(އައްޑޫ ސިޓީ، ހިތަދޫ) އައިޝަތު ފާއިޒާ ދިރިއުޅޭ ގޭގެ ސިޓިން ރޫމުގައި ހުރީ ފަނޑު އައްޔެކެވެ. ހޮޅިބުރިން މާ ބޮޑު އަލިކަމެއް ނުވެއެވެ. ގެއަށް ވަންނަ ދޮރުމަތި ކިތަންމެ ރީތި ނަމަވެސް، ގޭގެ އެތެރެ ހުރީ ބާވެފައެވެ. ސިޓިން ރޫމަށް ވަން އިރު، އެ ތަނުގެ މެދުގައި ހައެއްކަ ފޮށިގަނޑު ބަންދުކޮށް ގެއިން ނެރެން ތައްޔާރުކޮށްފައި ހުއްޓެވެ. ފޮށިތައް ކައިރީގައި ހުރީ އެ ގެއިން ކުއްލިއަކަށް ނުކުންނަން ޖެހުނު ފާއިޒާއެވެ. ހިތްދަތިކަމާއި މޮޅިވެރިކަމާއި އެކުގައެވެ.
ގޭސް އުނދުނާއި ތަށި ސެޓު އޭރު ހުރީ ސިޓިން ރޫމަށް ނެރެފައެވެ. އުނދުން ކައިރީގައި ގޭސް ފުޅިއެއް ވެސް ބަހައްޓާފައި ހުއްޓެވެ. މޭޒު މަތީގައި ފެން ބޯ ތައްޓަކާއި ބިސްކޯދު އުރައަކާއި ކިލޯއެއް ވެސް ހަމަނުވާ ވަރުގެ ހަކުރު، ފުޅިއެއްގެ ތެރެއަށް އަޅާފައި ހުއްޓެވެ. ފާރުތަކުގައި ލާފައިވާ ކުލަ ހުރީ ކެހިފައެވެ. ކަރަންޓު ބޯޑު ހުރީ ފާޑެއްގެ ކަޅު ކުލައެއްގައެވެ. ކޮޓަރީގައި ހުރި ބައެއް ގޮދަޑިތައް ހުރީ އޮޅާލައި ނެރެން ތައްޔާރުކޮށްފައެވެ. ތިން ފޫޓެއްހާ ދިގު އަލަމާރީގައި ދޮރު ފަތްގަނޑެއްހާ ހިސާބު ވެސް ނެތެވެ. އަލަމާރީގެ އެއް ދޮރުފަތް ހުރީ އެއް ފަރާތްކޮށްފައެވެ.
މިއީ ތިން ދަރިންނާއިއެކު، އައްޑޫ ސިޓީ، ހިތަދޫގެ ގެއެއްގައި ދިރިއުޅެމުން އަންނަ ފާއިޒާ، ނިކަމެތިކަމާއި އެކު ދިރިއުޅެމުން ދިޔަ ގޭގެ ޙާލަތެވެ. އެ ގެއިން މިހާރު ނުކުންނަން ޖެހިފައިވާ އިރު، ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ނެތެވެ. އޭނާގެ ވިސްނުން މިއަދު ހުރީ ހިޔާވަހިކަމެއް ނެތް ފަޅު ގޯއްޗަކާ ދިމާލަށެވެ. ދަރިންނާއި އެކު މިހާރު ދިރިއުޅޭ ގެއިން ނުކުތުން ނޫން ގޮތެއް ނެތެވެ. ވެރިފަރާތުން އެންގުމުން، އެ އަމުރަށް ފާއިޒާ ބޯލަނބަން ނިންމީ ހިތާއި ދެކޮޅަށެވެ.
އިންސާނެއްގެ ޙަޔާތުގެ ކޮންމެ މަރުހަލާއެއްވެސް ގިރާ ކުރަނީ ފޮނި ހުވަފެންތައް ދެކެމުންނެވެ. ދިރިއުޅުން އަދަށް ވުރެ ކާމިޔާބުވެ އުފާވެރި މާދަމާއަކަށް އުންމީދު ތަކެއް ކުރަމުންނެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާ ބައެއް ޙާލަތްތަކުގައި އެ އުންމީދުތަކާއި ހުވަފެންތައް ފަނޑުވެ ގެއްލިދާ ދިއުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ އިމްތިހާނެކެވެ. އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހިފައިވާ ފާއިޒާ އަށް ވެސް ދިމާވީ މި ޙާލަތެވެ.
ހިތަދޫ ހިންދާމްގޭ 50 އަހަރުގެ ފާއިޒާ އަކީ ފަސް ދަރީންގެ މަންމައެކެވެ. ނަމަވެެސް އޭނާ ދިރިއުޅެނީ ތިން ދަރީންނާއި އެކުގައެވެ. އޭނާއަކީ ދަރީންގެ ޙައްޤުގައި މިހާތަނަށް ވާން ޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވަމުން އަންނަ ހިތްވަރުގަދަ މަންމައެކެވެ. ތަޤުދީރު ނިޔާ ކުރި ގޮތުން ފާއިޒާއަކީ އެންމެ ހިތް އެދޭ ފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބުނު މީހެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވި އެތައް ބިޔަ ރާޅެއް ކަޑައްތުކޮށް މިއަދާއި ހަމައަށް އައިއިރު އޭނާ ހުރީ ގޮތްހުސްވެފައެވެ. އަޅާލާނެ އެއްވެސް މީހެއްނެތް ޙާލުގައި، ނިކަމެތިކަމާއި ފަޤީރުކަންމަތީ ފާއިޒާ ދިރިއުޅެމުން އަންނަނީ ހިތަށް ގެންނަންވެސް އުނދަގޫ ހިތްދަތި ޙާލެއްގައެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެމުން ފާއިޒާ ބުނީ އޭނާ އަކީ އެކަނިމާއެކަނި ދަރީން ބަލަމުން، ގޭގޭގައި މަސައްކަތް ކޮށްގެން ލިބޭ ފައިސާކޮޅުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އަންނަ މީހެއް ކަމަށެވެ. ދިރިއުޅޭނެ އަމިއްލަ ގެއެއް ނެތުމުން އޭނާ ދިރިއުޅެމުން އަންނަނީ ކުއްޔަށެވެ. މި ހިތްދަތިކަމުގައި ދުވަސްތައް ގުނަމުން ދަނިކޮށް، އެންމެ ފަހުން އުޅެން ލިބުނު ގެއިން ވެސް މިވަނީ ނުކުންނަން ޖެހިފައެވެ. ކުލި ދެއްކުމުގެ މައްސަލައެއް ޖެހިގެންނެއް ނޫނެވެ. ގޭގެ ވެރިފަރާތުން ފާއިޒާގެ ޢާއިލާ އެގޭގައި ބައިތިއްބަން ބޭނުން ނުވާތީއެވެ. ނަމަވެސް މިއީ މި ދަނޑިވަޅުގައި ކުރަން ހެޔޮވާ ވަރުގެ ކަމެއް ބާވައެވެ؟
އެކި ފަހަރު މަތީން ދަރީން ގޮވައިގެން ކުއްޔަށް ގެތައް ހިފައިގެން އުޅޭ ފާއިޒާ، މިހާރު ނުކުންނަން ތައްޔާރުވެފައި އެ ވަނީ އޭނާ އެގޮތަށް ކުއްޔަށް ނެގި ދިހަ ވަނަ ގެއިންނެވެ. އެކަނިވެރި މައެއްގެ ގޮތުގައި ހުރި ފާއިޒާ ބުނީ އެކި ގޭގެއަށް ބަދަލުވަމުން، ދަތި ޙާލުގައި އޭނާ އުޅޭތާ މިހާރު ފަނަރަވަރަކަށް އަހަރު ވެދާނެ ކަމަށެވެ.
ފާއިޒާ ބުނި ގޮތުގައި އެންމެ ފަހުން އޭނާ ކުއްޔަށް ހިފި މި ގޭގައި އުޅެން ފެށިތާ އަދި މަހެއް ވެސް ނުވާނެއެވެ. ގެއިން ނުކުންނަން މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި، އެހެން ތަނެއް ލިބޭތޯ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި މީހުންނާއިވެސް ވާހަކަ ދައްކާފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް އައިއިރުވެސް ތަނެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. މައްސަލައަކީ ގިނަ ތަންތަނުގެ ކުލި 3،000ރ. އާއި 4،000ރ. އަށް ހުރުމުންނެވެ.
ގޭގޭގައި މަސައްކަތްކޮށްދީގެން މަހެއްގެ މައްޗަށް ފާއިޒާ އަށް ލިބެނީ 3،000ރ. އެވެ. މަސް ދުވަހުގެ ތެރޭގައި އެ ގެއަށް ކުލީގެ ގޮތުގައި ދީފައި ވަނީ 2،000ރ. އެވެ. ފާއިޒާ ބުނި ގޮތުގައި އާއިލާގެ ކެއުމުގެ ކަންކަމާއި ބާކީ ކުރަން ޖެހޭ ކަންކަމަށް ޚަރަދު ކުރަނީ މުސާރައިގެ ބާކީ ބަޔާއި ހެޔޮ އެދޭ މީހުން މާލީ ގޮތުން ފޯރުކޮށްދޭ އެހީންނެވެ. ހެޔޮ އެދޭ މީހުންގެ އެހީތެރިކަން ފާއިޒާ ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއި އެކުގައެވެ.
ފާއިޒާ ބުނި ގޮތުގައި މި މަހު ކައްކައިދޭން ދާ ގޭގައި މީހަކު ކަރަންޓީންކޮށްފައި ބަހައްޓާތީ، އެގޭގައި އަދާކުރާ ވަޒީފާ އިން ވަނީ ވަކިކޮށްފައެވެ. އަދި އުޅޭ ގެއަށް މިމަހުގެ ފަސް ވަނަ ދުވަހު އަތުގައި ހުރި ފައިސާއިން ކުލިވެސް ދައްކާފައި ވަނިކޮށް، ގެއިން ނުކުންނަން މަޖުބޫރުވުމީ ލިބުނު ވަރަށްބޮޑު ތަކުލީފެއް ކަމަށް އޭނާ ބުންޏެވެ.
ފާއިޒާ ބުނިގޮތުގައި ވަންނާނެ އެއްވެސް ތަނެއް ނެތުމުން މިހާރު އޭނާ ނިންމައިގެން ހުރީ، މީގެ ކުރީން އޭނާއަށް ލިބިފައިވާ ގޯއްޗަކަށް ދިއުމަށެވެ. އެ ގޯއްޗަކީ، އުޅެމުންދާ ދަތި ޙާލުގެ ސަބަބުން، ލިބުނު ގޮތަށް އެއްވެސް މަސައްކަތެއް ނުކުރެވި، ވާވެ ޖަންގަލި ބޯވެފައިވާ ތަނެއް ނަމަވެސް، އިތުރު ގޮތެއް ނެތުމުން "ގަހެއްގެ ނިވަލުގައި ހުންނާންވެސް ދިއުން ނޫންގޮތެއް ނެތް" ކަމަށް ފާއިޒާ ބުންޏެވެ.
"ދެން ނެތް، އޮތް ހުސް ބިމަށް އެއްޗެހިތައް ހިފައިގެން ދިއުން ނޫން ގޮތެއް. ހެނދުނު މި އުޅެނީ ދާން ކުދިންނާއި އެއްކޮށް އެތަނަށް." ފާއިޒާ ބުންޏެވެ.
"ދައްތަމެން މި އުޅެނީ ވަރަށް ޙާލުގައި. ލިބެނީ ހަމައެކަނިި 3000 ރުފިޔާ. އެ ފައިސާކޮޅު އެއްކޮށް ގެއަށް ކުލި ދައްކައިގެން އުޅެނީ. ކައި ހަދަނީ މީހުން ދޭ ކާއެއްޗެހި. އަންނައުނުވެސް މީހުން ދީފިއްޔާ ލިބެނީ. އެހާ ޙާލުގައި އުޅެނިކޮށް ގެއިން މި ނުކުންނަން ޖެހުނީ. ދެން ނެތް ހަދާނެ އެއް ގޮތެއް ވެސް. މަގުމަތިވެއްޖެ" ފާއިޒާ އަސަރާއިއެކު ކިޔައި ދިނެވެ.
އާއިލާ މީހުންގެ ކިބައިންވެސް އެހީތެރިވެދިނުމަށް އެދި އެތައް ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށާއި، ނަމަވެސް އެމީހުންވެސް އަތުގައި ފައިސާ ނެތް ކަމަށް ބުނެ އެހީ ނުވާ ކަމަށް ފާއިޒާ ބުންޏެވެ. އަދި ހަމައެކަނި އެހީވެވޭނެގޮތެއެކަމަށް ބުނަނީ ދަރީންނާއި ވަކިން ފާއިޒާ އެ ގޭގެއަށް ދިއުން ކަމުގައި ފާއިޒާ ބުންޏެވެ. ނަމަވެސް އަމިއްލަ އުފަލަށްޓަކައި ދަރީން އެކަނިމާއެކަނި ދޫކޮށް ބިކަކޮށްލުމަށްފަހު، ދަރީންނާއި ނުލައި ބޯހިޔާކުރެވޭހައި ހިތްވަރެއް ނެތްކަމަށް އޭނާ ބުންޏެވެ.
ފާއިޒާ ބުނި ގޮތުގައި މިހާތަނަށް އޭނާ ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ބައްދަލުކޮށް މި ވާހަކަތައް ހިއްސާކޮށްފައެވެ. އެކަމަކު ނަޝީދު އެދިވަޑައިގަތީ ސިޓީއަކުން އެކަން އެންގެވުމަށް ކަމަށް އޭނާ ބުންޏެވެ. އަދި ފޮނުވި ސިޓީގެ ޖަވާބެއް މިއަދާއި ހަމައަށްވެސް ނުލިބޭ ކަމަށް ފާއިޒާ ބުންޏެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއިވެސް ބައްދަލުކުރުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އަދިވެސް އެޕޮއިންޓުމެންޓެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށްވެސް އޭނާ ދިރިއުޅެމުން އަންނަ ޙާލަތު ވާނީ ގެނެސްފައިކަމުގައި ފާއިޒާ ބުންޏެވެ.
"އަޅުގަނޑު ޖެންޑާ މިނިސްޓްރީ އަށް ވާނީ މައްސަލަ ހުށަހަޅައި އަޅުގަނޑަށް އެހީވުމަށް އެދިފައި. އެމީހުން ބުނީ ދަނޑިފަނުން ގެއެއް އަޅައިގެން ގެއަށް ބަދަލުވާށޭ. އަޅުގަނޑު އެކަނި އަންހެނަކު ކިހިނެއް އެކަން ކުރާނީ؟" ފާއިޒާ ބުންޏެވެ.
ދިރިއުޅޭނެ އެއްވެސް ތަނެއް އަދި އެހީވާނެ މީހެއް ނެތި، މަޔަކާއި އެ މަންމަގެ ލޯބިވާ ތިން ދަރީން، ގަސްބޯ ޖަންގައްޔެއް ތެރޭގައި އުޅެން މަޖުބޫރުކުރުވި ކުރުވުން ކިޔައިދެމުން ފާއިޒާ ބުނީ، އޭނާ އަދިވެސް ހުރީ އިހުސާންތެރި ހިތެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި އޭނާއަށް "މިނޫން ދުވަހެއް" ހޯދައި ދިނުމުގައި އެހީތެރިވެވެން އޮތް ކޮންމެ މީހެއްގެ އެހީއަށްވެސް އެދޭ ކަމަށް ފާއިޒާ ބުންޏެވެ.
"ކިތަންމެ ކުޑަ މިންވަރެއްގެ އެހީއަކީވެސް އަޅުގަނޑުމެންގެ މި ނިކަމެތި އާއިލާއަށް ކޮށްދެވޭ ވަރަށް ބޮޑު ކަމެއް. މިގޮތުން ފޯރުކޮށްދޭ ކޮންމެ އެހީއެއްވެސް އަޅުގަނޑުމެން ބަލައިގަންނާނީ ޝުކުރުވެރިކަމާއެކު. މިއަދު އަޅުގަނޑުމެންނަށް ޖެހިފައިވާ މި ޙާލުން އަރައިގަތުމަށް އެހީތެރިވެދެއްވާ" ފާއިޒާ ބުންޏެވެ.
އަހަންނަކީވެސް ކޮވިޑާ ހެދި ހަމަ ތި ހާލަތަށް ގޮއްސަހުރި މީހެއް. ހަމަ ރޮވިއްޖެ މީތި ކިޔާފަ
ކުރޭވޭނެ ކަމެއް ނެތް މިސަރުކާރުން އެބުނަނީ ދެން އާންމު ރައްޔިތަކަށް ބަނޑާރަ ގޯއްޗެއްހައި ނަމަވެސް ނުދޭނަމޯ. ފުލެޓު ދެވޭކަށްވެސް ނެތޯ މާލޭގެ ލޯނު ނަގައިގެން ތިބި މުއްސަނދިނަށް ގެއްލުމެއް ވެދާނެތީވެ.
ކޮބާ ދަރިންގެ ބައްޕަ އެއްބަނޑު މީހުން
ލޯންގް ސްޓޯރީ ބްރޯ🤫
ކޮބާ ދަރިން؟
އެކަނިވެރި މައިންގެ އެލަވަންސް ޖެންޑަރއިން ހަމަނުޖައްސާދޭތަ
ކޮބައިތޯ އެކަނިވެރި މައިންނަށް ލިބޭ އިނާޔަތް؟ އެވެސްނުލިބޭތޯ؟
ލޮލް އެއީ ވަކިބަޔަކަށް ދޭއެއްޗެއް
އަސްލު ހަގީގަތަކީ އެއްވެސް ދަތިކަމެއް ކުރިމަތިވާ ދަނޑިވަޅު އިންސާނުން އެހީ ނުވާނެ ކަމެވެ އާދަޔާ ޚިލާފު އިހް ސާން ތެރި ކަމެއްގެ ވެރިއެއްފިޔަވައެވެ އެފަދަ މީހުން ނަކީ ވަޜަށް ނާދިރު ބަޔެކެވެ ފާއިޒާ ކާރީ ބުނެލަން އޮތީ ހަގީގަތާ ކުރިމަތި ލާށެވެ ތި ބުނާ އަމއްލަ ހުސްބިންސާފު ކޮށް އެތަން އާބާދު ކުރާށެވެ ކާބޯތަކެތި އިންދާ ހައްދާށެވެ އެތަކެތި ވިއްކާށެވެ އެ ލިބޭ ފައިސާ އިން ހެދިކާ ހަދައި ގެން އެވެސް ވިއްކާށެވެ ރާއްޖޭގެ ވިޔަފާރި ވެރިން ކައިރީ ބުނެލަން އޮތީ ކަލޭމެންގެ މުދަލުގައި ބަރަކާތް ލައްވާ ނަފްސު ތޯހިރު ކުރުމަށް މިސްކީނު އަންހެންމީހާއަށް އެދުމަކާ ނުލާ އެހީތެރިވާށެވެ
އަސްލު ހަގީގަތަކީ އެއްވެސް ދަތިކަމެއް ކުރިމަތިވާ ދަނޑިވަޅު އިންސާނުން އެހީ ނުވާނެ ކަމެވެ އާދަޔާ ޚިލާފު އިހް ސާން ތެރި ކަމެއްގެ ވެރިއެއްފިޔަވައެވެ އެފަދަ މީހުން ނަކީ ވަޜަށް ނާދިރު ބަޔެކެވެ ފާއިޒާ ކާރީ ބުނެލަން އޮތީ ހަގީގަތާ ކުރިމަތި ލާށެވެ ތި ބުނާ އަމއްލަ ހުސްބިންސާފު ކޮށް އެތަން އާބާދު ކުރާށެވެ ކާބޯތަކެތި އިންދާ ހައްދާށެވެ އެތަކެތި ވިއްކާށެވެ އެ ލިބޭ ފައިސާ އިން ހެދިކާ ހަދައި ގެން އެވެސް ވިއްކާށެވެ ރާއްޖޭގެ ވިޔަފާރި ވެރިން ކައިރީ ބުނެލަން އޮތީ ކަލޭމެންގެ މުދަލުގައި ބަރަކާތް ލައްވާ ނަފްސު ތޯހިރު ކުރުމަށް މިސްކީނު އަންހެންމީހާއަށް އެދުމަކާ ނުލާ އެހީތެރިވާށެވެ
އުތެމަ ޖަމިއްޔާ ގެ ބޮޑެތި މީހުން ވަރަށް މުއްސަދި ހަޒާނާ ތައް ތޮއްޖެހިފާ ހުރީ ކޮބާތަ އިންސާނީ ހައްގު ފަގީރު މީހާ ޔަށް މަސައްކަތެއް ފަށްޓަ ނުދެނީ ކީއްވެ
މިކަހަލަ ވާހަކަ ގެނެސްދޭ އިރުގަ މިޙާލަތަށް އޭނާ ދިޔަ ސަބަބުވެސް ކިޔާދޭން ވާނެ. ދަރިންގެ އުމުރާއި، އެކުދިންގެ ބައްޕަ ކޮބައިތޯ ވެސް އެނގުން މުހިއްމު.
އަސްލުވެސް، މީނަ ބޮޑަށް ބޭނުންވަނީ ސަރުކާރު ބަދުނާމު ކުރަން ހެން ހީވަނީ. އެކަނިވެރި މައިންނަށް ދޭ އިނާޔަށް ކީއްވެ ނުހޯދަނީ. ދެންތިބި ދެކުދން ކޮބާ. ތިންކުދިންގެ އުމުރަކީ ކޮބާ.
ކޮންމެ ކަމެއް ވެސް ޕޮލިޓިކަލް ކޮއްލަންް އުޅޭ މީހުންނަކީ ހާދަ ގޯސް ބައެކޭ... މިތާ އެއް ސަރުކާރެއް ވެސް ގޯސް ކޮށްފަ އެއް ނެތް! ހާލަތުގެ ވާހަކަ ކިޔާދީފަ އެއޮތީ!!
ޢައްޑޫ މީހެއް ނަމަ މައިންބަފައިންގެ ގޯތި ވާއްނަން ހުންނާނެ ނޫންތޯ. ދަރިންގެ ބައްޕަ ކޮބާތޯ.؟ ހަރަދު ނުދެއްވަނީތޯ؟؟ ހުސް 18 ނުފުރޭ އަންހެން ދަރިން ކަމުގައި ވަނީ ނަމަ ދަނޑި ފަނުން ގެ އެޅުން ނުފެނެ. ކީވެތޯ ސަރުކާރުގެ ވަޒީފާ އެއް ލިބޭތޯ ނޫޅެނީ؟؟ ކޮންމެ ފަދަ ވަޒީފާ އެއް ނަމަވެސް 3000 އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭތޯ ބައްލަވާ
if you're homeless just buy a house
ބަލަ ފައިސާއަކީ ފާހާނަތަށީ އިންނަން ޖެހޭހާ ފަސޭހައިން ލިބޭ އެޗެއްސެއް ނޫނޭ.
if you're poor just get rich
ޔޯ ޑެޑީ ނޮޓް ގިވިން މަނީ ބްރޯ
މިފަދަ ކަންތައްތަކުގެ ވާހަކަ ލިޔާއިރު މައްސަލައަކީ އެއްފަރާތް ފެންނަގޮތަށް ލިޔުން. ހުރިހާފަރާތެއްވެސް ފެނުނީމާ މައްސަލަ ހައްލުކޮށްދިނުމުގައި އެހެން މީހުނަށްވެސް ފަސޭހަވާނީ. 5ދަރިން ލިބިފައިވާނީވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން. އުމުރުން މިހާރު 50 އަހަރު . އެކަނިމާއެކަނި ދަރިން ގޮވައިގެން މިގޮތަށްއުޅޭތާ 15 އަހަރު. އެހެންވީއރު އުމުރުން 35 އަހަރުނ ފެށިގެން އެކަނި އުޅެން ޖެހުނީ ކީއްވެބާ؟ އެއީ އަދި ހަމަ ޒުވާން އުމުރެއް.
މެޑަމް ފަޒުނާ އަށް އެގިލައްވާތޯ ތިންއިރު ތިންހެދުން ލައިގެން އަރާމު ޚާނާ ގައި އުފާ ފުޅު ކުރައްވާ އިރު ރައްޔިތުމީހާ ގެ ހާލު
އިބޫ ސޯލިހު ކަލޭ ގެ ޒިންމާ އެއް ރައްޔިތު މީހާޔަށް އެހީވުން ބިރުވެތިވޭ
އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވީވަރެއް ޖަމާކޮށްދޭނަން. ކޮންމެ ދިވެއްސަކު މިގޮތަށް ވެވެން އޮތް އެހީތެރިކަމެއް ވެދީ ލާރި ޓްރާންސްފާ ކޮށްފިނަމަ އިސާހިތަކު ގެއެއް އެޅޭވަރަށް ފައިސާ ދެވިދާނެ. އެންމެން އެހީވަމާހިނގާ. މަރުވެފައިތިބި ތިމާގެ މައިންބަފައިންގެ ނަމުގައި ވެސް އަމިއްލަ އާއިލާގެ ނަމުގައިވެސް އެހީވެދެއްވާ. ޔަގީނުންވެސް ތިމާ ނެތް ދުނިޔެއެއްގައިވެސް އެގޭ ފައިދާކުރާނެ.
ޕީޕީ އެމް ޕީއެންސީ މީހުން ދަނޑި ފަނުން އެވެރިންނަށް ގެޔެއް އަޅާ ދީ ބަލަ އަދުރޭ ޔަށް ވަރަށް ސަލާން
އެމްއެންޑީ އެފް ގެ ނޫ ކަށި ޒުވާނުން އެވެރިންނަށް ރާވާ ގެޔެއް ގެންގޮސްދީ ބަލަ
" އެކަމަކު ނަޝީދު އެދިވަޑައިގަތީ ސިޓީއަކުން އެކަން އެންގެވުމަށް ކަމަށް އޭނާ ބުންޏެވެ. އަދި ފޮނުވި ސިޓީގެ ޖަވާބެއް މިއަދާއި ހަމައަށްވެސް ނުލިބޭ ކަމަށް ފާއިޒާ ބުންޏެވެ." އެންމެންގެ ރައީސޭ ބުނާ ނަޝީދުގެ ޙާލަތު ހުރިގޮތް. " މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއިވެސް ބައްދަލުކުރުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އަދިވެސް އެޕޮއިންޓުމެންޓެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ." ރައްޔިތު މިހާ ގެ ޙާލު ބަލައިނުލެވޭތާ ގައި އެޕޮއިންޓްމަންޓަކަށް އެދުމުން ބައްދަލުވެސް ނުކުރާ ކަމަށްވާނަމަ، ދައުލަތުގެ ޚަޒާނާއިން މުސާރަ ދީގެން ކީއްކުރަން ބައިތިއްބާ ބައެއް. މުސާރަ ޙަލާލުވޭ ބާ؟ "އަޅުގަނޑު ޖެންޑާ މިނިސްޓްރީ އަށް ވާނީ މައްސަލަ ހުށަހަޅައި އަޅުގަނޑަށް އެހީވުމަށް އެދިފައި، އެމީހުން ބުނީ ދަނޑިފަނުން ގެއެއް އަޅައިގެން ގެއަށް ބަދަލުވާށޭ. އަޅުގަނޑު އެކަނި އަންހެނަކު ކިހިނެއް އެކަން ކުރާނީ؟" ފާއިޒާ ބުންޏެވެ. ސުވާލަކީ ދިވެހިން މިއުޅެނީ 1950ގައި ބާއޭ؟ ކީއްކުރާ ޖެންޑާ އެއް. ވަކި ސަހަލު އެތައް ނެތް. ހިތްހަލާކު!
އަހަންނަށް ތި އަންހެންމީ ހާ ގެ އިހުސާސް އެގޭ ވަރަށް ދެރަވޭ އަހަރެން 5 އަހަރު ތި ފަދަ ދަތީ ގައި ހޭދަ ކުރިން ނަސީބަކުން ބޮޑުދައިތަޔަކު ކިޔަވައިދީ ތައުލީމު ދީފަ ހުރީމަ ވަޒީފާ ގަނޑެއް ލިބުނީ ވަޒީފާ ނުލިބުނުނަމަ މަރުވިސް ކަންނޭގެ ބޮޑުދައިތަ އަށް ޖަންނަތުލް ފިރުދައުސް ދެއްވާށި
ތި ބުނާ ހުސް ބިމަށް ގޮސް ދުއާ ކުރޭ ރަހުމަތް ބާވާ ލައްވަފާނެ
ބައެއްފަހަރު އިޖުލު ގަބީލާގެ މޮޔަ ކަލޭގެ ވެސް ހޭޖެހޭ ވާހަކަވެސް ދައްކާ މޮޔަ ކަލޭގެ ބުންޏެއްނު ދަރިންނުހޯދާށޭ ސަބަބަކީ ތަސައްރަފުނެތް ބަފައިންނަށް ދަރިން ހޯދީމަ ވާނީ ބޮޑު ވޭނަކަށް ހުރިހާ ބުރައެއް އުފުލަން ޖެހޭނީ އަންހެންމީ ހާޔަށް އެކަނި އެހެންވެގެނޭ ނުވިހާ އޮޕަރޭޝަން ކުރާ ވާހަކަ މޮޔަ ކަލޭގެ ދެއްކީ
"ހުވަދޫ އާއި އައްޑޫގެ ރޭހެއް ނަމަ، ރޭހުގެ ކުރީގައި މި ތިބީ އަހަރުމެން: އައްޑޫ މޭޔަރު". "ތިން ދަރިންނާއެކު އައްޑޫ އަންހެނަކު ގެއިން ނެރެލުމުން، މަގުމަތިވެ ގޮތްހުސްވެފައި!"
މިއީބާ އެރޭހުން ކުރިއެރުނު ގޮތަކީ؟ އިންސާފަށް ކަންކަން ކޮށްދޭނަމަ ހުވަދު އަތޮޅަށް ކޮށްނުދީ އައްޑުއަށް ކޮށްދޭންޖެހޭ ސަބަބެއް ނެތް. އެކަކަމު ތަރައްގީ ކުރާނަމަ އެކުއެކީގައި ފަހަރަކު ތަނަކަށް ދޭ އުސޫލުން ކުރާނަމަ މައްސަލައަކަށް ނުވާނެ. އެއްމެންވެސް އެ ދައްކާ ވާހަކައަކީ އެހެން ތަންތަނަށް ކޮށްނުދީ ހަމަ އެކަނި އައްޑުއަށް ކަންކޮށްދޭ ވާހަކަ. ހަޖަމް ނުވިއަސް މިއީ ހަގީގަތަކީ.
ދިވެހި އަންހެނުންނައް ދިރިއުޅެންޖެހިފަ އޮންނަނީ ނުސީދާކޮއް ހަށިވިއްކަިއގެން. ފިރިމީހާ ދަރިން ސެޓެއް ދީފަ އަންހެން މީހާ ވަރިކޮއް ނަގާހޫރާލީމަ އަންހެންމީހާގެ ޒަމާން އެދިޔައީ. އަންހެނުންނައް މާކައް ހައްގެން އޮންނަގައުމެއް ނޫން މިކީ.
ހިތާ އި ހިތުގެ ގުޅުން އޮންނަ ނަސީދު އައ އްް ފޮނުވި ސިޓީގެ ޖަވާބު އަދި އަދަ އްވެސް ނުލިބެޔޯ ސަރުކާރުގެ އެ އްވެސް މު އަ އްސަސާ އަކުވެސް އަޅާނުލި އްޔޯ ޖެންޑާޢިންވެސް ބުންޏޯ ދަނޑިފަނުން ގެ އަޅާގެން ދާން އެހެންވީމާ ކިހާހެޔޮފުޅުތޯ ހިތާހިތް ގުޅުވަ އިގެން ތިބި ވެރިންގެ ދަ އްތަޔަ އް ދެންރަނގަޅު ގޮތެ އްވެދާނެ ކަ އުންސިލް އިންތިހާބު އެބަ އާދޭ އެދުވަހުން ދަ އްތަޔަކީވެސް ދަރިންނަކީވެސް ބަ އެ އްގޮތުގަ މިސަރުކާރުން ދެކިފާނެ ވަރަ އްދެރަވެ އްޖެ ދަ އްތަޔަ އް އުފާފާގަތި ދިރި އުޅުމެ އް މާތްﷲ މިންވަރު ކޮ އްދެ އްވުމަ އް އެދި ދުޢާކުރަން
ދަރިންގެ ބައްޕަގެ އެއްވެސް ވާހަކައެއް ނެތުމުން އެކަމާ ބުނެވޭނެ އެއްޗެއް ނެތް. ޢެކަމަކު ދިވެހި ސަރުކާރުން މިފަދަ މީހުނަށް އަޅާލަން ޖެހޭނެ. 65އަހަރު ވީމާ ހެޔޮ މަހުޖަނަކަސް މުޅި އުމުތު ކުއްކުރުމުގައި ދުއްވާލިޔަސް 5000ރ ދޭ ދައުލަތުން. މިކަހަލަ އެކަނިވެރި ނިކަމެތި މީހުނަށް އަޅާލެވޭނެ އެއްވެސް ނިޒާމެއް ދައުލަތުގެ ތެރޭގައި ނުހުރޭ. ޒަކާތުފަންޑެއްވެސް އިވޭ އެކަމް އެއީވެސް ނަމެއްގަ. ޒަކާތުފަންޑުންވެސް އެއްޗެއް ލިބެނީ ސިޔާސީ ވެގެން އުޅޭ މޮހަރެއް ކައިރީ އާދޭސް ކޮށްގެން. މިއޮތީވާ ޤައުމެއް. މީގެކުރިން އެނަސްޕާއިންވެސް މިފަދަ އެހީދިން. މުހާރު އެތަނުން އެހީއެއް ލިބެނީ ހަމަ އެކަނި ޕާޓީ މަޖިލީސް މެމްބަރުގެ ބރގ ކޮށްޓުމުން. ނުނީ ޕާޓީގެ ނުފޫޒުގަދަ މީހެއްގެ ....... ކޮށްޓުމުން.
ދަރީންނާއި އެހީވެދޭނެވަރުގެ ބަޔަކު ނެތީމަދޯ އެހާލުގަ އެއިނީ!
މިރާއްޖޭގައި 65 އަހަރުނުވާ ވަރަށް ނިކަމެތިން އެބައުޅެއެވެ. އެކަމަކު 65 އަހަރުވެއްޖިއްޔާ ކިތަންމެ މުއްސަނދި މަހުޖަނަކަށްވެސް 5000 ރ ލިބެއެވެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައުިވެސް ކަން ނުކުރާގޮތެވެ. ސަރުކާރުން އެހީ ދޭންޖެހޭނީ ނިކަމެތި ފަޤީރުންނަށެވެ. ޒަރޫރީ ބޭނުންތައް ނުފުއްދޭ މީހުންނަށެވެ. ސިޔާސީ ގޮތުން ލެމްޕޭން ތެރޭގައި ވޯޓު ހޯދުމަށް މޮޅު ވާހަކައެއް ބުނެވިއްޖެނަމަ އެވަޢުދު ފުއްދަން މުޅި ބައިތުލްމާލު ހުސްކޮށްވެސް އެކަމެއް ކުރެއެވެ. ޒުވާން އުމުރާ މެދުއުމުރުގައި ދަރިންގޮވައިގެން ވަންނާނެ ގެދޮރުގަނޑެއްނެތި އެއބްޔަކު ސަލާން ޖަހަމުން ހިނގާއިރު 65 އަހަރުގެ ބައެއް މީހުން ލާރިގިނަވެގެން ޢާއިލާގެ މީހުންނަށާ ކުދިންނަށް ކުޅޭ ސާމާނާ މީރު ކާއެއްޗެހި ގަނެދީ ހަދަނީއެވެ. ރަނގަޅެވެ. އެކަމަކު ހަމަ ދިވެހި ރައްޔުތުންގެ ތެރޭން ބަޔަކު ނިކަމެތި ހާލުގައި ތެޅިފޮޅޭއިރު އަނެއްބަޔަކަށް ސަރުކާރުން ލާރިދީގެން އުފަލުގައި އުޅޭތީ މިހެން ބުނެވެނީއެވެ. އަމިއްލަ މުސާރައިން ޕެންޝަން ފަންޑަށް ލާރިކަނޑާ އެފައިސާ 4 ލައްކައިން ޖަމާވެފައި ހުރި މުވައްޒަފުން ދިރިއުޅޭނެ ގެދޮރެއް ނޭޅި ބިކަވފައިވާއިރުވެސް އެއިން ފައިސާކޮޅެއް ލިބޭގޮތެއް ނެތެވެ. މުޅި އުމުރުގެ އެންމެ ދަތި އުނދަގޫ މަރުހަލާ( ކުދިންލިބި ގެދޮރުއަޅާ ކިޔަވައިދީ ހަދަންޖެހޭ ދުވަސްވަރު) އޭގެން ރާހަތެއްނުކޮށް މުސްކުޅިވެ ގައިބާރު ދެރަވެ އެނދުމަތީގައި އޮތުން އޭގެއިން ފައިސާފޮއްޗެއް ދިނުމުން ލިބޭނެ އުފަލަކީ ކޮބައިތޯއެވެ.
ޢެހީ ވެވޭނެ ފަދަ ވަޒީފާ އަށް ދާ ބޮޑެތި ދަރިން ނެތީތަ😰😰😰 50 އަހަރު ވީ އިރު ގާތުގަ ނެތް ދެ ދަރިން ކޮބާ .އެކުދިން އެޙީ ނުވޭތަ ... ގައިމު މީހުނާ އިދެގެން ދޯ ތިބޭނީ ދެންތިބި ދެ ދަރިން
ދަތި ޙާލުގައިވާ މީހުންނަށް އެހީވާން ޖެހޭނެ އެވެ. ނަމަވެސް އެކަނިވެރި ހިޔާވަހިކަމެއް ނެތް މަޔަކަށް ފައިސާ ދިނުމަކުން ނުފުދޭނެ އެވެ. ޙައްލަކީ އެންމެންވެގެން ފާއިޒާގެ އަމިއްލަ ގޯތީގައި އުޅެވޭވަރުގެ ގެއެއް ބިނާކޮ ށްދިނުމެވެ. އަޅެ ކޮންމެވެސް މީހަކު އެކަމާ އިސްނަގާނެނަމަ އެވެ.
މި އާޓިކަލް ސަބަބުން ފާާާއިޒާގެ ތި ހިއްދަތި ދިރިއުޅުމަށް ކޮއްމެވެސް ފަރާތެއްގެ އިހުސާން ތެރިކަމެއް ލިބޭނެ ކަމަށް އުއްމީދުކުރަން.
އަޅުގަނޑު އެދެނީ މި ނިކަމެތި ފާއިޒާއަށް އެހީތެރިވުމުގެ ރޭހުގަ ހުވަދޫ ރައްޔިތުން ކުރި އަރައި ދިއުން. މޭޔަރު ހުރި ތަނެއްގަ ބހައްޓަވާކުށެވެ. ޝުކުރިއްޔާ
އަޅުގަނޑު ރުފިޔާކޮޅެއް ފޮނުވާލާނަން އިނގޭތޯ..
އައްޑޫ އަސްލަމް ގެ(ނިޔާޒް ސ.ހިތަދޫ) ހުންނަނީ ގައިމު ފަޅަށް .
އަނބި މީހާ ، ށާހިދާ (ކޮމަންޑޫގެ ސ. ހިތަދޫ) ވެސް ހުންނަނީ ހަމަ ފަޅު ކޮށްފަ.
ދެގެވެސް ހުންނަނީ ފެންވަރުގަ ހަދާފަ ކޮޓަރި އޭސީ ކޮށްފަ.
އެމީހުން އުޅެނީ ލަންކާގަ.
ކީއްތަ ވާނީ މި ނިކަމެތި އުޙްތަށް ބޯހިޔާ ވަހި ކަމެއް ލިބެންދެން އޭގެ ގަނޑު ވަރެއްގަ އުޅެވޭނެ ގޮށް ހަދާ ދިނިއްޔާ.
ކޮބާ ރަށުގެ ޒުވާނުން ވެގެން އެބުނާ ގޯތީގާ އެ ތު އްތު ކުދިންނަށް ފުރަތަމަ ދަނޑިފަނުން ގެ އެ އް އަޅަ އިދީ. ކޮބާ ސޯބޭ
އބޮޑު ކަމެ އް އޭނާގެ ދިރި އުޅުމާ ކުރިމަތި ވެފާ ވީ ނަމަވެސް އެކުދިން ގެ ކުށަކީ ކޮބާ؟ އެ އީ މަ އުސޫމް ކުދިން. ކޮބާ މޭޔަރު
އައްޑޫގެ މެމްބަރުން ކޮބާ؟؟ އަސްލަމް ތޯ ކޮބާ؟؟ ފާއިޒާށް މިރެއި ތެބެ ގުޅަން.
"ފޮކްސް ފައިވް ސްޕްރައިޒް ސްކޮޑް" އިން ދޭ ކަހަލަ ހަދިޔާއެއް މި އާއިލާއަށްވެސް ދޭނެ ބަޔަކު ވާނެނަމަ ކިހާ ރަނގަޅު! އިންސާނިއްޔަތަށްޓަކައި އެހީތެރިކަމުގެ އަތެއް ފޮރުކޮށްލަދެމާ! ވަގުތު ޓީމް އިންވެސް މިކަމުގައި ބައިވެރިލެވުން ވަރަށް ރަނގަޅު!
ޢައްޑޫގިނަމީހުން މާލޭގަ އުޅޭތީ ބައިވަރު ހުސްގެ ހުންނާނެއެއްނު
މިސަރުކާރު ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ މިމަހު މުސާރަވެސަ ދެވޭނެ އެއްޗެއް އެމީހުން އަތުގަނެތް މޑޕ ބޮއިކޯޓް ، އަންނި ހަވަރަށް.
ހަބަރައް ވުރެބޮޑަށް ލިޔުނު މަންޖެގެ ދިވެހި ޓީޗަރުކައިރިން މާރކްސް ހޯދޭތޯ ބަލާފަ މިއޮތީ.. އުޑުމަތި ނޫކުލެއޭ، ގަހުގެ ފަތް ފެހިއޭ ނުލިޔެ ކުރުކޮށް ހަބަރު ލިޔުނީއާ ކިޔުންތެރިންނަ ތަންކޮލެއް ފަސޭހަވާނެ.