މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީއަކީ އައިޓީ ދާއިރާ ކުރިއެރުވުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތްތަކުގެ އަގު ހެޔޮވެ، ދިވެހިންގެ ޖީބަށް ލުއިވާނެ ގޮތްތަކެއް މަގުފަހި ކުރުމުގެ އަމާޒުގައި ހެދި ވުޒާރާއެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަލަށް ވުޖޫދަށް ގެނައި ޒިންމާތައް ގިނައެވެ. އެހެން މިނިސްޓްރީތަކާ ބަލާފައި މެންޑޭޓު ވަރަށް ފުޅަލެވެ.

ރައީސްގެ އެ ވައުދުތައް ހަގީގަތަކަށް ހެދުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރަކީ މުހައްމަދު މަލީހު ޖަމާލެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ދުވަހު މިނިސްޓްރީގެ ވަޒީރުކަމާ ހަވާލުވެވަޑައިގެން މަލީހު ކުރެއްވި މަސައްކަތުގެ ރާސްތާއަކީ ގޮންޖެހުމާއި ދަތިތަކުން ފުރިގެންފައިވާ ރާސްތާއެކެވެ. ދެ އަހަރުގެ ތެރޭގައި ކާމިޔާބީތަކެއް ހޯދައިފިއެވެ. ބަދަލުތަކެއް ގެނައެވެ. ކުރަން ހުރި ކަންކަން ވެސް ބައިވަރެވެ.

ކުރިއަށް އޮތް ތިން އަހަރަށް މަލީހުގެ ދުރު ރާސްތާ ޕްލޭނެއް އެބައޮތެވެ. ބޭނުމަކީ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމެވެ.

ގިނަ ގޮންޖެހުންތަކަކާ ގިރާ ކުރަން ޖެހުނު، އަޒުމަކަށް ބަދަލެއް ނާދެ!

މިނިސްޓަރު މަލީހު "ވަގުތު" އަށް ދެއްވި ހާއްސަ އިންޓަވިއު.؛- ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

މަލީހު ވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި އިރު އައިޓީ ދާއިރާ އޮތީ "ހިރަފުސް އަރާ" ސާފު ކުރަން ޖެހިފައެވެ. އަޅާ ނުލެވި އޮތް ދާއިރާ ދޫކޮށްލާފައި ހުރުމުން، ގިނަ ކަންކަން ޖެހުނީ އަލުން ފަށާށެވެ. މިއީ މަލީހުގެ މަސައްކަތަށް ދިމާވި އެތައް ގޮންޖެހުމެއްގެ ތެރެއިން އެއް ކަމެވެ.

"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަލީހު ވިދާޅުވީ، ފާއިތުވި ދެ އަހަރު އެ ވުޒާރާ ހިންގުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ މަދުކަމާއި، މަސައްކަތް ކުރަން އެންމެ އެކަށީގެންވާ ފަދަ ތަނެއް ނެތުން ކަމަށެެވެ.

ނަމަވެސް އެކަންކަމަކީ ބަހަނާއެއް ކަމުގައި ހެއްދެވުމުގެ ބަދަލުގައި، އެ ހުރަސްތަކާ އެކުވެސް މަލީހު އާއި އޭނާގެ ޓީމުން މަސައްކަތް ކުރައްވަނީ ރައީސް ސާލީހުގެ މެނިފެސްޓޯ އަކުރުން އަކުރަށް އައިޓީ ދާއިރާ އިން ތަންފީޒުކޮށްދިނުމަށެވެ. އެގޮތުން މި ވެރިކަން ފަށައިގެން މިއަދާއި ހިސާބަށް އައި އިރުވެސް، ކުޑަ ޓީމަކާއި އެކު މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއް ނިންމަން ޖެހޭ ތާރީޚަށް ވުރެ ކުރިން ނިންމުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުން މަތީ ދެމި ތިބެވުމަކީ މަލީހު އޭނާގެ ޓީމުގެ މަސައްކަތާއި މެދު ފަޚުރުވެރިވާ އެއް ސަަބަބެވެ.

ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މަލީހު. އިމޭޖެސް: އިބްރާހިމް ޝާބިލް

ޖުމްލަ 13 މުވައްޒަފުންނާއެކު އެ ވުޒާރާގެ މަސައްކަތްތައް ވިލަރެސް ކުރަމުން ދާއިރު، އެތަނުގައި ޕްރޮޖެކްޓްސް އެންޑް ޕްލޭނިން އާއި ޕޮލިސީގެ އެއްވެސް މުވައްޒަފަކު ނެތުމަކީ އެ ވުޒާރާގެ މަސައްކަތަށް ލިބޭ އިތުރު އުނދަގުލެކެވެ.

ގޮންޖެހުންތަކުގެ ވާހަކަ މި ހިސާބުން ނިމުނީކީ ނޫނެވެ. އެންސީއައިޓީ އާއި ކޮމިއުނިކޭޝަންގެ ދައިރާ އަށް ދީފައިވާ ބަޖެޓަކީ ކިރިޔަ ކިރިޔާ ފަރުޖައްސާލެވޭ ވަރުގެ ބަޖެޓަކަށް ވާއިރު އެއީ އެ ދާއިރާގެ ތަސައްވުރު ބަދަލުކޮށްލުމަށް ކުޅަދާނަ ބަޖެޓެއް ނޫނެވެ.

" 12 ވަރަކަށް މިލިއަން ރުފިޔާގެ ބަޖެޓެއް އެއީ މި ދާއިރާގެ މި ބޭނުންވާ ޓްރާންސްފޮމޭޝަން ގެންނަން އެކަށީގެންވާ ބަޖެޓެއް ނޫން. ހަމައެެއާއެކު ބޭނުންވާ މުވައްޒަފުންނާއި އެހެން ވަސީލަތްތައް އަދި ކޮވިޑް-19 އާއި ހެދި ވެސް ގޮންޖެހުން އެބަ ހުރި. ފާއިތުވި ދެ އަހަރު އަޅުގަނޑުމެންނާ މަތި ކުރި މަސައްކަތް ނިންމާ ލުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ނިންމަން ޖެހޭ ތާރީޚަށް ވުރެ ކުރިން. އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވާ އަނެއް ކަމަކީ ސަރުކާރުގެ އެއްއިދާރާ އާއި އަނެއް އިދާރާ އާއި ގުޅާލުމުގެ މަސައްކަތް." މަލީހު ވިދާޅުވިއެވެ.

ވަޒީރުކަމަށް ވަޑައިގެން އެ ދާއިރާގެ ހާލަތާއި، ފަންވަރު ވަޒަން ކުރައްވާ އެންމެ ފުރަތަމަ ކުރަންވީ ކަންކަން ފާހަގަކުރައްވާ، ވަކި ތަރުތީބަކަށް މިނިސްޓްރީގެ މަސައްކަތް ބައްޓަން ކުރެއްވިއެވެ.

" އަޅުގަނޑުމެންގެ ފުރަތަމަ މަސައްކަތަކަށް ވީ އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ޖާގަ އުފެއްދުން. އެ މަސައްކަތް މިވަނީ ކާމިޔާބު ކަމާއެކު ކުރެވިފައި،" މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، އައިޓީ ދާއިރާގެ ގިނަ ކަންކަން ބަރޯސާވާ، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮގީގެ ހިންގުން ވަރަށް ބޮޑަށް ދޯހަޅިވެފައި އޮތް އިރު އެ މުއައްސަސާއަކީ މުހިންމު މަސައްކަތްތަކެއް ކުރާ ތަނެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގަންް ގިނަ މަސަައްކަތްތަކެއް ކުރާ އެންސީޓީސީ އަށް އަޅާ ނުލާ ދޫކޮށްލުމުން، ޓެކްނޮލޮޖީ، ޑޭޓާ ސެކިއުރިޓީ އާއި ޑޭޓާ ސިސްޓެމް އަށް ދޭންވާ ސަމާލުކަން ދީފައި ނުވާ ކަމަށެވެ.

އެހެންކަމުން ވަޒީރުކަމަށް ވަޑައިގެން އިނދަ ޖެހިފައިވާ އައިސީޓީ ދާއިރާ ނަގާ ކޮޅަށް ޖަހާ، ޑިޖިޓަލް ޓެކްނޮލޮޖީއަށް ދޭ ސަމާލުކަން އިތުރުކޮށް، ޑޭޓާ ސެންޓަރަށް އާއްމުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ކުރެއްވި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ޑޭޓަ ސެންޓަރަކީ މުޅި ދައުލަތަށް ބޭނުންވާ މިންވަރަށް ބަލާ އިރު އެކަށީގެންވާ ފެންވަރެއްގައި ހުރި ޑާޓާ ސެންޓަރެއް ނޫން. އެހެންވީމަ އާ ޑޭޓާ ސެންޓަރެއް ގާއިމްކުރުުމުގެ ކޮންސެޕްޓް ތައްޔާރުކޮށްފައި ވަނީ. ބޭނުންވާ ހުރިހާ ކަމެއް ނިމިފައި އޮތީ. އިކޮނޮމިކް ކައުންސިލުން ނިންމިހާ އަވަހަކަށް ފަށައިގަންނާނަން. އެ މަސައްކަތް ނިމުމުން ސަރުކާރަށް ބޭނުންވާ ޚިދުމަތް،" މަލީހު ވިދާޅުވިއެެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކޮން ހިސާބެއްގައި؟

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު އަމާބުނީތީ ފަރަށް ދާ އުސޫލުން އެކަން ކުރައްވަން ބޭނުން ނުވާ ކަމަށް މަލީހު ވިދާޅުވެއެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާތަކެއް ނުފެންނަ ކަމަށް އާންމުންގެ ވަރަށް ގިނަ ފާޑުކިއުންތަކެއް ސަރުކާރަށާއި މިނިސްޓަރު މަލީހަށް އަމާޒުވެފައިވެއެވެ.

މަލީހު ވިދާޅުވީ، އިންޓަނެޓް އަގުހެޔޮ ކުރުމަށް އެ ވުޒާރާއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމާފައިވާ ކަމަށެވެ.

"މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއްކޮށްފައިވީ. ސްޓްރެޓެޖިކް ޕްލޭންގައި އެ ހުރީ އެކަމަށް ތާރީޚުތަކެއް ދީފައި. 2021 ގައި ފަށާ 2022 ގައި މުއައްސަސާތަކުގެ ދައުރު އެބަ ބަޔާން ކުރޭ. ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަނީ ޕޮލިސީ އޮފީހުން. ރައީސްގެ ވައުދުގައި އެކަން ކުރާނެ ވަގުތެއް ނެތް. ޕޮލިސީ އޮފީހުން މިހާރަށް ވުރެ ތަފްސީލްކޮށް މިކަމުގައި ވިސްނުން ހުރި ގޮތް ހާމަކުރައްވަން ޖެހޭ،" މަލީހު ވިދާޅުވިއެވެެ.

އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ދަށް ކުރަން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުންދާ ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްއެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ އިރު އިންޓަނޭޝަނަލް ކޮންސަލްޓެންޓް ކޭބަލްއެއް ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަން މަލީހު ވަނީ ފާހަގަ ކުރައްވައިފައެވެ.

" ތަފާތު ކޭބަލްތައް ތަފާތު ދިމަދިމާއިން ގެނައުން ވިސްނުމަކީ، އުރީދޫ، ދިރާގު ގުޅިގެން އެބަ ގެނޭ ސްރީލަންކާ އިން ކޭބަލް އަހަރެއް ތެރޭ، އިންޓަނޭޝަން ކޮންސޯޓިއަމް ކޭބަލް އެއް ކުރިއަށް އޮތް 4 އަހަރު ދުވަސް ތެރޭ އަންނާނެ. ފުރަތަމަ ފަހަރަށް އިންޓަނޭޝަން ކޮންސޯޓިއަމް އެއް އަންނާނީ ރާއްޖެ. މިއީ މުވާސަލާތު އިންގިލާބީ ބަދަލެއް،"މަލީހު ވިދާޅުވިއެެވެ.

ރައީސް ޞާލިހް އާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް
ރައީސް ޞާލިހް އާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް

މަލީހް ވިދާޅުވީ އިތުރު ކޭބަލް ގެނެސް ޓެލެކޮމިއުނިކޭޝަންގެ އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމް ކުރުމުގައި ސަރުކާރުގެ ވިސްނުންތައް އެބަ ހުރި ކަމަށެވެ. މިގޮތުން ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެއާއި ހުޅުމާލެއަށް ކޭބަލް އަޅަން ފަށާފައިވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ކޭބަލްއާއި ޓީވީ ކޭބަލްގެ ހިދުމަތް ދެމުންދާ ކުންފުނިތަކުގެ ކޭބަލްއާ ގުޅޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށެވެ.

އަދި އންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މިހާރު ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން އެހެން ކުންފުންޏަކަށް ފުުރުސަތު ހުޅުވާލެއްވުމުގެ ވިސްނުން ހުރިކަން މަލީހު ފާހަގަކުރެއްވިއެވެ.

" ވިސްނުން އެބަ ހުރި ހަތަރު ވަނަ ބައިވެރިއަކަށް ފުރުސަތު ދޭން. ރާއްޖޭގައި އެ މާކެޓް އެބައޮތްތޯ އެކަން ނިންމާނީ އިންވެސްޓަރެއް، ދިރާސާކޮށްފައި ސްކޯޕެއް އޮތްތޯ ބަލާނީ މިވަގުތު ދެ ކުންފުނި އޮތީ. އަދި ޖާގަ އެބަ އޮތް. ފުޅާ ކުރެވޭނެ. ރައްޔިތުންގެ ވިންދު ހުރި ގޮތަށް ބަލާނަމަ އެބަޖެހޭ އެކަން އަގު ހެޔޮ ކުރަން. އިތުރު އިންވެސްޓަރެއް ގެންނަކަމަށް ވަންޏާ ކެބިނެޓުން ހުއްދަ ހޯދަން ޖެހޭ." މަލީހު ވިދާޅުވިއެވެ.

މުވާސަލާތީ ދާއިރާއަށް މަލީހުގެ ހުވަފެންތައް އެބަހުރި!

މުވާސަލާތީ ދާއިރާ ކުރިއަރުވަން ކުރާ ދަތުުރުގައި ކުދި ކުދި ލަނޑުދަނޑިތަކެއް ހާސިލްކޮށްގެން ފަރުޖައްސާލުމަކީ މަލީހުގެ އަމާޒެއް ނޫނެވެ. އޭގެ ބަދަލުގައި މި ދާއިރާއަށްޓަކާ މަލީހު ކުރައްސަވާ ތަސައްވުރުތަކަކީ އުންމީދުން ފުރިގެންވާ ތަސައްވުރުތަކެކެވެ. އަދި އާދައިގެ ކަންކަން ކުރުމަށް ފަހު، މަސައްކަތް ނިންމާލުމުގެ ބަދަލުގައި އެ ދާއިރާ އާ ހަރުފަދަކަށް ގެންދާނެ ފަދަ އީޖާބީ ވިސްނުންތަކެއް ގެންގުޅުއްވަން ބޭނުންވާކަން މަލީހު ފާހަގަކުރައްވައެވެ.

އެގޮތުން ރާއްޖޭގައި އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހެދުމުގެ ހުވަފެނަކީ މަލީހު މި ދާއިރާއަށްޓަކައި ކުރައްވާ ފޮނި އުންމީދެކެވެ.

" ހަގީގަތަކީ މިކަން ކުރެވިއްޖެ ނަމަ ވަރަށް ބޮޑު ފައިދާ އެއް ވާނެ. ރާއްޖޭގެ އާބާދީ ކުޑަ. ޓޫރިސްޓުން އަދަދު ގިނަ. މި ސަރަހައްދުގެ ސައުތް ކޮރެއާ އަށް ވާން ބޭނުން ވާ ނަމަ އެންމެ ބޮޑު ބަދަލެއް ގެންންވީ މިދާއިރާއަށް. ރިސޯސެސް ލިބެން ޖެހޭ އެބަ." މަލީހު ވިދާޅުވިއެވެ.

ކޮންމެ ދާއިރައެއްގެ ވެސް އެންމެ ބޮޑު ކުރިއެރުމަކީ އީޖާބީ ޚިޔާލުތައް ހުރި މަސައްކަތްތެރިން ކަމަށްވާ އިރު ސަރުކާރުން ފައިނޭންސް ލިބޭނެ ގޮތް ހަމަޖައްސާ ދީގެން ރަނގަޅު ފެންވަރުގެ ސްޓާޓް އަޕްތައް އައިޓީ ދާއިރާއިން ގާއިމްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް މަލީހު ގަބޫލު ކުރައްވައެވެ.

އެގޮތުން ބޭރުގެ ޓެކްނޮލޮޖީ އާ ގުޅުން ހުރި ގިނަ ދާއިރާތަކާއެކު ކުރި މަޝްވަރާތަކުގެ ނަތީޖާއަކީ މައިކްރޯ ސޮފްޓް ސްޓާޓްއަޕް އާއެކު އެ ދާއިރާ ކުރިއަރުވަން ފަހި މަސައްކަތްތަކެއް ކުރެވިފައިވާ ކަމެވެ.

މީގެއިތުރުން އައިޓީ ހަބެއް ގާއިމް ކުރުމާއި އައިޓީޕާކެއް ފުރިހަމަ ކުރުމަކީ މަލީހު ފުރިހަމަކުރައްވަން ބޭނުންވާ އެއް ތަސައްވުރެވެ.

" އެކަން އަވަސް ވާން ޖެހޭ. އޭގެ ކޮންސެޕްޓް ނިމިފައިވީ، ފުވައްމުލަކަކީ އައިޓީ މައިހަަބަށް ހެދުމުގެ ވައުދާއި ޑާޓާ ސެންޓައެއް އުފެއްދުން އެއީ ވިސްނާ ކަމެއް އަދި ދުނިޔޭގައި ރާއްޖެއަކީ ބްރޭންޑެއް. ޓުއަރިޒަމް އަންޑަ ވޯޓަ ރެސްޓޯރެންޓް. ފަދަ ތަންތަން އެބަ ހުރި. އަޅުގަނޑުމެން ދުނިޔޭގައި ފްލޯޓް ކުރި އައިޑީ އަށް މައިކްރޯސޮފްޓުން އެބަ ހުރި ސްކޮޓްލޭންޑްގައި ކަނޑުއަޑީގައި ޑޭޓާ ސެންޓައެއް އެބަހުރި. އަޖުމަ ބަލަން. އަޅުގަނޑުގެ ވާހަކައަކީ ކަނޑު އަޑީގެ ރީފް ސްލޯޕް އާއި ކޮންޓިނެންޓަލް ޖިއޮގްރަފީ އެކަށީގެންވާ ގައުމެއް މިއީ އެފަދަ ވިޔަފާރިއެއް ކޮށް ތަޖުރިބާކޮށްލަން." މަލީހު ވިދާޅުވިއެވެ.

އައިޓީ ދާއިރާއިން ހުރި ފުރުސަތުތައް އިތުރުކޮށް، އާ ކުންފުނިތަކަށް ޖާގަ ދިނުމާއި، ސަރުކާރުގެ އިދާރާތައް ގުޅާލާ އޮންލައިންކޮށް ސަރުކާރުގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަކީ ވެސް ސަރުކާރުގެ ވިސްނުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަދީދަ

    ހަޤީޤަތަކީ ތި މަލީހަކީ ކަމެއް ވާ މީހެއް ނޫން. މަހަކު އެއް ފަހަރު ނޫސް ތަކަށް ހެޑްލައިން ދީގެން ކަންތައް ވާނަމަ ވާނެ. މީނަ ޕްލޭން މި ލިޔެ ނިންމަނީ ރާޅު ފަށުގައި. ދެން ވާނީ ކިހިނެއް. އަލުން ޕްލޭން ހޯދާއިރު އެޔެއް ނޯވެ.

    14
    • ޜައްޔިތު

      ޢޭނަ ވަޒީފާއިން ވަކިކުރަން ޢެމްޑީޕީ އިން ރާވާތީ ސަރުކާރަށް ވައިޖެއްސެވީކަމަށް ވާނީ😊

  2. Happy

    ކޮންފޮޏެއްކަޑާކަށް.. އިސްތިޔުފާދީ ! ޢިނަފްއިޒްއިނަފް😡😡

  3. Happy

    ޢަސްލުވެސް ކަމެއްވާ މީޙެއްނޫން... މާލަސްވެސް ވެއްޖެ ވަކިކުރަން😡

  4. 13

    ތޭރަ މުވައްޒަފުން އުޅެން ކުޑަތޯ ތިޔަ އިމާރާތް އަނެއްކާ ބުނެފި ރައީސްއަށް ވަގުތެއް ނުވެއޭ
    ސަރުކާރުގެ ވުޒާރާތައް ހުރީ ގުޅާ ނުލައޭ ބުނެފި މިވަރު ދޮގު ހަދާކަށް ނުވާނެ ޖެމްސް ބޭނުން ކުރާތާ ކިތައް އަހަރު... މުވައްޒަފުން އިތުރު ކުރަން އެނގޭ މީހަކަށް ކުރެވޭނީ... ބަޖެޓޭ ބުނާއިރު މީނާގެ ކޮޓަރި ހަދަން މިލިއަނެއް ހާ ރުފިޔާ ޚަރަދު ކުރި އެއީ ފައިސާ ނެތިގެންތަ އަދި ހެދީ އެމެރިކާގެ ވައިޓް ހައުސް ގޮތަށް ފޮނި ކަމެއް އެބަހުރި
    ކަލޭމެން ތިޔަ ގޮތަށް ފޮނި ކަނޑަ ކަނޑާ ތިއްބާ ދައުރު ނިމޭނީ

  5. ޔޫތު މިނިސްޓަރ

    މިނާގެ ޔޫތު މިނިސްޓަރު ކަމުގައި ޔާމިން ސަރުކާރުގައި މިރާއްޖެއަށް ޖަޕާނުން އިންޑޯ ބެޑްމިންޓަން ހޯލެއް އަޅާދިނިމުގެ ބޮޑު ޕޮރްޖެކްޓެއް ހުށަހެޅި މީނާގެ މޭޒުގައި އެލިޔުންތައް ހުރެ ޖަވާބެއް ނުދީ އޮވެ މުއްދަތު ފަހަނާ އެޅީ ރައީސް ޔާމިން ޖަޕާނަށް ކުރި ދަތުރުގައި މިސުވާލު މިނާއާއި ކުރިމަތި ވީމާ ހެދީ ދޮގު ބުނީ ތިލިޔުންތައް ނުދެކެމޭ މިކަމަށް ހެކިވާނެ މީހުން ޔޫތު މިނިސްޓްރީގައި މިއަދު ވެސް އެބަތިބި... ރައީސްއަށް ވެސް އޮޅުވާލީ އެއީ ޖައިކާގެ ޕްރޮޖެކްޓެއް

  6. ައަހުމަދު

    އެއްކަމެއްމެއްވެސް ވާމީހެއްނޫން ވަޒީފާއިން ވަކިކުރަން އުޅޭތީ ބިރުން ދާއްކަވާހަކަތަށް މީވީހާދުވަހު ކުބާ ތިއަނގަ.

  7. ސަލާމް މލހ

    ހުވަފެން ބެލުން ނޫން ކަމެއް ނުވާނެ. މި ކަލޭގެ ހާލު ވަޒަން ކޮއްލަންޏާ ހަދާން ކޮއްލާ ސަބްމެރިން ކޭބަލް އައުޓް ޑޭޓްވިއޭ ބުނި ވާހަކަ. ދެން ޔޫޕީއެސް ހަރުކޮއް ފައި މާމޮޅު ކަމެއް ކުރެވުނު ކަމަށް އިސްތިހާރު ކުރި. މިކަލޭގެ ގަޅި ހައްދާފައި ދިރާގު އުރީދު އެހުރީ. އެމީހުން ބުނާ އިއްޗަކަށް އޯކޭ ކިޔާފައި. ރާއްޖޭގެ އިންޓަނެޓްއިން އާމުން ހޯދާ ގިނަ ހިދުމަތަކީ ރާއްޖޭގެ އިންޓަނެޓް ދޭ ތަންތަނުން ކޭޗް ކޮއްފައި ހުންނަ ހިދުމަތް ތަކެވެ. ގިނަފަހަރު ބޮޑެތި ކުން ފުނިތަކުން ހިލޭ ކޭޗް ހާޑްވެއަރ ދީފަ ހުންނަށް ސައިޓް ތަކެވެ. ކޮންޓެންޓް ކޭޗް އަޕްޑޭޓް ވުމަށް ފަހު އެކޮންޓެންޓް ހިދުމަތް ހޯދާ ކަސްޓަމަރުން އިތުރަށް ނެޓްއިން ބޭރަށް ކަނެޓް ކޮއްގެން ގެންނާކަށް ނުޖެހެވެ. މިގޮތުން ޔޫޓިއުބް، ނެޓްފުލިކްސް ކަހަލެ ހިދުމަތެއްގެ ވީޑިއޯ އެއްފަހަރު ކޭޗްވީމައި އެވީޑިއޯ ހޯދަން ބޭރަށް ރިކުއެސްޓ ކުރާކަށް ނުޖެހެއެވެ. އަދި މި ހިދުމަތް ތަކަށް ކޭޗް ހާޑްވެއަރ ހިލޭ ފޯރުކޮއްދީފައި ގިނަފަހަރު ހުންނާނީ. އިއެސްޕީގެ ޙަރަދަކީ ކަރަންޓައި މެއިންޓެނެސް. އެކަމު އެއް ކޭޗްވެފައި އޮތް ވޯޑިއޯއަކަށް އެތައްހާސްފަހަރަކު ކަސްޓަމަރުން ކައިރިން އެވީޑިއޯގެ ޑޭޓާ އަށް ޗާޖް ކުރެއެވެ. އައިއެސްޕީ އަށް މިކަހަލެ ހާޑްވެއަރ ކޮންޓެންޓް ޕޮރޮވައިޑަރ އިން ދެނީ އެމީހުންގެ ހުއްދައަށް ދީފަ އޮންނަ އޮޓޮނަމަސް ނަންބަރައަށް. މަލީހު ވާނުވާއެގޭނަމަ ހުއްދަ ބަދަލުކުރަންވީ ކޭޗް ކޮއްގެން ފޯރު ކޮއްދޭ ކޮންޓެންޓް ތަކުގެ ޑޭޓާ ޗާޖް ނުކުރާގޮތަށް. އެހެންނޫނީ ލައިސެންސް ބާތިލް ކުރަންވީ. މިވަރުގެ ކަމަކުން ވެސް އަގު ހެޔޮ ކުރެވިދާނެ. މަލީހު ގަމާރީ ނޫނީ ތި އައިއެސްޕީ ކައިރިން ކައިގެން އާމުން ގުބޯ ހެއްދޭތޯ ތި އުޅެނީ.

  8. ވާންޗޯރ

    ކަންޑާލަން އުޅޭތީ ބިރުގަތީ ދޯ.؟ ތިޔަ އިންޓަރނެޓްގެ އަގުހެއު ކުރާށޭ!! ކުރާށޭ!! ކޮބާހޭ ވަޢުދު.

  9. ފސ

    ފޮނިއުއްމީދު ކުރަންހުންނަށްވީތަ 5 އަހަރުވެގެންދާއިރުވެސް