އައްޑޫ ސިޓީ އަށް ވާރޭ ވެހޭ ދުވަހެއް ނަމަ، ގިނަ މަގުތަކުގައި އޮންނަނީ ޗަކަ ހެދިފައެވެ. ފެން ބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް އިންތިހާ އަށް ދަތިވެއެވެ. ރާއްޖޭގެ ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީން މި މަންޒަރު ފެންނަތާ އެތައް ޒަމާނެއްވެއްޖެއެވެ. އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމުގެ ވައުދު ކޮންމެ ސަރުކާރަކުން ވެސް ދެއެވެ. އެކަމަކު، އެކަން އަދި އޮތީ ހަގީގަތަކަށް ނުވެއެވެ.

ސ. ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ގަމަކީ ތާރު މަގަކުން ގުޅިފައިވާ ރަށްތަކެވެ. އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެރަށުގެ މަގުތަކުގެ ހާލަތު ކަމަށްވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ އެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމެވެ. އެ މަސައްކަތް ކުރުމަށް ރާއްޖެއާ އެންމެ ގުޅުން ބަދަހި އަވަށްޓެރި އިންޑިއާ އިން އޮތީ ތައްޔާރަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގު 147.1 މިލިއަން ޑޮލަރަށް އަރައެވެ. ޓެންޑަރިން މަރުހަލާގައި މި މަޝްރޫއު އޮތް އިރު، މަގު ހެދުމުގެ މަޝްރޫއު 24 މަސް ތެރޭގައި އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ.

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ފެންބޮޑުވެފައި -- ވަގުތު އިމޭޖަސް: މުޙައްމަދު އަޒްހީމް

މި މަޝްރޫއުގެ ތެރޭގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމު ކުރަން ވަނީ ހަމަޖެހިފައެވެ. އަދި 3.315 ކިލޯ މީޓަރުގެ މަގުތައް ރީސަފޭސް ކުރުމަށް އަމާޒު ހިފާފައިވެއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ މަހުއެވެ.

އާ މަޝްރޫއާ އެކު އައްޑޫ އަށް ބްރިޖެއް!

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި މަޝްރޫއުގައި ގާތްގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުމަށް ވަނީ ރާވައިފައެވެ. އަދި އައްޑޫގެ ހުރިހާ ރަށެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ހަމަޖެހިފައިވެއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުން ހިތަދޫ އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ މަގު، ހަތަރު ލޭނު ހިމެނޭ ގޮތަށް (ކޮންމެ ބްރިޖެއްގައި ދެ ލޭން) ދެ ބްރިޖެއް ހަދާނެއެވެ. ގާތްގަނޑަކަށް 1.5 ކިލޯ މީޓަރު ހުންނަ ސަރަހައްދެއްގައި މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ސަރަހައްދުގެ ގޮނޑުދޮަށް ހިމާޔާތް ކުރާނެއެވެ. އެއް ބްރިޖުގެ ދިގުމިނުގައި 450 މީޓަރު ދިގު މިނެއް ހުންނާނެއެވެ. އަނެއް ބްރިޖުގައި 210 މީޓަރެވެ.

މިއީ މާލެ ސިޓީ ފިޔަވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ބޮޑު ބްރިޖެއް އަޅާ ފުރަތަމަ ފަހަރެވެ.

މި މަޝްރޫއުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމެވެ. އެގޮތުން ޕްލޭންގައިވާ ގޮތުން ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އާއި މަރަދޫ އާއި ހުޅުމީދޫގައެވެ. މި ނިޒާމު ގާއިމު ކުރުމުގެ ސަބަބުން ވާރޭ ވެހި މަގުތަކުގައި ފެން ހެދިއްޖެ ނަމަ ފަސޭހަ އިން އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުތަކުން ފެން ހިންދާލެވޭނެއެވެ. މިއީ އައްޑޫގެ ގިނަ ރައްޔިތުން ކުރާ އިންތިޒާރެކެވެ.

އައްޑު ސިޓީ، ފޭދޫ ސްކޫލް ސަރަހައްދު-- ފޮޓޯ: އިބްރާހިމް ރަޝީދު

މަގުތައް ހެދުމުގެ އިތުރުން 228 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިތަދޫ، ހުޅުދޫ/މީދޫގެ 38 ހެކްޓަރުގެ (ދެ ރިސޯޓު ހިމެނޭ ގޮތަށް ފަސް ހެކްޓަރު) ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ. އަދި މަރަދޫ އާއި މަރަދޫ-ފޭދޫގެ 75 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ދެކޭ ގޮތުގައި، އައްޑޫގައި ހިންގާ މަޝްރޫއުތަކުގެ ސަބަބުން އައްޑޫ އަށް އަންނަ އިންވެސްޓަރުން އިތުރުވާނެއެވެ. ހާއްސަކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން އިތުރު ރިސޯޓުތައް ހެދުމަށް މަގުފަހިވާނެއެވެ. އެހެންވެ، މިއީ ރާއްޖޭގެ އިގްތިސާދަށް އައިސްފައި އޮތް ހީނަރުކަމުން އަރައިގަނެ، އިގްތިސާދު ވަރުގަދަ ކުރުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއް ކަމުގައި ހައި ކޮމިޝަނުން ދެކެއެވެ.

މި މަޝްރޫއުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަނީ އިންފްރާ އިންޖިނިއަރިން ލިމިޓެޑުންނެވެ. މި ކުންފުނި ކަނޑައަޅާފައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ޓެންޑަރިން މަރުހަލާގެ ތެރެއިންނެވެ. އިންޑިއާގެ ކްރެޑިޓް ލައިންއާ ގުޅޭ ހުރިހާ މައުލޫމާތެއް ހެން އިންޑިއާގެ އެގްޒިމް ބޭންކްގެ ރަސްމީ ވެބްސައިޓުގައި ފެންނަން ހުންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. މާލެ

    އަައްޑޫ ރައްޔިތުންނޭ ގަބޫލު ނުކުރާތި ...ގެރި އިބޫ މިސަރުކާރަކަށް ނުވާނެ އެއްވެސް ކަމެށް...
    ....ސިޔާސީ ސްޓަންޓެއް......

    101
    21
    • ލައްބަ

      އަޅުގަނގުމެނައް އެނގޭ ....ގެރި އިބޫ ...އަކަށް ނުވާނެކަން...

      51
      4
    • 🤨

      ޢާން ނުކުރާނަން ☺️

      40
      3
    • 😉

      ބުރިޖް..... އެޅިޔަސް ... އައްޑޫ ރައްޔިތުން ބޭނުމެއްނޫން މިސަރުކާރެއް 😒😒

      62
      6
  2. މަބޭ

    މިގައުމު މިހާރު މިހިމްގަނީ ެިންޑިޔާ އެންބަސީއިމް

    51
    4
  3. ޚިނބޫ

    ކީއްކުރާބުރިޖެއް އަޅެފަހެ ބަޔަކު މޮޔަވެދާނެ ތަންކޮޅެއް ރަނގަޅައް މަގުތައް ހެދީ މަނި މުނީ ތިޔައީ ފަރުބަދަ މަތީ ގައު މުތަކުގަ މަގުތައް ތޮއްޖެހި ބުލޮކްވާތީ ކުރާކަ މެއް ގަ މާރު ސަރުކާރެއްގެ ސިފަ ފެންނަނީ

    47
    3
  4. ކކ

    މިއީ އިންޑިޔާއެކެޑަމީ ކުރިމަތިން އަލާ ބުރިޖެއް. މި ބުރިޖު މިއަލާ ސަބަބަކީ އެކެޑަމީއަށް މިހާރު އޮތް މަގު ސަރަހައްދު ދިނުން. މާނައަކީ އެތަނަކާ އެއްވެަް ވަރަކަށް ބަޔަކަށް ކައިރި ނުކުރެވޭނެކަން. ވިސްނާ އައްޑު ރައްޔިތުން ބިންކޮޅެއް ނުލިބިގެން ތެޅޭއިރު ރައްޔިތުންގެ ވޯޓުހޯދައިގެމން ގޮސް ރައްޔިތުން ބޮލަށް ފައިން އަރަނި.

    64
    1
  5. ސަމްސިއްޔާ

    މިހާރު މަސްރޫއުތައްވެސް އިއުލާނު ކުރަނީ އިންޑިއަ އެންބަސީންތަ؟؟ ހަންކެޑެ ކައިރިން ތިޔަގޮތަށް މަގު އަނބުރާލުމުގެ ބޭނުމަކީ ކޮބައިބާ؟؟ އިންޑިއާއަށް އަނެއްކާ ތަނެއްދެނީތަ؟؟ ނުނީ އެބުނާ ޓްރާނިން އެކަޑަމީގެ ކުރިމަތިންވެސް މަގުއަނބުރާލަނީތަ؟؟ މިކަންކަން ރައްޔިތުންނަށް ސާފުވާންޖެހޭ. ލޯނުނަގަނީ ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާފަ. ސަރުކާރަކުން ބޭނުންހާ ގޮތަކަށް ކަންކަން ކުރެވިގެން ނުވާނެ

    52
    2
  6. ބުއްޅަބޭ

    ތިބުނާ ބްރިޖް އެޅީމަ މަރަދޫ ނުވަތަ ހިތަދޫ މަގުތަކުން ފެން ހިނދޭނެ ގޮތެއް ވިސްނާ ވިސްނާ ނޭނގުނު.
    ޜައްޔިތުން ބޮލަށް ޗިޕް ޖަހައި އިންޑިއާ މިލިޓަރީ ބޭސް މެދުން ލިންކް ރޯޑް އޮންނާތީ އެއްފަރާތް ކުރަން ކުރާ ކަމެއްތީ.
    މޑޕ ކޮހުން އަތްޖަހަން ތިބޭނެ. ތިކިޔައިދިންގޮތަށް ގަބޫލުވެސް ކުރާނެ.

    48
    2
  7. ޙިތަދޫ

    އައްނަ އަހަރު ކުރީކޮޅު ކައުންސިލް އިންތިހާބު ބާއްވަން ހަ މމމަޖެހިފަ އޮތު މާއެކު މިކަހަލަ ބާއިވަރު ބުރިޖު އައްނާނެ. ޢައްޑޫ ރައްޔަތުން ވިސްނާތި.
    ނުވީތާކު ހުޅުދޫމީދު އަށް ކަނޑު އަޑިން ދަތުރު ކުރެވޭގޮތްވެސް ހަދާދޭނެ.

    42
    1
  8. ޢަހުމަލް

    ބޮޑުމަންޒަރު ވަރައް ސާފް، ފޮޓޯއިން ތިފެންނަ ރައް އިންޑިޔާގެ ބޭނުމަށް ނެގުން، ކްރެޑިޓް ފެސިލިޓީ ދައްކަންނަމުގަ ތިރައްވެސް އެމީހުން ބޭނުންވާ ކަމަކަށް ނަގައި އާންމުންނަށް ބޭނުން ނުކުރެވޭހެން ބަންދުކުރުން. ތި ކްރެޑިޓް ފެސިލިޓީގެ ފަހަތުގައި އޮތީ ރާއްޖޭގެ ރައްތަޢް ދިގުމުއްދަކަށް ނަގައިގެން ތިބުންކަން މި ބޮޑުމަންޒަރުންވެސް ސާފް. އައްޑޫމީހުން ނިދާފަ ނުތިބޭތި

    38
    1
  9. ޢަފްލާ

    ޢިބުއަށް ބްރިޖެއް އެޅެނީ ގެއާއި ބަދިގެއާއި ދޭތެރޭ

    35
    1
    • ކަމަނަ

      އެތާވެސް ނޭޅޭނެ! މިއުޅެނީ އަންނިއާއި އިބޫއާއި ދެމެދުވެސް ބުރިޖެއް ނޭޅިގެންކަން ހަސަން ލަތީފުއާއި އިންތިގެ ވާހަކަތަކުން އެނގޭ.

  10. ބޭބެ

    އިންތިޚާބެއް ބޯމަތިވެފަ އޮތީމަ އައްޑޫ ރައްޔިތުންގެ ބޮލުގައި އަނެއްކާވެސް ތެތް ގޯނި މިއަޅުވަނީ! ކުރެހުމެއް ދައްކާފަ ލޮލުގައި އަނދުން އަޅުވަނީ!! ފާއިތުވެ ދިޔަ 40 އަހަރުވެސް ލޮލުގަ އަނދުން އެޅުވިހެން!!

    39
    1
  11. ހަސަަން ބޭ

    ޝުކުރިއްޔާ ރައީސް ޔާމީން.. މަނިކުފާނު ވެރިކަމުގައި ހުރިނަމަ މިހާރު މި މަސައްކަތް އޮންނާނީ ނިމުމަކަށް ގޮސްފައި..

    33
    3
  12. މޯދީ

    ބަލަ ސަންޖޭ ސުދީރު މިހާރު އައްޑޫ ހިންގަނީ. އޭނިކަން ލަދުހުތުރު ގޮތަކަށް ކަލޭ ތަޅާ ބޭރުކުރާނަން. އިންތިޚާބަށް ކެންޕޭނު ކުރުވަނީ މި ގެރިގޮރު ސުދީރު ލައްވާ.

    34
    1
  13. ޙޖ

    މޮޅު ވާހަކައެއް ދައްކަފަ އެއުޅެނީ އިންޑިޔާއިން ހަދަމުންދާ އެމީހުންގެ ބޭސް ކައިރިން ވައިވެސް ނޭޅެވޭހަ ދުރަށް މަގު ޖައްސަން. ޢައްޑޫގެ ރައްޔިތުން އަދިވެސް ތިބީ ޣާފިލްވެފަތޯ؟ މިވަރުވާއިރު. ތިޔަ ޣާފިލްކމުން ހޭލަނީ ކަރަށް ރާ އަޅާ ޒުވާން ކުދިންގެ އިތްފަތް ނަގަލާ މަތިމަސްލީ އިންޑިޔަ މީހުން ފެށީމަތޯ؟

    30
  14. މުހައްމަދު އަންޖުމް

    ހޫންތިކަހަލަ ކިތައްފަލަ ބިޔަބޮޑެތި ސުރުޚީ އަޅައިފީމު އިސްތިހާރެއް ކޮއްލީއުތަ ބަލަގަ ކަންކުރެވޭނަމަ ކޮށްފީސް ޒާތްޒާތަށް ދަޅަނުދައްކާ ތީހަމަހުސްދޮގު އެއްކަމެއްވެސް ކޮށެއްނުދޭނެ ފުރަތަމަ މަގުތައް ހެދިގެންތާ އެހެނިހެން ޚިދުމަތް ރަގަޅުކުރެވިގެންތާ ބުރިޖަކާޖެހޭނީ އެކަންކަން ރަގަޅު ކޮށްނުދީ ކޮޏްބުރިޖެއްއެޅޭނީ ފެންވަރެއްނެތް ހުސް ހޮޅިވާހަކަ މިއުޅެނީ ރޭގަނޑު ހަމަނިދި ނިދާނުލެވިގެން ވަގުން ގެދޮރަށްވަދެ ވައްކަން ކުރުން އިންތިހާ މަސްތުވެރިން ކުރާނޮހޮރޮއްޕާން އިންތިހާ ބަދުއަޚްލާގީވުން ހައްދުންނެއްޓިފަ މިކަންކަން ރަގަޅުކޮށް ނުދެވުނު ބަޔަކު ބުރިޖް އަޅާދޭވާހަކަ ބުނާތީ ހައިރާނެއްނުވޭ ނުވާނެކަމެއް ކަމަށް މިހުރިހެކިތަކުން ދައްކާއެބަ

    25
  15. ﷲގެ އަޅާ

    ވައުދު ވާތާ ސާޅީސް އަހަރު. މަށަށްވެސް މިމމ މަހު ދިހަ އެއްގަ ސާޅީސް އަހަރު ވާނެ.
    ވަރަށް ވާހަކަ.

    26
  16. ކޯރި

    ކުރެހުން ކުރަހާފަ ދައްކަނީ، ދައުރު މެދުން ލަނބާއިރު އުތުރުގަ ދެތިން ސައިކަލް ދުއްވާ ރަށްރަށުގަ މަގުހަދާ ނިންމައިފި އައްޑޫގަ މަގެއް ނުހެދުނު.

    28
    1
  17. އަލީ

    ވޯޓް ކާރި ވަނީ ދޯ

    30
    1
  18. އިސްރާފް

    ލިންކް ރޯޑުން މުޅި އައްޑޫ ގުޅާލެވިފަވާއިރު ރައްބޭރުން ބުރިޖް އަޅަންޖެހޭ ބޭނުމެއް ނުވިސްނުން... ތިޔަށްކިޔަނީ ރައްޔިތުން ގުނބޯހެއްދުން.. ނޫނީ އިސްރާފު ކުރުން.. ކުރާނެ ކަމެއް ނޭގެންޏާ ވެރިކަން އެހެންބަޔަކާ ހަވާލުކޮށްފަ ގެޔަށްދިއުން ބުއްދިވެރި

  19. ޒަބީބު

    ހާޖީއިމާދުއްދީނުގެ މިސުރު ކައިވެންޏަށް ވޯރާ ވިޔަފާރިވެރިންނާއިއެކު ހެދި ޑީލުން ސަލާމަތްވާން ކުރިންވެސް ޚާރިޖީ މިނިވަންކަމާއިއެކު އައްޑޫ އިނގިރޭސިންނަށް ދޫކޮށްލެވުނު.

    އެފަދައިން މިފަހަރު ކެނެރީގޭ ނަޝީދު ޢިންޑިއާގެ ބީޖޭޕީ ސަރުކާރާއިއެކު ހެދި ޑީލުގައި ސީދާ ރައީސް ސޮއިކުރައްވައި އައްޑޫ މިފަހަރު ސީދާ އިންޑިއާ މީހުންނަށް މުއްފަތުން ދިނީތޯ؟

    ޢައްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަ އިންޑިއާ ހައިކޮމިޝަނުން އިއުލާންމިކުރަނީ އިންޑިއާ ހައިކޮމިޝަނަކީ މިހާރު އައްޑޫ ގަވަރުނަރުގެ އޮފީސްކަމުގައި ކަނޑައެޅީތޯ؟

  20. ހުސޭނު85676

    ހުޅުމީދޫ ވަކިކޮށްފައި

  21. ކާާރޔު

    ކޮށްފާނެ އެއީ އިންޑިއާއަށް ދީގެން އުޅޭ ސަރަހައްދައް ނުވަދެވޭގޮތަށް އައްޑޫގެ ލިންރޯޑް ބަދަލުކުރަން ހިންގާ މަސްރޫއެއް

  22. ތާރުއަޅާބެ

    މިހާރު އެންމެ ކުޑަ ކުއްޖާއައްވެސް އެނގޭނެނޫންތޯ ތިޔަވާހަކަ ތިޔަ ފެންމަތިވީ ކައުންސިލް އިންތިހާބްގެ ވޯޓް ހޯދުމުގެ ބޭނުގައާއި އައްޑޫ ގަމާ އެއާޕޯޓް އިންޑިއާޔައް 100 އަހަރައް ދިންވާހަކަ ސޯސަލްމީޑިޔާގައި ފެތުރޭތީ އައްޑޫގެ ރައްޔިތުން ގުނބޯ ހައްދާ މައިތިރި ކުރަން ހިންގާ ކެންޕޭނެއްކަން

  23. ބުތު

    ވޯޓުކާރިވާ ވަރަކަ ތިޔަކަހަލަ ކަންތަތަ ތިލަވަމުން އަންނާނެ ބޮޑުކޮހުންނޭ ...

  24. ބުރިޖު

    ކޮބައިތަ ވިލިގިއްޔާއި ކޫއްޑުއާ ދެމެދު އަޅަން ބުނި ބުރިޖު

  25. އަހުމަދު

    އުމްރާނީ ތަރައްގީ ބޭނުމެއް ނޫނޭ ކިޔާފަ އައި މީހުންނޭ މިއީ.

    11
  26. މިއަދު

    އައްޑުއަތޮޅު ހިތަދޫން އެއަތޮޅުގަމަށް މިހާރުދަނީ ދެރަށް ދެމެދުގަ ފަތާފަތޯ ؟ އަލަށް ބުރިޖެއް އަޅާވާހަކަ ބުނެލީމަ އަޅިގަނޑަށް މިވީ ހަޑިބަހަކަށް

  27. އިންޑިއާގެ މަކަރުވެެރި ފައިސާ

    އިންޑިއާއިން އައްޑޫ އެއްކޮށް ގަނެލާ އަޅުވެތި ކޮއްލަނީ.

  28. މާލޭ ގޯތިނެތް ރަށްވެއްސެއް

    ހުރިހާ ރަށެއްގެ މީހުން އުޅޭ މާލޭގެ މަގުތަކުގެ ހާލަތަކީވެސް ތިއީ. ވާރޭ ކޮޅެއް ވެހިލާއިރަށް ފެންބޮޑުވޭ.

  29. ޑޯންޓް ވޭސްޓް މަނީ!

    ސުވާދީބު ކިޔާ ވަކި ދައުލަތެއް ހަދައިގެން ވަކިވެ ގަނެގެން އުޅުނު ބަޔަކަށް ތިހާ ބޮޑު ހަރަދެއް ކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯ؟

    5
    2
  30. ޑިއެގޯ ގާސިއާ އަކީ މިސާލެއް

    އައްޑޫ އިން މީހުން ހުސްކޮއްފައި ވަރުގަދަ މިލިޓަރީ އަކަށް ދޭން ފެނޭ.

    3
    1
  31. ބޯހަލާކު

    މިއުޅެނީ އަދިވެސް ތަންތަނަށް ދެވޭލެއް ލަސްވެގެން. ޢަދި އިތުރު ގުދު ލާފައި ތިކުރެހުން ފައިނަލް ކޮށްބަލަ. ބްރިޖް އެކޭ ބުނީމަ ހީވީ ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލީހެން ބޯހަލާކު. ބޭކާރު ޚަރަދެއްތީ ހުއްޓާލާ. މިރާއްޖެއަކަށް ނާންނާނެ އައްޑޫއަށް ހެޔޮލަފާ ވެރިކަމެއް. ބަޔޯރިޒާވް ވ ސަލާމް.

  32. ޑޮން ބެއްޔާ

    ތީ ތިތާ ހަދާ 1.3 ކިލޯ މީޓަރުގެ އިންޑިޔާ ސިފައިންގެ މަރުކަޒު ކުރިމަތިން އޮތް ލިންކު ރޯަޑު ޑައިވަރޓް ކުރުމަށް ހިންގޭ ޕްރޮޖެކްޓެއް އަދި މިއާއެކު މިމަގުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާ އަދި މަގު ބައްތި ޖެހުންވެސް ހިމެނެނީ އެތަނުގެ ސަލާމަތާ. މީގެ ސަޅިކަމަކީ އިންޑިޔާގެ ފައިދާއަށް ކުރާ މިޚަރަދު މިކުރުވަނީ ދިވެހިންގެ ބޮލުގައި ލޯނު އަޅުވާގެން. ދެން ބާރަށް އައްޑޫ މީހުން އަތްޖަހާ.

  33. ކަމަނަ

    އެތާވެސް ނޭޅޭނެ! މިއުޅެނީ އަންނިއާއި އިބޫއާއި ދެމެދުވެސް ބުރިޖެއް ނޭޅިގެންކަން ހަސަން ލަތީފުއާއި އިންތިގެ ވާހަކަތަކުން އެނގޭ.

  34. ބެއްޔާ

    އެއުޅެނީ ބުރިޖްއަޅާކައްނޫން އެއުޅެނީ އެމެރިކާއެންބަސީހިމާޔަތްކުރަން އެހަދަނީކީ އިންދިޔާއިން އަޅާދޭ ޕޮލިސްއެކަޑަމީޔެނޫން އިންދިޔާނަންކޮށްފަ ހަދަނީ އެމެރިކާގެ އެމްބަސީޔެށް ހޭއަރާތިބޭތި ވާނުވާބަލަން

  35. ޒާ

    އިންޑިއާ މީހުން ކޯރުގާ އަޅާތިކަހަލަ ބުރިޖް. ޗައިނާމީހުން ފުންކަނޑުގާ އަޅާކަހަލަ ބުރިޖެއް ނޭޅޭނެ.

  36. އަޙްމަދު

    ނޫސް މަޖައްލާ ތަކުގައި އައްޑޫ ވަރަށް ތަރައްޤީ! ވޯޓް ސަރުކާރު ތަރައްޤީ ވުން ވިޔަވާ އައްޑޫ މީހުންނަކަށް ޙައްގު މިންވަރެއް ނެތް! ވޯޓް ގާތްވާވަރަށް މީޑިޔާތަކުން މިކަހަލަ ސުރުހީތައް ފެންނާނެ! އައްޑޫ އެމްޑީޕީ ކުދިންކޮޅު ވަރަށް އުފާވާނެ! ދެންތިބާ އަތްޖަހަށް!

  37. ބުރާންތި

    އައްޑޫގަ ހަހަހަ ވައި ރަށެއް.... ޖާހިލު ނުބައި މީހުންހްގެ އައްޑަ އެއް

    3
    1
  38. ޞިރާޠު

    ލޯނުނަގައިގެން ރައްޔިތުންގެބޮލުގައި ދަރަނި ނާޅުވާ ، ކޮންކްރީޓް ސިމްނެތި ބޭނުންނުކޮށްތަ މަސައްކަތް ކުރާނީ؟ އެހެންވިއްޔާ އޯކޭ ! އެއީ ޔާމީންގެ ތަރައްޤިއަށް މިވެރިން ކުރި އެންމެ ބޮޑުމަލާމާތަކީ ލޯނުނަގާ ވާހަކަޔާ ރައްޔިތުން ދަރުވަލާ ވާހަކަޔާ ކޮންކްރީޓް ވާހަކަ!

  39. ކާސިމް

    ލިންކު ރޮދުން މިހާރު ވެސް ގުޅފައިވާ ތަނެއްގައި ރަށް ބޭރުން ބުރިޖު އެޅުމުގެ ބޭނުމެއް ނޭގޭ. މިއަށްވުރެ ރަނގަޅުތާ ރައިސް ޔާމީން މީދުޢާ ހިތަދޫއާ ދޭތެރޭ އަޅައިދޭން ބުނި ބުރިޖު އަޅާނަމަ. ތިއީ އިންޑިޔާ މީހުންގެ އަމިއްލަ އެދުމަކަށް އަޅާ ތަނެއް. އައްޑޫ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ހުރިތަނެއް ޏުން. ރައްޔިތުން ބީޯކާލައިގެން ރަށުގެ ބޮޑު ސަރަހައްދެއް އަތުލައިގަންނަން ޖަހާ މަޅި. އައްޑޫ ރައްޔިތުން ބޯ ރަނގަޅު ނަމަ މިފަހަރު ލޯކަލްކައުންސިލް އިންތިޚާބުގައި މި މީހުންނަށް ވޯޓެއް ނުދޭނެ.

  40. Anonymous

    އައްޑޫ ހުޅުދޫ-މިދޫއާ ހިތަދުއާ ގުޅާލާނެ ބުރިޖަކަށްވުރެ މުހިންމީ ހިތަދޫ-މަރަދޫ ބުރިޖުހެއްޔެވ؟
    އައްޑު އަކީ ހަމައެކަނި ހިތަދޫޫން ގަމާ ދެމެދު ހުރި (އަވަށް) ރަށްތައް ހެއްޔެވެ؟