ރާއްޖެ ފަދަ ދުނިޔޭގެ ނިސްބަތުން ބަލާ އިރު، ކުޑަ ގައުމެއްގެ އިގްތިސާދުގެ ރާގު ބައްޓަންވެފައި އޮންނަނީ ބޭރު ދުނިޔޭގެ އޮއިވަރާއި ފަންވަރު ހުރި ގޮތަކަށެވެ. ރާއްޖެއަކީ ގިނަ އިން އިމްޕޯޓު ކުރާ ގައުމަކަށްވާތީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ހުރެ އޭގެ އަސަރު ވެސް ރާއްޖެ އަށް ކުރެއެވެ.
ޒަމާނުއްސުރެ ފަތުރުވެރިކަމަށް ބޮޑު ތަނުން ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދު މުޅިން އާ މަގަކަށް ބައްޓަންކޮށް، އިގްތިސާދު ނަގާ ކޮޅަށް ޖެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަސައްވުރެކެވެ. އެމަނިކުފާނުގެ އަޒުމަކީ ރާއްޖޭގެ އިގްތިސާދަށް އާރޯކަން ގެނެސް ދިނުމެވެ. އިގްތިސާދަށް ދުޅަހެޔޮކަން ގެނެސްދީ، ރައްޔިތުންގެ ޖީބުތައް ތަނަވަސްކޮށްދިނުމެވެ. ރައްޔިތުންނަށް ހިތްފަސޭހަކަމާ އެކީގައި ދިރިއުޅެވޭނެ ގޮތެކެވެ.
އިގްތިސާދީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި އެމަނިކުފާނު ދެކެވަޑައިގެންނެވި ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ކުރީގައި ހުރި "ބޯދާ" އުސޫލުތަކަށް ބަދަލު ގެންނަން ފަށައިފައެވެ. ކުރީގެ ބައެއް އުސޫލުތައް "ކޮށައި، މަށައި" ވިޔަފާރިވެރިޔާ އާއި އާންމުންނަށް ފަހި އިގްތިސާދެއް ގާއިމުކޮށް ދިނުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
ޒަމާންވީ އުސޫލުތައް ބަދަލުކޮށް، އާ މިސްރާބަކަށް!
ފައްޔާޒް ގަބޫލު ކުރައްވާ ގޮތުން، ރާއްޖޭގެ އިގްތިސާދު ވަޅު ޖެހި ތާށިވެފައި އޮތުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރިއިރު އޭގެ ތެރެއިން ގިނަ ކަންކަން އިސްލާހު ކުރެވެން އޮތީ އިގްތިސާދީ ދާއިރާ އާއި ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތައް އަދި އުސޫލުތަކަށް ބަދަލު ގެނެސްގެންނެވެ.
އެހެންކަމުން އެމަނިކުފާނު އެންމެ ފުޅާކޮށް، އެންމެ އަވަހަށް ކުރައްވަން ފެއްޓެވި މަސައްކަތަކީ ވިޔަފާރި ކުރުމަށް ހުރި ހުރަސްތައް ގިރާ ކުރެވޭނެހެން ވިޔަފާރިވެރިންނަށް ފަހި ބަދަލުތަކެއް ގެނެސްދެއްވުމެވެ. އެގޮތުން އިގްތިސާދީ ގޮތުން ވިޔަފާރިވެރިންނާއި، އާއްމުންގެ ޝަކުވާތައް ހުރި މިސްރާބު ވަޒަންކުރައްވާ ޕޮލިސީ ލެވެލްގެ ބަދަލުތަކެއް ގެންނަވަން "ކަމަރު" ބެންނެވިއެވެ.
"ވަގުތު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ ފާއިތުވި ދެ އަހަރު އޭނާގެ މަސައްކަތްތަައް ބައްޓަން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތައް ގެނެވޭނެ ފަދަ ސިޔާސަތުތަކެއް ގާއިމު ކުރެއްވުމަށް ކަމަށެވެ.
" އަތްލެވޭ އެއްޗަކަށް ވުރެ ބޮޑަށް އަޅުގަނޑު އަބަދުވެސް ދަންނަވަން އެބަހުއްޓޭ އެއްކަލަ ހެދިފައި ހުރި ގަވާއިދުތަކާއި ޤާނޫނުތައް، އެއީ އިގްތިސާދު ކުރިއަށް ދިއުމަށް މިހާރު އެބަވެއޭ ހުރަހަށް. ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ސަބަބަކާއި ހުރެ ހެދޭ ގަވާއިދު. ނަމަވެސް ބޯދާ އުސޫލުތަކަކަށް ވެގެންގޮސް، އެއަކަށް އަޅާލެވިފައެއް ނެތީ. އަޅުގަނޑުމެން މިތިބީ އެކަން ބަދަލުކުރަން." ފައްޔާޒް ވިދާޅުވިއެވެ
ފައްޔާޒް ވިދާޅުވީ އިގްތިސާދީ މަސައްކަތްތައް ބައްޓަން ކުރެއްވުމުގައި އެންމެ އިސްކަމެއްދެއްވާ ކަމަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށާއި ރައްޔިތުން ދުޅަހެޔޮ ކުރެވޭނީ ތަނަވަސް ވެގެން ކަމަށެވެ. އެހެންކަމުން ރާއްޖެ ތަނަވަސް ކުރުމަށް، ހާސިލްކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރިތަކުން ފައިސާ ނުލިބޭ ނަމަ އިގްތިސާދު ކުރި ނާރާނެ ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، ވިޔަފާރި ކުރަން ފަސޭހަ މާހައުލެއް ގާއިމްކޮށްދެއްވަން މަސައްކަތް ކުރައްވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.
" އިމްޕެކްޓް އަންނާނީ ރަނގަޅު ވިޔަފާރި ކުރެވޭނެ ފަހި މާހައުލެއް އޮވެގެން. ޖޫރިމަނާ އަރާ ސަލާމަތް ނުވެގެން މިއުޅެނީ. އަޅުގަނޑުމެން އަދިވެސް ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި. ކަންކަން ކުރެވިއްޖެ. ސިޔާސީ ބޮޑެތި މަޝްރޫއުތަކަށް ބަލާ ނަމަ މާލޭ ޕޯޓު ގުޅީފަޅަށް ބަދަލުކޮށް ބްރިޖް އެޅުމުން އެމްޕީއެލް ވަރުގަދަވެ، ވިޔަފާރިތައް އަގުހެޔޮ ވެގެންދާނެ. މާލޭގައި ހުރި ގުދަންތައް ވެސް އެއަށް ވުރެ ކުޑަ އަގުގައި ލިބޭނެ. އަދި އިގްތިސާދީ ގޮތުން އައްޑުއަށް އިންތިލާބީ ބަދަލެއް. އައްޑޫގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނާނެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު ފަތުރުވެރިކަމަށް ބޫސްޓެއް އަންނާނެ،" ފައްޔާޒް ބައެއް މިސާލުތައް ދެއްކެވިއެވެ.
އިގްތިސާދު ފުޅާކުރުމުގެ ގޮތުން އައިސީޓީ، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ދާއިރާތައް ކުރިއަރުވަން މަސައްކަތް ކުރަމުންދާއިރު، ޝަރުއީ ދާއިރާ އާއި ސިއްހީ ދާއިރާ ފަދަ ކަންކަން ރަނގަޅުވުމަކީ ވިޔަފާރިވެރިންގެ އިތުބާރު ގާއިމްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިތުރު ހީނަރުކަމެއް ލިބުުނު ނަމަވެސް، އެއީ އިގްތިސާދު އަލުން ރާވާލުމަށް ލިބުނު ފުރިހަމަ ފުރުސަތެއްކަން ފައްޔާޒް ވަނީ ފާހަގަ ކުރައްވައިފައެވެ.
" ކޮވިޑް އައުމުގެ ސަބަބުން މި ދިމާވި ގޮތަކީ، މުޅި އެތި ރީޕްރިއޯރިޓައިޒް ކުރުމުގެ ވިސްނުން މިއައީ. ބަޖެޓުން ވެސް ފެނިވަޑައިގަންނަވާނެ ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައި އޮންނާނެ ފިޝާރީޒް، އެގްރިކަލްޗަ ވަރުގަދަކުރަން. މުޅި ބަޖެޓުގައި ވެސް އިގްތިސާދު ވަރުގަދަ ކުރާނެ ގޮތް ހިމެނޭނެ،" ފައްޔާޒް ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަކީ ލޭނާރު!
މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ކުދި ވިޔަފާރިތަކާ މެދު ސަރުކާރުން ގެންގުޅޭ އުންމީދީ ސިޔާސަތުތަކެވެ. އެގޮތުން ކުދި ވިޔަފާރިތަަކަށް އޮތް ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ، 2.5 މިލިއަނުން ތިރީގެ މަޝްރޫއުތަކަށް ކުރިމަތިލެވޭނީ ކުދި ވިޔަފާރިތަކަށް ކަމަށް ނިންމާފައެވެ. އަދި ކުދި ވިޔަފާރިތައް ކުރިއަރުވަނީ އެސްއެމްއީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީއެސްސީ)ގެ ފަރާތުން ކަމަށް ވާއިރު ބީއެސްސީއިން ދަނީ ވިޔަފާރީގެ މައުލޫމާތު ދިނުން ފަދަ ކަންކަމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެ މަސަައްކަތް ކުރިއަށް ގެންދިއުމަށް 13 ބިޒްނަސް ސެންޓަރ މިދިޔަ 2 އަހަރު ވަނީ ހުޅުވައިފައެވެ.
" ކޮވިޑްގެ ކުރިންވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ވާހަކަދެކެވުނު. ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ އެ ވިޔަފާރިތަކުން. ކުރުުކޮށް ދަންނަވާ އެއީ އިގްތިސާދުގެ ލޭނާރު. ކުރިން ސަރުކާރުތަކުން ވެސް މަސައްކަތް ކުރި އެކަން ކުރަން. އިންޓެންޝަންވެސް އޮތް. އަމަލީ ސިފައެއްގައި ރަނގަޅަށް އެކަން ނުކުރެވެނީ،" ފައްޔާޒް ވިދާޅުވިއެވެ.
ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެސްއެމްއީ ބޭންކެއް އުފައްދަވާ، އެހެން ބޭންކްތަކުން ލިބޭ މިންވަރަށް ވުރެ 90 އިންސައްތަ ލުއިކޮށް ލޯނު ލިބޭނެ މަގު ފަހިކުރިއެވެ.
އެސްއެމްއީ ލޯނަށް އެދި ހުށަހެޅި 1303 ފޯމުގެ ތެރެއިން 1237 ވަނީ ޕްރޮސެސްކޮށް ނިންމައިފައެވެ. މިހާތަނަށް އައި އިރު 536 ލޯނު ވަނީ އެ ދާއިރާއިން ދީފައެވެ. އެއީ ފައިސާގެ ގޮތުން ބަލާނަމަ 690 މިލިއަން ރުފިޔާގެ ލޯނު ކަމަށް ވާއިރު އެއީ 2019 ގައި ދޫކުރި ލޯނުގެ އަދަދަށް ވުރެ 113 އިންސައްތަ އިތުރު އަދަދެކެެވެ.
އެ ލޯނުތައް ދިން އިރު ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 164 ރަށަށް ނިސްބަތްވާ މީހުންނަށް ވަނީ ލޯނު ހަމަޖައްސާ ދީފައެވެ. މީގެ އިތުރުން ކޮވިޑް އާއި ގުޅިގެން އެސްއެމްއީ ބޭންކު މެދުވެރިކޮށް ލޯނު ހޯދަން އެދި ހުށަހެޅި 3834 އެޕްލިކޭޝަންގެ ތެރެއިން 298 މީހުންނަށް ވަނީ ލޯނު ދީފައެވެ. އެއީ ފައިސާގެ ގޮތުން ބަލާނަމަ 363 މިލިއަން ރުފިޔާގެ ލޯނެވެ.
މި އަދަދަކީ މިދިޔަ 15-20 އަހަރު އެއްކޮށްލުމުން ވެސް ނުދެވޭ ވަރުގެ ލޯނުތައް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް ފަހިކޮށްދިން އިތުރު ފުރުސަތު ތަކަށް ބަލާއިރު ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ އުފެއްދުންތައް ވިކޭނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު އުފެއްދުންތައް ފާހަގަވާނެހެން ސަޓިފައިކޮށްދިނުން ހިމެނެއެވެ.
" އެގްރޯނެޓް އުފެދިގެން، އެގްރިކަލްޗަ އަށް ޚާއްސަ އިންޓަވެންޝަން އެއް ސަރުކާރުން ހަދައިގެން، އަޅުގަނޑުމެން ފާމާސްއާ އެއްކޮށް އެއްބަސްވުންތަކަކަށް މި އަންނަނީ ގުޑް އެގްރިކަލްޗުރަލް ޕްރެކްޓިސްތައް ފިޝަރީޒް މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ތަކެތި އުފައްދާ ފަރާތްތަކާއި އެކު ކޮންޓްރެކްޓް މިހަދަނީ މިވެނި ވަރަކަށް އުފައްދާށޭ، އަހަރެއްގެ ތެރޭގައި މިވެނި ވަރަކަށް ގަންނާނަމޭ." ފައްޔާޒް ވިދާޅުވިއެވެ.
ކުދި ވިޔަފާރިވެރިންގެ އުފެއްދުންތައް ވިއްކުމުގައި ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
" ދިވެހި އުފެއްދުންތައް ވިއްކަން އަޅުގަނޑުމެން ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވަން ނިންމީ. ސުވެނިޔާ ތައްޔާރު ކުރާ މީހުންގެ އެއްޗެހި ވިއްކަން. އެމްއޭސީއެލްގެ އެހީތެރިކަމާއި އެކު އެކަން ފެެށީ. 57 ފަރާތެއްގެ އެއްޗެހި އެތަނުގައި އެބަ ވިއްކާ. ތަނުގެ ޖާގަ ކުޑަވީމަ ދަތިތައް އެބަ ހުރި. މި މަސް ތެރޭގައި ހުޅުމާލޭގައި އިތުރު ފިހާރައެއް ހުޅުވޭނެ އިރާދަކުރެއްވިއްޔާ. ޓާގެޓަކީ ކޮންމެ ރިސޯޓެއްގައި އޮޮތެންޓިކް މޯލްޑިވްސް ޝޮޕެއް އިނުން،" ފައްޔާޒް ވިދާޅުވިއެވެ.
އިންސާނީ ވަގުފާރިކުރުން ނިމުމަކަށް!
އިންސާނީ ވަގުފާރިކުރުން ހުއްޓުވާ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މަސައްކަތް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި މިދިޔަ ދެ އަހަރަކީ ފަހުރުވެރިވުން ހައްގު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރުތަކެކެވެ. އެގޮތުން 2019 އިން ފެށިގެން ކުރި މަސައްކަތްތަކާއެކު، ސައްހަ ލިޔެކިއުން ނެތް ބިދޭސީންގެ ދަފްތަރެއް އެކުލަވާލާ، އެފަދަ ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެގޮތުން މި އަހަރުގެ ނިޔަލަށް އަންޑޮކިއުމެންޓެޑް ބިދޭސީންގެ 9000 އެއްހާ މީހުން ފޮނުވާލަން ހަމަޖެހިފައި ވާއިރު އެ އެއަދަދު 10،000 އަށް އިތުރުކުރުމަށް މިހާރުވެސް ދަނީ ކަމާ ބެހޭ ފަރާތްތަކާއި އެކު ވާހަކަދައްކަވަމުންނެވެ.
" އަމިއްލަ ޓާގެޓެއް އަޅުގަނޑު ނިންމިން. އެއީ އަންޑޮކިއުމެންޓެޑް 20،000 މީހުން ފޮނުވާލަން. އެ ހާސިލެއް ނުވި. ވަރަށް އެމްބިޝިއަސް ޓާގެޓެއް އެއީ ކޮވިޑް ހާލަތުގައިވެސް. ކަންބޮޑެއް ނުވޭ އެ ޓާގެޓަށް ވާސިލް ނުވިއަސް. ނަމަވެސް އަޅުގަނޑުގެ އަމިއްލަ ބާރުގައި އެއް ނޫން މި އޮންނަނީކީ. ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަދޭ މިންވަރަކަށް މި ފޮނުވެނީ. ޑޮކިއުމެންޓް ހަދާ ދިނީމަ މި ފޮނުވެނީ، " ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޑޮކިއުމެންޓެޑް ބިދޭސީންނާއެކު 15000 ބިދޭސީން ވަނީ ރާއްޖެއިން މަދުކުރެވިފައެވެ. އަދި ރާއްޖޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުން ކަމަށް ވާއިރު އަލަށް ރާއްޖެ އަށް ހުއްދަ ލިބިގެން އައީ 2000 އެއްހާ ބިދޭސީން ކަމަށް ވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.
" އެއީ ރަނގަޅު ބަދަލެއް އަޅުގަނޑު ދެކޭ ގޮތުގައި. ވަރަށް ގިނަ ބޭފުޅުން ސުވާލު ކުރައްވާ ފުރުވާލާ ވަރަކަށް އެ ފްލައިޓުން މީހުން އަނބުރާ އާދެއޭ. އެއީ ތެދެއް. އެއީ އާ މީހުންނެއް ނޫން. މި ގައުމުގައި ދޮޅުލައްކައެއްހާ ބިދޭސީން އުޅޭ ކަމަށްވަންޏާ ކޮންމެ ދުވަހަކު 300އެއްހާ މީހުން ފުރާ ގޮސް ވާނެ ޗުއްޓީއަށް ދާ މީހުން. އަންނަ އަހަރު ވެސް 20،000 އަންޑޮކިއުމެންޓެޑް މީހުން ފޮނުވާލުން މަގްސަދަކީ." ފައްޔާޒް ވިދާޅުވިއެވެ.
ބަންގާޅު މީހުން ފޮނުވާލަނީ އިންޑީޔާއިން ބޭނުންވަރަކަށް ބިދޭސީން ގެނެވޭ ކަލޭމެންގެ މަކަރުވެރި ރޭވުން ނުބައި ބަޔެއް ފައިސާދީގެން މޮޅު އާޓިކަލް ލިޔުއްވިއަސް ތިޔަކަމުން އަހރެންމެގެ ދިރި އުޅުމަށް ކުރާ ފައިދާއެއް ނެތް
އޮކްޓޯބަރ ނޮވެމްބަރ ޑިސެމްބަރު މަހަށްވެސް އިންކަމް ސަޕޯޓް އެލަވަންސް ދޭނެ ވާހަކަ ކުރިން ބުނި. މިހާރު ހަނދާން ނެތުނީ ކަންނޭނގެ. މީގެންވެސް އިނގެނީ ނާރެސް އެއީ ހަމައެކަނި ފޮތި ފިހާރައަކަށް ކިޔާ ނަމެެެއްކަން.
ކޮވިޑްފައިސާ ކޮޅު ވަރަށް ސަކަރާތްވެއްޖެ. މިހާރު ހުއްޓިއްޖެ މިނިސްޓަރު މިވަނީ ކިހިނެއްތޯ
ކޮން ބަދަލެއް ތޯ. މިހާ ރުވެސް ކަންކަން ނިންމާފަ ހު ރީ ވިޔަފާ ރިތަކަަށް ދަތި ވާ ގޮތައް ބަނގު ރުޓް ވަމުންދާ ފިހާ ރަތަކުން އެހެން ދިމާތަކަށް ފައިސާ ޑައިވާޓް ކު ރަން. މިސާލަކަށް ކޯޓާ ގަންނަން ޖެހޭ އި ރު ބާކައުންސިލް ވަކީލަކަށް1000 ދީފަ ކު ރުވަން ޖެހޭ ސޮއި. ބޭކާ ރު ކަންކަމުން ވިޔަފާ ރި ވެ ރިޔާ ފެލާލަން. މިހެން ވުމުން ވިޔަފާ ރި ވެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެރިން މާޔޫސް ވެ ވިޔަފާ ރި ހުއްޓާލަނީ.
ފޮނިކަނޑާނީ. ކައުންސިލް އިންތިޚާބު އެބަ ކައިރިވެއެއްނު. އަޑުގަދަވާނެ. ރައްޔިތުންނަށް އެކި ބޭނުންތަކަށް ބޭރުގެ އެކި ފަރާތްތަކުން ދީފަހުރި ލޯހުތަކުގެ %10 އިންސައްޔަ ރައްޔިތުންނަށް ދީފަ ބާކީ ހޭދަކުރަނީ މިސޮރަށް ފައިދާ ވާގޮތަށް. މީހަކު މަސައްކަތެއް ކޮށްލަން ޑޮލަރކޮޅެއް ގެނެސްފިއްޔާ އެމްއެމްއޭއިން އެދޫކުރަނީ މިސޮރަށް 1-5 މިލިއަން ދޭގޮތަށް އެއްބަސްވީމަ. މިހަރުވސް ބޭންކް އޮފް މޯލްޑިވްސް ބަލާލަބަލަ ކިތައް މިލިއަން ޑޮލަރ އެބަހުރިތޯ ތާށިކޮށްފަ މިސޮރަށް ބައި އަޅަން އެއްބަސް ނުވެގެން ރިލީސް ނުލިބިފަ. އެކަމާއޭ އަންނިވެސް ރުޅިއައީ
ދުވާލަކު ވަޒީރެއްގެ ޕްރޮމޯޓް ކުރުމުގަ. ސީސީސީ ލިބިގެން އިގްތިސާދު އިންގިލާބު ނުކުރެވޭނެ.
ނޫސްތަށް ގަނެގެން އަމިއްލަޔަށް އިސްތިހާރުވަނީ.
އެސް.އެމް.އީ ގެ ވާހަކައިން ދިވެހިން ގޯނި ފުލަށްލާފަ ހުރިހާ ވިޔަފާރިތަކެއްގެ ބާރުވެރިކަން އޮތީ ބޭރު މީހުންނަށް. ހޯލްސޭލް ވިޔަފާރި ތަކުގައި ބޭރުމީހުން، ރިޓެއިލް ވިޔަފާރިތަކުގައި ބޭރުމީހުން، ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ބޭރުމީހުންން. ވޯރާ ވިޔަފާރިވެރިންގެ ޒަމާން އައިސްފަ މިއޮތީ
ދެންއަރާނީ ހުޅަގު ކޮޅުން އިރު ކަންނޭގެ. ނާރެސް ބަދަލުވެގެން
އެއްކަމެއްވެސް ނުވާނެ ހުސް ސޭކު ވާހަކަ
މި ނާގާބިލު ނަަހަލާލު ސަރުކާރުން ނާރެސް ހަރުދަނާ ކުރާކަން އެބަ އެގޭ ކުރާ ވައްކަންތަކުން މިނޫހުން މިމީހުން ކުރާކަންތައް ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް ބޮޑުވަރު ހީވަނީ މިހާރު ވަގުތު ނޫސް ފިތިފަހެން ނޫސްވެރިކަމަކީ ރައްޔިތުންނަށް ހެވާއި ނުބައި އަދި ހަގީގަތް ހާމަކަން ބޮޑުގޮތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން ހުންނަ ވަސީލަތްތައް ނަމަވެސް މިހާރު ވަގުތު ނޫހުގެ ރިޕޯޓަރުގެ ފަރާތުން ފެންނަނީ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅުވާލައި މި ސަރުކާރުގެ ވަޒީރުން ޕްރަމޯޓް ކުރަން ރިޕޯޓްތައް ގެނެސްދޭ މަންޒަރު މިއީ ވަގުތު ނޫހުގެ ފަރާތުން ކޮށްފާނެ ކަމަށް އުންމީދުކުރި ކަހަލަ ކަމެއްނުން މިއީ ވަރަށް ހިތާމަހުރި ކަމެއް މިހެން ކޮމެންޓް ކުރިޔަސް އިނގޭ ކޮމެންޓް ޖަހައި ނުދޭނެކަންވެސް އެހެން ނަމަވެސް މިކޮމެންޓް ވަގުތުގެ ނޫސްވެރިންނަށް ފެންނާނެ ކަމަށަ އުންމީދު ކުރަން
ނޫސްވެރިޔާ ނަޒާހަތު ކިހާވަރެއް ދީގެންތޯ މިސަރުކާރުގެ ވަޒީރުން ޕްރަމޯޓް ކޮށްދެނީ؟
ފޭސް 2 އިން ފްލެޓެއް ކަންނޭނގެ
ތިޔަ ނާރެއް ބަދަލުކުރަނީ ބޮޑުރަސްގެފާނު ޒަމާނުން ފެށިގެން، އަދިވެސް ނާރު އޮތީ އޮތްގޮތަށް.
އިގްތިސާދު މެނޭޖު ނުކުރެވޭތީ މިހެންމިވަނީ
ފައްޔާޒު ކުރަންވީ ކަމަ ކީ ހދ ވައި ކަރަ މުރައިދޫ ކެރަފާ ނަޝީދު ބަފައިބެ އާއިލާ ކިބައިން ސަލާމަތް ކޮއް ހދ ގެ ޒުވާނުންނައް ވަޒީފާ ހޯދައި ދިނުމައް ރިސޯޓެއްގެ ގޮތުގަ ތަރައްގީ ކޮއްދެއްވަންވީ ކެރަފާނަޝީދު ހދ އަތޮޅައް ހިތަމުންއެދާ ބޭއިންސާފުން ހދ އަތޮޅު ފަތުރުވެރި ކަން ނެތްއަތޮޅު ހަދައިދެއްވަންވީ
މީނާއަށް ގެނެވޭނީ އިންގިލާބީ ކަރަޕްޝަން.
ނޭގުނުގެނެވުނު ބަދަލެއް ބަދަލެއްގެނެވުނުނަމަ ރައްޔިތުންނަށް އޭގެފައިދާކުރީސް ، ގަދަަބަސްތަކެއް ބުނުފިޔަވާ.
ތިއީ ދޮގެކެވެ. އެހަކަށްދުވަހަކު ނޫހުގައޮތީ ޖޫރިމަނާއިން ދައުލަތުގެ ބަޖެޓަށްވަންނަފައިސާގެވާހަކަ. ދެން ބަންގާޅީންގެ ކަންކަން ހަމަޔަކަށް އަޅުވަންޖެހުނީ ކޮވިޑާހެދިގެން ބައިވަރު މީހުން ސަރުކާރަށް ކާންދޭންޖެހިގެންނާއި މިސަރުކާރުގެ މެމްބަރެއްގެ ރިސޯޓަށް ގެނައި ބަންގާޅީންތަކަކަށް މުސާރަނުދިނުމުން އެމީހުން މުޒާހަރާކޮށް ބަންގާޅުގެ ޕްރެސަރު ރާއްޖެއަށް އައުމުން ސަރުކާރަށްޖެހުނީ ބަންގާޅީންގެ މައްސަލަ ހައްލުކުރާށެވެ.
ތީ ހަގީގަތެއް ނެތް ދޮގުވާހަކަ ކިތަންމެވަރަކަށް ފެތުރިޔަސް ކަންކުރިކަމަކަށް ނުވާނެ މިހާތަނަށް ދިޔައިރު ކޮންކަމެއް ކުރެވުނީ މުޅިންވެސް ރައްޔިތުންނަށް ދުއްޕާން ކުރުން ނޫން ކަމެއް ނުކުރޭ މުޅިންވެސް ތިކަހަލަ ދޮގުވާހަކަތައް ފަތުރައި ގެން ދައުރު ދެބައި ކޮށްލީ މިހާރު ދުވަސް ކޮޅެއްވެއްޖެ ތިކަހަލަ އަނގައެއް ނުތަޅާތާދޯ! ބޯހަލާކު މިތިބަވަގުން ތަކާ ހުރެ ކިނބޫސަރުކާރުގަ ތިބެނީ މިކަހަލަ ދޮގުހަދާ މާވަގުން
ދެބަސް ބުނާއިރަން ރުޅިއަންނަ މީހުންނަށް މާބޮޑު ކަމެއް ނުކުރެވޭނެ
އަހަރެމެން ކުދި ވިޔަފާރިވެރިންނަށް ވަނީ މުސީބާތެއްފަދަ އިންގިލާބެއްއައިސްފަ. ކޯޓާ އާކުރަން ކުރަންޖެހޭ ފޯމުގައި ސޮއިކުރަން ކޯޓަށްދިއުމުން ކޯޓުން އެންގީ ފޯމް ރަނގަޅެއްނޫނޭ. މީނާގެ މިނިސްޓްރީއަށް ގުޅީމަބުނީ އަނެއްކާ އެހެންކިޔާފަ ސިޓީ ފޮނުވާށޯ. ދެން އެއްލައްކަ ފަންސާސްހާސް ޑޮލަރުގެ އަވާގައި ބިދޭސީންޖައްސާ ހުރިހާ ކުދި ވިޔަފާރިއެއް ބިދޭސީން އަތުލައިފި. ދިވެހިންނަށްއޮތީ ނިޖަމެތިކަމާއި މާޔޫސްކަން.
ނުވާނެ އެއްކަމެއްވެސް މިހާރުވެސް މަސްވެ ރިންނާ ދަނޑުވެ ރިނރިން އުޅޭހާލު އެއްފަހަރު ނަމަވެސް ބަލާލަބަލަ.
މުޅިންބާސާ