އުފެދުމުގައި ހުންނަ މައްސަލައެއްގެ ސަބަބުން އެތައް ތަކުލީފަކާއި ވޭނެއް ތަހައްމަލް ކުރަމުން އަންނަ ފުރާވަރުގެ އަހުމަދު ޝައްޔާން ހަލީމް އަށް އެނާގެ ބަލި ހާލަތުގެ ސަބަބުން ޒަރޫރީ އެތައް ކަމެއް ފުރިހަމަކުރަން ވަނީ ނުކުޅެދިފައެވެ. ޝައްޔާން އަށް ދިމާވެފައިވާ މި ހާލަތު، (ސްޕައިނަލް ޑައިސްރަފިޒަމް) އަކީ އުފެދުމުގައި ގުދުރަތީގޮތުން ސްޕައިނަލް ކޯޑަށް ދިމާވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މި ހާލަތު މެދުވެރިވާ ސަބަބަކީ، ސްޕައިނަލް ކޯޑުގެ ނާރުތަކަށް ދިމާވާ މައްސަލަތައް ނުވަތަ ސްޕައިނަލް ކޯޑުގައި ނާރު އުފެދެން ޖެހޭ ގޮތަށް ނުއުފެދުން ކަން ފާހަގަކޮށްލެވެއެވެ.

އޭނާގެ ދިރިއުޅުމުގެ ދުވަސްތަައް ހޭދަކުރަމުން ދަނީ އެ ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑުގައި އަޅާ އެތައް ވޭނަކާއި އެކު ކަމަށް ވާއިރު މި ބަލީގެ ސަބަބުން ޝައްޔާންގެ ހުވަފެންތަކާއި އުންމީދުތަކަށް ވަނީ ހިޔަނި އެޅިފައެވެ. މ. ފެމްލެޓް، އުމުރުން އެންމެ 16 އަހަރުގެ ޝައްޔާންގެ އުންމީދަކީ މި ބަލިން މިންޖުވެ އޭނާގެ ތައުލީމީ ހަޔާތް ކުރިއަށްގެންދިއުމެވެ. އޭނާގެ ބަލީގެ ސަބަބުން އުނަގަނޑުން ތިރިއަށް ވަރަށް ބޮޑަށް އަސަރުކޮށްފަައިވާ އިރު، މި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ފަޔަށެވެ.

ތުއްތު އިރުން ފެށިގެން މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ޝައްޔާން ތުއްތު އިރުން ފެށިގެން މެދު ނުކެނޑި މި ބައްޔަށް ފަރުވާ ކުރަން ވަނީ މަޖުބޫރުވެފައެވެ. އެގޮތުން އުމުރުން އެންމެ 7 އަހަރުގައި، އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސލަ އަށް ޝީފާއެއް ލިބޭތޯ ކުރި މަސައްކަތުގެ ތެރެއިން އެތައް އޮޕަރޭޝަނެއް ވަނީކޮށްފައެވެ. އަދި މިހާތަނަށް އައިއިރު އޭނާގެ ފައިގެ ތަފާތު ސަރޖަރީތަކަކާއި ސްޕައިނަލް ކޯޑުގެ ސަރޖަރީތަކެއް ވެސް ވަނީ ހަދާފައެވެ.

އޭނާގެ ބަލީގެ ސަބަބުން ތައުލީމު އުނގެނުުމުން މަހުރޫމް ވެފައި ވާއިރު ޝައްޔާންގެ އުންމީދަކީ ވީހާވެސް އަަވަހަށް ޝިފާއެއް ލިބި އަލުން ކިޔެވުން އިޔާދަވުމެވެ.

ޑޮކްޓަރުންގެ މި ލަފަޔާއި އެކު އޭނާގެ އޮޕަރޭޝަން މަޑު ޖައްސާލާފައި ވަނިކޮށް، 2014 ވަނަ އަހަރުގެ މާރިޗްމަހު އޭނާ ކުޅެން އުޅެނިކޮށް ފައިގެ ފުންނާބު ޓިނުގަނޑެއްގައި ޖެހި ކަފައިގެންދިޔަ ހިސާބުން ޝާއްޔާން އަށް ވަނީ އިތުރު ތަކުލީފުތަކެއް ދިމާވެފައެވެ.

އޭގެ ފަހުން ފުންނާބު ހަލާކުވެ ފާރުވާން މެދުވެރިވިއެވެ. އެކަމަށް ފަރުވާ ކުރުމަށް އަށް ފަހަރު ސާޖަރީ ހެދި ނަމަވެސް އެކަމުގެ ރާހަތެއް މިންވަރެއް ނުވިއެވެ. ޝައްޔާން އަށް ދިމާވެފައިވާ ސްޕައިނަލް ޑައިސްރަފިޒަމްގެ ހާލަތުގެ ސަބަބުން ފާރުގަނޑު ފަސޭހައެއްނުވެއެވެ.

އެއީ ނާރުތަކުގެ ބާރު ދަށްވުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. ޝައްޔާންގެ ފައިގެ ފުންނާބު ވަނީ ފާރުވެ އިންފެކްޓްވެ، އެހިސާބުން ފެށިގެން އޭނާއަށް ހިނގާ ބިނގާވެ އުޅުމަށް ދަތިވެ، ސިއްހީ ގޮތުން އިތުރު އެތައް ތަކުލީފަކާއި ކުރިމަތިލާން ޖެހިފައެވެ.

ޝައްޔާން އަށް ބޭނުންވާ ޚަރަދާއި، އެއް ބެލެނިވެރިއަކަށް ބޭނުންވާ ޓިކެޓްގެ ޚަރަދު އާސަންދަ މެދުވެރިކޮށް ހަމަޖައްސަދިނުމުން މިހާރު އެ މީހުން ތިބީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ފަރުވާ އަށް އިތުރު ދުވަސްތަކެއް މަޑުކުރަން ޖެހުމުންނާއި ޝައްޔާންގެ އާއިލާ އެހާ ތަނަވަސް ނުވުމުން، އޭނާގެ ބޭސްފަރުވާއަށް ކުރަން ޖެހޭ ދަތުރުގެ ކަންކަން ފުރިހަމަކުުރުމަށް އާއްމުންގެ ދީލަތި އެހީއަކަށް މިވަގުތު ވަނީ ބޭނުންޖެހިފައެވެ.

ހަަމައެހެންމެ އިންޑިއާގެ ކޮޗިންއަކީ ހުރުމާއި ކެއުމުގެ ޚަރަދު ބޮޑު ތަނަކަށް ވެފައި، މި ކަމުގައި އިތުރު ދުވަސްތަކެއް ނަގާނެތީ، ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަކަށް މިވަގުތު ޝައްޔާން ވަނީ ބޭނުން ޖެހިފައވެެ. ޝައްޔާންގެ އޮޕަރޭޝަނަށް 5 ގަޑި އިރު ހޭދަވާއިރު، 2014 ވަނަ އަހަރުން ފެށިގެން އޭނާ އަށް ވަނީ ކިޔެވުމާއި ވެސް އަލްވަދާއު ކިޔަން ޖެހިފައެވެ.

ތައުލީމް އުނގެނުމުގެ ފޮނިއުންމީދުގައި ހުރި ޝައިހާންގެ އުންމީދަކީ އޭނާގެ ބަލިން ފަސޭހަވެ، އެނގެނޭނެ ފުރުސަތު ކައިރި މުސްތަޤްބަލެއްގައި މިންވަރުކުރެއްވުމެވެ. އެ އުންމީދު ހަގީގަތަކަށް ވާން އޮތީ އޭނާގެ ސިއްޚީ ފަރުވާ ފުރިހަމަވެގެންނެވެ.

އެހީތެރިވުމަށް:
އައިމިނަތު ވަހީދާ: 9866445، 9132445
އެކައުންޓް ނަމްބަރު/ އައިމިނަތު ވަހީދާ: 7704161864101


 


މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ. "

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާސަންޑަ

    ބަލި ނުވެ މާތްﷲ ގެ ރަޙްމަތް ފުޅުން ހޮސްޕިޓަލަށް ދާން ނުޖެހޭ މީހުން ގެ އާސަންދައިން އެ މީހަކު ބޭނުންނަމަ ބޭނުން އަދަދެއް މިފަދަ ކުދިންނަށް ދިނުމުގެ އިހްތިޔާރު ލިބެންވާނެ. އަހަރެއް ތެރޭ ކިތައް މީހުން ހޮސްޕިޓަލައް ނުދޭ؟ ހުސްނުވާ އާސަންދަ އަށް ކިހިނެއްތަ މިވަނީ؟

    5
    2
    • މުހަމަދު

      މިހާރުވެސް ދެވޭނެ އެމީހަކު bEnunqvarakaSq.

    • ކިސަޑު

      މިހާރު ނުޖެހޭެ ސަލާމްޖަހާކަށް އާސަްދައިން ކީއްވެތަ ނިކަމއތިންނަށް ތިޔާހެން ހަދަނީ ޑރ އެދިއްޖެނަމަ ކޮޓަރިކުލި ސަންދައިން ދައްކަދޭންވާނެ. މުސީބާތެއް އަބަދު ރައްޔިތުންގެ އެހީތެރިކަން ޓެކްސްފައިސާ ނަގަނީ މީސްތަކުންނަށް އެހީތެރިވުމަށް އެކަމަކު އަބަދު އާއްމުންގެ ހޯދުން އޮންނަނީ މީސަލާންޖެހުމެއްނޫންތަ