" ކޮންމެ ޕާޓީއަކަށް ނިސްބަތްވިއެއް ކަމަކު ޔަގީންކޮށް ދެން އެ މީހާ އަށް އެ ބޭނުންވާ ޚިދުމަތް ލިބޭނެކަން. މިސާލަކަށް ޕީޕީއެމް މީހާ، ވަރަށް ބޮޑަށް އަޅުގަނޑާ ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވާ މީހާވެސް ބަލި ވިޔަސް އޮންނަ އުސޫލުގެ ތެރެއިން ހެލިކަޕްޓަރުގައި ވިއްޔާ ހެލިކަޕްޓަރުގައި، ސީއެމްބިއުލާންސްގައި ވިއްޔާ ސީއެމްބިއުލާންސްގައި އެ ދެވެން އޮތް ތަނަކަށް ދެވޭނެ ކަމުގެ ޔަގީންކަން ރައްޔިތު މީހާއަށް އޮންނަން ވާނެ. މިއަދު އެ ޔަގީންކަން ދެން،" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެއް މިސާލެއްގެ ގޮތުގައި ދެއްކެވިއެވެ.

ސިފައިންގެ މަސައްކަތްތައް ހަރުދަނާކޮށް، ސިފައިންގެ މުއައްސަސާއަށް ސިފައިންގެ ތެރޭގައި އާއި ރައްޔިތުންގެ ހިތުގައި ހީނަރުވެފައި އޮތް އިތުބާރު އިއާދަކޮށްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފެއްޓެވި މަސައްކަތަށް ދެ އަހަރުވީ އިރު، ބަދަލުތަކެއް ފެންނަން ފަށައިފިއެވެ. ރާއްޖޭގެ ތާރީހު ދުށް އެންމެ ފުރަތަމަ އަންހެން ދިފާއީ ވަޒީރު މާރިޔާ ފައި ނެންގެވީ ނުގުޑާ ފަދަ އަމާޒަކާއި، ހިތްވަރަކާ އެކީގައި ސިފައިންގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށެވެ. ސިޔާސީވެފައި އޮތް މުއައްސަސާ ހަރުދަނާކޮށް ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށެވެ. ގައުމީ ރޫހު ސިފައިންގެ ހިތްތަކުގައި އަށަގެންނެވުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ވެސް ކާމިޔާބެވެ.

ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އާންމުންނަށް ލިބެންޖެހޭ ކޮންމެ ޚިދުމަތެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ މާރިޔާ ޖެއްސެވީ މި މިސާލެވެ.

" އެ މީހެއްގެ ތިމާގެ މީހެއް ގެއްލުނީ، ނުވަތަ އޮޑިއެއް ފަރަށް އެރީ، އަނެއް ކަމެއްވީ، ހަމަ އެމްޑީޕީ މީހާއެއް ކަމަކު އެހެން ސިޔާސީ މީހެއް ކަމަކު އެ މީހާ އަށް އެ ގެރެންޓީ އޮންނަންވާނެއޭ އަޅުގަނޑުމެންގެ މީހުން އެއަށް އެޓެންޑްވާނެކަން. މިއަދު ކަންކަން ހިނގާނީ އަޅުގަނޑާއި ގުޅައިގެން، އެމްޕީއަކާއި ގުޅައިގެން ކުރާ ގޮތަކަށް ނޫން،" މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ ތެރޭގައި އޮތް ސިޔާސީ "ކިލަނބުވެރިކަން" ނިމުމަކަށް!

މާރިޔާ "ވަގުތަށް" އިންޓަވިއު ދެއްވަނީ.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސިފައިން ބޭނުންކޮށްގެން ސިިޔާސީ މަންފާއަށް ގާނޫނުއަސާސީއާ ޚިލާފު ކަންކަން މާޒީގައި ކުރުވާފައިވާތީ ސިފައިންނަށް އާންމުންގެ ހިތްތަކުގައި އޮތް އިތުބާރު ކުރިން އޮތީ ވަރަށް ބޮޑަށް ގެއްލިފައެވެ. ރައްޔިތުންގެ މަޖިލިހަށް ވަދެ "މަޖިލިސް ތަޅުލުމާއި" ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ ޖަލްސާތައް ބޭއްވުމާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމުގައި މިދިޔަ ސަރުކާރުން ސިފައިން ލައްވާ ކުރުވި ކަންކަމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ކަންކަމުގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެކަންކަމުގެ ސަބަބުން ސިފައިންގެ އަގު ވެއްޓުނު ކަން ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މިތަނާ ހަވާލުވި އިރު އޮތީ ވަރަށް ޕޮލިޓިސައިޒްވެފައި. އިންދަ ސެންސް މީހުން ޕޮލިޓިސައިޒް ވީކީ ނޫން. އެކި އެކި ސިޔާސީ ބޭނުމަށް މިތަން ވަނީ ވަރަށް ބޮޑަށް ބޭނުން ކުރެވިފައި. އާންމުން ކުރިމަތީގައިވެސް އެ ސިފައިންނާއި ދެތެރޭގައި މީހުން ދުށީ އެ މީހުން ބޭނުންވާ ގޮތް ނޫން ގޮތަކަށް ކަންކަން ގެންދިއުމަށްޓަކައި ބޭނުން ކުރެވޭ ބައެއްހެން،" މާރިޔާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި، ސަރުކާރާ ހަވާލުވުމަށް ފަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އިތުބާރު ހުރި، ހަގީގީ މާނައިގައި މިނިވަން ސިފައިންގެ އެއް ގާއިމްކުރެއްވުމަށެވެ. އެގޮތުން ސިފައިންގެ މެދުގައި ސިޔާސީ ވާހަކަތައް ނުދައްކާ، ޒިންމާދާރު މަސައްކަތްތަކެއް ކުރާ ބަޔަކަށް ސިފައިން ހެއްދެވުމަށް އެކަމަނާގެ ވަޒީރުކަމުގައި ބާރުއަޅުއްވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

ސިފައިންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

" އެ މީހަކު ބޭނުންވީމަ ގޮސް ވޯޓުލާށޭ. މިތާ އުޅޭށޭ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި އަޅުގަނޑު މިސާލަކަށް އަންނަނީ ސިޔާސީ މީހެއް. އަޅުގަނޑު ނިސްބަތްވަނީ އެމްޑީޕީއަށް އެކަމަކު ކޮންމެހެން އެ މީހުން އެތަނުގެ ތެރޭގައި ޕީޕީއެމް ވާހަކައެއް އެމްޑީޕީ ވާހަކައެއް ދައްކާނެ ކަމެއް ނެތޭ. އެ މީހުން ޕްރޮފެޝަނަލް މީހުން ހެން އުޅޭށޭ،" އެކަމަނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީއާ އެއްގޮތަށް އިންތިޚާބުކުރާ ވެރިކަމެއް ދިފާއުކުރުމުގައި ސިފައިންގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވާ މާރިޔާ ވަނީ ސިފައިންނަކީ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ ބަޔަކަށް ވާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އޮންނަން ވާނެ ކަމަށެވެ.

ސިފައިންގެ ހިންގުން ހަރުދަނާކޮށް ތަރުތީބު ކުރި ދެ އަހަރު

ޑިފެންސް މިނިސްޓަރު މާރިޔާ.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެތައް ޒަމާނެއް ވަންދެން ސިފައިންގެ ތެރޭގައި ހިނގަމުން އައި ނުރަނގަޅު ކަންކަން ހުއްޓުވުމަށް މިނިސްޓަރު މާރިޔާގެ ވަޒީރުކަމުގައި ފެއްޓެވި މަސައްކަތުގެ ބިންގާ ކަމުގައި ހެއްދެވީ، "ކެޕްސޫން ޑޮކްޓަރިން"ގެ ނަމުގައި ސިފައިންގެ ކަންކަމުގައި އަމަލު ކުރާނެ ގޮތް ސާފުވާނެހެން އުސޫލުތަކެއް އެކުލަވާލެއްވުމުގައި ކުރެއްވި ޚާއްސަ މަސައްކަތެވެ. އެ "ކެޕްސޫން" ވުޖޫދު ކުރެވުމާއެކު ތަފާތު އެކި ކޯ ތަކަށް (ބައިތަަކަށް) ބަހާލައިގެން ސިފައިންގެ ޚިދުމަތްތައް ވިލަރެސްކުރުމުގައި ކުރިއަށް ވުރެ ފުރިހަމަ ތަރުތީބެއް ވުޖޫދު ކުރެވުނެވެ.

އެގޮތުން ސިފައިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ ގޮތްތަކެއް ވެސް ކަނޑައެޅިއެވެ.

" އަޅުގަނޑުމެން މިހެދީ ކެޕްސޫން ޑޮކްޓްރިން ކިޔާ އެއްޗެއް. އެއީ ހުރިހާ ދުނިޔޭގެ ތަނެއްގައި ވެސް އެމްއެންޑީއެފްގެ އެ މީހުންގެ މިލިޓްރީއެއްގައި ވިއްޔާ އޮންނާނެ، އެ ޑޮކްޓްރިން ލިޔެވިފައި. އެ މީހުން ދާން ބޭނުންވާ އެ އަމާޒާ އެ މީހުން ބޭނުންވާ ކަންކަމާ އެ މީހުންގެ ފުލް ސްޓްރަކްޗަރ ރާވާނެ ގޮތާއި، އެ މީހުންގެ ކަންކަން އެންމެ ރަނގަޅަށް ކުރެވެނެ ގޮތުގެ ޑޮކްޓްރިން ލިޔެވިފައި އޮންނާނެ. އެ ޑޮކްޓްރިން ތައްޔާރުކުރެވުނު. ހަމަ ކޮލެޖާއި ގުޅިގެން ހަމަ އިލްމީ ފެންވަރެއްގައި މި ޑޮކްޓްރިން ތައްޔާރު ކުރެވުނީ." އެކަމަނާ ވިދާޅުވިއެވެ.

ސިފައިން ރަސްމިއްޔާތެއްގައި.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސިފައިންގެ އެތެރޭގެ މަސައްކަތްތައް އެއް ތަރުތީބަކަށް ގެންދިއުމަށް ފަހު ދެން މިނިސްޓަރު ކުރެއްވި މަސައްކަތަކީ ގޮންޖެހުން ކުޑަ މަސައްކަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. އެގޮތުން، ފުރަތަމަ ފަހަރަށް "މިލިޓަރީ ޖަސްޓިސްގެ" ނަމުގައި ނިޒާމެއް އެކުލަވާލާ، އެ ނިޒާމުގެ ތެރެއިން ސިޔާސީ އޮއިވަރާއި ފަންވަރުގެ ތެރެއިން، މަގާމު ގެއްލުނު ސިފައިންނަށް އިންސާފުގެ "ދޮރެއް" ހުޅުވާލެއްވިއެވެ. ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ތަމުރީނުކޮށް، ތަރުބަވެރިކުރާ ސިފައިންގެ މީހާއަކީ ސިޔާސީ ރޯޅިއެއްގައި، ނުވަތަ ޚިޔާލުތަފާތުވުމުގެ ސަބަބުން، ސިފައިންގެ ވަޒީފާ އަށް ވަދާއު ކިޔާ މީހަކަށް އެއްވެސް މީހަކު ނުވުމަކީ މިނިސްޓަރު މާރިޔާ ސިފައިންނަށްޓަކައި ކުރައްވާ ފޮނި އުންމީދެކެވެ.

" ކޮމާންޑަރެއްވެސް އެހެން ބޭފުޅެއްވެސް ކޮޕްލެއިން އެއް ގެންނަވާ ކަމަށްވާ ނަމަ އޭނަ އަށް ލިބޭނެ ލޯޔަރެއް ވެސް. އޭނާ އަށް ލިބޭނެ ދަ އޮޕޮޗިއުނިޓީ ޓު ބީ ހަރޑް. އޭނައަށް ލިބޭނެ ޗީފް އަށް އެޕީލް ކުރުމުގެ ބާރު. އެންމެ ފުރަތަމަ އެހެން ބައެއް ބައްލަވާނީ، އެޕީލްއެއްހެން ޗީފް އަށް ގެނެވޭނެ މިނިސްޓަރަށް ވެސް ގެނެވޭނެ." މާރިޔާ ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރު ދުވަސް ތެރޭގައި ސިޔާސީ ތެރޭގައި ހުރި ތަފާތު ކުރުންތައް ނައްތާލުމަށް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަމުގެ ހިތްހަމަޖެހުން އެކަމަނާއަށް އޮތްކަން މާރިޔާ ވަނީ ފާހަގަކުރައްވައިފައެވެ. ސިފައިންގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް އިތުރަށް ކުރި ކަންކަމުގެ ތެރޭގައި، މާޒީވެ ދިޔަ ތަނުގައި "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ހަދާފައި އޮތް ގްރީވެންސް ބޯޑު ހަރުދަނާކުރެއްވުން ފާހަގަކޮށްލެވެއެވެ.

ސިފައިންތަކެއް ބައްދަލުވުމެއްގައި ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސިފައިންނަށް ލިބޭ އަނިޔާ އެއް ނުވަތަ ތަފާތު ކުރުން ފަދަ ކަންކަމުގައި އެ އުދާސްތައް ބަލާދޭނެ ބޯޑެއް އޮންނަންވާނެ ކަމަށް ސިފައިންގެ ގާނޫނުގައި ބުނާއިރު، އެ ބޯޑުގައި ޖޫނިއާ މަގާމުތަކުގެ މީހުން ތިބުމުގެ ސަބަބުން، މަތީ ފަންތީގެ ސިފައިންގެ ކިބައިން އެހެން ސިފައިންނަށް ދިމާވާ ކަންކަން ބެލުމަށް ނުކުޅެދިފައިވާ ކަން މާރިޔާ ވަނީ ފާހަގަކުރައްވައިފައެވެ.

" މިސާލަކަށް އޭނާއަށް ލިބޭ ހައުސިންއެއްގައި ވެސް، ހަމަ ކުއްލިއަކަށް ޗީފް ހުންނަވާފައި އެހެން މީހަކަށް ދެއްވީ. އެކަހަލަ ކަންކަން ނުހިނގައެކޭ ނޫން. އޭނަ އަށް ލިބުނީ އަނިޔާއެއްތާ. ކުރީގަ މިއޮތީ ދަތެއް ނެތް ބޯޑެއް ހެން. އެހެންވީމަ އެއްވެސް މީހަކު ދާކަށް ބޭނުމެއް ނުވޭ. ޖޫނިއައަ އޮފިސަސް ތިބީމަ ނުބެލޭނެތާ. އެހެންވީމަ އަޅުގަނޑުމެން އެތަނަށް މިލީ އަޅުގަނޑުމެންގެ އެންމެ ދުވަސްވީ ޖެނެރަލް. އެއީ މިތާގަ އޮވޭ ސީނިއަރިޓީއަށް ރެސްޕެކްޓް ކުރުން. ކާނަލުންނާއި ތިބެގެން ސީރިއަސްކޮށް ނިންމަނީ. އެވެސް އެޕީލްކުރެވެ މިނިސްޓަރަށް. މިނިސްޓަރު ނިންމާއިރު ހުރިހާ ޖެނެރަލުންނާ ކޮންސަލްޓް ކުރާނެ." އެކަމަނާ ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތް ހަރުދަނާކުރުމަށް ދެން ކުރެއްވި މަސައްކަތަކީ ފުލުހުންނާއި ސިފައިންނާއި މެދު ވެލްފެއަގެ ކަންކަމުގައި ހުރި ތަފާތުކުރުންތައް ނައްތާލާ، ދެބައި މީހުންގެ ވެލްފެއާގެ ކަންކަން އެއްގޮތްކުރެެއްވުމެވެ.

ސިފައިންނަށް ހައްގުވާ މަގާމާއި ކުލަ ހޯދުމަށް ގަނެތެޅުން ނިމުމަކަށް

ސިފައިންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސިފައިން ފަދަ ޔުނިފޯމް އެޅި މުއައްސަސާތަކުގައި އާއްމު މުވައްޒަފުން އެންމެ ބޮޑަށް މާޔޫސްވާ އެއްކަމަކީ މަގާމުގެ ކުރިއެރުން ނުލިބި އެތައް ޒަމާނެއް ވަންދެން ހުރި ހިސާބުގައި ތާށިވެފައި ހުންނަން ޖެހުމެވެ. ރެއާ ދުވާލު ކުރާ ބުރަ މަސައްކަތުން ހައްގުވާ "ޕްރޮމޯޝަން" ލިބޭނެ ކަމުގެ ޔަޤީންކަން ނެތި، އަގު ވަޒަން ނުކުރެވޭ ކަމުގެ އިހުސާސް ކުރެވުމަކީ ސިފައިންގެ ތެރޭގައި ކުރާހިތުން މަސައްކަތް ކުރާ އެތައް ބަޔަކަށް ލިބޭ މޮޅިވެރިކަމެކެެވެ.

ސިފައިން ކުރާ މަސައްކަތުގެ އަގު އޭގެ ހައްގު ގޮތުގައި ލިއްބައިދޭކަން ޔަގީންކުރުމަށް ޕްރޮމޯޝަންތައް ދެނީ ޕްރޮމޯޝަން ބޯޑުގެ ތެރެއިންކަން ޔަގީންކުރައްވަން ފިޔަވަޅުތަކެއް އެޅުއްވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ ސިފައިންނަކީ ފައިސާ އަށް މަސައްކަތް ކުރާ ބައެއް ނޫން ކަމަށާއި ސިފައިން މަސައްކަތް ކުރަނީ ކުލަ އާއި މަގާމުގެ ކުރިއެރުމާއި މެޑަލްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

އެހެންކަމަށް ވާއިރު ޚާއްސަ މުނާސަބަތަކާ ދިމާކޮށް އެފަދަ ކުރިއެރުންތައް ދިނުމުގެ ސަގާފަތެއް އޮތުމުންނާއި، ވަކި ޚާއްސަ މީހަކަށް ނާދެވިގެން މަގާމުގެ ކުރިއެރުމާއި ކުލަ ފަދަ ތަކެތި ހަވާލު ނުކުރެވޭ ގޮތް ވުމުން، ސިފައިންނަށް ލިބެން ޖެހޭ ކުރިއެރުންތައް ނުލިބި މަޑުޖެހިފައި ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާރު ޕްރޮމޯޝަން ބޯޑުން ޕްރޮމޯޝަން ފާސްކުރާ ހިސާބުން ވީ އެންމެ އަވަހަކަށް އެ ޕްރޮމޯޝަންގެ ހައްގުވެރިންނަށް ޕްރޮމޯޝަން ދިނުމަށް އިސްކަން ދެއްވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --ފޮޓޯ / މުހައްމަދު ހައްޔާން

ހާހަކަށް ވުރެ ގިނަ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރަން ޖެހުނު

ސިފައިންގެ ޚިދުމަތްތަކުގެ ތެރެއިން ފަޔަ އެންޑް ރެސްކިއުގެ ޚިދުމަތްތަކަށް ބަލާ ނަމަ، އެއްހާސް ވަރަކަށް ހާދިސާއަށް ފާއިތުވި ދެ އަހަރު ދުވަހު އެޓެންޑު ވެފައި ވާއިރު އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ދެ ހާދިސާއެވެ.

ފަޔަ އެންޑް ރެސްކިއު ސާވިސަސްގެ މަސައްކަތް ހަރުދަނާކޮށް، އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު މަދުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފަޔަ ޕްރިކޯޝަން އެކްޓެއް ހަދަން މަސައްކަތް ކުރުމާއި ކެމިކަލް ގުދަންތައް މާލެ ސަރަހައްދުގައި ނުބެހެއްޓޭނެ ގޮތަށް ހެދުން ހިމެނެއެވެ.

ކެމިކަލް ގަވާއިދުގެ އިތުރުން އެހެން ގަވާއިދުތަކާއި ގާނޫނުތައް ހަރުދަނާކޮށް، އަލިފާނުގެ ހާދިސާތައް މަދު ކުރުމަށާއި، އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސިފައިންގެ މަސައްކަތްތައް ތަފާސް ހިސާބުތަކުން

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކުރުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

މުޅި ދުނިޔެ އަށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ހިންގި އޮޕަރޭޝަން ނުހިމެނޭ ގޮތަށް ސިފައިން ވަނީ ފާއިތުވި ދެ އަަހަރު 2000 އޮޕަރޭޝަން ހިންގާފައެވެ. އެގޮތުން ސަވައިލެންސް ނުވަތަ ޕެޓްރޯލިންގެ ތެރެއިން ހަތް ލައްކަ އަކަ ނޯޓިކަލް މޭލުގެ ސަވައިލަންސް ހިންގާފައި ވާއިރު، އެއީ 27 ފަހަރު ރާއްޖޭގެ ސަރަހައްދު އެއްކޮށް ބެލޭ މިންވަރެވެ.

މުދަލާއި ފުރާނަ ސަލާމަތް ކުރުމަށް މިދިޔަ ދެ އަަހަރު، 700 ހާދިސާ އަށް ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. ކުދިކުދި ހާދިސާއާ ގުޅިގެން ދެހާސް މީހުންނަށް ޚިދުމަތް ދިން އިރު ބައެއް ހާދިސާތަކާއި ގުޅިގެން ސިފައިން ވަނީ މެދު ނުކެނޑި ރެއާއި ދުވާލު ބޮޑެތި އޮޕަރޭޝަންތައް ހިންގާފައެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި މާރިޔާ ދެއްކެވީ އަހަރުގެ ފެބްރުއަރީ މަހު ލ.ފޮނަދޫން ފުރައިގެން އެއަތޮޅު މާމެންދުއަށް ދަތުރުކުރި ޑިންގީ އެއް ބަންޑުން ޖަހާލައި މަރިޔަމް ޝިމާ ގެއްލުނު ހާދިސާއަށެވެ. މާރިޔާ ވިދާޅުވި ގޮތުގައި ޝިމާ ހޯދަން ސިފައިން ކުރީ ބުރަ މަސައްކަތެކެވެ.

" ހަނދާން ހުންނާނެ ކަންނޭނގެ ޝިމާ ގެއްލިގެން، ހަތް ދުވަސް ވަންދެން އަޅުގަނޑުމެން އެ ގަދަ ކަނޑުތަކުގައި ކެނޑިނޭޅި ލޯންޗްފަހަރުގައި ދަތުރު ކުރި، ޑައިވަރުން އުޅުނު، ހެލިކަޕްޓަރުގައި އުޅުނު،" މާރިޔާ ވިދާޅުވިއެވެ.

ސިފައިން ރައްޔިތުންނަށް ދިން ހިދުމަތްތަކުގެ ތެރޭގައި ސީއެމްބިއުލާންސްގައި 4500 މީހުންނަށް ޚިދުމަތް ދިނުމާއި 126 މީހުން ހެލިކަޕްޓަރުގައި އެކި ތަންތަނަށް ގެންގޮސް ދިނުން ހިމެނެއެވެ.

ސިފައިން އުފެއްދި ވެންޓިލޭޓަރު ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ ވެރިން ބައްލަވާލައްވަނީ.

ކޮވިޑްގެ ހާލަތުގައި ސިފައިން ކުރި މަސައްކަތަކީވެސް ތައުރީފު ހައްގު ބުރަ، މިންނެތް މަސައްކަތްތަކެކެވެ. އެގޮތުން ބިންގާ އެޅުމުގެ މަސައްކަތުގެ ފަށައިގެން މުޅި މަސައްކަތުގެ މަރުހަލާ ނިމުމާއި ހަމައަށް، ހަތަރު ހޮސްޕިޓަލުގެ މަސައްކަތް ސިފައިން މެދުވެރިކޮށް ވަނީ ފުރިހަމަކޮށްފައިވެއެވެ. އަދި ކޮވިޑް އޮޕަރޭޝަންގައި 800 ސިފައިން ހަރަކާތްތެރިވި އިރު ތަފާތު 30 ފެސިލިޓީ އާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި 18 އެއްހާ (ކްލަސްޓަ) ސިފައިން މަސައްކަތް ކުރިއެވެ. އަދި މިހާރު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި 70 ސިފައިން ހަރަކާތްތެރިވެއެވެ.

ކޮވިޑްގެ ހަގީގީ މައުލޫމާތު ސާފު ނުވެ، ކޮވިޑްގެ ބިރު އިންތިހާ އަށް އޮތް ހާލަތުގައި، އެންމެ އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅެން ނެތް ހާލަތުގައި ބިރަކާ ނުލާ ރައްޔިތުންގެ ޚިދުމަތުގައި ނުކުތް ބަޔަކީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އަބަދުވެސް ދެމި ތިބި ދިވެހި ސިފައިންނެވެ. ކޮވިޑް-19 އާ ގުޅިގެން މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި، އައިސޮލޭޝަން އާއި ކަރަންޓީނު ފެސިލިޓީތަކުގައި ސިފައިން ކުރި މަސައްކަތަށް އެތައް ބައެއްގެ ތައުރީފް ވަނީ ލިބިގެން ގޮސްފައެވެ.

" ބައެއް ތަންތާ ފަރިވަޅު ހެދި. އައްޑޫ ހިސާބުގައި ކުރަހާފަ އާއި ލިއުމުން ދިން. ކުޑަކުދިން ކާޑު އެއްޗެހި ހަދާފައި ފޮނުވި. ސިފައިން ކުރި މަސައްކަތާއި މެދު އާއްމުން ހިތްހަމަޖެހުނު ކަން އެނގޭ. ދަތި އުނދަނގޫ ދަނޑިވަޅުގައި ސިފައިން ޚިދުމަތް ދިން." މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތް ހަރުދަނާކުރުމުގައި ތަމްރީނާއި ތައުލީމަކީ މުހިންމު ދައުރެއް އަދާކުރާ ކަންކަމަށް ވާއިރު ކޮންމެ ފަސް ސިފައިންގެ މީހެއްގެ ތެރެއިން ތިން މީހުންނަށް މިދިޔަ ދެ އަހަރު ވަނީ ތަމްރީނު ދީފައެވެ. އެއީ 2017 އާއި އަޅާ ބަލާނަމަ 60 އިންސައްތައިގެ ކުރިއެރުމެކެވެ. މިވަގުތުވެސް ގިރިފުށި، މާފިލާފުށި، ކައްދޫ އަދި އައްޑޫގައި ސިފައިންގެ ތަމްރީނުތައް ކުރިއަށް އެބަދެއެވެ.

ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ބޭރު ގައުމުތަކާއި ގުޅިގެން ކުރާ މަސައްކަތްތަކަށް ބަލާ ނަމަ މި ދަނޑިވަޅުގައި އެކަނިވެސް 600 ސިފައިން ދަނީ ރާއްޖެއިން ބޭރުގަައި ތަމްރީނުވަމުންނެވެ. 300 ސިފައިން ހިމެނޭ ގޮތަށް އިންޑިއާ، ލަންކާ، އެމެރިކާ، ޖަޕާން ފަދަ ޤާއުމުތަކާއެކު 15 ހަރަކާތެއް ސިފައިން ވަނީ ހިންގައިފައެވެ.

މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު ރާއްޖެއިން ބޭރުން ރޯޔަލް މެރިންސް އާއެކު ސިފައިން ތަމްރީން ކުރުމުގެ މަސައްކަތް ކައްދޫގައި މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ.

މިދިޔަ ދެ އަހަރު ތެރޭގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މާފިލާފުށީގެ ކެޕޭސިޓީ އިތުރުކޮށް، ކޮމްޕޯސިޓް ޓްރެއިނިން ސެންޓަރެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފައެވެ. ރާއްޖެއިން ބޭރުން ލިބުނު އަސްކަރީ އެހީއަށް ބަލާ ނަމަ މިނިސްޓަރު މާރިޔާ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން އަސްކަރީ ކަންކަމަށް 300 މިލިއަން ރުފިޔާގެ އެސެޓްސް އާއި އިކުއިޕްމެންޓްސް ވަނީ ލިބިފައެވެ.

އަދި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރީގެ ކޯސްޓްގާޑު އިމާރާތް ހުރި ތަނުގައި އާ އެމްއޯޑީ ބިލްޑިންއެއް ގާއިމްކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ. ހަމައެހެންމެ ޖަޕާނު ސަރުކާރުގެ އެހީގައި އެންވައިރޮމެންޓަށް ތެޔޮ އެޅުމުން ފެތުރިޔަ ނުދީ ދެމެހެއްޓުމަށް އެހީތެރިވެދޭ ބޫމް އެއް ލިބިފައިވެއެވެ. އެ ބޫމް އާއި އުޅަނދުތައް ހިމެނޭހެން 100 މިލިއަން ރުފިޔާގެ އަގު ހުރި ތަކެތި ޖަޕާނުން ފޯރުކޮށްދިނެވެ.

ކަސްޓަމްސްގައިވެސް ފަހުރުވެރި މަސައްކަތްތަކެއް

މޯލްޑިވްސް ކަސްޓަމްސް އަކީ ވެސް ޑިފެންސް މިނިސްޓަރު މާރިޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ މުއައްސަސާއަކަށްވާ އިރު ފާއިތުވި ދެ އަަހަރު ކުރެވުނު މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭކަން މާރިޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ފާއިތުވި ދެ އަހަރު މަސްތުވާތަކެރި ރާއްޖޭގެ މައި ދޮރު މެދުވެރިކޮށް އެތެރެ ކުރާ މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، 84 ވޭދަނައިގައި 50 ކިލޯގެ މަސްތުވާތަކެތި މިދިޔަ ދެ އަހަރު ވަނީ އަތުލައިގަނެފައެެވެ. އެއީ މިދޔަ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަޅާ ބަލާމަ ދެ ގުނަ އިތުރު އަދަދެކެވެ. އަދި މިހާރު ކަސްޓަމްސް އިން މަސައްކަތްތަކަށް ބަލާއިރު، ކަސްޓަމްސްގެ އަތްދަށުން ދޫވެގެން މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ނުވާނެ ކަމުގެ ޔަގީންކަން ކުރިއަށް ވުރެ އިތުރުކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ނ

  ކާކުތޯ ހިތުން ރުހުމުން ކަމަނާއަށް ސެލިއުޓް ނަގާނީ
  ފިދަނައަށް ގޮވާ ގާނޫން އަސާސީ އަށް ފައިން އަރާ
  ކަމަނާ ހުވާ ކުރީ ވަކިބަޔަކަށް ޚިދުމަތް ދޭންތޯ

  129
  4
 2. ޙ

  ފޮނި ނުކަނޑާ...
  ޢަހަރަމެން ސިފައިން ކަލެއަށް އިތުބާރެއް ނުކުރަން

  129
  5
 3. ދިފާއު

  ނޮވެމްބަރ 3 ގައި ދިވެހި ސިފައިން ތިބީ ފިލާ. މިހެން ބުނީ ވެސް މާރިއާ.

  139
  4
 4. ހުސޭނުބޭ

  ސިފައިންގެ ޕެރޭޑަށް ވަދެ އަވަގުރާނަ ގޮވި ވާހަކައާއި ޤާނޫނު އަސާސީއަށް ފައިން އެރި ވާހަކައާއި ދިވެހި ރާއްޖެ އަޅުވެތިކުރުމަށް އިންޑިޔާ ސިފައިން އަންނަން ގޮވާލި ވާހަކަ މި ލިޔުމުގައި ހިމަނާލިނަމަ އާރުކާޓީގެ އަސްލު ސިފަ ފާޅުވީސް

  135
  4
  • ވެރިން

   ސިފާއިނަށް ފިދަނަށް ގޮވި ވާހަ ކަޔާ ،ސިފާއިން ގާއިގަ ތަޅަން ގޮވި ވާހަ ކަޔާ މިވެސް ހިމަނާލިނަމަ ފުރިހަމަ ވީސް

   55
   1
 5. މިއަދު

  އާކަމެއްގެ ވާހަކައެއް އާގޮތަކަށް ކުރާނެބާހަކައެއްބެސް ހަމަ ހުސް އަނގަ.ކައިގެންނެ.ފުރާނީ ނުކައެއް ނުފުރާނަމޭ

  103
  1
 6. ލީލާވަތީ

  މާރިޔަށްތަ ގޭގަ ކައް ކަން މަޑު ކޮއްލަން މާ ހެޔޮފާލެއް ހެންހީވަނީ

  39
 7. ކާލި

  ހިންދުސްތާނުގެ ޓެރެރިސްޓް ޖަމާއައްތަކުން އަވައްޓެރި ޤައުމުތަކުގައި ޓެރެރިސްޓު ހަރަކާތް ހިންގަމުންދޭ އެގޮތުން ޕާކިސްތާނުގައިވެސް އެފަދަ ހަމަލާތަށް ހިންގާފައިވޭ އެތަކެއް ފައިސާ ހަރަދުކުރޭ ! ޕާކިސްތާނުގެ ހާރިޖީ ވަޒީރު މަހުމޫދު ގުރަޝީ ހަމްނިއުސް ޕާކިސްތާން

  21
 8. އަހުސަން

  ފަޑިތާރުން ހައްޔްރުކުރީ ގާނޫނޫ އަސާސީއާ ޚިލާފަށްކަމަށް މާރިޔާބުނެ ދޮގުހަދާއިރު ، މަޖިލިސްގެ ރައީސް ޖަލްސާ ނުބާއްވަނީސް އިދިކޮޅު މެންބަރުން އަމިއްލައަށް ޖަލްސާ ބޭއްވުމަށް މަޖިސްގެ ފުޅައްމަތިން ފުއްމާލައިގެ ގޯތިތެރެއަށް ވަންވާހަކައާ، ބުރުމާ ގާސިމުބުނާ(ތިމަންމެން ހުކުމެއްނެރުނީމައަި އެވެސް ކަމަކުނުދިޔަ) ވާހަކައާ މާރިޔާމެން އިދިކޮޅުގައި ތިބެގެން ފަޑިޔާރުން ގެނެލިވާހަކަ، މިވާހަކަތައްތައްވެސް ކޮލަމުގައި ލިޔެލިނަމަ ތިލަފަތުގެ ދެކޮޅު ހަވީސްއެވެ، މިހާރު މިޚަބަރުއޮތްގޮތުން ޔަގީންވަނީ މާރިޔާބުނެގެން ލިޔެފައިވާ ޚަބަރެއްހެން!

  32
 9. ވަހިއްޓޭ

  ސިފައިންގެ ސިއްރު އިންޓެލުޖަންސް މައުލޫމާތު ލީކުކޮއް ގައްދާރުވެގެން ބޭރުކުރި މީހަކު ތިޔަހުރީ ޗީފަކަށް ލާފަ. ފުރަތަމަ ޗީފެއްނު ބަދަލު ކުރަންވީ

  37
 10. އަމީ

  ހާދަ އޮފު އަރައޭ. ބަލަ ޖަލަށް ވައްނަން ތައްޔާރަށް ހުރޭ. އިންޑިއާ ސިފައިނަނާއެކު މިގައުމުން ބޭރު ވޭ އެހެންނޫނީ.

  34
  1
 11. އަބޫ

  ސިޔާސީ ނުކުރާންވެގެން ދޯ 8 އަހަރު ހިދުމަތާ ދުރުގަ ހުރި މީހަކު ގެނެސް ޗީފް އޮފް ސްޓާފް އޭ ކިޔާފަ އެންމެންގެ މައްޗަޢް ލާފަ އެހެރީ... ހިދުމަތުގަ ޤާބިލް މީހުން ތިއްބަ...

  43
  1
 12. މަބޭ

  އެމްއެންޑީއެފް ސިޔާސީ ކުރުވިބަޔަކީ އެމްޑީޕީ މީމިހާރުވެސް ފެންނަންއޮތް ހަގީގަތެއް

  44
  1
 13. ޙހހހ

  ބަލަ ކަމަނާ ނޫންތޯ ވިދާޅުވީ ސިފައިންނަކީ ފިނޑިބަޔެކޭ ، ބާޤީންނޭ ، އެކަމަކު ކަމަނާއަށް މަޤާމުގެ ގޮތުން އެވެރިން ކުރާ ޤަދަރާއި ޚިދުމަތާއި އިޚްތިރާމް ކުޑަތޯ ، ލަދުހަޔާތްކުޑަކަން

  38
 14. ޙހހހ

  ސިފައިން ސިޔާސީކުރީވެސް ހަމަ ތިމީހުން ، ސިފައިންގެ ވަޒީފާގައި ހުރި ޔާމީން ސަރުކާރާއި ދެކޮޅަށް ޓްވީޓްކޮށް ފާޅުގައި ބަސްބުނިމީހެއް މިއަދު ޗީފަކަށް ތިހިރީ ، ކޮން ޤާނޫނަކުން ސިފައިނަށް ބާރުދެނީ ވެރިކަމާއި ދެކޮޅަށް ބަސްބުނަން ، ކީއްވެ އޭނަޔަށް މަޤާމްދިނީ

  32
 15. ކިޔާމީހާ

  މީނާގެ ދުލުގެނުބައި ކަމާ ފޮތް ކުޑަ ކަން އެންމެހައި ދިވެހިރައްޔިތުން ދަންނާާނެ، ޚާއްޞަ ކޮށް ޤާނޫނު އަސާސީއަށް ފައިން އަރާ ، ސިފައިން ނަށް ފިދަނަ އަށް ގޮވާ ބޭރުގެ އަސް ކަރީ ވާރުތަ ކަށް ރާއްޖެ ހިފާ ދިވެހިން ރަހީނު ކުރުމަށް ގޮވި މިބައި ނުލަފާ މުޑުދާރު މީހެއް ކަން ވަރަށް ރަނގަޅަށް މިޤައުމު ދެ ކެ ލޯބިވާ އެންމެހައި ދިވެހި ދަރިން މާރަނގަޅަށްވެސް ދަނޭ.

  33
  1
 16. ކިޔާމީހާ

  މީނާގެ ދުލުގެނުބައި ކަމާ ގޮތް ކުޑަ ކަން އެންމެހައި ދިވެހިރައްޔިތުން ދަންނާާނެ، ޚާއްޞަ ކޮށް ޤާނޫނު އަސާސީއަށް ފައިން އަރާ ، ސިފައިން ނަށް ފިދަނަ އަށް ގޮވާ ބޭރުގެ އަސް ކަރީ ބާރުތަ ކަށް ރާއްޖެ ހިފާ ދިވެހިން ރަހީނު ކުރުމަށް ގޮވި ނުބައި ނުލަފާ މުޑުދާރު މީހެއް ކަން ވަރަށް ރަނގަޅަށް މިޤައުމު ދެ ކެ ލޯބިވާ އެންމެހައި ދިވެހި ދަރިން ދަނޭ.

  32
  1
 17. ފެރޭ

  މާރިޔާގެ ހުރި ނުލަފާކަމާ އޭނާގެ އަހުލާގީ ފެންވަރު ނޫސްވެރިޔާ އަށް ނޭގެނީތަ ނޫނީ ފިތިފަ ހުރީތަ

  42
  1
 18. ކޮބާކަލޭ

  މާރިޔަތުގެ އާރުކާޓީކަމުގައި ދިފާއީވުޒާރާ ދަނީ ބާރުސްޕީޑުގައި އަޅުވެތިކަމާދިމާލައް ދެއްތޮ؟

  18
 19. އަސްލުވެސް

  ހިސާބައްވުރެ ލަދު ހަޔާތްކުޑަވެއްޖިއްޔާ މުޖުތަމައުގައި އެމީހެއްގެ އަގެއްނުހުންނާނެ!

  18
 20. މުހައްމަދު ޝާހް، ރ.ވާދޫ

  ވަރަށް ސަޅި. ރީތިގޮތުގަ ރައްޔިތުންނަށް ދޮންކަޅުވެސް އަންގާނުލާ، ސަލާމަތީ ސަބަބުތަކަށްޓާކާ އެއްވެސް އެއްޗެއް ހާމަނުކޮށް، މުޅި ގައުމު ބޭރުގެ އަޅުވެރިކަމަށް ގެންދިޔުން. ރައްޔިތުން ގަޅިޖެހިފަ ތިބޭ، މުޅި ގައުމުމު ވިއްކާލާ ނުބައި އަންހެނެއްތީ.

  17
 21. ރޯދަ މުބާރިކް

  މިނިސްޓަރ މާރިޢާ ކުރައްވާ ރަނގއްކަތް ބަލައިގަންނަންޖެހޭ! ގޯހިއްޔާ ގޯސް ރަނގަޅިއްޔާ ހަމަ ރަނގަޅު!..

  14
 22. ސިއްތި

  ޤާނޫނުމައްޗަށް ފަޔުންއެރި މާރިޔާ ސިފައިންނަކީ އަބަދުވެސް ކުރިންވެސް ޤައުމުދެކެ ލޯބިވާ ޤައުމަށް ތެދުވެރި ބައެއް ކަމަނާގެ ޕާޓީންމޫންތޯ ސިފައިން ސިޔާސީކޮށް ޤައުމު އަންދަން ނުކުތީ

  16
  1
 23. ވިސްނާ

  މިމީހުން ދައްކާވާހަކަދޯ...ސިޔާސީވެގެން ވަކިބަޔަކައް ކަމެއްކޮށްދޭ ބައެއްނޫ ސިފައިންނަކީ....އެމީހުން ވަނީ އެކަން ކިތަންމެ ފަހަރަކި ސާބިތުކޮށްދީފަ.... އެމް.ޑީ.ޕީ އަކަސް އެހެންބަޔަކައްވިޔަސް ޤާނޫނު އަސާސީއާއި އިސްލާމް ދީނާއި ހިލާފް ވާކަމައްވަންޔާ އެކަންކަމަށް ކެރިގެން ހުރަސް އަޅާނެ... މިހާރު އަނެއްކާ ހިފާފަހުރިމިސްރާބު ރަނގަޅުކަމަކަށް ނުފެނޭ.

 24. ޔުކީ ކުނި

  ތި ޔާ ކާކު ތަ

 25. ޤާދިރު

  މި ޤައުމު އަޅުވެތި ކުރުން ފިޔަވައި ކުރެވުނު ކަމެއްނެތް. ވަރަށް ރަނގަޅަށް އެހެން އެއްވެސް ބަޔަކަށް ނުކުރެވޭ ވަރަށް މި ޤައުމު އަޅުވެތި ކޮށްފި. ޕިކުނިކުގަ އެމެރިކާއަށް ގޮސްފަ ވެސް ދިފާއީ އެއްބަސް ވުން. މި އީ ދުނިޔޭގެ އެއް ވެސް ޤައުމެއްގެ ދިފާޢީ ވަޒީރަކު ކުރި ކަމެއްތަ؟ އިންޑިޔާއަށް މި ޤައުމު ހިފޭނެއޭ ލަދުކޮބާ؟

 26. ނަނީ

  ހުއްޓަސް ނެތަސް އެތާ އަބަދުވެސް ހިންގާ ކަންކަން އެއީ، ތިގޮލާ ހުއްޓަސް ދަތްދޮޅި އާދަނު ހުރި އިރުވެސް ހަމަ ތިކަންކަން އެތާ ހިނގާނެ އަދި ހިގަންވެސް ހިނގާނެ

 27. ބަބުރޭ

  ދިވެހި އަސްކަރިއްޔާގެ ވަރަށްގިނަސިއްރުތައް ސިޔާސީމަންފާއަކަށް ތިހާމަކޮށްލީ ތިކަމަނާ އޭގެއަގުދައއކަވަންޖެހޭނެ ދުވަސްއަންނާނެ

 28. ޢަފްލާ

  ވެންޓިލޭޓަރު ގުޅާބަލަ މާރިޔާގެ އަނގަޔަށް