އެއީ މިދިޔަ ހުކުރު ދުވަހެވެ. ރަޙްމަތްތެރި ކުދިންކޮޅަކާއިއެކު ފިނި ބުރެއްޖަހާލަން ނިކުތީ ­­­އިޝާ ނަމާދު ކޮށްލައިގެނެވެ. އޭރު މަގުމަތީގައި ހޭލަމޭލައަށް މީހުން އުޅެމުންދެއެވެ. އެހެންނަމަވެސް އަހަރެމެންނާ ދިމާވީ ވަރަށްވެސް ތަފާތު ކަމަކާއެވެ.

ހުކުރު ދުވަސްކަމުން ރަސްފަންނު ސަރަހައްދުގައި ހުސްކޮށް ހުރި އެންމެ ޖޯއްޔެއްވެސް ނެތެވެ. އެހެންވެ ވާހަކަ ދައްކާލަން ދިޔައީ ވެސްޓް ޕާރކްއާއި ދިމާލަށެވެ. އެތާ ތެރޭގައި ތިބެ ވާހަކަ ދައްކާލުމަށެވެ. ވެސްޓް ޕާރކްގެ ދޮރު މައްޗަށް އެރި ތަނުން އެތާ އެތެރޭގައި ބަޔަކު އުޅޭކަން އެނގުނެވެ. އެހެންނަމަވެސް އެއީ ފިނި މައިޒާނެއްކަމުން، ވަކި މީހަކަށް އެތަން މިލްކުނުވާނެކަން އެނގިހުރެ އެތެރެއަށް ވަނީމެވެ

އެތެރެއިން މާ ރީތި މަންޒަރުތަކެއް ނޫނެވެ. ފެނުނީ ފާހިޝް އަމަލެއްގައި މަސްތުވެފައި ތިބި ނޫކަށި ފުރައިގެ ދެ ޒުވާނުނެވެ. ގަތްލަދެއްގެ ބޮޑު ކަމުން ކަރުކެހިލާ، އެތާނގައި ބަޔަކު ތިބި ކަމުގެ ސިގްނަލެއް އެދެމީހުނަށް ދިނީމެވެ. އެހެންނަމަވެސް އެކަން ހުއްޓައެއް ނުލިއެވެ. އެކަމުގައި އެދެމީހުން މަޝްޢޫލު ވެފައިތިބިލެއް ބޮޑު ކަމުންކަމެއް ނުވަތަ އެކުރާ ކަމެއް ކުރަން ބޭނުން ވެފައިލެއްތިބި ބޮޑުކަމުން ކަމެއް ނޭންގެއެވެ. ދެން އަވަސްވެ ގަތީ އެކަން ހިގަމުންދާ "ސީން"އިން ބޭރު ވުމަށެވެ. އަހަރެންނާ އަހަރެންގެ ދެ އެކުވެރިން އެތަނުން ނިކުމެފީމެވެ.

އެތަނުން ނުކުތީމެވެ. އެ ދިމާލުގައި ފުލުހުންގެ މީހަކު ހުއްޓެވެ. އަހަރެން ވަރަށް ބާރު ބާރަށް، ޖިންސީ އެދުން ފުއްދަން އެމީހުނަށް ވެސްޓް ޕާރކްނޫން ތަނެއް ނެތްހޭ ދެންތިބި ދެއެކުވެރިން ކައިރީ އެހީމެވެ. އަހަރެންގެ މަޤްސަދަކަށްވީ ފުލުސްމީހާއަށް އެކަން ވާކަން އެންގުމެވެ. އެހެންނަމަވެސް، އެކަމަކާ ފުލުސް މީހާއެއް ނުވިއެވެ. އަޑު ނީވުނީ ކަމެއް ނުވަތަ އަޑު އަހަން ބޭނުން ނުވީތޯ ކަމެއް އެގޭނީ ހެއްދެވި ފަރާތާއި ފުލުސްމީހާއަށް އެކަންޏެވެ. އެ ފުލުސް މީހާއަށް މުހިންމުވީ އެތާނގައި ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ މީހާ ޖޫރިމަނާ ކުރުމެވެ.

މުޖުތަމައު މިދަނީ ޖިންސީ ގުޅުން ހިންގާ ހާއްޔަކަށް ބަދަލުވަމުންނެވެ. ކުރީގައި ކުލީ ކޮޓަރީގައި ކުރިކަންތައް ހާމައަށް އެންމެނަށް ފެންނަ ގޮތަށް ކުރަމުންނެވެ. ކޮންމެމީހަކުވެސް ބުނަނީ މިއީ ތިމާއާ ބެހޭ ކަމެއްނޫން ކަމުގައެވެ. އެހެންނަމަވެސް ނިކަން ވިސްނާލަބަލާށެވެ. މުޖުތަމައު ޖިންސީ ހާއްޔަކަށް ވެއްޓޭއިރު ފަރުދީ ޒިންމާ އަދާކުރެވޭ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

59 ކޮމެންޓް

  1. Anonymous

    ފުލުހުންނަށް ހަމައެކަނި ހުއްޓުވޭނީ ޚިޔާލުފާޅު ކުރާފަރާތްތައް

    52
    7
    • މަރީ

      ތި ޚިޔާލު މުޅިން ގޯސް.

      10
      35
    • ސައިނީ

      ޒުވާނުން މުނިފޫހި ފިލުވަން ކުރާކަންކަމުގެ ތެރެއަށް ނުވަދެބަލަ ޕްލީސް

      16
      88
  2. އއއއއ

    މާލެއަކީ މިހާރު ހޮލީވުޑު ކަމެއް ނެގޭތަ އެކޮއި؟

    37
    8
    • މަރޭ

      މާލެ ހަލާކުކުރަނީ ރައްރަށުން އައިސް ވާނުވާ ވެގެން އެނބުރޭ ގްރޫޕް....

      34
      153
      • ތީތި ކަޑައޭ

        އަތޮޅު ތަކުން އަހަރުމެންގެ ކިޔެވުމާ ބޭސްފަރުވާއާ އަދި އެހެނިހެން ހިދުމަތްތައް މި މާލޭގައި މި އޮތް ފެންވަރައް އޮންނަ ނަމަ، އަހަރުމެންވެސް މިމާލޭގައި ގަނޑު ތެޅޭކައް ނުޖެހޭނެ...

        185
        11
      • ނަހޫ

        ބަލަ ކަލޭ އުޅުން ރަނގަޅު ކޮށްފަ އެހެން މީހުންނާ ދިމާލަށް އިނގިލި ދިއްކޮށްބަލަ

        24
        3
  3. Anonymous

    އިސްލާމީ ޝަރިއަތެއް ނެތްތަނެއްގައި އުޅޭނީ ވަލުޖަނަވާރުން އުޅޭގޮތަށް

    122
    6
  4. ދެކުނުތަރި

    ސިޔާސީ ކަމެއްނަމަ ފުލުހުން ނުކައި ނުބޮއި ނުވެސް ނިދާ އެބަޔު ކަޅުފޮއްޓެއް ވިހެއި ކަމަށް ހަދާ ހައްޔަރުކޮށް އުލުބައިދާނެ. ދީން ޙިމާޔަތްކުރަން ހުކުރު ޚުޠުބާގަ ޙާކިމާ ވައްކަން ކުރިޔަސް ދީނުގަ ހުއްދަ ކަމުގަ ބުނެލީމަ އެކަން އެއޮތީ ނިމިފަ.

    33
    2
  5. Anonymous

    ފުލުސް މީހާ އަށް އަޑުނީވޭހެން ހީވިއްޔާ ތީނަ ކީއްވެ އަނެއްކާ އިވޭ ވަރަށް ނުބުނަީ .. ?

    85
    4
  6. Anonymous

    ÷ޕޮލިހުން ގެ އެކަނި ޒިންމަަަ އެއްތަ އެއިިިި...ތި ފެނުނު 2 މިހުން ގޮސް އެކަން ނުހުއްޓުވީ ކީއްވެތަ؟؟ ?

    51
    4
  7. Anonymous

    ފަހުޒަމާން އައިއްސި....
    މީސްތަކުންނޭ........
    ހޭލާ....
    ހޭލާ....

    65
    4
  8. ބުރުމާ

    މިފެންނަނީ ފަހުޒަމާނުގެ އަލާމާތް

    63
    2
  9. ޙަމަބުނެލީ

    ފަރުދީ ޒިންމާ އަދާނުކޮށް ކީކޭ ތި ކިޔަނީ!! ތިބާގެ އަނގައެއް ނެތްތޯ ފުލުސްމީހާއަށް ސީދާކޮށް ރިޕޯޓް ކުރާކަށް. ތިބާގެ ޖީބްގަ ފޯން ނެތީތޯ ކަމާގުޅޭ އިދާރާތަކަށް ގުޅާ އަންގާކަށް.

    121
    5
  10. ވަކަހަންގަނޑު

    ދެރަވަރުކންތަށް... އާސަހަރާ ދޮރުމަތީ މީހަކު މަރުވެގެން ރޮނީ ވަށައިގެން ސަހަރާ ސަރަހައްދުގަ އޮތީ ދެ ވެހިކަލް ދޭތެރޭ ޒިނޭކުރާމީހުން... ކާރެއް ނެތިއްޔާ ސައިކުގަ ވިޔަސް ކޮޅު ނުފޯރިޔަސް... ޕިސް ޕިސް... ހީވަނީ ހޮބީ ހެން

    24
    2
    • ޢާދަންބެ

      ކިއިވެނި ކުރެވޭނެ ތަނަވަސްކަން ނެތް މީހުން ގިނަ ވީމަ

      12
      17
      • ކެނެރީ ސޮނި މުގާބޭ

        ދީނުގަ ތިބުމަށް އަތުންހަރދެއް ނުހިގާނެ... ކައިވެނި ކުރެވޭނެ ތަނަވަސްކަން ނެތިފަ ޒިނޭފަދަ ފާހިޝް ކަންކަމަށް އެރިދާނެކަމަށް ހީވާނަމަ ރޯދަ ހިފަން ދީނުގަ އޮތީ... ބޮލުރޮދި ކެނޑޭ މީހުން ދަސްކޮށްބަލަ

        65
  11. ޙުސާމު

    ރައީސް ޔާމީން ކަމެއް ތީ

    14
    21
  12. Anonymous

    މިނުބައިކަންތައް މިހާރުން މިހާރަށް ހުއްޓުވާ.

    31
  13. މޯޑު

    ޖިންސީގުޅުން ނުހިންގާ ތަނެއް ކޮބާ؟ ސުރުހީ

    ބަދަލު ކުރަން ފެނޭ. ޒިނޭ ކުރާ ވާހަކަ

    ޖެހިނަމަ މާ ރަނގަޅުވާނެ.

    33
    1
  14. އެދުރުބެ

    ތީ ކަނޑައެޅިގެން ބަޔާން ކުރެވިފަިވާ ފަހުޒަމާނުގެ އަލާމާތެއް، އެންމެ ޞާލިހް މީހާވެސް އޭ ހިގާ މަގުމަތީ ތިކަން ކުރިޔަސް ބުނާނެ، އެއްކައިރިއަށް ޖެހިލާށޭ... ތިމަން ދާން ތަންދައްކާށޭ، ތިކަން ހުއްޓުވުމަކީ ފަރުދީ ކަމަކަށް ވީރު ތިތަން ފެނުނު މީހާވެސް އެކަން ނުހުއްޓުވީތީ ފާފަވެރި ވާނެ. ވައްﷲ އައުލަމް

    53
    4
  15. ހުސޭނުބޭ

    ތިކަން ހުއްޓުވަން އެއްޗެއް ބުނާ މީހާޔަށްވުރެ ނުލަފާ މީހެއް ނުހުންނާނެ.

    22
    3
  16. އަސްލުމީހާ

    ޙައްޤުތައް ހިމާޔަތްކުރާ ޤާނޫނުގެ ދަށުން ކޯޓު އަމުރު ހިފައިގެން އަންނައިރު ތިބޭނީ "ބޭރު" ވެފަ. ތިކަންތައް ޤާނޫނުގެ ތެރެއިން ހުއްޓުވަން ވަރަށް އުދަގޫވާނެ ކަމަށް ލަފާ ކުރެވެނީ...

    11
    1
  17. އަލްޖިބްރާ

    ދިވެހިރާއްޖޭގެ ޤާނޫނުގައި ވަކިގޮތަކަށް ކަންކަން ކުރަން ކަޑައަޅާފައި ވާއިރު ޤައުމުގެ ވެރިމީހާއޭ ކިޔާމީހާ އޭނާ ހިތުހުރި ގޮތަކަށް އެ ޤާނޫނު ބޭނުންކުރަން ފެށީމާ ދެން ، ޖިންސީ ގުޅުމެއް އެކަންޏެއް ނޫން ދުނިޔޭގައި ލާހެއްދެވި ހުރިހާ ނުބައި ކަމެއްވެސް ދާނީ ޢާއްމުވަމުންނެވެ. ވެރިން ނުބައިވެއްޖެނަމަ އެތަނެއް ހަލާކުވުން ވަރަށް ކައިރިއެވެ.

    16
    1
  18. ޭހެން

    އެތާގަ އުޅެނީ ޕީޕީއެމް ކުދިންކޮޅެއް! އެކުދިން ތިބެނީ ހިމާޔަތް ކޮށްފަ!

    5
    14
  19. ހ

    ފުލުހުމްވެސް އެކަން ބަލާކަށް ބޭނުމެއްނުވާނެ..އެމީހުންބުނާނީ ކޮންމެސް ގޭންގެއްގެ ޥާހަކަ. ދެން އޮތީ ދިރިއުޅުން ތޮއްޖެހުން. ފްލެޓްދިނީ ގެ ހުރިމީހުނަށް. ދެންކޮންމެަތަނެއްގަ އެކަން ވެސް ކުރަންޖެހޭތީ ކުރީކަންނޭނގެ ރަގަޅުކަމެއް ނޫނަސް

    6
    5
  20. ޕޮލިސް

    ފޮޓޯ އާއި ހަބަރާއި ހުރި ގުޅުން ވަރަށް ސާފު! އަހަރުމެން ޖެހެނީ ވެރިކަން ހިމާޔަތް ކުރަން، އިތުރު ކަމެއް ކުރާނީ ކިހިނެއް؟

    11
    1
    • ައަބްރަހަމް

      މަ ހީ ކުރީ ފޮޓޯ ގަ ތިބި ނޫ ކުދިންކޮޅު އެ ފިރެހެންސޮރު *****ލާ ވާހަކަ ކަމަށް

  21. Anonymous

    ޤިޔާމަތުގެ ވަގުތު ވ ކައިރި ވެއްޖެ.

    16
    2
  22. މީހާ

    ތީހަމަ ކުއްލިނުރައްކަލުގެ ކަމެއް

  23. ޖުނިޔަރ

    ތިއީ ފަހު ޒަމާނުގެ އަލާމާތެއް.. މަގުމަތީ އާންމު ތަންތަނުގައި ބަރަހަނާކޮށް ތިބުމާއި ޒިނޭ އާންމު ވާނޭ ވާހަކަ ކުރީގެ ޓީޗަރުން ބުނެފައި އެބަހުރި...

    12
  24. ފުލުސް

    ލަސްވެގަސް

  25. އާދަނު

    ވަރަށް ހިތާމަ ކުރަން! މުންކަރާތް ނަހީ ކުރުމަކީ އެންމެންގެ ވެސް ވާޖިބެއް.

    14
    1
  26. ލިއޯން

    ގެދޮރުގެ ދަތިކަން ތިއިންވެސް އެނގެނީ

    4
    2
  27. ޖުލައި

    މައްސަލަ އެއް ނޫނެވެ. ގެދޮރު ގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން ،ރައްކާތެރި ހަމަޖެހިގެން ،ލޯބިކުރާނެ ޖާގައެއް ނެތެވެ. އެހެންވެސް ދެން ޖެހޭނީ މަގުމަތީގައި ވެސް ެއެކަން ކުރާ ށެވެ

    1
    17
  28. އަޑަފި

    ކަލޭމެން ހުރިހާއެންމެ ނުލިބިގެން އުޅޭ މިނިވަންކަމަކީ މިއީ، މުޅި މުޖުތަމައުގެ އިޖްތިމާއީ ފޭރާން ކޮށާ ކުދިކޮށް ބިރު ފަހަނައަޅާ ދިޔާމާ ކަންކަން ވާނެގޮތް މިހާރު ތިޔަ ފެނިގެން ދަނީއެވެ.

    13
    1
  29. ބޮލައްތުރާ

    ކޭ އިށާ ނަމާދަށް ދިޔަ ވާހަކަ މިޚަބަރާއި ރެލަވަންޓ ވަނީ ކިހިނެއް؟ ތިމާ ރަނގަޅުކަން ދައްކަން. މީހުނަން ދައްކަން ކުރާ އަޅުކަމަކީ ކުޑަ ޝިރްކު.

  30. Anonymous

    ގިޔާމަށް ވުމުގެ އަލާމަތް ތިފެންނަނީ

  31. ނޭނގެ

    ގިޔާމަށް ވުމުގެ އަލާމަތް ތިފެންނަނީ

  32. ގާދިރު

    ކިހިނެއްއިނގެނީތިބުނަދެމީހުން އެކަކުއަނެކަކައްލަރިނުދޭކަމެއްއިސްލާމީގައުމުގެވެރިޔާބުނިއަޑުއެހިން ލާރިދީގެންވިއްޔާހިލެއެއްނުވާނޭއެއީހިލޭއަންހެނުންނެއްނޫނެ ދެން ވިސްނަގައުމުދާނެދިމާ

  33. ގާދިރު

    ސުރުޚީއަކާލިޔެފަވާޚަބސރަކާދިމާވޭތަޖިންސީގުޅުމާ ޒިނޭޔާވަރައްތަފާތުދެމާނައެކުލެވޭ

  34. ޑޭޑް

    ކޮބާ އަމިއްލަ ޒިންމާ އުފުލިފާ.

    11
  35. ބަނީ

    ކަލޯ ތިހާ ހުއްޓުވަން ބޭނުން ނަމަ ރީއްޗަށް ފުލުސް މީހަ ކައިރީ ބުނެލިނަމަ.. މަގުން ދާ ކާޅެއް ގޮވާހެން ނުގޮވާ...

    11
    1
  36. ޝާމީ

    ފުލުސް މީހާަކައިރިއަށް ގޮސް ބުނެލުން ކީއްތޯ ވާނީ.

    15
  37. ޔޯ

    ވީޑިއޯ ކުރިނަމަ??

    10
    1
  38. ޅަމީހާ

    ޢެއީ ޒިނޭކުރުން ދޯ. ކޯޓާހަމައިން ސާބިތުނުވާތީ ދޫކޮށްލާނެ. އެމީހުންގެ އަބުރު ގެއްލުވައިގެން ފުލުސް މީހާކުއްވެރިވެސް ވެދާނެ. އެންމެރަގަޅުގޮތަކީ އެކަހަލަކަމެއް ފެނުނުމީހަކު އެކަންކުރަން ތިބިބައެއްގެ ކަންފަތްމަތީ ހޫނުއެތިފަހަރެއް ޖެހުން. ޢަދިނަގާހޫރާލުން. ދެން އެމީހުން ދުވަހަކުވެސް އެފަދަކަމެއް ނުކުރާނެ.

  39. އެއްކަލަ މީހާ

    ދުރުގަހުރެ އެހެން ނުކިޔާ ގޮސް އެ ފުލުސް މީހާ ކައިރީ އެކަން ހިނގާ ކަން އެންގިނަ ހުއްޓުވާނެ..ފަރުދީ ޒިންމާ އަދާ ނުކޮށް ފުލުހުންނޭ ކިޔާ އާޓިކް ނުލިޔޭ.؟

    1
    1
  40. ރެކިބެއްޔާ

    ތީ ފަހުޒަމާނުގެ އަލާމަތް. ފާހިޝް އަމަލުތައް އާއްމު ތަންތަނުގައި ކުރުން ގިނަވާނެ. ތިޔަކަމާއި ކަންބޮޑުވިޔަސް މީ އެކަން އޮތްގޮތް.

  41. މައިސާ

    މީގަ އެ ފުލުސް މީހާ ގޯސް ކުރުމެއް ނެތް. އެކަން ހުއްޓުވަން ކަލޭވެސް ތީ ކުޑަ ކުއްޖެއް ނޫން. ފިނޑިއެއް ހެން ފުލުސް މީހާ ކައިރި ޑައިރެކްޓްކޮށް ބުނަން ނުކެރުން.

  42. Anonymous

    ބެލެނެވެރިޔާގެ މޮޅު ތަރުބިއްޔަތު

    1
    1
  43. ޔާމީން

    ޔާމީން އިސްތިއުފާ

  44. ރެއްކަބޭ

    އެކިތަންތަނުން އެކި ޒާްތްޒާތުގެ ވައްތަރު މީހުން މާލެ އަރާ މާލެ ތޮއްޖެއްސުމުން ވާގޮތްމީ.

  45. ނަބީހު.

    ސަފާރީކޭސްއައް ބަލާލީމަ އެނގޭނެ މިރާއްޖޭގެ މިހާރުސަރުކާރުގެ ވެރިން މިތަންގެންދާމިސްރާބު ގިޔާމަތްދުވަހު އެމީހުންގެ ހާލަކީކޮބާ

  46. އިސްލާހު

    ލިޔަންޖެނީ " ތޮއްޖެހިފައިވާ މާލެ ޒިނޭގެ ހާއްޔަކަށް"

  47. އޖއ

    ކަލޭ ކުއްލިއަކަށް ހާދަ މާތްވީ

  48. އޫޕްސް

    ދެމީހެއްގެ ޖިންސީގުޅުމުގައި އެހެން ބައެއްގެ ފަރިދީ ޒިންމާވެސް ހިމެނޭތަ ؟

  49. ޢެސްކޮބާ

    ތިބުނާ ގޮތުން ކޮޓަރީގައި ސިއްރުން ކުރީމަ އޯކޭ ދޯ. ތިމާ މީހާ ފަރުދީ ޒިންމާ އަދާކުރިންތޯ. ފުލުސް މީހާ ގާތު ގޮސް އެވާހަކަ ބުނެ، އެ މަންޒަރު ގޮށް ނުދެއްކީ ކީއްވެތޯ. އެހިސާބުގައި އެވަގުތު ތިބިހާ ބަޔަކަށް އަޑު އިވޭ ވަރަަށް އެމީހުން ކުޅެމުންދިޔަ ކުޅިވަރު ހުއްޓުވަން ހަޅޭލަވައި ނުގަތީ ކީއްވެބާ. ފަރުދީ ޒިންމާއޭ ކިޔާ އަނގަ ހުޅުވާއިރު ތިމާ މީހާއަށް އެމަންޒަރު ފެނުނު އިރުވެސް ފަރުދީ ޒިންމާ އަދާ ނުކުރީ ކީއްވެތޯ. ތިވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ. އެމީހުންނަށް އެފުރުސަތު ފަހި ކޮށްދީފަ

    • ނަން

      ވަރަށް ރަނގަޅު ވާހަކައެއް..

  50. Anonymous

    ޤިޔާމަތް ކައިރިވެއްޖެ ކަމުގެ އަލާމާތްތައް މިއޮއް ފެންނަނީ.