އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ޕާކިސްތާނަށް ވަޑައިގެން އެއް ބައެއްގެ ނަޒަރުގައި ހިންގެވީ "ބޮޑު ޖަރީމާ"އެކެވެ. އަނެއް ބައެއްގެ ނަޒަރުގައި އެއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ވިޔަފާރީގެ ގުޅުން ބަދަހި ކުރަން ދެ ބޭފުޅުން ކުރެއްވި ދަތުރުފުޅެކެވެ.

ހަގީގަތަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މިހާތަނަށް އައިއިރު، މާ ބޮޑު ވިޔަފާރީ ގުޅުމެއް ގާއިމް ކުރެވިފައެއް ނުވެއެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ގުޅުމެއް ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ބާއްވަނީ ކަމަށް ވެދާނެއެވެ. އެކަމަކު، މިއީ ރާއްޖޭގައި އަމަލު ކުރަމުން އަންނަ ހާރިޖީ ސިޔާސަތާ ހިލާފު ކަމެއް ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. ރާއްޖޭގައި ހާރިޖީ ދެ ސިޔާސަތެއް އޮވެގެން ނުވާނެ ކަމަށް ގަބޫލު ކުރާ މީހުން ވެސް އެބަތިބިއެވެ.

ޑިމޮކްރަސީ ކުރިއަރާފައިވާ ގައުމުތަކުގައި ހާރިޖީ ސިޔާސަތުތައް ކަނޑައަޅަނީ ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަކުންނެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ކަނޑައެޅޭނެ ސިޔާސަތެއް ނޫނެވެ. އެކަމަކު، އެ ސަރުކާރެއްގެ ހާރިޖީ ސިޔާސަތާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އިދިކޮޅު ފަރާތްތަކަށް ލިބެއެވެ. އެކަމަކު، ބޭރުގެ ގައުމަކާ ގުޅިގެން ހާރިޖީ ސިޔާސަތުތައް ނިންމުމަކީ އެއް ބައެއްގެ ނަޒަރުގައި ބުއްދިވެރި ގޮތެއް ނޫނެވެ.

ޕާކިސްތާންގެ ނޫހެއް ކަމަށްވާ "ބިޒްނަސް ރިކޯޑާ" ގައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު ޝިޔާމާއި ޣައްސާން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ފަސް ވިޔަފާރިވެރިއަކު ޕާކިސްތާން ނޭޝަނަލް ޝިޕިންގ ކޯޕަރޭޝަން (ޕީއެންއެސްސީ) ގެ ހެޑް އޮފީހަށް ވަޑައިގެން ކަނޑުމަގުން ޕާކިސްތާނުގެ ކަރާޗީ އާއި ސްރީލަންކާގެ ކޮލަމްބޯ އަދި މާލެއާ ދެމެދު ފެރީ ނިޒާމަކުން ގުޅާލުމުގެ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. މި މަޝްވަރާތަކުގައި ޕާކިސްތާނުގެ ހައިކޮމިޝަނަ ވައިސް އެޑްމިރަލް އަތަ މުޚްތަރް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ޕީއެންއެސްސީގެ ޗެއާމަން ޝަކީލު އަހުމަދު މެގްނެޖޯ އާއި އެގްޒެކިއުޓިވް ޑިރެކްޓަރުން ރާއްޖޭގެ ވަފްދާ ބައްދަލު ކުރެއްވި އިރު، މި ބައްދަލުވުމުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑައިރެކްޓް ޝިޕިން ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަކާ މެދުގައި ފުޅާ ދާއިރާއެއްގައި އެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެއެވެ.

މި ބައްދަލުވުމަށް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ޖެއްސެވީ ޖޯކެވެ. އަދި ރާއްޖެ އާއި ޕާކިސްތާންއާ ދެމެދުގައި ފެރީގެ ނިޒާމަކުން ގުޅާލުމަކީ "ބުއްދި ހުރި" އެއްވެސް އިންސާނެއް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެ ބައްދަލު ކުރެއްވުމުގައި ފޮރުވިފައިވާ ކޮންމެވެސް ހަގީގަތެއް އޮތް އިރު، އާންމުންނަށް ތިލަ ނުވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިދިކޮޅުގައި ތިބެ، ބޭރު ގައުމަކަށް ގޮސް، އެކި ފަރާތްތަކާ ބައްދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިކަމުގައި ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޑްމިރަލް އަތަ މުޚްތަރް އިދިކޮޅު ފަރާތްތަކަށް ބައްދަލުވުން މަގުފަހިކޮށް ދެއްވި ނަމަ، އެއީ ސަފީރަކަށް ހުންނަވައިގެން ކުރައްވަން "ހެޔޮވާ" ވަރުގެ ކަމެއް ނޫނެވެ. އަދި އެ ބައްދަލުވުމުގައި ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ ފިކުރަށް ތާއީދު ކުރާ ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ރައްޔިތުންގެ މަޖިލިހަށް ބަލައިފި ނަމަ، އެ މަޖިލިސް ތަމްސީލް ކުރައްވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަޑައިގަންނަވާނެ ރާއްޖެ އިން ބޭރަށް ދަތުރެއް ކުރައްވާ ނަމަ. އަދި އެ ބައްދަލުވުންތަކުގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ. އެކަމަކު، މިފަހަރު އެކަން އެ ދިޔައީ ގޯހުން. އަނެއްކާ ފެރީގެ މަޝްވަރާތަކޭ ކުރީ ބުނީމަ އެ ކަން ގަބޫލު ކުރަން ދަތި،" އޮފިޝަލް ވިދާޅުވިއެވެ.

ހާރިޖީ ސިޔާސަތުތައް ދިރާސާ ކުރައްވާ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ވެސް އިދިކޮޅު ފަރާތްތަކުން ކުރީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ފުރަތަމަ ކަމަކަށް ސަރުކާރުގެ ހުއްދައެއް ނެތި، މިފަދަ ބައްދަލުވުންތައް އިދިކޮޅު ފަރާތްތަކަށް ނުބޭއްވޭނެ. ބޭއްވިޔަސް، ހައި ކޮމިޝަންގެ ފަރާތުން ނުވަތަ އެބައެއްގެ ފަރާތުން ސަރުކާރަށް އެ މައުލޫމާތު ލިބެން ޖެހޭ. ހާރިޖީ ސިޔާސަތު ކަނޑައަޅަން ތިބޭ ބަޔަކީ އަބަދުވެސް ރައްޔިތުން އިންތިހާބު ކުރާ ސަރުކާރުގެ ވެރިން. އެއާ ހިލާފަށް އެއްވެސް މީހަކަށް އަމަލު ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ހާރިޖީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ދުނިޔޭގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ސަފީރެއްގެ ފަރާތުން މިފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، އެބޭފުޅަކާ މެދުގައި ފިޔަވަޅު އަޅައި، އަނބުރާ ގައުމަށް ގެނެއެވެ. އަދި އެ މަގާމަށް އާ ސަފީރަކު ކަނޑައަޅާފައި ވެސް އެބަހުއްޓެވެ.

ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރަކު ވިދާޅުވީ އިދިކޮޅުން ޕާކިސްތާނަށް ވަޑައިގެންނެވީ ހެޔޮ ނިޔަތެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެބޭފުޅުން ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގެ އިންޓަލިޖެންސް އެޖެންސީއާ ބައްދަލު ކުރެއްވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ކޮބައި ބޭނުމަކީ؟ ރާއްޖޭގެ މައުލޫމާތުތައް ޕާކިސްތާންގެ އިންޓަލިޖެންސާ ހިއްސާ ކުރީ؟ އަނެއްކާ ޕާކިސްތާނަށް ވަޑައިގެންނެވީ އެފަދަ މައުލޫމާތުތައް އެނގޭ ވަރުގެ ބޭފުޅެއް. އެހެންވެ މިކަން ބަލަން ޖެހޭ. ރައްޔިތުންގެ މަޖިލިހާއި ފުލުހުން ވެސް ތަހުގީގު ކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އެ މެމްބަރު ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ފެރީގެ ނިޒާމަކުން ގުޅާލައި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ އަށް މުދާ އެކްސްޕޯޓް ކުރެވިދާނެ ކަމަކަށް ގަބޫލު ނުކުރެއްވެއެވެ. އެކަމުގެ ސަބަބުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ދޮރުތައް އިތުރަށް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލުމުގެ ބިރާ މާ ބޮޑަށް ވެސް ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ވެސް ފުލުހުން ހިންގާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މީހުންގެ ތެރޭގައި ޕާކިސްތާންގެ ބައެއް ރައްޔިތުން ހިމެނޭ. މިއީ ނުރައްކާތެރި ކަމަކަށް ކުރިއަށް އޮތް ތަނުގައި ވެދާނެ. ރާއްޖެ އަށް ބިރު ބޮޑު ވާނެ،" އެ މެމްބަރު ވިދާޅުވިއެވެ.

ދެ ވަނަ އަށް އޭނާގެ ކަންބޮޑުވުމަކީ ރާއްޖެ ސަރަހައްދުގައި ޓެރަރިޒަމްގެ ހަރަކާތްތައް އިތުރަށް ފުޅާވެދާނެތީއެވެ.

"އަނެއްކާ މިއުޅެނީ ޓެރަރިސްޓު ނެޓްވޯކެއް ރާއްޖޭގައި ފުޅާ ކުރަންތޯ؟ މިކަމުގެ އެންމެ ފުނަށް އެބަ ޖެހޭ ފީނަން،" މެމްބަރު ވިދާޅުވިއެވެ.

އެކަމަކު، އެ ޕާކިސްތާންގައި އޮތް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ ހަމައެކަނި މަޝްވަރާ ކުރެއްވި ކަމަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ފެރީގެ ނިޒާމަކުން ގުޅާލުމަށް ކަމަށެވެ. އަދި އިތުރު އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިގްތިސާދު ކުރިއަރުވައި، ދިވެހިންނަށް ލާބަ އާއި މަންފާ ހޯދައި ދިނުމުގެ މަޝްވަރާއެއް އެއީ، މިކަމުގައި ފޮރުވިފައި ސިއްރެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއަކީ މިނިވަން، މުސްތަގިއްލު ގައުމަކަށްވީ އިރު، ރާއްޖޭން ތާއީދު ކުރަން ޖެހޭނީ އޭރަކު އޮންނަ ސަރުކާރެއްގެ ހާރިޖީ ސިޔާސަތުތަކަށެވެ. އެއްވެސް ގައުމެއްގައި ދެ ހާރިޖީ ސިޔާސަތެއް އެކަށައެޅިފައި ނޯންނާނެއެވެ. އެއީ ގޯހެކެވެ. އިދިކޮޅު ފަރާތް ކަމަށްވިޔަސް، ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅަކަށް ވިޔަސް، ބޭރު ގައުމަކަށް ގޮސް، އެ ގައުމެއްގެ އިސްވެރިންނާ ބައްދަލު ކުރައްވަން ވާނީ އޭރެއްގެ އޮންނަ ސަރުކާރުގެ ރުހުން ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ހަމިއްޓެ

  ކުރީ ސަރުކާރުގެ ރުހުން ލިބިގެންތަ އޭރުގައި އެމްޑީޕީގެ އިސްމީހުން އިންޑިއާ އަށް ގޮަސްގެން، އިގިރޭސި ވިލާތަށް ، ލަންކާ އަށް ގޮސްގެން ސަކަރާތް ޖެހީ؟ ލާރި ކޮޅެއް ލިބުނީމާ ޖަހާލި އާޓިކަލެއް ދޯ މީ؟

  217
  20
  • ޟަމީރު

   ބަރާބަރު ވާހަކައެއް...މަށަށް ބޮޑަށް ހީވަނީ މަސްތުވާތަކެއްޗާއެކު ޕާކިސްތާނުގެ ގިނަމީހުން އަތުލަނީ ގަސްދުގައިހެން އެމީހުން އަތައް މަސްތުވާއެއްޗެހި ދީގެން..ހާއްސަ އޮޕަރޭޝަނެއް ޕާކިސްތާނުގެ އަގުވައްޓަން..އިންޑިއާ އުފާކުރަން...ޓެރަރިސްޓުން އުފެދެނީ ޕާކިސްތާނުންކަން ދައްކަން އުކުޅެއް

   36
   6
   • ޒަވާޖް

    ދިވެހި ސަރުކާރު ތާއީދުކުރަނީ އިންޑިއާއަށް..އިންޑިއާ ރުއްސަން ޕާކިސްތާނުގެ އަގުވައްޓަން މަސައްކަތް ކޮށްފާނެ...

    23
 2. ެެެރރސަ

  ސާބަހޭ ޣައްސާން އަދި ޖެނެރަލް ޝިޔާމް ރާއްޖެއަށް ކުރިއެރުވުން ހޯއްދަވާ ދެއްވުމަށް ތިކުރަށްވާ ބުރަމަސައްކަތް ތަކަށް އައްސަރިބަހާ ސާބަސް

  183
  25
  • މޯލްޑިވިޔަން

   ހަކުރު

   17
   50
 3. އަލި

  ކުރީ ސަރުކާރުގެ މީހަކު ފޮޑިއެއް ޖެހިޔަސް މިސަރުކާރަށް ތާއިދު ކުރާ ބުރާންތިންނަށް ހަޖަމެއް ނުވާނެ.... މިސަރުކާރުގެ ވައިރސް ތައް ބޭރު ގައުމުތަކުގެ ގޮނޑި ދުއްވިވާހަކަ އިރުއިރުކޮޅާ ލިޔެބަލަ... ކެނެރީ ވައިރސް.. ގައުމަށް ޖެހިފައިވާ އެންމެ ބޮޑު ވައިރސ

  123
  11
 4. ދުންޏާ

  ޕާކިސްތާނަށް ވަޑައިގަތުމުގެ ނަތީޖާ އެބަފެނޭ! ޑުރަގުގެ ބޮޑެތި ޝިޕްމަންޓްތަށް ޕާކިސްތާނުން އެދަނީ ފޮނުވަމުން!

  24
  118
 5. ޗސ×އ

  ޢިންޑިއާ އައުޓް

  127
  8
 6. ޕަޓް

  މި ހާރު ވެރިކަމުގައި ތިބި މީހުން މުޅިދުނިޔެ ކުޑަކޮށް ދިވެހިރާއްޖެ ބަދުނާމުކޮށް ވޭތުވެދިޔަ ވެރިކަމުގެ 5 އަހަރު ހުރިހާ ކަރަތަކަށް ގޮސް ކުރީ ކޮންކަމެއްތޯ؟ ތިމާމެން ކުރިކަންތައް ތިމާމެންނަށް ހަލާލުވެފައި އެހެން ބައެއް އެކަން ކުރީމަ ގޯސްވެ ޙަރާމްވަނީ މީ ކޮން ކަހަލަ ޑިމޮކްރަސީއެއްގެ ހަމަތަކެއްތޯ؟ އޭރު އޮތް ޚާރިޖީ ސިޔާސަތާ އެއްގޮތަށްތޯ އޭރު އިދިކޮޅުގަ ތިބިމީހުން އުޅުނީ. ކިތައް ފަހަރު އެމްޑީޕީން އޭރު އިންޑިއާއަށް ދިޔަތޯ. އިންޑިއާ ސަފީރު ކިހާ ވަަރަކަށް އޭރު ތެޅިބޭލިތޯ

  112
  8
 7. އައްޑޫ މީހާ

  އެމް.ޑީ.ޕީ މީހުން އިދިކޮޅުގައި ތިބެގެން ބޭރުގެ ގައުމުތަކަށް ގޮސް ދިވެހިރާއްޖޭގެ އިޤްތިސޯދު ފުނޑާލަން ކުރި މަސައްކަތް މިނޫހުގެ ރިޕޯޓަރުންނަށް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވެނީތޯ؟ އެބައި މީހުން އިދިކޮޅުގައި ތިބެގެން ރައްޔިތުން އިންޑިއާއަށް ބޭސްފަރުވާ ކުރަން ދިޔައިމަ އެތެރެ ނުވެވޭނެގޮތްވެސް ހެދި އެތަކެއް ދުއްތުރާލެއް ޖެއްސި މިއަދު އެކަން ހަނދާން ނެތީތޯ؟ އެހެން ބަޔަކު ކުރީމަތޯ ހާރިޖީ ގުޅުމަށް ބުރޫއަރަނީ ؟ ހައިކޮމިޝަން ތަކުންނާއި ސަރުކާރުގެ އިދާރާތަކުން ހުއްދަނަގައިގެންތޯ ކެނެރީގޭ މޮޔަސޮރު އިގިރޭސި ވިލާތާއި މޯދީއާއި ބައްދަލުކޮށް ދެންވެސް ހުރި ގައުމުތަކަށް ގޮސް މީގެ ކުރިން ރައްޔިތުންނަށް ޖެއްސުންކޮށް ފުރައްސާރަކުރީ؟ އެމް.ޑީ.ޕީ މީހުން ދަސްކޮށްދިން ފިލާވަޅުތައް މިހާރު އެހެން ބަޔަކު ކުރީމަ ގޯސް! ރައްޔިތުންގެ ހަޔާތް ކަނޑުވާލާ އެކަކު އަނެކަކަށް ކުރި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިހްތިރާމާއި ގަދަރު ނެތިކޮށް މީހުންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެން ދަސްކޮށްދީފައި މިހާރު މިމީހުން ވެރިކަމަށް އައީމަ އަބުރުވެސް އޮވޭ އެހެން ކަނަތައްވެސް އޮވޭ މާދަމަވެސް މިބަލާވެރިކަން ވެއްޓުނީމަ އަބުރު ނެތިގެންދާނެ ހަމައެއް އިންސާފެއް ދަންނަ ބައެއް ނޫންވީމަ ވާނެގޮތް ! ެެެެެެެެެ

  94
  5
 8. އައުޓް

  ރައީސް އިބޫގެ ސަރުކާރަކީ އެއީ އެއްގޮތަކަށް ވެސް ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ނޫނޭ އެއީ އިންޑިއާ އާއި ގުޅިގެން މިރާއްޖޭގެ އިލެކްޝަންސް ކަމިޝަން މެމްބަރުންގެ ގޮތުގައި ތިބި ބޮޑެތި ވަގުންނާއި ގުޅިގެން ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އައި ވަގު ސަރުކާރެކޭ އެއީ ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ނޫނޭ އެއީ އިންޑިއާ އިން ގެނެސްގެން އުޅޭ ވަގުން ތަކެކޭ އިންޑިއާ އައުޓް ރައީސް އިބޫގެ ސަރުކާރު އައުޓް

  91
  12
 9. ްޤާސިމް

  ތިޔާއީދެވަގުން

  13
  44
 10. ުއުނދުޅި

  މިބައިގަނޑުމިއުޅެނީ ޗައިނާއިން އަޅާނުލީމަ ޕާކިސްތާނު ބޮލައްއެރިގެން ވެރިކަންވައްޓާލެވޭތޯ.
  ގައުމުގެ އެންމެބޮޑެތި ޙާއިނުންގެ ބައިގަނޑަކަށް މިކަމެއްނުވާނެ

  18
  103
 11. Anonymous

  ދެން އިންޑިޔާއަށްތައް ދާންވީ؟

  91
  9
 12. މިއަދު

  ޔާމީނުގެ މިލިއުން ކިޔަންފެށުނީމަ މަވީ ރުޅިގަދަ އެމްޑީޕީ ކުދިން އިދިކޮޅުގަތިބެ އިންޑިޔާ އެމެރިކާ އިގިރޭސިވިލާތަށް ދަތުރުކުރުން އަދި ބައްދަލުވުންތައް ބޭއްވުން އޯކޭ އިންޑިޔާ އައިކޮމިޝަނަށް ރައިސް ނަޝީދު ވައްދާ ފިލުވުން އޯކޭ

  52
  5
 13. ވިސްނާލުމަށް އެދެމޭ

  މޮޔަވާހަ ކަ ނުދައް ކަބަލަ ކޮއްމެ ރައްޔިތަ ކަށްވެސް ލިބިގެންވާ ހައްގެ ވިޔަފާރި ކުރުމަ ކީ..ޕާ ކިސްތާނުގެ ވިޔަފާރިވެރިންނާނގުޅިގެން ވިޔަފާރި ކުރުމަ ކީ ބަޔަ ކު މޭ ކަރަންވީ ކަމެނޫން. ޕާ ކިސްތާނުގެ ކާގޯ ކުންފުންޏަ ކާގުޅިގެން ދިވެހި ވިޔަފާރިވެރިންނަ އެމީހުންގެ މުދާ އެތެރެ ކުރެވިދާނެ ގާނޫނު މަނާ ނު ކުރާ ވިޔަފާރިއެއްނަމަ ކޮބާ މައްސަލައަ ކީ..މިޙަބަރު ދެފަހަރުމަތިން ލިޔުމުގެ ބޭނުމެބުނެބަލަ....އިންޑިއާގެ ވިޔަފާރިވެރިންނާ އިންޑިއާގެ ކާގޯބޯޓަ ކަށްނޫނީ ރާއްޖެއެތެރެވުން މަނަލީތަ...

  46
  3
 14. އަޒާ

  ރައީސް މައުމޫންގެ ވެރިކަމުގަޔާއި، ރައީސް ވަހީދުގެ ވެރިކަމުގައި އަދި ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އެމްޑީޕީ މީހުން މުޅި ދުނިޔޭގެ ހުރިހާ ޤައުމަކަށް ދަތުރުކޮށް ޤައުމުތަކުގެ ވެރިންނާއި ބައްދަލުކޮށް އެމްޑީޕީގެ ވެރިކަމުގައި އެމީހުންގެ ސިޔާސަތުތައް ވިއްކީ އެއީ ކޮން ކަހަލަ ޚާރިޖީ ސިޔާސަތެއްގެ ތެރެއިންތޯ މި ލިޔުނު ނޫސްވެރިޔާ ސާފުކޮށްލަދީފިއްޔާ ވަރަށް ރަނގަޅު..

  51
  5
 15. އުތުރުން

  އިންޑިއަން ހައި ކޮމިޝަނަށްވަދެ އެތަނުން ހިމާޔަތް ހޯދައިގެން
  އޮތްމީހާ އެ ކުރީހަމަ ރަނގަޅު ކަމެއްހޭ. ރާއްޖޭގެ ޓޫރިޒަމް
  ބޮއި ކޮޓް ކޮށް ރާއްޖެއަށް ހުރަސް އަޅައި ދުނިޔޭގެ އެ ކ ކިތަންތަނުގައި ރާއްޖެ ބަދުނާމު ކުރީ އޭރުގެ ސަރު ކާރުގެ ހުއްދަ
  ލިބިގެންހޭ؟

  49
  4
 16. އޭއާރު

  ޖެނެރަލް ޝިޔާމްއަކީ އިސްލާމްދީނާ ދިވެހި ރައްޔިތުންގެ ހައްގުގަ ފިދާވާން ކެރިހުރި ދިވެހި ގައުމައްޓަކައި ދިވެހި ސިފައިންތައްޔާރުކުރި އަދި ދިވެހި ސިފައިންނައްޓަކާ ފަހުރުވެރިވާ ވަތޮނީ ލޭހިނގާ ބޭކަލެއް. ދިވެހި ސިފައިންނަކީ ފިނދަނަތަކެކޭ ގޮވި، އިންޑިއާ މިގައުމު ހިފާނޭ ،ހިފިޔަސް އޯކޭ ކިޔާ މަގުމަތީ ޖަޑިބުހެދިގެން މިނިސްޓަރުކަމައް އަރާހުރި އަމާ ރިޔާ ކަހަލަ ލަޓޯފަޓޯ މީހެއްނޫން . ގައުމީލޭހިނގާ މީހުން ގައުމައްޓަކައި މަސައްކަތް ކުރާނީ ހަމައެކަނި މަގާމް ލިބުނީމަކާނޫނެވެ.

  26
  1
 17. ބޯހަލާކު

  ކޮބާ ތިކިޔާ 1 ހާރިޖީ ސިޔާސަތަކީ؟ ކުރީގެ ސަރުކާރުގައި އިންޑިއާ އޮތީ ދުސްމިނެއްގެ ގޮތިގައި މިސަރުކާރުން ޗައިނާ އެއޮތީ އެހިސާބައްލައިފަ މަންޑޭލާ އެދަނީ އަބަދު ޗައިނާއަށް ބަވަމުން މިތަނުގަ އިންޑިއާގެ ސިފައިނާ ހެލްކޮޕްޓަރާ މަތިންދާބޯޓުފަހަރު އެބަހުރި

  18
  1
 18. ނ

  ޢިނގިރޭސި ވިލާތުން ހިމާޔަތް ހޯދި....
  ޜާއްޖެ ހިފަން އިންޑިޔާ. ޢަށް ދައުވަތުދިން
  ޢެއީ ގައުމަށް ގައްދާރު ވުމަކީ...އެމްޑީޕީ މޮޔައިންނަށް
  މިވަރުން ސާފު ވާނެކަމަށް ހީކުރަން...
  ކެރަފާ ނަސީމު..ނަޝީދު..އަބްދުﷲ ޝާހިދު.

  22
  2
 19. ސުއްޓާ

  ބަލަ މިމީހުން ކުރަންވީމަ ހުރިހާކަމެއްވެސް ރަނގަޅު، ދީނާ ބެހެންވެސް ރަނގަޅު،

  20
  2
 20. ރާއްޖެ

  މިދިޔަ 40 އަހަރު ދިވެހިން ހަކުރު ވިއްކީ ގައްސާނު ޕާކިސްތާނަށް ގޮސްގެންތަ؟

  20
  7
 21. ހަސަދު

  ހަގީގަތް ވަރަށް ސާފު ގައުމު ހަލާކު ކޮށްލުން. ތިމާމެންނަށް މިހާރު ސަރުކާރު ތެރެއިން ލާރި ކެވެން ނެތުން.

  3
  18
 22. ރަދީފް ހުސެން

  މިދިޔަސަރުކާރުގަ ތިމާމެން އިދިކޮޅުގަތިބެ އިންޑިޔާއައް ލަންޑަނައް ގޮސް އަދި ލަންކާގެ ކުރީ ސަރުކާރާއެކީ ބައްދަލުކޮއްކުރީ ވިޔަފާރި ދަތުރުނަމަ މިއަދު އިދިކޮޅުގަ ތިބިމީހުން އެދަތުރުތައް ގިނަގިނައިންކުރުން މާއައުލާކައް މިގައުމައް މިހާލަތުގަ ވަރައްމުހިންމު.

  11
  2
 23. ގައުމީވާޖިބު

  މިސަރުކާރުގަ އެބައޮތްތަ ޚާރުޖީ ސިޔާސަތެއް މިތާނގަ ހިންގަނީ ބޭރު ގައުމެއްގެ ޚާރުޖީ ސިޔާސަތު މީ އަމިއްލަ ޚާރުޖީ ސިޔާތެއް އޮތް ގައުމެއްނޫން އާން ނަމަކައް އެބަހުރޭ ތިޔަނަން ކިޔާމީހަކު އެހެންވީމާ މިގައުމުގެ ކޮންމެ މީހަކައްވެސް ޚާރުޖީ ކަންކަމުގައުޅެވޭނެ އެއީ ގައުމީވާޖިބެއް އަދީބުއެކަންޏެއްނޫން ގައުމީ ވާޖިބުއަދާކުރާނީ އެނގިއްޖެތަ

  10
 24. ާސަލާމް

  ތީކަންނޭގެ ތި ޑްރަގް ޑީލަރުންނަކީ....ކޮން ބައެެއް ތީ

  1
  7
 25. ޟުގުރި

  މައުމޫނުގެވެެެ ރިކަށ1 އިންޑިޔާއިންވައްޓާލީ

  4
  1
 26. މޫސަ

  ނޫސްވެރިޔާ އަމިއްލަ ޚިޔާލައް ލިޔެލިޔެ ވަރުބަލި ވީއިރުވެސް މިކަމުމުގެ އެއްވެސް ހަގީގަތެއް އެއްވެސް ވަރަކަށް ނޭގިހުރެ ބޮޑުރިޕޯޓެއް ލިޔުނީތީ ހަމަ ހައިރާންވޭ

 27. ހާަޖަމު

  އެންމެހާ ދިވެހި ސިޔާސީންގެ ހަޖަމުކުރާބައި ސުންނާފަތި ވެފައިވާކަމަށް ނިންމަންޖެހޭ. ވަކި ޕާޓީއެއް އިދިކޮޅުގައި އޮންނައިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ގޮސް މަޝްވަރާކޮށް ހެދުން ރަގަޅުވެފަ އަނެއް ޕާޓީއަކުން ކުރުމުން ހަޖަމުނުވެ ބަނޑުގަ ވައިހެދި ބަނޑުފުއްޕާ މެއަށްތަދުވެ އިރިއިރިލަވާ ޖިންނިއަށް ކިޔަވާހިސާބަށް ދަންޏާ ގޯހެއް އެބައުޅެއެއްނު.