ތިރީގައި މިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށްހުރި އެކަކު ކަމަށްވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އެމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނެވެ. ނޮވެމްބަރ 03 ގައި ހައްޔަރުކޮށް ތަޙްޤީޤު ހިންގި ބައެއް މީހުންގެ ބަޔާން މީގެ ދެތިން އަހަރު ކުރިން އިންޓަނެޓްގައި ލީކް ކޮށްލާފައިވެއެވެ. މިލިޔުމުގައި މިވަނީ ބަޔާނުގެ ސްކޭން ކޮޕީ ބަލައިގެން އެއްވެސް ބަދަލެއް ނުގެނެސް ބަޔާން އަލުން ލިޔެފައެވެ.

ބަޔާނުގެ އެންމެ މަތީގައި ލިޔެފައިވާ ގޮތުގައި މިބަޔާން ނެގީ 1989 ވަނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.

ބަޔާނުގެ ތިންވަނަ ބައި ތިރީގައި އެވާ ލިންކުން ފެންނާނެ

ހަތަރުވަނަ ބައި

ޖެހިގެން އައި ދުވަހުގެރޭ އިރާކޮޅު އަޅުގަޑު އައްބާހާ ބައްދަލުކުރަން ދިޔައީމެވެ. ގޮސް ހިލްޓަންގެ ރެސްޓޯރެންޓްގައި ދެމީހުން ބައްދަލުކޮށް އައްބާސްގެ ލައިފްއާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. މިއަށްފަހު ދެކެވުނީ ސިފައިންގެއާ ހަމަލާދޭނޭ ޕްލޭނަކާ ދޭތެރޭގައެވެ. ސިފައިންގޭގެ އެތެރޭގެ މައުލޫމާތު އަޅުގަޑަށް ހިސާބަކަށް ލިބިފައި ހުރިގޮތް ދައްކާލައިގެން މިހާރު ސިފައިންގޭގެ ބާރު ކިހިނެއްހޭ އައްބާހާއި ސުވާލު ކޮށްލީމާ ވަރަށް ބާރުގަދަވާނެ ކަމަށް އައްބާސް ބުނުއްވިއެވެ.

އެތެރޭގައި އަބަދުވެސް ފުދޭވަރަށް މީހުން ތިބޭނޭކަމަށް އައްބާސް ބުނުއްވިއެވެ. އައްބާސް ސިފައިންތެރޭގައި އުޅުއްވިއިރު މީހުން ޓްރޭނިންގ ކުރައްވަނީ އައްބާސް ކަމަށާ އެމީހުން ވަރަށް ހުޝިޔާރު ވާނޭކަމަށް އައްބާސް ބުނުއްވިއެވެ. އަދި ސިފައިންގޭގެ އެތެރެ އޮންނަގޮތް ވަރަށް ސާފުކޮށް ކިޔާދެއްވިއެވެ. އެންއެސްއެސްގެ ހެޑްކްއޯޓަރޒްއާ ހަމަލާ ދިނުމުގައި ވަށައިގެން އެއްފަހަރާ ހަމަލާ ދިނުމަށާ ފުރަތަމަ އާރުޕީޖީ-7 ބޭނުން ކޮށްގެން ގޭޓާ ހަމަލާ ދެމުން ގެންދާއިރު އިސްލާމީ މަރުކަޒާއި ދިމާލުން އެންއެސްއެސްގެ ހެޑްކްއޯރޓަރޒްގެ ފާރު ޑައިނަމައިޓް އަޅައިގެން ގޮއްވާލުމާއެކު އެދިމާލުން އެތެރެއަށްވަދެ އޮފިސަރުންގެ ސްލީޕިންގ ކްއޯރޓަރޒްއާއި ކޮމާންޑް ޕޯސްޓް އަޅުގަޑުމެންގެ ބާރުގެ ދަށަށް ގެނައުމަށް ބުނުއްވިއެވެ.

އެގޮތަށް ކަންތައް ކުރެވުނީމާ ސިފައިންގެ ހިފުނީ ކަމުގައި އައްބާސް ބުނުއްވިއެވެ. އައްބާސް ބުނުއްވި ގޮތުގައި ބަޑިގުދަން ވަރަށް ވަރުގަދަ ވާނެކަމަށާ އެހެންކަމުން ބަޑިގުދަނަށް ވަނުމަކީ ވަރަށް ދަތިވާނެ މައްސަލައެއްކަމުގައި އައްބާސް ބުނުއްވިއެވެ. މިވާހަކަތައް މިގޮތަށް އޮޅުން ފިލުވާ ދެއްވުމަށްފަހު ހަމަލާދޭން އެންމެ ރަގަޅު ދުވަހަކީ، ޖުލައި 26 ދުވަސްކަމަށާއި އެންމެ ރަގަޅު ވަގުތަކީ އެދުވަހުގެ ދަނޑުގެ ކުޅިވަރާއި ރޫޓްމާޗް ނިންމާފައިއައިސް ތިބޭ ވަރުބަލީގެ ވަގުތެވެ. ނުވަތަ އެރޭގެ ބަޑިކުޅި އަރުވާ ވަގުތެވެ. އެވަގުތު ސިފައިންގޭގައި އެއްވެސް އާރުލާ މީހަކު ނޫޅޭނޭކަމަށާ މީހުންވެސް އެހާ މަދުވާނެކަމަށާ، ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުން އަދި އެންއެސްއެސްގެ ހުރިހާ އޮފިސަރުން ވެސް ތިއްބަވާނީ އެތަނުގައިކަމަށް އައްބާސް ބުނުއްވިއެވެ.

ސަރުކާރު ބަދަލުކޮށްލުމަށްޓަކާ އަޅުގަޑު ގެންނަން ގަސްދުކުރާ މީހުންނާއި ހަތިޔާރު ބަލައިލަން އައްބާސް ބޭނުންވާކަމަށް ބުނުއްވުމުން އަޅުގަޑު ބުނީ ކޭމްޕަށް ދުރުވީމާ ފެނިލައްވާނެއެވެ. ދެން އައްބާސް ބުނުއްވީ މިވަގުތު އަންހެނުންނާ ކުދިންވެސް ގޮވައިގެން އައިސް އުޅޭތީ ވަގުތުނެތް ކަމަށާ ނަމަވެސް ރަމަޟާންމަސް ދުއްވާލާފައި އަންހެނުން ގޮވައިގެން އަދި އަންނަންވެފައި އެބައޮތްކަމާ ރޯދައިގެ ފަހުންއައިސް އަޅުގަޑާއެކު ހަތިޔާރާ މީހުން ބަލަން ދުރުވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މާލެއާއި ހަމަލާދޭން އަޅުގަޑު ދާންގަސްދުކުރަނީ ކިހިނެއްތޯ އައްބާސް ސުވާލުކުރެއްވީމާ ދާސްގަސްދު ކުރެވިފައިވަނީ މަސްބޯޓެއްގައި ކަމަށް އައްބާހަށް އަޅުގަޑު ނަންގަތީމެވެ. މިކަމުގައި އަޅުގަޑު އައްބާސް ވަރަށް ބޮޑަށް ބޭނުންކަމަށާ ޢައްބާހާނުލާ މާލެއާ ހަމަލާދޭން ނުވެސްދާނޭކަމުގައި އަޅުގަޑު ބުނީމެވެ. އެއީ މިކަމުގައި އައްބާސް ކޮންމެހެން ވެސް ބައިވެރިކުރަން ބޭނުންވާތީއެވެ. ސަބަބަކީ އޭނާއަކީ އެންއެސްއެސްގެ މަތީ އޮފިސަރަކަށް އުޅުނު މީހަކަށްވެފައި ސިފައިންގޭގެ ކަންތައްތައް ރަގަޅަށް އެގޭ މީހަކަށްވުމާއި އަދި ސަރުކާރާއި އިދިކޮޅު މީހެއްކަން އެގިފައިވާތީއެވެ. އަޅުގަޑު އައްބާހާ ބައްދަލުވި ވާހަކަ އުމާ މަހޭޝްވަރަމް ކައިރީ ދެއްކުމުން އައްބާސްވެސް އަޅުގަޑުމެންނާއެކު ބޯޓުގައި ގެންދެވިދާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ ދެތިން ދުވަސްފަހުން އަޅުގަޑު ސަގަރު ނާސިރަށް ފޯނުކޮށްފައި އަޅުގަޑާ ބައްދަލު ކުރަން ބުނީމެވެ. އޭގެ އަނެއް ދުވަހު މެންދުރު އަޅުގަޑު ގެއަށް އައިއިރު ނާސިރު އިނީ އަޅުގަޑުގެ ގެއަށް އައިސް ބޭރުގައި ޓެކްސީ މަޑުކޮށްލައިގެންނެވެ. ފައިސާކޮޅެއް ބޭނުން ވާހަކަ އަހުމަދު ނާސިރު ބުނުމުން އޭނާއަށް -/500 (ފައްސަތޭކަ ސިލޯނުރުފިޔާ) ދިނީމެވެ. އަދި މެންދުރު ކާން ގޭތެރެއަށް އައުމަށް ދައުވަތު ދިނީމެވެ.

މިދުވަސްވަރު އުމާމަހޭޝްވަރަމް (މުހައްމަދު) ހުރީ އަޅުގަޑުގެ ގޭގައެވެ. އަޅުގަޑު އަހުމަދު ނާސިރު ގެއަށް ގެނެސް މިމުހައްމަދު ތައާރަފް ކޮށްދިނީމެވެ. މެންދުރުގެ ކެއުމަށްފަހު ބޯޓެއްގެ އިންޖިނޭރުކަން ކުރެވިދާނެތޯ އަހުމަދު ނާސިރުކުރެން އަޅުގަޑު އެހީމެވެ. އަދި އަޅުގަޑު މުހައްމަދުގެ ދެމަސްބޯޓް އޮންނަކަމަށާ މަސްބޯޓުގެ އިންޖިނޭރުކަމަށް އަހުމަދު ނާސިރަށް ދެވިދާނެތޯ އާއި މުހައްމަދަކީ އަޅުގަޑުގެ ބިޒްނަސްޕާޓްނަރ އެއްކަމަށާ މެލޭޝިޔާގެ ވިޔަފާރިވެރިއެއްކަމަށް އަހުމަދު ނާސިރު ގާތުގައި އަޅުގަޑު ބުނީމެވެ. އަދި މިވަޒީފާގެ ކަންތައް ރަގަޅަށް ހަމަޖައްސާފައި އަހުމަދު ނާސިރަށް އަންގާނޭ ކަމުގައިވެސް ބުނީމެވެ. އަހުމަދު ނާސިރު ގާތުގައި މިދެކެވުނު ހުރިހާ ވާހަކައެއްވެސް ދެކެވުނީ އަޅުގަޑާ އުމާ މަހޭޝްވަރަމްއާ މަޝްވަރާ ކޮށްގެން ހަމަޖެހިފައިވާ ގޮތަށެވެ.

މީގެ ދުވަސްކޮޅެއް ފަހުން އަޅުގަޑު ދިޔައީ ހޮންކޮންގއަށެވެ. މިދަތުރު ދިއުމުގެ ބޭނުމަކީ އަޅުގަޑުގެ ބޮލުގެ އިސްތަށިގަޑު ހަދާމީހުންނާއި ބައްދަލު ކުރުމާއި، އަދި ހޮންކޮންގގައި އަސްދޫނި މާރކޭޓެއް އޮތްތޯބެލުމެވެ. އަޅުގަޑު ހޮންކޮންގަށް ފުރިދުވަހު އަހުމަދު ނާސިރުއަށް ފޯނުކޮށްފައި އޭނާ ބަލާ މުހައްމަދު ދާނެކަމަށާ އެއީ އަހުމަދު ނާސިރުގެ ވަޒީފާ ހަމަޖެއްސުމަށްޓަކައި ގެންދިއުމަށް ކަމުގައިވެސް ބުނީމެވެ. އަދި އަހުމަދު ނާސިރު ހުންނަ ހޮޓާކައިރިއަށް އެދުވަހުގެ 10:30 ގައި މުހައްމަދު ދާނެކަމަށާ އަޅުގަޑު ކުއްލިއަކަށް ހޮންކޮންގއަށް ފުރާތީ އަޅުގަޑު ނުހުންނާނެ ކަމުގައިވެސް ބުނީމެވެ.

އަޅުގަޑު ހޮންކޮންގއަށް ފުރުމުގެ ކުރިން އުމާ މަހޭޝްވަރަމް އަޅުގަޑަށް -/5000 (ފަސްހާސް ޔޫއެސް ޑޮލަރ) ހަވާލު ކުރިއެވެ. އެއީ ރަބަރު 2 ޑިންގީ ގަތުމަށްޓަކައެވެ. މީގެތެރެއިން 1 ޑިންގީ އަޅުގަޑުމެން މާލެއާ ހަމަލާ ދިން ދުވަހު އަޅުގަޑުމެން ބޭނުންކުރީމެވެ. ހަފްތާއެއްގެ ތެރޭގައި އަޅުގަޑު އެބުރި އައިއިރު ސަގަރު އަހުމަދު ނާސިރުވަނީ މުއްލަކުއްޓީގައި ހުންނަ ޕްލޮޓްގެ ކޭމްޕަށް ގެންގޮސްފައިކަން އެގުނެވެ.

މީގެ އެއްހަފްތާ ފަހުން އަޅުގަޑުވެސް މުއްލަކުއްޓީއަށް ގޮސް، އޭކޭ 47، ޖީ3 އާއި، ޓީ 56 ރައިފަލް ޖަހަން ދަސްކޮށް ފަރިތަކޮށްލީމެވެ. ސަގަރު އަހުމަދު ނާސިރާއި އަޅުގަޑާއި މިކޭމްޕުން ބައްދަލުވެގެން މިއުޅެނީ، މިހާރު އޮތް ޤާނޫނީ ސަރުކާރު ބައްދަލުކޮށްލަން ވެގެންނޭ ބައިވެރިވާނަންހޭ ބުނީމާ އަހުމަދު ނާސިރު ބައިވެރިވެދާނެ ކަމަށް ބުންޏެވެ. މާލެއާ ހަމަލާދޭން އަންނަން އަޅުގަޑު ފުރިދުވަހާ ހިސާބަށް އަހުމަދު ނާސިރު ހުރީ ކޭމްޕްގައެވެ.

1988 މޭމަހުގެ ތެރޭގައި (ރަމަޟާން މަސް) އަޅުގަޑު ކަރޯ އައްބާސް އިބްރާހިމް ގެއަށް ފޯނު ކުރީމެވެ. ފޯނުކުރުމުގެ މަޤުޞަދަކީ ޢައްބާސް ކޮޅުބަށް އާދޭތޯ ބެލުމެވެ. ނަމަވެސް އެހެން ކަނޑައެޅިގެން ނުބުނެ އާދައިގެ ވާހަކަ ދައްކާލުމަށްފަހު ރޯދަ ނިންމާލާފައި ކޮޅުބަށް އަންނާނެ ކަމުގައި އައްބާސް ބުންޏެވެ. އަދި ފައިސާ ދަތިކަމަށްވަންޏާ އަޅުގަޑު ޓިކެޓް ފޮނުވާ ދީފާނަމޭވެސް ބުނީމެވެ. ނަމަވެސް ރޯދައިގެ ފަހުން އަޅުގަޑަށް ޚަބަރު ލިބުނު ގޮތުގައި ކޮންމެވެސް މައްސަލައެއްގައި އައްބާސް ހައްޔަރުވެގެން އެއް އަހަރު ދުވަހަށް އަރުވާލުމަށް ޙުކުރެވިފައިވާކަމަށްވެއެވެ. އަދި މީގެ ފަހުން އެއްގޮތަކަށްވެސް އައްބާހަކާ ނުގުޅެއެވެ.

1988 ސެޕްޓެމްބަރ މަހުގެ ފަހުކޮޅު ސަރުކާރުގެ ދަތުރެއްގައި ކޯޕްރަލް އަބްދުﷲ ޝާހިދު ކޮޅަށް އައެވެ. އޭނާ އައިސްހުރީ އަޅުގަޑުގެ ގޭގައެވެ. މިހުރި ހުރުމުގައި ދެމީހުން ވަރަށް ތަފާތު މައުޟޫއުތަކަށް ވާހަކަ ދައްކަމަވެ. ޝާހިދު މާލެއަށް ފުރަން އޮތްރޭ އޭނާ ގޮވައިގެން އަޅުގަޑު ދިޔައީ "ހިލްޓަން" އަށެވެ. ހިލްޓަން ހޮޓަލުގައި އަޅުގަޑުމެން ދެމީހުން ބަނގުރާ ބުއިމުގެ ތެރޭގައި އަޅުގަޑު ޝާހިދު ކައިރީގައި އެންއެސްއެސްގެ ހެޑްކްއާޓަރޒްގެ "ސްކެޗް ޕްލޭން" އެއް ދިނުމަށް އެދުނީމެވެ. އަދި އަޅުގަޑު މިއުޅެނީ ރެޑްއާމީ އާއި ގުޅެން ވެގެންކަމަށް ކަމަށް ބުނީމެވެ. އަދި ޝާހިދު އަޅުގަޑު ގާތުގައި ބުނެފައިވާ ގޮތުން ވެސް 5 މީހުން ހަތިޔާރާއިއެކު ދިމާކޮށްފިނަމަ އެންއެސްއެސް އަތުލެވިދާނެއެވެ.

އަޅުގަޑުގެ ގޭގައި އުމާ މަހޭޝްވަރަމް އުޅޭތަން ޝާހިދުއަށް ފެންނާނެއެވެ. ނަމަވެސް ޝާހިދުއަށް އެގިފައި ވާނީ އެއީ މުހައްމަދު ކަމަށެވެ. އަބްދުﷲ ޝާހިދުއަކީ ކާކުމަކާ ކިހިނެއްހުރި މީހެއްކަން އުމާ މަހޭޝްވަރަމްއަށް އަޅުގަޑު ކިޔާދިނީމެވެ.

އަދި މިދެންނެވި ހިލްޓަން ހޮޓަލުގައި އިދެގެން ސިފައިންގޭގެ އެތެރޭގެ ވަރަށް ރަގަޅު ސްކެޗްޕްލޭންއެއް އަބްދުﷲ ޝާހިދު ކުރަހާދިނެވެ. މިސްކެޗްގައި އެތެރެއަށް ވަންނަންވީ ގޮތް ތީރުޖަހާ ދައްކާފައިވެއެވެ. އަދި އެތާތެރޭގައި ބަޑި ޕޮޒިޝަން ކޮށްފައި ހުރި ތަންތަނާއި އޮފިސަރުން ނިދިކުރައްވާބައި ވަކިން އެގޭ ގޮތަށް ފާހަގަ ކޮށްފައިވެއެވެ. އަދި އަލަށް އަޅަމުންގެންދާ އިމާރާތާއި ބަޑި ގުދަން ވަރަށް ރަގަޅަށް ފާހަގަ ކުރެވިފައިވެއެވެ. ޗާޓް ދިނުމަށްފަހު އަބްދުﷲ ޝާހިދު މާލެއައީ 04 އޮކްޓޯބަރ 1988 ގައެވެ. މާލެއައީ އަޅުގަޑުގެ އަންހެނުން ވާފިރާ ޔަހުޔާ އާއި ދެކުދިން ގޮވައިގެންނެވެ.

މީގެ ފަހުން އަޅުގަޑާއި އުމާމަހޭޝްވަރަމް އާއި ވަސަންތީއާއި 3 މީހުން ވެގެން ޝާހިދު ދީފައިއޮތް ސެކްޗް ބަލައިގެން ނޭޝަން އޮފް އައިސްލެންޑްގައިވާ އެންއެސްއެސްގެ އޭރިއަލް ފޮޓޯއެއްގެ ތެރެއަށް ލައްވައިގެން ރީތިކޮށް ކުރެހީމެވެ. ޝާހިދުވެސް އަޅުގަޑުމެންނާއެކު މާލެއާ ހަމަލާދޭން ބޯޓުގައި ގެންދިއުމަށް އުމާ މަހޭޝްވަރަމް ހިޔާލު ދިނެވެ. ނަމަވެސް މިހާރު މާލެ ދަނީ އޭނާގެ އަންހެނުން ވިހެއުމަށްޓަކައި ގޮވައިގެން ކޮޅުބަށް އެބުރި އައުމަށް ކަމުގައި އަޅުގަޑު ބުނީމެވެ. އަދި އަޅުގަޑުގެ އަންހެނުން ވާފިރާޔާ ކުދިން ވެސް ޝާހިދުގެ ހަވާލުގައި ފޮނުވަނީކަމުގައި އަޅުގަޑު ބުނީމެވެ.

މާލެއާ ހަމަލާދޭން އަޅުގަޑުމެން އައިއިރު ޝާހިދު ގެނެވޭގޮތެއް ނުވިއެވެ. އެއީ ޝާހިދަށް މާލޭން ކޮޅުމަށް އާދެވުނީ 16 އޮކްޓޯބަރ 1988 ގައި ކަމަށްވެފައި އަޅުގަޑު ކޮޅުބުން ފުރީ 15 އޮކްޓޯބަރ 1988 ދުވަހުގެ ރޭ ކަމަށްވާތީއެވެ. ގާތްގަޑަކަށް އޮކްޓޯބަރ 1988ގެ 9 ހާތާ އުމާ މަހޭޝްވަރަމް އަޅުގަޑު ގާތުގައި ބުނީ ފުރުން ތައްޔާރު ވެއްޖެ ކަމަށާއި ބޯޓުގެ މައްސަލަވެސް ނުޖެހޭނެކަމުގައި ވަސަންތީ މުއްލިކުލަމްގެ ކޭމްޕުން އަންގާ ކަމުގައެވެ. އަބްދުﷲ ޝާހިދު ދިން ޗާޓަކީ އަޅުގަޑުމެންގެ ހަމަލާ ސިފައިންގެއަށް ދިނުމުގައި އެންމެ ބޮޑު އެހީއެއްދިން އެކައްޗެވެ. ސިފައިންގެއާ ހަމަލާދޭން އަޅުގަޑުމެން ހަމަޖައްސާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މާލޭގައި ވަޑައިގެން ނޫޅުއްވާ ވަގުތެއްގައެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މިއަދު

    މިހުރިހާ ބަޔާންތަކެއް ރ ސާލިހުއަށާއި ފަޒުނާއަށް ވެދިމަކަށް އަރުވާދެއްވުން އެދެން

    73
    8
  2. ބާގީ ލުތުފީގެ ކަފިހި ބޮލި މަސް

    ހައިވަކަރު އޮޑި ނަންވާ އުސޫލުން ލުތުފީ ނަން ކުރެވެޔެވެ ރާއްޖޭގައި އެފަދަ އޮޑިތައް މަދެއްނޫނެވެ ގައުމާ ދީނަށް ލޮޅުން އަރުވާލާ ކޮންމެ މީހަކީ ވެސް ބާޣީ ލުތުފީ އެކެވެ ހަގީގަތަކީ އެއީއެވެ ކުދި ދައްޖާލު ތައްފާޅުވެ ނަބިއްޔާ އައް ފުރައްސާރަ ކުރެވި ގައުމުގެ ގައުމުވަންތަ ކަން ރޭޕިސްތާނަށް ވެދުން ކުރެވި ރާއްޖޭގެ މުހިންމު އެސެޓް ތައް ދޮލަގަކަށްލާފައި ބޭރުކަރަތަކަށް ހަދިޔާ ކޮށް ޒަމާން ތަކެއްވެގެން ގޮސްފައިވާ ދިވެހި އައިޑެންޓިޓީ އެއްލާލާ ބިދޭސިންނަށް އެކި ނަންނަމުގައި ވިސާ ތައްދެވި ރާއްޖޭގައި ރައްވެހި ކުރުވާ ހަދާކަމުގައިވާނަމަ އެކަމަށް ހިތްވަރުދޭ މަގުފަހި ކުރުވާ ކޮންމެ މީހަކީ ބާޣީ ލުތުފީ އެކެވެ އޭކޭ ފޯޓީ7 އެއްބަދަލުގައި ދިވެހި ޒުވާނާ ގެ ސިކުނޑި ފެލާ މަސްތުވާ ތަކެއްޗާ ބަނގުރަލާއެކު ބިރު ފަހަނަ އަޅާ ގޮސް ބިރަކާ ނުލާ މަޖާ ކޮށް ދެކަމު އެކީ ގަޔަށް ހާޖަތައް ދެވުނީމާ ދިވެހިން ގެ ތެރޭ ތިބި ލުތުފީ ތަކުގެ އަދަދާ މެދު ފުން ކޮން ވިސްނާލަން ޖެހެޔެވެ އެދަނޑިވަޅު އެޒުވާނާ ނަގާ ކޮޅަށް ޖެހުމުގެ ބަދަލުގައި ގުޔާއި އެކު އެޒުވާނާ ތަތްތެޅެން ފެންފޯއްޕާކަށް ދޫކޮށްލާފައި ހީ ހީ ފައި އަތްޖަހަން މަގުމަށްޗަށް ނުކުންނަ މީހުންނާ މެދު ޣައްދާރުންނޭ ނުކިޔާ ދެންކިޔަންވީ ކޮން އެއްޗެއް ބާވައެވެ ބާޣީ ލުތުފީތައް ބައިވަރެވެ ޣައްދާރުން ބައިވަރެވެ އެކަމަކު ކޮންމެ މީހަކަށް ތަމަޅައިން ނުގެނެވި ދާނެޔެވެ އެގާބިލު ކަން ނުހުރެދާނެއެވެ ގައުމާ ދީނާ ދެކޮޅަށް އަތްޖަހާ ނަބިއްޔާ އަށް ފުރައްސާރަ ކުރާ ކޮންމެ މީހަކީ ވެސް ލުތުފީ އެކެވެ ޣައްދާރެކެވެ

    89
    5
    • ބުޅާވަތީ

      ޥަރަށް ބޮޑު ތެދެއް

      16
  3. އަސްލު

    ދެން މިހާރު ލުތުފާ އަށް ވެސް މާފުކޮއް އޭނަ ދޫކޮއްލަންވީ، އޭނަވެސް ދިގު މުއްދަތެއް ޖަލުގައި ހޭދަ ކުރި

    4
    30
  4. އެހެން

    މީ ހުރިހާ ހިޔާލެއް ދިނީ ކުރީގެ ރައީސް ޔާމިން....... ލުތުފީގެ ބަސް.

    13
    27
  5. ލުތުފީ

    މަށަށް ބާޣީއަށް ގޮވާ ދޮގު ވާހަކަ ފަތުރަން ކަލޭމެން ތީ ކޮންބައެއް.. ކޯޓަށް ދާނަން.. މިއަދު ކަލޭމެން މޮޅެއް ނުވާނެ

    18
    8
  6. ރައްޔިތުމީހާ

    ލުތުފީ މެރި އެއްވެސް ދިވެހިރައްޔިތެއް ނުހުންނާނެ، ދެން ކޮން މަރުގެ ހުކުމަކަށް ލުއިދީފަ 25 ޖަލު ހުކުމެކޭތިކިޔަނީ. ؟؟؟. މައުމޫނު ވެރިކަމުގައި ގައްދާރުވެ ހުދުމުހުތާރުވި އަނިޔާވެރި ވެރިކަމެއް ނެތްނަމަ ތިޔަ ކަންތައްގަނޑު ނުހިނގީސް. ތިޔާ ކަންތައްގަނޑު ހިނގީ ވެރިކަމުގެ ދަހިވެތިކަމަކު ނޫންކަން ތިޔަ ބަޔާނުން ފުދޭ.

    5
    29
  7. އަޙްމަދު

    ޗާޓްކުރަހައިދިންމީހާމިހާރުހުރީކޮންމަގާމެއްގަތޯ

    31
    1
  8. މައި

    ލުތުފީ މެންނަށް ހެޔޮއެދޭނި ކަ މެއްނެތް.... ހައްތަހާ ވާނީ ގޯސް... ގައު މަށް ގައްދާރު ވީ މަ ކޮން ސި މްޕަތީއެއްތަ އޮންނާނި؟

    2
    1