އއުފެދުމުގައި ހުންނަ މައްސަލައެއް ކަމަށްވާ ސްނައިޕަލް ބިފިޑާ، ތަހައްމަލް ކުރަމުން އަންނަ ފުރާވަރުގެ އަހުމަދު ޝައްޔާން ހަލީމް، އޭނާގެ ދިރިއުޅުމުގެ ދުވަސްތަައް ހޭދަކުރަމުން ދަނީ އެ ބަލީގެ ސަބަބުން ދިމާވާ އެތައް ތަކުލީފަކާއި ވޭނަކާއި އެކުގައެވެ.

ޝައްޔާން އަށް ދިމާވެފައިވާ މި ހާލަތު، (ސްޕައިނަލް ޑައިސްރަފިޒަމް) އަކީ އުފެދުމުގައި ގުދުރަތީގޮތުން ސްޕައިނަލް ކޯޑަށް ދިމާވާ ނުކުޅެދުންތެރިކަމަށް ސިއްހީ ގޮތުން ބޭނުން ކުރާ ލަފުޒެކެވެ. މި ހާލަތު މެދުވެރިވާ ސަބަބަކީ، ސްޕައިނަލް ކޯޑުގެ ނާރުތަކަށް ދިމާވާ މައްސަލަތައް ނުވަތަ ސްޕައިނަލް ކޯޑުގައި ނާރު އުފެދެން ޖެހޭ ގޮތަށް ނުއުފެދުން ކަން ފާހަގަކޮށްލެވެއެވެ.

މ. ފެމްލެޓް، އުމުރުން އެންމެ 16 އަހަރުގެ ޝައްޔާންގެ ބެލެނިވެރިޔާ އައިމިނަތު ވަހީދާ "ވަގުތަށް" ބުނި ގޮތުގައި ޝައްޔާނުގެ ސްޕައިނަލް ކޯޑަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އޭނާގެ އުނަގަނޑުން ތިރިއަށް ވަރަށް ބޮޑަށް އަސަރުކޮށްފަައިވާ އިރު، މި ބަލީގެ އަސަރު އޭނާގެ ފަޔަށް ވަރަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެެވެ.

ޝައްޔާންއަކީ ތުއްތު އިރުން ފެށިގެން އޭނާގެ މި ބައްޔަށް ފަރުވާ ހޯދުމުގައި މެދު ނުކެނޑި އޭނާގެ ޅަ ދުވަސްތައް ހޭދަކުރަން މަޖުބޫރުވި ކުއްޖެެކެވެ. އެގޮތުން އުމުރުން އެންމެ ހަތް އަހަރުވީ އިރު އޭނާއަށް ދިމާވެފައިވާ ސިއްހީ ޝީފާއެއް ލިބޭތޯ ކުރި މަސައްކަތުގެ ތެރެއިން ހަތް އޮޕަރޭޝަނެއް ވަނީކޮށްފައެވެ. އަދި މިހާތަނަށް އައި އިރު އޭނާގެ ފައިގެ 14 ސަރޖަރީ އަކާއި ސްޕައިނަލް ކޯޑުގެ 3 ސަރޖރީއެއް ހަދާފައިވާ އިރު ޖުމްލަ 17 ސަރޖަރީއެއް ވަނީ ހަދާފައެވެ.

އާއްމުކޮށް އިންޑިއާއިން ފަރުވާ ހޯދަމުން އައީ އިންޑިއާއިން ކަމަށްވާ އިރު ޑޮކްޓަރުން ވަނީ އޭނާއަށް ހިނގޭ ނަމަ އޮޕަރޭޝަން ނުކުރަން ލަފާދީފައެވެ. އެއީ އެފަދަ އޮޕަރޭޝަނެއްގެ ސަބަބުން ޕެރަލައިޒް ވެދާނެތީ ކަމަށް ވެސް ޑޮކްޓަރުން ވަނީ އިރުޝާދުދެއްވާފައެވެ.

ޑޮކްޓަރުންގެ މި ލަފަޔާއި އެކު އޭނާގެ އޮޕަރޭޝަން މަޑު ޖައްސާލާފައި ވަނިކޮށް، 2014 ވަނަ އަހަރުގެ މާރިޗްމަހު އޭނާ ކުޅެން އުޅެނިކޮށް ފައިގެ ފުންނާބު ޓިނުގަނޑެއްގައި ޖެހި ކަފައިގެންދިޔައެވެ.

އޭގެ ފަހުން "ފުންނާބު ހަލާކުވެ ފާރުވާން މެދުވެރި ވި އިރު އެކަމަށް ފަރުވާ ކުރުމަށް އަށް ފަހަރު ސާޖަރީ ހެދި ނަމަވެސް އެކަމުގެ ރާހަތެއް މިންވަރެއް ނުވިއެވެ. ޝައްޔާން އަށް ދިމާވެފައިވާ ސްޕައިނަލް ޑައިސްރަފިޒަމްގެ ހާލަތުގެ ސަބަބުން ފާރުގަނޑު ފަސޭހައެއްނުވެއެވެ.

އެއީ ނާރުތަކުގެ ބާރު ދަށްވުމުގެ ސަބަބުން މެދުވެރިވާ ކަމަކަށް ވާއިރު ޝައްޔާންގެ ފައިގެ ފުންނާބު ވަނީ ފާރުވެ އިންފެކްޓްވެ، އެހިސާބުން ފެށިގެން އޭނާއަށް ހިނގާ ބިނގާވެ އުޅުމަށް ދަތިވެ، ސިއްހީ ގޮތުން އިތުރު އެތައް ތަކުލީފަކާއި ކުރިމަތިލާން ޖެހިފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ވެސް މި ބައްޔާ ގުޅިގެން ޝައްޔާންގެ އޮޕަރޭޝަނެއް ކޮށްފައި ވާއިރު އެ އޮޕަރޭޝަންގެ އެންމެ އެކަށީގެންވާ ލާބަ ނުލިބުމަކީ ޝައްޔާން އާއި އޭނާގެ އާއިލާ އަށް ލިބުނު ފުން ހިތާމައެެކެވެ. އެހެންކަމަށް ވާއިރު މިހާރު އަނެއްކާވެސް ޝައްޔާންގެ ސާޖަރީއެއް ހަދަން ތައްޔާރުވަމުން ދާއިރު، އެ ސާޖަރީއާ މެދު ޑޮކްޓަރުން ދެއްވާ އުންމީދު ބޮޑުވުމުން، އޭނާ އާއި އާއިލާއިން ތިބީ ވީހާވެސް ކައިރި މުސްތަގްބަލެއްގައި އެ އޮޕަރޭޝަން ކުރުމުގެ ފޮނި އުންމީދުގައެވެ.

" އޭރު ޑޮކްޓަރު ނުދޭ 100 އިންސައްތަ ޔަގީން ކަމެއް ރަނގަޅުވާނެ ކަމުގެ. އެކަމަކު މިފަހަރު ސާޖަރީގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް. މިހާރު މިހަދާ ސާޖަރީއަކީ ރަނގަޅަށް އިންނަ ފައިގެ ފަލަމަސްކަނޑުން މަހާ ނާރާ އެއްކޮށް ނަގާފައި ލޭނާރު އެ ހިސާބުގައި ގުޅުވާލަނީ. ގުޅުވާލައިގެން ފަޔަށް ޕްރެޝަރުގައި ލޭ ފޮނުވާދޭނެ ކަމަށް އެ ބަލަނީ. މިހާރު ލޭ ފޮނުވާ ދޭލެއް ދަށީ. އޭރުވެސް." އޭނާ ކިޔާދެނެވެ.

ޝައްޔާންގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ކޮޗިންގައި ކަމަށް ވާއިރު އޭނާގެ އޮޕަރޭޝަން އަށް ބޭނުންވާ ޚަރަދާއި، އެއް ބެލެނިވެރިއަކަށް ބޭނުންވާ ޓިކެޓްގެ ޚަރަދު އާސަންދަ މެދުވެރިކޮށް ހަމަޖައްސަދެވޭނެ އިންތިޒާމް ވަނީ މިހާރު ހަމަޖެހިފައެވެ.

ނަމަވެސް ޝައްޔާން ގޮވައިގެން މިފަދަ ދަތުރެއް ކުރާ އިރު އިތުރު އެހީތެރިއެއްގެ ދައުރާއި ނުލާ އެކަން ކުރުމަކީ ދަތި ކަމަކަށް ވާތީ އާއި، މާލީ ގޮތުން ޝައްޔާންގެ އާއިލާ އެހާ ތަނަވަސް ނުވުމުން، އޭނާގެ ބޭސްފަރުވާއަށް ކުރަން ޖެހޭ ދަތުރުގެ ކަންކަން ފުރިހަމަކުުރުމަށް އާއްމުންގެ ދީލަތި އެހީއަކަށް މިވަގުތު ވަނީ ބޭނުންޖެހިފައެވެ.

ހަަމައެހެންމެ އިންޑިއާގެ ކޮޗިންއަކީ ހުރުމާއި ކެއުމުގެ ޚަރަދު ބޮޑު ތަނަކަށް ވެފައި، މި ކަމުގައި އެއްމަސް ވަރު ނަގާނެތީ، ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަކަށް މިވަގުތު ޝައްޔާން ވަނީ ބޭނުން ޖެހިފައވެެ. ޝައްޔާންގެ އޮޕަރޭޝަނަށް 5 ގަޑި އިރު ހޭދަވާއިރު، 2014 ވަނަ އަހަރުން ފެށިގެން އޭނާ އަށް ވަނީ ކިޔެވުމާއި ވެސް އަލްވަދާއު ކިޔަން ޖެހިފައެވެ.

ޝައްޔާންއަށް ދިމާވެފައިވާ މި ހާލަތުގެ ސަބަބުން އޭނާގެ ކިޔެވުމަށް އަސަރުކޮށް ތައުލީމު އުނގެނުމުން ވެސް އޭނާ މަހުރޫމްވެފައި ވާކަމީ އޭނާ އާއި އޭނާގެ މުޅި އާއިލާއަށް ވެސް ލިބޭ އެންމެ ބޮޑު އެއް ހިތްދަތިކަމެވެ. ތައުލީމް އުނގެނުމުގެ ފޮނިއުންމީދުގައި ހުރި ޝައިހާންގެ އުންމީދަކީ އޭނާގެ ބަލިން ފަސޭހަވެ، އެނގެނޭނެ ފުރުސަތު ކައިރި މުސްތަޤްބަލެއްގައި މިންވަރުކުރެއްވުމެވެ. އެ އުންމީދު ހަގީގަތަކަށް ވާން އޮތީ އޭނާގެ ސިއްޚީ ފަރުވާ ފުރިހަމަވެގެންނެވެ.

އެހީތެރިވުމަށް:

އައިމިނަތު ވަހީދާ: 9866445، 9132445

އެކައުންޓް ނަމްބަރު:

އައިމިނަތު ވަހީދާ: 7704161864101

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަރiyam

    شفاك الله

    100
  2. ސހދ

    شفاك الله

    73
    1
  3. عبد الله

    شفاه الله

    26
    2
  4. ކިޔު5

    شفاه الله وعافاه.

    19
  5. ޢަލީ

    އެކަކު އަނެކަކައް ވީވަރަކުން އެހީތެރި ވަމާ ތޯ! ﷲގެ މަގުގައި ރަނގަޅު ކަންކަމުގައި އެހީތެރިވެ ގޯސްކަންކަމުން މީހުން ދުރުކޮށް އަނެކާގެ ހިއްދަތިކަމާއި ވޭނަށް ލުޔެއް ދެވޭތޯ ޢަޒުމު ކަނޑައަޅައި އެފަދައިން ޢަމަލުކޮށް އެފަދަފަރާތްތަކާއި އަދި ޚުދު ތިބާއަށްވެސް ރަޙްމަތަށް އެދި ހެއްދެވިފަރާތް އަޅަމެންގެ ރައްބް ﷲ ގެ މަތިވެރި ރަޙްމަތަށް އެދި އަތްތަށް އުފުލާލަމާތޯ...އެހީ ތެރިވުމަކީ 2 ދުނިޔޭގައިވެސް ފައިދާވާނެ ކަމަކަށް މެނުވީ ނުވާނެ..އަވަސް ޝިފާ އެއް ދެއްވާށި.އަދި އެންމެހާ ދަތިތަކާއި އުނދަގޫ ޙާލަތުން މިންޖު ކުރައްވާށި .އާމީން.

    38
  6. ހެޔޮއެދޭ

    ކުޅަދުންވަންތަ، އޯގާވަންތަ ﷲ ގެ ޙަޟްރަތުން ސައްޔާނުގެ ފާރުގަނޑު ފަސޭހަ ކުރައްވަވައި، ބައްޔަށް ޝިފާ މިންވަރު ކޮށްދެއްވެވުމަށާއި، މާލީ އެހީތެރިކަން މިންވަރު ކުރައްވާށި! އާމީން. އަޅުގަނޑުފަދަ އެތަކެއް ދިވެހިންނެއްގެ ހެޔޮ ދުޢާ ސައްޔާނާއި އެކުގައި ވާނެކަން ޔަޤީނެވެ.

    19
  7. ސަމްސިއްޔާ

    އަވަސް ޝިފާއަކަށް އެދެން. ވީވަރަކުން ކިޔެވުމަށް މަސައްކަތް ކުރުން ވަރަށް މުހިއްމު.

    7
    1
  8. ކްލިއޯޕެޓްރާ

    ޔާﷲ ޝައްޔާން އަށް އަވަސް ޝިފާއަކަށް އެދެން އަދި އޭނާއަށް މިކަމުގައި ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުޢާކުރަން. މާތްﷲ ޝައްޔާންއަށް ހެޔޮ ރަޙުމަތްލައްވާންދޭ. އާމީން