ރާއްޖެއަކީ އދ. ގެ ޗާޓަރުގައި ހިމެނިފައިވާ މިނިވަން މުސްތަގިއްލު ދައުލަތެކެވެ. މި ދައުލަތުގެ އެތެރޭގައި އެންމެން އަމަލު ކުރަން ޖެހޭ ގާނޫނު އަސާސީއަކާއި އެ ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ ގާނޫނުތަކަކާއި އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަކާއި އުސޫލުތަކެއް ވެސް އޮވެއެވެ. މި ގާނޫނު އަސާސީގެ ކުރިމަތީ ކޮންމެ ފަރުދަކީ ވެސް ހަމަހަމަ ފަރުދެއް ކަމުގައި ލިޔެ ބަޔާންކޮށްފައި ވެސް އޮވެއެވެ. އެ ގާނޫނުތަކުގައި ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއް މީހަކު ކޮށްފިނަމަ، އެ މީހަކަށް އެ ގާނޫނުތަކުގައިވާ ގޮތެއްގެ މަތިން އަދަބު ވެސް ދޭން ޖެހެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި އުޅޭ އިންޑިއާގެ ބައެއް މީހުންގެ ފަރާތުން ތަފާތު ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު މި މައްސަލަތަކުގައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އަމަލުކޮށްފައި އޮތީ ވަރަށް ތަފާތުކޮށެވެ. މީހުން ރޭޕްކޮށް އިއްފަތް ފޭރުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުގެ ހާލުގައި ތިބެ ރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އެތައް ކަމެއް ކުރި ކަމުގެ މައްސަލަތަކެކެވެ. ދައުވާ ކުރެވޭ ވަރަށް ހެކި އޮވެ، ދައުވާނުކޮށް އެޅި ފިޔަވަޅަކީ ޑިޕޯޓް ކޮށްލުމެވެ. ޖިނާއީ ކުށަކަށް ބިދޭސީއަކު އަރައިގަތަސް މީގެ ކުރިން ދައުވާކޮށް ޝަރީއަތް ހިނގައި ހުކުމް ކޮށްފައި އެބަ ހުއްޓެވެ. އެހެންކަމުން ކުއްލިއަކަށް އައިސްގެން މި އުޅެނީ ކޮން ތަފާތު ކުރުމެއް ހެއްޔެވެ؟

މަސްތު ހާލުގައި ހުރެ ދީނަށް ފުރައްސާކުރި މީހަކު ޑިޕޯޓް ކޮށްލުން

މަސްތުވެ މާލޭ މަގުމަތީގައި އުޅެނިކޮށް އިންޑިއާއަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 2، 2020 ގައެވެ. މި މީހާ މާލެ މަގުމަތީގައި މަސްތުގެ ހާލުގައި އުޅެނިކޮށް ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އޭނާ ވަނީ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށްފައެވެ. އަދި ފުލުހުންނާ ޒުވާބުކޮށްފައެވެ. ރާއްޖޭގައި އޮންނާނީ އޭނާގެ ބާރު ކަމަށް ވެސް ބުނެއެވެ. މި މަންޒަރުތައް ހިމެނޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެގެން ވެސް ދިޔައެވެ.

އެ ދުވަހުގެ ރޭ އެ މީހާ އެ ހުރިހާ ވާހަކައެއް ދެއްކިއިރު ފުލުހުންގެ ބަޔަކު ބަލަހައްޓައިގެން ތިއްބެވެ. އަދި ފަހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލިއެވެ. ފުލުހުން ފަހުން މައުލޫމާތު ދެއްވި ގޮތުގައި އެ މީހާ ވަނީ ދުވަހަކު ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލައިފައެވެ. އޭނާ ފުރުވާލާފައިވަނީ އޮކްޓޯބަރު 13، 2020 ގައެވެ.

އިސްލާމް ދީނާއި މާތް އިލާހަށް ފުރައްސާރަކުރި އިންޑިއާ މީހާއަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ މަޝްހޫރު ކްލިނިކެއްގައެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ތަހުގީގު ކުރަމުން ދިޔައީ އޭނާ މަސްތުވާތަކެތި ބޭނުން ކުރި މައްސަލައެވެ. އޭނާ އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައެއް ބަލަމުން ދިޔަ ކަމަކަށް ވިދާޅެއް ނުވެއެވެ. އޭގެ ޖަވާބުތައް ހޯދަން ނޫސްވެރިން ކުރަމުން ދިޔަ ސުވާލުތަކަށް އޭރު ވެސް ޖަވާބު ލިބިފައެއް ނުވެއެވެ.

ޖިންސީ ގޯނާ ކުރި މީހެއްގެ ތަހުގީގު ނުފެށި ފުރައިގެން ދިއުން

ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމަށް އަޑު ފެތުރިގެން ދިޔައެވެ. ދިވެހި ބައެއް މީޑިއާތަކުން އެ އަންހެން މީހާއާ ހަވާލީ ޚަބަރުތައް ވެސް ގެނެސްދީފައިވެއެވެ. އެ ޚަބަރުތަކުގައިވާ ގޮތުން، އަންހެން މީހާ ބުނަނީ އެ ކަމެއް ހިނގައިގެން ދިޔައީ ޑިސެމްބަރު 29، 2020 ގައެވެ.

އެ ރިސޯޓަކީ ޖޭޑަބްލިއު މެރިއޮޓް ރިސޯޓެވެ. އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމަށް އޭނާ ތުހުމަތު ކުރާ މީހާއަކީ އެ ރިސޯޓްގެ އެފްއެންބީ މެނޭޖަރަކަށް ހުރި މީހެކެވެ. މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ވިދާޅުވެފައިވަނީ ފުލުހުންގެ ސަމާލު ކަމަށް އެ މައްސަލަ އައީ ވެސް މީޑިއާތަކުގައި އެ މައްސަލަ ގެނައުމުން ކަމަށެވެ. މައްސަލަ ތަހުގީގު ކުރަން ފެށިއިރު، އެ މީހަކު ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ.

ރިސޯޓްގައި ރޭޕްގެ އަމަލެއް ހިންގި ކަމަށް ބެލޭނެ ހެއްކެއް ވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ނަމަވެސް، އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުން ދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތް ކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިސްކިތަށް ވަދެ ދިވެއްސަކަށް ހަމަލާ ދިން މީހަކު ޑީޕޯޓް ކޮށްލުން

މިއީ ހުޅުމާލޭގައި މަސްޖިދުލް އަޒީޒާ މިސްކިތް ތެރެއަށް ވަދެ އެ ތަނުގައި ހުރި ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހެކެވެ. މި މަހުގެ 15 ވަނަ ދުވަހު ހިނގި އެ މާރާމާރީގެ ތެރެއިން އެ މީހާ ހަމަލާ ދިނީ އުމުރުން ދުވަސްވީ ދިވެއްސަކަށެވެ. އެ ކަމެއް ހިނގީ އަޞްރު ނަމާދުގެ ޖަމާއަތް ނިމުނު ފަހުންނެވެ. އިންޑިއާ މީހަކު އެ މިސްކިތަށް އަރައި އެ ވަގުތު ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެހި މީހާ ކަރުގައި ހިފައިގަތީއެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ދިވެހި މީހާގެ ކަރުގައި އިންޑިއާ މީހާ ހިފައިގަތީ ދިވެހި މީހާގެ ގައިން ނުބައި ވަސް ދުވާ ކަމަށް ބުނެއެވެ. އެކަމަކު އެ މީހާ މިސްކިތަށް އަރަން ޖެހުނު ސަބަބެއް އަދި ނޭނގެއެވެ. އެއީ މުސްލިމަކަށް ވެސް ނުވާތީއެވެ. މަންޒަރު ދުށް ބައެއް މީހުނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މާރާމާރީ ހިންގި އިންޑިއާގެ އެ މީހާ މިސްކިތަށް އެރިއިރު ހުރީ މަސްތުގެ ހާލަތުގައެވެ. އަދި އޭނާ ވަގުތުން އެ ތަނުގައި ތިބި މީހުން ހިފެހެއްޓިއެވެ.

ޕީޖީގެ ނިންމުން ދިފާއު ކުރަން ދެއްކީ މަސްލަހަތު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އިންޑިއާ މީހާ ޑިޕޯޓް ކޮށްލަން ނިންމި ސަބަބަކަށް ފާހަގަކުރަނީ މަސްލަހަތެވެ. އެ އޮފީހުން ވިދާޅުވި ގޮތުގައި އެ ގޮތަށް ނިންމީ އެންމެ މަސްލަހަތު ބޮޑު ގޮތަކީ އެއީ ކަމުގައި އެ އޮފީހަށް ފެނުމުންނެވެ. އަދި އެ އޮފީހުން އެ ގޮތަށް ނިންމާފައިވަނީ މައްސަލާގައި އަނިޔާ ލިބުނު ފަރާތާއި މައްސަލަ ތަހުގީގު ކުރަމުން އައި ފަރާތާ މަޝްވަރާ ކުރުމަށް ފަހު، އެއީ އެންމެ މަސްލަހަތު އޮތް ކަމުގައި އެ ދެ ފަރާތުން ވެސް ފާހަގަކުރުމުން ކަމަށެވެ.

އެކަމަކު އެއީ މަސްލަހަތު ބޮޑު ގޮތް ކަމަށް ވާނެ ގޮތެއް ވެސް ނުވިސްނެއެވެ. މީގެ ކުރިން ރާއްޖޭގައި ބިދޭސީން މަރާމާރީގެ އަމަލު ހިންގައިގެން ހައްޔަރު ކުރުމަށްފަހު ދައުވާ ކޮށްފައިވެއެވެ. އަދި ޝަރީއަތް ހިންގައި ހުކުމް ވެސް ކޮށްފައިވެއެވެ. ދިވެހި ދައުލަތުގެ އެތެރޭގައި ތިބެ، އެ ދައުލަތުގެ ގާނޫނުތަކުން ކަނޑައަޅާފައި އޮންނަ ޖިނާއީ ބޮޑު ކުށެއް ކުރާ ބިދޭސީއަކަށް އަބަދު ނުދީ ބޭރަށް ފޮނުވާލުމަކީ މަސްލަހަތު ބޮޑު ގޮތް ހެއްޔެވެ؟

އިންޑިއާ ސަރުކާރާ ގުޅުން ބަދަހި ކުރުމަކީ އިންޑިއާ މީހަކަށް ފިޔަވަޅު ނޭޅުން؟

މިއާ އެކީ ދެން އުފުދޭ ސުވާލަކީ އިންޑިއާ މީހުނަށް ތަފާތު އުސޫލެއް އޮންނަނީ ހެއްޔެވެ؟

އިންޑިއާ މީހަކު ކުށެއް ކުރުމުން އެއަށް ކަނޑައެޅިފައިވާ އަބަދު ދޭން މި ސަރުކާރަށް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ. މި އަޑު މި ގޮތަށް ގަދަވާ އަނެއް ސަބަބަކީ އިންޑިއާގެ ސަރުކާރާ މިހާރު ރާއްޖޭގައި އޮތް ސަރުކާރު ގުޅުން ގާތްވުމުންނާއި އިންޑިއާ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް މި ސަރުކާރުން ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާތީއެވެ.

އެހެންވިޔަސް ސަރުކާރުގެ އަމަލުތަކާއި ޕީޖީ ފަދަ މިނިވަން މުއައްސަސާއެއްގެ ނިންމުންތައް މި ހުރި ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ބާރެއް ނުލިބޭނެ ހެއްޔެވެ؟

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު ޝަފީއު އަހުމަދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އެއްވެސް ސަރުކާރަކަށް މަސައްކަތް ނުކޮށްދޭ ކަމަށެވެ. އެ އޮފީސް ދެމި އޮތީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަމަށާއި އެ އޮފީހުގެ ނިންމުންތަކަކީ މިނިވަންކަމާއެކު މައްސަލައެއްގައި ހިމެނޭ ދެ ފަރާތުގެ މަސްލަހަތަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ޝަފީއު ވިދާޅުވިއެވެ.

"އެ މައްސަލައެއްގައި ހިމެނޭ މީހާގެ ގައުމު، އެއީ އިންޑިއާއަށް ވުން، ބަންގްލަދޭޝްއަށް ވުން، ޕާކިސްތާނަށް ވުން، އެ ގޮތަށް އަޅުގަނޑުމެން ނުބަލާނެ، މި ކަމުގައި ބަލާ މަސްލަހަތަކީ އިންޑިއާ މީހަކަށް ވާތީ އޭނާގެ މަސްލަހަތެއް ވެސް ނޫން، މި މައްސަލަގާއި ވެސް އަޅުގަނޑުމެން ނިންމި ނިންމުމަކީ އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ވެސް ހިމާޔަތް ކުރެވޭ ނިންމުމެއް، އެ ފަރާތާ ވެސް މަޝްވަރާކޮށް އެ ފަރާތުން ވެސް ބޭނުންވެގެން ނިންމި ނިންމުމެއް،" ޝަފީއު ވިދާޅުވިއެވެ.

އެހެން ވިޔަސް އިންޑިއާއަށް ނިސްބަތްވާ ބަޔެއްގެ މައްސަލައެއްގައި އެހާ ކައިރި ކައިރިން އެ ބަޔަކަށް ދައުވާނުކޮށް ޑީޕޯޓް ކޮށްލަން ނިންމި ނިންމުމަކީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ އިންޑިއާ ސަރުކާރާ އޮންނަ ގުޅުމަކާ އެކު ދިވެހި ދައުލަތަށް އަންނަ ޕްރެޝަރެއްގެ ސަބަބުން ނިންމޭ ކަންކަން ހެއްޔެވެ؟ މިއީ ބޭރު ބަޔެއްގެ "އުނގަށް" މުޅި ދިވެހި ދައުލަތް ވެއްޓުމަށް ނޫނީ ނުވާނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ހުސެން

  އިންޑިއަން އާ އެބަވް ދަ ލޯ އޮފްމޯލްޑިވްސް ދޯ އެލެކްސް.އެލެކްސް އަކީ އިންޑިއާ ޕްރޮމޯޓު ކުރަން އިންޑިއާ އިން މުސާރަ ދީފަ ހުރި މާކޭޓިންގް އެޖެންޓެއް

  68
  2
  • ޜަޟީ

   ޙެއްކަކީ ކޮބާ

   7
   22
   • ނަގޫރޯޅި

    ހެކިދައްކާ ހިސާބައް ގެންދިޔައިމަ ހެކިދައްކާނަން.

    17
   • ރޮސީ

    ހެއްކަކީ އެންމެނަށަވެސް ފެންނަ މި ގައުމުގައި ވަމުންދާކަންތައް.

    ހެކި ނުފެންނަނަމަ އެހުމުގެ ބޭނުމެއް ނެތް. ފެންނަން ބޭނުން ނެތިއްޔާވެސް އެހުމުގެ ބޭނުމެއް ނެތް. އަދި ފެނުނިއްޔާ ގަބޫލުނުކުރާނަމަވެސް އެހުމުގެ ބޭނުމެއް ނެތް.

    21
   • ދސ

    ޜަޟީ އަކީ ވެސް ހެއްކެއް

  • Anonymous

   މިގައުމަކީ އަމިއްލަވަންތަކަމެއް ނެތް ގައުމަކަށްވީތަ؟ ގާނޫނެއް ގަވާއިދެއް ޝަރިއަތެއް ނެތީތަ؟ ދިވެހި ބިމުގައި ހުރެ ދިވެއްސެއްގެ އަގަޔަށް އަތްލާ ލޭ އޮހޮރުވާލީމަ ރަށަށް ވަރަށް ކަޑަ ތީތި

   51
  • ޙައްގުބަސް

   މިހާރު ދެން މާ މައްޗަށް ކަންކަން މިގެންދަނީ!! މިރާއްޖޭގެ އެކި ތަންތާ އިންޑިޔާ މީހުން ހިންގާ ޖިނާޢީ އެއްވެސް ކުށެއް މިސަރުކާރުން ތަހްގީގުކޮށް މިރާއްޖޭގެ ގާނޫނުގެ ތެރެއިން ދަޢުވާކުރަމުން ނުދޭ!! އޭގެ ބަދަލުގައި ކޮންމެ މީހަކުވެސް ގައުމަށް ފޮނުވާލަނީ!! އިސްލާމްދީނަށް ފުރައްސާރަކޮށް މަގުމަތީގައި ހުރެގެން ހަޅޭލެވި މީހާވެސް ފޮނުވާލީ!! ދާދިފަހުން ރިސޯޓެއްގައި އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަޚްލާގީ ޢަމަލު ހިންގި މީހާ ފޮނުވާލީ!! މިހާރު މިފޮނުވާލީ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށްއަތްލާ މާރާމާރީ ހިންގި މީހެއް!! އަދި ކޮބާ އަތޮޅުތެރޭ ޓީޗަރުންގެ ގޮތުގައި ތިބޭ އިންޑިޔާ މީހުން ކުދިންނާ މެދު ބަދުއަޚްލާގީ އަމަލުހިންގާ މީހުން! އެޑިއުކޭޝަނުން ސިއްރިޔާތުގައި މީހުން ފޮނުވާލާ!! މިދޭތެރެއިން މ އަތޮޅުން މިފަދަ އަމަލެއް ސްކޫލުގެ ދަރިވަރަކާއެކު ހިންގި އިންޑިޔާ މީހަކު ފުރުވާލާފައިވޭ!! މިއީ މިސަރުކާރުން ގާނޫނުތަކާއި ދެކޮޅަށް ހިންގާ ޖަރީމާނޫން ދެން ކޮންކަމެއް؟ އަނިޔާ ލިބޭ މީހުންގެ ޙައްގުތަކުގައި މިސަރުކާރުން ކޮޅުފައިންޖަހަނީ!! ދެން ދިވެހި ރައްޔިތުން ޖެހެނީ އަމިއްލައަށް އިންޑިޔާގެ މިފަދަ ނުބައި ޢަމަލު މިރާއްޖޭގެ ފަސްގަނޑުގައި ތިބެގެން ހިންގާ މީހުންގެ ކިބައި ހޯދަން!! އިންސާފު މަގުމަތިން ހޯދަން މަޖުބޫރުކުރުވަނީ ސަރުކާރުން ރައްޔިތުންނަށް ޙަރާމްކޯރުވާތީ!! އިންޑިޔާއައުޓް#

   25
 2. ސުވާލު

  ކައި ނިމި ތަށި ހުސްވީމަވެސް ތި ކަނީހޭ އެހުން ކަހަލަކަމެއް ތިޔައީ.

  ބަލަ އުނގަށް ވެއްޓެނީއެއް ނޫނޭ، އުނގަށް އެ ރި ނިމިއްޖެޔޭ!

  71
  1
 3. އިބުރާހީމް:

  ވަރަށް ރަގަޅު ލިއުމެއް!

  59
  1
 4. ނިޒާމު

  އުނގައް ވެއްޓި ނިމިފަ ވެއްޓެނީކީނޫން...

  65
  1
 5. އިބުރާހީމް

  މީ ލާދީނީ ސަރުކާރެއް މޯދީގެ ގޮޑިކޮއްކޮ ދޫނުކޮން ކީންކުރާނި މި ޤައުމު މިހާރުމީ އިންޑިޔާދެ އަވަށެއް

  60
  1
 6. ނަންރީތި ހުސޭނު

  ތި ބުނާގައުމުގެ އުނގުތެޜޭ ތާށިވެ ނޭވާލާން ދަތިވެއްޖެ. އިންޑިޔާ ނަ ރުސްކުއްޖާ ފު ރުވަންވެސް ފެ ރީކައި ރިއައްވެސް މިހާ ރު ގެނެސްދެނީ ޖ ބޯޑުޖެހި ސަ ރުކާ ރުގެ ކަޅުކާ ރުގަ. މިއަދުވެސް މިގޮތައް މިކަންހިންގި. އަނެއްކޮޅުން މިހާ ރުވެސް ދިވެއްސެއްވިޔަސް ވޯކްވިސާގަވެސް އިންޑިޔާއިން ރާއްޖެއައިސްސިއްޔާ ކަ ރަންޓީނުވެސްވާކައް ނުޖެހެ.

  42
  1
 7. ކޮމެންޓު

  މިސަރުކާރެއް ނޫން އިސްތިއުފާ ދެއްވީ ރައީސްގެ ފަހުން އިންޑީއާ މީހުންނާ ނުކުޅެވޭ. އެޗްއައިވީ ލޭއެޅި މީހާވެސް ފުރައިން ދިޔައީ ޖަލުގަ ހުރިމީހަކުވެސް ފޮނުވާލީ މއީ ހަމަ އެ ސުންޕާ ވެރިކަމުގެ ސުންޕާކަން

  21
  3
 8. ޝޮކްތެރަޕީ

  ރާއްޖޭގެ މިނިވަންކަމާ ދިވެހި ވަންތަކަން މިވަނީ އިންޑިޔާއަ ހަދިޔާކޮއްފަ. މިކަމުން އަރައިގަނެވޭނީ ދިވެހިން އެކެތިކަނޑަކައް ވެގެން.

  36
 9. ޒާލިފް

  ކޮބާ ކަލޯ ކިހިނެއްވަނީ. ޔާންޓޭ ނުހޮވަން ފައިސާދިނީ އިންޑިޔާއިން. ދެން މި އޮތީ އަޅުވެތިވެފަ.ދުނިޔޭގެ އެއްވެސް ގައުމެއް ނޯންނާނެ މިގޮތަށް އަމަލުކުރާ. ނާސރު އިރުވެސް މައުމޫނު އިރުވެސް މައްސަލަތައް ނެލޭ. ކެނެރީވެރިކަމުގަ މައްސަލަ ބެލުމެއްވެސް ނއތް. މިވަރަށް ދެން އިންސާފު ގާއިމްވާނީ. ޖުޑީސަރީމިނިވަންވުމޭ ކިޔަނީ ޖުޑީސަރީ ކެނެރީ ނުވެގެން ދެން ވޯޓް ދިން މީހުން ތިބޭ. ވާނެ ހައެތި މިވީ

  36
  1
 10. Anonymous

  މިގައުމަކީ އަމިއްލަވަންތަކަމެއް ނެތް ގައުމަކަށްވީތަ؟ ގާނޫނެއް ގަވާއިދެއް ސަރިއަތެއް ނެތީތަ؟

  35
 11. ޙަބީބު

  .ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ މަޖިލީހުގެ ރައިސްކަމައް އަ ރާއިން ރާބޮނދި މިތަން ހަލާކު ކޮއް ނިމިއްޖެ މުޅިދައުލަތް ދޮވެލާ ނިމިއްޖެ

  10
 12. ާއަހުމަދު

  ހާދައަވަހަކަށް މައްސަލަ ނިންމާލީ ޕީޖީހާދަމޮޅޭ
  ކުރިކޯޗުގެ މައްސަލަ އަށް ވަނީ ކިހިނެއްބާ

 13. ކައްބެ

  އިންޑިއާގެ ހުރިހާރަށްޔަތުންނަށްވެސް އެނގޭ ދިވެހިދައުލަތް ހިންގަނީ އިންޑިއާއިންކަން ރާއްޖޭގަ މަސައްކަތްކުރާ ހުރިހާ އިންޑިއާ ރަށްޔަތުން ވަރަށް ފަހުރުވެރިކަމާއިއެކު އެބަބުނޭ މަމެންނަކާ ނުކުޅެވޭނެޔޭ މިގައުމުގައި ވެރިކަންކުރަނީ އިންޑިއާއިންނޭ ..

 14. ނަރުގިސް

  ނޭންގުނަސް މިތާންގާ ކުރަނީ އިންޑިޔާގެ ވެރިކަމެއް ޖެހޭނީ މޯދީ ބޭނުންގޮތަކައް ނިންމަން އިންޑިޔާމީހަކައް ކޮންމެކަމެއް މިތާކުރިޔަސް ފިޔަވަޅެއްނޭޅޭނެ

 15. އިބްރާ

  ރ. ޔާމީން ސަރުކާރުގައި ފ އަތޮޅުގައި ސައޫދީއަށް ބިމެއްދީގެން ހިންގަންއުޅުުނު މަޝްރޫއަކީ ދުބާއީގައި ވިޔަފާރިކުރަންތިބި އިންޑިޔާ ވިޔަފާރިވެރިންނަށް ލިބުނު ބޮޑު ޝޮކެކެވެ. ސަބަބަކީ ސައޫދީން ފ އަތޮޅު ތަރައްޤީކުރިނަމަ އެފްރިކާ ބައްރުގެ ވިޔަފާރި ދުބާއީން ގެއްލި އެވިޔަފާރި އިންނާނީ ރާއްޖެއަށެވެ. އެހެންކަމުން އިންޑިޔާ ސަރުކާރުން ވަގުތުން ކުރި މަސައްކަތުގައި އެކަމަށް ވާގިދިނީ އޭރުގެ އިދިކޮޅެވެ. މިއީ ރާއްޖެއަށް ލިބުނު ކިހައިބޮޑު ދެރަކަމެއްތޯއެވެ. ރައްޔިތުންނޭވެ. މި ސަރުކާރަކީ ރާއްޖެއަށް އެއްގޮތަކަށްވެސް ހެވެއް އެދޭނެ ބައެއްނޫންކަން މި ކަމުން އެނގޭ ނޫންތޯއެވެ.

  15
 16. ކިނބޫ

  ވެއްޓެނީ!؟ ވެއްޓި ނިމި އަވަދި ވެފަ. އިންޑިއާ ވިސާ ހޯދަން އެ ކިއްލާއަށް ދިޔަ މީހަކަށް އެނގޭނެ އަޅުވެތިކަން އޮތް މިންވަރާ އެމީހުންގެ ބޮޑާކަން ހުރިވަރު.

  12
 17. ވެރިން

  ހަދާނަށް އައްނަނީ ފައުޒިއްޔާ އާ މަ ރިޔަމް ރަޝީދާ އަށް ޖައްސާލި ހާލު.

 18. މަސްތުވާހަތު

  މިއީ ވަރަށް ބޮޑަށް މަސްލަހަތު ގެއްލިދާނެ ކަމެއް ބޭރު މީހުން ކުއްކުރީމަ ފިޔަވަޅު ނޭޅުން ދި ދިވެހިން އަމިއްލަޔަށް އިންސާފު ހޯދަން ފަށައި ފިއްޔާ ކޮން މަސްލަހަތެއް އޮންނާނީ.

 19. ޏެގެޓިވް

  ބިދޭސީން ކުއްކުރުމުން ޖަލައް ލީމަ ޚަރަދު ކުރަން ޖެހެނީ ދައުލަތުން.

 20. ލާދީނީ އަންނި

  އަޅުގަނޑު ބޭނުންވާ ގޮތައް މިގައުމު ހިނގާނީ.

 21. އަހައްމާދީ

  އިންޑިޔާގެ އެއްސްޓޭޓް/ މި ޤައުމުއޮތީ ވިކިފައި، ދަށުވެފައި ، މިހާރު ރާއްޖޭގެ އަސްކަރިއްޔާގެތެރޭގައި ގޮތްނިންމަނީ އެމީހުން، މިކަން އެތަނުގެ ސީނިއަރ އޮފިސަރެއްގެ ދުލުން ބަޔާން ކޮށްދީފި، ތިޔައޮތީ ފެތުނު އޮޑީގެ ރިޔާދަށުވެފައެވެ.