ގއ.މާމެންދޫގައި މީގެ ދެ ތިން ދުވަސް ކުރިން، އަޅާލާނެ މީހަކު ނެތިގެން، އެ މީހާ އަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ހޯދަން ގއ.މާމެންދޫގެ ކައުންސިލް އިދާރާއިން ކުރި އިއުލާނާ ގުޅިގެން އެތައް ބަޔަކު ތިބީ ހައިރާންވެފައެވެ. ގިނަ ބައެއްގެ ސުވާލަކަށް ވެފައި އޮތީ އަޅާލާނެ ދުރުތާ ތިމާގެ މީހަކުވެސް ނެތީތޯ ކުރި ސުވާލެވެ. އާއިލާގެ މެމްބަރެއްގެ ކުލުނެއް ހަމަ ނުލިބުނީތޯ ސުވާލު އުފެއްދިއެވެ.

މާމެންދު އަށް އުފަން އުމުރުން 80 އަހަރުގެ އަލިފުތު ނަމަކަށް ކިޔާ ފިރިހެން މީހާގެ އުފަން އަމިއްލަ ދަރިއެއް ނެތެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އޭނާގެ އަމިއްލަ ގޯތި މީގެ އަހަރުތަކެއް ކުރިން އޭނާގެ އަނބިމީހާ އަށް ކޯޓު މެދުވެރިކޮށް އޮތީ ހިބަކޮށްދީފައެވެ. އެކަމަކު، އެ ގޯތި އަނބިމީހާ އަށް ހިބަކޮށްދިނީ އުމުރުން ދުވަސްވެ ގައިބާރު ދޫވާ ދުވަހު އޭނާ ބެލުމަށް ޝަރުތު ކުރުމަށް ފަހުގައެވެ.

އެކަމަކު، މީގެ ތިން އަހަރު ކުރިން އޭނާގެ އަނބި މީހާ ވަނީ ނިޔާވެފައެވެ. އެހެންވެ، ގާނޫނީ ގޮތުން ބަލާ އިރު، އެ ޝަރުތު ބާތިލްވީއެވެ. އަލިފުތުގެ އަނބިމީހާ ނިޔާވި އިރު، އޭނާގެ ދެ ކުދިން ތިބިއެވެ. އެއީ އަންހެން މީހަކާއި ފިރިހެން މީހެކެވެ.

މާމެންދޫ އިން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ އަލީފުތުގެ އެއް ފަޅި ވާގި ނެތިފައި ހުރުމުގެ ސަބަބުން އޭނާއަކީ އަބަދު ގޮނޑީގައި އިންނަން ޖެހޭ މީހެއް ކަމަށެވެ. އެހެންވެ އެ މީހާއަށް އުމުރުން ދުވަސްވީ މީހުންނަށް ލިބޭ ފައިސާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ ފައިސާ ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އޭނާ އަށް ދެ އެލަވަންސް އެކީގައި 7،000ރ. ލިބޭނެއެވެ.

މިހާހިސާބަށް އައި އިރު އަލިފުތު އުޅެމުން އައީ އޭނާގެ ދޮންދަރިންނާއި އެކުގައި ކަމަށްވެއެވެ.

ނަމަވެސް މިހާރު އުމުރުން ދުވަސްވުމުގެ ސަބަބުން އެ އަންހެން މީހާއަށް ވެސް އެހެން މީހެއްގެ ބެލެނިވެރިކަމާއި ހަވާލުވެގެން ހުރެވޭ ވަރަށް ގައިގައި ބާރު ނެތް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

" އެ އަންހެން މީހާ އަށް ވެސް 65 ވެދާނެ. އޭނާގެ ފިރިމީހާ މާކުރިން ނިޔާވެއްޖެ. އަންހެން ކުއްޖާ އުޅެނީ މާލޭގައި. ފިރިހެން ކުއްޖާ އުޅެނީ ރަށުގަ. އެކަނިމާއެކަނި ފިރިހެނަކު ބަލަން އޭނާ އަކަށްވެސް މިހާރު ފަސޭހައެއް ނުވާނެ. އަލިފުތަކީ އަމިއްލަ އަށް ހިނގާވެސް އުޅެވޭ މީހެއް ނޫން. އަނގައިންވެސް ބުނަނީ ބައެއް ފަހަރު." އޭނާ ކިޔައި ދިނެވެ.

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ވަރަށް ކުރިން ފެށިގެން އަލިފުތުމެންގެއަކީ ވަޅޯމަސް ހިއްކާ، އެ ވިޔަފާރި ކުރަމުން އައި ގެއެއް ކަމަށެވެ. އަދި އެ ފިރިހެން މީހާގެ ދޮންދަރީގެ ދެ ކުދިންނަށް ވަރަށް ރަނގަޅަށް ކަންތައްކޮށްދީފައި ހުރިތަން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މި މީހާ މި މީހުންނަށް ކުޑައިރުއްސުރެ ވަރަށް ރަނގަޅަށް ކަންތައްކޮށްދީފައި ވަނީ، އަހަރުމެން ހަނދާންވާ އުމުރުން ފެށިގެން ވަރަށް މަސައްކަތް ކުރާ ބައެއް އެއީ އެ މުސްކުޅި ދެމަފިރިން. އަލިފުތުގެ އެއްފައި ވަރަށް ދުޅަވެފައި އިންނާނީ، ނަމަވެސް ވަަރަށް މަސައްކަތް ކުރާނެ، މަސް ހިއްކުމާއި، މަސް ގަނެގެން އައުމާއި، މި ހުރިހާ ކަމެއް ކުރާނެ، މި ކުދިންނަށް ހުރިހާ މަސައްކަތެއް ކުރީވެސް،" އަވަށްޓެރިއަކު ކިޔައި ދިނެވެ.

އަލިފުތުގެ ވާރިސުން ދުނިޔޭގައި އެބަތިބި، ހަވާލު ވާނެ މީހެއް ނެތް!

އަލިފުތު އާއި އެއްބަނޑު އެއްބަފާ މީހުންނާއެކު ތިބެނީ ދެ ފިރިހެނުންނާއި ތިން އަންހެނުންނެވެ.

އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ދެ އަންހެނުން އެކަންޏެވެ. އަލިފުތުގެ ބޭބެ ނިޔާވެފައިވީ ނަމަވެސް އޭނާގެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ޝަރުޢީ ނަޒަރަކުން ބަލާއިރު އޭނާގެ ވާރިސުންނަކީ މިހާރު އެއީއެވެ.

އެހެންކަމަށް ވާއިރު، މީގެ ދުވަސްކޮޅެއް ކުރިން މި އާއިލާގެ ތެރޭގައި މައްސަލައެއް ޖެހުނު ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައި ވެއެވެ. އެއީ ގޯތީގެ މައްސަލައެއްގައި ކަމަށް އޭނާ ބުނެއެވެ. އަލީފުތާ އޭނާއަށް ލިބިފައިވާ ގޯތި އެއްވެސް މީހަކަށް އަދި ދޭން ބޭނުން ނުވެއެވެ.

އެ މީހާ ކިޔާދިން ގޮތުގައި، އެންމެންވެސް އުޅެނީ އަލިފުތުގެ ގޯއްޗަކާއި ހެދިއެވެ. އަދި ބައެއް ވާރިސުން އޭނާ ބަލަން އެއްބަސްވި ނަމަވެސް، އޭނާއަށް ލިބޭ ފައިސާ އެ މީހުންނަށް ލިބޭނެ ގޮތް ހަދާފައި ނުވާތީ އެކަން ނުކުރަނީ ކަމަށް ވެއެވެ.

"އޭނާއަކީ ނުކުޅެދުންތެރިކްން ހުންނަ މީހުންނަށް އެ ލިބޭ 2000ރ. ގެ އިތުރުން، މުސްކުޅި އުމުރުގެ މީހުންނަށް ދޭ 5000ރ. ވެސް ލިބޭ މީހެއް، ކޭޝް ކާޑެެއް ހަދާފައި އޮންނަނީ. އެ މީހުން ބުނަނީ އެމީހުންނަށް އޭނާއާ ހަވާލުވެވޭނީ އެ ކޭޝް ކާޑު ދިނީމައޭ، އެ މީހުން ކޭޝް ކާޑެއް ނުދިން ވާރިސުންނަކަށް ނުދިނީމަ ހަވާލެއް ނުވެވޭނެ އެއްނު". މީގެ ދުވަސްކޮޅެއް ކުރިން އެ މީހާ މާލެ ގެނައުމުންވެސް، ވާރިސުންގެ ބަޔަކު އެ މީހާ ބަލަން ހަވާލުވާން އުޅުނު ވާހަކަ ކިޔާދެމުން އޭނާ ބުންޏެވެ.

ކައުންސިލުން އަލިފުތާ ހަވާލުވީ މަގުމަތިކޮށްލުމުން!

އަލިފުތުގެ ހާލަތު ކައުންސިލްގެ ސަމާލު ކަމަށް އައި ގޮތާ މެދު ނަން ހާމަކުރަން ބޭނުން ނުވާ މީހަކު "ވަގުތަށް" ބުނީ މީގެ 3-4 ދުވަސް ކުރިން އޭނަ ބައިންދާފަ ހުރި ގެއިން ނެރެގެން ގޮސް، ވާރުތަވެރިޔާ ދިރިއުޅޭ ގެއާއި ޖެހިގެން އިން ގޭގެ މަގުމަތީގަ އޭނާ ބަހައްޓާފައިވާ ކަމަށެވެ.

އަދި އަލިފުތުއާ ހަވާލުވަން އޭނާގެ ވާރުތަވެރިޔާއަށް އެމީހުން އެންގި ކަމަށް ވެސް އެމީހާ ބުންޏެވެ.

" ދެން އޭނާ ބުނި މަގުމަތިން ހަވާލުވާކަށް ނުޖެހޭނެއޭ. ކޯޓުމެދުވެރިކޮށް ތިކަން ކުރާށޭ. އެކަމަކު އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި ބެހެއްޓޭނެ ގޮތެއް ނެތް. އިތުރަށް ބަލިވާނީތާ. ދެން ޕޮލިހުން އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފަ، އޭނާ އާއި މެދު ގޮތެއް ނިމެންދެން ކައުންސިލުން ބަލަހައްޓަން ޖެންޑާއިން ވެސް ލަފާ ދިނީ." އޭނާ ކިޔައިދިނެވެ.

މިހާރު އަލިފުތު ބަހައްޓާފައި ހުރީ ކޮވިޑް-19 އާއި ގުޅިގެން މީހުން ބެހެއްޓުމަށް މާމެންދޫގައި ޚާއްސަކުރި ތަނެއްގައެވެ. އެ ރަށު ބޯޅަ ދަނޑުގައި ހުރި އެ ތަނުގައި އޭނާ ބެހެއްޓުމުގެ އިތުރުން، އޭނާ އަށް ކާންބޯން ދިނުމުގެ ހުރިހާ ކަމެއް ކުރަނީ ދައުލަތުންނެވެ. އަދި އޭނާ ބެލުމުގެ މަސައްކަތް ކުރަނީ ބިދޭސީއެކެވެ.

އަލިފުތަކީ އަމިއްލަ އަށް ހިނގާބިނގާވެ އުޅެވޭ މީހަކަށް ނުވުމުން އޭނާއަށް ފާހަނައަށް ދާން ވެސް އެކަކު ނޫނީ ދެ މީހުންގެ އެހީތެރިކަން ބޭނުނެވެއެވެ. އަދި ކާއެއްޗެހި މޮޑެފައި ދިނުމުން އަމިއްލަ އަށް ކައި ހެދުނު ނަމަވެސް، އަލިފުތު އަށް މީހެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ.

އަލީފުތާ އާއި ގުޅޭގޮތުން ރަށު ތެރޭގައި ތަފާތު ވާހަކަތައް ދެކެވެމުންދާ ކަމަށް އެރަށު އެހެން މީހަކު ބުނެފައި ވެއެވެ. އެގޭތެރޭގައި ދިމާވެގެން އުޅެނީ ޖިންސީ މައްސަލައެއް ކަމަށް އެ މީހާ ބުންޏެވެ. އަދި އޭނާ ގެއިން ބޭރުކޮށްލީ އެ މައްސަލައާ ގުޅިގެން ކަމަށްވެސް އެރަށު ވާހަކަދެއްކި އެހެން މީހަކު ބުންޏެވެ. ނަމަވެސް އޭނާ އާއި ދެކޮޅަށް އެފަދަ އެއްވެސް މައްސަލައެއް ބަލަމުންދާކަން އެނގޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ނުސީދާ

    ދެރަކަމެއް! މުސްކުޅިންބަލާ ވަކިރަށެއްހަދާ އެރަށުގައި ޙިދުމަތް ލިބޭނެގޮތްހަދަމާ! 5000 ރުފިޔާއިން އެއްވާ ފައިސާގެ ދަހިވެތިކަމުގައި މުސްކުޅިން ނުސީދާކޮށް މެރުން ހުއްޓުވާ!

    181
    6
  2. ައަހުމަދު

    ކީއްކުރާނީ ތިހުރިހާއެންމެންވެސް އެތިބީ މުދަލަށް ދަހިވެތިވެފައި އިންސާނިއްޔަތުކަމެއްނެތް ވަރަށްދެރަ ، އަލިފުތަށް އަޅާލާނެ ރަނަގަޅު މީހަކުއަވަހަށް ލިބުމަށް އެދި ﷲހަޟުރަދުގައި ދުއާދަންނަވަން. އާމީން.

    200
    • ޕަރީ

      އެމީހާ ނިޔާވިމަ ވާރިސުން ދުވެނަގާނެ ގޯތިހޯދަން. މުދާ ހޯދަން.. ހެޔޮނުވާނެ އެހެންހަދަން. ހިތެއްވެސްނެތީތަ އަޅެ؟ އަމިއްލަ ބޮޑުބޭބޭ.އަމިއްލަ ލޭ. މުދަލަށްހުރި ލޯބި އެމަސްގަނޑަށްވެސްދީ. މަރުވީމަ އެކަކަށްވެސް މުދަލާއި ގޯއްޗެއް ނުގެންދެވޭނެ. ވިސްނާލަބަލަ.ހެޔޮނުވާނެ.

      163
      1
  3. ކުލްސުމް

    އިސްލާމްދީނުގައި އެންމެ ތަފްސީލްކޮށް ކަންތައްތައް ކުރާނެ ގޮތް ކަނޑައާފައިވަނީ ވާރުތަ މުދާ ބެހުމާއި ގުޅޭގޮތުން. އެއީވަރަށް މާތް މަގުސަދެއްގަ.އެފަދަ ކަންތައްތައް އަހަރެމެން ބޭނުން ގޮތަކަށް ބަދަލު ކުރުމަކީ މިފަދަ ހިތާމަ ވެރި ނަތީޖާ ލިބިގެންދާނެކަމެއް. ބަލާނެ އެހީތެރިއެއް ނެތް ހާލަތުގައި އޭނާގެ މުދާ ހިބައިން ދިނުމަށްފަހު އެމީހެއް ބަލަމުން ގެންދެވޭނެ ކަމަށް އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވޭ. މީ މީގެ 100އަހަރު ކުރިންވެސް މިގައުމުގައި ވެސް އަމަލު ކުރަމުން ގެންދިޔަ ގޮތް. ނަމަވެސް މިހާރު އެކަން އެވަނީވެސް ގާނޫނީ ގޮތުން މަނާ ކޮށްފަ.އޭގެ ނަތީޖާ އަކީ މިއަދު މި ފެންނަނީ. އިންސާނުންނަކީ އަމިއްލަ އެދުން ބޮޑު ބައެއްކަން އެންމެ މޮޅަށް އެނގޭ ފަރާތަކީ މާތްﷲ. އެކަލާނގެ ހުރިހާ ކަމެއްވެސް ވަކި ގޮތެއްގެ މަތީން ރާވާފަވަނީ ވެސް މިފަދަ މަގުސަދަށްޓަކައި.

    63
    5
  4. ފިލާވަޅު

    މުޖްތަމައެއް އަޅުވެތިކޮށްފި ، އިންސާނިއްޔަތުކަންގެއްލިފަ އޮތްމުޖްތަމައަކައް ވަނީ މާލީހާލަތުދައްވެ އެކަކު އަނެކު ފު ރާނަޔައް އިހުތި ރާމްކު ރުން ހުއްޓޭހިސާބުން. ޢޯގާތެ ރިކަންގެއްލުން. ޢާއިލީ ގުޅުންކެންޑުން ، އަވައްޓެ ރި ގުޅުންކެނޑުން، ރައްމަތްތެ ރިކަން ފައިސާގެ ގުޅުމަކައްވުން.. ދައުކަލް ހިންގާމީހުން އަމިއްލަމަންފާއަށް މަސައްކަތކު ރުމުގެ ނަތީޖާ.

    30
    1
  5. ތުނިޔަ

    ތިހާލުގަ އިންމީހަކު ޖިންސީގޯނާ ކޮށްފާނެބާ؟ ޥަﷲއައުލަމް.

    108
    5
  6. ގއ.މާމެންދޫ

    ދުނިޔޭގެ ދަހިވެތި ކަމަށްވުރެން ވަކި ނުބައި ކަމެއް އޮންނާނެ ތޯއެވެ. މައިން ބަފައިންނަށް ހެޔޮކޮށް ހިތާށެވެ. އޭރުން ތިމާގެ ދަރިންވެސް ތިމާއަށް ހެޔޮވާނެއެވެ. އަލިބޭގެ ދަރިއެއް ނެތްތާގައި މުޅި ޙަޔާތް އެބަޔަކަށްޓަކައި ޤުރުބާން ކުރި މީހުން މިއަދު އަލިބެ ނަގާ މަގުމަތި ކޮށްލީމާ ވަރަށްވެސް ދެރައެވެ. އަލިބެ އަކީ އިސްލާޙަށް މަސައްކަތް ކުރި މީހަކަށް ނުވިޔަސް ދިރިހުރި ފުރާނައެކެވެ. ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅެއް އަޅުވައްދެއްވުން ރަނގަޅެވެ. އަލިބެ މަރުވުމުން ތަޢުޒިޔާ ކިޔާލުމަކުން ޒިންމާ އަދާކުރެވުނީ އެއް ނޫނެވެ. އަލިބެއަށް ހެޔޮ ސިއްޙަތެއް ދެއްވާށިއެވެ.

    61
  7. ހުސޭނުބޭ

    އޭނާއަށް އަޅާނުލާ ތިއްބާ އަލިފުތާއާއަށް ޖެހިފައިވާ ހާލަށްވުރެ ދަތިހާލު ޖެހިދާނެ! އަޅެ ދެން ކިހިނެއް ހަދާނީ!

    72
  8. Anonymous

    ހެޔޮކަމަކަށްވާނީވެސް ބަދަލަކަށް ނޭދެންޏާ.
    ކީއްތޯ ވަނީ ވާރުތަވެރިން އެހީ ތެރިވިއްޔާ. ﷲ ދެއްވާ ނިޢްމަތެއް މުދަލަކީ ވެސް. މިއީ އިމްތިޙާނުގެ ގޯތި. މާދަމާ ވެސް މަރުވެދާނެ.. ﷲއަށް ބިރުވެތިވެ އެހީތެރިވެދެއްވާ. ދުނިޔޭގެ މުދަލަށްވުރެ އާޚިރަތުގެ ސަވާބު ހޯދުން ބުއްދި ވެރި.

    73
    2
  9. Anonymous

    މޮޔަނާސިރާ އަކީވެސް ގެދޮރުހުރި މާލޭގެ އެންމެންދަންނަ އާއިލާއަކަށް ނިސްބަތްވާ މީހެއް އެކަމަކު އޭނަގެ އާއިލާ އޭނަޔަަށްޣައްދާރުވެ އާއިލާއިން ބޭޭރުކޮށް މަގުމަށްޗަށް ގިނަކޮށްލީ އޭނަގެ ގެދޮރާއި ހުރިހާ ހައްގެއް ފޭރިގަތީ އެއީ މަދާޓެރީސާ ފަދަ ގަޓް ހިތްވަރު ގަދަ އަންހެނެއް އަމިއްލަ މަސައްކަތުން ދިރިއުޅެ އިންސާނިއްޔަތައް ނަމޫނާއެއް ދައްކަދިން

    79
  10. ޚާޏޫ

    ޖީންސީ ގޯނާއޭ ބުނީމަ ނިމުނީތާ އެޖެހުނީ ބޮޑުތާ

    54
    3
  11. ތަމެންދޯ

    ދަ ރާއްޖެތެރެ އެއް ނޫންތޭ ހަމަ ގޯއްޗާއި މުދަލުގައި ބަގުޑި ބައްދާނީދޯ...

    9
    25
    • ހަސީނާ

      ބަލަ ގޯއްޗާ އެހާ ހިފަންޖެހެނީ އަދުގެ 3 4 ޖެނެރޭޝަން އެބައޮތް ގޯތިނުދީ މަގުމަތިކޮށްފަ. މާލެ ތޮއްޖއްސަން އެންމެން މާލެ ގެންނަންް ރަށް ރަށުން ގޯތިދިނުން ހުއްޓާލިތާ ކޮން ދުވަހެއް.؟ މައިންބަފައިންގެ ގޯތިން ލިބޭނެކަމަށްބަލާ ދަރިންނަށް މާމމަކާފަ ކިޔާ ކުދިންލިބޜ އިރުވެސް އެމީހާގެ މުސްކުޅި މައިންބަފައިން ދުނިޔޭގަ ތިބިއްޔާ ގޯތި ނުލިބޭ ވަންނާނެ ބޯހިޔާވަހިކަމެއް ނުހުރޭ. ޢެބޭބެޔަށް ދިމާވެފައި އެވަނީ ހިތްދަތިގޮތެއް. މީ އެންމެ ގުޅޭ ހާލަތެއް ނޫން ތިހެންބުނާކަށް.

      23
      4
  12. ބިއްލާ

    ދެން އެންމެ ރަގަޅުވާނީ އަލިފުތާ ބޮލުގަ ޖިންސީ ބަދުނާމު އުވާފަ އެފަކީރު އިތުރަށް ނިކަމެތި ކޮށްލުން...އޭރުންތާ ތި ކަންޖޫސީ ވާރިސުން ބޮލުން އެފަކީރު ނެއްޓޭނީ...ނުބައި ބައެއް...ކީއްކުރަން ކަލޭމެން އޮނުއޮރިޔާން ނިވާކޮށްގެން ތިތިބީ...ލދެއް ނުގަނޭތަ...ވާރިސުންނޯ...ގޯއްޗާ ހެދީ ތީ ތަންފުކެއް ބޮޑުވަރު.

    53
    3
  13. ވަކީލު

    އެ ބޭބެ ނިޔާވީމަ އެބޭގެ ގޯތި ނަގަނަވީ ދައުލަތައް...މިގޮތަށް ކަންތައް ކުރާ ވާރިސުންނަށް މުދުން، އަދި ގޯތިންވެސް ނުލިބޭގޮތަށް ގާނޫނު ހަދަންވީ.

    94
    2
  14. އަޑުއެހިމީހާ

    ކުރިއްސުރެ އަލީފުތާބެ ދަންނަ މީހަކު ބުނީ އޭނާގެ ޒުވާންއިރާއި މެދުއުމުރުގައި ވެސް އޭނާއަކީ މަޑުމައިތިރިކޮށް އުޅުނު ރަނގަޅު މީހެއް ކަމަށެވެ. ދުވަހަކުވެސް މީހަކަށް އެއްވެސް ކަހަލަ ގޯނާއެއް ކުރި މީހެއް ކަމަށް އެނގިފައިނުވާ ކަމަށެވެ. ވީމާ އޭނާ މީހަކަށް ޖިންސީގޯނާ ކުރަންވީ ގައިގެ އެއްފަޅިން ވާގި ނެތިފައި ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ދުވަހުގައި ހެއްޔެވެ؟ މުސްކުޅިއަކު މަގުމަތިކޮށްލަންވީމާ ޖިންސީގޯނާ ކުރާ މީހެއް ކަމަށް ބުނުމަކީ މިރާއްޖޭގައި އާންމު ކަމަކަށް ވަނީ ހެއްޔެވެ؟

    75
    2
  15. މަލިކުރުވާ

    މިފަދަ މީހުންނަށް ސަ ރުކާ ރުގެ ފަ ރާތުން ވަގުތީ ހައްލެއް ލިބޭނަމަ...

    17
  16. ކާފަ

    ދޮންބައްޕައަކަށް ވިއަސް ތިމާގެ ދަރިންނަށް ވިސްނަދޭންޖެހޭ އެމީހާއަށް އިހްތިރާމް ކުރަން. ތިމަންނަ ދުނިޔޭގަ ނެތް ދުވަހެއްގަވެސް ދޮންކާފައަށް އެހީތެރިވާން. އެއީ އުމުރުގެ އެއްބައި ހޭދަ ކޮށްލަނީ ހަމަ ދޮންދަރީންނާ ކާފަދަރިންނަށް ކަންތައްތައް ކުރުމުގަ.

    36
  17. ޖީހާންނ

    ދެން އޭނާ ބުނި މަގުމަތިން ހަވާލުވާކަށް ނުޖެހޭނެއޭ. ކޯޓުމެދުވެރިކޮށް ތިކަން ކުރާށޭ.

    10
    1
  18. ކިނބޫ

    މީގެކުރިން ތިފަދަ ނިކަމެތިންގެ މައްޗަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ މެޑަމް ކުރައްވަމުން ގެންދެވި ކަމެއް. މިހާރު ކިހިނެއް؟ ކާކު؟ ކޮންތާކު؟
    އަޅާލާ އެއްވެސް ބަޔަކު ނެތް. ވައްކަން ކުރުމުގަ އަވަދިނެތި ބިޒީ ވެފަ އެންމެން.

    10
    4
  19. ދެރަ

    މުސްކުޅި ވުމުގެ ކުރީން ޒުވާން ކަމުގެ ފައިދާ ހެޔޮ ގޮތުގާ ލިބިގަންނާށެވެ

  20. އަލިބެއްޔާ

    ގއ.މާމެންދޫ ރައްޔިތުންނަށް ލިބެމުން މިދާ ހުތުރުގެ ޒިންމާ ނަގަން ޖެހޭނީ މާމެންދޫގައި މިހާރު އޮތް ނާގާބިލް ކައުންސިލަރުންނެވެ. ފުރަތަމަ ކަމަކަށް ތިވަރުގެ ކަމެއްގައި އަލިބޭގެ ވާރިސުންނާއި ވާހަކަ ދައްކައި ޙައްލު ހޯދަން މަސައްކަތް ކުރަން ވާނެއެވެ. ދެން އެވަރުން ނުވެއްޖެ ނަމަ ޖެންޑާ އޭ ކިޔާ ބީ ތާވެފައި އޮތް ތަނެއްވެސް އެބަ އޮތްކަން ކައުންސިލަރުންނަށް އެނގެންވާނެއެވެ. ދިމާވާ ކޮންމެ ކަމެއްގައި ތިހެން ރަށް ބަދުނާމުވާ ގޮތަށް ކަންތައް ނުކުރާށެވެ. ކައުންސިލަރުންގެ އެއް މެންބަރަކީ އަލިބެގެ ދޮން ދަރިއެއްގެ ދަރިއެކެވެ. އަލިބެ މުޅި އުމުރު ގުލާން ކުރީ މިބުނި ދޮންދަރިންނައްޓަކެވެ. ހަރާން ކޯރުވިޔަސް ބޮޑުވަރެވެ.

    17
    2
  21. ށިން

    ބޮލުން ކަޓުވާލަން އުޅެންޏާ ކޮންނެވެސް އެއްޗެއް ކިޔާނެ. މިހާރު އެންމެ ހިޓް ވާނީ ޖިންސީ ގޯނާ އޭ ބުނީމަ ތާ

    12
  22. ޑަރޭ

    ކޮބާތަ ސިދާތާ؟ އޭނަގެ މައްސަލަައަކަށް ވާނީ...

    7
    3
  23. ނަސޭހަތް

    މުސްކުޅިން ބަލާކަށް ވަކިރަށެއް ހަދާކަށް ނުޖެހޭނެ. އެމީހުންގެ ހައްގު އެމީހުންށް ލިބެން ޖެހޭނެ. ވީމާ ތިމާވެސް މުސްކުޅިވީމާ އުފައްރަށާއިި ގޯތިގެދޮރު އެއްފަރާތްކޮށް މުސްކުޅިންގެ ރަށްަށް ލާނިދޯ. އެދުވަސް އައުމުގެ ކުރިން ވަރަށް ރަގަޅަށް ވިސްނާލާ.

    11
  24. ނައު

    ސިދާތާ......

  25. ްސްކްއީޒް

    ކުރީ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީ އިން މިކަމާ ޒިމްމާ ވާން ޖެހޭނެ.

  26. ޕަލްސް

    ޤަބޫލު ކުރިޔަސް ނުކުރިޔަސް މިހާރު ދެމުންދާ ފައިސާ އިން އެމީހުންނަށް މާބޮޑު ރާޙަތެއް ނުކުރެއެވެ. އަދި ރަނގަޅަކަށް ނުވެސް ބެލެހެއްޓެއެވެ. ބައެއް ދުވަސްވީ މީހުން އެފައިސާ އެއްކޮށް ލައްކައިން ގުނަނީއެވެ. ބައެއް މީހުން އެމީހުންގެ ދަރިންނަށް ޚަރަދު ކުރަނީއެވެ. އެމީހުންގެ އަމިއްލަ ނަފުސަށް އެއިން ރަނގަޅު އަސަރެއް ކުރާތީއެއް ނުފެނެއެވެ. ކޮންމެއަކަސް، ޢުމުރުން ދުވަސްވެފައިވާ ޙާލުގައި ޖެހިފައިވާ މީހުން ބެލުމަށް ރިސޯރޓެއް ގޮތަށް ރަށެއް ތައްޔާރު ކުރުން ރަނގަޅެވެ. އެތަނުގައި ހިތްފަސޭހަ މާޙައުލެއް ޤާއިމު ކުރާނީ އެވެ. ޞިއްޙީ ފަރުވާވެސް ޞިއްޙީ މަރުކަޒެއްގެ ފެންވަރުގައި ހުންނަންވާނެއެވެ. ކެއުން ރަނގަޅު ފެންވަރުގައި ހުންނަން ވާނެއެވެ. ކުޅިވަރު ކުޅުމާއި ބައްދަލުވެ އުޅެވޭފަދަ މިޒަމާނުގެ ފެންވަރުގެ ތަންތަން ހަދަންވާނެއެވެ. ދުވަސްވީ މީހުންނަށް ދެމުންދާ ޕެންޝަން އެމީހުންގެ އަތަށް ދިނުމުގެ ބަދަލުގައި އެފައިސާ އާއި އިތުރަށްވެސް ސަރުކާރުން އެމީހުންގެ ދުޅަހެޔޮ ކަމަށް ޚަރަދު ކުރާނީއެވެ. ޢާއިލީ މީހުންނާއި ރައްޓެހިންނަށް އެރަށަށް ގޮސްއައިސް އުޅުމަށް ފެރީގެ ޚިދުމަތްވެސް ބާއްވަން ޖެހޭނެއެވެ. އަދި މި ރަށަކީ ޕިކްނިކް ދެވޭފަދަ ރަށަކަށްވާން ވާނެއެވެ. މިއިކީ ސަރުކާރަށް ނުކުރެވޭ ވަރުގެ ކަމެއް ކަމުގައި ނުދެކެމެވެ. މި ގޮތަށް ހެދުމުން އެއިން މީހެއްގެ ބޮލަށް ހަމަ -/5000 ރުފިޔާ ޚަރަދުވާނެތޯއެވެ. އެމީހުން ހަމަ ހިތްދަތި ކަމުގައި ބަލާނެ ބަޔަކުވެސް ނެތް ޙާލުގައި، ބަޔަކު ބަލާނެކަމަށް ދޫކޮށްލަން ޖެހޭތޯއެވެ.