ދުނިޔޭގެ އެކި ގައުމުތައް އެންމެ ބޭނުން ޖެހިފައި އަދިވެސް އޮތް އެއް ވަސީލަތަކީ ވެންޓިލޭޓަރެވެ. ކުދި ގައުމުތަކެކޭ ނުވަތަ ބޮޑެތި ގައުމުތަކެކޭ ތަފާތެއް ނެތެވެ. މުއްސަނދި ގައުމެކޭ ނުވަތަ ފަގީރު ގައުމެކޭ ވަކި ތަފާތެއް ނެތެވެ. މި އަހަރުގެ ކުރީކޮޅާއި މިހާރާ ވަކި ތަފާތެއް ނެތެެވެ. ވެންޓިލޭޓަރުތައް ހޯދުމަށް ދުނިޔޭގެ އެތައް ގައުމަކުން ބޮޑެތި ހޭދަތަކެއް ކުރިއެވެ. އެކަމަކު، އެއްވެސް ގައުމަކަށް ހިތްހަމަޖެހޭ ވަރަށް އަދިވެސް އެ ވަސީލަތް ހަމަނުވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އިން ވެސް ވެންޓިލޭޓަރުތައް ހޯދުމުގައި ބުރަ މަސައްކަތްތަކެއް ކުރިއެވެ. އެކަމަކު، ރާއްޖެ އިން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ފެށި ދުވަސްކޮޅަކީ ދަތި އުނދަގޫ ދުވަސްތަކެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ބޯޑަރުތައް އޮތީ ބަންދުކޮށްފައެވެ. ވެންޓިލޭޓަރުތައް އުފައްދާ ގިނަ ކުންފުނިތައް ތިބީ މަސައްކަތް ހުއްޓާލައިގެންނެވެ. ބައެއް ކުންފުނިތަކުން ވެންޓިލޭޓަރުތައް އުފެއްދި ނަމަވެސް، އެ ވަސީލަތްތައް ސަޕްލައި ކުރެވޭނެ ދޮރު އޮތީ ބަންދުވެފައެވެ. އެހެންވެ، ރާއްޖެ އޮތީ ދެ ވަނަ ވިސްނުމަކަށް ދާން ޖެހިފައެވެ.

ރާއްޖެ އިން އޭރު ވިސްނީ، އެންމެ ކުރު އެކަމަކު، ހާމަކަން ބޮޑު ގޮތެއްގައި ވެންޓިލޭޓަރުތައް ހޯދުމަށެވެ. އޭރުގައި ރާއްޖޭގައި ހުރީ ގާތްގަނޑަކަށް 94 ވެންޓިލޭޓަރެވެ. އެއީ ރާއްޖެ ފަދަ ގައުމަކާ އަޅާ ބަލާ އިރު، ނިސްބަތުން މަދު އަދަދެކެވެ. އެހެންވެ، އިތުރު ވެންޓިލޭޓަރުތައް ގެނެވޭނެ ގޮތަކާ މެދުގައި ކަމާބެހޭ ފަރާތްތަކުން މަޝްވަރާތައް ފެށިއެވެ. ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި، 149 ވެންޓިލޭޓަރު ގެނައުމަށް ސަރުކާރުން ތިން ކުންފުންޏަކާ ހަވާލު ކުރިއެވެ. މާލިއްޔަތު ގަވައިދާ އެގޮތަށް ބިޑަށް ނުލައި އެ މަސައްކަތް ފެށިއެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރި ކުންފުނިތައް:

1- ނާޑް ޕްރައިވެޓް ލިމިޓެޑް: 24 ވެންޓިލޭޓަރު (8.3 މިލިއަން ރުފިޔާ)

2- މެޑްޓެކް މޯލްޑިވްސް: 50 ވެންޓިލޭޓަރު (14.4 މިލިއަން ރުފިޔާ)

3- އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން 75 ވެންޓިލޭޓަރު (34.5 މިލިއަން ރުފިޔާ)

ވެންޓިލޭޓަރު ގެންނަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ހަވާލުކުރި ގޮތާ ގުޅޭ ގޮތުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގަކަށް ދިޔައެވެ. އެކަމަކު، އޭސީސީގެ ތަހުގީގު ރިޕޯޓުގައި 57.2 މިލިއަން ރުފިޔާ ހޭދަކޮށްގެން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހަވާލުކުރުމުގައި ގޯސްތަކެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތް ކަމަކަށް އޭރު ފާހަގަވެފައެއް ނުވެއެވެ. އެކަމަކު، ކޮވިޑް-19 އަށް ހެލްތު މިނިސްޓްރީން ހަރަދު ކުރި ގޮތާ ގުޅޭ ގޮތުން އޮޑިޓަ އޮފީހުން ކުރި އޮޑިޓާ އެކު، އޭސީސީން އެ މައްސަލަ އަނެއްކާ ވެސް ބެލިއެވެ.

ހެލްތު މިނިސްޓަރު އަމީން އިބްރާހިމާއި ކަމާ ގުޅުން ހުރި އެހެން ބޭފުޅުން އޭސީސީ އަށް ހާޒިރުކޮށް ތަހުގީގު ކުރިއެވެ. އެކަމަކު، ހަގީގަތަކީ މިހާތަނަށް އައިއިރު ވެސް އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމެއް އޭސީސީ އަށް ބުނެދެވިފައެއް ނެތުމެވެ. އަދި މައްސަލަ ނުނިމި ދިގުލައިގެން ދިއުމެވެ. އަމީނާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ބިޑް ކޮމިޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ހާޒިރުކޮށް ޖަވާބުދާރީ ކުރުވިއެވެ. އެކަމަކު، އެ ކޮމިޓީން މިހާތަނަށް އައިއިރު، މައްސަލައެއް އޮތް ކަން ދައްކާފައެއް ނުވެއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ ކުންފުނިތަކުން ކަނޑައަޅާފައިވާ މުއްދަތުގައި ގެނައުމަށް ބޮޑެތި ދަތިތަކެއް ދިމާވުމެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިވާ އިރު، ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން ތަކެތި ސަޕްލައި ކުރުމަށް ލަސްތަކެއް ދިމާވިއެވެ.

ވެންޓިލޭޓަރުތައް ހޯދަން އުޅުމާއި ހޮސްޕިޓަލްތަކުގެ އެނދުތައް އިތުރު ކުރުމާއި އަލަށް ފެސިލިޓީތައް ހެދުމުގެ މަސައްކަތަކީ ވަރަށް ނާޒުކު ވަގުތެއްގައި އަދި ކުރު މުއްދަތެއްގެ ތެރޭގައި ނުކުރެވިއްޖެ ކަމަށްވާ ނަމަ، އެކަމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވި ދުވަސްކޮޅެއް ކަމަށް ކަމާބެހޭ މާހިރުން އޭރު ދިޔައީ އިންޒާރު ދެމުންނެވެ. ވެންޓިލޭޓަރުތައް ހޯދަން ކުންފުނިތަކާ ހަވާލު ކުރީ ހެލްތު މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، އިތުބާރު ކުރެވޭ މަގަކުން ކަމަށް އަމީން އޭރުގައި ވެސް ވަނީ ވިދާޅުވެފައެވެ. އޭރުގައި ރާއްޖޭގެ ހާލަތު ނާޒުކު ކަން ވެސް ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓްގެ އަގު 35،000ރ. އަށް ވުރެ ބޮޑުވާ ނަމަ، އެތަކެތި ނުވަތަ ހިދުމަތް ހޯދަން ވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލްކަން ޔަގީން ކުރުމަށް ފަހުގައި ކަމަށެވެ. އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ހަވާލު ކުރުމަށް ހެލްތު މިނިސްޓްރީން ނިންމި ނިންމުމަށެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ އެގްޒެކިއުޓާސްއަކީ މާލީ އަދި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއް ކަން ހެލްތު މިނިސްޓްރީން ވަޒަންކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏަކީ މީގެކުރިން ސަރުކާރާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއްކޮށްފައި ނެތް ކުންފުންޏެއް ކަން ފާހަގަކުރިއެވެ. އެކަމަކު، ހަގީގަތަކީ އެ ކުންފުނީގެ ވާހަކަ އައީ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރުގެ ފަރާތުން ކަމެވެ.

އެގްޒެކިއުޓާސް ޖެނެރަލްގެ ފަންނީ އަދި ގާބިލްކަން އެންމެ ފުރިހަމައަށް ވަޒަން ނުކުރެވި ވަނީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 ޖެހޭ މީހުން ފަރުވާ އަށް ބޭނުން ކުރާ އެންމެ މުހިންމު ވަސީލަތަކީ ވެންޓިލޭޓަރު ކަމަށްވެފައި އަދި ވެންޓިލޭޓަރު ހޯދުމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ވެންޓިލޭޓަރުގެ ޑިމާންޑް ބޮޑުވެ ވެންޓިލޭޓަރު ހޯދުމަށް ދަތިވެފައިވާތީ އަވަސް ކުރުމުގެ ގޮތުންނާއި ޑަބްލިއުއެޗްއޯގެ ފަރާތުން ދިން މައުލޫމާތަށް ބުރަވެ ކޮންމެހެން ހޯދަން ޖެހޭ ވެންޓިލޭޓަރުތަކަކަށްވާތީއެވެ. މިކަމުގައި ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީއާ ރަސްމީ މުއާމަލާތްތަކެއް ކުރެވިފައިވެއެވެ.

މިވަގުތު ދުނިޔެއަށް ދިމާވެފައިވާ މި ނުރައްކާތެރި ކޮވިޑް-19 ގެ ހާލަތަށް ބަލައި މި ވެންޓިލޭޓަރަކީ ކޮންމެހެން ހޯދަން ޖެހޭ މުހިންމު މެޝިންތަކަކަށްވާތީ އެޑްވާންސްކޮށް ފައިސާ ދެއްކުމުގެ ހާއްސަ ހުއްދައެއް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ހެލްތުން ފިނޭންސްގައި އެދިފައިވެއެވެ.

އެ ސިޓީއާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ އެގްޒެކިއުޓާސް އިން 75 ވެންޓިލޭޓު ލިބިދާނެ ކަމަށް އަންގާފައިވާތީ އެތަކެތި ގެނައުމަށްޓަކައި ހިނގާ ޖުމްލަ އަގުގެ 75 އިންސައްތައަށްވާ ފައިސާ (އެއް މިލިއަނަށްވުރެ ގިނަ ފައިސާ) ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް ރިއާޔަތްކޮށް އެ ކުންފުންޏަށް އެޑްވާންސްކޮށް ދެއްވުން އެންމެ ރަނގަޅު ކަމަށެވެ. އެގްޒެކިއުޓާސް ޖެނެރަލް އާއި ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނީ ލަފައެއް ހޯދިއެވެ. އަދި އެޓާނީ ޖެނެރަލް އޮފީހުން ނިންމާފައި އޮތީ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

މިއަދު ހަގީގަތަކީ ހެލްތު މިނިސްޓްރީން ތިން ކުންފުންޏާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން ގިނަ ވެންޓިލޭޓަރުތަކެއް ގެނައި ކަމެވެ. މައްސަލަ ބޮޑުވި ކަމަށް ބުނާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ވަނީ ގެނެސްފައެވެ.

ރާއްޖެ އިން މިވީހާ ދުވަހަށް މަސައްކަތްކޮށްފައި ވަނީ، ނުރައްކާތެރި ހާލަތަށް ރާއްޖެ ވެސް ގޮސްދާނެތީ ތައްޔާރުވުމަށެވެ. އޭގެ ނަތީޖާއަކީ ގިނަ އަދަދެއްގެ ވެންޓިލޭޓަރުތައް ރާއްޖެ ގެނެވިފައިވުމެވެ. އެހެންވެ މިއަދާ ހަމައަށް އައިއިރު، ވެންޓިލޭޓަރުތައް ހޯދުމުގައި ހެދި ގޯހެއް ތަހުގީގީ އިދާރާތަކަށް ދެއްކިފައެއް ނުވެއެވެ. އެހެންވެ، މިއީ ހެލްތު މިނިސްޓްރީއާ މެދުގައި އާންމުން އެހެން ވިސްނުމަކަށް ދާން ޖާގަ އޮތް ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކުދުވާނޑި މުހުންމާ

  މިހަބަރުގެ ސުރުހީކިޔާލީމައި އަޅުގަނޑުމެން ދިވެހީންގެ ނިކަމެތިކަމާއި ތިބި ހިސާބު ވަރަށް ރަނގަޅަށް އެބަބުނެދޭ.
  މިރާއްޖޭގައި ޒަމާނުއްސުރެން އޮންނަގޮތަކީ ވެރިކަމުގައި ހުންނަމީހާ ނުރުހޭ ކަމެއްވެއްޖެތަ އެކަން ކުރިމީހަކު ބުރީހަންނަގާވަރުކޮށްލާނެ.
  ނުވަތަ އެމީހަކު އެކުރިކަމަކީ ކިތަންމެ ނުބައި ނުލަފާ ކަމެއްކަމަށް ވިޔަކަސް އެކަން އެކުރި ވަޒީރު ނުވަތަ އެކަމުގެ ބައިވެރިންނަކީ ވެރިކަމުގައި ހުރިމީހާ ރުހޭ ބައެއްކަމަށް ވަނީނަމަ އެމީހުންގެ ވާހަކަ ނިކަން ބާރަށް ދައްކައި މުޅި ނޫސްތަކުގައި އެވާހަކަތަށް ލިޔެ ދެންމެ ދެންމެ އެބަޔަކަށް ހައްގު އަދަބު ލިބިދާނެހެންހީވާ ހިސާބަށް ފޮނުވާފައި ދެން ވާހަކަ އަނެއްކޮޅަށް އަނބުރާލާނެ. ދުވަސްކޮޅަކުން އެއްކަލަ ކުށްކުރިމީހާ ގެ ވާހަކަ އޮބި މީހުން އެކަން މަތިން ހަނދާންނެތި އެއްވެސް ކަމެއް ނުވާކަހަލަ ވެދާނެ. މިއީ އަޅުގަނޑުމެންގެ އުޅުން ހުރިގޮތް.
  އެފްޕީއައިޑީ ބަނގުރޫޓުވީ، އެއަރމޯލްޑިވްސް ބަނގުރޫޓުވީ، ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅު ގޮއްވާލީ، ރިލްވާނު ގެއްލުވާނީ، އަފްރާޝީމް މަރާލީ. އެމްއެމްޕީއާރުސީގެ ފައިސާގެއްލުނީ، އެފައިސާހިފައިގެން ނުވަތަ ހެދިއެއްޗެއް ހަދާފައި އެއްބަޔަކު ގޮސް ލަންޑަނުގައި ޔޫރަޕުގައި އެއުޅެނީ. އަދީބު ގޭބަނދުގައި. ޔާމީނު ޖަލުގައި. ދެން އިވުނީ ވެންޓީލޭޓަރުގެ ވާހަކަ ޑެލިވަރީ ޑިލޭވީ، ލިބުނީ އޯޑަރު ކުރިއެއްޗިއްސެއްނޫން، ޑުބާއީ ކުންފުނި ހުރިތަނެއް ބަޔަކަށް ނުވެސް އެނގޭ، ހެލްތުން ބުނަނީ ޑަބްލިއު އެޗްއޯ ރިކޮމެންޑޭޝަނޭ، ޑަބްލިއު އެޗްއޯ ބުނަނީ ތިމަންނަމެން ދެނަހުރިކަމެއްނޫނޯ، ކޮވިޑް މެޑިކަލް އެހެނިހެން ސާމާނުގަތުމުގައި ވެސް މަކަރާއި ހީލަތް ހެދިވާހަކަތަކެއް އިވު 36މިލިޔަން ހަރަދު ކުރިތަނަކަށް ލިބިފައި ހުރީ މާސްކުކޮޅެކޭ ބުނާ އަޑުވެސް އިވުނު. މިއީ އިއްޔެގައި ވަރަށް ބާރަށް ދެކެވުނު ވަހަކަތަށް.
  މިހާރު މިހުރިހާ ވާހަކަތަކެއް ދިވެހިން ހަނދާން ނެތިއްޖެ. ކަމާއި ގުޅުން ހުރިމީހުން އަމިއްލައަށް އެކަހެރިވެގެން އެތިބީ.
  ކުރީގައިވެސް ކަން ހިނގާފައިވާ ގޮތަށް އާންމު އުސޫލާއި އެއްގޮތަށް މިހާރު ރާގުބަދަލުވަމުން މިދަނީ ވެންޓިލޭޓަރު ގަތުމުގައި މައްސަލައެއްނެތް، ކޮވިޑް ސިއްހީސާމާނު ގަތުމުގައިވެސް މައްސަލައެއްނެތް.
  އެއްވެސް މީހަކު ހިޔާނާތެއްނުވޭ، ތިބީ ހުސް އިހްލާސްތެރިން، އެނގޭ އެއްކަމަކީ ރައްޔިތުން ދަރަނި ވެރިވެއްޖެކަން، އެތަކެއް ބިލިޔަނެއް ޗައިނާއަށް ދެގުނަ އިންޑިޔާއަށް، ކޮވިޑް ސަބަބުން އެކުވެރި ގައުމުތަކުން އެތަކެއް ސަތޭކަ މިލިޔަން ހިލޭ ލިބިއްޖެކަމަށް މާލީ ވަޒީރުވިދާޅުވާއިރު، ބޭކާރު އެތަކެއް ހަރަދު ތަކެއް ކޮށް ގައުމު ދަވާލައިފި، ރައްޔިތުން ބިކަކޮށްފި، އެންމެ ފަހުން ގައުމުގެ ހުންގާނު އިންޑިޔާމީހުންގެ އަތްމައްޗަށް ދުއްވާލައިފި.

  25
  1
  • ހޭޓް

   ކުރު ވާހަކަ ނުލިޔެބެޔަ ކޮމެންޓް ގަ.

   13
   2
   • ހަވަރު ވޮއިސް

    މިނޫހުން ބުނެދޭން ތިއުޅެނީ ކޮންވާހަކައެއްބާ!

 2. ހުސޭނުބޭ

  ބައިތުލްމާލުން ވައްކަންކުރުމުގައިވެސް ގޯހެއް ނެތް! އެމީހަކަށް ކުރެވުނު ވަރަކަށް ހަމަ ކުރަންވީ!

  28
  1
 3. އަޒާ

  ސުވާލަކީ އެންމެ އާދައިގެ މީހާއަށްވެސް އެކްސެލް ޝީޓެއްގައި ދަމާލީމާ އެނގޭނެ ތިޔަބުނާ އެގްޒެކިޔުޓަރސް އިން ވެްނޓިލޭޓަރަކަށް ޖެހިފައި އޮތް އަދަދު. އެކަމު އެހާ ބޮޑު އަދަދެއް ހުށައަލައިގެންވެސް އަދި މިއަދާއި ހަމައަށްވެސް ވެންޓިލޭޓާރސް ނުލިބޭ. ދެން މި އާރޓިކަލް ލިޔުނު މީހާއަށް ފަހުމް ނުވަނީބާ ގޯސް ހަދާފައޮތްވަރު..؟؟

  26
 4. ވަގުންނޭ

  ތިޔާ ވެންޓިލޭޓަރު ތަކެއް ނުލިބޭނެއޭ ދައުލަތުގެ ބަޖެޓުން ގެއްލުނު 34 މިލިއަން ރުފިޔާ އެ ފައިސާ ތިޔާ ފައިސާ ދުބާއީގެ ވަގު ކުންފުންނަކަށް ދީފައިވާތީވެ އެފައިސާ އަތުލާށޭ އަތުނުލެވޭނަމަ އެމެންގެ މައްސަލަ ޝަރީއަތަށް ފޮނުވާށޭ އޭސީސީ މިމައްސަލަ އޮތްބާލަން ތަމެން ނޫޅޭށޭ މީ ސީދާ ބޮޑެތި ވަގުން ކޮށްފައިވާ ބޮޑެތި ވައްކަން ތަކުގެ ތެރޭގައި ހިމެނޭ ފަސްމާމުލު ފަސް ވަގުން ކުރާ ޒާތުގެ ވައްކަމެކޭ ވައްކަމެކޭ ވައްކަމެކޭ ވައްކަމެކޭ ވައްކަމެކޭ ވައްކަމެކޭ ވައްކަމެކޭ

  13
 5. Anonymous

  ކޮއްކަމެއް މިސަރުކާރައް ގޯސްކޮށް ކުރެވުނީ މުޅިގައުމު ދަރުވާލާ އަޅުވެތިކޮއް އިސްލާމް ދީނައް ހަޖޫޖަހާ މާތް ﷲ އަށާއި ރަސޫލާއައް ފުރައްސާރަކޮށް ހަދަމުންދާއިރުވެސް ހަމަ މިސަރުކާރައް ރަނގަޅު

  13
  1
 6. ހަޑިމިލޭރު

  އެހެން ގައުމޢްގައިނަމަ މިހާރު މިނިސްޓަރު އަމިއްލައަށް އިސްތިޢުފާ ދޭނެ. ލަދުނުގަންނާނެ ސަންޑޭގަ އަވަހަށް އޮފީހަށް ނޖކުންނަން ތައްޔާރުވޭ. އަމީނޫ.

  15
  1
 7. ރަޝީދު

  ކީކޭދެންބުނާނީ. މާކުރިންވެސްއެގުނުމިކަހަލަގޮތަކަށް މިކަން ހިންދާލާނެކަން. ހުރިހާވާހަކައެއްދައްކާއެތަށް ބަޔަކަށްހިތަށް އެރިހާއެއްޗެއްކިޔާފައޭރުއެއެުުޅުނީކޮންމެވެސްކަމެއްގެ އަޑު ކަނޑުވާލުމަށްކަމަށް ބޮޑަށްވައްތަރީ. ރައީސް ޔާމީންގެ ރަގަޅުކަމަކީ ޖެހިލުމެއްނެތިފިޔަވަޅުއަޅަންކެރިވަޑައިގަންނަވާތީ. މޮޅެއް ދެރައެއް މުންސަންޖެއް ރަށްޓެއްސެއް ބޭބެއެއް ކޮއްކޮެއެއްނޯންނާނެ.

 8. ާއަހުމަދު

  ގޯސް އެއްވެސް ކަމެއްނެތޭ ބުނަނީ އެއްޗެތީގެ އަގުދަނީ މައްޗައް 12ރ ލިބުނު ކޯކުފުޅި މިހާރުލިބެނީ 15ރ އަށް

 9. ދުނި

  ގޯހެއް ނޯންނާނެ ސަރުކާރަކައް