މޫނު ބުރުގާ އެޅި އަންހެނުންނަށް ވަޒީފާ ލިބުމުގައި ދަތިވުމާއި، އުނގެނުމުގައި ތަފާތު ކުރުމާއި، ވަކިކަހަލަ މަދު ދާއިރާއެއްގައި މެނުވީ މަސައްކަތް ކުރަން އެފަދަ މީހުންނަށް ފުރުސަތު ނުދޭ ކަމީ ރާއްޖޭގެ މުޖުތަމައުގައި ވެސް މަދުން ނަމަވެސް ހިނގަމުން އަންނަ ކަމެކެވެ.

މިދިޔަ ހަފްތާ ނިމެން އުޅެނިކޮށް ފެންމަތިވެގެން އައީ މިފަދަ ހިތްދަތި ވާހަކަތަކެކެވެ. މީސްމީޑިއާ މެދުވެރިކޮށް އެނގުނު ކަމަކީ މަންދު ކޮލެޖުގެ ދަރިވަރަކަށް، އޭނާ މޫނު ބުރުގާ އަޅާތީ ކިޔެވުމަށް އަލްވަދާއު ކިޔަން މަޖުބޫރު ކުރިކަމެވެ.

ސިމާނާ އަލީ ނަމަކަށް ކިޔާ ދަރިވަރަކަށް މަންދު ކޮލެޖުގެ ރެޖިސްޓްރާ ފޮނުއްވި އީމެއިލްގައި ވަނީ އޭނާ އަށް މަންދު ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދިން އިރު އޭނާ އަކީ މޫނު ބުރުގާ އަޅާ މީހެއްކަން ނޭނގޭ ކަމަށް ބުނެފައެވެ.

އެ އީމެއިލްގައި ބުނާ ގޮތުން މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުސޫލުގައި ބުނާ ގޮތުން ދަރިވަރުންގެ މޫނު ކުލާސް ގަޑީގައި ފެންނަން ހުރުމަކީ ލާޒިމު ކަމެެކެވެ.

އެހެންކަމުން އެކަން ފޯނު މެދުވެރިކޮށް ސިމާނާ އަށް އަންގާފައި ވާނެ ފަދައިން، އޭނާ ކުލާހުގައި ހުންނަން ބޭނުން ނަމަ މޫނު ނަގައިގެން ހުރުން ނޫން ގޮތެއް ނެތް ކަމަށް އެ ލިޔުމުގައިވެއެވެ.

އެހެން ނޫން ނަމަ އޭނާ ކުލާހުން ވަކި ކުރަން މަޖުބޫރުވާނެ ކަމަށް ބުނެ އެ ލިޔުމުގައި ވަނީ ސިމާނާ އަށް އިންޒަރު ދީފައެވެެ.

މަންދު ކޮލެޖުން ސިމާނާ އަށް މިގޮތަށް އެންގުމުން އޭނާގެ ކަންބޮޑުވުންތައް އޮއްސާލީ މީސްމީޑިއާއަށެެވެ.

" ކިކޭދޯ ބުނާނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ކިޔަވައިދޭ ތަނެއް. އެކަމަކު ދެރަ ކަމަކީ އެހެން ހުރިހާ ޔުނިވަސިޓީ ތަކުގައިވެސް މޫނު ބުރުގާ އަޅައިގެން ކިޔެވޭނެކަން މަންދު ކޮލެޖުގައި ތިބި ބަޔަކަށް ނޭނގުނުކަން،" ފޭސްބުކް އެކައުންޓުގައި ލިޔެފައިވެއެވެ.

ފާއިތުވި ތިން އަހަރު، 1،2،3 އަށް ދިވެހި މާއްދާ އުނގަންނައިދެމުން އަންނަ ސިމާނާ "ވަގުތަށް" ކިޔައި ދިން ގޮތުން އޭނާ މިއަހަރު ކިޔެވުން ފެށީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައެވެ. ބެޗެލަސް ޑިގްރީގައި ތައުލީމް ހާސިލްކުރުމަށްޓަކައި ދެ މަސްދުވަހުގެ ފީ ދައްކާފައި ވަނިކޮށް މިފަދަ ކަމަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.

" އޮރިއެންޓޭޝަންގައި އެނގުނީ މޫނު ބުރުގާ އަޅާކަން. އެހިސާބުން މި މައްސަލަ ގޯސްވީ. އަންގާރަ ދުވަހު ކިޔެވުން ފަށައިފި. ޓައިމްޓޭބަލާއި އެއްގޮތަށް ކުރިއަށް ދަނީ. އިތުރަކަށް ނުވެސް ގުޅާ. ޚަބަރެއްވެސް ނުވޭ. ވަރަށް ދެރަވި އަސްލު މިހެންވީމަ. ކިޔަވަންލީވެސް މިހާރު މޫނު ބުރުގާ އަަޅައިގެން ކިޔަވަދޭންވެސް ދެވޭތީ ވަރަށް އަސްލު ހީވެސް ނުކުރަން މިހެން ވެދާނެ ކަމަކަށް. އެހެން ޔުނިވަސިޓީގައި ވެސް އެބަ އުޅޭ ދެއްތޯ މޫނު ބުރުގާ އަޅައިގެން." އޭނާ ފާހަގަކުރިއެވެ.

އެމްކިއުއޭގެ ބަހަކީ ކޮބާ؟

މަންދު ކޮލެޖުން ސިމާނާ ކިޔެވުމުން މަހުރޫމްކޮށްފައި ވަނީ އެމްކިއުއޭގެ އުސޫލު އޮތް ގޮތުން ކަމަށް އެ ކޮލެޖުން ބުނެއެވެ. ނަމަވެސް މޫނު ބުރުގާ އަޅައިގެން ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި އުނގެނެން ނުދެވޭނެ ކަަމަށް ބުނެ އެއްވެސް އުސޫލެއްގައި ކަނޑައަޅާފައި ނުވާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ފާހަގަކުރައްވާފައެވެ.

އެގޮތުން އެމްކިއުއޭއިން ވަނީ ސިމާނާ އަށް ވެސް އެފަދަ އުސޫލެއް އެކުލަވާލާފައި ނެތްކަން ޔަގީންކޮށްދީފައެވެ.

" އަޅުގަނޑު އެޓޭޗްކުރިން މަންދުން ފޮނުވި މެއިލް އެ ބޭފުޅުންނަށް ފޮނުވި އީމެއިލްގައި. ވިދާޅުވި ލިޔުމުން ޖަވާބުދެއްވާނަމޭ. އެކަމަކު ފޯނުން ގުޅުއްވި އަޅުގަނޑަށް. ވިދާޅުވީ އެފަދަ އެއްވެސް އުސޫލެއް އެކުލަވާލާފައި ނުވާނެ ކަމަށް ވަރަށް ސާފުކޮށް،" ސިމާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެ އިދާރާއިން ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީއަކީ ރާއްޖޭގައި ހިންގާ ކޯސްތަކުގެ ފެންވަރު ބަލާ އޮތޯރިޓީއެއްކަމަށާ ސަރިވަރުން ހެދުންއަޅާ ގޮތް ކަނޑައާޅާ ފަރާތެއް ނޫންކަމަށް ވެސް ބުނެފައެވެ.

މަންދު ކޮލެޖުން ހަނު

މި މައްސަލައިގައި މަންދު ކޮލެޖުގެ ބަހެއް ހޯދަން ތަކުރާރުކޮށްކުރި ގުޅުމުން ވެސް ޖަވާބެއް ނުލިބެއެވެ. ނަމަވެސް މޫނު ބުރުގާ އެޅި އަންހެނަކަށް އުނގެނުމުގެ ފުރުސަތު ގެއްލުމުން އާންމުންގެ އެތައް ނުރުހުމަކާއި ފާޑުކިޔުމެއް އަމާޒުވި ނަމަވެސް، މަންދު ކޮލެޖުގެ ނިންމުން ބަދަލު ކުރަން އެ ކޮލެޖުން ވިސްނާފައެއް ނުވެއެވެ. އަދި އެ ދަރިވަރާއި ވެސް އިތުރު އެއްވެސް ވާހަކައެއް މިހާތަނަށް އައި އިރު ވެސް ދައްކާފައެއް ނުވެއެވެ.

"އަޅުގަނޑަކަށް ނުވެސް ގުޅާ ފަހަކުން، އަދި ޚަބަރެއްވެސް ނުވޭ" ސިމާނާ ބުންޏެވެ.

އެމްކިއުއޭ އިން އެފަދަ އުސޫލެއް ނެތް ކަމަށް ބުނި ނަމަވެސް މަންދު ކޮލެޖުން ސިމާނާ އަށް ކިޔެވުން ކުރިއަށް ދިއުމުގެ އަލިމަގެއް ދައްކަދީފައެއް ނުވެއެވެ. ނުހަނު އުންމީދާ އެކު ފެށި ކިޔެވުން ކުރިއަށް ގެންދަން ބޭނުން ނަމަ މޫނު ބުރުގާ ނަގައިގެން ކުލާހުގައި ހުރުން ނޫން ގޮތެއް މަންދުން އޭނާ އަށް އަދިވެސް ހުށަހަޅާފައެއް ނެތެވެ.

މޫނު ބުރުގާ އަޅާ އަންހެނުންނަށް މިކަން ދިމާވޭ

ރާއްޖެއަކީ ސައްްތައިން ސައްތަ މުސްލިމް ގައުމަކަށްވީ ނަމަވެސް މޫނު ބުރުގާ އެޅި މީހުންނަށް ވަޒީފާ އާއި ތައުލީމީ ގޮތުން ތަފާތުކުރުންތައް ތަކުރާރުކޮށް ދިމާވެެވެ. އެގޮތުން ސަރުކާރުގެ އެއްވެސް ސްކޫލެއްގެ ވަޒީފާ އަދާކުރާ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެ ކަމަށާއި އެއީ ސިވިލް ސާރވިސްގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާ، މޫނު ބުރުގާ އަޅައިގެން ތިބޭ މުދައްރިސުން ވަނީ ވަޒީފާއިން ވަކިކުރި މައްސަަލައެއް ކުރީ ސަރުކާރުގައި ވަނީ ފެންމަތިވެފައެވެ. އޭގެ ފަހުން އެ މުދައްރިސުންނަށް ވަޒީފާ ލިބުނީ މި ސަރުކާރު އައި ފަހުންނެވެ.

މީގެ އިތުރުން މިދިޔަ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރާ، މޫނު ބުރުގާ އެޅި އިދާރީ މުވައްޒަފަކަށް، ސްކޫލުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ގެއްލުވާލި މައްސަލައެއް ވެސް ފެންމަތިވިއެވެ.

މިކަހަލަ އެތައް މައްސަލައެއް ތަކުރާރިވާއިރު އެ ކަންކަން ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ. އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުންވެސް މިފަދަ މައްސަލަތަކުގައި ދޭ އަހަންމިއްޔަތުކަން ކުޑައެވެ. ނަތީޖާ އަކަށް ވަނީ މޫނުބުރުގާ އަޅާ މީހުންނައި މެދު ހިނގާ މިފަދަ ނޭއްގާނީ ކަންކަމުގެ ވާހަކަ މާ ބޮޑު މައްސަލައެއްގެ ގޮތުގައި ނުދެކި ފިނި ގޮތަކަށް ނިމިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. މޯލްޑިވިޔަން

    އަންހެނާގެ އަޑަކީ އައުރަ.ކިހިނެއް އޮންލައިން ކޮށް ކިޔަވާނީ.އެއްބައި ދީން އަނެއްބައި ކާފަރު

    26
    28
    • ނޭނގުނަސް ކިޔާތި

      ކަލޯ އިސްލާމްދީނަކު ނޯވޭ އަަންހެނާގެ އަޑަކީ އައުރައެއް ކަމަކަށް. ޖާހިލުވިޔަސް ބޮޑުވަރު!

      36
      12
      • މޯލްޑިވިޔަން

        ދޮގު ނަހަ ދާ.

        8
        11
        • މޯލްޑިވިޔަން

          އަންހެނުންގެ އަޑަ ކީ އައުރައެއް ނޫން... މަންދު ކޮލެޖު އިން ކުރީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް.... އަންހެން އުސްތާޒާއިން (ދީނީ އުސްތާޒާއިން) އުޅުއްވާ، އަންހެނާގެ އަޑަ ކީ އައުރައެއް ނޫން ... ގޭގަ ހުރެގެން ވާރޗުއަލީ ކިޔަވަން ހުރަސް އެޅުމަ ކީ ނިހާޔަތަށް އަނިޔާވެރި އަމަލެއް...... އަދި އެމް ކިއުއޭ އެބަ ކކިއައެއްނު!!!! 😡

          15
          7
        • މޯލްޑިވިޔަން

          ވަރަށް އަނިޔާވެރި ކޮލެޖެއް؛..... އެހެން ތާ ކަށް ވަދޭ.... ހިތްވަރު ކުރޭ...؛ ކިޔަވަން ހުރަސް އަޅާނީ ދަށު ދަރަޖަރަޖައިގެ ކޮލެޖަ ކުން

          17
          4
          • ޢަކްމަލް

            ތެންކްޔޫ! އެއްބަސް!

      • ކަލޯ

        ކަލޯ މޫނު ބުރުގާއެޅުމަކީ ވާޖިބެއްތޯ...؟ މޫނު ބުރުގާނާޅައިފިނަމަ ފާފަވެރިވާނެތޯ ؟
        މިކަން އަޅުގަނޑަށް ކޮންމެވެސް މީހަކު ސާފުކޮއްލަދެއްވުން އެދެން؟

        1
        5
        • ކަލޯމެން

          ޤުރުއާނުގަ އަންހެނާގެ އައުރައާއި ގުޅިގެން އޮންނަ އާޔަތް ޝަރަޙަ ކުރައްވާއިރު ބައެއް ޢިލްމުވެރިން އެއީ އައުރައަކީ މުޅިއަންހެނާގެ ހަށިހަނޑުކަމަށް އޮވޭ އަނެއްބައި ޢިލމުވެރިން އެއަށްވުރެ ލުއި ކުރައްވާ. ފިތުނައަކަށް މަގު ހުޅުވޭކަމަށްވާނަމަ މޫނު ނިވާ ކުރަންޖެހޭކަމަށްވެސް އޮވޭ. ކޮންމެއަކަށް މިކަހަލަ މޭރަމުން އެބަހުރި މޫނު ނިވާ ކުރުމާ ކުރުމާއި ބެހޭ ގޮތުން. ތަފްޞީލް ލިބިލައްވާނެ ދީނީ ސައިޓާއި ގުޅުންހުރި އާޓިކަލް ކިޔުއްވީމަ އިންޝާﷲ.

    • އަޑު

      ނޯމަލް ކޮށް ޓޯކް ކުރަން އަންގަވާފަވަނީ ޓޯކް ކުރަން ޖެހިއްޖެ ހާލަތެއްގަ. ހިތްބަލި މީހުންނަށް ފިތުނައަކަށް ވާނޭ ގޮތަށް އަޑަށް ބަދަލު ގެނެސްގެނޫން. ފިރިހެނުންވެސް އަޑުން އަންހެނުންނަށް ގަސްތުގާ ފިތުނަވެރިވުން ހުއްދައެއް ނުވާނެ. އަދި އައުރަ ނިވާ ކުރުމުގަވެސް އެންގެވި ގޮތަށް އަމަލު ކުރަންޖެހޭނެ ފިރިހެނުންވެސް. ދެބައިމީހުންނަށްވެސް ވަނީ ހަމަހަމަ ހައްގުތަކެއް. އެކަމް އެއީ ތަފާތުކޮށް. އެގޮތްތަށް ބަލާ ދަސްކުރަންވީނު ހިތަށް އެރިހާ ގޮތަކަށް ކޮމެންޓްނުކޮށް ދީން އޮތީ ފޮރުވާފައެއް ނޫން ވިއްޔާ

      19
      1
      • މޯލްޑިވިޔަން

        މީހަކު ހޭބަލިވެދާނެ

        2
        3
  2. ވަގުތު ކިޔާ މީހާ

    މަންދު ކޮލެޖުން ކިޔަވަން ފެށީމަ މައްސަލަ އަކީ. ތިތަނުގެ ވެރިންނަކީވެސް ފާޅުގައި އިސްލާމްދީނާއި ދުރު ވިސްނުން ގެންގުޅޭ ބައެއްކަން ދިވެހިން ދަނޭ

    67
    4
  3. ބުއްޅަބޭ

    މޫނުބުރުގާ އަޅަން ފަތުވާ ދެއްވި އިމާމުން މިއަދު މިސިޗުއޭޝަނުގައި ތިބިނަމަ އެބޭފުޅުންވެސް އެފަތުވާ ބަދަލުކުރާނެ ކަން ޔަގީން! މޫނުބުރުގާ ޔަކީ ޚިލާފް އުފެދިފަ އޮތް މައްސަލައެއް! ކަނޑަ އެޅިގެން ގުރުއާނުން އަދި ސައްހަ ސުއްނަތަކުންވެސް ކަނޑަ އަޅަފަކާނެތް.

    19
    45
    • 😷

      ތިކަމުގަ ސަބަބުތަކެއް ވާނެ. މާތްﷲ އަނގަވާފަވަނީ ވިސްނާ ފިކުރު ކުރާ ބަޔަކަށް ހެކިތަކެއްވޭ ކަމަށް.

      (33:53) .. އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ سؤال ކުރާށެވެ! ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ طاهر ކަންބޮޑީ އެގޮތެވެ. ..

      އާއިޝަތުގެފާނުވެސް މޫނު ބުރުގާ އެޅުއްވިކަމަށް ވޭ ސައްހަ ހަދީސްގަ. ..

      މާތްﷲ ހަޒުރަތުން ތެދުމަގު ލިބުން އޮތީ ވެސް ހޯދަން އުޅޭ ބަޔަކަށް.
      މޫނުބުރުގާވެސް އެޅީމާ ހިތްހަމަޖެހި އީމާންތެރިކަން އިތުރުވަނީ ކީއްވެ؟
      ބިރުވެރި އިންޒާރެއް ވޭ ނޫންތޯ އައުރަ ނިވާ ނުކުރާ މީހުންނަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެކަމަށް.

      ދެން ކޮންމެ މީހެއްގެވެސް އީމާންތެރިކަން އިތުރުވާ ގޮތެއްގެ މަތީގައި ހުރުން އެންމެ ރަނގަޅުވާނީ. އެކަލާނގެ ދެނެވޮޑިގެންވަނީ ކާކަށް ކޮން ގޮތެއްކަން ހެޔޮވާނީ 🤲

      48
      3
    • އެހެން

      މޫނު ބުރުގާ އެޅުން މަނާ ކުރަންވީ ކޮންކަމަކާ؟ މާތްﷲ އެއްވެސް މީހަކަށް ނުއުފުއްލޭވަރު ބުރައެއް ނުޖައްސަވާ. މިހާރު ދުނިޔޭގަ މޫނު ނިވާކޮށްގެން އަދި މަތިމައްޗަށް ހެދުންތަށް ލައިގެންވެސް ކިތަންމެކަމެއްވެސް ކުރެވޭ އެބަ. ކުރީގަ މޫނު ބުރުގާ އަޅާ މަދު މީހުންތަށް ވެފަވަނީ އާދަޔާ ޙިލާފު ބިރުވެރިކަމަކަށްވެސްމެ. އެކަމް ބަލާ މޫނުފޮރުވައިގެން ވަގުކަންކަން ކުރާ މީހުންވެސް ހޯދޭ އަބަދުވެސް އެބަ. ފާޅުގަ އުޅޭ ވަގުން ނުހޯދޭއިރު ހަހަ

      25
      4
      • މިޝެލް

        މިހާރު ހުރިހާ އެންމެން ތިބެނީ މޫނު ނިވައި ކޮށްގެން......

        16
  4. ހުސޭނުބޭ

    ދެ ޕީސް ގައި އުޅޭ މީހުން މަޖިލީހަށް ހޮވެފައި އެއީ މިނިވަންކަމަށްކަމަށްވާއިރު މޫނުބުރުގައި އަޅާއުޅުމަކީ އެމީހެއްގެ އަމިއްލަ މިނިވަންކަމަށް ނުވާންވީ ކީއްވެ! ތީ ވަރަށް ހެއްވާ އިންސާފެއް!

    41
    2
  5. ހުމޭ

    ކަންބޮޑުވާކަށް ނުޖެހެއެއްނޫން. ކޮވިޑާއިއެކީ މާސްކު އެޅެއެއްނޫން އެހެންވީމަ ކަޅުކުލައިގެ މާސަކެއް އެޅީމަ ތިކަން ހަމަޖެހުނީއެއްނޫން

    32
    2
  6. ކޮރުއިބލީސް

    ސިމާނާގެ ލާރިކޮޅު އޭނަޔާ ހަވާލުކުރޭ.. ތި ތަނައް ދަރިޔަކު ކިޔަވަން ފޮނުވަން ހިޔޮނުވާނެ.. ދީނައް ފުރައްސާރަ ކުރާ އިބިލީހެއް

    52
    1
    • ޙުސްނީ

      އޯގާތެރި ސަރުކާރުގައި މިކަހަލަ ކަންކަމެއް ނުހިނގާނެ..... 👏👏👏😅😅😅

      18
  7. ސަންގު

    ދެރަވެ މާޔޫސްނުވާށެވެ ވަގުތު ވަރަށްކައިރި މޫމިނުންނަށް މިނިވަންކަމާއެކު އުޅެވޭނެ.

    44
    1
  8. ޥާލުސޮރު

    މިސަރުކާރަކުން އެހެންނެއް ނަހަދާނެ

    10
    18
  9. މާސްކު

    މިހާރު އިބުރާ ވެސް އެހުން ނަނީ އަބަދު މުޅި މޫނު ނިވާ ކޮއްފަ...ހުރިހާ ދަރިވަރުން ވެސް..ޓީޗަރުންވެސް...ދެން އެންމެން ގެޔައް ފޮނުވާލާ އިބުރާ ބޭގަޑާ

    35
  10. ބީފާނު

    މަންދު ކޮލެޖުން މޫނުއަޅާ މީހުންނައް ފުރުސަތު ނުދިނުން އަހަރެމެން ހަިރާނެއް ނުވޭ

    17
  11. އަބްދުލްޣަނީ

    އަހަރެން މަތީ ތަޢުލީމު ޙާޞިލު ކުރީ އިސްލާމިކް ސްޓަޑީޒްގެ އާއި އިސްލާމިކް ސިވިލިޒޭޝަންސް އާއި ބެހޭ ގޮތުން. އަދި އަހަރެން ކިޔެވި އެއްޗަކުންނާއި ކުރި އަމިއްލަ ދިރާސާގެ އަލީގައި މައުލޫމާތެއް ހިއްސާ ކޮށްލާނަން.

    މޫނު ބުރުގާ އަކީ އިސްލާމްދީނާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން. އިސްލާމް ދީނުގައި އަޅަން އަންގަވާފައި ވަނީ ޙިޖާބް (އާއްމު ބަހުން ނަމަ ބުރުގާ). ނިގާބު (އާއްމު ބަހުންނަމަ މޫނުބުރުގާ) އަކީ އަރަބިކަރައިގެ ބަދަވީންގެ ސަގާފީ ހެދުމެއް. މާ ފަހުން ސައުދީ އަރަބިއްޔާގައި ފާޅުވި ހަރުކަށި އަބްދުލް ވައްހާބު ނަމަކަށް ކިޔާ ހަރުކަށި ފިކުރުގެ ފަންޑިމެންޓަލިސްޓެއް ވަނީ މިކަހަލަ ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ ބައިވަރު ބިދުޢަތައް އިސްލާމްދީނަށް ވައްދަން މަސައްކަތް ކޮށްފައި.

    އަހަރެން މިވާހަކަ ދެއްކީމަ ބައެއް މީހުންނަށް މި ހަގީގަތް ހަޖަމެއް ނުވާނެ. އެކަމު މީ ދައްކަންޖެހޭ ވާހަކަތައް.

    14
    44
    • ޥާލުސޮރު

      ޢެހެން ވިއްޔާ މަތީ ތައުލީމު ހާސިލުކުރިކަމަށް ބުނެ ތިހެދީ ބޮޑުދޮގެއް އަބުދުލް ވަހާއްބުގެ ވާހަކަ ބުނެދީފަ ތިއޮތީ އެކޮޅުކޮޅުން އަދި ތިޔަ ކިޔެވި އެއްޗެއްގެ ފައިދާ ތިކުރީ ނޫހަށް ކޮމެންޓުކުރަން ރަނގަޅަށް އަބުދުލް ވައްހާބުގެ ވާހަކަ އަދި ކިޔާލާ

      25
      5
      • ފަތާބެ

        ވާލުސޮރު ކަހަލަ މީހުން ތަނެއް ދޮރެއް ނޭނގި އުޅޭ ކަހަލަ ކީބޯޑު ސޭކުންނަށް މާ އެނގެނީ. ކިޔަވައިގެން ތިބޭ މީހުންނާއި ޖަދަލު ތިޔަ ކުރަނީ ވާނުވާ ނޭނގި.

        އަބްދުލްގަނީގެ ވާހަކައަށް ތާއީދު.

        2
        17
      • މޯލްޑިވިޔަން

        އެއީ ތެދު. އޮޅުވާލަން ނޫޅޭ

  12. ޙާލަތު

    މޫނު ބުރުގާ އަޅާ އުޚްތުންނަށް ދުއްތުރާކޮށް މަންދު ކޮލެޖްގައި ސީދާ ސެކިއުލަރ ފިކުރު ފަތުރަން އިބްރާ ގެ ގަޑިތަކުގައިވެސް އިބްރާ މަސައްކަތް ކުރާތީ އިބްރާ ގެ ކޮލެޖް މިވަގުތުން ވަގުތަށް ބަންދުކުރަންޖެހޭ.

    29
    4
  13. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ، ދަނބުފަށުވިގެ

    يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا މިއީ ހަތްއުޑުގެ މަތިން ބާވައިލެއްވި ފޮތުގައި ބަޔާންކުރައްވާފައިވާ ބަޔާންކުރުމެވެ. ބާވައިލައްވާފައިވާ ބާވައިލެއްވުމެވެ. އަންގަވާފައިވާ އެންގެވުމެވެ. ދަރުމަކުރައްވާފައިވާ ދަރުމަކުރެއްވުމެވެ. އަންހެން ކަނބަލުން ކަނބަލުންގެ ޝަރަފަށް ރައްކާތެރިވުމުގައި ކުރައްވާ ކަންތައްތަކަށް ފިރިހެން ބޭފުޅުންގެ ދީލަތި އެހީފުޅު ވަރަށް މުހިންމެވެ.

    17
    2
  14. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ، ދަނބުފަށުވިގެ

    އަންހެން ކަނބަލުން ކަނބަލުންގެ ޝަރަފަށްޓަކައި ކުރައްވާ ކަންތައްތަކަށްވެސް ފިރިހެން ބޭފުޅުންގެ ދީލަތި އެހީފުޅު ވަރަށް މުހިންމެވެ. يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا މިއީ ހަތްއުޑުގެ މަތިން ބާވައިލެއްވި ފޮތުގައި ބަޔާންކުރައްވާފައިވާ ބަޔާންކުރުމެވެ. ބާވައިލައްވާފައިވާ ބާވައިލެއްވުމެވެ. އަންގަވާފައިވާ އެންގެވުމެވެ. ދަރުމަކުރައްވާފައިވާ ދަރުމަކުރެއްވުމެވެ.

    13
    1
  15. ޙައްޕު

    މމމމމމމމޫނުބުރުގާ އެޅު މަކީ ވާޖިބެއްނޫން.ދެން ދިވެހިން އާއް މުކޮށް އުޅޭގޮތް ބަދަލުކޮށް އުޅު މުގެ ބޭނު މަކީ އަޅެފަހެ ކޮބާ.އިސްލާ މް ދީނަކީ މުޖުތަ މަޢުގެ މަސްލަހަތު ހިފެހެއްޓމަށް ބާރުއަޅާ ދީން.މ މިޒަ މާނުގައި. މޫނު ނިކާކޮށްގެން އުޅު މަށްވުރެ ތި މާއަށް ވެސް ރައްކާތެރީ އެހެން "ބޯހަ މަޖެހޭ މީހުން އުޅޭގޮތަށް" އުޅުން.

    7
    27
    • ހހހހ

      ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުންނަކީ މިއަދު އަހަރެމެން އަންހެނުން ނަމޫނާއަކަށް ބަލަންވީ ފަރާތްތަކަކީ. އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކޮށް ފުރިހަމަ އިސްލާމި ޖިލްބާބުން ޖިލްބާބްވެ ނިވައިވެފައިވަނީ. ﷲގެ ރުއްސެވުން ހޯއްދަވާ ތެދުމަގުގައި ސާބިތުވެ ހުރެ ސުވަރުގޭގެ މަތިވެރި ނިޢުމަތް ހޯދުމަށްޓަކައި އެންމެ ފުރިހަމަ ސަޙާބިއްޔާއިންގެ ޢަމަލުތަށް ބެހެއްޓެވި ގޮތަކަށް ނޫންތޯ އަހަރެމެންގެ ޢަމަލުތަށް ބަހައްޓަންވީ؟ މޫނު ބުރުގާ ނުވަތަ ނިޤާބް އަކީ ވާޖިބެއް ކަމުގައި ނުވި ނަމަވެސް އެކަނބަލުންގެ ޢަމަލުފުޅުތަކާއި އެއްގޮތަށް އުޅެން މަސައްކަތްކޮށް ﷲގެ ރުއްސެވުން ހޯއްދަވަން ބޭނުން ނަމަ އެފަދައިން ފުރިހަމައިން ނިވާވުމެއް ނޫންތޯ މުހިއްމީ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވަނީ އަހަރެމެންނަށް އެންމެ ފުރިހަމަ ގޮތް ބަޔާންކޮށްދޭވާފަ. އެއަށް އިންކާރު ކޮށް އެގޮތަށް ޢަމަލުތަށް ނުބެހެއްޓުމާ ބެހެއްޓުން އެއީ ތިމާއަށް ދެއްވާފައިވާ އިޚްތިޔާރު. ހެޔޮގޮތެއް އޮށްވާ އެއަށްވުރެ ދެރަ ގޮތެއް އިޚްތިޔާރެއް ނުކުރާނެ ކަންނޭނގެ ހެޔޮ ވިސްނޭ ބުއްދިވެރިއެއް.

      އެހެން ނޫނަސް އަންހެނާގެ ޢިއްޒަތާއި ޤަދަރު ހާމަވަނީ ނިވާކަން ކުޑަވީ ވަރަކަށް ނޫނެއް ނޫންތޯ؟ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ މޫނުބުރުގާ އަޅާ ކަނބަލުން މޫނުބުރުގާ އެޅުމުން އެހެން ބޭފުޅުންނަށް އެހާ އުނދަގޫ ވަނީ ކީއްވެކަމެއް. މިއީތޯ ގިނަ ބޭފުޅުން މިއަދުގެ މުޖުތަމަޢުގައި އެންމެ ބާރަށް ވަކާލާތުކުރާ "ބޭނުން އެއްޗެއް ލުމުގެ މިނިވަންކަމަކީ"؟

      4
      2
  16. لو

    ރާއްޖޭގަ ގާނޫނަކީ وضعي قانونއެއް ރާއްޖޭގަތިބީ
    އިބިލީހުން

    19
    2
    • ތަކަނޯ

      ކަލޭ އަވަހަށް ސީރިޔާ އަށްދާންއުޅޭ. މި ރާއްޖޭގައި ތިޔަ ހަރުކަށި ފިކުރަކަށް ޖާގަ އެއް ނެތް.

      5
      24
      • Anonymous

        ކަލޭ ނިކަން ހަރުކަށި ފިކުރަކީ ކޮބާ ކަން ބުނެދީބަލަ.

        12
        1
  17. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    moonaai dhe aiy thila fiyaa inheytho

    3
    8
  18. ާަަަ

    ގޭގަމަސް ކައްކާން އޮވެބަލާ

    6
    16
    • Anonymous

      ކަލޭ މަސްކައްކާން ގޭގައިއޮވެބަލަ މާ ތާހިރުވާނެ

      10
      2
    • މޮޔަ ކަލޭގެ

      ކަލޭ މަސްބާނަބަ

      7
      1
  19. ހެޔޮނުވާނެ

    ތިތަނުގެ ވެރިކަލޭގެއަށް ހަލާކު ހުރި،މުސްލިމުންނަށް ބޮޑު ލަދެތްނު،ހުވާމިބުނީ މާމަ އިލޮށިފަތިން ލަޑާފާނަން🤦

    13
    2
  20. ައަހުމަދު

    ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެދަރަޖަ ލިބުނީމަ ނިމުނީ އެކަމަކު މިޤައުމުގެ ގިނަކަންތައް އަމަލު ކުރަނީ އިސްލާމް ދީންގައި އޮންނަ ގޮތަކަށް ނޫން ދެން ތިކަހަލަ ކަންތަޢްހިނގީމަ އެކަމާ އަޖައިބެއް ނޫވޭ ، އެކަމަކު ތިކުއްޖާއަށް ތިހެން ދިމާވީމަ ދެރަވޭ، ސަރުކާރުން އެބަޖެހޭ ތިކަމަށް އަވަސް އެކްޝަނެއް ނަގަަަަަަަން އެނޫނީ އެކުއްޖާގެ ހައްގެއް ގެއްލެނީ.

  21. Anonymous

    ދިވެހިންގެ ދިރިއުޅުމާއި އިސްލާމް ދީނަކީ ވަކިނުކުރެވޭނެ ދޭތި.

    6
    1
  22. ދުރުމި

    މިވަގުތު ރާއްޖޭގައި އުޅޭ އެންމެން އުޅުނީ މޫނުއަޅިގެން ވަޒީފާ ވެސް އަދާ ކުރެވޭ ކޮބާ މައްސަލަ އަކީ

    8
    1
  23. ޙަދީޖާ

    އަހަންނަށް ވެސް ދިމާވި ތިމައްސަލަ. 2 އަހަރު ކިޔެވިން އެކަމު 3 ވަނަ އަހަރު މަޖުބޫރުވީ އެހެން ކޮލެޖަކަށް ބަދަލުވަން. މިހާރު މިއުޅެނީ ބިޒްނަސް ސްކޫލުގައި އެތަން ވަރަށް ރަނގަޅު.

    5
    1
  24. ޒާ

    އަމިއްލައަށްނޫންތަ ފުރުސަތު ނަގާލީ؟

    1
    7
  25. އަބްދޫ

    މިނިވަން އަންހެނާގެ އައުރަޔަކީ މޫނާ ދެއަތްތިލަ ނޫންހާ ތަން.މުޅިހަށިގަނޑު ނިވާކުރަން ވަހީ ކުރައްވާފަ ވަނީ ރަސޫލާ ގެ އަނބި ކަނބަލުންނާ ދަރިދަރި ކަނބަލުންނާ މުއުމިންތަކުގެ އަނބިންނަށް. މުސްލިމް އަބްހެނާ މުޅި ހަށިގަނޑު ނިވާކުރުން ރަނގަޅު.ރަސޫލުﷲ ގެފާނުގެ އަނބިއަނބި ކަބަލުންނާ ދަރިދަރި ކަނބަލުންނަށް އެއްގޮތްވާން ބޭނުންވާ ނަމަ ގޭގަ ތިބުމަށް އަންގާފަ އޮތް ވަޙީގެ އާޔަތަށްވެސް މޫނުބުރުގާ އަޅާމީހާ ތަބައަ ވާން ޖެހޭނެ

    4
    8
  26. އާޝޯހު

    މި ސަރުކާރުން މޫނު އަޅައިގެން ވަޒީފާއަށްދާް ހުއްދަ ދިނީ . ބަޔަކަށް ކިތައްމެ ހަޖަމު ނުވިޔަސް

    1
    4
  27. Anonymous

    އައުރަ ނިވާ ނުކޮށް ދެވޭ. ބުރުގާ ނާޅާ ދިޔުން ހަމަ އޯކޭ.. އެކަމު މި ގޮތް ކަމަކު ނުދޭ؟ ކިހާ ހެއްވާ

    7
    3
  28. ބެއްޔާ

    އޮކްސްފޯޑުން އޮންލައިންކޮށް ކިޔަވާ ކުދިންނަށް އެފުރުޞަތު އޮވޭ. މިހާރުވެސް މިރާއްޖޭގެ ކުދިން އެބަކިޔަވާ. ދެން މަންދުކޮލެޖްމީ އެއަށްވުރެ ޔަހޫދީބައެއްތާ. ވިސްނުންދަށީ ނޫނީ ޖާހިލުކަން ބޮޑުވީ

    4
    1
  29. އޖއ

    ބަޔަކު މޫނު ނުފޮރުވިގެން މިއުޅޭ ސަބަބެއް ނުވިސްނޭ.. މޫނަކީ ކޮންމެހެން ފޮރުވަން ޖެހޭ ތަނަކަށް ނުވާތީ ތޯ..
    އެހެން ނޫނަސް ދިވެހިންގެ ތެރޭގައި ތިބުނާހާ ސޯލިހު ކަނބަލުންނެއް ނޫޅޭ

    1
    6
    • 🤫

      ސޯލިހުންނަކީ މަދު ބައެއް ދުނިޔޭގަ. ދިވެހިންތެރޭގަ ތިބި ސޯލިހުން ތިބާއަށް އަކަށް ނޫން މާތްﷲ ދެނެވޮޑިގެންވަނީ

      6
      2
  30. ރެެެެެ

    ސޯލިހާ މީ ބޮޑުކަމެއް މިކަމަށް ހައްލެއްބޭނުން މި ޖަޒީރާ ސަރުކާރުގަ އަންހެނުންގެ ހައްގުތައް ގެއްލޭގޮތަށް ކިޔަވާދޭ ކޮލެޖް ތައް ބަންދުކުރަންޖެހޭ ވަކްތުން ވަކްތަށް ފިޔަވަޅު އަޅންޖެހޭ ކޮބާތޯ ޝިމާނާގެ ގެއްލުނު ހައްޤުތަށް ހޯދަންޖެހޭ މިސަރުކާރުން

    2
    1
  31. ޢަބްދުލްމުހައިމިން

    ތިޔަ ކޮލެޖު އުވާލަބަލަ. މަތީ ތަޢުލީމު ފޯރުކޮށްދޭނަމޭ ކިޔައިގެން ޢާންމު ރައްޔިތު މީހާ ފެލަނީ. އިބްރާ އާއި އޭނާ ޢާއިލާގެ ބައެއް މީހުންނަކީ އިސްލާމް ދިނަށް ނަފްރަތުކުރާ ބައެއް. މީގެ ކުރިން އިބްރާ ދެއްކި ވާހަކަ ހަނދާންކޮށް ބަލަ.

    5
    2
  32. ...

    ޢޯ މައި ގޯސް

    1
    4
  33. ރޯނުއެދުރު

    ސައްތައިން ސައްތަ އިސްލާމޭ ކިޔާއިރު ދައުލަތަށް ހޯދާ އާމްދަނީގެ ވަރަށް ބޮޑުބައެއް ރަލާ އޫރުމަހާ ސިނގެރޭޓުން ހޯދާ މިފައިސާ އާންމުންނަށް ކިޔަވައިދޭށާ މުުސާރަދޭށާ ބޭސްފަރުވާއަށް ހޭދަކުރޭ ހަރާމް ކަންކަންކޮށްގެން މިގޮތަށް ހޯދާ ފައިސާއިން ހިދުމަތްތަށް ހޯދުމަށް ކަލޭމެން ލަދެއް ހަޔާތެއް ބިރެއްނުގަންނަނީކީއްވެ؟ ތިއަޅާ ބުރުގާއަކާ ހަމައިން ދީނީކަންކަންތި ނިންމަނީ ކީއްވެ؟ މިގޮތަށް ހޯދޭފައިސާއިން މާތް ނަބިއްޔާ އާއި އެބޭކަލުގެ އަނބިއަނބިކަބަލުން ކައިބޮއި ދިރިއުޅުމުގެ މުހުތާދުތަށް ފުއްދަފާނެކަމަށް ގަބޫލުކުރަނީތަ؟