އައްޑޫ ސިޓީ ހިތަދޫއަށް އުފަން މަރީއާއި ފާރިސް، ހަރުކަށި ފިކުރާއި ގުޅިގެން 2016 ވަނަ އަހަރު ސީރިޔާއަށް ފުރައިގެން ދިޔަ ވާހަކައަކީ ގިނަ ބަޔަކަށް އައު ވާހައަކަށް ނުވެދާނެއެވެ. ނަމަވެސް އެ ދެމީހުން ހަރުކަށި ފިކުރުގެ ތެރެއަށް ޣަރަގުވެގެން ދިޔަ ގޮތުގެ ވާހަކައަކީ ގިނަ މީހުންނަށް ނޭނގޭ ވާހަކައެވެ.

އައްޑޫގައި "ވަގުތު 26 ތަހުޤީޤު" ޓީމުން ހޭދަކުރި ދުވަސްތަކުގައި ވަނީ އެހާދިސާ ހިނގައިދިޔަ ގޮތް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފާރިސްއާއި މަރީގެ ދިރިއުޅުމާއި ބެހޭ ގިނަ މައުލޫމާތުތައް މި މަސައްކަތުގެ ތެރެއިން އެއްކުރެވިފައި ވެއެވެ.

ފާރިސްގެ އާއިލާއާއި އޭނާގެ ރަހްމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އޭނާއަކީ މަޑުމައިތިރި މިޖާޒެއްގެ، ސާދާ ދިރިއުޅުމަކަށް ލޯބިކުރި ޒުވާނެކެވެ. އާއިލާގެ ލޯތްބާއި އަޅާލުމާއި އެކު ފުރާވަރުން ނެއްޓި ޒުވާނަކަށް އޭނާ ވެގެން ދިޔައީ އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންނެވެ. އެއީ ފުދިގެން އުޅުނު މުއްސަނދި އާއިލާއަކަށް އުފަން ދަރިއެކެވެ. ރަހްމަތްތެރިންނަށް އޯގާތެރި އަދި ވަފާތެރި ޒުވާނެކެވެ. ދީނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އަޅުކަމުގައި ޅައިރުން ފެށިގެންވެސް މަސްއޫލުވެ އުޅުނު ހެޔޮލަފާ މީހެކެވެ.

ފާރިސް ޒަވާޖީ ޙަޔާތެއް ފެށުމަށްޓަކައި ކައިވެނީގެ ގޮށްޖަހާލީ މަރީއާއިއެވެ. މަރީއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންއައި އާއިލާއަކަށް އުފަން މިސްކީނެކެވެ. މިދެމީހުން ޒަވާޖީ ޙަޔާތެއް ފެށީ ވަރަށް ހަގު އުމުރުގައެވެ. އޭރު ފާރިސްއަށް 23 އަހަރެވެ. އަދި މަރީގެ އުމުރުން 19 އަހަރެވެ.

މާލެއަށް ބަދަލުވެ ހަރުކަށި ފިކުރަށް ވަނުން

ކައިވެންޏަށްފަހު މި ދެމީހުން ދިރިއުޅެމުން އައީ މާލޭގައެވެ. "ވަގުތު 26" ޓީމުން ހޯދި ހޯދުންތަކުން ހާމަވިގޮތުން ފާރިސްއަށް ހަރުކަށި ފިކުރުގެ ތެރެއަށް ވަނުމަށް އެންމެ ފުރަތަމަ ދަޢުވަތު ލިބުނީ އޭނާ މާލޭގައި އުޅުނު ދުވަސްވަރުއެވެ. މިކަމަށް މެދުވެރިވީ އޭނާ ކިޔަވަން އުޅުނު ކޮލެޖުން ދިމާވި ރަހުމަތްތެރީންތަކެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން މާލޭގައި މިފިކުރު ދިރުވާ ޢާލާކުރުމަށް އޭރު އެންމެ އިސްކޮށް އުޅުނު އެކަކީ ޔާސިރު ޔަޙްޔާ ޞޯލިހެވެ. ޔާސިރަކީ ނިރުބަވެރި (ޓެރެރިސްޓް) އަލްޤައިދާ ޖަމާޢަތާއި ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރި ޔަމަންގެ ރައްޔިތެކެވެ. ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް އޭނާ ހައްޔަރުކޮށް ބަންދުކުރީ ފުލުހުންނަށް ލިބުނު އިތުބާރުހުރި އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

އަލްޤައިދާއިން ހިންގާ ޙަރަކާތްތައް ރާވައި ވިލަރެސް ކުރުމާއި ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި ޔާސިރު އިސްދައުރެއް އަދާކުރިކަން، ލިބުނު މަޢުލޫމާތުތަކުގެ އަލީގައި ވަނީ ކަށަވަރުކުރެވިފައެވެ. އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބައިތިއްބާ ޑިޓެކްޝަން ސެންޓަރުގައި ބަހައްޓާފައި ހުރިހުރުމުގައި، ކެއިންބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްޙީ ހާލަތު ދަށްވެގެން އޭނާ މިހާރު ވަނީ ނިޔާވެފައެވެ.

ހަރުކަށި ފިކުރުގެ ތެރެއަށް ފާރިސް ވެއްދީ ސީދާ ޔާސިރުގެ ދަށުން ހަރުކަށި ފިކުރު ފެތުރުމަށް މާލޭގައި ރެކުރޫޓްވި ބައެއް ކަމަށް ބެލެވެއެވެ. ކޮލެޖުން އޭނާއާއި ދިމާވެ ރަޙުމަތްތެރިކަން އުފެދުނު މީހުންނަކީ އެއީއެވެ. ފާރިސް އާއި އޭނާގެ އަނބިމީހާގެ ދިރިއުޅުން ވިއްސިވިހާލިކޮށް، ދެ ޢާއިލާއަށްވެސް ބަރުދާސްތު ނުކުރެވޭ ވަރުގެ ހިތާމައެއް ކުރިމަތިކުރުވި ހަޤީޤީ ޙީލަތްތެރީންނަކީވެސް އެއީއެވެ.

ހަރުކަށި ފިކުރުގެ ތެރެޔަށް ފާރިސް ޣަރަގުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ ފަލްސަފާގެ ތެރެއަށް އޭނާ ވައްދައި މަގުއޮޅުވާލީ އިސްލާމްދީނުގެ ހުދޫދުގެ ތެރެއަށް ވަދެވެން އޮތް ހުރިހާ ދޮރެއް ބަންދު ކުރުމަށްފަހު އެއީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށްފަހުއެވެ.

ދިރިއުޅުމަށް ގެނައި ބަދަލުތައް

މާލެއަށް ދިޔަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފާރިސްއަށް ބަދަލުތަކެއް އަންނާން ފެށިކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. މާލެއަށް ދިޔަ ހިސާބުން ފެންނާންފެށި މި ބަދަލާއެކު އޭނާއާއެކު އެންމެ ގާތުގައި ކުރިން އުޅުނު ރަހްމަތްތެރިންނާއި އޮތް ގުޅުންވެސް ދިޔައީ ހީނަރުވަމުންނެވެ.

ފާރިސްއަށް އައި ބަދަލުތައް ޙިއްސާކުރަމުން އޭނާގެ އާއިލާއިން ބުނީ، ސީރިއާއަށްދާ ވާހަކަ އޭރު އެކި ގޮތް ގޮތަށް އޭނާ ދައްކައި އުޅުނު ކަމަށެވެ. ނަމަވެސް އޭރު އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެވުނީ، ފާރިސަކީ ސަމާސާ މިޖާޒުގެ މީހަކަށް ވެފައި އޭނާ ދެއްކި ވާހަކަ ސީރިއަސްކޮށް ނުނެގުމުން ކަމަށް އާއިލާއިން ބުންޏެވެ.

ވިޔަފާރިއެއް ފެށުމުގެ ނަމުގައި ފައިސާ ހޯދި

ސީރިޔާއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސުމަށްޓަކައި ފައިސާ ހޯދުން ފާރިސްއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. ނަމަވެސް އޭނާ އެކަން ކުރީ އާއިލާއަށްވެސް އެނގިގެންނެއް ނޫނެވެ. އާއިލާގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ފާރިސް ވިޔަފާރިއެއް ފަށަން ޚިޔާލު ކުރުމުން އެކަމާއި އާއިލާގެ މެމްބަރުން ތިބީ އުފަލުންނެވެ. ހަރުދަނާ ވިސްނުމެއްގައި އަމިއްލަ ފައިމައްޗަށް ތެދުވާން އޭނާ މަސައްކަތްކުރާތަން ފެނުމުންނެވެ.

އެކަމަށް ހިއްވަރު ދިނުމުގެ ގޮތުން ފައިސާގެ އެހީތެރިކަންވެސް އާއިލާއިން ފާރިސްއަށް ދީފައިވެއެވެ. އެ ފައިސާއިން މާލޭގައި އޮތް ނައިޓް މާކެޓެއްގެ މޭޒެއް ނަގައިގެން އޭނާ ވިޔަފާރިކޮށްފައި ވެއެވެ. އޭގެ ކުރީންވެސް އޭނާ އައީ ބޭރުން ތަކެތި ގެނެސްގެން ކުޑަ އޮންލައިން ވިޔަފާރިއެއް ހިންގަމުންނެވެ.

ދުބާއީއަށް ފުރުމާއި ސީރިޔާއަށް ދިއުން

ފާރިސްގެ ދެމަފިރިން ދުބާއީއަށް ފުރީ ހަފްތާއެއްގެ ޗުއްޓީއަކަށް ކަމަށް ބުނެއެވެ. މިދަތުރުގައި ފާރިސްގެ ރަހްމަތްތެރިއެއް ކަމަށްވާ ފާރިހު ވެސް ބައިވެރިވިއެވެ. މި އެންމެން ދުބާއީއަށް ކުރި ދަތުރު ނިންމާލުމަށްފަހު ކުއްލި ގޮތަކަށް "ގެއްލުނު" ގޮތުގެ ވާހަކައަކީ ހައިރާން ކުރަނިވި ވާހަކައެކެވެ.

ލިބުނު މަޢުލޫމާތުތަކުގެ އަލީގައި ހާމަވެފައި ވަނީ، ދުބާއީން ރާއްޖެއަށް ފުރަން ހުރިހާ ކަމެއް ހަމަޖައްސާފައި އޮތުމަށްފަހު، އެންމެ ފަހު ވަގުތު އެމީހުން މިސްރާބު ބަދަލުކޮށް ފްލައިޓު ބަދަލުކޮށްފައިވާ ކަމެވެ. ފްލައިޓް ޑިލޭވީ ކަމަށް ބުނެ ފާރިސްއާއި މަރީގެ އިތުރުން ފާރިހާއި އައްޑޫ ސިޓީއަށް ނިސްބަތްވާ 40 އަހަރު މީހަކާއި އިތުރު ދެ މީހަކާއި އެކު ފާރިސްގެ ދެމަފިރިން ސީރިޔާއަށް ފުރީ ޖެހިގެން އައި ދުވަހުއެވެ. އެނބުރި އައުމުގެ އެއްވެސް ވިސްނުމެއް ނެތި އެމީހުން ދަތުރަށް ފެށީ، ރަށުގައި ތިބި ލޯބިވާ އެންމެންނަށް އަބަދަށްޓަކައި އަލްވަދާޢު ކިޔަމުންނެވެ.

"ދުބާއީގަ ހުރެފައި ބުނީ ރާއްޖެދާން ފުރަނީއޭ މި. ވިޔަފާރި އެއް ފަށައިގެން އޭރު ދިޔައީ. ދެން ބުނެފައި އެރެއަކު މާލެއަކަށް ނާދޭ. މާލެއަށް ނާންނާތީ ގުޅީ. ގުޅީމަ ބުނީ އެރޭ ފްލައިޓްް ކޮންމެސް މައްސަލައެއް ދިމާވެގެން ތިމަންނަމެންނަށް ދެވުނުލެއް ލަސްވެގެން ކެޓީއޭ. އެހެންވީމަ މާދަމާ ރޭ ދާނަމޭ. އެކަމު ހެދިގޮތަކީ އެރޭ ފުރަން ގޮސް ނުފުރާ އެ ދިޔަބަޔަކާއި އެއްކޮށް ބަދަލުކޮށްލީ ދެވަނަ ދުވަހު އެހެން ދިމާލަކަށް. ދަމުން މެސެޖު ކުރި ހިސާބުން އަޅުގަނޑު އެތައް ވަރަކަށް މެސެޖުކޮށް އާދޭސް ކުރިން ނުދިއުމަށް، އެވަރަށް ގުޅިން. އެކަމަކު ފަހުން ފޯނެއް ނުނަގާ. އެ ފިކުރަށް ގޮސްފައި ހުރީމަ ދެން ނުވާނެތާ އެހެން ގޮތެއް" ހިތާމައިގައި އަސަރުން ފުރިފައިވާ ޙާލަތު ގައި ފާރިސްގެ އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

ސީރިޔާއަށް ދިއުމަށްފަހު އާއިލާއަށް ދައުވަތު ދިން

ސީރިޔާއަށް ދަތުރުކުރުމަށްފަހު ވެސް ފާރިސް އާއިލާއާއި ގުޅުން ކަނޑައެއްނުލައެވެ. ދޭތެރެ ދޭތެރެއިން އާއިލާއަށް ގުޅައި އެންމެންގެ ހާލު ބަލައި އުޅުނެވެ. މިގޮތުން ދެތިން ފަހަރެއްގެ މަތީން ގުޅައިގެން އާއިލާގެ މެމްބަރުންނާއި އޭނާ ވާހަކަ ދައްކާފައި ވެއެވެ. މިގޮތުން ގުޅުނު މަދު ފަހަރުތަކުގައި ވެސް އޭނާ އެންމެ ބޮޑު އިސްކަމެއްދިނީ ހަރުކަށި ފިކުރަށް ގޮވާލުމަށެވެ. އަދި އޭނާ އޭރު ޤަބޫލުކުރި އެ ފިކުރަށް ތަބާވުމަށް ދަޢުވަތު ދިން ކަމަށާއި ސީރިޔާއަށް ދިޔުމަށް އާއިލާގެ ބައެއް މެމްބަރުންގެ ކިބައިން އެދިފައި ވެއެވެ.

އަދި މީގެ އިތުރުން ފާރިސް ވަނީ އާއިލާގެ ހުރިހާ އެންމެންނަށްވެސް ބޭނުން ނަމަ ސީރިޔާގެ ބިމަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ވާހަކަ ބުނެފައެވެ.

ފާރިސް ގެއްލުން އަދި އަނބިމީހާ އެހެން މީހަކާއި ކައިވެނިކުރުން

2016 ވަނަ އަހަރު ސީރިޔާއަށް ދިޔަ ގްރޫޕުން ދިޔައީ އާއިލާގެ މެމްބަރުންނާއި މަދުން ނަމަވެސް ވާހަކަދައްކަމުންނެވެ. އެނގިފައިވާ ގޮތުން މަރީ އާއި އޭނާގެ އާއިލާއާއި އަދިވެސް ދޭތެރެ ދޭތެރެއިން ގުޅެއެވެ. އެ އާއިލާއިން މަޢުލޫމާތު ދިން ގޮތުގައި ފާރިސް ހަނގުރާމައިގެ މައިދާނަށް ގެއްލުމުން އޭނާ މަރުވީ ކަމަށް ނިންމައި މަރީ މިހާރު އުޅެނީ އެހެން މީހަކާއި ކައިވެނިވެސް ކޮށްގެންނެވެ. އަދި އެ ކައިވެންޏަށް މިހާރު ދަރިއަކުވެސް ލިބިފައިވާކަމަށާއި، މަރީގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

ސީރިޔާގެ ރެފިއުޖީ ކޭމްޕެއްގައި އުޅެމުން އަންނަ މަރީ މިހާރު ހުރީ އެނބުރި ރާއްޖެއަށް އައުމުގެ އުންމީދުގައެވެ. ކުޑަ ދަރިފުޅާއެކު އޭނާ ކޭމްޕުގައި އުޅެމުން އަންނައިރު ފަހުން ކައިވެނިކުރި ފިރިހެން މީހާވެސް ވަނީ ވީނުވީއެއް ނޭނގި ހަނގުރާމައިގެ މައިދާނަށް "ގެއްލިފަ" އެވެ. މި ދެމައިން މިހާރު އުޅެމުން އަންނަ ކޭމްޕުގައި އިތުރު ދިވެހިންވެސް ތިބިކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި އެންމެންވެސް ތިބީ ރާއްޖެއަށް އާދެވޭނޭ ދޮރުތައް ބަންދުވެ އެތަނުގައި ތާށިވެފައެވެ.

2018 ވަނަ އަހަރުން ފެށިގެން ރާއްޖެ އެނބުރި އައުމަށް މަރީ މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެކަމަށް މާ ބޮޑު އެއްބާރުލުމެއް މިހާތަނަށް ލިބިފައިނުވާކަން އާއިލާގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އެކަން ހަމަޖެހި ދަރިފުޅާއި އަލުން ބައްދަލުވާނެކަމުގެ އުންމީދު އާއިލާއިން އަދިވެސް ކަނޑައެއް ނުލައެވެ.

ދެ އާއިލާގެ އިލްތިމާސް

ފާރިސް އާއި މަރީގެ އާއިލާއިން ވަނީ މިފަދަ ހިތާމައެއް ތަޙައްމަލްކުރަން ޖެހުމުގެ ކުރީން ފުރާވަރުގެ ކުދިންނާއި މެދު ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް މާލެއާއި އައްޑޫ ރައްޔިތުން މިކަންކަމަށް ސަމާލުވުމަށް އެދިފައިވެއެވެ. އަދި ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން އެކުދިންގެ އަސްލު ވިސްނުން ފުހެވިގެން ދިއުމުގެ ކުރީން އެކަމަށް ސަމާލުވެ ކުއްޖާގެ އުޅުމަަށް އަންނަ ބަދަލުތައް ބަލައި ދެނެގަނެ އެކަމަށް ކުރީބައިގައި ފިޔަވަޅު އެޅުމަކީ ފާރިސް އާއި މަރީގެ އާއިލާއިން އެހެން އާއިލާތަކަށް ކުރާ އިލްތިމާސެކެވެ.

"މިއީ ތަޙައްމަލްކުރަން އުނދަގޫ ވޭނެއް. ނުލާހިކު ލޯބިން ބަލައި ބޮޑުކުރި ލޯބިވާ ދަރިފުޅާއި ކުއްލި ގޮތަކަށް ވަކިވާން ޖެހުމަކީ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދެކެން ބޭނުންވާނޭ ދުވަހެއް ނޫން. މިފަދަ ދުވަހެއް އެހެން މީހަކަށް ނުދައްކަވާތޯ ދުޢާކުރަން"

ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ދަތުރު ކުރީ ރާއްޖެ އިން ކަމަށް ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޢަބްދުﷲ

    ތިތާކު ނެތް އާ ވާހަކައެއް. ހުސް އެނގޭ މުސްކުޅި ވާހަކަ. ފާރިސް ގެ ފުރާނައަށް ﷲ ހެޔޮ ރަޙްމަތް ލައްވާށިއެވެ. އެއީ ވަރަށް ތަފާތު ހިތް ހެޔޮ ޒުވާނެއް.

    56
    13
    • މަބި

      އިނގިރޭސިވިލާތަށް ގޮސް ދީނާ ދެކޮޅަށް މަސައްކަތްކުރަން ޑޮލަރު ހޯދާ ކުދިންގެ ވާހަކަ ވެސް ކިޔައިދީބަލަ

      63
      9
    • ހ

      ލާދީނީ މީހުންގެ ވާހަކަ ވެސް ޖާހަލަ ބަލަ...

      34
      5
  2. Anonymous

    އަސްލު ބުއްޅަބެމެން ބޭނުންވި ގޮތަކަށް ނޫން ތި ޙަބަރު ތިގެނެސްދިނީ ދެން މިވަރުވެސް އޯކޭޔޯ

    30
    12
  3. Anonymous

    މި ފިކުރައްވުރެ މާ ނުރައްކާތެރި މި ޕާޓޭންގެ ފިކުރު، ވައްކަން ކުރަނީ މީހުން ގައިގާ ކަޓަރު އަޅަމުން މަރަމުން މި ދުވަނީ މީ ބިޑުވެއްހެކަމެއް މި މީހުންވެސް ދާންވީ ތިގޮތައް އޭރުން ބޮލައްފަސޭހަވާނެ ނުދާނެވިއްޔާ ކީއްކުރާނީ

    42
    12
  4. Anonymous

    ރަންރީނދޫ ކުދިން ހެސްކިޔާހަ ޑާންސް ނިވިޔަ ނައިޓޯމީ

    27
    10
  5. ޔާރިސް

    ފާރިސް އަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.

    63
    15
  6. ލާދީނީ އަންނި

    އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ ސީރިޔާއައް ދިއުމައް.

    14
    57
    • ކަނީރު

      މީނަ ހައްޔަރުކުރަން ކަމާއިބެހޭފަރާތްތަކަށް ގޮވާލަން

      27
      3
    • ކަނީރު

      ކަލޭ ނަޝީދޭކިޔައިގެން އަނގަހުޅުވަން ލަދެއްނުގަނޭތަ؟ ހަމައަސްލުވެސް މީނަ ހައްޔަރުކުރޭ

      11
      12
  7. އިރެކްސް

    އަލްްައިދާ މީހަކު ކިހިނެތްތޯ އައިސިސް އަށް މީހަކު ފޮނުވީ. ހާދަ ބުއްދި ހަމަނުޖެހޭ ވާހަކަ އެކޭ ތިޔައީ.

    3
    10
  8. ސޯލަހް

    ހާލުގައިޖެ ހުމުން ދެން އަނަން އުޅޭނެ ކަމެއްނެއް..

    16
    5
  9. ޑިމޮކްރަސީގެ އަޞްލު

    ބަލަ އެމެރިކާއާއި ޔޫކޭގައިވެސް އޮންނަނީ ޑިމޮކްރަސީ.. ސުވާލަކީ 100% އިން 100% މުސްލިމް ޤައުމެއްގައި އެ ނިޒާމު އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ގަދަކަމުން ގާއިމުކުރުމަކީ ރަސޫލާ ﷺ އެންގެވިގޮތް ބާއޭ.. މިއީވެސް ހައްދު ފަހަނަ އެޅުމެއް ނޫންބާ!

    20
    4
  10. ސަރޫ

    މި ޔާސިރު ޔަހުޔާ މަރުވެގެން ދިވެހި ރައްޔިތުން ދައުލަތަށް ގޮވިހާ އެއްޗެހި ނިކަން ހަނދާން ކޮށް ބަލަ 😏 އަންހެނަކު ހުވަފަތް ވީއޭ ކިޔާ މޮޅެތި ވާހަކަ. މިހާރު އެނގޭ ދޯ ހަރުކަށި ފިކުރަކީ ކޯޗެއްކަން. ތޭންކްސް ވަގުތު ޓީމް. ޔާސިރަކީ ހަމަ އައިއެސްގެ މީހެއް. އޭނަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދިޔައީ މިޝަން އެބޯޓް އޭ ބުނަން ކަންނޭނގެ މެސެޖެއް ދޭން .

    27
    11
  11. ހުސެން

    ޕުރޫވު އިޓް ވަގުތު..ދޮގެއް ޕުރޫވެއް ނުވާނެ.ކިތަންމެ ވަރަކަށް ޓެރަރިޒަމް ކާޑް އެމްޑީޕީ އާއި އެމްސީ ހަމީދުމެން ގުޅިގެން އިންޑިޔާ އެމްބަސީ ގެ ފާޢީސާދީގެން ޖަހާ ރިޕޯޓަކުން އެމެރިކާ ރަޟިޔާ އިން އަފްޤާނިސްތާނަށް ހެދިހެން ނެހެދޭނެ.ދިވެހިން ތިބީ ހޭއަރާ

    6
    8
  12. ހާރޫން ޔަހުޔާ

    ތި މީހުންނަށް ހަރުކަށި ފިކުރޭ ކިޔާ ނަންދިނީ ލޯޔާރ ހުސްނުއްސުއޫދު . ފުރަތަމަ ތިބައިގަނޑަށް ކިޔަނީ ޚަވާރިޖުން . އެއީ އަލީ ގެ ފާނުގެ ޚިލާފަތުގައި އުފެދުނު ބަޔެއް. އަލީ ގެ ފާނު ޝަހީދު ކޮށްލީވެސް އެބައިގަނޑު .ދެން މީގެ 200 ނޫނީ 300 އަހަރު ކުރިން ހިޖާޒުކަރަ ނޫނީ މިހާރުގެ ސޫދިއަރަބިއްޔާ އިން އިނގިރޭސިންނާއި ގުޅިގެން ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ގެ ބާރު ކަނޑުވަން އުފެއްދީ ވައްހާބީން. ޢެންމެ ފަހުން އެމެރިކާ އަޑީގައި އޮވެގެން އިސްލާން ދީން ގެ އަގުވައްޓަން އުފެއްދި ހަރުކަށި ފިކުރެއް ތަކުފީރީންނަކީ. އައްޑޫގައި ތިއުޅޭ ހަރުކަށި ފިކުރުގެ ތި ގްރޫޕަކީ އަސްލު ތަކްފީރީން. ރައީސް މައުމޫން ގެ ވެރިކަމުގެ ފަހުކޮޅު ތަކްފީރީ މިބަސް ރާއްޖޭގެ މީހުންނަށް އެނގެން ފެއްޓީ. އެއީ ރާއްޖެ އައި ފުރަތަމަ ތަކްފީރީ ޖަމާއަތް ރާއްޖެއިން ޑީޕޯޓު ކޮށްލުމާއި ގުޅިގެން. އެ ޖަމާއަތް އައީ ޕާކިސްތާން އިން. ތަކްފީރީންގެ ގަބޫލު ކުރުން އޮންނަގޮތުގައި ކޮންމެހެން ކިޔަވާކަށްނުޖެހޭނެ ދީނީ މީހަކަށްވާން . އެމީހުން ގެ އިސް މީހަކަށް ހުންނަ މީހަކަށް ކިޔާނީ ޝޭޚް. އުޑެއްބުޑެއް ނޭގުނަސް އެ ޝޭޚު ގެ ލަގަބު ދީފައި ހުންނަ މީހަކު ބުނާ އެއްޗެއް އެމީހުން ގަބޫލު ކުރަަނީ. ތަކްފީރީން ގަބޫލޫކުރަނީ އެމީހުން ނޫން ހުރިހާ މުސްލިމުންނަކީ ކާފަރުންކަމަށް. އައިސިސް، އަލްގައިދާ، ތާލިބާން، ބޯކޯ ހަރާމް އަދި އައްޝަބާބު ފަދަ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކަކީ ތަކްފީރީ ޖަމާއަތްތައް. ދިވެހި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި ވަރަށް ފާޅުކަން ބޮޑުކޮށް އުޅޭ ތަކްފީރީން އަންނަނީ ގިނަވަމުން.

    20
    3
    • ބަނީ

      ވަރަށް ސަޅި ޑިސްކްރިޕްސަން. ށުކުރިށްޔާ. މީ ދިވެހިން ވިސްނަން ވެށްޖެ ބައިގަނޑެށް. ދީން ވެރިންނޭ، ލާދީނީ އޭ ކިޔާގެން މީހުންގެ ބޯ ކާލަނީ. ރީތިކޮށް އީމާން ވެގެން ހަމަ އެކަނީ ކީރިތި ޣުރުއާން ގަ އެންގެވި ގޮތަށް އުޅުނީމަ ރަނގަޅު ވާނެ.

      15
      2
  13. Anonymous

    ހާލުގަައި ޖެހިގެން އަންނަން ބޭނުންވާ މީހުންވެސް ތިބޭނީ އެކަނި އޮޕަރޭޓުކޮށްގެން މުޅި ޤައުމު ގޮއްވާލެވޭ ވަރަށްވެސް ތަމްރީން ލިބިގެން. ނޭނގޭނެ ދޯ މިޝަންއެއްގެ ދަށުން ނޫން ކަމެއް އަންނަނީ . އަނެއްކާ ސީރިޔާއަށް އުފަން ދަރިއެއް ގޮވައިގެން އައިއްސިޔާ އަނެއް 6 ކަންތައް . ކިހާ ދެރަ ... މީހުންނަށް ނަސޭހަތް ދޭން ތިބެންޖެހޭ މަޤާމު ގަ ތިބޭމީހުން ބައެއް ޝޭހުން / އިމާމުން މި ހަރުކަށި ފިކުރު މިފަތުރަނީވެސް އެންމެ ގަދަޔަށް . އިތުބާރު ކުރާނީ ވަކި ކާކަށް. މިވަރަށް ވަގުތު ޓީމުން މަސައްކަތް ކުރާއިރުވެސް ކޮމެންޓުތައް ކިޔާލުމުން އެނގިއްޖެ އަދިވެސް ގިނަ މީހުންނަށް ހަރުކަށި ފިކުރުގެ މާނަ ނޭނގޭކަން 🤦‍♀️ ކީއްކުރާނީ ދޯ

    • ޜަޟީ

      ޢެއަށްވުރެ މާގަމާރު ވާނޭ

  14. އައްޓަމަސް

    2018 ވަނަ އަހަރުން ފެށިގެން ރާއްޖެ އެނބުރި އައުމަށް މަރީ މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެކަމަށް މާ ބޮޑު އެއްބާރުލުމެއް މިހާތަނަށް ލިބިފައިނުވާކަން އާއިލާގެ ވާހަކަތަކުން އެނގެއެވެ. (ކީއްކުރަން ދިޔަޔީ؟ ޚިއްކުރަން އެނބުރި އަންނަނީ؟ ތަވްހީދުގެ ބިމުގައި ހުރެފައި މަރީމެންގެ ބަހުން ނަމަ ކުފުރުގެ މަންޒިލަކަށް؟ ސަރުކާރުން ނުޖެހޭ އަޅާލާކަށް، ސަރުކާރުން އެންގީތަ ދާން؟)