އައި.ޖީ.އެމް.އެޗްގެ އެމަޖެންސީ ރޫމްއަކީ ވަރަށްވެސް ބާރުބޮޑު ތަނެކެވެ. ހުޅެއްގައި ރިއްސާލިޔަސް، ނޫނީ މަކަރު ހަދައިގެން މަސައްކަތު ނުދިޔަސް ދާންޖެހެނީ ހަމަ އެމަޖެންސީ ބަޔަށެވެ. މީހުންތައް އަންނަލެއް ގިނަ ކަމުން ގިނަ ފަހަރު މިތާންގައި ހަދަންޖެހޭ ކިއު ބޮޑުވެފައި މަޑުކުރަން ޖެހޭ ވަގުތު އިތުރުވެއެވެ. އެހެންނަމަވެސް، އެމަޖެންސީ ބައިގައި ގިނަ އިރު ތަކެއް ވިޔަކަސް އެއީ އެތާންގައި ޚިދުމަތް ދޭންތިބޭ މުވައްޒިފުންނާއި، ނަރުހުންނާ ދިމާޔަށް ހަޅޭލަވަން ޖެހޭ ސަބަބެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެމަޖެންސީ ބަޔަކީ އެތަނަކުން އެތަކެއް ފަރުވާ އެއް ދޭ ތަނެކެވެ.  އެންމެ އާދައިގެ ބަލިން ފެށިގެން ބޮޑު އެކްސިޑެންޓެއްގައި ޒަހަމްވާ މީހުންވެސް ގެންނަތަނަކީ މިއީއެވެ. ޑަކްޓަރެއްގެ ނުވަތަ ސިއްހީ ޚިދުމަތުގައި އުޅޭ އެހެން މީހެއްގެ މަސައްކަތަށް ނަޒަރު ހިންގާލާން ހިގާށެވެ. ހެދުނު 6 ޖަހާއިރު ޑިއުޓީއަށް ނިކުންނަ މީހާގެ ޑިއުޓީ ނިމެނީ މެންދުރުން އަބުރާ 3 ޖަހާއިރުއެވެ. މިހިގާ 8 ގަޑިއިރު ތެރޭގައި ލިބޭ 1 ގަޑިއިރުގެ ބުރޭކްނޫން އިތުރު ބުރޭކް އެ މީހުނަކަށް ނުލިބެއެވެ. ބަލިވެގެން އަންނަ މީހުންގެ ގިނަ ކަމުންނާއި ދޭންޖެހޭ ސާވިސްގެ ގިނަ ކަމުންނެވެ.

ތިމާއަށް ލިބެން ޖެހޭކަމަށް ތިމާއަށް ޤަބޫލުކުރެވޭ ސާވިސްނުދެވިގެން ހަޅޭލެވުމުގެ ކުރިން މިކަމާމެދު ވިސްނާލާށެވެ. އެމެޖްންސީ ރޫމުގައި ފަހަރުގައި އެއޮތީ ތިމާއަށްވުރެ ހާލު ދެރަ މީހެކެވެ. މަރުބަލީގައިވާ އެންމެ ފަހު ނޭވާލާން އޮތް މީހަކުވެސް އެތާންގައި އޮވެދާނެއެވެ. ނުވަތަ ހަމަ ދެންމެ ހިނގި އެކްސިޑެންޓްއެއްގައި ވަރަށް ބޮޑަށް ޒަޙަމްވެ، އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ މިދުނިޔެއާއި އަލްވަދާއު ކިޔާނެ މީހަކަށްވެސް ވެދާނެއެވެ. އެކޮޓަރީ ތެރޭ ހޭލަމޭލައަށް ހަރަކާތްތެރިވަމުން އެދަނީ ޑަކްޓަރުންނާއި ނަރުހުންނެވެ. ބަލިތަންމަތީގައި އޮތް މީހާގެ ފުރާނަ އަތްމައްޗަށްލާ އޭނާ ސަލާމަތް ކުރެވޭތޯ ދާއޮހޮރަމުން އެގެންދަނީ ޑަކްޓަރެވެ.

ތިމާގެ ޝަކުވާއަކީ ކޮބާ ހެއްޔެވެ؟ ތިމާއަށް ލަސްވަނީ ކޮންތަނަކަށް ދާން ހެއްޔެވެ. އޮފީހަށް ދާން ގަޑިޖެހެނީ ހެއްޔެވެ؟ ނުވަތަ ދަރި ސުކޫލަށްދާން ލަސްވަނީ ހެއްޔެވެ؟ މިއިން އެއްވެސް ސަބަބަކީ، މަރުތަންމަތީގައި އޮތް މީހާ ދޫކޮށްލާ ތިމާއަށް ޚާދިމުވާން ޑަކްޓަރ އަންނަން ޖެހޭ ސަބަބެއް ކަމުގައި ބުއްދި ސަލާމަތުން ހުރި ޟަމީރެއް ޤަބޫލު ނުކުރާނެކަން ޔަގީނެވެ. ދެވަނަ ފަހަރަށް ލަސްވެގެން އަޑުނެތް ތަނަށް ހަޅޭލަވާ އައުގުރާނަ ގޮވުމުގެ ކުރިން މިކަމާމެދު ވިސްނާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޡައިރުންފާ

    ޖާގަ އަދި ޚިދުމަތް ތެރިން ިއތުރުކުރަމާތޯ..

    • ތިކަން ކުރިއަސް ހިތެއް ނުފުރޭނެ! މިހާރުވާ އެތަން ހުރިކަން އެބަ އެނގޭ!

  2. މުހައްމަދު ފިކުރީ

    ޥރަށްވެސް އިބްރަތްތެެރި ވާހަކައެއް ތިޔަ ހިއްސާ ކުރެއްވީ

  3. ކޮންމެ ފަހަރަކު ލަސްވަނީކީ ތިބުނާ ފަދަ ކަމެއް ދިމާވެގެނެއް ނޫން.. ކުރިން ދުވަހު މަށަށް ލިބުނީ 19 އެކަމު 22 އަދި 32 ލިބުނު މިހާ ޑޮކްޓަރު ބެލީ 18 އަރުވާފަ ބައިންދައިގެން.. އެދެމީހުންގެ ހާލަތު ހަމަ ބަރާބަރު. އެމީހުންވެސް ހަދަނީ ހަދާނެ އެއްޗެއް..

    • މިދާއިރައިގައި އުޅޭ މީހެއް

      ޓްރައޭޖް ކޮށްފަ ޕޭޝަންޓުން ބަހާލެވޭނެ ބައިތަކަކަށް. ފެހި، ރީނދޫ، ރަތް، ކަޅު. މީގެން ފެހި ބައި ބަހާލެވޭނެ ދެބަޔަކަށް. އޭގެން ފާސްޓް ޓްރެކް އޭ ކިޔޭބައިގައި އަވަހަށް ބަލާދޭނެ. ފާސްޓް ޓްރެކް އަށް އިންނާނީ އެންމެ ޑަކުޓަރެއް. ބައެއްފަހަރު ޔެލޯ އަދި ރެޑްޒޯން ބިޒީ ވާ ގަޑިއެއްގަ ވިއްޔާ މުޅި ގްރީން ޒޯންގަ އިންނާނީ އެންމެ ޑަކުޓަރެއް. ވީމާ ފަހަރުގައި އެހެން ވެދާނެ. އަނެއްކަމަކީ ހުން ވަރަށް ގަދަޔަށް އައިއްސަ ހުންނަ އިރުވެސް ފަހަރުގައި ބަލާބެލުމަށް ރަނގަޅަށް ހުރެދާނެ. ވީމާ ޑޯންޓް ޖަމްޕް ޓު ކޮންކްލޫޝަންސް.

  4. ގަބޫލެއް ނުކުރަން ، މިދިއަ ހަފުތާތެރޭ ގާބުރިއަކުންޖެހި ބޯފަޅައިގެން ދިއުމުގެ ސަބަބުން މީހަކު ގޮވައިގެން ތިޔަ އެމަރުޖެންސީ އައް ދިޔައިން ، ދިޔައިރުވެސް ލޭ ފައިބަމުންދިޔަ ، ޑޮކްޓަރައް ދެއްކި ފަރުވާއެއް ލިބުނީ ބަރާބަރު ދޮޅުގަޑިއިރު ވީފަހުން ، ދެން އެމަރުޖެންސީ އަކީ ކޮބާ ؟

  5. ޔުނައިޓެޑް ފޭކްޑޮމް

    ގިނަ ދިވެހިންނަކީ ގޮތެއްނެތް ގޮތް ކުޑަ ނުބައި ބަޔެއް.. ބޭރު ދުނިޔޭގައި ލަންކާއަށް ދފިވެހިން ގޮސް 2 ދުވަސް ވެސް އޯކޭ މަޑު ކުރަން.. ރާއްޖޭގައި ވިއްޔާ ހަމަ ވަގތުން.. ހަމައެއް ލަމައެއް ނެތީމާ ވާނީ އެހެން.. އެންޑީޕީ މީހުންނަކީ އަބަދުވެސް އެހެން އުލޭ ބަޔުެއް

    • މިދައްކަނީ އެމެޖެންސީގެ ވާހަކައޭ. ކަލޭ ގޭގަ މޭޒުކައިރީ އިށީދެކެން އިނދެ އިނދެ 2 ދުވަސް ވީއިރުވެސް ކާން ނުގެނައި ވާހަކައެއް ނޫނޭ. 2 ދުވަސް އެތާ މަޑުކުރަނީ އެމެޖެންސީ ވެގެނެއްނޫނޭ ބުރާންޗާ!

  6. މިހާރު ޞިއްޚީ އެހީތެރިން މުޅި ޤައުމުގަ އުޅެނީ.އެހެން ވީމަ މާ އެގެނީ ތޯއްޗެއް. ދޯ ޝުއައިބު

  7. ޢެމަޖެންސީއަށް ދަންވަރު ގޮއްސަވެސް މި ބުނަނީ ތިމަންނަ ފަޔަށް ތަދުވާތާ ހަތަރު މަސް ވެއްޖޭ!! ދެން އެމީހާޥެސް ވަގުތުން ނުދެއްކިގެން ދެން އެވީ އަރޖެންޓް!!

  8. ަތަންދޮރު

    ކޮންޙާ ވާހަކައެއް. ޢަމިއްލަ ކަންތައް ވީމަ ނިމުނީ ކޮންމެ މީހަކުވެސް.ނުބަލާނެ އަނެކާއަށް.