ހުޅުމާލޭގައި ޒުވާން އުމުރުފުރައިގެ ކުދިންތަކެއް ގްރޫޕް ހަދާފައި ބޭރަށް ނުކުމެ އުޅެނީ އެއްވެސް ޖެހިލުމެއް، ބިރެއް ނެތިއެވެ. އަވަށްޓެރިން ކައިރިން އެ ކުދިންގެ ވާހަކަ އަހާލުމުން، އެނގުނީ އެއީ ކޮވިޑް-19 އަށް ދާދި ފަހުން ފައްސިވި ބައެއް ކަމެވެ. ގޭގައި ހޯމް ކަރަންޓީންގައި ތިބުމަށް އެ ޒުވާން ކުދިން ކައިރީ އެދުނު ނަމަވެސް މިއަދާ ހަމައަށް އައިއިރު ކަމާބެހޭ ފަރާތްތަކުގެ އަމުރަށް އެ ޒުވާނުން ބޯލަނބާފައެއް ނުވެއެވެ. އެންމެ ފަހުން، ނުރައްކަލަށް އެ ހުށަހެޅެނީ، އުމުރުން ދުވަސްވީ މީހުންނެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އޮތް ނުރައްކާ ވެސް ކުޑައެއް ނޫނެވެ.

މިއީ، މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް އާންމުވެފައިވާ ސީރިއަސް ބިރުވެރި މަންޒަރެކެވެ!

ކޮވިޑް-19 ޖެހުނު ކަން އެނގި ތިބެ ބޭރުގައި އުޅޭ މީހުންގެ އަދަދު ގިނަވެއްޖެއެވެ. އެފަދަ މީހުން މޮނިޓަ ކުރާނެ ބަޔަކު ވެސް ނެތެވެ. މޮނިޓަ ކުރެވޭނެ ގޮތެއް ވެސް ނެތެވެ. ފަރުދީ ޒިންމާ އަދާކުރަން ކަމާބެހޭ ފަރާތްތަކުން ކިތަންމެ އާދޭހެއް ކުރިއަސް، މިއަދު އެ އަޑު އަހަނީ މަދު ބައެކެވެ. ނަތީޖާއަކީ މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލުން ނެއްޓިފައިވާ ކަމެވެ. ރާއްޖެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތް ކަމެވެ.

އިންސާނުންގެ ދިފާއީ ނިޒާމު ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ކޮވިޑް-19 ހަލުވިކަމާ އެކު، ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަރުކަށި ފިޔަވަޅުތައް އަޅަން ފެށިތާ ހަތަރު ހަފްތާވި އިރު ވެސް ބަލި ފެތުރޭ މިންވަރަށް މަޑު ޖެހުމެއް އައިސްފައެއް ނުވެއެވެ. ރޭގަނޑު ގަޑީގައި ކާފިއު އިއުލާންކޮށް، ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރިއަސް، ބަލި ޖެހޭ މީހުން މަދެއް ނުވިއެވެ.

ބިދޭސީންތަކެއް މާލޭގެ މަގުމަތިން ހިނގާފައި ދަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެއީ ހަމަ ޔަގީނުން ވެސް ފިޔަވަޅުތަކަށް އަމަލު ކުރަން ތިބި މީހުންގެ މައްސަލައެކެވެ.

ޖެނުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުންދާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވާން އިރުޝާދު ދިނެވެ. ޒަރޫރީ ބޭނުމެއް ނެތި، ބޭރަށް ނުނިކުންނަން ސިއްހީ މާހިރުން ކެނޑިނޭޅި ދިޔައީ ނަސޭހަތްތެރިވަމުންނެވެ.

އެކަމަކު، މި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފެނުނީ އެ މަންޒަރެއް ނޫނެވެ!

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވުން އިރުއޮއްސި 6:00 އިން ފެށިގެން މަނާ ކުރުމުން، ފެނުނީ "އީދެއް" އައިސްގެން އުޅޭ ތަނެވެ. އެއްގަމު އުޅަނދުތައް ޕާކްކޮށްފައި ނުކުތީ ހިނގާފައެވެ. އެމީހަކު ހިތަށް އެރި "އުފަލެއް" ދިޔައީ ހޯދަމުންނެވެ. އެއް ބަޔަކު ގްރޫޕް ހަދާފައި ހިނގަން ނުކުތީ ރަސްފަންނާ ދިމާލަށެވެ. އަނެއް ބަޔަކު ކާނިވާ ސަރަހައްދު ކުރިމަތީގައި އޮންނަ "ކޮފީ ޕޮއިންޓަށެވެ". "ޖޯޑު ޖޯޑަށް" މީހުން ދިޔައީ އުސްފަސްގަނޑަށެވެ. ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓައެއް ނުލިއެވެ. ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ހޮޓާތައް ފުރާލިއެވެ.

ހިތްހަމަޖައްސާލައި، މޫދަށް އެރި އުޅުމަށް ބޭނުން ކުރީ މާލެ ސަރަހައްދުގައި ހަދާފައިވާ ރީތި ބީޗުތަކާއި މޫދެވެ. އެއް ބަޔަކު ފެނުނީ މާލޭގެ ޓްރެކް ސަރަހައްދުންނެވެ. އަނެއް ބަޔަކު ހުޅުމާލޭގެ ގޮނޑުދޮށުންނެވެ. ބަލީގެ ނުރައްކާތެރިކަން ހަނދާން ނެތޭ ހާލުގައެވެ.

މާލޭގެ މަގުމަތީގައި ބަޔަކު ހިނގާފައި ދަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް އަފްޒަލް

ކޮވިޑް-19 ފެތުރޭތީ އަޅަމުންދާ ފިޔަވަޅުތައް ތަންފީޒު ކުރެވޭތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ފެށިގެން ބައިގަޑިއިރެއް ހާއިރު ދާއިރުގައި ވެސް މަގުމަތިން އުޅަނދުތައް މަދެއް ނުވެއެވެ. ފުލުހުން އެކަން ހުއްޓުވަން މާ ބޮޑަށް އުޅޭ ތަނެއް ނުފެނެއެވެ.

މި ހުރިހާ ސަބަބަކާ ހުރެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ވާހަކަ ސީރިއަސްއެވެ. މާލެ ސަރަހައްދުގައި ކޮވިޑް އޮތީ "އައުޓް އޮފް ކޮންޓްރޯލް" ގައި ކަމަށް ނަސީމަށް ވިދާޅުވެވުނީ ދިވެހިންނާއި އެ ނޫން ވެސް މީހުން ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްލީމައެވެ. މާލެ ސަރަހައްދު އޮތީ އަލުން ފުރަބަންދަކަށް ދާން ޖެހޭ ހާލަތުގައި ނަސީމް ވިދާޅުވީ ކަމުގެ ސީރިއަސް ކަން އިންތިހާ އަށް ބޮޑުވުމުންނެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު އަދި އެތެރެހަށީގެ ޑރ. އަހުމަދު ޝަހީދު ރޭ ވިދާޅުވީ ވޭތުވެދިޔަ ހަތަރު ހަފުތާގައި ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ދިރާސާ ކުރުމަށް ފަހު، ކަންބޮޑުވާން ޖެހޭ ވާހަކަތަކެއް ހިއްސާ ކުރައްވައިފައެވެ. ޝަހީދު ވެސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ނެގި ދެ ވަނަ ރާޅަށް ވުރެ، ތިން ވަނަ ރާޅުގެ ހާލަތު މާ ބޮޑަށް ވެސް ގޯހެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުފެންނަ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ވެހިކަލް ނުދުއްވުނަސް "މީހުންގެ މޫވްމެންޓްތަކަށް މާ ބޮޑު ބަދަލުތަކެއް އަންނަ ކަމަކަށް ފާހަގައެއް ނުކުރެވޭ" ކަމަށެވެ.

ތަރުތީބެއްނެތި މާލޭގައި ސުންކު ނެގުން - ވަގުތު އިމޭޖަސް:- މުހައްމަދު އަފްޒަލް

900 އަށް ވުރެ ގިނަ މީހުން ފައްސިވާތާ ހަތަރު ހަފްތާ!

ސިއްހީ މާހިރުން ހެދި ދިރާސާތައް ދައްކާ ގޮތުގައި ކޮވިޑްގެ ދެވަނަ ރާޅުގައި ހަފުތާއެއްގެ މައްޗަށް އެންމެ ގިނައިން ފެނިފައި ވަނީ 970 ވޭދަނައެވެ. އެކަމަކު ތިންވަނަ ރާޅުގައި އެއް ހަފްތާ އިން 1000 އަށް ވުރެ ގިނަ ވޭދަނަ ވަނީ ފެނިފައެވެ. ދެވަނަ ރާޅުގައި ވޭދަނަތަކުގެ އަދަދު 900 އަށް ވުރެ މަތީގައި ހުރީ އެންމެ ދެ ހަފްތާގައެވެ. އެކަމަކު މި ރާޅުގައި ކޮންމެ ހަފްތާއަކު 900 އަށް ވުރެ ގިނަ މީހުން ފައްސިވާތާ ހަތަރު ހަފްތާވެއްޖެއެވެ.

"މި ހަތަރު ހަފްތާގެ ތެރޭގައި އެކި ފިޔަވަޅުތައް އެޅިފައި މިވަނީ. އޭގެ ތެރޭގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާ ކުރުން، ސްކޫލްތަކުގެ ވެސް މަތީ ގްރޭޑްތައް ފިޔަވައި ދެން ހުރި ގްރޭޑްތަކުގެ ކިޔެވުން ވަނީ އޮންލައިން ކްލާސްތަކަށް ވަނީ ބަދަލު ކުރެވިފައި. ގްރޫޕް ކަސްރަތާއި ޖިމް ފަދަ ތަންތަނުގައި ގްރޫޕް ކްލާސްތަކާއި ދެން ވެސް ޓީމް ސްޕޯޓްތައް މިވަނީ މަނާ ކުރެވިފައި،" ޝަހީދު ފާހަގަ ކުރެއްވިއެވެ.

"އެކަމަކު ގްރާފަށް ބަލާލާ އިރުގައި މި ފިޔަވަޅުތަކާ އެކުގައި ވެސް އަދި މާ ބޮޑެތި ބަދަލުތަކެއް އަންނަ ނިޝާނެއް ނުފެނޭ. ހަފްތާއެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުން އުޅެނީ 900 އަށް ވުރެ މަތީގައި،"

ސުންކު ނެގުމުގައި ހަރަކާތްތެރިވާ ފުލުހުންތަކެއް - ފޮޓޯ: ޕޮލިސް
ސުންކު ނެގުމުގައި ހަރަކާތްތެރިވާ ފުލުހުންތަކެއް - ފޮޓޯ: ޕޮލިސް

އަލާމާތްތައް ހުރެ ފައްސިވާ މީހުންގެ އަދަދު ދަށެއް ނުވޭ

އަލާމާތްތައް ހުރެގެން ކޮވިޑަށް ޓެސްޓުކުރާ މީހުންގެ ތެރެއިން ފައްސިވާ މީހުންގެ އަދަދު ޖެނުއަރީ ދެވަނަ ހަފުތާ އިން ފެށިގެން އަދިވެސް ހުރީ ފަސް ޕަސެންޓަށް ވުރެ މަތީގައެވެ. ޝަހީދު ވިދާޅުވި ގޮތުގައި މިކަމުން މި ދައްކައިދެނީ އަދިވެސް ކޮންޓްރޯލް ވުމެއް ނެތި, ގިނަ އަދަދަކަށް ކޮވިޑް-19ގެ ވައިރަސް ފެތުރެމުންދާ ކަމެވެ. އަލާމާތްތައް ހުރެގެން ފައްސިވާ މީހުން ދެވަނަ ރާޅަށް ވުރެ މިހާރު މަދު ނަމަވެސް އެ ގޮތަށް ދައްކަނީ އެފަދަ މީހުން ޓެސްޓުކުރަން ދާ މިންވަރު މަދުވުމުން ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ.

"އެހެންވީމާ މީގެން އަޅުގަނޑުމެންނަށް މި ބެލެވޭ އެއްޗަކީ މި ބައްޔާ ދޭތެރޭގައި މީހުން ސަމާލުވާ މިންވަރު މިހާރު ކުޑަވެފައި މި ވަނީ. ވަރަށް ބޮޑަށް އާދައިގެ ބައްޔެކޭ, މި ގޮތަށް ހީވެފައި މި އޮންނަނީ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

އެޑްމިޓް ކުރަން ޖެހޭ މީހުން ވަނީ ގިނަ!

ދެ ވަނަ ރާޅަށް ވުރެ މި ރާޅުގައި ކޮވިޑް ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެޗްޕީއޭ އިން ކުރިން ހާމަކުރި ގޮތުގައި މި ރާޅުގައި އެޑްމިޓް ކުރި މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް ވެސް އެރިއެވެ. އެކަމަކު، މިހާރު އެ އަދަދު ހުރީ 162 ގައެވެ. އެޑްމިޓްކުރަން ހުރި އެނދުތައް ފުރެން ކައިރިވުމުން އެޑްމިޓްކުރާނީ ކޮން ކަހަލަ މީހުންނެއްތޯ ކަނޑައަޅާ މިންގަނޑަށް ބަދަލު ގެންނަން ވެސް ޖެހުނެވެ.

އެޑްމިޓްކޮށްގެން މިހާރު ފަރުވާދޭން ނިންމާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހާލު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ މީހުން އެކަންޏެވެ. މީގެކުރިން ނަމަ، އުމުރުން 55 އަހަރުން މަތީގެ މީހުންނާއި ހާލު ބޮޑުވާނެ ކަމަށް ބެލެވޭ މީހުން ދިޔައީ އެޑްމިޓްކުރަމުންނެވެ. ޝަހީދު ވިދާޅުވީ ހިރާސް ބޮޑު (ހައި ރިސްކް) ބަލި މީހުން ގޭގައި ބަހައްޓައިގެން ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުން މާލޭގެ މަގުމަތީގައި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އޭގެ މާނައަކީ ހާލު ދެރަ މީހުން އޮބްޒާވް ކުރުމެއް ނެތި ގޭގައި ބަހައްޓާ ވާހަކައެއް ނޫން. އެކަމަކު، މިހާރު އެޑްމިޓް ކުރަން ހުރި ޖާގަތައް އިތުރު ކުރުމުގެ ގޮތުން މޮނިޓަރިން އާ އެކުގައި ހައި ރިސްކް މީހުން ގޭގައި ބައިތިއްބަން އަޅުގަނޑުމެން،" ޝަހީދު ވިދާޅުވިއެވެ.

އެކަމަކު، މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ހިރާސް ބޮޑެތި މީހުން ގޭގައި ތިބެގެން ބަލަހައްޓާ ނަމަ، އެމީހުންގެ ހާލު ކުއްލިއަކަށް ވެސް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އެ ހިސާބުން ފަރުވާ ދިނުމަށް ގެންދެވޭ އިރު، ފުރާނަ ދުނިޔެއާ ވަކިވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ޝަހީދު ވިދާޅުވީ ކްރައިޓީރިއާ އަށް ބަދަލު ގެނައި ނަމަވެސް އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އަދިވެސް މަދު ނުވާ ކަމަށެވެ.

އެޑްމިޓްކުރާނެ މީހުން ކަނޑައަޅާ މިންގަނޑު ބަދަލު ކުރިޔަސް އެނދުތައް ފުރޭ އަދަދު ދަށަށް ނުދާތީ އެހެން ބަދަލެއް ވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ނަމަ އެޑްމިޓްކުރާ މީހުން 14 ދުވަސް ވަންދެން ހޮސްޕިޓަލުގައި ބައިތިއްބައެވެ. އެކަމަކު މިހާރު، ބަލިމީހާގެ ހާލު ރަނގަޅު ނަމަ، ގޭގައި މޮނިޓަކުރެވޭނެ ފަދަ މީހުން 10 ދުވަސް ވަރު ވީމަ ގެއަށް ފޮނުވާލާ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 60 މީހުން ނިޔާވި އިރު، އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ނިޔާވި 48 މީހުންނާއި މިއަހަރުގެ މިހާތަނަށް ނިޔާވި 12 މީހުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު ހަތަރު މީހަކު ބަލީގައި ނިޔާވި އިރު، މި މަހު ނިޔާވެފައި ވަނީ އަށް މީހުންނެވެ. ޝަހީދު ވިދާޅުވީ މަހަކަށް ފަހު މަހެއް، މި އަދަދުތައް ވެސް މައްޗަށް ދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

މާލޭ މަގުމަތިން ބަޔަކު ހިނގާފައި ދަނީ - ވަގުތު އިމޭޖެސް:- އަހްމަދް އަލީ

ބައްޔާ ދޭތެރޭގައި އޮތް ސަމާލުކަން ކުޑައީ!

ޝަހީދު ވިދާޅުވިގޮތުގައި ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް ގަބޫލުކޮށް، ބައްޔާ ދޭތެރޭގައި އޮތް ސަމާލުކަން ކުޑަވެފައިވާ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލު ކުރާ މިންވަރު ވަރަށް ގިނަ ވެފައިވާ ކަމަށެވެ. ހާއްސަކޮށް އެއް ގެއެއްގައި ދިރިއުޅޭ މީހުން އަނެއް ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރުން ވެސް ގިނަވެފައިވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.

މީގެއިތުރުން އެއްވުންތައް ބާއްވަމުންދާތީ އެކަން ވެސް ޝަހީދު ފާހަގަކުރެއްވިއެވެ. މިއީ ބަލި ފެތުރުމަށް މަގުފަހިވާނެ ކަންކަން ކަމަށް ވިދާޅުވިއެވެ. އަދި ރެސްޓޯރަންޓުތަކަށް ގޮސް، މާސްކް ނާޅައި ގިނަ އިރު ތިބޭތީ ޝަހީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ހާއްސަކޮށް ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގައި މާސްކް ނާޅައި ގިނައިރު ވަންދެން އެގޮތަށް ތިބުމަކީ ހައި ރިސްކް އެކްޓިވިޓީއެއް. ހައި ރިސްކްކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެނީ،" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވި ގޮތުގައި ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް ބައެއް ފަހަރު މީހުން ދެކެއެވެ. އަދި ރަނގަޅީ ބަލި ޖެހުން ކަމަށާއި އޭރުން ދަތުރުކުރުން ފަދަ ކަންކަން ކުރެވޭނެ ކަމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ބައެއް ފަހަރު މިއީ އާދައިގެ ބައްޔެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑަކީ ބައެއް ފަހަރު އާދައިގެ ރޯގާއެއް ފަދަ ބައްޔަކަށް ވިޔަސް އަނެއްބައި ފަހަރު، ދެ ހަފުތާގެ ތެރޭގައި ރޯގާ ރަނގަޅުވުމަށް ފަހު، ދިގު މުއްދަތުގެ ސިއްހީ މައްސަލަތައް ވެސް ކުރިމަތިވާކަން ޝަހީދު ފާހަގަކުރެއްވިއެވެ.

ޝަހީދު ވިދާޅުވީ ކޮވިޑް ވޭދަނަތައް 100 އިން މަތީގައި ކޮންމެ ދުވަހަކު ބޭއްވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އެހެންވެ، އިތުރު ފިޔަވަޅުތައް އަޅައިގެން ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދަދުތައް ގިނަވާ ނަމަ، ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޔެސް

  ނޭވާލާ ކޮންމެ ދިމާލަކުން ތި ކޮވިޑް އާވައްތަރު އެބަ ފެނޭ. އެއަށް ކިޔަނީ ރަށްވެހި ފަތިސް.

  43
  7
  • ރާގޮޑިރާޖަ

   ޢެވެދާނެ ބަޑަށްވައިއަރައިގެން އުޅޭ ވަގުންނަށްވެސް.

   18
   4
   • މަޖޫދު

    ވެލާނާގޭގަ ހުރި ފޮތްތަކާ އަގުބޮޑުތަކެތި ވަގަށް ނަގައިގެން ޖަލަށްލީ ކަލޭގެވާހަކަތަ؟ ނޫނީ 1 މިއަން ޑޮލަރު އަމިއްލަ އެކަެުންޓުން ނަގާފަ ދަެުލަތުގރ ބެލުމުގެ ދަށުގަ ބެހެއްޓުމުން، އެއީ މަނީ ލޯންޑަރ ކަމަށް ކަނޑައަޅާ ޖަލަށްލީ ގައުމުގެ ލީޑަރުގެ ވާހަކަތަ؟

    14
    3
 2. ޅަބޭ

  ތީހުސް ހާލި ވާހަކަ.ސަރުކާރުން އުޅެނީ ކޮވިޑު ސިޔާސީކޮއްލައިގެން. ޕީޕީއެމް މީހުން މުޒާހަރާއެއް ޕޮލިހުންނެރި އެހުއްޓުވާފަ މިބުނަނީ ކޮވިޑު ފެތުރެނިއްޔޯ. އަމިއްލަ މީހުން ސޯލްޓް ރެސްޓޯރަންޓާއި ތަންތަނުގަ ޕާޓީ ނާޗަރަންގީ ބޭއްވިޔަސް ޕޮލިހުންނެއް އެތަނަކައް ނުފޮނުވާ، ކޮވިޑެއްވެސް ނުފެތުރޭ. މީ އަރަތެއްނު!

  38
  12
 3. ވިޗޭ

  އަހަރެންމީ ހައިރިސްކު މީހެއް. ތިގޮތަށް ނިކުމެ އުޅޭ ކަންފަސޭހަ ޒުވާނުންނަށް ދުވަހެއް އައްޔާ މަށަށްވެސް ދުވަހެއް އަންނާނެކަން ހަނދާންކުރާތި މަގޭ ދިރިހުރުން ރިސްކަށް ވައްޓާލާއިރު ކަލޭމެން. އަހަރެން މިދަނީ މަގުމަތި ފޮޓޯނަގަމުން...ނޯޓު ކުރަމުން.....

  10
  4
 4. ސަމޭދާން ބުނި ގަތޫރާ

  ދެން ނޭވާނުލާތަ އުޅޭންވީ.

 5. Anonymous

  ވެރިކަމުގައި ރައީސްޔާމީން ހުންނެވުނަމަ މިގަެުމުގައި ވަލުޖަނަވާރުންހ ވަކިގޮތަކަށް އަނގަމަތި ނިވައި ކުރުވަން ނުޖެހި މިނިވަންކަމާއެކު އުޅެވޭ އިގްތިސާދަާް ބުރޫ ނާރާނެ އިދިކޮޅަށް އަޑުއުފުލުމުގެ ފުރުސަތު އޮތް ތަނެއްގެ ގޮތުގައި މިތަން އޮންނާނެ ރަނގަޅު ސިޔާސަތުތައް ކަނޑައަޅުއްވާ އިލްތިޒާމް ކުރެއްވީސް. އެކަމަކު މިއަދު މިއޮތީ ޒައިނުންސްޓުން ބޭނުންވާ އެމީހުންގެ މީހުން މަދުކުރުމުގެ އެޖެންޑާނތަންީޒުކުރާނެ އަދި އިންސާނުން ޖަނަވާރުންހެން ކޮށިކޮށީގައި އެކަތިނއަނެކައްޗާ ވަކިން ގެންގުޅޭހެން ގެންގުޅޭނެ ސަރުކާރެއް. ރައްޔިތުން ހޭއަރާ މިޖަހާ ސަކަރާތަކީ ކޮބަެިކަން އެނގޭނެ ދުވަހެއްގެ އިންތިޒާރުގައި އަހަރެމެން މިތިބީ.

  11
  1
 6. ޒުހުރާ

  ގައުމު ބަނޑަށްޖެހި ކޮވިޑް އެހީގައި އެންމެން އުޅޭވަރުކޮށްލާފަ ހުއްޓާލާތި.

  9
  1
 7. Anonymous

  ޒައިނިސްޓުން އިންސާނުން އަޅުވެތި ކުރުމަށް ކުރާ މަސައްކަތް ޕްރޮމޯޓް ނުކުރޭ. ހަމަ އެކަނި މި ރޯގާއިން ރައްކާތެރިވެ އާއްމު ދިތިއުޅުން އުޅުން ޕްރޮމޯޓް ކުރޭ!

 8. ކުންފުނި

  2 ވަނަ ކްއާޓަރގައި 3 ވަނަ ލޮކްޑައުންއަށް މުޅިދުނިޔެ ދާންޖެހޭނެކަމަށް، ޒައިނިސްޓުން ނުވަތަ އައިއެމް އެފް ބިޒް މަނީ ހިފަހައްޓާ އީވިލް ވޯޝިޕާސް މިހާރުވަނީ ދުނިޔޭގެ ގައުމުތަކަށް އަންގާފައި.

 9. ރައްޔިތުމީހާ.

  ކަންކަމުގައި ގޮތް ކަނޑައަޅަންކެރޭ ހަރުދަނާ ވެރިން ތިބެގެން ކަންކަން ހަމަޔަކަށް އެޅުވޭނީ. މީހަކު އެއްޗެއް ބުނީމަ ރޮއެގަނެފަ އަމިއްލަ މަޞްލަޙަތު ގެއްލިދާނެތީ، ނުލަފާ އަމަލުތައް ހިންގާ މީހުންނަށް ކަމެއް ކުރަން ނުކެރިފަ ތިބޭ މީހުންނަކަށް ކަންކަން ހަމަޔަކަށް ނޭޅުވޭނެ. މިސާލަކަށް ބަލާ ޗައިނާ. ފިޔަވަޅު އެޅީ ހަރުކަށިކޮށް. ޏަތީޖާ 100. ރައްޔިތުންނަށްވެސް މިހާރު ބަރާބަރު.

  8
  1
 10. ހ

  މާސްކް ނާޅާ މީހުންގެ ފޮޓޯ ނަގާފަ ޖޫރިމަނާ ކުރަން ވީ... ދެން ބޮޑުވަރު މީ.. .16-26 އަހަރާ ދެމެދުގެ ބައެއް ޒުވާނުންގެ ކަންތަށް ވަރަށް ބޮޑު... ބަސް އަހައިގެން އުޅެނީ މަދު ބަޔަކު.. .އެންމެން ރަގަޅަށް ޖޫރިމަނާ ކޮށްލަން ވީ... ކޮން އުދަގުލެއް ކުރާކަށް

  3
  1
 11. .....

  ކޮވިޑް19 އެއީއެބަލީގެ ޒާތުގައި އާދައިގެ ރޯގާއެއް...އޭގެ ސަބަބުންނޭ ކިޔާ ގައުމު ބަނޑަށް ޖައްސަން ޖެހޭ ވަރުގެ ބައްޔެެއް ނޫން އެއީ...ވަގުތަށް ނޭނގިއޮތަސް ދުނިޔޭގަ އެބަ އޮތް މިލިއަނުން މީހުން އުޅޭ ގައުމުގަ ކޮވިޑް19 އޮވެ މީގެ އެއްވެސް ފިޔަވަޅެއްނާޅާ އޮތް ގައުމުތައް...އެގައުމުތަކުގައި ކީއްވެގެންތޯ ކޮވިޑް ގެ ސަބަބުން ގިނަ ބަޔަކު މަރުނުވަނީ..އެގައުމުތަކުގައި މާސްކުވެސް ނާޅާ...މިއަށްވުރެ ބައިބޯ...ނުރައްކާ އޮތީ ޔަހޫދީންގެ އަތުން ކުޑަފައިސާ ކޮޅެއްހޯދާގެން ތިބެ ގައުމަށް ހަރާންކޯރުވާ ވެރިންގެ...ވަގުތަށް ކެރޭނެތަ އިހްލާސްތެރި ރިޕޯޓެއް މިކަމަށް ހަދާލަން...

  1
  1
  • Anonymous

   އިންޑިޔާއަކީ މީގެ އެއްގައުމު. ރަޝިޔާއަކީ އަނެއްގައުމު. އިންޑިޔާގެ އިގްތިސާދުބހަލާކުވާނެތީއާ ކޮވިޑްއަކީ ދިފާއީ ނިޒާމު ބަލި މީހުންނަށް ބޮޑުވަރުވާ ރޯގާއެއްކަން އެނގޭތީ އެމީހުން އެއްވެސް ފިޔަވަޅެއްނާޅާ. ދިވެހި ރާއްޖެ މިއުޅެނީ ހޭބަލިވެގެން.

 12. Anonymous

  ދާންވީ ލޮކްޑައުން އަކަށް

 13. ބުސްރީ

  ދާންވީ ލޮކްޑައުނ އަކާށް