ފަންސޫރު ކުލަ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވަރަށް އާދައިގެ ކުރެހުމެކެވެ. ފަހަރުގައި އެއީ މޮޅު ކުރެހުމަކަށް ނުވެދާނެއެވެ. ކުރެހުމުގައި ފެންނަނީ ހަރު އުމުރުފުރައިގެ ފިރިހެނަކާއި ޒުވާން އަންހެން ކުއްޖެއްގެ ތަސްވީރެވެ. އެކަމަކު އެ ކުރެހުމުގެ މާނަ ފުނެވެ. ކުރެހުން ހާއްސަ ވަނީ އެ ސަބަބާއެވެ.

ދިވެހި ފަންނާނުންގެ ކުރެހުންތައް އާންމުންނަށް ދައްކާލުމަށް ކޮންމެ އަހަރަކު ބާއްވާ މައުރަޒު "އަންވީލިން ވިޝަން" ގައި މި އަހަރު ވެސް ތަފާތު މޮޅު ހުށަހެޅުންތައް ހުރިއެވެ. މާލޭގައި ހުންނަ އާޓް ގެލެރީގައި ދައްކާލާފައިވާ ފުރިހަމަ ރީތި އެކި ކުރެހުންތަކުގެ ތެރެއިން ފުރޭނިގެން އައިސް ގިނަ ބަޔެއްގެ ސަމާލު ކަމަށް އެއީ އެއް ކުރެހުމަކީ ޒުވާން ސުމާ ހަސަން 20، ގެ ކުރެހުމެވެ.

ސުމާ "ވަގުތަށް" ކިޔައި ދިން ގޮތުގައި އެ ތަސްވީރުގައި ފެންނަ ދޮށީ އުމުރުގެ ފިރިހެނަކީ އޭނާގެ ބައްޕަ ހަސަން ސައުދެވެ. ޒުވާން އުމުރުގެ ފުރާގެ އަންހެން ކުއްޖާއަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އައިޝަތު ސުވޭމާއެވެ.

ލ. އިސްދޫއަށް ނިސްބަތްވާ މި އާއިލާގައި ހިމެނޭ ބައްޕަ ވަނީ ސުމާގެ އުމުރުން އެންމެ ދެ އަހަރުގައި މި ދުނިޔެ ދޫކޮށްފައެވެ. ލޯބިވާ ބައްޕަ ދުނިޔެ ދޫކޮށްދިޔައިރު، ތަސްވީރުގައި ފެންނަ، ސުމާގެ ކޮއްކޮއަށް މަންމަ އިނީ ބަލިވެއެވެ. ތަގުދީރުގައި އޮތް ގޮތެއްގެ ސަބަބުން ސުމާގެ ކޮއްކޮއަށް ބައްޕައާ ބައްދަލު ކޮށްލަން ވެސް ފުރުސަތެއް ނުލިބުނެވެ. އަދި އެ ދެބަފައިންގެ ފޮޓޯއެއް ވެސް އެކުގައި ނެގިފައެއް ނެތެވެ. ބައްޕައާ ބައްދަލު ކުރުމުގެ ފުރުސަތެއް ކޮއްކޮއަށް ނުލިބުމުގެ އިހްސާސް ކޮއްކޮއަށް ކުރެވޭ ކަން ސުމާ ބުންޏެވެ.

"ކޮއްކޮ އަބަދުވެސް ބައްޕަ އާއި އަޅުގަނޑު ފޮޓޯ ބަލައިގެން ދެރަވެފައި އިންނަކަން އަޅުގަނޑަށް އިހުސާސް ކުރެވިފަ އެބަ ހުރި، ކޮއްކޮ ކުޑައިރު އެބަ ހުރި ބައެއް ފަހަރު އެ ޝަކުވާ ކޮށްލާފަ ވެސް، އެހެންވެ އަޅުގަނޑަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން ކޮއްކޮއާއި ބައްޕަގެ ފޮޓޯއެއް އެ ފްރޭމެއްގެ ތެރެއިން ދައްކާލަން ބޭނުންވެފައި ހުރީ، މި ފުރުސަތު އެ ކަމަށް ހާައްސަކުރީމި،" ސުމާ ކިޔައި ދިނެވެ.

ސުމާ "ވަގުތަށް" އިންޓަވިއު ދެނީ.---ވަގުތު އިމޭޖަސް

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ސުމާއަށް ލިބުމުން އޭނާގެ ކޮއްކޮ، ސުވޭމާއަށް މި ހާއްސަ ހަބަރު ވަގުތުން ދިން ކަމަށް ސުމާ ބުންޏެވެ. މައުރަޒުގައި ބައިވެރިވާން ލިބުނު ފުރަތަމަ ފުރުސަތުގައި ސުމާ ހުށަހަޅައިދޭ ކުރެހުން ހާއްސަ ކުރާނީ ކޮއްކޮއަށް ކަމާއި ކޮއްކޮއަަށް ދެވޭ ހަދިޔާއެއް ކަމަށް ބުންޏެވެ ކޮއްކޮ އާއި ބައްޕަ އެއް ފްރޭމަކަށް ގެނެސްދޭނެ ކަމަށް ވެސް ބުންޏެވެ.

"ވަރަށް ކުރިން ފެށިގެން ވެސް ސުމާ ބޭނުންވި މިގޮތަށް ކުރަހަން. ކޮއްކޮ އާއި ބައްޕަ އެއް ފޮޓޯއެއްގަ ލާން. އެހެންވެ ފުރުސަތެއް ލިބުނީމަ ދެން ކުރާހާލީ. ސުމާގެ އެ ކުރެހުމަކީ ކޮއްކޮއަށް ދިން ހަދިޔާއެއް، ކޮއްކޮއަށް އެނގޭނީ ކުރެހުމަށް ހަދަންވާ ގޮތެއް ވެސް، މައުރަޒު ނިމުމުން ކޮއްކޮއަށް ކުރެހުން ދޭނަން، މިއީ ހަމަ ކޮއްކޮއަށް ހާއްސަކުރި ކުރެހުމެއް،" ސުމާ ބުންޏެވެ.

ސުމާގެ ކުރެހުން.--- ވަގުތު އިމޭޖަސް

 

އުމުރުން ވަރަށް ޅަ އިރުއްސުރެން ފެށިގެން ކުރެހުމެއް ޝައުގުވެރިކަން އުފެދުނު ސުމާ މި ކުރެހުން ތައްޔާރުކޮށް ނިންމީ، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. އެ ކުރެހުން ބިނާ ކުރަން ބައްޕަގެ ފޮޓޯއަކާއި ސުމާގެ ކޮއްކޮގެ ފޮޓޯއެއް ހޯދުމުގެ މަސައްކަތް ކުރިއެވެ. ސުމާ ވަރަށް ޅައިރު ނަގާފައިވާ ބައްޕަގެ ފޮޓޯއަކާއި މިދިޔަ އަހަރު ނަގާފައިވާ ކޮއްކޮގެ ފޮޓޯއެއް އޭނާ އިހްތިޔާރު ކުރިއެވެ. ތަފާތު ދެ ޒަމާނެއްގެ ދެ ފޮޓޯއެއް ގުޅުވާލަން ޖެހުމުން ބައެއް އުނދަގޫތަކެއް ވެސް ހުރިކަން ސުމާ ފާހަގަކުރިއެވެ.

"ބައްޕަގެ ފޮޓޯއާ އެއް ލައިޓިންއެއް އިންނަ ކޮއްކޮގެ ފޮޓޯއެއް ހޯދަން ޖެހުނު، ދެން ވެސް ސީދާ އެއް ގޮތް ފޮޓޯއެއް ދިމާނުވުމުން އިހްތިޔާރު ކުރި ދެ ފޮޓޯ ގުޅުވަން އަމިއްލައަށް ބައެއް ބަދަލުތައް ގެންނަން ޖެހުނު، ބައްޕަގެ ފޮޓޯ އެއީ ވަރަށް ކުރީގެ ފޮޓޯއެއް ވީމަ ނުސާފުކޮށް ހުރީ ވެސް، އެހެންވެޔާއެކު ވެސް ބައެއް ދިމާ އަމިއްލައަށް ބަދަލުކޮށްލަން ޖެހުނު،" ސުމާ ކިޔައިދިނެވެ.

"މަންމަ ބުނި ބައްޕައާ ވަރަށް ވައްތަރޭ ވެސް އެ ފޮޓޯގައި." އެ ކުރެހުން ހުށަހެޅުމުން ސުމާއަށް އެންމެ ހާއްސަވި ކަންކަން ހިއްސާކުރަމުން ބުންޏެވެ.

ސުމާ ކުރަހާފައިވާ ތަސްވީރެއް

ކުރެހުމުގެ އެކި ބާވަތްތަކަށް ޝައުގުވެރިކަން ހުންނަ ސުމާ ބުނި ގޮތުގައި، އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ސުމާގެ ކުރެހުމުގެ ހުނަރަށް ދެމުން އަންނަ ހިތްވަރާއި އެކު އޭނާގެ ހިތުގައި އެކަމަށް އޮންނަ ލޯބި ދުވަހުން ދުވަހަށް އިންތިހާ އަށް ބޮޑުވަމުންދެއެވެ.

އެކަމަށް އެ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ސުމާ ބުންޏެވެ.

"ކުޑައިރުން ފެށިގެންވެސް ކުރަހަން. އަބަދުވެސް ޕެންސިލް ޑްރޯވިންސް ހަދަން. ސްކޫލްގަ އުޅުން އިރު ޓީޗާސް އަށްވެސް ވަރަށް ފެންނާނެ ސުމާ ކުރަހާ އެއްޗިހި. ދެން (ޓީޗަރުން ބުނާނެ) ރަނގަޅުވާނެއޭ ސުމާ އާޓްސް ކިޔަވަން. ދެން މާލެ އައިސްފަ ކޯސް ހަދަން ފެށީ. ވިޝުއަލް އާޓްސް" ސުމާ އޭނާ ކުރެހުމުގެ ދާއިރާއަށް ވަދެގެން އައި ގޮތް ކުރުކޮށް ހިއްސާކޮށްދިނެވެ.

ސުމާ ކުރަހާފައިވާ ތަސްވީރެއް

ޕޯޓްރޭޓްސް އާއި ފަންސޫރު ކުރެހުންތަކާއި އެކްރިލިކް ޕެއިންޓްސްތައް ވެސް މިހާތަނަށް ތައްޔާރުކޮށްފައިވާ ދިވެހި މި ފަންނާނުގެ އަމާޒަކީ މި ދާއިރާއިން ކުރިއަށް ދިއުމެވެ. އަބަދުވެސް އާ ގޮތްތައް ބޭނުންކޮށްގެން ކުރުހުމަށް މަސައްކަތް ކުރުމެވެ. މިފަދަ ގޮތްތައް ބޭނުންކޮށް ދާއިރާގައި އާ ތަޖުރިބާތައް ވެސް ހޯދުމެވެ. ކޮންމެ ކުރެހުމަކުން ތަފާތު ވާހަކައެއް ވެސް ބުނެދޭން ބޭނުމެވެ. މި އަހަރުގެ މައުރަޒުގައި ސުމާގެ ލަނޑުދަނޑިއަށް ދެވިއްޖެކަމަށް ބެލެވެއެވެ. "ސިމްޕަލް" ކުރެހުމަކުން ސުމާގެ ދިރިއުޅުމުގެ "ހާއްސަ" ވާހަކައެއް މުޖުތަމައަށް ދޫކޮށްލެވިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ؟؟؟؟ Pl

    Pl

    Pl؟؟؟ Za

  2. ޖައިޓް

    ވަރަށް ސަޅި. ހުނަރުވެރިންގެ ހުނަރު ފެންނަ މިފަދަ މައުރަޒުތަކާއި ޕްލެޓްފޯމްތައް ގިނަ ގިނަ އިން ބާއްވައި ފުރުސަތު ހޯދައި ދޭންޖެހޭ.

    6
    3
  3. ހަޒީމް

    ދިރޭ ތަކެއްޗާއި އިންސާނުންގެ ތަސްވީރު ކުރަހާ މީހާއަށް އާޚިރަތުގައި އެންމެބޮޑު ކުއްވެރީންގެ ގޮތުގައި ބެލެވެއެވެެ. ގަބޫލު ނުކުރެވޭނަމަ ހަދީސްފޮތްތައް ބަލައި ދިރާސާކުރާށެވެ. އަދި ބޮޑެތި އިލްމުވެރީންގެ ރައުޔުތައް ބަލާށެވެ.

    33
    4
  4. ރިފާއު

    ދެން އިސްލާމުން ތިބެންވީ ގަބީލާ ވެފަ ގުދުރަތުން ދެއްވި އެއްވެސް ހުނަރެއް ބޭނުން ނުކޮށތަ! ބަލަ އިސްލާމުން ވެސް އެކި ފަންނު ތަކުގަ ކުރި އަރަން އަންގާފަ އޮތީ! އިސްލާމްދީނަކީ އުދަގޫ ބޯދާ ދީނެއް ގޮތުގަ ނަހަދަމާ ބަހީ! ހުނަރު ދެއްވަނީ ވެސް މާތް ކަލާގެ!

    5
    14
    • ކޮރޯނާ

      ބްރޯ މަވެސް މީ ކުރަހާ މީހެެއް އެކަމު ގަބޫލު ކުރަން ކީރިތި ރަސޫލާގެ ހަދީޘް. ފުރާނަ އެޅުއްވި އެއްވެސް ކުރެހުމެއް ހަރާމް. އެނޫންނަސް ކުރެހޭނެ އެއްޗެހި ހުރޭ ބްރޯ. ލޭންޑްސްކޭޕް، ސީސްކޭޕް، ސްޓިލްލައިފް، އެބްސްޓްރެކްޓް. އަދިވެސް އަދިވެސް. ރަނގަޅަށް ދީން ނޭންގޭ ބުރާންތިން މި ޤައުމުގަ މި އުޅެނީ. ޕިސްޕިސް

      9
      2
      • ✍️

        صلي الله عليه و سلم

  5. ރިފާއު

    ކޮން ބްރޯ އެއ ކިޔާކަށް! ތި މީހަކު ވެސް ހުސް އަނގަ ތި ލައްވަނީ! އެއްމެ ގިނައިން އިސްލާމްދީނޭ ކިޔާ ގޮވާ މީހާ އެއްމެ ނުބައި ދީނުން ބޭރު ކަންތައް ވެސް މި ބިމުގަ ކުރަނީ! މީހުން ކުރެހުމަކީ ވެސް ކުރެހުމުގެ އެއް މަސްދަރު! ވަކި ކަމެއް އުނި ކުރާކަށް ނޯވޭ! ހުނަރު ކުރި އަރުވަންވީ! ނިޔަތް ބޭނުން ވަނީ! ބުދަށް އަޅުކަން ކުރުމުގެ ނުވަތަ ފާހިޝް ކަމެއް ގެ ގޮތުގަ ސޫރަ ނުކުރެހީމަ ނިމުނީ! އަކުރު ގަ ނުހިފާ މުޅި ހަދީސް އށް ވިސްނާލާ!

    5
    1
  6. اللهم صل وسلم على نبينا محمد

    ސުމާ މޫނުބުރުގާ އަޅާބަ

    2
    1