އައްޑޫ ސިޓީ ހިތަދޫއަށް އުފަން މަރީއާއި ފާރިސް ހަރުކަށި ފިކުރާއި ގުޅިގެން 2016 ވަނަ އަހަރު ސީރިޔާއަށް ފުރައިގެން ދިޔަ ވާހަކަތަކަކީ ގިނަ ބަޔަކަށް އާވާހަކަތަކަކަށް ނުވެދާނެއެވެ. ނަމަވެސް އެ ދެމީހުން ހަރުކަށި ފިކުރުގެ ތެރެއަށް ޣަރަގު ވެގެން ދިޔަ ގޮތުގެ ވާހަކައިގެ އެންމެ ފުނާއި ހިސާބަށް ދިޔަ ގޮތް އެއީ މީހުންނަށް ނޭންގޭ ވާހަކައެވެ.
އައްޑޫގައި ފާއިތުވެދިޔަ ދުވަސްތަކުގައި "ވަގުތު 26 ތަހުޤީޤު" ޓީމުން ހޭދަކުރި ދުވަސްތަކުގައި ވަނީ އެހާދިސާ ހިނގައިދިޔަ ގޮތް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފާރިސްއާއި މަރީގެ ދިރިއުޅުމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް އެއްކުރެވިފައި ވެއެވެ.
ފާރިސްގެ އާއިލާއިންނާއި އޭނާގެ ރަހްމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އޭނާއަކީ މަޑުމައިތިރު މިޖާޒެއްގެ ޒުވާނެކެވެ. އާއިލާގެ ލޯތްބާއި އަޅާލުމާއި އެކު ފުރާވަރުން ނެއްޓި ޒުވާނަކަށް ވެގެން ދިޔައީ އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންނެވެ. ފުދިގެން އުޅުނު މުއްސަނދި އާއިލާއަކަށް އުފަން ދަރިއެކެވެ. ރަހްމަތްތެރިންނަށް އޯގާތެރި އަދި ވަފާތެރި ޒުވާނެކެވެ. ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުކަންތައްތަކުގައި ޅައިރުން ފެށިގެންވެސް މަސްއޫލުވެ އުޅުނު މީހެއްވެސް މެއެވެ.
ފާރިސް ޒަވާޖީ އާ އަހާތެއް ފެށުމަށްޓަކައި ކައިވެނީގެ ގޮށްޖަހާލީ މަރީއާއިއެވެ. މަރީއަކީ އާދައިގެ ދިރިއުޅުމެއްގައި އުޅުނު އާއިލާއަކަށް އުފަން މިސްކީނެކެވެ. މިދެމީހުން ޒަވާޖީ ޙަޔާތެއް ފެށީ ވަރަށް ހަގު އުމުރުގައެވެ. އޭރު ފާރިސްއަށް ވާނީ 23 އަހަރެވެ. އަދި މަރީގެ އުމުރުން އޭރު 19 އަހަރެވެ.
މާލެއަށް ބަދަލުވެ ހަރުކަށި ފިކުރަށް ވަނުން
ކައިވެނިކޮށްގެން ދެމީހުން ދިރިއުޅެމުން އައީ މާލޭގައެވެ. "ވަގުތު 26" ޓީމުން ހޯދި ހޯދުންތަކުން ހާމަވިގޮތުން ފާރިސްއަށް ހަރުކަށި ފިކުރުގެ ތެރެއަށް އެންމެ ފުރަތަމަ ދައުވަތު ލިބުނީ އޭނާ މާލޭގައި އުޅުނު ދުވަސްވަރުގައެވެ. މިކަމުގައި މެދުވެރިވީ އޭނާ ކިޔަވަން އުޅުނު ކޮލެޖުން ދިމާވި ރަހުމަތްތެރީންތަކެއް ކަމަށް ވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން މާލޭގައި މިފިކުރު ދިރުވާ ޢާލާކުރުމަށް އޭރު އެންމެ އިސްކޮށް އުޅުނު އެކަކީ ޔާސިރު ޔަހްޔާ ސޯލިހެވެ. ޔާސިރަކީ ނިރުބަވެރި (ޓެރެރިސްޓް) އަލްޤައިދާ ޖަމާޢަތާއި ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރި ޔަމަންގެ ރައްޔިތެކެވެ. ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ވަނީ ފުލުހުންނަށް ލިބިފައިވާ އިތުބާރުހުރި އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
އަލްޤައިދާއިން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމާއި ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އޭނާ އިސްދައުރެއް އަދާކުރިކަން ލިބުނު މައުލޫމާތުތަކުގެ އަލީގައި ވަނީ ކަށަވަރުކުރެވިފައެވެ. ނަމަވެސް އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބައިތިއްބާ ޑިޓެކްޝަން ސެންޓަރުގައި ބަހައްޓާފައި ވަނިކޮށް، ކެއިންބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްޙީ ހާލަތު ދަށްވެގެން އޭނާ ވަނީ ނިޔާވެފައެވެ.
ފާރިސް މިފިކުރުގެ ތެރެއަށް ވެއްދީ ޔަހުޔާ ޔާސިރުގެ ދަށުން ހަރުކަށި ފިކުރު ފެތުރުމަށް މާލޭގައި ރެކުރޫޓްވި ބައެއް ކަމަށްވެއެވެ. ކޮލެޖުން އޭނާއާއި ދިމާވެ ރަޙުމަތްތެރިކަން އުފެދުނު މީހުންނަކީއެއީއެވެ. ފާރިސް އާއި އޭނާގެ އަނބިމީހާގެ ދިރިއުޅުން ވިއްސިވިހާލިކޮށް، ދެ ޢާއިލާއަށްވެސް ބަރުދާސްތު ނުކުރެވޭ ވަރުގެ ހިތާމައެއް ކުރިމަތިކުރުވި ހަޤީޤީ ޙީލަތްތެރީންނަކީވެސް އެއީއެވެ.
ފާރިސް މިފިކުރުތެރެއަށް ޢަރަގުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ ފަލްސަފާގެ ތެރެއަށް އޭނާ ވެއްދީ އިސްލާމްދީނުގެ ހުދޫދުގެ ތެރެއަށް ވަދެވެން އޮތް ހުރިހާ ދޮރެއް ބަންދު ކުރުމަށްފަހު އެއީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށްފަހުއެވެ.
ދިރިއުޅުމަށް ގެނައި ބަދަލުތައް
މާލެ ދިޔަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފާރިސްއަށް ބަދަލުތަކެއް އަންނާން ފެށިކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. މާލެއަށް ދިޔަ ހިސާބުން ކުރިން އެކުގައި އުޅުނު ރަހްމަތްތެރިންނާއި އޮތް ގުޅުން ހީނަރުވެގެން ދިޔަކަންވެސް ފާހަކުރެވުނެވެ.
ފާރިސްއަށް އައި ބަދަލުތައް ހިއްސާކުރަމުން އޭނާގެ އާއިލާއިން ބުނީ ސީރިއާއަށްދާ ވާހަކަ އޭރު އެކި ގޮތް ގޮތަށް އޭނާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އޭރު އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެވުނީ ފާރިސްއަކީ ސަމާސާ މިޖާޒުގެ ކުއްޖަކަށް ވެފައި އޭނާ ދެއްކި ވާހަކަ ސީރިއެސްކޮށް ނުނެގުމުން ކަމަށް އާއިލާއިން ބުންޏެވެ.
ވިޔަފާރިއެއް ފެށުމުގެ ނަމުގައި ފައިސާ ހޯދި
ސީރިޔާއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސުމަށްޓަކައި ފައިސާ ހޯދުން، ފާރިސްއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. ނަމަވެސް އޭނާ އެކަން ކުރީ އާއިލާއަށްވެސް އެނގިގެންނެއް ނޫނެވެ. އާއިލާގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ފާރިސް ވިޔަފާރިއެއް ފަށާ ހިޔާލު ކުރުމާއި އެކު އެކަމާއި އާއިލާގެ މެމްބަރުން ތިބީ އުފަލުންނެވެ. ހަރުދަނާ ވިސްނުމެއްގައި އަމިއްލަ ފައިމައްޗަށް ތެދުވާން އޭނާ މަސައްކަތްކުރާތަން ފެނުމުންނެވެ. އެކަމަށް ހިއްވަރު ދިނުމުގެ ގޮތުން ފައިސާގެ އެހީތެރިކަމެއްވެސް އާއިލާއިން އޭނާއަށް ދީފައިވެއެވެ. އެ ފައިސާއިން މާލޭގައި އޮތް ނައިޓް މާކެޓެއްގެ މޭޒެއް ނަގައިގެން އޭނާ ވިޔަފާރިކޮށްފައި ވެއެވެ. އޭގެ ކުރީންވެސް އޭނާ އައީ ބޭރުން ތަކެތި ގެނެސްގެން އޮންލައިން ވިޔަފާރިއެއް ހިންގަމުންނެވެ.
ދުބާއީއަށް ފުރުމާއި ސީރިޔާއަށް ދިއުން
ދެމަފިރިން ދުބާއީއަށް ފުރީ ހަފްތާއެއްގެ ޗުއްޓީއަކަށް ކަމަށް ބުނެއެވެ. މިދަތުރުގައި ފާރިސްގެ ރަހްމަތްތެރިއެއް ކަމަށްވާ ފާރިހު ވެސް ބައިވެރިވިއެވެ. މި އެންމެން ދުބާއީއަށް ކުރި ދަތުރު ނިންމާލުމަށްފަހު ކުއްލި ގޮތަކަށް "ގެއްލުނު" ގޮތުގެ ވާހަކައަކީ ހައިރާން ކުރަނިވި ވާހަކައެކެވެ.
ލިބުނު މައުލޫމާތުތަކުގެ އަލީގައި ހާމަވެފައި ވަނީ، ދުބާއީއިން ރާއްޖެއަށް ފުރަން ހުރިހާ ކަމެއް ހަމަޖައްސާފައި އޮތުމަށްފަހު އެންމެ ފަހު ވަގުތު އެމީހުން މިސްރާބު ބަދަލުކޮށް ފްލައިޓު ބަދަލުކޮށްފައިވާ ކަމެވެ. ފްލައިޓް ޑިލޭވީ ކަމަށް ބުނެ ފާރިސްއާއި މަރީގެ އިތުރުން ފާރިހާއި އައްޑޫ ސިޓީއަށް ނިސްބަތްވާ 40 އަހަރު މީހަކާއި އިތުރު ދެ މީހަކާއި އެކު ސީރިޔާއަށް ފުރައިގެން ދިޔައީ ޖެހިގެން އައި ދުވަހުއެވެ. އެބުރި އައުމުގެ އެއްވެސް ވިސްނުމެއް ނެތި އެމީހުން ދަތުރަށް ފެށީ، ރަށުގައި ތިބި ލޯބިވާ އެންމެންނަށް އަބަދަށްޓަކައި އަލްވަދާޢު ކިޔަމުންނެވެ.
"ދުބާއީގަ ހުރެފައި ބުނީ ރާއްޖެދާން ފުރަނީއޭ މި. ވިޔަފާރީއެއް ފަށައިގެން އޭރު ދިޔައީ. ދެން ބުނެފައި އެރެއަކު މާލެއަކަށް ނާދޭ. މާލެއަށް ނާންނާތީ ގުޅީ. ގުޅީމަ ބުނީ އެރޭ ފްލައިޓްް ކޮންމެސް މައްސަލައެއް ދިމާވެގެން ތިމަންނަމެންނަށް ދެވުނުލެއް ލަސްވެގެން ކެޓީއޭ. އެހެންވީމަ މާދަމާ ރޭ ދާނަމޭ. އެކަމު ހެދިގޮތަކީ އެރޭ ފުރަން ގޮސް ނުފުރާ އެ ދިޔަބަޔަކާއި އެއްކޮށް ބަދަލުކޮށްލީ ދެވަނަ ދުވަހު އެހެން ދިމާލަކަށް. ދަމުން މެސެޖު ކުރި ހިސާބުން އަޅުގަނޑު އެތައް ވަރަކަށް މެސެޖުކޮށް އާދޭސް ކުރިން ނުދަން، އެވަރަށް ގުޅިން. އެކަަމަކު ފޯނެއް ނުނަގާ. އެ ފިކުރަށް ގޮސްފައި ހުރީމަ ދެން ނުވާނެތާ އެހެން ގޮތެއް،" ހިތާމައިގެ އަސަރުން ފުރިގެންހުރެ އާއިލާ އިން މަޢުލޫމާތުދިން ފަރާތުން ކިޔައިދިނެވެ.
ސީރިޔާއަށް ދިއުމަށްފަހު އާއިލާއަށް ދައުވަތު ދިން
ސީރިޔާއަށް ދަތުރުކުރުމަށްފަހު ފާރިސް އާއިލާއަށް ގުޅި ކަމަށްވެއެވެ. މިގޮތުން ދެތިން ފަހަރެއްގެމަތީން ގުޅައިގެން އާއިލާގެ މެމްބަރުންނާއި އޭނާ ވާހަކަ ދައްކާފައި ވެއެވެ. އަދި އޭނާ އޭރު ޤަބޫލުކުރި ފިކުރަށް ތަބާވުމަށް ދައުވަތު ދިން ކަމަށާއި ސީރިޔާއަށް ފުރައިގެން އައުމަށް އާއިލާގެ ބައެއް މެމްބަރުންގެ ކިބައިން އެދިފައި ވެއެވެ.
މީގެ އިތުރުން ފާރިސް ވަނީ ސީރިޔާއަށް ދިއުމަށްފަހު، އާއިލާގެ ހުރިހާ އެންމެންނަށްވެސް ބޭނުން ނަމަ އެބިމަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ވާހަކަ ބުނެފައެވެ.
ފާރިސް ގެއްލުން އަދި އަނބިމީހާ އެހެން މީހަކާއި ކައިވެނިކުރުން
2016 ވަނަ އަހަރު ސީރިޔާއަށް ދިޔަ ގްރޫޕުން ދިޔައީ އާއިލާ މެމްބަރުންނާއި މަދުންނަމަވެސް ވާހަކަދައްކަމުންނެވެ. އެނގިފައިވާ ގޮތުން މަރީ އާއި އޭނާގެ އާއިލާއާއި އަދިވެސް ދޭތެރެ ދޭތެރެއިން ގުޅެއެވެ. އެއާއިލާއިން މައުލޫމާތު ދިން ގޮތުގައި ފާރިސް ހަނގުރާމައިގެ މައިދާނަށް ގެއްލުމުން އޭނާ މަރުވީ ކަމަށް ނިންމައި މަރީ މިހާރު އުޅެނީ އެހެން މީހަކާއި ކައިވެނިކޮށްގެންނެވެ. އަދި އެ ކައިވެންޏަށް މިހާރު ދަރިއަކުވެސް ލިބިފައިވާކަމާއި މަރީގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.
ސީރިޔާގެ ރެފިއުޖީ ކޭމްޕެއްގައި މިހާރު އުޅެމުން އަންނަ މަރީ މިހާރު ހުރީ އެނބުރި ރާއްޖެއަށް އައުމުގެ އުންމީދުގައެވެ. ކުޑަ ދަރިފުޅާއެކު އޭނާ ކޭމްޕުގައި އުޅެމުން އަންނައިރު ފަހުން ކައިވެނިކުރި ފިރިހެން މީހާވެސް ވަނީ ވީނުވީއެއް ނޭނގި ހަނގުރާމައިގެ މައިދާނަށް "ގެއްލިފަ" އެވެ. މި ދެމައިން މިހާރު އުޅެމުން އަންނަ ކޭމްޕުގައި އިތުރު ދިވެހިންވެސް ތިބިކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި އެންމެންވެސް ތިބީ ރާއްޖެއަށް އާދެވޭނޭ ދޮރުތައް ބަންދުވެސް އެތަނުގައި ތާށިވެފައެވެ.
2018 ވަނަ އަހަރުން ފެށިގެން ރާއްޖެ އެނބުރި އައުމަށް މަރީ މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެކަމަށް މާ ބޮޑު އެއްބާރުލުމެއް މިހާތަނަށް ލިބިފައިނުވާކަން އާއިލާގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އެކަން ހަމަޖެހި ދަރިފުޅާއި އަލުން ބައްދަލުވާނެކަމުގެ އުންމީދު އާއިލާއިން އަދިވެސް އަންނަނީ ކުރަމުންެވެ.
ދެ އާއިލާގެ އިލްތިމާސް
އާއިލާއިން ވަނީ މިފަދަ ހިތާމައެއް ތަޙައްމަލްކުރަން ޖެހުމުގެ ކުރީން ފުރާވަރުގެ ކުދިންނާއި މެދު ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މާލެއާއި އައްޑޫ ރައްޔިތުން މިކަންކަމަށް ސަމާލުވެ، ހަރުކަށި ފިކުރުގެ މީހުންގެ އަތްދަށުން އެކުދިންގެ ވިސްނުން ފުހެވިގެން ދިއުމުގެ ކުރީން އެކަމަށް ސަމާލުވެ ކުއްޖާގެ އުޅުމަަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް ކުރީބައިގައި ފިޔަވަޅު އެޅުމަކީ ފާރިސް އާއި މަރީގެ އާއިލާއިންވެސް އެހެން އާއިލާތަކަށް ކުރާ އިލްތިމާސެކެވެ.
"މިއީ ތަޙައްމަލްކުރަ އުނދަގޫ ވޭނެއް. ނުލާހިކު ލޯބިން ބަލައި ބޮޑުކުރި ލޯބިވާ ދަރިފުޅާއި ކުއްލި ގޮތަކަށް ވަކިވާން ޖެހުމަކީ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދެކެން ބޭނުންވާނޭ ދުވަހެއް ނޫން. މިފަދަ ދުވަހެއް އެހެން މީހަކަށް ނުދައްކަވާތޯ ދުޢާކުރަން"
ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ދަތުރު ކުރީ ރާއްޖެ އިން ކަމަށް ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ތިތާކު ނެތް އާ ވާހަކައެއް. ހުސް އެނގޭ މުސްކުޅި ވާހަކަ. ފާރިސް ގެ ފުރާނައަށް ﷲ ހެޔޮ ރަޙްމަތް ލައްވާށިއެވެ. އެއީ ވަރަށް ތަފާތު ހިތް ހެޔޮ ޒުވާނެއް.
އިނގިރޭސިވިލާތަށް ގޮސް ދީނާ ދެކޮޅަށް މަސައްކަތްކުރަން ޑޮލަރު ހޯދާ ކުދިންގެ ވާހަކަ ވެސް ކިޔައިދީބަލަ
ލާދީނީ މީހުންގެ ވާހަކަ ވެސް ޖާހަލަ ބަލަ...
އަސްލު ބުއްޅަބެމެން ބޭނުންވި ގޮތަކަށް ނޫން ތި ޙަބަރު ތިގެނެސްދިނީ ދެން މިވަރުވެސް އޯކޭޔޯ
މި ފިކުރައްވުރެ މާ ނުރައްކާތެރި މި ޕާޓޭންގެ ފިކުރު، ވައްކަން ކުރަނީ މީހުން ގައިގާ ކަޓަރު އަޅަމުން މަރަމުން މި ދުވަނީ މީ ބިޑުވެއްހެކަމެއް މި މީހުންވެސް ދާންވީ ތިގޮތައް އޭރުން ބޮލައްފަސޭހަވާނެ ނުދާނެވިއްޔާ ކީއްކުރާނީ
ރަންރީނދޫ ކުދިން ހެސްކިޔާހަ ޑާންސް ނިވިޔަ ނައިޓޯމީ
ފާރިސް އަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.
އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ ސީރިޔާއައް ދިއުމައް.
މީނަ ހައްޔަރުކުރަން ކަމާއިބެހޭފަރާތްތަކަށް ގޮވާލަން
ކަލޭ ނަޝީދޭކިޔައިގެން އަނގަހުޅުވަން ލަދެއްނުގަނޭތަ؟ ހަމައަސްލުވެސް މީނަ ހައްޔަރުކުރޭ
އަލްްައިދާ މީހަކު ކިހިނެތްތޯ އައިސިސް އަށް މީހަކު ފޮނުވީ. ހާދަ ބުއްދި ހަމަނުޖެހޭ ވާހަކަ އެކޭ ތިޔައީ.
ހާލުގައިޖެ ހުމުން ދެން އަނަން އުޅޭނެ ކަމެއްނެއް..
ބަލަ އެމެރިކާއާއި ޔޫކޭގައިވެސް އޮންނަނީ ޑިމޮކްރަސީ.. ސުވާލަކީ 100% އިން 100% މުސްލިމް ޤައުމެއްގައި އެ ނިޒާމު އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ގަދަކަމުން ގާއިމުކުރުމަކީ ރަސޫލާ ﷺ އެންގެވިގޮތް ބާއޭ.. މިއީވެސް ހައްދު ފަހަނަ އެޅުމެއް ނޫންބާ!
މި ޔާސިރު ޔަހުޔާ މަރުވެގެން ދިވެހި ރައްޔިތުން ދައުލަތަށް ގޮވިހާ އެއްޗެހި ނިކަން ހަނދާން ކޮށް ބަލަ 😏 އަންހެނަކު ހުވަފަތް ވީއޭ ކިޔާ މޮޅެތި ވާހަކަ. މިހާރު އެނގޭ ދޯ ހަރުކަށި ފިކުރަކީ ކޯޗެއްކަން. ތޭންކްސް ވަގުތު ޓީމް. ޔާސިރަކީ ހަމަ އައިއެސްގެ މީހެއް. އޭނަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދިޔައީ މިޝަން އެބޯޓް އޭ ބުނަން ކަންނޭނގެ މެސެޖެއް ދޭން .
ޕުރޫވު އިޓް ވަގުތު..ދޮގެއް ޕުރޫވެއް ނުވާނެ.ކިތަންމެ ވަރަކަށް ޓެރަރިޒަމް ކާޑް އެމްޑީޕީ އާއި އެމްސީ ހަމީދުމެން ގުޅިގެން އިންޑިޔާ އެމްބަސީ ގެ ފާޢީސާދީގެން ޖަހާ ރިޕޯޓަކުން އެމެރިކާ ރަޟިޔާ އިން އަފްޤާނިސްތާނަށް ހެދިހެން ނެހެދޭނެ.ދިވެހިން ތިބީ ހޭއަރާ
ތި މީހުންނަށް ހަރުކަށި ފިކުރޭ ކިޔާ ނަންދިނީ ލޯޔާރ ހުސްނުއްސުއޫދު . ފުރަތަމަ ތިބައިގަނޑަށް ކިޔަނީ ޚަވާރިޖުން . އެއީ އަލީ ގެ ފާނުގެ ޚިލާފަތުގައި އުފެދުނު ބަޔެއް. އަލީ ގެ ފާނު ޝަހީދު ކޮށްލީވެސް އެބައިގަނޑު .ދެން މީގެ 200 ނޫނީ 300 އަހަރު ކުރިން ހިޖާޒުކަރަ ނޫނީ މިހާރުގެ ސޫދިއަރަބިއްޔާ އިން އިނގިރޭސިންނާއި ގުޅިގެން ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ގެ ބާރު ކަނޑުވަން އުފެއްދީ ވައްހާބީން. ޢެންމެ ފަހުން އެމެރިކާ އަޑީގައި އޮވެގެން އިސްލާން ދީން ގެ އަގުވައްޓަން އުފެއްދި ހަރުކަށި ފިކުރެއް ތަކުފީރީންނަކީ. އައްޑޫގައި ތިއުޅޭ ހަރުކަށި ފިކުރުގެ ތި ގްރޫޕަކީ އަސްލު ތަކްފީރީން. ރައީސް މައުމޫން ގެ ވެރިކަމުގެ ފަހުކޮޅު ތަކްފީރީ މިބަސް ރާއްޖޭގެ މީހުންނަށް އެނގެން ފެއްޓީ. އެއީ ރާއްޖެ އައި ފުރަތަމަ ތަކްފީރީ ޖަމާއަތް ރާއްޖެއިން ޑީޕޯޓު ކޮށްލުމާއި ގުޅިގެން. އެ ޖަމާއަތް އައީ ޕާކިސްތާން އިން. ތަކްފީރީންގެ ގަބޫލު ކުރުން އޮންނަގޮތުގައި ކޮންމެހެން ކިޔަވާކަށްނުޖެހޭނެ ދީނީ މީހަކަށްވާން . އެމީހުން ގެ އިސް މީހަކަށް ހުންނަ މީހަކަށް ކިޔާނީ ޝޭޚް. އުޑެއްބުޑެއް ނޭގުނަސް އެ ޝޭޚު ގެ ލަގަބު ދީފައި ހުންނަ މީހަކު ބުނާ އެއްޗެއް އެމީހުން ގަބޫލު ކުރަަނީ. ތަކްފީރީން ގަބޫލޫކުރަނީ އެމީހުން ނޫން ހުރިހާ މުސްލިމުންނަކީ ކާފަރުންކަމަށް. އައިސިސް، އަލްގައިދާ، ތާލިބާން، ބޯކޯ ހަރާމް އަދި އައްޝަބާބު ފަދަ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކަކީ ތަކްފީރީ ޖަމާއަތްތައް. ދިވެހި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި ވަރަށް ފާޅުކަން ބޮޑުކޮށް އުޅޭ ތަކްފީރީން އަންނަނީ ގިނަވަމުން.
ވަރަށް ސަޅި ޑިސްކްރިޕްސަން. ށުކުރިށްޔާ. މީ ދިވެހިން ވިސްނަން ވެށްޖެ ބައިގަނޑެށް. ދީން ވެރިންނޭ، ލާދީނީ އޭ ކިޔާގެން މީހުންގެ ބޯ ކާލަނީ. ރީތިކޮށް އީމާން ވެގެން ހަމަ އެކަނީ ކީރިތި ޣުރުއާން ގަ އެންގެވި ގޮތަށް އުޅުނީމަ ރަނގަޅު ވާނެ.
ހާލުގަައި ޖެހިގެން އަންނަން ބޭނުންވާ މީހުންވެސް ތިބޭނީ އެކަނި އޮޕަރޭޓުކޮށްގެން މުޅި ޤައުމު ގޮއްވާލެވޭ ވަރަށްވެސް ތަމްރީން ލިބިގެން. ނޭނގޭނެ ދޯ މިޝަންއެއްގެ ދަށުން ނޫން ކަމެއް އަންނަނީ . އަނެއްކާ ސީރިޔާއަށް އުފަން ދަރިއެއް ގޮވައިގެން އައިއްސިޔާ އަނެއް 6 ކަންތައް . ކިހާ ދެރަ ... މީހުންނަށް ނަސޭހަތް ދޭން ތިބެންޖެހޭ މަޤާމު ގަ ތިބޭމީހުން ބައެއް ޝޭހުން / އިމާމުން މި ހަރުކަށި ފިކުރު މިފަތުރަނީވެސް އެންމެ ގަދަޔަށް . އިތުބާރު ކުރާނީ ވަކި ކާކަށް. މިވަރަށް ވަގުތު ޓީމުން މަސައްކަތް ކުރާއިރުވެސް ކޮމެންޓުތައް ކިޔާލުމުން އެނގިއްޖެ އަދިވެސް ގިނަ މީހުންނަށް ހަރުކަށި ފިކުރުގެ މާނަ ނޭނގޭކަން 🤦♀️ ކީއްކުރާނީ ދޯ
ޢެއަށްވުރެ މާގަމާރު ވާނޭ