ވެރިރަށް މާލެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑަށް މީހުން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ އެއް ސިޓީއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ އަކީ 5،57،426 އެވެ. ރާއްޖޭގެ އާބާދީގެ 40.2 ޕަސެންޓު މީހުން ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. މި ތޮއްޖެހިފައިވާ ކާރުބާރު ބޮޑު މާލޭގެ މަލަމަތިން ރީތިކޮށް ހަދާފައިވާ ބޮޑެތި އިމާރާތްތައް ފެންނަން ހުއްޓަސް ދަތި ހާލުގައި ދިރިއުޅޭ ރައްޔިތުންނެއް މި މާލެއިން ވަކި މަދެއް ނޫނެވެ. މިފަދަ އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވަނީ އެންމެ ކަމެކެވެ. އެއީ ސަރުކާރުތަކުން ފޯރުކޮށްދޭ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓު ގަނޑެކެވެ. ނަމަވެސް ހިތާމައަކީ ސިޔާސީ ބަދަލު ހިފުންތަކުގެ ސަބަބުން މިފަދަ އެތައް އާއިލާއެއްގެ އުއްމީދުތައް ވެއްޔާއި މޮޑެވިގެން ދިއުމެވެ. މިފަދަ މީހުންގެ ތެރެއިން އެކަކަކީ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދައުރުވަމުން އަންނަ "މަރިއްތަ" އެވެ.
މަރިއްތަ ދިރިއުޅެމުން ދަނީ މާލޭގައި ހުންނަ ގަރާޖެއްގެ މަތީ ފަންގިފިލާގައި "ފިލައިން" ހަދާފައިވާ ކުޑަކުޑަ "ފޮއްޓެއްގައި" އޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެ ފޮށިގަނޑުގެ ތެރެއިން ނިކުމެ ހަމަ ނޭވާއެއް ލުމަށްޓަކައި މަރިއްތަ ދެކެމުން ދިޔަ ހުވަފެންތައް މިއަދު ވަނީ ވިއްސި ވިހާލިވެފައެވެ.
ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ އާންމުންގެ އެކުވެރި ގުޅުން (އޭއީޖީ) އިން ހާމަ ކޮށްފައިވާ ގޮތުގައި ސަރުކާރުން އެ ނިކަމެތި އާއިލާގެ އަތުން ފްލެޓް އަތުލާފައިވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކަމަށް ބުނެ ޝަރުތުތައް ހަމަ ނުވާތީއެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިޔާ ފްލެޓްތަކުން ފްލެޓެއް ލިބުނު މަރީއްތަ އާއި އޭނާގެ އާއިލާގެ ވާހަކައެވެ. އޭއީޖީ އިން ވަނީ މަރީއްތަ ދިރިއުޅެމުން އަންނަ ކުޑަކުޑަ ފިލާފޮއްޓަށް ޒިޔާރަތްކޮށް އޭނާގެ ހާލަތު ބަލައިފައެވެ.
އެ ޖަމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި މަރީއްތަ އާއި އޭނާގެ ފިރިމީހާ އަދި ތިން ދަރިން ދިރިއުޅެމުން އަންނަނީ ފިލައިން ހަދާފައި ހުރި ފޮއްޓެއްގައިއެވެ. އެ ތަން ހުންނަނީ ގަރާޖު ބަރިއެއްގެ މަތީގައިއެވެ. ތިރީގައި ތިން ގަރާޖު ހުރި އިރު، ގަރާޖެއް މަތީ ފިލައިން ހަދާފައި ހުރި މި ފޮށްޓަކީ މަރީއްތަގެ ކުޑަކުޑަ އާއިލާ ދިރިއުޅެމުން އަންނަ ގެއެވެ.
"މަރީއްތަ އެ ފިލާފޮށި ގެންގުޅެނީ ވަރަށް ރީތިކޮށް، ސާފުކޮށް، ހުދުކޮށެވެ. އެހެންކަމުން ބަލާބެލުމެއް ދުރުން ވަރަށް ރީތި ހެން ހީވެދާނެއެވެ. ހަގީގަތް ސާފުވަނީ ކައިރިވެލީމައިއެވެ. މުޅި ތަނަކީ ފްލައިވުޑު ފިލައިން ހަދާފައި ހުރި 200 ވަރަކަށް އަކަފޫޓުގެ ތަނެކެވެ. ދުވާލު ހޫނު ގަދަކަމުން ކެތްނުވާއިރު، ވާރޭ ވެހޭނަމަ ފެން ނުފައިބާ ކަނެއް ނުހުރެއެވެ. ތަނުގެ އެކި ތަންތާ ކަޅު ޓޭޕު ދަމައިއަޅާފައި ހުއްޓެވެ" އެ ޖަމްއިއްޔާއިން ހާމަ ކޮށްފައިވެއެވެ.
އޭއީޖީގެ ވަގުތީ ރައީސް މިދުއަމް އާއި ވާހަކަ ދައްކަމުން މަރިއްތަ ބުނެފައިވަނީ އެއީ ހަލާކުވެ، ފަޅައިގެން ދިޔައީމައި އަޅާ ޕެޗުތަކެއް ނޫން ކަމަށެވެ.
އެތަނަކީ އެއީ ފިލައިން ހަދާފައިވާ ތަނަކަށްވުމުން ކުރަފި އާއި މީދަލުގެ އުނދަގޫ ވަރަށްވެސް ބޮޑެވެ. ހަލާކުވާ ތަންތަނުގައި ޕެޗު އަޅަނީ މީދާ ވަނުން ހުއްޓުވައި ވާރޭ ވެހޭއިރު ފެންވަނުން ހުއްޓުވަންކަމަށް މަރިއްތަ ބުނެފައިވެއެވެ. އެ ކުޑަކުޑަ ތަންކޮޅުގައި އެ އާއިލާ ދިރިއުޅެމުންދަނީ އިންތިހާއަށް ދަތިހާލުގައެވެ.
މަރިއްތަގެ އަންހެން ކުދިން ނިދާ ތަންކޮޅަކީ ހަމައެކަނި ބަންކު އެނދު ބެހެއްޓޭވަރުގެ ކުޑަ ތަންކޮޅެކެވެ. އެކުދިން ހުރިހާ ކަމެއް ކުރަނީ އެ ކުޑަކުޑަ ތަނުގައެވެ. ބޭރުގައި ނިދަނީ ފިރިހެން ދަރިފުޅާއި ދެމަފިރިންނެވެ. 4 ފޫޓު 2 ފޫޓު ނަގައި ހަދާފައިހުރި ބަދިގޭގައި މަރިއްތައަށް ކިރިޔާ ކޮޅަށް ހުރެވެނީއެވެ. ފިލައިން ހަދާފައި ހުރި ތަނެއް ވީމައި ކައްކާއިރު ވަރަށް ގިނައިން އަރިމަތީ ފިލާގައި ރޯވާ ކަމަށް މަރިއްތަ ބުނެފައިވެއެވެ. އަދި ރޯވެ އަނދާފައި ހުރި ތަންތަންވެސް މަރިއްތަ އޭއީޖީގެ ބޭފުޅުންނަށް ދެއްކިއެވެ.
ނިމުނީއެއް ނޫނެވެ. ފާހާނާގެ ގޮތުގައި އެ ކުޑަކުޑަ އާއިލާ ބޭނުން ކުރަނީ ހަމަ ފިލައިން ހަދާފައި ހުރި ކުޑަ ގޮޅިއެކެވެ. އެތަނުގެ ސީލިންގް އެއްކޮށް ވަނީ ހަލާކުވެފައިއެވެ. ފެން އަންނަނީ އެންމެ އިސްކުރަކުންނެވެ.
އެ ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި އެ ގެޔަށް ދިޔައިރުވެސް ޒާތެއްގެ ތޫނު ވަހެއް މުޅި ގޭގައި ހުރެއެވެ. އެއީ ކޮން ވަހެއްތޯ އަހާލުމުން މަރީއްތަ ބުނީ، އެއީ ތިރީގައި ހުރި ގަރާޖުތަކުން ވެލެޑިންގް ކުރާތީ އަރާ ދުން ކަމަށެވެ.
"މިއީ އިންސާނުން އުޅެން ހެޔޮވާވަތު ތަނެއް ތޯ ހިތަށް އެރިއެވެ. ގޭސް އެއީ ޓޮކްސިކު އެއްޗަކަށް ވާއިރު މުޅިތަނަކީ ފިލައިން ހަދާފައި ހުރި ފޮށްޓެކެވެ. އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެއްޔާ ވާނީ ކިިހިނެތްތޯއެވެ. މީހުން އަދި މުދާ ސަލާމަތް ކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ނޫންތޯއެވެ." އެ ޖަމިއްޔާއިން ބުންޏެވެ.
ކުރީ ސަރުކާރުން ފްލެޓް ލިބުނު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި މަރިއްތަ އަށް ފްލެޓް ލިބުނު ދުވަހަކީ އެއީ މަރިއްތަ އެންމެ އުފާވި ދުވަހެވެ. އެދުވަހު ވި އުފަލެއްގެ މަތީ، ފިރިމީހާއަށް ގުޅައި އެވާހަކަ މަރިއްތަ ހިއްސާ ކުރީ ލޮލުން ކަރުނަ އަޅައެވެ.
މަރިއްތަ ބުނި ގޮތުގައި އޭނާ އަކީ ސިޔާސީ މީހެއް ނޫނެވެ. އެމީހުންގެ ކުޑަކުޑަ އާއިލާއަށް ފްލެޓްތައް ލިބުނީ އެއްވެސް ކަހަލަ ކޮރަޕްޝަނުގެ އަމަލެއް ނެތި ކަމަށްވެސް މަރިއްތަގެ ވާހަކަތަކުން އެނގެއެވެ.
"އަޅުގަނޑުމެންނަކީ ސިޔާސީ ބައެއްނޫން، ދޮގެއް ނަހަދަން، ވައްކަމެއް ނުކުރާންނަން، ތެދު މައުލޫމާތު ދިނީ، ދީގެން ފްލެޓު ލިބުނީ" މަރިއްތަ ކިޔައިދިނެވެ.
ފްލެޓް ލިބުމުން އުފަލުން ރޮވުނު މަރިއްތަ ދެން ރޮވިފައިވަނީ ކުރީ ސަރުކާރުން ފްލެޓު ދިނީ ހައްޤުވެރިންނަށް ނޫން ކަމަށް ބުނެ "ހައްޤުވެރިންނަށް" ފްލެޓުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފައްދާފައިވާ ފެލްޓް ކޮމިޓީން މަރިއްތަގެ އަތުން ޝަރުތު ހަމަނުވާ ކަމަށް ބުނެ ފްލެޓް އަތުލުމުންނެވެ.
މަރިއްތަ އަށް ފްލެޓް ލިބިފައިވަނީ އެޗް7 ކެޓެގަރީންނެވެ. އެ ކެޓެގަރީއަކީ އުމުރުން 40 އަހަރާއި 18 އަހަރާއި ދެމެދު ފަރާތްތަކުގެ ތެރެއިން ކައިވެނިކޮށްގެން ތިބޭ ފަރާތްތަކަށް ހާއްސަ ކެޓެގަރީއެވެ.
ގެއްލުނު ފްލެޓް ހޯދަން ހުރިހާ ކަމެއް ކުރި!
"ހައުސިން މިންސްޓަރީއަށް 3 ދުވަހު ދިޔައިން، އުޅެއުޅެ މީހަކާއި ބައްދަލުނުވި، ޖަވާބެއް ނުލިބުނު، އެންމެ ފަހު ދުވަހު އެތާހުރެ ކެތްނުކުރެވިގެން ރޯން ފެށީ، ރޯތަން ފެނިގެން ކުއްޖަކު އައިސް ބުނި ރައީސް އޮފީހުނޭ ފްލެޓު ކަންތައް ބަލަނީ، އެތަނަށް ދާށޭ" މަރިއްތަ ކިޔައިދިނެވެ.
މަރީއްތަގެ ކޮތަރުކޮށި !
މަރީއްތަ އުޅެނީ ގެއެއްގައި ނޫނެވެ. މަރީއްތަ، ފިރިމީހާ އަދި ތިން ދަރިން އުޅެނީ ފިލައިން ހަދާފައި ހުރި ފޮށްޓެއްގައިއެވެ. އެ ތަން ހުންނަނީ ގަރާޖު ބަރިއެއް މަތީގައިއެވެ. ތިރީގައި 3 ގަރާޖު ހުރިއިރު އެއިން ގަރާޖެއް މަތީ ފިލައިން pic.twitter.com/s3HyFq4q4d
— The Commoners (@commonersmv) January 21, 2021
އޭއީޖީން ބުނީ، ފްލެޓް ހޯދުމަށް މަރިއްތަ ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެކި އިދާރާތަކަށާއި ނުވެގެން ރައީސް އޮފީހަށްވެސް ދިޔަ ކަމަށް އޭއީޖީން ވަނީ ބުނެފައެވެ. ތިން ފަހަރު މަތިން ރައީސް އޮފީހަށް ގޮސް އާދޭސް ކުރިއިރުވެސް އެ ކޮމިޓީގެ މީހަކާއި ބައްދަލުވެފައެއް ނުވެއެވެ. އެފަރާތުން ދިން ނަންބަރަކުންވެސް ފޯނެއް ނުނަގައެވެ.
ގޮތް ހުސްވެގެން މަރިއްތަ އެމްޑީޕީގެ އޮފީހަށްވެސް ގޮސްފިއެވެ. އެތަނުންވެސް މަރިއްތަ އަކަށް ކުރިމަގެއް ނުފެނުނެވެ.
ޕޮއިންޓް ކަނޑާލީ ދިރިއުޅުމުގެ ހާލަތާއި ވަޒީފާގެ މުއްދަތަށް!
މަރިއްތަ ބުނީ، ސަރުކާރުގެ އެކި އިދާރާތަކަށް ގޮސްގެންވެސް ފްލެޓް އަތުލިގޮތް ސާފުވެފައި ނުވާތީއާއި އެދެވޭ ޖަވާބެއް ލިބިފައި ނުވާތީ ދެން ބައްދަލު ކޮށް މައުލޫމާތު އޮޅުން ފިލުވާފައިވަނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ. އެ ކުދިންނަށް ގުޅައި ހެދި ދިރާސާއިން އެނގިގެން ގޮސްފައިވަނީ މަރިއްތަގެ ފްލެޓް އަތުލާފައިވަނީ ދިރިއުޅުމުގެ ހާލަތާއި ވަޒީފާގެ މުއްދަތަށް ބަލައި ކަމެވެ. މަރިއްތަ މާލޭގައި އުމުރު ދުވަހު ހޭދަކުރީ ވަޒީފާގައެވެ.
"ހާބަރު ކަޑާ ހެދީއްސުރެ އެތާގައި ސާފު ކުރުމާއި، ވެއިޓަރުކަން ކުރުމުގައި އުޅުނީ. ދެން އެތަން ފަހުން ބަންދު ކުރީތާ! މިހާރު މިއުޅޭނީ އޭޑީކޭ މަސައްކަތު މީހަކަށް" މަރީއްތަ ކިޔައިދިނެވެ.
ފްލެޓު ކޮމެޓީން ބޭނުންވީ މަރީއްތަ ހާބަރު ކަޑާ ތަކުގައި މީގެ ކުރިން މަސައްކަތް ކުރިކަމުގެ ލިޔެ ކިޔުންތަކެވެ. އެތަންތަނަކީ މިހާރު ބަންދު ކޮށްފައިވާ ތަންތަން ކަމުން ކޮމިޓީން ބޭނުންވާ ލިޔެކިޔުންތަކެއް މަރިއްތައަކަށް ހޯދޭކަށް ނެތެވެ. އެހެން ކަމުން ކޮމިޓީން ބުނެފައިވަނީ "އެހެންވިއްޔާ ކުރާނެ ކަމެއް ނެތް" ކަމަށެވެ. އެކޮމިޓީން ވަނީ މަރީއްތަގެ ދިރިއުޅުކުގެ ހާލަތު ރަނގަޅު ކަމަށް ނިންމައިފިއެވެ. އަދި ވަރިހަމަ ކަމަށް ބަލައި ވަޒީފާގެ ޕޮއިންޓުތައްވެސް ވަނީ ކަނޑާފައެވެ.
މަރިއްތައަށް ކުރީ ސަރުކާރުން ފްލެޓު ލިބުނީ، އެ ގޮތަށް އެތާ މަސައްކަތްކުރި ކަމާއި، އެ ލިޔުންތައް ލިބޭނެ ގޮތެއް ނެތްކަން ތަފްސީލާއި އެކު ސިޓީއަކުން ކިޔައި ދީގެންނެވެ. އަދުގެ ސަރުކާރުން އުފެއްދި ކޮމިޓީން މިހާލަތަށް ރިއާޔަތް ކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ.
ރައިސް ޔާމިންގެ ތަސައްވަރު ވަރައް ފުރިހަމަ
ޒީރޯ ޓޯލަރެންސް
އެމްޑީޕީ ސަރުކާރު އައީ ނިކަމެތިންނަށް އެހީ ވާށޭ ވިދާޅުވި، މިއީ ވަރަށް ދެރަކަމެއް، މިއާއިލާ އަށް ދިން ފްލެޓް އަލުން ދީ..
އެމްޑީޕީ ސަރުކާރުން ކުރިން ވެސް މާލޭގަ ބޮޑެތި ގެ ހުރި މީހުންނަށް ފްލެޓް ދީފަ އެބަ ހުރި... އެމީހުން އެފްލެޓް ވެސް، މާލޭގަ ހުންނަ ގެ ވެސް ކުއްޔަށް ދީގެން އުޅެނީ... ވަރަށް ބޭއިންސާފް ގޮތެއް... އެމްޑީޕީ އަށް ވޯޓް ދިނީ ނިކަމެތި މިކަހަލަ އާއިލާތަކަށް އެހީ ވާނަމޭ ބުނީމަ.. ކޮރަޕްޝަން އެއް ނުހިންގާނަމޭ ބުނެ ވައުދުވީމަ... އެކަމަކު މިހާރު މިފެންނަނީ ވަރަށް ދެރަ މަންޒަރެއް، ނިކަމެތިންނަށް ދެރަ ގޮތް ހަދާތަން.... ހިޔާ ފްލެޓްތަކުގެ ހައްގުވެރިންނަށް ދީ..
ކާކަށް ދޭން ވެގެން ތަ ނިކަމެތި އާއިލާތަކަށް ލިބުނު ފްލެޓްތަށް މިއަތުލަނީ!!!! ވަރަށް ދެރަކަމެއް ...
ހިތްފަޅައިގެން ހިނގައްޖެ! ވަރަށް އަސަރުކޮށްފި! ރޮވިއްޖެ! އެ ޢާއިލާއަށް ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަސްވުމަށް އެދި ﷲ އަށް ދުޢާކުރަން
ނިކަމެއްޗެއްގެ ފުލެޓު އަތުލާފަ އެކްޓިވިސްޓަކަށް ދިނަކަސް ނުދެވޭނޭނުން ކޯޓަކަށް، ދަށު ކޯޓުގައި ފަސްއަހަރު ހައިކޯޓުގައި ފަސްއަހަރު ސުޕުރީމް ކޯޓުގައި ފަސްއަހަރު ވަކާލާތު ކުރަން ހަރަދެއް ނުކުރޭވޭނުން ، ފުލެޓު ދޭނަމޭ ކިޔާފަ އުންމީދުތަށް މައްޗައް ނަގާފަ މިހެން ހެދީމަ ދެރަވާނެ ވަރާއި ރޯނެ ވަރު ވިސްނޭނެ ކިރިޔާ ކަމެއް ވާއިރަށް އަސްލައް ރޮވޭ މީހަކަށް ، އޯގާތެރި ސަރުކާރޯލަ މިއީ ، ކޮންމެ މީހަކު އަޔަސް މުއްސަނދިންނާ ނުފޫޒު ގަދަ މީހުންގެ ހައްގު މި އޮންނަނީ ، ޔާމީނު ކަހަލަ ވެރިޔަކު މި ސިޔާސީ މީހުން މައްޗައް ފާކުރަންވީ އަނެއްފަހަރު ނިކަމެތިންގެ ރައީސަކީ އަސްލު އަބްދުﷲ ޔާމީނު ، ފޭކު އަންނިއާ އިބޫ އެއް ނޫން،
ޢަނެއް ފަނޑިޔާރަށް ކޮތަރު ކަމަށްބުނި ފޮލެޓް ދީ..! ސިޔާސީ ގޭމް ކުޅުނަސް މީ ބޮޑުވަރު...! ބައްޔެއްނު..!
މަށަށްވެސް ފާހަގަވީ ކަމެއް މުޑުދާރުކޮށްގެން އުޅޭތަން ގެންގުޅޭ މީހުންނަށް ފްލެޓް ބެހިކަން . އެހެޔޮ އެންމެ ދަރިއެއް ގޮވައިޮެން ބޮޑު އެޕާތްމަންޓެއްގަ އުލޭބަޔަކަށްވިޮޔަސް...ހާލަތު ބަލަން އައި މީހުނަށާ ބޮޑުންނަށް ވ ސަލާން
އަހަރެން ބޭނުން ގޮތެއް މިގައުމައް ހަދާލާނީ.
ޢެބައުޅޭ އަމިއްލަފަސްގަނޑުގަ މާލޭ މީހުންހަމަ ތިޔަށްވުރެމާހާލުގަ ދިރިއުޅޭ އެމީހުންނަށް އަޅެ ލިބެންޖެހޭނެދޯ ފުލެޓް ޢެމީހުންވަކި ދާނެ އިތުރު ތަނެއް އޮންނާނެތަ؟
ކަލޭ ބޭނުންގޮތްހަދަން ކިހާ ދުވަހަކު ދުނިޔޭގަ ހުންނާނަންެ ބުނެބަލަ
ކާކުތަބުނީ ނިކަމެތިން ރާއްޖެތެރެ ދޫކޮށް ފޮއްޓަށްދާށޭ. ތިވަރުންވެސް މާލޭގައި އުޅެން ބޭނުންވަނީ.
ނިކަމެތި ރައްޔިތުން ރާއްޖެތެރޭގައި އުޅެގެން އެއްވެސް މުސްތަގުބަލެއްނެތް. ރާއްޖޭތެރޭގައި އެއްވެސް ފެންވަރެއް ހުރި ހޮސްޕިޓަލެއް، ސްކޫލެއް އޮފީހެއް، ވަޒީފާ ލިބޭނޭ ތަނެއް ނެތް. ކޮންމެކަމަކަށްވެސް ދާން މިޖެހެނީ މާލެއަށް. ރާއްޖެތެރޭގައި 60-100 ގަޑިއިރުން މަސައްކަތްކޮށްގެން 10ހާސް ނުލިބޭއިރު މާލެއިން އެންމެ 40 ގަޑިއިރުގެ މަސައްކަތުން 20ހާސް 30ހާސް އެލިބެނީ. ރާއްޖެތެރޭގެ ހޮސްޕިޓަލްތަކުން އާދައިގެ ޑަކުޓަރުންނަށް ދައްކައިގެން ބަލި މިވަނީ ހައްތަހާވެސް ގޯސް. ރާއްޖެތެރެއަށް މިގެންނަނީ ކޮލިފައިނުވާތީ މާލެއިން ބޭރުކުރާ ޓީޗަރުން، އޭލެވެލް ހެދެނީވެސް މަދު ރަށްރަށުން. އޭލެވެލް ކިޔަވާ ވަސީލަތެއް ނެތް. ޑިޕްލޮމާއެއް ޑިގްރީއެއް ނެހެދޭ.
މާލޭ ބޮޑެތި ބިން ތިބޭ މިއްސަނދިންނަށް ގެއްލުންވެދާނެތީ. މަގުމައްޗަށް ނިކުމެ ކޮރޮޕްޝަން މިގައުމުގަ ހުއްޓުވިގެން ނޫނީ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ
ފުލެޓު ނިގުޅައިގަނެފައިވާ އެއްމެން ނުކުމެ ނިކަމެތިން އަތުން ފޭރޭ މި ސަރުކާރުވައްޓާލަން ނިކަން ހިފާލަބަލަ
މީ މާލެ އުފަން މީހެއްބާ ރަށެއްގެ މީހެއްނަމަ ބުނަން ބޭނުންވަނީ. މާެުފަލުގަ ރަށުގަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުޅެވޭނޭ
ސާފުތާހިރު ކަމަކީ ދީނުގެ ބަޔެއް އަދި އެކަމުގެ ސަބަބުން އަގުވެސް އުފުލޭ