސް މިފެންނަނީ ދެން އަނެއްކާވެސް ހަމަ ކުރީގަ ހެދި ގޯސް ހަދާ މަންޒަރު.
އާސަންދައިގެ ނަމުގަ ދައުލަތުގެ ޚަޒާނާގެ ބޮޑު ބައެއް ބޭރުގެ ހޮސްޕިޓަލްތަކަށް. އޮޑިޓް އަދި އެކައުންޓިންގް ދާއިރާ މެދުވެރިކޮށް ރާއްޖޭގެ ބޭރުފައިސާގެ ބޮޑު އަދަދެއް ބޭރު ޤައުމުތަކަށް. ލޭބަރުންގެ ނަމުގައި ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ބޭރު ގައުމުތަކަށް. ކާގޯ އާއި ފްރެއިޓް ހެންޑްލިންގް ގެ ނަމުގަ ރާޢްޖޭގެ އާމްދަނީގެ ބޮޑު ބައެއް ބޭރު ޤައުމުތަކަށް. މާލޭގެ ބިންވެރިން މާލޭގެ ބިމުން ޑިވެހިން އަތުން ނަގާ ބޮޑު ކުލި ބޭރުޤޢުމުތަކުގައި އަރާމުގައި އުޅެން އެފައިސާ ބޭރު ޤައުމުތަކަށް.
ދިވެހިރާއްޖޭގެ ވެރިން ބޭރޔޤައުމުތަކަށްޓަކައި ޤުރުބާންވަނީ. މުޅި ޓުވިޓާގައި ރާޢްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބޭރުޤައުމުތަކުގެ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓުފަހަރު ރާއްޖޭގައި ބޭތިއްބުމަށާއި ރާއްޖެގެ އެހެނިހެން ކަންކަން ނުދެވިގެން ވަކާލަތު ކުރަނީ.
އަނެއް ގޮތަށް ބުނާނަމަ ދިވެހިންނަކީ ޢަމިއަލަ ނަފްސަށް ނުވިސްނާ ބެރުމީހުންނަށް ގުލާނުކުރަން، ބޭރު މީހުންނަށް ސަނާކިޔަން، ބޭރުމީހުން މުއްސަންދުކުރަން ތިބި ބައެއްް. ކީއްކުރާނީ ދޯ؟
އެއީވެސް މޯދީޖިއަށް ވެފައިވާ ވޢުދެއް. އިންޑިޔީގެ ވަކީލުން ދެން ގިނަވާނީ މިޔާވެސް
ނޫނެ ގެނޭޭ މިއުޅެނީ މިހާރުވެސް ޖެހިފާ ބަލާވެރި ކަމުން ސަލާމަތް ނުވެވިގެން.
އެއްމެ ރަނގަޅުގޮތަކީ މުސްލިމުންނައްފުރުސަތު ދިނުން ނޫނީ ބޮޑެތި ހަމަނުޖެހުންތައް ހިގާފާނެ މުސްލިމަކާދެކޮއް އެހެންދީން ތަކުގެމީހުންވަކާލާތު ކުރުމީ ބައެއްކަންކަމުގަ ގަބޫލްކުރުން ދަތިކަމަކައް ވެދާނެ ކޮއްމެކަމެއްގަވެސް ތަޖުރިބާބޭނުންވާނެ ރާއްޖޭގަ މިހާރުވެސް އެއްބަޔަކު އަނެއްބަޔަކައް ލާދީނީ އަދި ލާދީނީ ޖަމާއަތް ތައްގޮވަމުން ދާވަގުތެއްގަ ދެފަރާތައްވެސް އެކަމުގެ ވަކާލާތު ކުރުމުގެ ފުރުސަތު އިތުރައްބޮޑުވެދާނެ އަދި އާބާދީއައްވުރެ ޒުވާން ބޭރުގައުމުތަކުގެ މީހުން ރާއްޖޭގަ މިހާރުވެސްގިނަވާނީ ރާއްޖޭގެ ގާނޫން ތަކާހިލާފައް އުޅޭމީހުނާއެކް
މައްސަލައެއް. ދިވެހިން ނަން ފުރުސަތު ގެއްލޭނީ
ބިދޭސީ މަސައްކަތް ތެރިން ރާއްޖޭގައި އުޅެން މި ފަށަނީ އަލަކަށް ނޫން ދިވެހިން ވަރަށް އިހުތިރާމް ކޮށް ވަރަށް ލޯބިވި ކިތަންމެ ބަޔަކު ރާއްޖޭގައި މަސައްކަތްކޮށް މިހާރުވެސް މަސައްކަތް ކުރަމުން އެބަދޭ ޝަކުވާއަކީ ބިދޭސީންގެ އަދަދު އާދަޔާ ޙިލާފައް ގިނަވުމާއި ނުފޫޒުގަދަވުން ، އިންޓަރނެޓް ޑޭޓާ ލިމިޓެޑް އެކަމަކު ބިދޭސީންގެ އަދަދު އަންލިމިޓެޑް މިއީ މައްސަލައަކީ.
ރާއްޖޭގައި ޝަރުޢީ ނިޒާމެއް އޮވޭތަ
ޢަހަރެން ކަންބޮޑުވާކަމަކީ މުސްލިމު ޤައުމެއްގައި ހުވާކުރުމުގައި ގެންގުޅޭ ތަފާތުކަމުން. ޢަހަރެން ކޯޓަކަށް ޙާޟިރުކުރީ ހެކިބަހެއް ދިނުމަށް. ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރުވާފައި ޥުޟޫ ކުރިތޯ ސުވާޅުކުރި. ނެތޭބުނީމާ ޥުޟޫކުރަން ފޮނުވި. މިނިގެން އައިމާ މުޞްހަފުގައި އަތްލަގެންހުރެ ތެދުބަހުން ހާހަކަ ދެއްކުމަށް ﷲ ގަންދީ ހުވާކުރުވި. ޢެކަމަކު ދިވެހިރާއްޖޭގެ ޤާނޫނުގައި އޮންނަ ހުވާ ކުރާ އެއްވެސް ސިޔާސީ މީހަކު މުޞްޙަފުގައި އަތްލާ ހުވާކުރުމަކީ އޮންނަ ކަމެއް ނޫން. ސިޔާސީ ވެރިން ކުރާ މިހުވައަކީ ޞައްޙަ ހުވަޔަކަށް ވާނެތޯވެސް ހިތަށް އަރާ. މިހުވާތައް ކުރަނީވެސް ހަމަ ފަނޑިޔާރުންގެ ކުރިމަތީގައި. މިކަން މިގޮތަށް ކުރަންފެށީ ރައީސް މައުމޫނު. މިއީ މައުމޫނު ކުރެއްވި ރަނގަލު ކަމެކޭނުބުނާނަށް.
އިންޑިއާގެ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބެން ދިވެހި ސަރުކާރުން ހުއްދަ ދީފިނަމަ މި ނުން އެހެން ވެރިކަމެއް އައިސް އެބަޔަކު ރުހޭ ބައެއް އެ ޗައިނާއަށް ވިޔަސް، އެމެރިކާއަށް ވިޔަސް، އަދި ރޫސީންނަށް ވިޔަސް ރާއްޖޭގައި ތިބުމަށް ހުއްދަ ދިނުމަކުން މިހާރު މި ތިބަ މީހުންނަށް ކިޔޭނެ އަދިބުނެވޭ އެއްޗެއްވެސް ނޯންނާނެ.. އޭރުން ދިވެހިންނަކީ ދިވެހިންގެ ބިމުގައި ބަޔަކު ހެދި ގޮތަކަށް ޤަބޫލުވެގެން ތިބެން ޖެހޭ ބަޔަކަށް ވާނެ.. އިތުރު ގޮތެއް ނޯންނާނެ.. ވިސްނާ.. މިފަދަ ކަންކަމަކީ އެކަމެއް ކުރުމުން އަނބުރާ އިއާދާ ނުކުރެވޭ ކަންކަން.. ގާތްރަޙުމަތްތެރި ކަމާއި ތަފާތު ކަންކަން.. އިންޑިއާ އަކި ހެޔޮ އެދޭ އެކުވެރި އެއް ނަމަ މިފަދަ ދަނޑިވަޅެއްގައި ނާޖާއިޒު ފައިދާ ނުނަގާނެ..
މިގައުމައް ބޭނުން ވަނީ ޝިއީއޯއެއް ރައީސް މަގާމު އޮވާލަންވީ
ބޭރުގެ ފަރާތްތަކަށް ފުރުޞަތުދީގެން ނުވާނެ. މިރާއްޖެއަކީ އިސްލާމީ ޝަރީޢަތަށް ބައްޓަންކުރެވެންޖެހޭ ނިޒާމަކަށްވާއިރު އެކަންއެގޮތަށް ކުރުމަށް ފުރުޞަތުދީގެން ނުވާނެ