ގދ. ގައްދޫ، ނޫރާނީގެ ފާތުމަތު މަނިކެ، 81، އަކީ ނުކުޅެދުންތެރިކަން ހުންނަ އަންހެނެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ފާތިމަތު މަނިކެގެ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ބޮޑު އޮޕަރޭޝަން ވަނީ ފުރިހަމަކޮށްފައެވެ. އޭޑީކޭ ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނަށް ފަހު، މުޅިން އެއްކޮށް ރަނގަޅު ނުވަނީސް އޭނާ ކުރިމަތިލާން ޖެހުނީ މާ ހިތްދަތި ކަމަކާއެވެ. ކޮވިޑް-19 އަށް ފައްސިވެ، އިތުރު ވޭނެއް ތަހަންމަލު ކުރަން ޖެހުނެވެ.

އެއީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލްގައި ކޮވިޑް-19 ފެތުރުނު ދުވަސްކޮޅެވެ. ނަތީޖާއެއްގެ ގޮތުން އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ގިނަ ބަޔަކު އެ ނުރައްކާތެރި ބަލިމަޑުކަމަށް ހުށަހެޅިގެން ދިޔައެވެ. އޭގެ ތެރޭގައި ބަލި މީހުންގެ އިތުރުން ސިއްހީ ހިދުމަތްތެރިން ހިމެނޭއިރު ފާތުމަތު ވެސް ބަލީގެ ޝިކާރައަކަށްވިއެވެ. އެ ހަބަރު ވެގެން ދިޔައީ ފާތުމަތުގެ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ.

"މާމަ ބޮޑު ސާޖަރީއެއް އޭޑީކޭގައި ކޮށްގެން އުޅެނިކޮށް އޭޑީކޭ ތެރެއިން ވަރަށް ބައިވަރު މީހުން ޕޮޒިޓިވްވެގެން ދިޔަ އިރު، އޭގެ ތެރޭގައި މާމަ ވެސް ހިމެނުނު. ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް ވެސް އެނގުނީ ޖެނުއަރީ 29 ވަނަ ހިސާބުގައި. އޭޑީކޭއިން ކޮވިޑުގެ ފެނުމާއެކު ޑޮކްޓަރު ވެސް، އެެންމެންވެސް ތިބީ މާމަގެ ހާލަތަށް ބަލާފައި، މާމައަކީ މަންމަނު މީހަކަށް ވެފައި، މި ބަލި ނުޖެހެން ދުއާ ކޮށްކޮށް ތިއްބަ ޖެހުނީ" އަޑު ނީވުމާއި ބަސްމޮށުންތެރިކަން ލިބިފައި ނުވާ ފާތުމަތާ ބެހޭ ގޮތުން އާއިލާއިން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ކިޔައި ދިނެވެ.

ފާތުމަތު ކޮވިޑަށް ފައްސިވުމާއެކު ބަދަލު ކުރީ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. އާއިލާގެ ހުރިހާ އެންމެ ކަރަންޓީނު ވާން ޖެހުނެވެ.

އާއިލާއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކުރެވުމާ ގުޅިގެން އާއިލާގެ ފަރާތުން އެކަކު ކައިރީގައި ހުރެގެން ޑޮކްޓަރަކަަށް ނޫނީ ނަރުހަކަށް ކިޔައިދޭން ބޭނުންވެގެން އެކަމަށް އެދުނު ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.

"މާމައަކީ މަންމަނު މީހަކަށް ވެފައި ވާހަކަ ނުދެއްކޭތީ މާމަގެ ހާލަތު ދެނެގަންނަން ޖެހެނީ މާމަގެ ބޮޑީ ލެންގުއޭޖްއިން. އަބަދު އަހަރެމެން މާމަ އާއެކު އުޅުނީމަ މާމައަށް ކަމެއް ވެއްޖެ ނަމަ އެނގޭނެ. އެހެންވީމަ މާމަގެ ބޮޑީލެންގުއޭޖްއަށް ބަލައިގެން ޑޮކްޓަރަށްވެސް ކިޔައިދެނީ،" ފާތުމަތު އަށް މާމަ ކިޔާ ކުއްޖަކު ކިޔައި ދިނެވެ.

އާއިލާގެ ފަރާތުން ބުނި ގޮތުގައި މާމަގެ ހާލަތު ވަރަށް ތަފްސީލުކޮށް ފުރަތަމަ ދެ ތިން ދުވަހު ކިޔައިދެމުން ގެންދިޔައެވެ. އެ ދުވަސްތަކުގައި މާމަގެ ހާލު ރަަނގަޅަށް ހުރެފައި ކުއްލިއަކަށް ކިޑްނީ އާއި ގޮހޮރުގެ ހިނގުން ދަށަށް ދާން ފެށިކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޮކްސިޖަން ހުންނަން ޖެހޭ މިންވަރު ރަނގަޅަށް ހުރުމުން ހުޅުމާލެ ފެސިލިޓީއަށް މާމަ ފޮނުވާލުމަށް އައިޖީއެމްއެޗުން ނިންމި ކަމަށް އޭނާ ބުންޏެވެ.

"ގުޅާފަ އަޅުގަނޑުމެން ކައިރީ ބުނި އޮކްސިޖަން ލެވެލް އޯކޭއޭ. އެކަމަކު މާމައަށް ވުރެ ހާލު ދެރަ މީހުން އަންނާތީ އެމީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ތިމަންނަމެން މާމަ ހުޅުމާލެ ފެސިލިޓީއަށް ފޮނުވާލަމޭ އެބަ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި ނިންމުމާ ގުޅިގެން އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ މަންމަނު މީހަކަށްވެފައި އަދި ހައިރިސްކް މީހަކަށްވާތީ ގާތުން ފަރުވާ ދިނުން މުހިންމު ކަމަށް އާއިލާއިން ދެކޭތީއެވެ. އެކަމަކު، ދަރުމަވަންތަ ހޮސްޕިޓަލުން ބުނީ ހުޅުމާލެ ފެސިލިޓީގައި އައިޖީއެމްޗްގައި ދޭ ހުރިހާ ފަރުވާއެއް ދެވޭނެ ކަމަށެވެ. އަދި ފެންވަރު ރަނގަޅު އައިސިޔޫއެއް ފެސިލިޓީގައި ވެސް ހުންނާނެ ކަމަށް އެ ތަނުން ބުނި ކަމަށްވެއެވެ.

އެކަމަކު، ފާތުމަތު ހުޅުމާލެ ފެސިލިޓީ އަށް ބަދަލު ކުރާނެ ދުވަހެއް އާއިލާ އަށް އަންގާފައެއް ނުވެއެވެ. އެކަމަކު، އިއްތިފާގުން އާއިލާ އަށް ގުޅުނީ ފާތުމަތު ވީލްޗެއާއެއްގައި އެމްބިއުލާންސް އަށް އަރުވައިގެން ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ގެންދަން ނައްޓާލަން އުޅެނިކޮށެވެ. ފާތުމަތުގެ މޫނު ދެކިލަން އާއިލާ އިން އެދުމުން ވެސް އެކަމަށް އިޖާބައެއް ނުދިން ކަމަށް ބުނެ، އާއިލާގެ ބައެއް މެމްބަރުން އެ ވާހަކަތައް ކިޔައި ދިނީ ފުން ހިތާމައާ އެކުގައެވެ.

ފެސިލިޓީއަށް ގެންދިއުމަށްފަހު ކޮންމެ ދުވަހަކު ތިން އިރަށް ފުރަތަމަ ކާން ފޮނުވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ފަހުން ދެ އިރަށް ކާން ފޮނުވަން ފެށީ އެގޮތަށް ފެސިލިޓީއިން އެންގުމުން ކަމަށް އާއިލާއިން ބުނެއެވެ.

ފެސިލިޓީގައި ފާތުމަތު ހޭދަކުރި ދުވަސްތައް:

މާމަގެ ހާލު ގޯސްކަން އެނގުމުން އާއިލާގެ ކޮންމެވެސް އެއް ކުއްޖެއް މާމަ ކައިރިއަށް ދިއުމުގެ ހުއްދަ ލިބުނު ކަމަށް ވެއެވެ. އާއިލާގެ އެއް ކުއްޖެއް މާމަ ކައިރިއަށް ދެވުނު އިރު ފެނުުނު މަންޒަރު އެ ތަނުން ކުއްޖަކު ކިޔައި ދިނީ ފެންކަޅިވެ ހުރެއެވެ.

ކޮންމެ ދުވަހަކު މާމައަށް ފޮނުވާ ކިރު ފުޅިތައް އެތަނުގައި ކުނިވެފައި ހުރި އިރު ދެ ދުވަސްވަންދެން ފެސިލިޓީ އިން މާމައަށް އެއްވެސް ކާއެއްޗެއް ދީފައި ނުވާކަމަށް އެ ފަރާތުން ބުންޏެވެ. އަދި މާމައަށް ގަވާއިދުން ދެމުން އަންނަ ބައެއް ބޭސްތައް ހުއްޓާލާފައިވާ ކަމަށާއި ގަވާއިދުން ބޭސް ދިނުމުގައި ނަރުހުން ފަރުވާ ކުޑަކޮށްލާފައިވާ ކަމަށް ވެސް އާއިލާގެ މެމްބަރަކު ވަނީ ކިޔައި ދީފައެވެ.

އާއިލާއިން ބުނި ގޮތުގައި މާމަގެ ބަލި ހާލަތު ހުރި ގޮތުން ކާންދީ އުޅެނީ ހޮޅި ބޭނުންކޮށްގެންނެވެ. އަދި ބޮޑު ސާޖަރީއެއް ހަދާފައިވުމުން މާމައަށް މީހެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ބުންޏެވެ.

އެރޭ ނުވައެއް ޖެހިއިރުވެސް މާމައަށް ބޭސްދީފައެއް ނުވޭ. ނަރުސް ކުއްޖެއް ކައިރީ އެހުމުން ބުނި 12 ޖަހާއިރު ދޭނެ ވާހަކަ. 12 ޖެހިއިރުވެސް ދީފައެއް ނުވޭ. ދެން އެކަމާ ކަނބޮޑުވުން ފާޅުކޮށް ނަރުހާ ދިމާއަށް ނުރުހުން ވެފައި އެއްޗެއް ބުނުމުން ވިދާޅުވި މަމާ އެކަންޏެއް ނޫނޭ މިތާކު އޮތީ. ތިމަންނަމެންވެސް ހަނދާން ނެތޭނެއޭ." ހަތަރު މާމަ ދަރިންގެ ތެރެއިން އެކަކު ކިޔައި ދިނެވެ.

އާއިލާގެ މީހަކު މާމަ ކައިރިއަށް ދެވުނު އިރު ލޯ ކައިރި ކަޅުވެފައިވާ ކަމަށާއި އަތް ފައި އެއްވެސް ވަރަކަށް ހިރި ނުލެވޭ ކަމަށްވެއެވެ. އަދި މާމަ އޮތީ ކޮވިޑަށް ފައްސިވެގެން ގެންނަ ހުރިހާ އަންހެނުން އެޑްމިޓްް ކުރާ އާންމު ވޯޑެއްގައި ކަމަށްވެސް އާއިލާއިން ބުނިއެވެ. އަދި އެކަމާއި ކަންބޮޑުވުން ފާޅުކޮށް މާމައަކީ ބަލި މީހަކަށް ވެފައި، ހައިރިސްކް މީހަކަށް ވުމުން އެ ވޯޑުން އެހެންތަނަކަށް ބަދަލުކޮސްދިނުމަށް އެދުނު ކަމަށްވެއެވެ.

އާއިލާ އިން ތުހުމަތު ކުރަނީ ފެސިލިޓީން އިހުމާލުވި ކަމަށް

އާއިލާއިން ބުނީ މާމައަށް ގަވާއިދުން ބޭސް ނުދިނުމާއި ކާން ނުދިނުމުގެ ސަބަބުން މާމަގެ ހާލު އިތުރަށް ދަށްވެގެން ދިޔަ ކަމަށެވެ. އަދި މާމަގެ "މެޑިކަލް ހިސްޓަރީ" ކަމަށް ހީކޮށް އެހެން މީހެއްގެ މެޑިކަލް ހިސްޓްރީއަށް ބެލުމަށްފަހު މާމައަށް ފަރުވާކުރުމާއި އާއިލާއަށް އެ މައުލޫމާތުތައް އެގޮތަށް ކިޔައިދިނުމަކީވެސް މާމައަށް ވެފައިވާ އިހުމާލެއްގެ ގޮތުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން މާމައެކޭ އެއް ފަދަ އެތައް ބައެއް އެތާ ތިބި އިރު، ފެސިލިޓީއަށް ލޯޑް ބޮޑުވެ، އެ ފަރާތަތްތަކާ އަޅާނުލެވުމުން އެމީހުންގެ ހާލު ވެސް ދަށަށް ދާކަމަށް އެ އާއިލާއިން ބުނެއެވެ. އަދި ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މުސްކުޅިވެ، ގައިބާރުދެރަވެފައިވާ މީހުންނަށް ފެސިލިޓީއަށް ގެންދިއުމަށްފަހު އަޅާނުލެވި ދާ ދިއުމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށްވެސް އެ އާއިލާއިން ބުންޏެވެ.

މި މީހުންގެ އާއިލާއަށް މިވާހަކަތައް ނޭނގޭ ހާލުގައި ސިއްހީ ހިދުމަތްތެރިން ވެސް ބަލި މީހުންގެ ހާލަތު ކައިރިން ބެލުމަށާއި ޒިންމާދާރުކަމާއި އެކު ބަލިމީހުންގެ ހާލު އާއިލާއަށް ކިޔައި ދެވޭނެ ނިޒާމެއް ގާއިމް ކުރުމަށްް އެ އާއިލާއިން އިލްތިމާސްކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ތަސްލީމާ އުސްމާން "ވަގުތު" އަށް ވިދާޅުވީ އާއިލާއަށް ބަލިމީހާގެ ހާލު އަންގާފައި ވާނެ ކަމަށެވެ. އަދި ބަލިމީހާއަކީ މަންމަނު މީހަކަށް ވުމުން އެހީތެރިއެއް ހަމަޖެއްސުމުގެ ފުރުސަތުވެސް ދީފައިވާނެ ކަން ފާހަގަކުރެއްވިއެވެ. ފާތިމަތު މަނިކެގެ ބަލިހާލަތު އާއިލާއަށް ކިޔާ ނުދޭ ކަމަށް ބުނެ އާއިލާއިން ކުރި ތުހުމަތުވެސް ތަސްލީމާ ވަނީ ދޮގުކޮށްފައެވެ.

ފާތުމަތު އަދިވެސް ފަރުވާދެމުން ދަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގެ އައިސީޔޫގައެވެ. ކާ އެއްޗެހި ރަނގަޅަށް ދީ، ފަރުވާތެރިކަމާ އެކު ބޭސް ރަނގަޅަށް ދެވެން ފެށުމުން އަތްފައި ގުޑުވާލެވޭކަމަށް އާއިލާއިން ބުނެއެވެ. އަދި މޫނުމައްޗާއި ހަންގަނޑު ރީތިވެފައިވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ަިއިބިލީސް

    މީ އަހަރަމެން މިދައްކާ ވާހަކަ. ރާއްޖޭގެ ސިއްޙީ ނިޒާމު އޮތީ މުޅިން ބަދަލުކުރަން ޖެހިފައި. ފަރުވާ ދޭން ތިބޭ ނަރުހުންނާއި ޑޮކްޓަރުންނަކީ އިންސާނިއްޔަރުގެ ކަންފުޅެއް ހުރެގެން އެކަންކުރާބަޔަކަށް ނުވަންޔާ އަހަރަމެންގެ ޓެކްސް ފައިސާ އިން ބޮޑު މުސާރަ ދިނުމުގެ ބޭނުމެއްނެތް. މުޅި ޤައުމި އޮތީ މިހާލަތުގައި. އެމީހަކާއި އެމީހެއް. ޑިގްރީ ގަޑެއް ލިބުނީމަ ތިމާމީހާ ތިމާމީހާއަށް އޮޅި ފެންވަރު އޮޅިފަ ތިބޭ މީހުން ގިނައިީ. މިއީތޯ އަހަރަމެން ބޭނުންވި ތަރައްގީ އަކީ؟ މީތޯ މިކެޔިވި އެއްޗެއްގެ ހަޤީޤީ ބޭނުމަކީ. ދައުލަތުގެ ޙަރަދުގައި ކިޔަވަަިދީގެން ޤައުމަށް ފައިދާ ނުކޮށްދެވެންޔާ ދައުލަތުން ކީއްކުރަން ކުރާ ބޭކާރު ހަރަދެއް. އެޔަށްވުރެ މާއަލާކަންހުރި ކަންތައް އެބަހުރި ޤައުމުގަ ކުރަންޖެހިފަހުރި.

    85
    13
  2. އަލީއާދަނު

    ފެސިލިޓީތަކަށް ގެންދަނީ ހަމަ މަރަން. އެއްވެސް ވަަރަކަށް އަޅައެއްނުލާކަމަށްވަނީ!

    71
    8
  3. ފޫޅު ދިގު ހަންޑި

    ސަރުކާރުގައި އުޅޭ ބޭފުޅުން ދޮގެއް ނަހަދާނެ، ހާއްސަކޮށް މަތީި ފަޑީގައި އުޅޭނީ ހުދު ކާފޫރުންތަކެއް.

    68
    4
  4. ރޯދަމުބާރަކް!

    ފުރަތަމަ: ޑޮކްޓަރުން، ނަރުހުނ

    34
    3
  5. ރޯދަމުބާރަކް!

    ފުރަތަމަ: ޑޮކްޓަރުން، ނަރުހުން އަދި އެހެނިހެން ބޭބޭފުޅުން، މި ބަލި މަޑުކަމުގައި ކުރެއްވި ޙިދޮމަތަށް ޝުކުރިއްޔާ..!! އެހެނަސް މޮ ވަރުވީމާ މީ އިހުމާލު، މި އަމަލުން މި އެގުނީ ބައެއް ފަރާތްތަކުގެ ކުޑަވެސް އިންސާނިއްޔަތުކަމެއް ނެތް ކަން...!!! ވެރިންގެ އިހުމާލު..!! އައި، ޖީ، އެމް، އެޗާ އެއްވަރަށް ހުޅުމާލެ ކޮވިޑް ފެސިލިޓީ ރަންގަޅުވީ ކިހިނެއް..؟

    50
    2
  6. ކިޔުން ތެރިއެއް

    އެކިޔާ މާ މާތް ފްރަންޓްލައިން ސިއްހީ އެކްސްޕާޓުންނޯލަ

    49
    5
    • މުރާޖަ

      ކަލެ ބަލިވީމަ ދަނީ ސިޔަސީ މޮޔައެއް ކައިރިއަށްދޯ. ނޫނީ ފެންކިޔަވާފަ ބޯލައިފަ ނިންމާލަނީތަ

      1
      5
  7. މަހާ

    އިނަސާނުންނާ ދޭތެރޭ ތަފާތުކުރުން ގެންގުޅުމަކީ ވަރަށް ދެރަ ކަމެއް، ރާއްޖޭގަ މި އޮންނަނީ މޮޅުމީހާއަށް މޮޅުގޮތް،
    މިސާލަކަށް ،އަންނި، މައުމޫނު ނަމަކާ ތިހެނަ ކަންތަކެއް ނުކުރާނެ،
    ރައްޔިތުން މަގުމައްޗަށް ނުކުމެ މިކަހަލަ ކަންކަން ރަނގަޅުކުރުން ނޫންގޮތެއްނެތް،
    މިއައްވުރެ ސަރުކާރު ޒިންމާދާރުކުރުވަންޖެހޭ.

    49
    2
  8. ޒާ

    މިވާހަކަ އަދިކިރިޔާތޯ ތިލަވީ؟ މީގެ 4 މަސްކުރިން މަގޭ ތިމާގެމީހަކު ތިޔަބުނާ ފެސިލިޓީއަކަށް ގެންދިޔަ. އެތަނު ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުން ދޫކޮށްލުމުން ރޮއިފާ ކިޔައިދިން އެތަނުގެ ހިތަދަތިކަމުގެ ވާހަކަ. އެތަނަށް ދިއުމަށްވުރެން އާއިލާމީހުން ކުރިމަތީ މަރުވުން މާރަނގަޅުކަމަށްބުނި. އެތަނުގާ އެއްވެސް އަޅާލުމެއް ނުލިބޭކަމާ ކިތަންމެ ހާލުބޮޑުވިޔަސް މީހަކު ފެންނަންވެސް ނުހުންނަކަމާ ހިތްދަތިވެގެން ހާސްވެގެންވެސް އެތަނުގާ މަރުވާނެކަމަށްބުނި.

    52
    2
  9. ޒާ

    ތީ މަރަން ގެންދާތަނެއް. ސަރުކާރުން ދިފާއުވާން އުޅެނީ ލަދުކުޑަކަމުން

    50
    1
  10. ފާތުމަ

    މިލިޔުން ކިޔާލުމަށްފަހު ޔަގީންވި އެއްކަމަކީ ރާއްޖޭގަ ކޮވިޑް ޖެހިގން މަރުވާ މީހުންނަކީ ފަރުވާކުޑަކަމުން މަރުވެގެންދާ މީހުންކަން

    66
    6
  11. ތެދު

    މީތެދެއް... އަހަންނަވެސް ދިމާވީ މިގޮތައް... މާމަގެ ހާލެއް ބަލާލައް ގުޅީޔަސް ތިންހަތަރު ނައްބަރައް ގުޅައްބުނާނީ... އެކަކައް ގުޅާ އަނެކަކާ ގުޅާ 10 12 ފަހަރައް ގުޅާއިރުވެސް ހޯދަންއުޅޭ މައުލޫމާތެއްވެސް ނުދޭ މާމަޔާ ވާހަކަ ދެއްކުނީވެސް 3 ދުވަހު... ގެންދާ އެއްޗެއްސައްވެސް ވާގޮތެއް ނޭގެ ހަފތާޔަކުން ހުސްވާވަރައް އެއްޗެހި ގެއްދިޔަޔަސް ދެދުވަހުންވެސް ހުސްވެދާނެ... ސަރުކާރުން މިލިޔަނުން މިތަންތަނަށް ހަރަދު ކުރާވާހަކަ ބުނާއިރު އެތައް ބޭހެން ނަގާ ކާއެއްޗެހި ގެންގޮސްދެނީ އާއިލާތަކުން... ދަރުމަ ވަންތަޔައްވެސް ކާއެއްޗެހި ގެންދަން ޖެހެނީ އާއިލާއިން އެކަމަކު އެތާއޮތް އިރު ބަރާބަރަށް މާމަގެ ހަބަރު ލިބޭ ވާނުވާ އިގޭ އެކޮޅުންވެސް ގުޅާފަ އަޕްޑޭޓް ކޮއްދޭ... ދަރުމަވަންތައިގަ ތިބޭ ކުދިންނައް ހަމަ ސެލިއުޓް... ހުޅުމާލެ ފެސިލިޓީގަ ތިބޭމީހުނައް ރަގަޅު ފޯނެއް ހޯދާ ހާއްސަކޮން ބޭރު މީހުނަށް ގުޅީމަ އަޑު އިވޭކަމަކަށް ނުވޭ ވިއްޔަ...

    42
    1
  12. ހަގީގަތް

    މީހަމަ ހިތި ހަ ގީގަތް. އަހަރެންގެ އާއިލާ ކުއްޖެއް ވެސް މާލޭ ފެސިލިޓީއެއް ގަ ކަރަންޓީން ގަ ވ.ހާލުގަ. ހުން އައިސްގެން ދެތިން ދުވަސް ވީ އިރު ވެސް ބޭސް ނުދޭ. ނަރުހުން ވ ފަރުވާާ ކުޑަ. ޑޮކްޓަރުން ރަނގަޅަސް

    5
    1
  13. ާަަމހމދ

    July mahunfesigen mihaathanah covid allowance nulibey hulhumale’ facility ga thibi eves baekah. Need motivation too.

    3
    8
    • Anonymous

      މުސާރަ ނުލިބޭތީއޭ ކިޔާފަ މީހަކު މަރަށް ތެޅޭއިރުވެސް އަޅާނުލާ ހުންނާނީބާ؟
      މުސާރަވެސް ބަރާބަރަށް ލިބެންޖެހޭނެ އެކަމަކު އިންސާނިއްޔަތުކަން ވެސް މުހިންމުކަމަށް ދެކެން.

  14. ނަރުސް

    އާއިލާއިން ދީފަ މީނީ ހަމަ 100% ތެދު މައުލޫމާތުކަން ޔަގީން. އަހަންނަކީވެސް ނަރުހެއް. ވަރަށް ކައިރިން ތިކަންތަށް ފެނިފަ ހުރީ! ތި ކޮވިޑް ފެޒިލިޓީ ގައި ތިބޭ ބަލިމީހުންގެ ބަލި ބޮޑުވުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު ބޮޑު! ބަލިމީހުން ގެ ރެކޯޑްސް ތައް ބެލުމުގައި އިންތިހާ އަށް ފަރުވާ ކުޑަ! ގިނައިން ތިބޭނީ ބިދޭސީ ނަރުހުން. ކަމަކަށް ކަމެއް ކުރަނީ. ސިއްހިީ ހިދުމަތްތެރިންނަށް ނުކަތާވަރަށް ޕޭޝެންޓުން ތިބޭ. ސަރުކާރުގެ ޒިންމާދާރު ވެރިން މިކަންތައް އެންމެ އެދެވޭ ގޮތައް މޮނީޓަރ ނުކުރެވޭކަން ފާހަނގަ ކުރަން.
    ޏިކަމެތި މީހާއަށް ނިކަމެތި ކަން. ބޮޑުންނަށް މޮޅުކަން. ކަމެއް އިސްލާހު ކުރުމުގައި ބަލަނީ އެކަންތައް ފަސް އަޅާ ފޮރުވޭތޯ. ދިފާއު ކުރެވޭތޯ.
    އަ ލައިފް އީސް އަ ލައިފް. ނޯ މެޓާ ވެއާ ޔޫ ކަމް ފްރޮމް އޯ ހޫ ޔޫ އާރ. ވީ ނީޑް އިކުއިޓީ!

    18
    1
  15. ކޮބާތަ؟

    ވިސްނާލާ ރަގަޅު މެނޭޖްމަންޓެއް ނެތިއްޔާ ވާނެގޮތް ތި ވަނީ، އެ ތަނުގަ ޚިދުމަތް ފޯރުކޮށްދެން ތިބި ބޭފުޅުންނަށް ބަދުބަސް ބުނުމުގެ ބޭނުމެއް މިއަދަކުނެތް ކަންކަން ގޯހުން ގޯހަށް ދާއިރު އެކަމާ ވާހަކަ ދައްކާނެ މީހަކުނެތް މިކަންކުރީ އަހަރަމެންގެ އަމިއްލައަތުން، ބުޅަލެއްވެސް ލިޔަސް ހޮވާނީ އެ ބުޅަލޭ ގޮވަމުން ދުވީވެސް ހަމަ އަހަރަމެން، މީ އަހަރަމެންގެ ކުށް ޒިންމާނަގަންޖެހޭނީ އަމިއްލަ އަށް އެ އޮތީ ހާއްޞަ ހުއްދައިގެ ދަށުން އައްޑުއަށް ފުރިހަމަ އިއްޒަތާއެކު ޒިޔާރަތް ކޮށްފަ ދެން ބޮޑިކާންވީ. ކޮންމެ ކަމެއްވެސް ތިޔާ އާ އަރާ ހަމަކުރީމަ ދެން މި ވިސްނާލަނީ ޓެކްސް މުސާރަ ދޭން ބުޅަލެއްވިއަސް އޯކޭ ގޮވިއިރު އޭރުވެސް ތި ޙިދުމަތްތެރިން ތިއްބެވީ ޚިދުމަތުގަ ނުބުނަން ފަރުވާ ކުޑަ ނަރުހުންނާ ޑޮކްޓަރުންނެތެކޭ އަޅުގަނޑަށްވެސް އެބަހުރި ކިތަންމެ ތިފަދަ ބަޔަކާ ދިމާވެފަ

    10
    1
  16. ވަތުބަތާނަ

    ބުނެއުޅޭނޫންތަ ގެރިއަށްވެސް ފެންނާނީ ކުރމަތީ އޮންނަ ގެރީގެ ފޫކޮޅުގަ ހޭކިފަހުންނަގުޔޭ އެއޭތީގެ ފޫކޮޅުގަ ހޭކިފަ ހުންނަ ގުޔެއް ނުފެންނާނޭ. ޚަބަރުގާ ތިޔަ އޮތް ހެލްތުމިނިސްޓްރިގެ ބޭފުޅާއަކި ހަމަ އެކަހަލަ ރަނގަޅު މިސާލެއް. މޮޅުނަމެއްކިޔާ ޕޮޒިޝަނެއްދީފަ ހުންނަނީ. ކޮލިޓީއަކީ އަބަދު އެހެންމިހުންގެ ކުށްހޯދުން. ސިއްޙީޚިދުމަތްދޭތަންތަން ބޮއްސުންލާފަ. އެއްކަމެއްވެސް ބަލާނުލެވޭ. ތިމާވަރު ނެތިގެން ދުވާމީހެއްތި.

    10
  17. ަެއިސްމާލު

    ތިޔަ ތަސްލީމާގެ ފިރިމީހާގެ ޒުވާން ކޮއްކޮއެއް ކޮވިޑް ޖެހުމުން އުޑާއި ބިން އެއް ނުކުރާކަން އެކަނި. މަަގާމްގެ ނުފޫޒު ބޭނުން ކޮއްގެން ޑީއެޗަށް ބަދަލުކޮއް އެތަނުގައި ފަރުވާކޮށް ނިމިގެން ކޭކް ފަޅާ ހެދި.މިހިރީ ބަލަން ޖެހޭ ކަންކަން. ނިކަމެތިންނަށް ނިކަމެތި ގޮތް. ތަސްލީމާ ބޮޑު ވީމަ މޮޅުގޮތް

    16
  18. ބކރ

    ތަސްލީމާ ކޮންމެ އެއްޗެއް ބުންޔަސް ތި ފެސިލިޓީއައް ދިޔަ އެއްވެސް މީހަކު ތި ޙަބަރު ދޮގެއް ނުކުރާނެ

    14
    1
  19. ދަންނަ

    ކޮވިޑުގެ ތެރޭގައި ހުޅުމާލެ ފެސިލިޓީއާއި އެހެނިހެން (ރިސޯޓުތައް ވެސް ހިމަނައިގެން) ފެސިލިޓީތަކުގެ ޚިދުމަތުގެ ދޭސީކަމާ ބެހޭ ގޮތުން ފޮތެއް ލިޔާވަރަށް އަޅުގަނޑުގެ މައުލޫމާތު އެބހުރި. ސީދާ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާތަކާއި އާއިލާގެ އެހެން މީހުންގެ ތަޖުރިބާއާއި ގާތް މީހުންގެ ތަޖުރިބާ އެކަމަކު އެކަން މައިމޫނާ ވެސް ދޮގުކޮށް ފާނެ. މައިމޫނާއަށް ހިއްސާ ކޮށްފައިވާ މެސެޖުތައް ވެސް އެބަހުރި. އެކަމަކު ކަހައިތަން ހިރުވައިވެސް ނުލި. ވަކިބަޔަކަށް ވ.ރަނގަޅު.

  20. ލާމު

    އެޗްޕީއޭ އޭ ކޮވިޑް ފެސިލިޓީއޭ ކިޔައި ގެން މީހުން ދައްކާ ވާހަކަތައް އިއްޔެއާ ހަމައަށް ގަބޫލެއް ނުކުރަން. އެކަމަކު އެކަން ތަޖުރިބާ ކުރެވިއްޖެ. މިހާރު އެނގިއްޖެ މީހުން ފަްްކަނީ ރަނ ގަޅު ވާހަކަކަން.

  21. ޙހހހ

    ތިތާ އުޅުން މީހުންނަށްނކޮވިޑް އިލެވެންސް ހައްގުބާ

  22. ރޮކް1

    މައުމޫނުއާ އުޔުނިވާރސަލްގެ އާއިލާ މީހުންނަށް ކޮވިޑް ޖެހުނީމާ ވީޥީއައިޕީގައި ދަރުމަވަންތައިގެ މުޅި ފްލޯއެއްކޮށް ދީފަ 4 ނަރުހުންނއަދި ފުލް މެޑިކަލް ޓީމް ސްޓޭންޑަބްއިގަ.. ނިކަމެތި ރައްޔިތުމީހާ އަނދަގޮނޑީގަ...

  23. ވަރަށް ދެން

    އަހަރެންނަށް އެނގޭ ކަމަކީ ކޮވިޑް ފެސިލިޓީ އަށް ގެންދިޔައިމަ ބޮޑު ކޮށް ކޮށްގެން ވެސް މީހުން އެއްޗެހި ކިޔާކަން، ކިތަންމެ ރަނގަޅަށް ކަންތައް ކޮށްދިނަސް އެކަން ބަލައިގަންނަނީ މަދު ބައެއްކަން. ދިވެހިންގެ ވައްތަރު ހަމަ. ހަކުރު މަތިވެގެން ކޮންޓްރޯލް ނުކުރެވޭ ވަރު ވީމަ ދިމާލަށް އެބަ ބުނޭ ކަލެމެން ފަރުވާ ކުރާށޭ ކޮވިޑް ތަންކޮޅަށް އަމިއްލައަށް ހަކުރު ކޮންޓްރޯލް ކޮށްފާނަމޭ. އެހެން ކިޔާފަ ބޮޑެތި ޖޫސް ޕެކެޓް އެބަ ބޯލާ ޑޮކްޓަރުން ކުރިމަތީގަ، ދެން ބުނަނީ ޑޮކްޓަރުން ފަރުވާ ކުޑަވެގެން ހަކުރު މަތި ވީއޭ

  24. ޗޮކޮސް

    އަހަރެންގެ މައިދައިތަވެސް ތިބުނާ ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ. ވަރަށް ރަނގަޅަށް އެތަނުން ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް. ދިވެހިންނަށް އަބަދުވެސް ފެންނާނީ ގޯސްކޮށް ކުރެވޭ ކަންތައް އެކަނި. ރަނގަޅަށް ކުރެވޭ ކަމެއް ނުފެނޭ.

  25. ވީޒާ

    މީ ދިވެހި ޤައުމު ދުއް އެންމެ ހަރާންކޯރު އެންމެ ނުބައި އެންމެ ނުލަފާ ސަރުކާރު ޔާﷲ މިނުބައި ސަރުކާރުގެ ނިމުން އަވަސް ކޮށް ދެއްވައި ފާ ދޭވެ އާމީން