މޭކަޕް ކުރުމާއި ބުރުގާއެޅުމުގެ ދާއިރާއަށް ވަންނަ ޒުވާން އަންހެންކުދިންގެ މިންވަރު ގިިނަ ނަމަވެސް ނައުފާ ރަމީޒް ނުވަތަ "ޝޭޑްސް ބައި ނައު" އަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ ލޯބި ހޯދާފައިވާ ހުނަރުވެރިއެވެ.

އުމުރުން 19 އަހަރުގެ ނައު އަމިއްލަ އިންސްޓަގުރާމް އެކައުންޓުގައި 19 ހާހަށްވުރެ ގިނަ ފޮލޯވަރުން އޮވެއެވެ. އަދި "ޝޭޑްސް ބައި ނައު" މިދިޔަ ޖުލައި މަހު ހުޅުވާ އެ ޕޭޗަށް މިހާތަނަށްވަނީ 3000 ފޮލޯވަރުން ލިބިފައިއެވެ.

https://www.instagram.com/p/Beo80mfhwPH/

ޝޯޝަލް މީޑިޔާގައި ގިނަބަޔަކު ދަންނަ، ނައު ބުނިގޮތުގައި ކުޑައިރުންސުރެ ވެސް ވަރަށް މޭކަޕް ކުރާހިތްވާ ކަމަށެވެ. އަދި ފުރަތަމަ މި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހާ ސާމާނެއް އާއިލާ އިން ހޯދައިދިން ކަމަށާއި އާއިލާގެ އެއްބާރުލުމާއިއެކު އެމީހުންގެ އެދުމުގެ މަތިން ކުދިންނަށް މޭކަޕް ކޮށްދޭން ފެށީ ކަމަށެވެ.

އެކި ހަފްލާތަކަށް އެކި ގޮތްގޮތަށް މޭކަޕް ކޮށްދޭއިރު ނައު އެންމެ އިސްކަމެއް ދެނީ ކަސްޓަމާ ހިތްހަމަޖެހޭގޮތަކަށް ޚިދުމަތް ދިނުމަށެވެ. އަދި އެންމެނަށްވެސް މޭކަޕް ކޮށްދީފައި ހުންނާނީ ކުރެވޭ އެންމެ ރީއްޗަށް ކަމަށް ނައު ބުންޏެވެ.

"ބައެއް މީހުން ބުނާނެ ފޮޓޯއެއް ދައްކާފަ، އެގޮތަށް ޝޯލް އަޅައިދެން. ނޫނީ މޭކަޕް ކޮށްދޭން، ދެން ކްލައިންޓް ބުނާގޮތަށް އެކަން ކުރާނީ. އަސްލު ކުރެވޭ އެންމެ ރީއްޗަކަށް އެންމެނަށްވެސް ކޮށްދެނީ." ނައު ބުންޏެވެ.

އަދި އައު ބުރުގާ ސުޓައިލްތައް ދަސްކުރުމަށް އާންމުކޮށް ބޭނުންކުރަނީ ޔޫޓިއުބްގެ އިން ބަލައިގެން ކަމަށް ނައު ބުނިއިރު މޭކަޕް ކުރުންމަށް އެންމެ އިންސްޕަޔާވެފައި ހުންނަނީ "މޭކަޕް ބައި މާރިޔޯ" އިން ކަމަށެވެ.

https://www.instagram.com/p/BdTM56wh5ZF/

އޭގެ އިތުރުން ރަސްމީކޮށް މިމަސައްކަތްފެށި ފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި މިދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް ބައެއް މީހުން، އަލަށް ފެށިކުއްޖަކާއި ބަލާފައި ވަރަށް ރީތި ކަމަށް ބުނާކަމަށެވެ. އެގޮތުން މިކަމުން ކުރިއަށް ދާން ބޭނުންވާ އެއް ސަބަބަކީ މީހުންދޭ ސަޕޯޓު ކަމަށްވެސް ނައު ބުންޏެވެ.

"ވަރަށް ގިނަ ރައްޓެހިންގެ ސަޕޯޓް ލިބޭ މިކަމަށް. އަދި ރާއްޖޭގެ މިދާއިރާގައި ފުންނާބު އުސް މީހުން މެސެޖް ކޮށްފައި ބުނި އަލަށް ފެށި ކުއްޖަކާ ބަލާފަ ވަރަށް ރީއްޗޭ." ނައު ބުންޏެވެ.

މިހާރު ގެއަށް ގެނެސް ކުދިންގެ މޭކަޕްކޮށްދިން ނަމަވެސް ނައު ބުނިގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ފެންނާނީ މިދާއިރާއިން ކަމަށެވެ. އަދި އުންމީދުކުރަނީ އަމިއްލަ މޭކަޕް ސްޓޫޑިއޯއެއް ހުޅުވުމަށް ކަމަށެވެ.

"މޭކަޕް ކުރުމުގެ ހުނަރު ހުރިއްޔާ މިއީ ވަރަށް ރަނގަޅު ދާއިރާ އެއް ކުރިއަށް ދާން..." މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ނައު ބުނެލީ މިހެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޯޓީ

    އަޅޭ ނައު ހާދަ މޮޅޭ ?

  2. ..

    އެކި އެއްޗެހި ކިޔައިން މީހުންގެ ނަން ހަޑި ކުރަން ނޫޅޭ! ?

  3. ހަނާ

    ސާބަހޭ ކަނބުލޯ!

  4. ާމުރުޝިދު

    ކަލޭގެ މާ މޮޅު ހުނަރެއް ހުރީތަ މާ އަނގަ މޮޅު މީހަކަށް ވެގެން ތިއުޅެނީ؟ ހަޖަމް ނުވިޔަސް ބޮޑުވަރު ކަލޯ. ކުރާނެ ކަމެއް ނެތީޔާ މިސްކިތަށް އަރާފަ ސަޖިދައެއް ޖަހާބަލަ ހެއްދެވި ފަރާތައް.

  5. ކޮންމެސް މީހެއް

    ހަޖަމް ޕްލީސް