ރާއްޖޭގައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓާލަން ޖެހުމަކީ ދިވެހި އެއްވެސް ރައްޔިތަކު ހުވަފެނުން ވެސް ދެކޭނެ ކަމެއް ނޫނެވެ. އެކަމަކު، ދިވެހިންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެން އޮތް ފަތުރުވެރިކަމުގެ ސިނާއަތް ކޮވިޑް-19 އާ ގުޅިގެން ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަހަށް ހުއްޓާލަން ޖެހުނެވެ. ޖުލައި 15 ގައި އަލުން ހުޅުވާލިއަސް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު، ކުރިން ލަފާކުރި ވަރާ ގާތަށް ވެސް ނުދެއެވެ.

ފުރަތަމަ ދޮޅު މަސް ދުވަހު 10،000 ޓޫރިސްޓުން ވެސް ރާއްޖެ ނާދެއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، އައި ޓޫރިސްޓުންގެ އަދަދު ހުރީ ގާތްގަނޑަކަށް 20،000 ގައެވެ. މި އަދަދުތައް އަދި ކިތަންމެ ދަށްވި ކަމުގައި ވިޔަސް، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ސިނާއަތާ މެދުގައި ކުރެވޭ އުންމީދު ބޮޑެވެ. ރިސޯޓުތައް ވަނީ ފަތުރުވެރިންނަށް ހުޅުވާލަން ފަށައިފައެވެ. ވަޒީފާ އިން ކަނޑާލި ތަންތަނަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ފަށައިފައެވެ. ވަޒީފާ އިން ކަނޑާލި "ފޯވެއްސަށް ފަހު" ވަޒީފާ އިން ނެގުމުގެ ފޯވެއްސެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އަލުން ނަގައި ކޮޅަށް ޖެހުމުގެ ހުރިހާ މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރަކީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ. މައުސޫމްގެ އަމާޒަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިފައި އޮތް މާޔޫސްކަން ފިލުވައިލުމެވެ.

ރިސޯޓުތަކާއި ސަފާރީ އުޅަނދުފަހަރާއި ގެސްޓްހައުސްތަކުގެ ވެރިންނަށް ލިބިފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ މައުސޫމްގެ އަމާޒެކެވެ. ޓޫރިޒަމް ކޮޅަށް ޖަހައިގެން ނޫނީ ގައުމު ހިނގައި ނުގަންނާނެ ކަމަށް މައުސޫމް ގަބޫލު ކުރައްވައެވެ. އެންމެ ކުޑަ މިނުން މި އަހަރުގެ ނިޔަލަށް އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަކީ މައުސޫމްގެ އަދިވެސް ވިސްނެވުމެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް ދާއިރާގެ އެކި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ވުރެ ބޮޑަށް މިހާރު ވާހަކަ ދައްކަންވީ، ފަތުރުވެރިންނަށް ލިބޭ ފައިދާތަކަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް 23 ދުވަސް ހޭދަކޮށްފައި އެބަހުރި ކަމަށެވެ.

"އެއީ ފްލައިޓުތައް ލިބުން މަދުވުމާއި އަނެއްކާ ރަށަށް ގޮސް ކަރަންޓީންވާން ޖެހުމާ މިިކަހަލަ ކަންތައްތަކާ ހެދި އަންނަ މީހަކު މިކޮޅުގައި މަޑުކޮށްލަނީ. އަދި އައިސްފައި ހުއްޓައި އެމީހުން ރަށުގައި ކޮވިޑް ބޯކޮށް އުޅޭ ނަމަ، އިތުރަށް ގިނަ ދުވަހު މަޑުކޮށްލަން ބޭނުންވަނީ،" މައުސޫމް ވިދާޅުވިއެވެ.

މީގެކުރިން ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް ޗުއްޓީ ހޭދަ ކުރަނީ ހަތް ދުވަހަށް ނުވަތަ 14 ދުވަހަށެވެ. މައުސޫމް ވިދާޅުވީ، މިހާރު އަންނަ ގިނަ ފަތުރުވެރިން ތިން ހަފްތާ ވަރު ހޭދަކުރާތީ، އެއީ މާލީ ގޮތުން ރާއްޖެ އަށް ލިބޭނެ ބޮޑު އާމްދަނީއެއް ކަމަށެވެ. އެމީހުންގެ ފަރާތުން ގާތްގަނޑަކަށް ޖެނެރޭޓް އެ ކުރަނީ 200 ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

އަންނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ ލަނޑުދަނޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ރާއްޖެ އާއި އިންޑިއާއާ އެކު، އެއާ ޓްރެވަލް ބަބުލްއެއް ވަނީ ގާއިމުކޮށްފައެވެ. ރާއްޖެ އާއި ސިންގަޕޫރާ ދެމެދު މަޝްވަރާކޮށް ކުރިއެރުންތަކެއް ވަނީ ހޯދައިފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އުންމީދު ކުރަނީ ސިންގަޕޫރާ އެކުގައި ލެޝަ އެއާ ޓްރެވަލް ބަބުލްއެއް ވަރަށް އަވަހަށް ފެށިދާނެ ކަމަށެވެ.

"ސޭފް ޓްރެވަލް" ސްޓޭމްޕް ލިބުމަކީ ކުރިއެރުމެއް

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބުނީ މިދިޔަ މަހުގެ މެދު ތެރޭގައެވެ. ރާއްޖެއަށް މި ސްޓޭމްޕް ލިބިފައިވަނީ ޑަބްލިއުޓީޓީސީއިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ފަތުރުވެރިންނަށް ރައްކާތެރި، ވަކި ގައިޑްލައިންތަކެއްގެ މަތިން ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ގުޅިގެންނެވެ. މިއީ، ފަތުރުވެރިކަން ނަގައި ކޮޅަށް ޖަހަން ލިބުނު ހެޔޮ ފާލެކެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ ސްޓޭމްޕެއް ރާއްޖެ އަށް ލިބުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. މިފަދަ ސްޓޭމްޕެއް ލިބުމަކީ ރާއްޖެ އަށް ވަރަށް ބައިވަރު ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ބައްޓަންކޮށްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"އެހެންވީމަ މުސްތަގުބަލް މި ފެންނަނީ ވަރަށް އުޖާލާކޮށް. އަޅުގަނޑުމެން ޝުކުރު ދަންނަވަން، ކޮވިޑް މެނޭޖްމަންޓުގައި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޓެގް ޓީމަށް، މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތަށް،" މައުސޫމް ވިދާޅުވިއެވެ.

"އަމާޒަކީ ފަތުރުވެރިކަމުގެ ރަން ޒަމާނެއް ހޯދައި ދިނުން"

މިދިޔަ މާޗް މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ ފެނުނީ ޅ. ކުރެއްދޫގައި ޗުއްޓީ ހޭދަކުރި މީހަކު، އެނބުރި އިޓަލީ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. އޭނާއާ ރިސޯޓުން ކޮންޓެކްޓްވި މީހުންގެ ޓެސްޓް ހެދި އިރު، އިތުރު މީހުންނަށް ބަލި ޖެހިފައިވާ ކަން އެނގުނެވެ. އޭރުގައި، ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކެއްގައި ހަލުވިކަމާ އެކު، ކޮވިޑް-19 ދިޔައީ ފެތުރެމުންނެވެ.

ރާއްޖެ އަށް އައި ފަތުރުވެރިންތަކެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެންމެ ބޮޑު އެއް ފިޔަވަޅަކީ ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމެވެ. ރާއްޖޭގެ ޓޫރިޒަމްގެ މުޅި ތާރީހުގައި ވެސް މި ކަހަލަ ގެއްލުން ބޮޑު ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އޭގެ ނުބައި އަސަރު މުޅި ގައުމަށް ކުރިއެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި ދެކޭ ހުވަފެން ވަކި ކުޑައެއް ނޫނެވެ.

މައުސޫމް ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ރަން ޒަމާނެއް ހޯދައި ދިނުމެވެ. އަދި އެންމެ އިސް ކަމެއް ދޭނެ އެއް ކަމަކީ ފަތުރުވެރިކަމުގެ ވެރިންނަކީ ދިވެހިންނަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ތަންތަނުގެ ވެރިންނަކީ ދިވެހިންނަށް ހަދަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ވެސް ދިވެއްސެއްގެ ނަމުގައި ގެސްޓްހައުސެއް ހުރެދާނެ. އެކަމަކު، އޭގެ މުސްތަގުބަލަށް ކޮޓަރިތައް ވިއްކާލުމުގެ ސަބަބުން އޭގެ ސާފު ސީދާ، އޯނަޝިޕްގެ މާނައިގައި އެކަންތައް ނުވެ ހުރެދާނެ. އެހެންވެ އަޅުގަނޑުމެން ބޭނުން ވަނީ ސާފު ސީދާ ދިވެހި އޯނަޝިޕް ގޮތަށް ކުދި ހޮޓާތަކާއި ރިސޯޓުތަކާއި ސަފާރީތައް ދިވެހިންނަށް އޮންނަން ޖެހޭ ގޮތަށް ފުރިހަމަ މާނައިގައި ކުރިއަށް ގެންދެވޭތޯ ބަލާނަން،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، މިނިސްޓްރީ އާއި އޭނާގެ އަމާޒަކީ ޒުވާން އެތައް މިލިއަނަރުންނެއް އުފެދިގެން އައުމެވެ. އަދި ދިވެހި މުވައްޒަފުންނަކީ ރަނގަޅު އާމްދަނީއެއް ލިބޭ ބަޔަކަށް ހަދަން ބޭނުންވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް "އިންތިހާ އަށް އާމްދަނީ" ލިބޭ، އާންމު ރައްޔިތުން ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ފުރުސަތު ލިބޭ ގޮތް ހެދުމަކީ އަމާޒެއް ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

"މިކަހަލަ އިގްތިސާދީ އަޑިގަނޑެއް އައިސް، އެ އަޑިގަނޑު ފޮރުވާލާފައި، އަދި މައްޗަށް އުސްކޮށް ފަސް އަޅާނެ ވަރަށް ފައިސާ ހުރުން (އަމާޒަކީ)،" ފަތުރުވެރިކަމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން ހިދުމަތްކޮށް ދެއްވި މައުސޫމް ވިދާޅުވިއެވެ.

ރާއްޖެ އައި ފަތުރުވެރިއެއްގެ ދަބަސް ޑިސްއިންފެކްޓް ކުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ވަރަށް ބޮޑެތި މުއްސަނދިން އަންނަން އެބަޖެހޭ"

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން، ރާއްޖެ އަށް ގިނަ އިން އަންނަ ކަމަށް ފާހަގަ ކުރެވިފައި ވަނީ މުއްސަނދިންނެވެ. މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖެ އަށް މުއްސަނދި ފަތުރުވެރިން އައުމުގެ މަގު އޮތީ ފަހިވެފައެވެ. ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި، މާސްޓަ ޕްލޭންގައި އެކަމާ ގުޅޭ ޗެޕްޓައެއް އެކުލަވާލާނެ ކަމަށާއި ރާއްޖެ އަށް ބޮޑެތި މުއްސަނދިން އަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕްރައިވެޓް ރަން ޖެޓެއްގައި އައިސް ޖައްސާފައި. އަނެއްކާ އެހާ މޮޅު ޑޮމެސްޓިކް ޓްރާންސްޕޯޓެއްގައި ދަތުރުކޮށްފައި އެތައް ހާސް ޑޮލަރެއް ދީގެން ނައިޓެއް ހޭދަކޮށްލާފައި ދިއުމާއި ޓިޕްސް އަށް އެތައް ހާސް ޑޮލަރެއް މުވައްޒަފުންނަށް ދޭ ފަތުރުވެރިން ވެސް އަންނާނެ. އެ ތަންތަނަށް ވަޒީފާ އަށް ދާން ޓަފު ވާނެ. އެ ތަންތަނުން ވަޒީފާއެއް ހޯދާނީ މެސީ އާއި ރޮނާލްޑޯ،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ވައްތަރެއްގެ ޓޫރިސްޓުންނަށް ޖާގަ އޮތް ތަނެކެވެ.

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ މީގެކުރިން، ދުވަހަކު ވެސް ވިސްނިފައި އޮތް ކަމެއް ނޫނެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތައް ހުއްޓުމަކަށް އަންނާނެ ކަމަށް މީގެކުރިން އެކަކު ވެސް ހިޔާލަކަށް ނުގެނެއެވެ. އެކަމަކު، މި އަނދަވަޅުން އަރައިގަނެ، އެންމެން އެކުގައި މަސައްކަތްކޮށްގެން މި ނޫން އެހެން ހާލަތަކަށް ދިއުމަށް އަތުކުރި އޮޅާލަން ވަނީ ޖެހިފައެވެ. ބައެއް ރިސޯޓުތަކުން އެ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

ބައެއް ރިސޯޓްތަކުން ބުނީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ބުކިންސް ގިނަވެފައިވާ ކަމަށެވެ. އެއީ ފަތުރުވެރިކަމުގެ ސިނާއަތް ދުޅަހެޔޮ ވާނެ ކަމުގެ އުންމީދީ ހަބަރެކެވެ. އެހެންވެ، ކުރިއަށް އޮތް ދުވަސްތަކަކީ ފަތުރުވެރިކަމަށް ދިރުން ގެނެސްދޭނެ ދުވަސްތަކަކަށްވުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހ

  މީނާގެ ކަމަކީ ސުރުޚީ ހެދުން ފޮނި ނުކަނޑާ ކަން ކޮށްބަލަ މޮޅު ވާހަކަ ނުދައްކާ ހިސާބު ޖަހަނީ ވެސް ގޯސްކޮށް މައުލޫމާތު ވެސް ގޯސް ގިނަ ދުވަހު މަޑު ކުރަނީ މަދު މީހެއް ......ސުރުޚީ ހެދުން މީނާ އާއި އަންނި އާއި މިނޫން ކަމެއް ނެތް

  22
  2
 2. ހުސޭނުބޭ

  މިނިސްޓްރީ އޮފް ހުސްއަނގަތަޅާ ގެ މިނިސްޓަރ ޑރ ބޮލުރޮދި ކެނޑުނު ބުރާންތި

  9
  1
 3. އަލީމޫސާ

  3 ވަނަ ޖުހާ ދޯ ހަމަ ހުސްފޮނި. އަމަލުން ކަން ދައްކާ!

  7
  2
 4. ލައިޓް

  ސުރުހީ އިން ޖާގަލިބެނީ ނަމުގެ ކުރިޔަށް ޑރ. އަންނާތީ. މަސްހޫރުވީމަ. ދައްކާ ވާހަކަ ގައި އޮޓަރު ހުންނާތީ. ދެންލަލަލާ!ލާ!

  5
  5
 5. ކަމަނަ

  މީނާގެ ކަމަކީ މިނިސްޓަރުކަމަށް ޙަވާލުވިފަހުން ބޮޑުކެޑުން ކަރާއެކޭ މީނާއެކޭ ތަފަތެއްނެތް ފޮނިކެޑުމުގައި

 6. ނާދިރާ

  މިނިސްޓަރުކަން ލިބުނީމަ ބޯގޮވާފަ

 7. އަލި

  ރީނދޫ މީހުންނާ ދެކޮޅަށް ލިޔެފާ ހުންނަ ކޮމެންޓްތަކަށް އަންލައިކު ކުރާ މީހުންނަށް ބުނެލަން އޮތީ ކިތައްންމެ ވަރަކަށް އަންލައިކު ކުރިއަސް ތެދެއް ދޮގަކަށް ނުވާނޭ... ރީނދޫ މީހުންގެ ވެރިޔާ ކެނެރީ ވައިރސް އަކީ ލާދީނީ އެކޭ... މިސަރުކާރަށް ރައީސް ޔާމިން ކުރެއްވި ވަރާ ގާތަށް ވެސް ކަމެއް ނުކުރެވޭނޭ.... އަންލައިކު ޖަހަޖަހާ ތިބެން ޖެހޭނީ... ދެން ލަލަލަ... ލާދީނީ ބޮޑު ވަގު އަންނި...

 8. ނ

  ޜަންޒަމާނުގާ ވަޒީރުކަންކުރަން ލިބި ނުކުރެވުނު މީހަކަށް
  މިހާރު ކުރެވޭނެ ކަމެއް ނޯންނާނެ