ރާއްޖޭގައި ކަރަންޓީނު ވުމަށް ތައްޔާރު ކޮށްފައިވާ ފެސިލިޓީތަކާއި ބެހޭ ގޮތުން މީގެ ކުރިން އެކި އެކި ވާހަކަތައް ވަނީ ދެކެވިފައެވެ. ބިދޭސީންނާއި ދިވެހިންނާއި ތަފާތު ކުރާ ވާހަކަވެސް ވަނީ އަޑުއިވިފައެވެ. އެހެން ނަމަވެސް އެވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. މިކަންކަމުގައި ކޮންމެވެސް ކަހަލަ ނުބައި ކަމެއް އުޅޭކަމަށް ވިސްނަމުން އަންނަނިކޮށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިއަކު ވަނީ ރާއްޖޭގެ ކަރަންޓީނުގެ ހާލަތު ކިޔައިދީ ބޭޒާރު ކޮށްލާފައެވެ.

"މީޑިއަމް" ގައި ކެތެރިން ޝުލާ ނަމަކަށް ކިޔާ ފަތުރުވެރިއަކު ލިޔެފައިވާ ލިޔުން ކިޔާލުމުން ހައިރާންވިއެވެ. ކެތެރިން އާއި އޭނާގެ ބައިވެރިޔާ ރާއްޖެއައިސްފައިވަނީ 10 ދުވަހުގެ ޑައިވިން ދަތުރަކަށެވެ. ރާއްޖޭގެ ރީތި ފަރުތަކާއި މަސްމަހާއި މެހި ބަލާލުމަށެވެ. އޭނާ ބުނީ ފުރަތަމަ އެ ދަތުރު ކުރުމުގެ ކުރިން އެންމެ ރައްކާތެރީ ކޮން ގައުމުތަކެއްތޯ އާއި ކަރަންޓީނު ފެސިލިޓީތައް އެންމެ ހިތްގައިމީ ކޮން ކޮންތަނެއްތޯ ބެލި ކަމަށެވެ.

އެ ހުރިހާ ކަމަކަށް ބަލާލިއިރު، ރާއްޖެއިން ވަނީ 94 ސަފުހާގެ ޑޮކިއުމެންޓެއް އާންމު ކޮށްފައެވެ. އެ ޑޮކިއުމެންޓްގައި ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރާގޮތް ވަނީ ވަރަށް ސާފު ކޮށް ބަޔާން ކޮށްފައެވެ. އެހެން ކަމުން ކެތެރިން އެކަމަކާއި ނުވިސްނައެވެ.

ބޯޓުން ފައްސި ވޭދަނައެއް، ޓެސްޓެއް ނުކުރެވުނު

ކެތެރިން އާއި އޭނާގެ ބައިވެރިޔާގެ ޑައިވް ދަތުރު ނިމިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ބުނީ، އެއީ އޭނާ އުފާވި ދުވަހެއް ކަމަށާއި ޑައިވް ކުރި 10 ދުވަހުގެ ތެރޭގައި މޫދުގައި އުޅުނު އެކި ކަހަލަ ދިރުންތައް އެމީހުންނަށް ފެނުނު ކަމަށެވެ.

އެ ދަތުރު ނިންމައިލުމަށްފަހު ކޮންމެ މީހަކުވެސް އެ މީހެއްގެ ޤައުމަށް އަނބުރާ ދާން ތައްޔާރުވަނިކޮށް، އެ ބޯޓުގައި ދަތުރުކުރި ދެ ފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވި ޚަބަރު ލިބުނެވެ. އެހިސާބުން ދެން ޖެހުނީ ރާއްޖޭގެ ސަރުކާރުން އެކުލަވާލާފައިވަނީ ގައިޑްލައިންތަކަށް ބޯލެނބުމަށެވެ.

ބޯޓުގައި ތިބި މެނޭޖަރުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ބޯޓުގައި ދެ ފައްސި ވޭދައެއް އުޅޭ ކަމުގެ މައުލޫމާތު ދިނެވެ. އަދި އެމީހުންނަށް އަވަސް މުއްދަތެއްގައި އަނބުރާ ޤައުމަށް ނުދެވޭނެ ކަމުގެ ޚަބަރުވެސް ވަނީ ދީފައެވެ.

ރާއްޖެއަށް ކުރި ދަތުރުގެ ތަޖުރިބާ ގޯސްވާން ފެށީ ކަރަންޓީނުގެ ކަންކަން އެޗްޕީއޭއިން ފުރިހަމަކޮށް، ކަރަންޓީނު މަރުކަޒަކަށް މީހުން ބަދަލުކުރަން ހަތަރު ވަރަކަށް ދުވަސް ހޭދަވެދާނެ ކަމަށް މައުލޫމާތު ލިބުނު ހިސާބުންނެވެ.

އޭގެ ފަހުން ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކެތެރިންމެންނަށް ވަނީ ފަން އައިލޭންޑް ރިސޯޓުގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް ބުނެފައެވެ. ރިސޯޓެކޭ ބުނުމުން އެތަނަކީ ކޮބައިތޯ ބެލުމުން ވަރަށްވެސް ރީތި ތަނެއް ގޮތަށް ފޮޓޯތަކުން ފެނުނެވެ.

ކަރަންޓީނުގެ މުއްދަތަށް ދުވާލެއްގެ މައްޗަށް މީހަކަށް 75 އެމެރިކާ ޑޮލަރު އެމީހުން ދެއްކިއެވެ.

އެ ދުވަހު އެމީހުން އެ ރަށަށް ގެންދިޔައިރުވެސް ބާކީ ތިބި ކޮންޓެކްޓުން ޓެސްޓުނުކުރާ ކަމަށާއި، އެ ރަށަށް ދިއުމަށްފަހުގައި އެ ރަށުން ބައްދަލުކުރި ޑޮކްޓަރު ބަލީގެ އަލާމާތްތަކާމެދު ސުވާލުކުރި ކަމަށާއި، ޓެސްޓުނުކުރާކަން އެނގުމުން ޑޮކްޓަރުވެސް ހުރީ ހައިރާންވެފައި ކަމަށް ކެތުރީން މީޑިއަމްގައި ލިޔެ ޝާއިޢުކޮށްފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

ކެތެރިން ބުނީ، އެތަނަށް ދިއުމުން ދެ ގަޑިއިރުވަންދެން ކޮޓަރިއެއްގައި ބަހައްޓާފައި ތިބި ކަމަށާއި ކުޑަމިނުން ފެން ފޮދެއްވެސް ދީފައި ނުވާ ކަމަށެވެ.

ކޮޓަރިތަކުގެ ނުފެންނަ ފަޅި

ކެތެރިން ބުނީ އެމީހުން ކަރަންޓީނުވާ ކޮޓަރިތަކާއި ހަމައަށް ދެވުނީ އެދުވަހުގެ ރޭގަނޑު 9 އެހާކަންހާއިރު ކަމަށާއި ކޮޓަރިތައް ފެނުމާއި އެކީ އެންމެންގެ ލޮލުން ކަރުނަ ހިލުނު ކަމަށެވެ. އޭނާ ވަނީ "މީޑިއަމް"ގައި އެމީހުން ތިބި ކޮޓަރީގެ ފޮޓޯ އާންމުކޮށް ސަރުކާރު ލަދުގަންނަން ޖެހޭ ކަމަށް ބުނެފައެވެ.

އެ ކޮޓަރިތަކުގައި ގިނަ ޢަދަދަކަށް ހިންޏާއި އެ ނޫންވެސް ދިރޭ ސޫފި އުޅުނު ކަމަށް އޭނާ ލިޔުނެވެ. ފާޚާނާ ހުރީ ފުސްޖަހައި ހަލާކުވެ ހަޑިވެފައެވެ.

ސައިބޯންޏެއް ހަށިގަނޑު ދޮންނަން ބޭނުންކުރާނެ އެއްވެސް އެއްޗެއް އެތާކު ނެތެވެ. މުޅި ފާޚާނާގައި އަތް ދޮންނާނެ އެއްޗެސްވެސް ނެތެވެ. ހަމައެކަނި ހުރީ ފާޚާނާގައި ބޭނުންކުރާ އެއް ރޯލެވެ.

"މިއީ ނޭވާލާ ނިޒާމަތް ޖެހޭ ބައްޔެއް ޖެހިގެން ބަޔަކު މީހުން އެކަހެތި ކުރާވަރުގެ ތަނެއްތޯ؟" ކެތެރިން ބުންޏެވެ.

ކެތެރިން ބުނީ، އެތަން ފެނުމާއި އެކީ އަވަހަށް ދުއްވައިގަތީ އެމްއެންޑީއެފްގެ ބޭފުޅުން ތިބި މެޑިކަލް ރޫމަށް ކަމަށެވެ. އެތަނަށް ގޮސް އާދޭސް ކުރި ކަމަށް ކެތެރިން ބުންޏެވެ.

"އާދޭސް ކޮށްފައި މިބުނަނީ... މިތަނުގައި އަޅުގަނޑުމެން ނުނިންދަވާ. އެންމެ ކުޑަމިނުން ސާފު ކުރާނެ ތަކެތި ފޯރުކޮށްދީ" ކެތެރިން ބުންޏެވެ.

ސިފައިންގެ ބޭކަލުން ޖަވާބުގައި ވިދާޅުވީ އެ ރިސޯޓު ބޭނުންނުކުރާތާ 8 މަސްވެފައިވާ ކަމަށެވެ. ނަމަވެސް ކޮޓަރިތައް ސާފުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ކޮޓަރިތަކަށް ގެންގޮސް އެ ބޭކަލުންނަށް ތަނުގެ ހާލަތު ދެއްކުމުން އެ ބޭކަލުންނަށްވެސް ލިބުނީ ސިހުމެއް ކަމުގައި ކެތެރިން ބުންޏެވެ.

ފަހުން ކޮޓަރިތައް ސާފުކުރުމަށް ބްލީޗާއި އިންސެކްޓް ކިލާ ދިން ނަމަވެސް، ސާފުކުރަން ބޭނުންކުރާނެ ފޮތިކޮޅެއްހައި މިންވެސް ނުދޭ ކަމަށް އޭނާ ލިޔުނެވެ. އެމީހުން ތިބި ކޮޓަރީގައި ތިބި ފަތުރުވެރިން އޮށޯވެލަން ދިން ގޮދަޑީގައި ތައްމަކުނު އަޅާފައި ހުރުމުން އެ ގޮދަޑި ބޭނުންނުކުރެވި އެހެން ކޮޓަރިއަކަށް ބަދަލުކުރި ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނު

ކެތެރިން ބުނީ އެތަނުގައި ހޭދަވި ދުވަސްތަކުގައި އަހަން ބޭނުންވާ ވަރަށްވެސް ގިނަ ސުވާލުތައް ހުރި ކަމަށެވެ. އެގޮތުން އެތަނުން ދެވޭނީ ކޮންއިރަކުތޯ، އެތަނުން މީހަކު ނައްސިވެއްޖެނަމަ ދެވޭނެ ކަމާއި މިހެން ގޮސް 10 ވަރަކަށް ސުވާލު ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެނަސް އެތަނުގައި ހަރަކާތްތެރިވި ސިއްހީ ޓީމުގެ ފަރާތުން އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބޭ ކަމަށާއި އެދުވަހާއި ހަމައަށްވެސް ކަރަންޓީނުވާން ޖެހޭ ކަމަށާއި ފައިސާ ދައްކަން ޖެހޭ ކަމުގެ ލިޔެކިޔުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭގެ ފަހުން "ވަޓްސްއެޕް" ގްރޫޕެއްގައި ކޮންމެ މީހަކަށް 75 ޑޮލަރު (1050 ރުފިޔާ) ޕީސީއާރު ޓެސްޓު ހެދުމަށް ދައްކަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. ވަކި ހާއްސަ ލިންކެއް ފޮނުވިއިރު، އެ ލިންކަށް ނުވަދެވިގެން އެތައް ފަހަރަކު މަސައްކަތް ކުރަން ޖެހުނެވެ. އެންމެ ފަހުން ދައްކަން ޖެހުނީ ފައިސާއިންނެވެ. ބައެއް މީހުން ކާޑުން ފައިސާ ދެއްކުމުން ދެފަހަރަށްވެސް ކެނޑުނު ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެކަމަކާއި ޖަދަލެއް ނުކުރެއެވެ.

ހެލްތު ޗެކްއަޕް ނުހަދާ، ހާލުވެސް ބަލައިނުލާ

ކެތުރީން ބުނެފައިވާ ގޮތުގައި ކަރަންޓީނުގައި ތިބޭތާ 3 ދުވަސްވީއިރު، އެ ފެސިލިޓީގައި މަސައްކަތްކުރާ މެޑިކަލް ޓީމުން އެއްވެސް ގޮތަކަށް އެމީހުންގެ ހާލު ނުބަލައެވެ. ހަމަ އެކަނި ކުރި ކަމަކީ ރަށަށް އައި ފުރަތަމަ ދުވަހު ބްލަޑް ޕްރެޝަރު ޗެކްކުރުން، އޭގެ ފަހުން އެއްވެސް ކަހަލަ ޗެކަޕެއްވެސް ނަހަދާކަން އޭނާ ފާހަގަ ކުރިއެވެ.

ކެތެރިން ބުނީ އެތަނުން 3 މީހަކު ފައްސިވެފައިވާކަން އެނގިފައިވަނީ އާދޭސް ކޮށްގެން ހެދި ޓެސްޓުގެ ނަތީޖާއިން ކަމަށެވެ. ފައްސިވި މީހުންގެ ކަރަންޓީނަށްވާނެ ގޮތާމެދު އެތައް ސުވާލެއް ކުރިއިރުވެސް ޖަވާބެއް ނުލިބުނެވެ.

ފަތުރުވެރިންގެ ތެރެއިން އެކެއްގެ ހާލަތު ގޯސްވެ ނޭވާލާން ދަތިވުމުން އޭނާގެ ޓެސްޓެއް ހެދިދާނެތޯ އެހުމުން އެކަމަށް ޑޮކްޓަރު ދިން ޖަވާބަކީ ހެދެން ނެތް ކަމަށެވެ. އޭނާގެ ކޮޓަރިއަށް ނަރުހަކާއި ޑޮކްޓަރެއް އައި ނަމަވެސް އާގަމުވެ ކުރާނެ ކަމެއް ނޭނގިފައި އެ މީހުން ތިބި ކަމަށްވެސް ކެތުރިން ލިޔުނެވެ.

ފައިސާ ދެއްކި އެއްވެސް ލިޔުމެއް ނުލިބޭ

ކެތެރިން ބުނި ގޮތުގައި އެމީހުން ރިސޯޓުގައި ހޭދަ ކުރި 14 ދުވަހުގެ ކަރަންޓީނު މުއްދަތަކީ އެމީހުން އަމިއްލަ ޖީބުން ހަރަދު ކޮށްގެން ތިބި ދުވަސްތައް ކަމަށެވެ. ހޮސްޕިޓަލަށް ދިޔަ މީހުން ރަށަށް އަންނަން ލޯންޗު ކުއްޔަށް ހިފަންޖެހުނީ އަމިއްލައަށެވެ. އެއާޕޯޓަށް ދާން ލޯންޗު ހިފަންޖެހުނީ އަމިއްލަ ޚަރަދުގައެވެ. ކޮންމެ ދަތުރަކަށް 400 އެމެރިކާ ޑޮލަރު، ޖުމްލަ 800 ޑޮލަރު ޚަރަދުވި ކަމަށް ކެތެރިން ބުންނެވެ. މިއިން އެއްވެސް ކަމަކަށް ރަސީދެއް އެމީހުންނަކަށް ނުލިބެއެވެ.

ސްޕީޑު ބޯޓަށާއި ރަށުގައި ތިބި ތިބުމަށް ކުރި ޚަރަދުތަކުގެ ރަސީދު ލިބޭނެކަމަށް އެރިސޯޓުން ބުނި ނަމަވެސް ކެތެރީނާއި އޭނާއާއެކު އެ ރަށުގައި ކަރަންޓީނުވި ފަތުރުވެރިން އަނބުރާ ޤައުމުތަކަށް ދިޔައިރުވެސް ރަސީދެއް ނުލިބެއެވެ.

ސިފައިން އެހީތެރިވި ދިން

ކެތުރީންގެ ލިޔެފައިވާ ލިޔުމުގައި އޭނާ ވަނީ އެތައް މައްސަލައެއް ފާހަގަކޮށްފައެވެ. ފަތުރުވެރިންގެ ތެރެއިން ހާލަތު ގޯސްވެ ހޮސްޕިޓަލަށް ގެނައި މީހެއްގެ އިންޝުއަރެންސް ކުންފުނިން ފައިސާ ދައްކަން ލިޔުން ފޮނުވުމުންވެސް އޭނާ އަތުން ފައިސާ ނެގި ކަމެވެ. ތަނުގައި ތިބި ޑޮކްޓަރުންނަށް ނޭވާ ހާސްވެގެން އުޅޭ މީހަކަށް އޮކްސިޖަން ދޭންޖެހޭނެކަން ނޭނގުމެވެ. ކަރަންޓީނު ފެސިލިޓީގައި އޮކްސިޖަން ލިބެން ނެތުމެވެ. މިފަދަ އެތައް ކަމެއް އޭނާ ވަނީ އެ ދިގު ލިޔުމުގައި ފާހަގަ ކޮށްފައެވެ.

އެހެންނަމަވެސް ކެތެރީން ވަނީ ކަރަންޓީނު ފެސިލިޓީގެ ކޮމާންޑަރަކަށް ހުންނެވި ޢާޒިމް އަދި އޭނާގެ ޓީމުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނެފައެވެ. އެ ފެސިލިޓީގައި ތިބި ތިބުމަކީ ހިތްހަމަޖެހޭ އުފާވެރި ތިބުމަކަށް ހެދުމަށް އެ މީހުންނަށް ލިބިފައިވާ ބާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަން ފާހަގަކޮށް ކެތެރިން ވަނީ އެބޭފުޅުންނަށް ޝުކުރު އަދާ ކޮށްފައެވެ.

ފުރަތަމަ ބުނި ދުވަހަކަށް ނުފުރުނު

ކެތުރީންމެން ގުރޫޕުގެ މީހުންނަށް ޓެސްޓު ކުރެވުނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ނިންމައި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ޓެސްޓުތަކުގެ ނަތީޖާ ފޮނުވާފައިވަނީ 1 ޖަނަވަރީގައެވެ. ކެތެރިން ބުނީ ނަތީޖާ ފުރަތަމަ ފޮނުވާފައިވަނީ އެމީހުންނަށް ނޫން ކަމަށާއި ނަތީޖާ ފުރަތަމަ ފޮނުވީ ބޯޓުގެ މެނޭޖަރަށް ކަމަށެވެ. ފަހުން މެޑިކަލް ޓީމުން ގުޅައި ބާކީ ތިބި މީހުންނަށް ނަތީޖާ ދިނެވެ.

ނަތީޖާއާއެކު ގިނަ ސުވާލުތަކެއް އުފެދި ފަތުރުވެރިން އެ ސުވާލުތައް މެޑިކަލް ޓީމާއި ކުރިމަތިކުރިއެވެ. ލިބުނު ޖަވާބެއް ނެތެވެ. ނަމަވެސް އެ ދުވަހުގެ ހަވީރުގައި އެ މީހުންނަށް ފުރޭނެ ވަގުތެއް މެޑިކަލް ޓީމުން އެންގިއެވެ. އެއީ ޖަނަވަރީ 13އެވެ. އެ ހިސާބުން ބައެއް ފަތުރުވެރިން އެ ދުވަހަށް ޓިކެޓު ނަގައި ފުރަން ތައްޔާރުވިއެވެ.

ނަމަވެސް ކަން ހިނގީ ފަތުރުވެރިން ބޭނުންވި ގޮތަކަށް ނޫނެވެ. ކަން ހިނގީ ސަރުކާރުގެ މީހުން ބޭނުންވި ގޮތަކަށެވެ. ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު މެޑިކަލް ޓީމުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ފަތުރުވެރިންނަށް ފުރޭނީ 14 ޖަނަވަރީގައި ކަމަށެވެ. އެއިރު ގިނަ ފަތުރުވެރިންވަނީ 13 ވަނަ ދުވަހަށް ޓިކެޓު ނަގާފައެވެ. ޤަވާޢިދުތައް ކޮންމެ ދުވަހަކު ބަދަލުވާތީ ފަތުރުވެރިން އެއިރު ތިބީ އޮޅުންބޮޅުންގަޑެއްގައި ތާށިވެފައި ކަމަށް ކެތުރީން ބުންޏެވެ.

ދެން އެއަށްފަހު ކުރިން ނެގެޓިވްވި ބައެއް ފަތުރުވެރިން ކިބައިން އަލާމާތްތައް ފެނުމުން އަލުން ޓެސްޓު ހަދައިދިނުމަށް އެދުނެވެ. ނަމަވެސް އެ ޓެސްޓު ހަދައިދިނުމާމެދު މެޑިކަލް ޓީމުން ބުނަމުންދިޔައީ މަތިން ގޮތެއް ނިންމަންދެން ޓެސްޓު ނުހެދޭނެ ކަމަށެވެ.

ޖަނަވަރީ ދެވަނަ ދުވަހުގައި ފަތުރުވެރިންނަށް ކަރަންޓީނު ލިޔުންތައް އެޗްޕީއޭއިން ފޮނުވިއެވެ. އެ ލިޔުންތަކުގައި ކުށް ގިނަވެފައި މައްސަލަތައް ވަރަށް ބައިވަރުކަން ކެތުރިން ފާހަގަކުރިއެވެ. ނަންތައް ލިޔެފައިހުރީ ނުބައިކޮށެވެ. އުފަން ތާރީޚު އޮޅިފައެވެ. ޕާސްޕޯޓު ނަންބަރުތައްވެސް މުޅިން ނުބައިކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

 1. ޙަސަން

  މީ މަައްސަލަ ޢެެއްނޫން

  45
  151
 2. ިބޯކިބާ

  އޭނަގެ ގައުމުގަ ކަންތައްއޮތީ ކިހިނެއްތޯ ކޮންމެވެސް މީހަކު އޮޅުންފިލުވާލުން ރަނގަޅު. ތިމީސްމީހުންގެ ގައުމުގަ ކޮވިޑުޖެހޭމީހުން ޑޮކްޓަރަށްނުދެއްކި މަގުމަތީ ކިއުގަ ތިބޭއިރު މިތަންތަނަށްއައިސް ތިކަހަލަ ވާހަކަ ފަތުރާއިރު ލަދެއްވެސް ނުގަންނަނީބާ.

  100
  247
  • ރެފްރީ

   ބީތާޔާ އެމީހުންގެގައުމަށްވު ރެން
   ދިވެހި ރާއްޖެ ކު ރިއަ ރާފައޮތްމިންވަ ރުގެ
   ހުވަފެނެއްދައްކާފައޮތީމައޭ މިތަނަށްއައީ.
   އެމީހުންގެގައުމުގަ ކަނޑުފަޅާ ގޮނޑުދޮށާ ނެތީމަނޫންތަ ޑޮލަ ރުގޯނި ހިފައިގެންއެއައީ!!

   237
   16
  • ޕާން ބޯކިބާ

   ހަޖަމެއް ނުވި.

   129
   9
  • ނައުރާ

   މިތަނަށް އައިސް ފައިސާ ޚަ ރަދުފު ކޮށްފަ ޚިދުމަތް ނުލިބުނު ވާހަކަ އެދެއްކީ އަދި އިސްތިހާ ރު ކޮށްފަ އޮތްގޮތާ ޚިދުމަތާ ދިމާނުވާ ވާހަކަ ދެފުށް ކެހެ ރި ސަ ރުކާ ރެއް ކަ ޜަންޓުގަ ބައިތިއްބަނީ ސްޓާ ރ ފެންވަ ރުގެ ތަން ތަނުގަޔޭކިޔާފަ ޖަލުގޮޅިޔަކަށް ލީ ވާހަކަ

   214
   11
  • ޑަބިޔާ

   75 ޑޮލަރު ނަގާފަ އެހެން ހެދީމަ ގޯސްދޯ. ބަލާކަށް ނުޖެހެ އެހެން މީހުން ކަންތައް ކުރާގޮތެއް ލާރި ނަގާފަ ރަނގަޅައް ކަންތައް ކޮއްދޭނީ މީހުން ފެލުން ހުއްޓާލަން ޖެހޭ

   227
   2
  • އިބްނި މުޙައްމަދު

   ބަލަގަ ހަސަނާ! އޭނާ އެ ޝަކުވާ ކުރީމާ ގެއްލުން ލިބެނީ ދިވެހިރާއްޖެއަށޭ! ދިވެހީންނަށޭ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާޜުކުރާން އުޅޭއިރު، މި ފަދަ ފަރުވާކުޑަކުރުންތަކުން ޓޫރިޒަމް ޑިމޯޓް ވީމާ ގެއްލުންވަނީ ހަސަނަށް އެކަންޏެއް، އަދި މި ނާގާބިލު ސަރުކާރަށް އެކަންޏެއް ވެސް ނޫނޭ.

   123
   8
   • ނަންރީތި ހުސޭނު

    މޮޅެތި އިސްތިހާ ރުކޮއް އެކިގައުމުތަކުން ލާ ރިނަގައިގެން ނުވިތާތައް ފުޅައަޅާފައޮތް ގޮދަޑިއެއްގަ ނިންދަވަން 75 ނަގައިގެން އެކަން ބޭޒާ ރުވެ ދެ ރަވާނީ ސަ ރުކާ ރައް އެކަންޒެއް ނޫނޭ ބުނާއި ރު މިދިޔަ 7 އަހަ ރު އިދިކޮޅުގަ ތިބެގެން މިސަ ރުކާ ރުގެ މީހުންގޮވިއި ރު އަތްޖަހަން ހު ރިކަން ހިތައްނާ ރާބާ

    49
    6
  • އިބުރާހީމް

   ރާއްޖެ އާދެވޭ ވަރުގެ މީހެއް ނަމަ އެއީ މުއްސަންޖަކަށް ނުވިޔަސް ފައިސާ ހުރި މީހެއް. އެވަރުގެ މީހެއް އަމިއްލަ ގައުމުގަވެސް ހޯމް ކަރަންޓީންގަ ހުރެވެސް ސަލާމަތް ވާނެ. ޓޫރިސްޓުންނަށް ކަރަންޓީން ފެސިލިޓީ އޮޅުވާނުލާ. ރިސޯޓަށް ކަރަންޓީން ކުރަން ގެންދަނީ އޭ ކިޔާފަ އޮޅުވާ ނުލާ.

   40
   2
 3. ރިހާކުރުކުޑޭ

  ލަދުންބޯހަލާކު .. ހު ރިހާކަމެއްވެސް ބަންގާޅީންނާއެއްހަމައެއްގާ ..
  ފަތު ރުވެ ރިންނުލިބިގެންވެސް ރޯނެ އަދިި ލިބުނީމާ އޯކޭ އެމީހުންހިތަށްކު ރިއަސަ ރު ބޮޑުވީމާތާ އެހާވަ ރުއެކު ރީ .. މުޅިންވެސް އިންޑިއާސިސްޓަމް ..

  118
  2
 4. Anonymous

  އެމީހުންގެ ޤައުމުގެ ވާހަކަ ހުރިގިތަށް ބަހައްޓާ.
  ޤައުމުގެ މޮޅު ވާހަކަ ސަރުކާރުން ދައްކާ އެކަން އެމަގުން ނުދިޔުމަކީ ލަދުވެތިކަމެއް.

  191
  9
 5. ޔާގޫތު

  އަންނަ ކޮންމެފަހަރަކު ހުރިހާ ކަމެއް ރަނގަޅަށް ނުގޮސްދާނެ އަމްދުން މިކޮވިޑް ދުވަސްވަރު

  41
  177
 6. މާމިގިލީ މީހާ

  ބުރުމާ ބާގީ ލަދެއް ނުގަނޭ. ބުރުމާ ބާގީގެ ހުރިހާ ރިސޯޓްގެ ހާލަކީ ވެސް ތީ.

  93
  6
  • ޟލެ

   ކަރަންޓީން ކުރަނީ ސަރުކާރުން.
   ޢެއީ ފަރުދުން ކުރާކަމެއް ނޫން.

   28
 7. މައިހާ

  ވަރަށް ތާހިރު. މިހާރު ކުށްވެރިވީ އެ ލިޔުން ލިޔުނުމީހާ ދޯ. ރާއްޖޭގެޓީވީ ތަކަށް ދެ އިރު ދަޅަޔަށް އަރާ ފޮނިވާހަކަ ދައްކާ އެކަން ގަބޫލު ކުރަން ތިބޭ ދިވެހިންނަށް ހަޤީޤަތް އޭނަ ހާމަކުރުމުން ގޯސްވީ އޭނަދޯ. ކޮންމެ މީހެއްނަމަވެސް އޭނާ އެ ދެއްކީ 100 ގެ ވާހަކައެއް. ކަރަންޓީންގަ ދިވެހިންވެސް އުޅުނު ހާލު މިހުރީ ހަމަ ލޮލޮންފެނިފަ. އެކަމުގެވެސް ލާރިގަނޑަށް ހަދާލި ގޮތް ވަރަށް ސާފު.ހުރިހާ ކަމެއް އޯކޭ ކިޔަން އަތްޖަހާ މީހުން ތިބޭ ދެލޮލަށް ލޮނުމިރުސް އަޅައިގެން ސިޔާސީގޮޑި ހޫނުކުރަން.

  107
  1
 8. ދެންބާރައްއަތްޖަހާ

  ބަލަ މޮޔައިންނޭ އަމިއްލަގައުމާ ބޭރުގައުމަކާ ހާސް ތަފާތުކަން ނޭންގޭންތަ އަދިއެއީގެސްޓުން އެމީހުން އައީ ރާއްޖޭގެ ރީތިކަމާ ހިއްގައިމުކަން އެމީހުންގެލޮލުންދެކި ބަލަން މިގައުމުގެ ވަޒީފާއަކައްނޫން ލަދުގަންނަން ޖެހޭނެ ކޮންމެ މީހަކު އެކަހަލަވާހަކައެއް ނުދައްކާނެ މިހާރު ހުންނާނީ މޮޅު ފެސިލިޓީތައް ރަނގަޅައް ބޭޒާރުވެފަ.

  84
  2
 9. ނޫރީ

  ޤާރޫނުމެން ފައިސާ ދަވާލި 2800 މިލިއަން... 2.8 ބިލިއަން.. ވީގޮތެއްނޭގި ފައިސާ ހުސްވެއްޖެ. މިގޯސްވީ އެވާހަކަ ލިއުނު ފަތުރުވެރިޔާ... އެކަމަކު އޭނާ އެދެއްކީ ހަގީގީ ވާހަކަތާ....

  85
  1
 10. ޟަނީ

  ބޭނުންހާ ގޮތަކަށް އެެއްވެސް ކަމެއް ނުވާނެ

  17
  50
 11. ރޯދަމުބާރަކް!

  ވ. ދެރަކަމެއް! ކުރެވޭ ރަންގަޅުކަމަށްވެސް މި ފަދަ އިހުމާލުތަކުން މި ވަނީ ބޮޑެތި ގެއްލުން!

  67
  1
 12. މާމިގިލި މަންޖެ

  އެއީ ސޭޓް އަގުބޮޑުކޮއް ސަ ރުކާ ރަށް ކުއްޔަށް ދީފައިވާ ރަށެއް. ވެ ރިފަ ރާތުން އެބަޖެހޭ ރޫމްތައް އިންސާނުން ތިބެވޭ ހާލަތަށް ގެންނާން. ސަ ރުކާ ރުން މިކަންކަން ރަގަޅަށް ބަލަންޖެހޭ މިތިބެނީ ލާ ރިދީގެން މިއީބާ އެބުނާ ފެންވަ ރުގެ ކޮވިޑް ރިސޯޓަކީ. ލަދުން ބޯހަލާކު

  70
  1
 13. ޜ

  ޜާއްޖެއަށް ފަތުރު ވެރިކަމުގެ ރަންޒަމާން މިނިސްޓަރު މައުސޫމް ދައްކަވާ ދެއްވަނީ...ފައިސާ ނަގަންޔާ ޚިދުމަށް ރަނގަޅަށް ދޭންވާނެ

  70
  2
 14. އަދުރޭ

  ރާއްޖޭގައި ދެވެން އޮތް އެންމެ ރަނގަޅު އެހީތެރިކަމެއް އަދި ފަރުވާއެއް ދޭނެކަމަށް ޤަބޫލުރެވެނީ. ދުނިޔޭގެ ބޮޑެތި މުއްސަނދި ގައުމުތަކަށް ނުވެގެން އުޅޭ ކަމެއް ކިހިނެތް މިރާއްޖޭން ވަކިކޮށްދޭނީ. ތި ވަރުވެސް ވީތީ ޝުކުރުކޮށްލިނަމަ. ބޮޑު ވަބާއެއް ބަލިމަޑުކަމެއް ފެތުރިގެން އުޅޭކަން ވެސް ނުދަންނަ މީހުން ތަންތަނަށް ދަތުރުނުކޮށް ގޭގަ އޮވެބަލަ.

  5
  66
 15. ހުސެންސަލާމް

  ރާއްޖެއަކީ ކޮވިޑާ މެދު މިހާރު އެންމެ ފަރުވާކުޑަ އެއްގައުމު. ހުރިހާ ކަމެއް ކުރަނީ ނަމެއްގައި. ރޭގަނޑު 12 އިން 5 އަށް ކާފިއު އެއް ހިންގުމުން ވާނީ ކޮން ފައިދާއެއް. މިހާރުވެސް ޕާޓީ އަދި އެއްވުން ބޭއްވޭ. ސޯކޯލްޑް "އެޗް ޕީއޭ " ގައިޑުލައިނަށް ބޭއްވޭ. އެފަދަ ތަންތަނުންވެސް ބަލި އެބަ ފެތުރޭ ހަދަނީ ގިނައިން ދޮގު.

  49
  5
 16. ސުންކު

  ތި ހަމަ ފަތުރުވެރި އެއްގެ ލިޔުމެއްތޯ ޗެކް ކޮށްލަން އެބަ ޖެހޭ. އޭނާ ޑައިވިން ދަތުރު ދިޔަ ސަފާރީ ގެ ނަމާއި، އޭނަގެ ޕާސްޕޯޓް ނަމްބަރު އެނގުން މުހިންމު. ފަތުރުވެރިއަކަށް ވުރެ ބޮޑަށް ވައްތަރީ ސަރުކާރަށް ފާޑު ކިޔަން އުޅޭ ސިޔާސީ މީހަކާ. ފަތުރުވެރި އެއް ނަމަ ސަރުކާރަށް ފާޑު ކިޔުން ދުރު. އަދި ސިފައިންނަށް ވަރަށް ބޮޑަށް ސަނާ ކިޔާފައި އެބަ އޮތް. ހަމަ ސިފައިން ހިތް ހަމަ ޖައްސާފައި ސަރުކާރަށް ފާޑު ކިޔަން އުޅޭ ސިޔާސީ މީހަކާ ވައްތަރީ.

  5
  55
 17. ޑައިވަރޭ

  ތަންކޮޅެއް ހިތްމޮޅު ބޭފުޅަކަށް ރާއްޖެ އާދެވިފައި މިއޮތީ

  11
  55
  • ޜައްޔިތު އަހުމަދު

   ކަލޯ ޑައިވަރޫ. ފޮނިކަނޑާފަ ލާރި ނަގާފަ ޚިދުމަތް ނުލިބުނީމަ އެވާހަކަ ދެއްކުން އެއީ ފޮނިވުނެއްނޫން. ކުޑަކޮށް ފިއްތާލާފަ ހަޖަމް ކޮއްލާ

   38
   5
 18. ޅަބޭ

  ކޮވިޑުތެރޭ ދިވެހި ސަރުކާރުން އެންމެ މުހިންމުު ކަމެއްގޮތުގަ ބެލީ، ފަރުވާދިނުމުގެ ނަމުގަ ދައުލަތުގެ ހަޒާނާއިން ވީހާވެސް ގިނައިން ވައްކަންކޮއް، ހަގީގަތް ފޮރުވުުުުން. އެކަން އެޔޮތީ ވަރައް ރީއްޗައްކޮއްފަ.

  63
  3
 19. ޒާ

  މީ ސިޔާސީ ކޮވިޑެއް. މުޅިސަރުކާރުވަނީ ބޮޑުތަނުން ފެއިލްވެފަ. އެވަރުންވެސް ލަދުނުގަނެ ޓޫރިސްޓުން އައުމަށް ގޮވަނީ.

  54
  3
 20. އަހުމަދު ނީޒް

  ލަދުވެތި ކަމެއް ދޯ ? ރިސިޕްޓް ނުދީ ފައިސާ ނެގުމަކީ ކުށެއް. އެޔަށް ފިޔަވަޅު އަޅަން ޖެހޭނެ. ދެއްކުންތެ ރި ކަމަށް ކު ރެވޭ މިކަހަލަ ކަންކަމުގެ އަގު އެންމެން އަދާ ކު ރަން ޖެހުމަކީ ހަގިގަތްް. އެންމެން ވިސްނަންވީ މިކަހަލަ ކަންކަން ކު ރާ މީހުން ޖަވާބު ދާ ރީ ނުކޮށްފި ނަމަ ގައުމު ހަލާކު ވާނެ.

  52
  3
 21. ސަރީފް

  ސަރުކާރުން އުޅުނީ ދަތްކޮއްޓާ އިލޮށިން ކަޓް ޖެއްޖޭތޯ އޭރުވެސް، ޑީ ގްޜޭޑް ސީ ކްލާސް މީހުން ލައިގެން ސަރުކާރު ހިންގަނީ، ދެން އެހެން ނުވިއްޔާ ދެރައެއްނު

  50
  2
 22. ސިނާ

  އިބުލާ ކަލެޔައް ފެނޭ ؟ ލަދު ކޮބާ ؟؟
  ނުވަންޏާ ފައިބަާފަ ވާވަރު މީހުންނާ ހަވާލް ކުރޭ.

  44
  5
 23. ދިޔާނާ

  އިބޫ ސަރުކާރު އުޅެނީ އިދިކޮޅު ފޫބުޑުން، ކޮވިޑަކާއިގެން ނޫޅޭ، ކާނެ ވަރަކައް ކައިފި މިހާރު

  45
  4
 24. ވަގު

  ކޮންމެސަރުކާރަކުންވެސް ރުފިޔާ ހޯދަން ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް. ލަދުން ބޯހަލާކު

  15
  11
 25. ނޭވާ ހޮޅިން ވެސް ވައްކަން

  ރަގަޅަށް ކަންތައް ކު ރިނަމަ ގޯހެކޭނުބުނާނެ.

  45
  3
 26. ފަލްކާގެ އަޑި

  މިއީ ރާއްޖޭގެ ވާނުވާ ނޭނގޭ ބައިގެ ތެ ރެއިން 0.005% ކަމަށް ބެލެވެއެވެ.

  22
  5
 27. ބޯހަލާކު

  ޓުއަރިޒަމް މިނިސްޓަރެއް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްނެތީތޯ؟

  22
  1
 28. އަދިވެސް

  ދަ ސަން ވިލް ޝައިން އަގެއިން އޭ ކިޔައިގެން މޮޅެތި ވާހަކަ ދައްކާތި، މިކަހަލަ ކަންތައް ދިމާވަނީ މަދު މީހުން ކޮޅެއް ލައިގެން ހަރަދު ކުޑަ ކުރަން އެއްވެސް ރޭވުން ތެރި ކަމެއް ނެތި އިންތިޒާމެއް ނެތި ދުރާލާ ނުވިސްނާ ކަންތައް ކުރާތީ، ކޮވިޑް މެނޭޖްކުރުމުގަ ރާއްޖޭގަ ރަށްތައް ވަކި ވަކިން ހުއްޓަސް ވަނީ ބޮޑު ތަނުން ފޭލް ވެފަ

  18
  1
 29. ބޮޅުން

  އޮޅޭ ސަރުކާރަކުން އޮޅިގެން ކުރެވުނު ކަމަކަށްވެދާނެ! ރަނގަޅަށް ވިއްޔާމު ކެތްރިންވެސް އެހެރީ އޮޅިފަ!!!

  14
  3
 30. ޖުމައިލް

  ރާކަނިމަސް ކެވިއްޖެނުން.މުޅިން އޮޅުވާލުން.ވައްކަން.މިމީހުންވެސް މިކަން ހިއްސާ ނުކުރިނަމަ ބަޔަކަށް ނޭގޭނެތާ...މުޅި ދިވެހިރާއްޖެ ބަދުނާމްވީތާ..

  23
  1
 31. ޚިޔާލު 3

  ފަތު ރުވެރިންގެ އެ ޝަކުވާތައް ބަލަންޖެހޭ ފޭ ރުމުގެ ތުހުމަތާއިއެކު ޓްއަރިޒަމް މިނިސްޓަ ރާ މަޖިލީހުގައި ސުވާލު ކޮށް ފިޔަވަޅު އަޅަން ގޮވާލަން.

  22
  1
 32. އާދަމުގެދަރި

  މިހެން ހިނގާ އޮޕަރޭޝަންތަކުގައި ފައިސާ ދެއްކިކަމުގެ ލިޔުން ނުދިނުމަކީ އާންމުކަމެއް. ޖަވާބަކަށް އޮންނަނީ އަދި ސްލިޕް ނުވަތަ ރަސީދު ޗާޕުކޮށްގެން ނުލިބެއޭ. ޗާޕުކޮށްފައި ނުހުރެއޭ. ނުވަތަ ޕްރިންޓްކޮށްފައި ދޭގޮތަކަށް ހަމަޖެހިފައެއް ނެތޭ. މިކަހަލަ ޖަވާބު. ފައިސާއަށް ވީގޮތެއް ދަންނަ އިންސާނަކު ހުރިއްޔާ އެމީހަކީ އެ ފައިސާ ބަލައިގަތް މީހާ. އޭނާ ދެއްކި އެއްޗެއް ފެންނަން އޮންނާނީ. ވަލްހަމްދުލިއްލާހި.

 33. އަބޫބޭ

  ސަރުކާރުން ބުނާނެ ހެން އަމިއްލަ ގައުމުގަ ހުރިނަމަ ތިހެން ނުވާނެ އެއްނުއް. މުޒާހަރާ ކުރާ ކުދިން ހައްޔަރު ކުރަނީ ގޭގަނުތިބެ މަގުމަތީގަ ދުވާތީ ޔޯ އެހެން ކަމުން ތި ޓުރިސްޓުންވެސް އަމިއްލަ ގައުމުގަ ތިބިނަމަ ތިކަން ތަކާ ދިމާ ނުވާނެ ތާ

  5
  3
 34. Anonymous

  ސަރުކާރުން ރިސޯޓްތައް ކަރަންޓީން ފެސިލިޓީގެ ގޮތުގަ ހަމަޖައްސާ މިލިއަނުން މިލިއަނުން ހަރަދުކޮށް ޙަރަދުކުރި މިންވަރާއަޅާ ބަލާ ފަތި ފެންވަރުގަ ތަންތަން ހުރީމަ ބަލައެއްނުގަނެވޭ..

  13
 35. އޭޖޭ

  ސަރުކާރުން ރިސޯޓްތައް ކަރަންޓީން ފެސިލިޓީގެ ގޮތުގަ ހަމަޖައްސާ މިލިއަނުން މިލިއަނުން ހަރަދުކޮށް ޙަރަދުކުރި މިންވަރާއަޅާ ބަލާ ފަތި ފެންވަރުގަ ތަންތަން ހުރީމަ ބަލައެއްނުގަނެވޭ..

 36. ނަޖްވާ

  މީ ސަރުކާރުން ހަބޭހަށް ލާރި ނަގައިގެން ހިންގަ ކޮވިޑް ފެސިޓިލިޓީ ތަކުގެ ހާލު ހުރި ގޮތް! ކީކޭ ދެން އަޅެ ފަހެ ބުނާނީ!

  15
 37. ތ

  ޓޫރިޒަމް މިނިސްޓްރީ ހިންގަނީ ފުޓްބޯޅަ ކުޅުނު އަޑުބަރޭ އާއި ދެއުޅި އެއްނުވާ ނޫސް ވެރިޔާ ތޮއްޔިބު ޝަހީމާ ، ގޭންގް ސްޓާރ ސްމިތު ލައިގެން މިއީ އަޅެފަހެ ގައުމެއްތަ މިމީހުންނަށް އެމްޓީސީސީ ނުވަތަ އެމް ޕީ އެލް އިން ވަޒީފާ ދިންނަމަ .. މިގައުމުގެ އެއް ވެސް ސަރުކާރަކުން މިހާ ފީކަޅާ މީހުނަށް މިނިސްޓްރީ ތަކުން ވަޒީފާ ދީފައެއް ނެތް ތާޜީޚް ބަލާތި

  12
 38. މަހުފޫޒު އަހުމަދު ޒުހައިރު

  މިއީ މައްސަލައެއް ކަމަށް ނުދެކޭ މީހުން އެހެން ދެކެނީ ކީއްވެ ބާއޭ އަހަރެން ހިތަށް އަރާ!! އަޅެ އެ ބުނަނީ މިތަން އިސްތިހާރަ ކޮއްފަ

 39. އިބިލީސް

  ދިވެހިރަށްޔިތަކަށް ވީތިއްޔާ ޓޫރިޜަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން މިއާޓިކަލް އަދި އެފަތުރުވެރިޔާ ލިޔެފައިވާ އާޓިކަލް ކިޔާފައި ވަރަށްވެސް ލަދުގަނެއްޖެ.
  މިއީ ވަރަށް ހިތާމަވެރި އަދި ލަދު ކަންކަން...

 40. ބޮކޭ

  ތިޔަކީ ފަންގެ ގެސްޓު ރޫމް އެއް ނުން ، ސްޓާފު ރޫމް އެއް ގެ ފޮޓޯ ތަކެއް،ކަރަންޓީނުގަ އޮތްމީހަކައް ބޭރައް ނުކުމިގެން ނުދެވޭނެ ތިބުނާ މެޑިކަލް ޓީމުގެ މީހުން ކާރި ޝަކުވާ ކުރާކައް،އެމީހުންގެ ޓުއާ އޮޕަރޭޓަރ ދީފަވާނެ ސިމްކާޑެއް،އެކާޑް ބޭނުން ކޮއްގެން ވަޓުސް އަޕުން މެސެޖު ކުރަން އޮއްނާނީ،ތީގެނެއް ގެސްޓު މީހާ ހިތްހަމަ ނުޖެހުނު ކަންތައް ތަކުގެ މެސެޖެއް.ބޮޑައް ވައްތަރީ ގެސްޓު މީހާސިމްކޮޅު ދޫކޮއްލާފަ ދިއުމުން ޓުއާގައިޑް ގެ ފޭކް ސްޓޯރީ އެއް ކަމައް،ތިވަރުގެ ބޮޑުކަމެއްގެ ދެ މެސެޖެއް ނޫން އޮއްނާނީ!؟

 41. ބޮކޭ.

  ހަމަ ސަރުކާރައް ފާޑުކިޔާ މެސެޖް އެކަނި ތަ ފޮނުވެން އޮއްނަނީ!؟އަހަރެން ހުވާކޮއްފަ މިބުނީ ތިޔަކީ ފަންގެ ކަރަންޓީން ފެސިލިޓީސް އައް ހަދާފަ ހުރި ތަނެއްނޫންކަން، ތިފޮޓޯގަ ވަނީ ސްޓާފު ރޫމް.ތިޔަކީ ހަގީ ގަތެއް ނޫން..

 42. ކކ

  ވަރަށް ދެރަ! ބަޔަކު ލާރި ދީގެން ހިދުމަތް ނުލިބުން ދެރެ.މަންޒަރު ވަރަށް ސާފުކޮށް ފެންނަން ތި އޮތީ.ސިއްޙީ ހުދުމަތް ދެވޭ ފެންވަރުގެ ތަޖުރިބާ ލިބިފަތިބި ބަޔަކު ފެސިލިޓީގަނެތް.ކަމަކު ނުދޭ ރާއްޖޭގަ ފެސިލިޓީ ތަކުގެ ހިދުމަތް.

 43. އަލީ މައުސޫމް

  ކޮމެކަހަލަ ކެތުރީނަކަށް، ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ހާަލަތު ތީ، ޓުއަރިސްޓުން އަޅާފަ ބަހައްޓަނީކީ މާ ފެންވަރަުގެ ތަނެއްގައެއް ނޫން.