ޖިންސީ އަނިޔާތަކުގެ ސަބަބުން ނިޔާވި ޒިޔާދާ ނައީމަށް ގަދަކަމުން ޖިންސީ ގުޅުން ހިންގުން ނަވަތަ ރޭޕް ކުރުމާއި ސިއްހީ ހާލަތަށް ބެލުމެއް ނެތި ފިރިމީހާ އިބްރާހިމް ޝާހްގެ ފަރާތުން ލިބުނު އަނިޔާތަކުން މަރާ ހަމައަށް އައިއިރު ވެސް އޭނާގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތެއް ނުވިއެވެ.

އެކަމަކު ހައި ކޯޓުގެ މަރުހަލާގައި "ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ" ސާާބިތުވާ ކަމަށް ކަނޑައަޅައި ޝާހްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. މިއީ އަނބިމީހާ ރޭޕް ކުރި ކަމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ޝަރުއީ މަރުހަލާގައި ސާބިތު ކުރި ފުރަތަމަ ފަހަރެވެ. އަދި އެއީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެވެ. މި ހުކުމްގެ ކާމިޔާބީ މުޅި ދައުލަތުން ފާހަގަކުރެއެވެ.

ހައި ކޯޓުގެ އެ ތާރީހީ ހުކުމްގެ ތަފުސީލުތައް އެ ކޯޓުގެެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު "ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށް" ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބެލެވޭ ގޮތް ބޮޑަށް ތަފްސީލް ކޮށްދެވިފައިވެއެވެ.

"ރޭޕް" އާންމު މާނަ ތަފާތަސް މިއީ "ރޭޕް" ގެ ކުށެއް!

ޖިންސީ ކުށުގެ ގާނޫނުގައި "ފިރިމީހާ އަނބިމީހާ ރޭޕް ކުރުން" ވަކި ކުށެއްގެ ގޮތުގައި ބާބެއް ކަނޑައެޅިފައި އޮތަސް މިއީ ކުރިން ވެސް އެކި ފަހަރު މަތިން ގާނޫނީ ބޭފުޅުންނާއި ޝަރުއީ މާހިރުންގެ މެދުގައި ބަހުސް ކުރެވިފައި އޮންނަ މަރުހަލާއެކެވެ.

ހައި ކޯޓުގެ ތާރީހީ ހުކުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ސަމީރުގެ ގާނޫނީ އަދި ޝަރުއީ ރައުޔު ހިމަނާާފައިވެއެވެ. މި މަައްސަލާގައި ފަނޑިޔާާރު ސަމީރު ފާހަގަކުރައްވާ ރައުޔައަށް ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝާހިދު ވެސް ތާއީދު ކުރައްވައެވެ.

ފަނޑިޔާރު އަލީ ސަމީރުގެ އެ ރައުޔުގައި އެ ކަން ކުށަކަށް ވަނީ ކިހިނެއް އަދި ކޮން ގޮތަކަށް ކަން އިސްލާމީ ޝަރީއަތުގެ ނައްސުތަކާއި ހަވާލާދީ ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ.

އެ ރައުޔުގައިވާ ގޮތުން، އާންމު މާނައިގައި "ރޭޕް" ކުރުމުގެ ލަފްޒު ބޭނުން ކުރަނީ ދެ މަފިރިން ކަމުގައިނުވާ ދެ މީހުންގެ މެދުގައި، އެއިން އެކަކުގެ ޖިންސީ ގުނަވަނެއް އަނެކަކުގެ ޖިންސީ ގުނަވަނަކަށް ނޫނީ އެހެން ގުނަވަނަކަށް އެ މީހެއްގެ ރުހުމަކާ ނުލައި އެނެކަކު ޖިންސީ އެދުން ފުއްދުމެވެ.

އެހެންވިޔަސް އާންމު ލަފުޒުގެ ގޮތުގައި މާނަ ކުރެވޭ ހަމައިން ބެލުމަށް ވުރެ އަދި ކުށަށް ކިޔާ ނަމާއި އެ ނަމުގެ މާާނައަށް ވުރެ ޝަރުއީ ހަމަތަކުގައި ބަލަން ޖެހޭނީ ކުށުގެ ބާވަތަށް ކަމަށް އެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ. މި ގޮތުން އަނބިމީހާއަށް ވެސް އެ އަނިޔާ ދެވިގެން ނުވާނެ ރައުޔުގައިވެއެވެ.

"މި ތަނުގައި ބަލަންވީ ކުށުގެ ނަމަކަށް ނޫނެވެ. ކުރެވޭ އަމަލަށެވެ. ގަދަކަމުން އެއްވެސް މީހަކާ މެދު ޖިމާއުވުން އެއީ އެ ކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާއެކެވެ. އެއީ ތިމާގެ އަނބިމީހާާ ކަމުގައިވީ ނަމަވެސްވެއެވެ." އަލީ ސަމީރުގެ ރައުޔުގައިވެއެވެ.

ޖިމާއުވާން އިންކާރު ކުރުމުގެ ހައްގު ލިބިގެންވޭ!

ހައި ކޯޓުގެ ހުކުމުގައިވާ ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައިވާ ގޮތުން ދެމަފިރިންގެ ގޮތުގައި ތިބޭއިރު ޖިންސީ ގުޅުން ހިންގުމަކީ ދެ ފަރާތަށް ވެސް ލިބިގެންވާ ހައްގެކެވެ. ބައެއް ހަލާތަތްތަކުގައި ދެމަފިރިން ކުރެ ކޮންމެ ފަރާތަކަށް ވެސް އިންކާރު ކުރުމުގެ ފުރުސަތާއި އެ ހައްގު ބޭނުން ކުރެވިދާނެ ހާލަތްތައް އެބަ ހުރި ކަމަށް ބަޔާން ކޮށްފައިވެއެވެ.

"ހާއްސަ ހާލަތްތަކެއް ދިމާވުމުން ފިރިމީހާ އެ ކަމަށް އެދުނަސް އަނބިމީހާއަށް އިންކާރު ކުރެވިދާނެ ކަން ޝަރުއީ ދަލީލުތަކުންނާއި އިލްމުވެރިންގެ ރައުޔުތަކަށް ބެލުމުން އެނގެއެވެ. މިފަދަ ހާލަތެއް އޮއްވައި އިންކާރު ނުކުރުމަކީ ފަހަރުގައި އަނބިމީހާ ފާާފަވެރިވެދާނެ ކަމެއް ކަމުގައި އިލްމުވެރިން ފާހަގަކުރެއެވެ.

އިލްމުވެރިންގެ ރައުޔުތަކާއި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ފާހަގަވާ ޝަރުއީ ދަލީލުތައް ހިމެނޭ އެ ހުކުމުގައި ފާހަގަކުރާ ހާލަތްތަކުގެ ތެރޭގައި ހައިޟުގެ ދުވަސްވަރާއި، އަނބިމީހާ މާބަނޑުވެފައިވާ ދުވަސްވަރާއި، ޖިންސީ ގުޅުން ހިންގުމުން ޖެހިދާާނެ ބައްޔެއްގެ ބިރު އޮތުން ފަދަ ހާލަތްތަކާއި، އަނބިމީހާއާއި މަންމައާއި އެއްފަދަ ކުރުމުން ކައްފާރާ އަދާނުކޮށް ހުންނަ މުއްދަތު ހިމެނެއެވެ.

ޒިޔާދާ ނައީމްގެ ރުހުމެއް ނެތް، ސިއްހީ ހާލަތު ދެރަވި!

ޒިޔާދާ ނައީމްގެ ފިރިމީހާ އިބްރާހިމް ޝާހް ޖިންސީ ގުޅުން ހިންގަމުން ދިޔައީ ޒިޔާދާގެ ރުހުމެއް ނެތި އަނިޔާވެރި ގޮތަކަށް ކަމަށާއި، ޒިޔާދާގެ ސިއްހީ ހާލަތު އޭގެ ސަބަބުން ދަށްވަމުން ދިޔަ ކަމަށް ލިބުނު ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ހައި ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެއެވެ.

މި ގޮތުން އިބްރާހިމް ޝާހް ދިރިއުޅެމުންދާ ގެއިން ނުކުމެ އަމިއްލައަށް ދިރިއުޅެން ފެށި ފަހުން ޝާހްގެ ކިބައިން ވަރިވުމަށް ޒިޔާދާ އެދެމުން ދިޔަ ކަން ހެކިތަކުން އެނގެން އޮތް ކަން ހުކުމުގައި ފާޙަގަކޮށްފައިވެއެވެ.

ޒިޔާދާ ވަރި ކުރާނީ "އެހެން މީހަކަށް ބޭނުން ނުކުރެވޭ ވަރު ކޮށްފައި" ކަމަށް ޝާހް ބުނި ކަމާއި ނުރުހުމުގައި ޖިންސީ ގުޅުން ހިންގިކަން ހެކިންގެ ހެކި ބަހުން އެނގިފައިވެއެވެ.

ނުރުހުމުގައި އަނިޔާވެރިކޮށް ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޑިސެމްބަރު 2015 ގައި، ޒިޔާދާ ހޭނެތިފައިވާކަން ޑޮކްޓަރުންގެ ލިޔެކިޔުންތަކުން އެނގެން އެބަ އޮތް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އަހަރެން

    ފިރިމީހާއަށް އަނބިމީހާ ކިޔަމަންވުމަށް ޢަމުރުކުރުމުން އެކަމަށް އެކަނބަލުން ކިޔަމަން ނުވެއްޖެނަމަ އެކަނބަލުންނަށް ނުހަނުބޮޑު ޢަޛާބާއި ދެރަކަން ހުރިކަން ރަސޫލާގެ އަންނަނިވި ޙަދީޘްފުޅުން އެނގެއެވެ. "ފިރިމީހާގެ ގާތަށް ނިދަން އައުމަށް އަނބިމީހާގެ ކިބައިން ފިރިމީހާ އެދުމަށްފަހު އަނބިމީހާ ނައިސް އޮވެއްޖެނަމަ، އަދި އެކަމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން އޮވެ ނިދައިފިނަމަ، ފަތިސްވަންދެން މަލާއިކަތްބޭކަލުން އެއަންހެނަކަށް ލަޢްނަތް ލެއްވުންއެދި ދުޢާކުރާނެއެވެ." މިގޮތުން އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުން އެއީ، އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ

    100
    54
    • ހޫ

      ހަބަރު ކިޔާފަތަ ކޮމެންޓު ތިކުރީ.

      88
      19
    • ހަމްދޫން

      އަނބިމީހާއަށް އަނިޔާވާކަމެއްގައި އަނބިމީހާއަށް ފިރިމީހާއާއި އެކު ރޭކުރަން މަނާ ވަގަތުމުގެ ހައްގު އޮންނާނެ. އެހެނީ އަނިޔާ ކުރުމުންނާއި އަނިޔާ ލިބިގަތުމުން ދުރުވުމައް ދީން ބާރުއަޅާތީއެވެ. ފިރިމީހާއަށް ތިޔަ ބުނާ ހައްގު ލިބިގެންވަނީ އަނބިމީހާއަށް އެކަމުގައި އަނިޔާ އެކުނުލެވޭނަމައެވެ. ވީމާ އޮޅުން ބޮޅުން ވެނުލައްވާ.. ސިކުނޑީގެ ފުންހިސާބުން ވިސްނަވާ..

      111
      15
    • ހޭ

      ދެން އަނބިމީހާއަށް އިންކާރުކޮށްފިއްޔާ އޯ ފިރިން ފާފަވެރި ނުވޭތަ؟ އޯކޭ ވަﷲ އަޢުލަމް. އެކަމު ދެމަފިރިންނަށް ވަނީ ހަމަހަމަ ހައްގުތަކެއް. ގަސްތުގާ ހައްގުތަށް އަދާނުކުރާ މީހަކު ފާފަވެރި ވާނެ.
      ފިރިންގެ ތެރެއިން އެންމެ ރަނގަޅު މީހާއަކީ އަނބިމީހާއަށް އެންމެ ހެޔޮ މީހާ. ބައެއް ފިރިން އަނބިމީހާއަށް ނުބައިކޮށް ހިތާފަ އަދި އަނބިމީހާ ހެޔޮވާނެކަމަށް ހީކުރޭނު އެބަ. އަނބިމީހާ ހިތްދަތިވެ ދަރީންނަށް އަޅައިނުލެވިދާތަން ފެންނަނީ. އަންހެނުންނަށް ބުނެލަން ބޭނުން ފިރިމީހާ އިސްލާހު ނުވެއްޖެނަމަ ހާލުގަ ހިތާމަ ކުރަން ނުހުރެ ސަލާމަތް ވާށޭ ދެން އޮތް ހެޔޮގޮތަކުން. އަމިއްލަ ނަފުސާއި ދަރީންނަށް އަޅާލާށޭ އޭރުން އިންޝާﷲ ފަހުން އުފާތަށް ލިބޭނެ 😘 ދަރަޖައިގެ ގޮތުން ފިރިމީހާ މަތިވެރި އަނބިމީހާއަށް ވުރެ. ހަމަ އެގޮތަށް އަނބިމީހާވެސް މަންމަ އަކަށް ވުމުގެ ދަރަޖަ ބައްޕައިންނަށް ވުރެ މަތިވެރި

      88
      4
    • ސުބްޙާނަﷲ

      އެކަމަކުވެސް ފިރިމީހާ އަނބިމީހާއަށް އަނިޔާ ކުރުމުގެ ހައްގެއް ދެއްވާފައެއް ނެތް. އަނިޔާވެރިވާ ހިސާބުން އަނބިމީހާ ފިރިމީހާގެ ކިބައިން ވަރިވާން އެދެފިނަމަ ގާޟީ ޖެހޭނީ އެހިސާބުން ވަރިކޮއްދޭން. މިއީ ކީރިތި ﷲ ގެ ރަސޫލާ (ޞ) ކަންތައް ކުރެއްވި ގޮތްކަން އިނގެން އެބައޮތް.

      67
      3
    • ސަލާމް

      ސިއްޙީ ހާލަތު ތަން ނުދޭނަމަ ނޫނީ ހައިޟުގެ ދުވަސްވަރަކަށް ވުމުން އެއީ އެއްދާން ކުރުމަށް އުޒުރަކަށް ނުފުދޭބާ ގަބޫލުނުވީމަ ލަޢުނަތް ލިބިގެންވަނީ އަންހެނާ އަށް ގަދަބާރުން އެކަން ކުރާކަށް އަންގަވާފައެއް ނެތް ދޮއްތަ

      41
      2
      • މޯލްޑިވިޔަން

        ފި ރިމީހާ އަށް ލައުނަށް ނޯވޭ ތޯ؟

        9
        4
    • އާފިޔާ

      ދީނުގެ އެއްބައި ކިޔާފަ އެއަށް ޢަމަލު ކުރަ މީހުންގެ ވިސްނުން ހުންނާނީ ތިހެން. ﷲ އަޅުތަކުންނަށް ވަނީ ކަންކަން އުނގެނި ދަސްކުރުމުގެ ބާރު ދެއްވާފަ. އޮޅުން އަރާ ކަމެއް ވިއްޔާ އިތުރު ފަތްފޮތް ކިޔާ ބުއްދިން ވިސްނާ ދައްނަ ބޭކަލުން ކާރީ އަހާ އޮޅުން ފިލިވުން އެއީ އޮތް ކަމެއް. ތިމާ އެނދުން ފުއްދަން ބޭނުންވީމަ އަނެކާ އިން ހާލު ނުބަލާ އަރައި ގަތުމަކި ކުކުޅުހާލާ ވަލު ޖަނަވާރުންގެ އުސޫލު.

      17
  2. އޭ

    އަނބިމީހާ ފިރިމީހާ އަށް ނައިޓް ޓައިމް ގައި ނޯ އޭ ބުނުމަކީ ފިރިމީހާއަށް އަނބިމީހާގެ ފަރާތުން ދެވޭނެ އެންމެ ބޮޑު ހަދިޔާ ދޯ!

    43
    8
  3. އެލެކްސް

    މޯދީ ދީނީ ކުދިންކޮޅު ދަލުގަ ޖައްސަން ކޯޓު ވަށާ ދާ ޖަހާފަ ދެމަފިރިން ނިދާ އެނދު ވާށާއިގެން ވެސް ދާ ޖެހީ.

    38
  4. ހޫ

    އެއީ އެއްވެސް އުޒުރަކާ ނުލައި އެގޮތައް ކަންތައް ކޮއްފި ނަމަ.

    27
    2
  5. ފަޒީލާ

    މާތް ރަސްކަލާނގެ ވަނީ އަނިޔާ ދިނިނުން އަލި އަނިޔާ ލިބިގަތުންވެސް މަނާ ކުރައްވާފަ. ވީމާ އަންހެނާއަށް އަނިޔާ ލިބޭ ކަން އިނގޭއިރު އެއީ ޖިސްމާނީ ވިޔަސް ނަފްސާނީވިޔަސް އެކަމުން ސަލާމަތް ވުމައް މަސައްކަތްކޮއް އަނިޔާވެރިޔާއަށް ނޫނެކޭ ބުނުމުގެ ހައްގު ލިބިގެންވޭ..އެއީ ފިރިމީހާކަމުގައިވިޔަސް. ދީނުގައިވަނީ އަނބިނީހާއާއިއެކު އަބުރުވެރިކަމާއި އެކު ދިރިއުޅުމައް. އެއްފަރާތުން ގަދަބާރުން އަނބިމީހާއާއި އެކު ޖިމާއުވާން އުޅޭނަމަ އެއީ އަބުރުވެރިކަން ގެއްލިފައިވާ ގުޅުމެއް. ފިރިމީހާ ބޭނުންކުރަން އޮންނަ ކުޅޭކުޅޭ އެއްޗެއްނޫން އަނބިމީހާއަކީ. އެންމެ ހެޔޮމީހުންނަކީ އަނބީންނައް އެންމެ ހެޔޮމީހުން ކަމުގައި އެވަނީ އަނގަވާފަ. ބުއްދީގެ އަހުލުވެރިންނައް މިވާހަކަތަކުގައި ހައްގުގެ ހެކިތައް ހުންނާނެ. ބުއްދި ބޭނުން ކުރައްވާ.

    41
    5
  6. އުންމު

    ފިރިހެން ވެރީން ވިސްނާލަން ޖެހޭ ކަމެއް.

    30
    4
  7. ރަކިވެގެދީ

    ދެމަފިރިއެއްނަމަ އެދެމީހުންގެ ހާލަތުއެކަކު އަނެކަކަށް އެނގޭނެ. އްނބިވިޔަސް ފިރިވިޔަސް އެއިރެއްގަ އޮތީ ކޮންމެހާލަތެއްވިޔަސް އެދެމީހުންނައްވެދް ދޫދެއްވީތީ ބޭނުންވެއްޖެ ހާލަތެއްގަ އޮޅުވާލުމާ ދޮގުހެދުމުގެ ހައްގުވެސް އޮންނާނެ.ބާ.؟ ކޯޓުމަރުހަލާ އެކާ ހިސާބައްދާނީ ސަބަބެއްނެތިއެއްއްނޫން. އެހިސާބުން އެދެމީހުން ކުރެން ތެދުހަދަނީ ކާކުކަން ދޮގުހަދަނީ ކާކުކަން ސާބިތު ވާންޖެހޭނެ. ދީނެއް މިއްލަތެއް މަޒުހަބެއް ނޭންގި ތިބެ ކައިވެނިކޮށް ހަލާލެއް ހަރާމެއް ނޭންގި ނުބަލާ އުޅުމަކީ މިހާރުފެޝަނެއް. ﷲ އަޅަމެންނައް ތެދުމަގުދައްކަވާށި. އާމީން

    30
    3
  8. ލޫލު

    ތިވީގޮތުން ދެން ތިކަމައްވެސް ޖެހޭނީ ހުއްދަހޯދަންތާ

    23
    7
  9. ހުސޭނުބޭ

    ތިއީ ހާދަ މޮޅު ހުކުމެކޭދޯ! ދެން ހަމަ ކޮންމެ ރެޔަކު ކޮންމެ ދުވަހަކު ނޯ އަޅުވާފައި ބާއްވަންވީތަ؟ އޭރުން ގާތެއްވެސް ނުވެވޭނެދޯ!

    17
    12
  10. ދުންތަރި

    ތިޔަ ޙުކުމަކީ ވަރަށްނުރައްކާތެރި އިންޒާރެއް ދެން މީގެ ފަހުން ފިރިމީހާކައިރިން ވަރިވާން ބޭނުންވާ ކޮންމެ މީހަކު ތިޔަ ކަންކަން އުޛުރަކަށްދައްކާނެ ފަނޑިޔާރު ރޭޕެއްކަމަށް ދެއްކުމަށް ދެއްކި ހުއްޖަތުތަށް އެހާ ރަނގަޅުކަމަކަށް ނުފެނޭ ނަމަވެސް އެއްވެސްކަމެއްގަ އަނިޔާވެރިވުން ވަނީ ﷲ ޙަރާމްކުރައްވާފައި ނަމަވެސް އަނބިމީހާ ފިރިމީހާޔަށް ކިޔަމަންތެރިވާންޖެހޭ މިންވަރު އިސްލާމްދީނުގައި ވަރަށް ސާފު މި ހުކުމުގެ ސަބަބުން ދެމަފިރިންގެމެދުގައި ޖެހޭ މައްސަލަތައް އިތުރުވެ ވަރި ގިނަވުމަށް މަގުފަހިވެ އިތުރު ދޮރެއް ހުޅުވުނީ އިސްލާމް ދީނުގަ އޮންނަ ގޮތުން އަނބިމީހާ އެއްދާން ކުރުމަށް ފުތަގަސްދީ ފިނަމަ ފާފަވެރިވޭ އެކަމަކު މި ޙުކުމުން އަނބިމީހާ ބޭނުންހާގޮތެއް ފިރިންނަށް ހެދުމުގެ ފުރުސަތު ހުޅުވުނީ ދީނޭ ކިޔައިގެން ދީން އޮޅުވާލުމަކީ ރަނގަޅުކަމެއްނޫން އިސްލާމް ދީނުގަ ހުރިހާކަމެއްގެވެސް ހައްލު އެބައޮޔް ބޭނުންހާ ގޮތަކަށް އެކަކަށްވެސް މާނަ ނުކުރެވޭނެ ޑިމޮކްރަސީ މާނަކުރުމާ ޤަނޫނު އަސާސީއާއި ޤާނޫނުތައް އެމީހަކު ބޭނުންގޮތަކަށް މާނަކުރިޔަސް އިސްލާމީ ޝަރިޢަތުގަ ކަންކަން އޮތްގޮތް އެމީހަކު ބޭނުން ގޮތަކަށް މާނަ ނުކުރެވޭނެ އިސްލާމީ ޝަރީޢަތުގައި ކަންކަން ކަނޑައަޅުއްވާފައިވަނީ ވަކި ޒަމާނަކަށް ވަކިބަޔަކަށް ވަކި ޤަބީލާއަކށް ވަކިގޮތަކަށްނޫން

    15
    8
    • މޯލްޑިވިޔަން

      ފި ރިމީހާ ދެކޮޅު ހަދައިފިނަމަ އޭނާ ފާފަ ވެރިވާނެ ބާ؟

      10
      3
  11. ވިލާ

    ރަނގަޅުވާހަކައެއް. ގަދަކަމުން ޖިމާއުވުމާއި އަނބިންނަށް ދޭންޖެހޭ ހައްޤުތައް ނުދީ ހަމައެކަނި އެދުން ފުއްދުމަށް އަނބިމީހާ ގެންގުޅުމަކީ އިސްލާމްދީނުގެ އުސޫލެއް ނޫން. އަދި އެފަދަ ހާލަތެއްގައި އަނބިމީހާ ދެކޮޅުހެދުމަކީ ފާފަވެރިވާނެކަމެއްވެސްނޫން. ރަސޫލާގެ ހަދީތް އެބައޮތޭ ކިޔާފަ އަނބިންނަށް އަނިޔާވެރިވުން ދީން ހުއްދައެއް ނުކުރޭ. އިސްލާމްދީން މުޑުދާރުނުކުރޭ.

    32
    3
  12. Anonymous

    އަނބިމީހާ ކައިރިން ހުއްދަޔަށް އެދި ހުށަހަޅާނެ ފޯމެއް ޑްރާފްޓް ކޮށްލަބަލަ

    23
    3
  13. ޖިންނި

    ލާދީނީ ބައިގަނޑަށް ލަޢުނަތް ލައްވާށި އާމީން

    26
    5
    • މޯލްޑިވިޔަން

      އާން ދޯ ގަދަކަމުން އަނބިން ރޭޕު ކު ރާ މީހުން ދޯ

      15
      8
  14. ޢަލީ އަޙުމަދު

    ފިރިހެނުންގެ ސަލާމަތައްޓަކައި ދެން ހައިކޯޓުން ކޮއްދޭންވީކަމަކީ އަނބިން ކައިރިން އެއްދާންކުރުން (ޖިމާއުވުން)މައްބޭނުންވާ ފޯމެއް ޑުރާފްޓްކޮއް ޢާއްމުކޮށް ސާއިރުކޮއް ދެއްވުމަކީ ވަރައްބޮޑައް ފިރިހެނުންގެ ފަރާތުން އެދޭއެދުމެއް.

    16
    9
  15. ޢަލީ އަޙުމަދު

    ފިރިހެނުންގެ ސަލާމަތައްޓަކައި ދެން ހައިކޯޓުން ކޮއްދޭންވީކަމަކީ އަނބިން ކައިރިން އެއްދާންކުރުން (ޖިމާއުވުން)މައްބޭނުންވާ ފޯމެއް ޑުރާފްޓްކޮއް ޢާއްމުކޮށް ސާއިރުކޮއް ދެއްވުމަކީ ވަރައްބޮޑައް ފިރިހެނުންގެ ފަރާތުން އެދޭއެދުމެއް.އަދިވެސް.

    15
    7
  16. ހަޔާތްކޑ

    ތިހާ ދީނީ ހަމަތައް ނެރެންޔާ ހުރިހާ ކަމެއް އެއްގޮތް ކޮއްލަބަލަ! ފިރިމީހާ ދެ އަންބަށް މީހަކާ އިންނަ އިރު ދޮށީ އަނބީގެ ހުއްދަ ހޯދަން ޖެހޭގޮތަށް އޮންނަ އޮތުން އެއީ ދީނީ ކޮން ހަމަޔަކުން އޮންނަ ކަމެއް ތޯ ބުނެދީބަލަ. އެހެންނޫނީ މިމުޖުތަމައުގަ ކައިވެނި ނުކޮށް މަޖާކުރާ މީހުން ގިނަވާނީ!!!!!!

    20
    6
  17. Anonymous

    ﷲ ޙަރާމްކުރެއްވި ކަމެއްގެ މައްޗަށް މެނުވީ އަންހެނުންނަށް މަނާވެ ނުގަނެވޭނެ އެނޫން ހުރިހާ ގޮތަކުން ފިރިމީހާއަށް ކިޔަމްތެރިވުން އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވޭ. ޖިމާޢުވުމަށް އިންކާރުކުރެވޭނީ ސަބަބުތަކެއްގެ މައްޗަށް އެއީ ހަމަ އަންހެނާ ބޭނުންވީމާ އެކަނި އޮންނަ ކަމެއް ނޫން ޞިއްޙީ ސަބަބަކަށް ނުވަތަ ﷲ ނަހީކުރެއްވިކަމެެއް އަންނަހިނދު އެކަނި. ހައިކޯޓުން ޙުކުމް ކުރުމުގައި އިސްލާމީ ފިޤުވެރިންގެ ރައުޔުތަކާއި އަހްލުއްސުންނަ ވަލްޖަމާޢަތުގެ ރައުޔަކީ ކޮބާކަން ބަލާފައިނުވެ. އަދި ދަލީލުތަކަށްވެސް ރަގަޅަށް ބަލާފައިނުވެ. ވަޢީދުގެ ބަސްފުޅުތައް އޮތް ދަލީލުތަކަށް ބުރަވެ ޙުކުމެެއް ކުރިނަމަ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ އަދަބެއް ކަނޑައެޅޭނެ ފިޤްހީ އެއްވެސް ރައުޔެއް ނުދެއްކޭނެ. ހަވާ ނަފްސަކީ ޤާނޫނުކަމަށްވެެއްޖެނަމަ ކޮންމެ ޙުކުމެއްވެސް ކުރެވިދާނެ

    15
    9
    • ޝަމީން

      ކަލޯ ބުންޏޭ ބުންޏޭ ނުކިޔާ..މިތާގަ ފާހަނގަ ކޮއްފަ ހުރި ނުކުތާތަކައް އިލްމީ ޖަވާބެއް ދީބަލަ. ކަލޭގެ ވާހަކައިގަ ނެތޭ އެއްވެސް ހުއްޖަތެއް އަދި ފެންވަރެއް.

      15
      5
    • ޝަވީޒް

      ކަލޭމެންނައް ރަނގަޅުވާނީ އަނބިމީހާއަކީ މަސްކަނޑައިގެން ބޭނުންވާއިރަކު ހަފައިގެން ކާން އޮންނަ އެއްޗެކޭ ބުނީމަ. ކޮބާތަ ލަދު ހަޔާތް.. ޒިޔާދާ ފަދަ މީހަކައް ލިބިގެން ދިޔަ އަނިޔާ ކަލޭމެންނައް ތަސައްވަރު ކުރެވޭތަ.. ހޭބަލިވެގެން ވަނީ.

      22
      6
    • ލޮލްލޮލް

      މިފަހަރު ކަލެއަށް ފުރިހަމަ ތާއީދު....ތާލިއާ

  18. ޢަހުމަދު

    ޢަނބިމީހާ އަށްވަނީ ފިރިމީހާ އަށް ކިޔަމަން ވުމެވެ.
    ފިރިމީހާ އާށްވަނީ އަނބިމީހާއަށް ހެޔޮކޮށް ހިތުމާއެކު
    ޢެކަނބުލޭގެ ބެލެހެއްޓުމެވެ.
    ﷲ ބިރުވެތިނުވާ ބަޔަކަށް އިސްލާމް ދީނުގެ ސާދާ ކަމެށް ނުމެ އެގޭނެއެވެ.

    24
    2
    • މޯލްޑިވިޔަން

      ހުވާ ހީހީ ހަލާކު

  19. ރޫޙު

    އަނބިމީހާ އުޒުރެއް ނެތި ޖިމާއުވާން ދެކޮޅުހަދާކަމުގައި ވަނީ ނަމަ ފިރިންނަށް އޮތީ އެކަނބަލުންނަށް އަނިޔާކޮށް މެރުންތޯ؟ ނުވަތަ ހެޔޮ ގޮތުގައި ދޫކޮށްލަންތޯ؟ ދީންވެރި އަނބިމީހާ ދެކެ ލޯބިވާ ފިރިއެއް ނަމަ ހަމަ ޔަގީނުން ވެސް އިޚްތިޔާރުކުރާނީ އަނބިމީހާ ހެޔޮގޮތުގައި ދޫކޮށްލުމެވެ. އެހެނީ އުޚްރަވީ ހަޔާތުގައި އެފަދަ ފިރިހެނާއަށް ވާ ހެޔޮކަން ބޮޑެވެ.

    17
    2
  20. ރިނީ

    ފިރިހެނުން ކިތައްފަހަރު ނޫނެކޭ ބުނަނީ. އަހަރުމެން އަންހެނުން ތިބެންޖެހެނީ ހަމަ އަނގަ ނަގައިގެން. 4 ފިރިން ހައްގު ނުވާއިރު އެނޫންގޮތެއް ވެސް ނޯންނާނެތާ ހަލާލުނޫން އިރު. އެދުންވެރިކަން އަންހެނުންގެވެސް ހަމަ ވަނީ ހަމަ ހަމަ. ދިރާސާތައް ބަލާލީމަ އެކަން އެނގޭނެ.

    10
    6
  21. އަލިފު!

    މިއަދުގެ ޢިލްމުވެރިންގެ ރަޢުޔުގައި ވަރަށް ބޮޑެތި ޚިލާފުތައް އެބަހުރި! މިއަދުގެ އިސްލާމީ ދުނިޔެ ހަލާކު ކޮށްލާފައިވަނީ މިއަދުގެ ޢިލްމުވެރިން! ބަސްފުޅެއްގައިވޭ ﷲގެ ވަޖުހުފުޅަށްޓަކައި އުނގެނުނު ޢިލްމެއް ދުނިޔޭގެ ބޭނުމުގައި އެޢިލްމު ބޭނުން ކޮށްފިނަމަ، ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ކަމަށް!

    8
    1
    • ރަސްފީން

      އެ އަދެއް މިއަދެއް ކިޔާނެ ކަމެއް ނެތް.. ކަލޭމެން ބޭނުންވާނީ އަނބިމީހާއަކަީ ހަފައިގެން ކާން އޮންނަ މަސްގަނޑެކޭބުނުވަން. ބޮލުގެ ރޮދިތައް ސަލާމަތް ކޮއްބަލަ.

      5
      1
  22. ސުމާ

    ދެރަ

  23. މެކް

    މިއަދު މިފެންނަނީ މިކަންކަމުގެ ހަގީގަތް ކޯޓްތަކަށް ޤާޒީންގެ ގޮތުގައި އަންހެނުންއައްޔަންކުރުމަކީ ޔަހޫދީ ވިސްނުމެއް ގައިމުގާ ދީންވަންތަކަށް ގެއްލޭކަމެއް އެކަން އެގޭނެ އައްޔަނަކުރާ ފަރާތްތަކަށް ބަލާލިޔަސް ހޭއަރާ ވިސްނާށެވެ.

    3
    4