"ލޭންސްލޭ ސްލިމިން ކޮފީ" ގެ ހަ ކޮފީ ޕެކެޓު ހިފައިގެން ސައިކަލްގައި ގޮސް މަޑުކޮށްލީ ކޮފީ ބޭނުންވި މީހާ ބުނި ހިސާބެއްގައެވެ. އެއީ ހުޅުމާލޭގައި އާންމުކޮށް މީހުން އުޅޭ ސަރަހައްދާ އެހާ ކައިރި ހިސާބެއް ނޫނެވެ. އެތަނުގައި މަޑުކޮށްލުމަށް ފަހު، އަނެއްކާ ވެސް ގުޅާލީމެވެ. އޭގެ މިނިޓެއްހާ އިރު ފަހުން ބަލާލި އިރު، މިއީ އާންމުކޮށް ދިވެހިން ތިބޭ "ސައިޒާ" އެއްވަރުގެ ސައިޒްގެ އަންހެނެއް ނޫނެވެ.

"މި ބޮއެގެން އަހަރެންގެ ހަށިގަނޑަށް އެއްވެސް ބަދަލެއް އަންނާނެތަ؟ އަހަރެން ހިކިދާނެތަ؟ ކަލޭމެން ހަމަ އެއްޗެއް ގެނެސްފައި ވިއްކަނީ ދޯ؟ މިއިން އަހަރެންގެ ހަށިގަނޑަށް ލުއި ވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެކަމަކު އަހަރެން މި ކޮފީގެ އަޖުމަ ބަލަން ބޭނުން،" އާދައިގެ ކޮތަޅަކަށް ލާފައި އޮތް ހަ ކޮފީ ޕެކެޓު ދިވެހި އަންހެން މީހާ އަށް ދިއްކޮށްލުމާ ގުޅިގެން އޭނާގެ ފަރާތުން އަހަރެންނަށް މި ސުވާލުތައް އަމާޒު ކުރުވިއެވެ.

މާލެ އަށް އުފަން ހައްވާ މުނާ 35، އަތަށް މިދިޔަ މާޗް މަހު ފުރަތަމަ އެ ކޮފީ ޕެކެޓުތައް ދިން އިރު، ބަރުދަނަކީ 88 ކިލޯއެވެ. އެކަމަކު، މީގެ ދެ ދުވަހެއް ވަރު ކުރިން މުނާއާ ބައްދަލުވި އިރު، އޭނާގެ ބަރުދަނުގައި ހުރީ 65 ކިލޯއެވެ. އެންމެ ހަތް މަސް ތެރޭގައި 23 ކިލޯ ލުއިވީއެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި ހަށިގަނޑު އެހާ ބޮޑަށް ލުއިވި ސަބަބާ މެދުގައި ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އެހާ ބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް، އޭނާގެ ރައްޓެހިން ގަބޫލެއް ވެސް ނުކުރެއެވެ. މުނާ ސިފަ ކުރާ ގޮތުގައި މިއީ ހަޔާތުގައި ވެސް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ.

މުނާ ކިޔައި ދިން ގޮތުގައި، މިއީ "ލިބޭ" އިން ވިއްކަމުން އަންނަ ލޭންސްލޭ ސްލިމިން ކޮފީގެ ހުރި ބާރެވެ. މުނާގެ އެންމެ ބޮޑު ވާހަކައެއްގެ ގޮތުގައި ފާހަގަ ކުރީ، ކޮފީ ބޮއެގެން ކެއުމަށް އަންނަ އާދަޔާ ހިލާފު ބަދަލުތަކެވެ. ކޮފީ ބޮއެގެން ކެއުން ބަދަލު ކުރަން އެވާ މަޖުބޫރެވެ. ހަމައެގޮތަށް ގަވައިދުން ދުވަން ގޮސް، ކަސްރަތުކޮށް ހެދުމަކީ ވެސް މުނާގެ އާދައިގައި ހަރުލި، އެހާ ފަސޭހަ އިން ކާމިޔާބު ހޯދި ކަމެކެވެ.

"އަހަރެން ހަމަ އަންތަރީސްވެފައި މި ހުންނަނީ. ދުވަހަކު ވެސް އުންމީދެއް ނުކުރަން މިހާ ލުއި ވާނެ ކަމަކަށް،" މުނާ ބުންޏެވެ.

އެއީ ބޮޑު ހަގީގަތެކެވެ؛ މުނާ ކޮފީ ބޮއެ، ކެއުމަށް ބަދަލު ގެނެސް، ކަސްރަތުކޮށް އުޅެން ފެށުމުގެ ކުރިން އޭނާ ހޭދަ ކުރީ އުނދަގޫ ދުވަސްތަކެކެވެ. ހަމަ ނިދި ނުލިބި އެތައް ދުވަހެއް ވަންދެން އެނދުގައި ފުރޮޅި، އޮންނަން ޖެހިފައިވެއެވެ. ނިދިން ހޭލާ އިރު، ދެފައިގައި ރިއްސައެވެ. ތެދުވާން އަމިއްލަ ތަގްދީރު ދެކޮޅު ހަދައެވެ. ތެދުވެ ރަނގަޅަށް ހިނގައިގަނެވޭނީ ނިދިން ހޭލެވޭތާ އިރުކޮޅެއް ފަހުންނެވެ. ބޮލުގައި އެހާ ވަރަށް ރިހެއެވެ.

ހަށިގަނޑު އެހާ ބޮޑަށް ފަލަވުމުގެ ސަބަބުން މީހާ ހެލިފެލިވެ އުޅުމަކީ ބޮޑު ބުރައެކެވެ. މުނާ އޭރު ބޭނުންވީ އަބަދުވެސް އެނދުގައި އޮވެ ކަންކަން ކުރާށެވެ. އެއީ ކެއުމާއި ބުއިން ކަމުގައިވިޔަސް، އެނދުގައި އޮވެ ނިންމާލަނީއެވެ. ފޮނި އެއްޗެހި ކެއުމަށްހުރީ ދެވި ހިފާފައެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް އެއްވެސް ވަރަކަށް ޝައުގުވެރިކަން ނުހުންނަނީއެވެ. އާފަލެއް ނޫނީ އޮރެންޖެއް ދިއްކޮށްލިއަސް ބުނަނީ ނޫނެކޭއެވެ.

އެކަމަކު އެއީ މިހާރު މާޒީއެވެ.

ކަމެއް ކުރުމަށް އަޒުމް ކަނޑައަޅައިފި ނަމަ، އެކަމެއް ކާމިޔާބު ކަމާއެކީ ހާސިލްވާން އެހާ ގިނަ މުއްދަތެއް ނުނަގާނެއެވެ. ބޭނުން ވަނީ ހިތްވަރެވެ. ފަރުވާތެރިކަމާ އެކު ކެއުންބުއިމުގެ އާދަތައް ގެންގުޅެ، ކަސްރަތުކޮށް ހަދާ ނަމަ، މިއީ އެއްވެސް މީހަކަށް ނުވާނެ ކަމެއް ނޫނެވެ.

"ހަގީގަތުގައި ކެއުމަށް ބަދަލު އައުމުގެ މައިގަނޑު އަސްލަކީ ކޮފީ. އަހަރެން ހީކުރީ، ކޮފީ ބޮއެގެން ކެއުމާއި ބުއިމުގެ އާދަތަކަށް ބަދަލު ނާންނާނެ ކަމަށް. އަދި އެންމެ ގިނަ ވެގެން އަހަރެންގެ ބަރުދަން ވެއްޓޭނީ އެންމެ 10 ވަރަކަށް ކިލޯއަށޭ. މި ހުރިހާ ކަމެއް ބަދަލުވުމުގެ އަސްލަކީ ކޮފީ،" މުނާ ބުންޏެވެ.

މުނާ ބުނި ގޮތުގައި ކަސްރަތު ކުރުމަށް އެންމެ ބޮޑު ހިތްވަރެއް ދިން ބަޔަކީ އާއިލާގެ މެމްބަރުންނެވެ. އެމީހުން ހިތްވަރު ނުދިން ނަމަ، މި ބަދަލު އޭނާގެ ހަށިގަނޑު ފެނިގެން ހިނގައިދާނެ ކަމަކަށް މުނާ ގަބޫލެއް ވެސް ނުކުރެއެވެ. މަސައްކަތްކޮށްފި ނަމަ އެފަދަ ނަތީޖާއެއް ހޯދުމަކީ ނުވާނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. މުނާ ކިޔައި ދިން ގޮތުގައި ކޮންމެ މީހަކު ވެސް އެމީހަކު އަޒުމް ކަނޑައަޅާ ކަމަކަށް ކުރިމަތިލާންވީއެވެ.

މުނާ މިހާރު ފެންނަނީ ސިއްހީ ގޮތުން ދުޅަހެޔޮ މީހެއްގެ ގޮތުގައެވެ. ކޮފީ ބުއިމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކުރަން ފެށުމާ އެކީގައި މުނާގެ ކެއުން ބުއިމަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން އާދައިގެ ހަނޑުލާއި ރޮށި ކެއުން ހުއްޓާލިއެވެ. އޭގެ ބަދަލުގައި ކަމުން އަންނަނީ ބްރައުން ރައިސް އާއި ބްރައުން ޕާސްތާ ފަދަ އެއްޗިއްސެވެ. އެއަށް ފަހު ހަށިގަނޑު ފައިދާ ހުރި ތަރުކާރީ އާއި މޭވާއެވެ.

މުނާ ކެއުން ގެންގުޅޭ ގޮތް:

- ހެނދުނު: އޯޓްސް، ދެ ބިސް، މޭވާ އާއި ކޮފީ

- މެންދުރު: ބްރައުން ރައިސް ތަރުކާރީ ހިމަނައިގެން، އަދި ކުޑަ ކުކުޅު ކޮޅެއް

- ރޭގަނޑު: ބްރައުން ރައިސް ކުކުޅު ކޮޅަކާ އެކު، ކޮފީ

- ގަވައިދުން މޭވާ ބޭނުން ކުރޭ. އެއީ ހެނދުނާއި މެންދުރާއި ހަވީރާއި ރޭގަނޑު.

ކޮންމެ ދުވަހަކު ދެ ފަހަރު ކެއުމުގެ 20 މިނެޓު ކުރިން މުނާ ބުއި މި ކޮފީއަކީ ކުރިން ސުރެ އޭނާގެ ކިބާގައި ހުރި ބޮޑު އާދައަކާ އެގޮތަށް ދުރަށް ދާން ޖެހުނު މައިގަނޑު ސަބަބެވެ. މިއީ އަޖުމަ ބެލުމަށް ގަތް ކޮފީގެ ސަބަބުން މުނާގެ ހަށިގަނޑަށް ލިބުނު ފަރުވާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިޝް

    މުނާގެ ފޮޓޯއެއް ޖޖޖ ޖަހާލިނަމަ ސަޅިވީސް

    55
    4
  2. މަށޭ

    ހަމަ ތިގޮތަށް ހަށިގަނޑު ފަލަކޮށްދޭނެ ކަހަލަ ޕްރޮޑަކްޓެއްވެސް ގެނެސްބަލަ ދޯ

    22
    3
  3. ލޭޑީ

    މާޝާﷲ 😘

    18