ބޭސްފަރުވާ ކުރުމަށް ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ދަތުރު ކުރުން މިއީ ދިވެހިން އަދިވެސް އުފުލަން ޖެހިފައި އޮތް ވަރަށް ބޮޑު ތަކުލީފެކެވެ. ބޮޑު ޚަރަދެއްކޮށް އަވައްޓެރި ގައުމުތަކަށް ދަތުރުކޮށް ބޭސްފަރުވާ ކުރަން އެތައް ހޭދައެއް ކޮންމެ އަހަރަކު ދިވެހިން ކުރަން ޖެހެއެވެ. އަވައްޓެރި ގައުމުތަކަށް ދަތުރު ކުރަން ކިތައްމެ ފަސޭހަ ނަމަވެސް އެދަތުރުތަކުގައި ބައެއް މީހުންނަށް ކުރަން ޖެހެނީ ފަސޭހަ ތަޖުރިބާތަކެއް ނޫނެވެ. ބޭސްފަރުވާ އަށް ކުރާ ދަތުރު އުމުރު ދުވަހު އިތުރު އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހޭ ހާލަތު އެބައާދެއެވެ.

ބައެއް ފަހަރު ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން، ނުވަތަ ރަނގަޅު މައުލޫމާތު ނޭންގުމުގެ ސަބަބުން ނުވަތަ މަކަރާއި ހީލަތް ހަދަން މަސައްކަތް ކުރާ މީހުންގެ އަތްދަށުވެ ކުރަން ނުޖެހޭ އެތައް ޚަރަދެއް އަތުން ގޮސް، އަދި ޖިސްމާނީ، ނަފްސާނީ އަނިޔާތައް ތަހައްމަލް ކުރަން ޖެހޭ ފަހަރު އާދެއެވެ. ނަމަވެސް ގިނަ މީހުން މިފަދަ ވާހަކަތައް އާއްމުކޮށް ނުދައްކައެވެ. އެހެންވެ މިއީ މާގިނަ ބަޔަކަށް ނޭންގޭ، ނުވަތަ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުދެވޭ ކަމަކަށް މިއޮންނަނީ ވެފައެވެ.

އަވައްޓެރި އިންޑިއާގެ ޓްރެވަންޑްރަމް އަކީ އިންޑިއާގައި އޮތް "މާލެއެކެވެ." ދިވެހިންނާއި ވަރަށް ގާތް ދިވެހިން ސިއްހީ ޚިދުމަތައް އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ސިޓީއަކީ އެއީއެވެ. ނަމަވެސް ޓްރެވަންޑްރަމްގައި އުޅޭ ގިނަ އެޖެންޓުންގެ ނޭއްގާނީ އަމަލުތަކެއްގެ ސަބަބުން އެކަމުގެ "ވޭން" ފަރުވާއަށްދާ ގިނަ މީހުން ކުރަން އެބަޖެހެއެވެ.

ކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވަނީ ބަލި މީހުން ޑޮކްޓަރަށް ދައްކައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ "އެޖެންޓުން" އޮޅުވާލައިގެން ކުރާ ކަންތައްތަކުގެ ސަބަބުންނެވެ.

50 ޑޮލަރަށް ޑޮކްޓަރަށް ދައްކައި ދިނުމުގެ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ބުނެ ފައިސާ އަތުލައިގެން އެމަސައްކަތް ކޮށްދިނުމުގެ ނަމުގައި އެމީހުން އިތުރު ގޮތްގޮތުން އޮޅުވާލައިގެން ބަލި މީހާގެ އަތުން ފައިސާ އަތުލައެވެ. "ފުރަތަމަ މިބުނަނީ 50 ޑޮލަރު ދައްކަން. އޭރުން ޑޮކްޓަރަށް ދެއްކުމުގެ ހުރިހާކަމެއް ކޮށްދޭނެ ކަމަށް. އެކަމަކު އޭގެ އިތުރުން އޮޓޯ ދަތުރުތައް ވެސް މިކޮށްދެނީ އެހެން މީހުން ކޮށްދޭ އަގަށްވުރެ ބޮޑުކޮށް. ހޮސްޕިޓަލުން ނުނަގާ ޗާޖްތައް ވެސް އޮޅުވާލައިގެން އެބަނަގާ. އަދި ބޭސް ނަގާއިރު ވެސް ބޭސް މިނަގަނީ އެމީހުންނާއި ގުޅިފައި ހުންނަ ބޭސް ފިހާރަތަކުން. އެއީ އެމީހުންނަށް ކޮންމެވެސް ވަރެއްގެ ކަޓެއް ލިބޭގޮތައް ވާހަކަދެކެވި އެއްބަސް ވެވިފައި ހުންނަ ބޭސްފިހާރަތަކުން." އޭނާ ކިޔައިދިނެވެ.

އޭގެ އިތުރުން ބަލި މީހުން ތިބެނީ ވެސް އެޖެންޓްގެ ގޭގައި ނުވަތަ އެޖެންޓް ކުއްޔަށް ހިފާ ތަނެއްގައެވެ. ކުލީގެ ގޮތުގައި ވެސް އެޖެންޓް އަނެއްކާ އިތުރު އާމްދަނީއެއް ހޯދައެވެ. އެހެންކަމުން 50 ޑޮލަރަށް ޑޮކްޓަރަށް ދައްކަން ވެވޭ އެއްބަސްވުން ނިމޭއިރު ޚަރަދުވި އަދަދު އޮންނަނީ އެތައް ގުނައެއް އިތުރުވެފައެވެ.

އިންޑިއާގައި ނިޔާވާ ދިވެހިން ވަޅުލުމަށް ބިން ގަންނަން ޖެހޭ ކަމަށް ބުނެވެސް އެޖެންޓުން އޮޅުވާލައިގެން އެތައް ހާސް ރުޕީސެއް އަތުލާކަށް މައުލޫމާތު އެނގޭ ބޭފުޅުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. "ބައެއް މީހުންގެ އަތުން ދިހަ ބާރަހާސް ރުޕީސް އެބައަތުލާ. ނަމަވެސް ހަގީގަތަކީ އިންޑިއާގައި މުސްލިމަކު ނިޔާވެގެން ބިން ގަންނާކަށް ނުޖެހޭނެ. ބިން ގަންނަން ކަމަށް ބުނެ ފައިސާ އަތުލާނަމަ އެއީ އޮޅުވާލުން." މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވިއެވެ.

އޭގެ އިތުރުން ރަނގަޅު މޮޅު ޑޮކްޓަރުން ތިއްބާ ގަސްދުގައި އެންމެ ރަނގަޅު ނޫން ޑޮކްޓަރުންނަށް ބަލި މީހާ ދައްކައި، މިކަމުން ވެސް އަޑި ނޭންގޭ މާލީ މަންފާތަކެއް ބައެއް އެޖެންޓުން ހޯދައެވެ. ކޮންމެ ތިން މަހަކުން ނުވަތަ ތަކުރާރުކޮށް ޑޮކްޓަރަށް ދައްކަން އަންނަން ޖެހޭ ގޮތައް ކަންކަން ރޭވުމުގައި ވެސް އެޖެންޓުންގެ މަކަރުވެރި ރޭވުމެއް އޮވެއެވެ.

ޖިންސީ ގޯނާގެ އަމަލުތައް އިންތިހާއަށް ގިނަ!

އަންހެނަކު ކިޔައިދިން ވާހަކައެކެވެ. އޭނާގެ ބޭސްފަރުވާއަށް އަންހެން ދަރިފުޅު ގޮވައިގެން އިންޑިއާއަށް ކުރި ދަތުރެކެވެ. އިންޑިއާ އިން އެދެމައިންނާއި ހަވާލުވީ "އެޖެންޓެކެވެ." ޑޮކްޓަރަށް ދެއްކުމުގެ ކަންކަމުގައި އުޅުނު އެޖެންޓަށް ޒުވާން އަންހެން ކުއްޖާ އާއި ވަކިން އެއްވެސް ތަނަކަށް ދެވޭކަމަކަށް ނުވެއެވެ. "ބޭހެއް ނަގަން ވިޔަސް އަޅުގަނޑު ބަހައްޓާފައި ދަރިފުޅު ގޮވައިގެން ދާން އުޅެނީ. އަޅުގަނޑު ކައިރީގައި ދަރިފުޅު ފަހުން ބުނީ އޭނާ އެތައް ފަހަރެއްގެ މަތިން ދަރިފުޅާއި ބެހެއް އުޅުނު ވާހަކަ. ދަރިފުޅަށް އޮތީ ބިރުވެސް ދައްކާފައި އެވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނެފިނަމަ އަޅުގަނޑުމެން ދެމައިންނަށް ފުރައިގެން ނުދެވޭނެ ކަމަށް." އޭނާ ކިޔައިދިނެވެ.

އިތުރު މީހަކު ކިޔައިދިން ގޮތުގައި އޭނާ އަށް ޖިންސީ ގޯނާ އާއި ކުރިމަތިވީ ފިރިމީހާ އާއިވެސް އެކުގައި ކުރި ދަތުރެއްގައެވެ. މާމަ އައިސީޔޫގައި ބާއްވައިގެން ފަރުވާ ފުރިހަމަ ކުރަމުން ގެންދިޔައިރު ކޮންމެ ރެއަކު ހޮސްޕިޓަލްގައި އިންނަން ޖެހޭނީ ޒުވާން އަންހެން ކުއްޖާ ކަމަށް ބުނެ އޭނާގެ ފިރިމީހާ އާއި އަދި އާއިލާގެ ދެން ހުރި މެންބަރު ގޭގައި ތިބެން އެޖެންޓް އެންގިއެވެ. "އޭނާ މިބުނަނީ ރޭގަނޑު ޑޮކްޓަރު އަންނާނެއޭ. ޑޮކްޓަރާއި ވާހަކަދައްކަން އެނގޭ އިނގިރޭސިބަސް ދަންނަ މީހެކޭ އިންނަން ޖެހޭނީ. އެހެންކިޔާފައި އަޅުގަނޑު ބައިންދަނީ. ފުރަތަމަ ރޭ އޭނާގެ ރަހުމަތްތެރި ޑްރައިވަރަކާއި ދެމީހުން ވެގެން އަޅުގަނޑާއި ބެހުނު." އޭނާ ކިޔައިދިނެވެ.

ޖިންސީ ގޯނާއެއް މިފަދަ ދަތުރެއްގައި ކުރިމަތިވި ނަމަވެސް ގިނަ މީހުން އެފަދަ މައްސަލަތައް ރިޕޯޓް ކުރަން ޖެހިލުންވެއެވެ. އެއީ އަނިޔާ ލިބެނީ އެގައުމުގެ މީހުންގެ ކިބައިން ކަމަށްވެފައި މައްސަލަ ރިޕޯޓް ކުރުމުން އިތުރު އެތައް މައްސަލައެއް ކުރިމަތިވެ އެންމެ ފަހުން އަނިޔާ ލިބޭ މީހާއާއި އަނިޔާ ލިބޭ މީހާގެ އާއިލާއަށް ވެސް ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމެވެ.

ކޮންސިއުލޭޓްގެ ޚިދުމަތް ހަރުދަނާ ކުރަން ޖެހޭ!

ޓްރެވަންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓެއް އެބަހުއްޓެވެ. ކައުންސެލާ ޖެނެރަލަކާއި އޭނާގެ ދަށުން މަސައްކަތް ކުރާނެ އަދި އިތުރު އެތައް މުވައްޒަފުންނެއް ވެސް އެބަތިއްބެވެ. ދައުލަތުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް އެއޮފީހަށް ޚަރަދު ކުރެއެވެ. ނަމަވެސް ޓްރެވަންޑްރަމަށް ދަތުރުކުރާ ދިވެހިންނަށް އެންމެ ބޭނުން ޖެހޭ ހާލަތްތަކުގައި ކޮންސިއުލޭޓް އޮފީހުގެ ޚިދުމަތް އެންމެ އެދެވޭ ގޮތެއްގައި ލިބެމުން ނުދާކަމުގެ ޝަކުވާ ބޭސްފަރުވާއަށް ދަތުރުކުރާ މީހުންގެ އެބައޮތެވެ.

"ވަރަށް ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ޓްރެވަންޑްރަމަށް މިދަނީ. ބަލި މީހުން ނިޔާވުން ފަދަ ކަންކަން ކުރިމަތިވެ ދިވެހި އާއިލާތަކަށް އެންމެ ބޮޑަށް އެހީތެރިވަން ބޭނުންވާ ވަގުތުތަކުގައި އެފަދަ އެހީތެރިކަން ލިބުމުގައި ދަތިތަކެއް އެބަހުރި. ގިނަ ފަހަރަށް އެންމެ ބޭނުންވާ ސްޕީޑްގައި އެހީތެރިކަމެއް ނުލިބޭ." އިންޑިއާގެ ޓްރެވަންޑްރަމަށް އާއްމުކޮށް ދަތުރުކުރާ ދިވެއްސަކު ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަގުތު" އަށް ވިދާޅުވީ ކޮންސިއުލޭޓް އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތައް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

ކޮންސިއުލޭޓްގެ އެހީތެރިކަން އެންމެ ބޭނުންވާ މިންވަރަށް ނުލިބޭނަމަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ ފޮރިން މިނިސްޓްރީއަށް ގުޅައިގެން ވެސް ބޭނުންވާ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެއެވެ.

ހައްލަކީ ކޮބާ؟

ބޭސްފަރުވާއަށް ކުރާ ދަތުރުތަކުގައި އިތުރު ތަކުލީފްތައް އުފުލަން ޖެހޭ އެއް ސަބަބަކަށް ވެފައިމިވަނީ ނުވެސް ދަންނަ އެޖެންޓަކަށް އިތުބާރުކޮށް އޭނާގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލެވުމެވެ. އެހެންކަމުން އެންމެ މުހިއްމު ހައްލަކީ ބޭސްފަރުވާއަށް ކުރާ ދަތުރުގައި އެޖެންޓެއްގެ އެހީ ނުހޯދުމެވެ.

"ހޮސްޕިޓަލްތަކުގައި ހުންނާނެ އާސަންދަ ޚިދުމަތްތަކަށް ހާއްސަ ކައުންޓަރުތައް ވެސް. އިންޑިއާގެ ހޮސްޕިޓަލްތަކުން ބޭނުންވާ އެހީތެރިކަން ހޯދަން ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަ ވާނެ. އަޅުގަނޑަށް ހީވަނީ ކޮންމެ ބޭފުޅެއްގެ އާއިލާގައި ހުންނާނެހެން މިހާރު އިނގިރޭސިން ވާހަކަދައްކާލަން އެނގޭވަރު ކުއްޖެއް. އެފަދަ ކުއްޖަކު ގޮވައިގެން ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވަންވީ. ހަޤީޤަތުގައި އެޖެންޓަކު ނަގައިގެން އުޅުމަށްވުރެ މާބޮޑަށް ޚަރަދު ވެސް ކުޑަވާނެ އޭރުން." ގިނަ ދަތުރުތަކެއް ޓްރެވަންޑްރަމަށް ކޮށްފައިވާ މީހަކު ބުންޏެވެ.

ދަތުރުކުރާނެ ވެހިކަލާއި، ހުންނާނެ ހޮޓާ ނުވަތަ ގެތައް ކުއްޔަށް ހިފުމުގައި އޮންލައިން ވެބްސައިޓްތައް ނުވަތަ އެޕްލިކޭޝަންތަކުގެ ބޭނުން ކުރުމަކީ ވެސް މަކަރުވެރިންގެ ރޭވުންތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ. އޮންލައިން ޕްލެޓްފޯމްތަކުން މާއަގުހެޔޮކޮށް، މިފަދަ ހިދުމަތްތައް ލިބެން ހުރެއެވެ.

އެޖެންޓުންގެ ސަބަބުން ދިމާވާނެ ކަންތައްތަކަށް މީހުން ހޭލުންތެރި ކުރުވުން މިއީ ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ. ތަފާތު ނަންނަމުގައި އެސޯސިއޭޝަންތައް ހަދައިގެން އިންޑިއާގެ ރަސްމީ އިދާރާތަކަށް ވެސް ނޭންގި އުޅޭ މީހުންގެ މައުލޫމާތު ކަމާއިގުޅޭ އިދާރާތަކުން ހާމަކުރަން އެބަޖެހެއެވެ. އެހެން ނޫންނަމަ އެތައް ދިވެހިންނެއް ބޭހަށް ކުރާ ދަތުރުތައް އަދިވެސް ނިމިގެން ދާނީ އުމުރު ދުވަހު އެކަމުގެ ވޭން ތަހައްމަލް ކުރަން ޖެހޭ ވޭނަކަށް ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަންނި

    އަމިލަޔަ އުޅުނީމަ މާ ރަނގަޅުވާނެ...... މީހުންނަ ޑިޕެންޑްނުވެ

    48
  2. ބުތު

    ތީހަގީގަތަކީ އެކަމަކު ދިވެހިމީހާ ކާރިޔަނުގޮސް ގިނަދިވެހީން އިންޑިޔާ މީހުންގެ މަޅީގަޖެހުނުއަދުވެސް ނޭގޭނެ ގިނަމީހުން ސިއްރުކޮއްފަ އޮންނަނީ....

    33
    1
  3. ޒާ

    ތިޔަ ބުރަ އުފުލުން ހުއްޓުވަން ރައީސް ޔާމީނު ބޮޑު ހޮސްޕިޓަލެއް ބިނާކޮށް އެމަސައްކަތް ކުރަމުން ގެންދާތީ ބަޔަކަށް ކަމު ނުގޮސްގެން ފަޔަށް ހިނިއަރައިގެން ވެރިކަން ބަދަލު ކުރީ. ދެން ކޮން ވާހަކައެއްތޯ؟

    86
    8
  4. ކީތު

    މިނަވުރެ ގަމާރުވީމަވެސް ވާނީހެންތާ އިގިރޭިސިން ވާހަކަދެއްކެންޔާ ރާއްޖޭގެ ހޮސްޕިޓަލަކަ ގޮސްދެއްކުމަކީ ވަކިތަފާތެއްނެއް ނޭގޭކަމެއް ދިމަވެއްޖއްޔާ މީހުންކާރީއަހަނީ ފުރަތަމަ ދުވަހަވުރެ ދެވަނަދުވަސް ފަސޭހަވާެ،،، ހޮސްޕިޓަލަ ދާން މެޕުއެޅީމަ ފަސޭހަވާނެ

    28
  5. ޏަމް

    ޢެންމެ ބުއްދިވެރީ ބޭރަށްބޭހަށް ނުދި އުނ ްް

    18
    7
    • ހ

      ބޭރަށް ދާން ޖެހެނީ ދިވެހި ރާއްޖޭގަ އެ ބަލިތަކަށް ފަރުވާ ނުކުރެވޭތީ....

      27
      1
  6. ސޫތު

    ދިވެހީން އަމިއްލަޔަ ތިޔަހާލު ޖެހިގަތީ %95 މީހުން ފެލާ ބޭހެއްނުވެ ލަޑުލިބެނީ.......

    26
    3
  7. މަސްވެރިޔާ

    މައްސލައަކީ ރަގަޅަށް އިގިރޭސިބަސްވެސް ނުދަންނަ އޮޓޯ ޑްރައިވަރުން އެޖެންޓް ންގެ ގޮތުގައި ނަގާގެން ދިވެހިން އުޅޭތީ ، ދަރިއަކު ނުވަތަ އިގިރޭސިބަސް ދަންނަ ގާތް ދިވެއްސަކު ގޮވާގެން ދާނަމަ ތިފަދަ މައްސަލަ ދިމާނުވާނެ ، ޓްރިވަނޑްރަމް އަކީ ކޮންމެހެން ބޭރުމީހަކު އެޖެންޓަކަށް ނަގަންޖެހެ ވަރަށްވުރެ މާދިވެހިވަންތަ ތަނެއް ، ދިވެހިންގެ އަދިވެސް ހޭލުންތެރިކަން ދަށީ

    25
  8. ނަފީސް

    އިންޑިޔާމީހުންގެ މަޅީގައި ނުބެދި ރާއްޖޭގެރައްޔިތުންނަށް ރާއްޖޭގއި ތިބެގެން ބޭސްފަރުވާކުރެވޭނޭގޮތަށް ޢަމަލާބަހުން މަސައްކަތްކުރެއްވި ހަބޭ ރައީސް ޔާމީންއަށް މި ފަސްއަހަރު ލިބުނުނަމަ މިއަދާހަމައަށް އޮތީހީ މިކަން ހައްލުވެފަ! ދަރުމަވަންތައަޅާ ޔާމީން ރާއްޖެއަށް އެމްއާރު 4 މެޝީން ގެނައުމާއެކު އިންޑިޔާ ފަޅައިގެންގޮސް ވެރިކަން ބަދަލުކުރުމަށް ބިލިޔަނުން ޑޮލަރު އޮއްސައިލީ އެމްޑީޕީއަށް! ސަބަބަކީ ޔާމީން ގެންގުޅުއްވި ޞިއްޙީ ތަޞައްވުރަކީ ބޭސްފަރުވާއަށް އިންޑިޔއަށް އަހަރަކު ރާއްޖެއިން ވައްދަމުންދިޔަ 2 ބިލިޔަންޑޮލަރު ލިބުން ހުއްޓޭނޭކަމެއްކަން އިންޑިޔާއަށް ކަށަވަރުވާތީ!

    51
    2
  9. ސޫތު

    އެކަމަކު އަޑުއިވެނީ ވަރަށް ތަރައްގީޔޭ ބުރަމައްސަކަތް ކޮއްފަ އަދި މީހުންކާރި ބުނެ ނުވީތާކަ އާއިލީ މީހުންކާރިން ހޯދާލާރިކޮޅު 2000 ، 3000ޑޮލަރު ބޭހެއްނުވެ ވާނުވާނޭގި އައްނަންޖަހެނީ ދިވެހީންގެ ކަންފަސޭހަކަމުން އެއްވެސް މީހަކު އެމީނުންނާ އެކުބޭސްފަރުވާ ދާނެކައްމެއްނެތް ދިޔާމަވާގޮ ތިފެންނަނީ......

  10. ޠުޞޫ

    ދިވެހީން ހިތުންތަރައްގީ ކަމުން ޑަކުޓަރަދައްކަން ނޭގެޔޯ. ބޭސްފަރުވާއަށް ދާއިރު ބަސްއިގޭ މީހަކު ގޮވައިގެން ދިޔަސް ތިޔާގެއްލުން ނުވެ ޓަކުތަރަދެއްކިގެން ފަރުވާލިބިގެން އަންނާނީ...

  11. ސޫދުއް

    ބައެއްދިވެހީން އެމީހުން ކޮންމެ އެއްޗެކޭ ބުންޔަސް އޯކޭ ސަލާންޖަހައިގެން ހޯދާލާރި ފަރުވާނުލިބި އަންނަންވީމަ ކިހާދެރަ އެނަމެންވެސް އަމިއްލަޔަ ބޯބޮޑި ދެނަވެސް ހޭއަރާ ދިވެހީންނޭ ވިސްނާހޭލާ.......ތިޔަން އެތާއޮތީ ހައްދުފަހަނަޅާގެސްފަ އަދިކިރިޔާ ނޫހަކުގަޖެހީ..

  12. ޝިޔާމް

    ބޭސްފަރުވާގެ ކަންތައް ކުރުމަށް އިންޑިޔާއަށް ދިޔުން ނޫން ގޮތެއް ހަދަން ވެއްޖެ. ސަރުކާރުން އެނޫން ގޮތެއް ހޯދަ ދޭންވީ. ރާއްޖޭގައި ވެސް މިހާރު ނުކުރެވޭނެ ކަމެއް ނެތް. ގަސްތުގައި ދިވެހިންނަށް ޖައްސާފައި އޮންނަ ދަންތުރައެއް.

    15
    1
  13. ގެރިބޯ

    ބޭސްފަރުވާގެ ކަންތައް ކުރުމަށް އިންޑިޔާއަށް ދިޔުން ނޫން ގޮތެއް ހަދަން ވެއްޖެ. ސަރުކާރުން އެނޫން ގޮތެއް ހޯދަ ދޭންވީ. ރާއްޖޭގައި ވެސް މިހާރު ނުކުރެވޭނެ ކަމެއް ނެތް. ގަސްތުގައި ދިވެހިންނަށް ޖައްސާފައި އޮންނަ ދަންތުރައެއް.

    13
  14. ކިރަސް

    ކޮންސިޔުލޭޓަށް ލާބަލަ ރަނގަޅު ތަޖުރިބާކާރު އިހުލާސްތެރިޔެއް. އޭރުން ނިމުނީ

  15. ސޫތުއި

    މިތާހީވަނީ ނޭގޭއެއްވެސް ކަމެއްނެތް ހެން އެކަމަކު ޑަކުޓަރަ އަމިލައަށް ނުދެއްކޭ ތަންދޮރު ނޭގޭކޮރޮޅި ޑުރައިވަރުން ވެސް ބުއްދިވެރި ދިވެހީން ފެލާހުސްކުރަނީ އަމިއްލަޔަ އުޅެން ދަސްކުރޭ އޭމަގެދިވެހީންނޭ.............

    4
    1
  16. ބަލި

    ފައިގަ ރިއްސާތީ ޑޮކްޓަރަށް ދެއްކީ އެމްއާރެއް ހަދަން ޖެހި ގެން އައިޖީއެމްއެޗަށް ދިއައީމަ ބުނީ ނަންނޯޓްކޮށް 2ހަ ފްތާވާނެ އާދޭސް ކުރީމަވެސް ބުނީ ކިއު ދިގުވާހަކަ. ދެން 2 ހަ ފްތާ ވަންދެން ފައި ނޭޅުނަސް މަޑުކުރަން ޖެހޭނީ. ދެން ދާނެ ދޯ ސަލާމް ޖަހައިގެން ވެސް ބޭރަށް.

    7
    2
  17. Anonymous

    އިންޑިއާ ޓްރިވެންޑްރަމްގައި ދިވެހިންނަށް ލިބެމުންދާ ގެއްލުމާ އަނިޔާއަކީ އެތަނުގައި ދިރިއުޅުނު ނުފޯރާ ފަށުން ފޫގޮޅައިގެން އުޅުނު މާލޭ ރައްވެހިން ކުރިކަމެއް އެންމެ ފުރަތަމަ ބޭސްފަރުވާ އަށްދާ ދިވެހީންނަށް އޮޅުވާލައި މަކަރުހަދަމުން ގެންދިޔައީ އޭރު މިބުނާ ދިވެހިން
    މިދިވެހިން ގެންގުޅޭނެ ވަކި އޮޓޯ އަކާ ވަކި ޑްރައިވަރެއް މިހާރު އެޖެންޓުންނަށް އެތިބެނީ އެޑްރައިވަރުން މީގެ އަސްލު ނުބައިބަޔަކީ ސީދާ މިބުނި ދިވެހިން މަމީ އިންޑިއާ ޓްރިވަންޑްރަމް އަންހެން ކުއްޖަކާ ކައިވެނި ކޮއްގެން އެދުވަސްވަރު އެތަނުގައި ދިރިއުޅު ދިވެހި ފިރިހެނެއް ވަރަށް ރަނގަޅަށް މިކަންކަން އޮޅުން ފިލުވިން މިހާރު އެއުޅޭ އިންޑިއާ އޭޖެންޓުންނާ ބާޒާރު މަތީ އުޅޭމީހުންކައިރިން

  18. ހުސެން

    އިންޑިއާ ޓްރިވެންޑްރަމްގައި ދިވެހިންނަށް ލިބެމުންދާ ގެއްލުމާ އަނިޔާއަކީ އެތަނުގައި ދިރިއުޅުނު ނުފޯރާ ފަށުން ފޫގޮޅައިގެން އުޅުނު މާލޭ ރައްވެހިން ކުރިކަމެއް އެންމެ ފުރަތަމަ ބޭސްފަރުވާ އަށްދާ ދިވެހީންނަށް އޮޅުވާލައި މަކަރުހަދަމުން ގެންދިޔައީ އޭރު މިބުނާ ދިވެހިން
    މިދިވެހިން ގެންގުޅޭނެ ވަކި އޮޓޯ އަކާ ވަކި ޑްރައިވަރެއް މިހާރު އެޖެންޓުންނަށް އެތިބެނީ އެޑްރައިވަރުން މީގެ އަސްލު ނުބައިބަޔަކީ ސީދާ މިބުނި ދިވެހިން މަމީ އިންޑިއާ ޓްރިވަންޑްރަމް އަންހެން ކުއްޖަކާ ކައިވެނި ކޮއްގެން އެދުވަސްވަރު އެތަނުގައި ދިރިއުޅު ދިވެހި ފިރިހެނެއް ވަރަށް ރަނގަޅަށް މިކަންކަން އޮޅުން ފިލުވިން މިހާރު އެއުޅޭ އިންޑިއާ އޭޖެންޓުންނާ ބާޒާރު މަތީ އުޅޭމީހުންކައިރިން

  19. ޝިފް

    މިޙާރު އަދި ޢާކަމެއް ކުރޭ. 14 ދުވަސް ތެރޭގަ ފޮރިން އޮ ފ ފީހުގަ ރެޖިސްޓްރީ ވާން ޖެހޭނެޔެ ކިޔާ ފަ ވިސާގަ އިންނަ ލިޔުންކޮޅު ދައްކާނެ. ޢެކަމު އޭގެ ތިރީގަ އެބަ އޮވޭ 180 ދުވަހަށްވުރެ ގިނަ ވާނަމަޔެ ރެޖިސްޓަރ ވާން ޖެހެނީ. އަލަށް ނިކުތް ރޫލް އެކޭ ކިޔާ ފަ ކޮންމެ ޕާސްޕޯރޓަކަށް 300 ރުޕީސް ނަގަން އުޅެނީ މަކަރުން. ފޮރިން އޮ ފީހަށް ގުޅިއިރު މި ބާވަތުގެ އެއްވެސް ރޫލް އެއް ނު ނެރޭ. ސޯ ޕޮލިސް އޮ ފީހޭ ނުވަތަ ފޮރިންގ އޮ ފީހޭ ކިޔާ ފަ އަވާގަ ޖައްސަން އުޅެންޔާ މި ތަންތަނަށް ގުޅާ ފަ މަޢުލޫމާތު ހޯދުން ބުއްދި ވެރި. ޢަސްލު އެމްބަސީންވެސް ޖެހޭ މި ކަންކަމުގެ މަޢުލޫމާތު ދޭން.

  20. ސުވޭސް

    ޢިންޑިއާ އައުޓް.... ޗައިނާ އިން
    .

    2
    1
  21. މެކް

    މިސަރަހައްދުގައި ބޭސްވެރިކަމައް އެއްމެމޮޅީ ޕާކިިސްތާން ސަރުކާރުން އެމަގު ފަހިކޮށްދޭންޖެހޭ