(ފުވައްމުލައް ސިޓީ) ބަވަނަ ވަމުން އަންނަ ދުނިޔެއާއެކު ކަރުދާސް ނައްތާލައި، މުޅިން އާ ގޮތްތަކެއް ހޯދުމަށް ގިނަ ގައުމުތަކަކުންނާއި އިދާރާތަކަކުން އަދި ކުންފުނިތަކަކުން މަސައްކަތް ކުރެއެވެ. ކަރުދާސް ބޭނުން ކުރުމަކީ ގިނަ ވަގުތު ހޭދަވެ، ކުނި ގިނަވެ، ގިނަ ގެެއްލުންތަކެއް ތިމާވެށީގެ ގޮތުން ބެލި ކަމުގައިވިޔަސް ލިބޭ އެއްޗަކަށް ވާއިރު، ކަރުދާހާ ނުލާ ދިރިއުޅެން ދަސްކުރުމަށް ގިނަ މަސައްކަތްތަކެއް އެކި ތަންތަނުންް އަންނަނީ ކުރަމުންނެވެ.

ކަރުދާހާއި އެންމެ ބޮޑަށް ގުޅި ލާމެހިފައި އޮންނަ އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. އެންމެ ފުރަތަމަ ދަރިވަރަކު ސްކޫލަށް ގޮސް ލިޔާ ފޮތުން ފެށިގެން އޭނާ ސްކޫލު ނިންމާފައި ލިބޭ ސެޓްފިކެޓުތަކާއި ހަމައަށް ހުރިހާ އެއްޗިއްސަކީ ވެސް ކަރުދާހާއި ނުހަނު ބޮޑަށް ގުޅި ލާމެހިފައިވާ ކަންކަމެވެ. ހާއްސަކޮށް ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ކަރުދާސް ނޫން ގޮތެއް ހޯދަން ޖެހޭކަން މުޅި ދުނިޔެއަށް ވަނީ ވިސްނިފައެވެެ.

ތިން ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުން އަންނަ ޏ. އަތޮޅު މަދަރުސާއިން ވަނީ ކަރުދާސް ނޫން ގޮތެއްް ހިޔާރުކުރުމުގެ މަސައްކަތް ފަށައިފައެވެ. ކަރުދާހާއި ނުލާ ކިޔަވައިދޭ ސްކޫލްތަކުގެ އެއްވެސް ކަމެއް ނުކުރެވޭނެެ ކަމަށް ގިނަ ބަޔަކު ދެކެމުން އައި ގޮތް ބަދަލުކޮށްލާ، އިދާރީ ހުރިހާ މަސައްކަތެއް "ޕޭޕަ ފްރީ"ކުރި ސްކޫލެއްގެ ދަރަޖަ ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދާފައި ވަނީ ފަހުރުވެރިކަމާއެެކުއެވެ.

ކަރުދާހާ ނުލާ ސްކޫލްގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުުރަން ޖެހޭ ހުރިހާ މަސައްކަތެއް އެ ސްކޫލުން މިހާރު ވަނީ ނިންމާލައިފައެވެ. ގިނަ އިދާރާތަކުން އެކަން އާންމުކޮށް ކުރަނީ ބޮޑެތި ހޭދަތަަކެއް ކޮށްގެެން ސޮފްޓުވެއާތައް އުފައްދައިގެންނެވެ. ނަމަވެސް އެ ސްކޫލުގެ އިދާރީ މަސައްކަތްތަކުން ކަރުދާސް ނައްތާލާފައި ވަނީ ވަރަށް ކުޑަ ހަރަދަކުންނެެވެ. އެ ސްކޫލުގެ އިދާރީ ކަންކަމުގައި މިހާރު ބޭނުންކުރަމުން އަންނަނީ "ގޫގަލް ޑްރައިވް ޖީ ސުއިޓް ފޯ އެޑިއުކޭޝަން"އެވެ.

ޏ އަތޮޅު ތައުލީމީ މަރުކަޒުގައި ޓެބްލެޓްތައް ބޭނުންކޮށްގެން ދަރިވަރުންތަކެެއް ކިޔަވަނީ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ގޮތަށް ޓީޗަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތްތަކަށް ބަދަލު ގެެނައުމަށް އެ ސްކޫލުން ވަނީ ޓީޗަރުންނަށް އަދި އެހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް ސައުދޫން "ވަގުތު" އަށްް ވިދާޅުވީ، ކަރުދާހާ ނުލައި ސްކޫލްތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ސްކޫލް ހިންގުމުގެ ދާއިރާއާ އަލަށް ގުޅިވަޑައިގަތް ހިސާބުން ވެސް ދެކެވަޑައިގެންނެވި ފޮނި ހުވަފެނެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ މަދަރުސާގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން ފައިނޭންސް ފިޔަވައި ހުރިހާ ޑިޕާޓްމެންޓެއްގެެ މަސައްކަތްތަކެއް މިހާރު ވަނީ ޕޭޕާލެސް ކުރެވިފައި ކަމަށެވެ. ކުރިއަށްް އޮތް ދެތިން ހަފްތާގެ ތެރޭގައި ފައިނޭންސާ ގުޅޭ ހުރިހާ މަސައްކަތަކުން ވެސް ކަރުދާސް ބޭނުން ކުރުން ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްކޫލްގެ ކިޔަވައި ދިނުމުގެ ބައިގެ ވެސް އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަނީ ކަރުދާހާ ނުލައެވެ. ސައުދު ވިދާޅުވީ ކިޔަވައި ދިނުމުގެ ބައިގެ ހުރިހާ ކަމެއް ކަރުދާހާ ނުލާ ކުރުމަކީ ދަތި، އަދި ދަރިވަރުންނަށް އުނދަގޫވެދާނެ ކަމަކަށް ބަލާ އެކަން ކުއްލިއަކަށް ކުރަން ގަސްދު ނުކުރައްވާ ކަމަށެވެ.

ޏ. އަތޮޅު ތައުުލީމީ މަރުކަޒު ޕްރިންސިޕަލް އިސްމާއީލް ސައުދުﷲ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ދަރިވަރުންގެ ކަންކަން ވާގޮތަކީ ހޭންޑްއައުޓްސް، ވޯކްޝީޓު ދިނުން ފަދަ ކަންކަމަކީ އަދި އެއްކޮށް ޕްރިންޓު ނުކޮށް ވާނެ ކަންކަމެއް ނޫން. އެކަންކަމެއް ކަރުދާހާ ނުލައެއް ނުވާނެ ކިތަންމެ ޓެކްނޯލޮޖީ ކުރިއަރައިގެން ދިޔަސް" ސައުދު ވިދާޅުވިއެވެ.

މީގެ އެއް އަހަރު ކުރިން 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ސްކޫލުން ކުރަން ފެށި މި މަސައްކަތް މިހާރު ކާމިޔާބީއާ ހަމައަށް ވާސިލުވެެފައި ވާއިރު، ސްކޫލުން ވަނީ މިކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެނިގެން ގޮސްފައެވެ.

އެ ސްކޫލުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރު މަރިޔަމް އަބްދުލް މަންނާން ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު އެންމެ ބޮޑަށް ފަސޭހަވީ ސިޓީތައް ލިއެގެން މީގެ ކުރިން ޕްރިންސިޕަލް ރޫމަށް ގޮސް އޭގައި ސޮއިކުރުވުން ފަދަ ކަންކަން މިހާރު ކުރަން ނުޖެހި އެކަން މާ ފަސޭހައިން ވާތީ ކަމަށެވެެ.

"އޭރު ޕްރިންސިޕަލް ސްކޫލުގަ ނުއުޅުއްވާ ނަމަ ސިޓީއެއް ނިންމާލަންވެސް އެބަ ނަގާ އެއް ދުވަސް ވަރު. އެކަމަކު މިހާރު އެކަމަށް ނަގަނީ ކުޑަ ވަގުތުކޮޅެއް" މަންނާނު ވިދާޅުވިއެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒު އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމު އަދާކުރައްވަމުން އަންނަ މަރިޔަމް އަބްދުލް މަންނާން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެ ސްކޫލްގެ އެސިސްޓެންޓު ލައިބްރެރިއަން މޫމިނާ އިބްރާހިމް ވިދާޅުުވީ، މިއީ ވަގުތު ސަލާމަތްވާ ކަމެއް ކަމަށެެވެ. އަދި އޭރު ފަސް ވަރަކަށް ދުވަހުގެ ތެރެއިން ކުރާ މަސައްކަތްތައް މިހާރު ކުޑަ ވަގުތުކޮޅަކުން ކުރެވޭ އިރު ކުރަން ޖެހޭ މަސައްކަތްތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ.

"މެެއިންކޮށް އަޅުގަނޑު މި ބަލަހައްޓަނީ އެންޓްރީ އާއި ސްޓޮކް. ކުރީގަ އެންޓްރީ އިންނާނީ ޕްރިންޓުކޮށްގެން ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ސޮއި ބޭނުންވާނެެ. އެއް ދުވަސް ވެސް ނަގާނެ ބައެއް ފަހަރު އެކަން ކުރުމަށް. މިހާރު ކުރިން ފޮތެއްގައި ލިޔެގެން ބަލަހައްޓަމުން ދިޔަ ސްޓޮކްވެސް މިހާރު ސިސްޓަމުން ބަލާލެވޭޭ" މޫމިނާ ވިދާޅުވިއެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ ޓީޗަރުންގެ އިދާރީ ކަންކަމަށް ހާއްސަކޮށް "އެެޑުޕޭޖް" ނަމަކަށް ކިޔާ ސޮފްޓުވެއާއެއްވެސް ބޭނުންކުރަމުންނެވެެ. މި އެޕްލިކޭޝަނުގެ އެހީގައި ފަސޭހަކަމާއެކުު ހާޒިރީ ބެލޭއިރު، މި އެޕްލިކޭޝަން ބޭނުންކުރާ ބެލެނިވެެރިންނަށްވެސް ސްކޫލުގައި ދަރިވަރަކު ނެެތި ގަޑިއެއް ނަގާނަމަ ނޮޓިފިކޭޝަން ލިބިގެން ދެއެވެ. ކޮންމެ ދުުވަހަކުު މުދައްރިސުުން ކިޔަވައިދޭ ރެކޯޑުތައްވެސް އެ ސްކޫޫލުުގައި މިހާރު ބަލަހައްޓަމުން އަންނަނީ މި އެޕްލިކޭޝަނުގެ އެހީގައެވެ.

ޏ. އަތޮޅު ތައުުލީމީ މަރުކަޒު ޕްރިންސިޕަލް އިސްމާއީލް ސައުދުﷲ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް ދަރިވަރުންގެ ހާޒިރީ، އަދި ކްލާސް ރެކޯޑުތައް ރިޕޯޓު ގޮތުގައިވެސް ފަސޭހަކަމާއެކު ތައްޔާރު ކުރެވެެއެވެ. މިއީ މީގެ ކުރިން އެތައް ގަޑިއިރެއް ހޭދަވާ މަސައްކަތްތަކެއް ނަމަވެސް މި ބަދަލާއެކު މިފަދަ ކަންކަން ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާކަމަަށް ޓީޗަރުން ފާހަގަކުރިއެވެ.

އެެ ސްކޫލުގެ އިނގިރޭސި މުދައްރިސް މަރިޔަމް ޒުމްރާ މުނީރު ވިދާޅުވީ މިފަދަ އެެޕްލިކޭޝަނެއް ބޭނުންކުރަން ފެށުމަކީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އެގޮތުން ހާޒިރީ ބެލުމުގައިވެސް މީގެ ކުރިއާ ހިލާފަށް އަވަސް ކަމަށާއި، މިއީ ދަރިވަރުންގެ ހާޒިރީގެ ރެކޯޑުތައް ބެލެހެއްޓުމަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެއް ކަމަަށް އޭނާ ވިދާޅުުވިއެވެ.

"ދަރިވަރިރުންގެ ކިޔެވުމުންވެސް މިކަންކަން ފަސޭޭހަވީމަ ފެނިގެން އެބަދޭ ހެޔޮ ބަދަލުތަކެއް. މިީގެެ ކުރިން ޕޭރެންޓަށް ނޭނގި ނުވަތަ ޓީޗަރަށް ނޭނގި ބައެއް ސްޓޫޑެންޓުން ގަޑިތަކަށް ހާޒިރު ނުވިޔަސް، ކޮންމެ ގަޑިއަކު ހާޒިރީ ބަލަންް ފެށީމަ ވަރަށް ގިނަ ކުދިންގެެ އެޓެންޑެންސް އިން އެބަ ފެނޭ އެ ބަދަލު" ޒުމްރާ ވިދާޅުވިއެވެ.

ޏ އަތޮޅު ތައުލީމީ މަރުކަޒުގެ އިނގިރޭސި މުދައްރިސް މަރިޔަމް ޒުމްރާ މުނީރު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެ ސްކޫލްގެ ޕްރިންސިޕަލް ވަނީ މިގޮތަށް ބަދަލު ގެންނަން ޝައުގުވެރިވާ އެހެން ސްކޫލްތަކަށްވެސް މިކަމުގައި އެެހީތެެރިވާނެ ކަމަށް ވިދާޅުވެެފައެވެ. އެގޮތުން ސްކޫލްތަކުގެ މުވައްޒަފުން މި ސިސްޓަމާއި އެއްގޮތަށް ތަމްރީން ކުރުމުގެ އިތުރުން، މި ސޮފްޓްވެއާ އަދި ގޫގަލް ޑްރައިވް ޖީ ސުއިޓް ފޯ އެޑިއުކޭޝަންގެ އެހީގައި އެހެން ސްކޫލްތައްވެެސް "ޕޭޕާލެސް" ކުރުމަށް އެހީވާނެ ކަމަށް އޭނާ ވިދާޅުވިއެެވެެ. މިހާރުވެސް އެ ސްކޫލުން އަންނަނީ އެހެން ބައެއް ސްކޫލްތަކަށް މިކަަން ކުރުމަށް އެެހީތަރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު ތައުލީމް ހާސިލް ކުރަމުން އަންނަނީ ޖުމްލަ 370 ދަރިވަރުންނެވެ. އެ ސްކޫލަކީ ގްރޭޑް 7 އިން ފެެށިގެން 12 އާއި ހަމަޔަށް އެއް ދަންްފަޅިއަށް ކިޔަވައިދެމުން އަންނަ ސްކޫލަކަށް ވީއިރު، އެ ސްކޫލުގައި އިދާރީ މުވައްޒަފުން އަދި ޓީޗަރުންގެ ގޮތުގައި 90 މީހަކު އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.