އެދުވަހު ހަވީރު ރައްޓެއްސަކާއެކު ކޮފީއަކަށް އަރާލީ ގާތްގަނޑަކަށް ފަހެއް ޖެހި ހާއިރުއެވެ. ރަޙްމަތްތެރިޔާއެކު ވާހަކަ ދެކެވުނީ ވަރަށް ސަޅި މައުޟޫއަކަށެވެ.

"އަޅެ ވިސްނާލިންތަ ކިހާ ބުރަކޮށް އުޅޭ ބައެއްކަން މިއީ؟ ދެފައި އެއްތާކު ޖަހާނުލާ ދެކޮޅަށް ހިނގާލަ ހިނގާލާ އެތިބެނީ އަބަދު. އެކަމަކު އެމީހުނަށް ކުރަންޖެހޭ އިޙްތިރާމް އަހަރެމެންނަށް ކުރެވޭތަ؟"

ރަޙްމަތްތެރިޔާގެ މިބަސްކޮޅު އަމާޒު ކުރީ އެތަނުގައި އަހަރެމެންގެ ޚިދުމަތުގައި ތިބި ވެއިޓަރުންނަށެވެ. ރަނގަޅު ވާހަކައެކެވެ. ކުރިއަކުން މިކަމަކަށް އަހަރެން މާކަ ބޮޑު ސަމާލުކަމެއް ނުދެމެވެ. އެހެންނަމަވެސް މިހެން ބުނުމާއެކު، އަހަރެން ބޭނުންވީ މިކަމުގެ ބުރަދަނެއް ބަލާލުމަށެވެ. ކަޅި ހުއްޓާނުލާ ވެއިޓަރުންގެ މަސައްކަތް ކުރާތަން ބަލަން ހުރީމެވެ. އެބުނާހެން އެމީހުން އެއްތާކު ފައިޖއްސާލާނެ ވަގުތުކޮޅެއް ނުލިބެއެވެ. ދެން ބަލަން ބޭނުންވީ އެމީހުނަށް މީހުން އިޙްތިރާމް ކުރޭތޯއެވެ. އެމީހުން އެކުރާ މަސައްކަތުގެ އަގު ދިވެހިން ވަޒަން ކުރޭތޯއެވެ.

މިމީހުންގެ މަސައްކަތް "އޮބްޒާވް" ކުރަން ހުއްޓާ ކަޕްލްއެއް ރެސްޓޯރެންޓްއަށް އާދެއެވެ. އޮޅުލަމުން ދެމީހުން އައިގޮތް ކިތަންމެހާވެސް ލޯތްބެވެ. އައިސް އިށީނީ އަރެމެންނާ ޖެހިގެން އިން މޭޒުގައެވެ. ވެއިޓަރ އައިސް މެނޫ ދިއްކޮށްލަމުން، އޯޑަރ ކުރާނީ ކޯއްޗެއްތޯ ސުވާލު ކުރިއެވެ. މެނޫއަށް ބަލާލަ ބަލާލައި ދެމީހުން ގާތްގަޑަކަށް ފަސް މިނެޓް އިނުމުން ވެއިޓަރ މީހާ އެހެން މީހުނަށް ޚިދުމަތްދޭން ދިޔައެވެ. ހަމަ ނައްޓާލިތަނުން، ތުމުން ފުމެލާ ވެއިޓަރ ގެނައެވެ.

"އައި ނަގާނީ ޗޮކޮލޮޓް މިލްކް ޝޭކެއް" ވަރަށް ތުއިރާގެއްގައި އެއަންހެން ކުއްޖާ ބުންޏެވެ. ފިރިހެންމީހާ އެ ދަނޑިވަޅުގައިވެސް ފެށީ "ފްލާރޓް" ކުރާށެވެ. ދެމީހުން ސަކަރާތްގަތް އިރު، ވެއިޓަރ ހުރީ އެހެން ކަސްޓަމަރުންނަށް ޚިދުމަތްދޭން ނުދެވިފައެވެ. އޯޑަރ ދެވޭކަމަށްވީ ގާތްގަޑަކަށް 10 މިނެޓުވީ ފަހުންނެވެ. އެހުރިހާ އިރެއްވަންދެން ވެއިޓަރު މީހާ ހުރީ އަނގައިން އެއްޗެކޭ ނުބުނެއެވެ.

ވެއިޓަރ މީހާ އަގައިން ނުބުނެ ހުންނަނީކީ އެމީހުންގެ ނިކަމެތި ކަމަކުނެއްނޫނެވެ. ނޫނީ ތިމާއަށް ގަޑިހުސްކޮށް އެހުންނަނީ، އެއީ ކޮންމެހެން އެމީހުން ކުރަންޖެހޭ ކަމަކަށްވާތީއެއް ނޫނެވެ. އެމީހުންނަކީ އަހަރުމެންގެ ޙިދުމަތުގައި ޝަކުވާއެއްނެތި ތިބޭ ބައެއްކަން އަހަރުމެންވެސް ދަންނަންވާނެއެވެ. އެމީހުންނަކީ ކޮންމެ ޤައުމެއްގެ ކޮންމެ ފެންވަރެއްގެ ބަޔަކަށް ވިޔަސް އެކުރަނީ ތަޢުރީފު ހައްގު މަސައްކަތެކެވެ. ތިބާ އެމީހުނަށް އިޙްތިރާމް ކުރުން ޙައްޤު މަސައްކަތެކެވެ. މިހެންކަމުން، ދެވަނަ ފަހަރަށް ވެއިޓަރ މީހާއަށް އެއްޗެހިގޮވާ ހަޅޭލެވުމުގެ ކުރިން، އެމީހުންނަކީ ބުރަ މަސައްކަތްތަކެއް ކުރާ ބައެއްކަން ވިސްނާލަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުންތަރި

    ވެއިޓަރުންނަށް އިޙްތިރާމްކުރުމަށް އަޅުގަޑު 100 % ތާއީދު. އެމީހުންނަށް ނިކަމެތިކޮށްހިތުމަކީ އަހަރުމެން ދިވެހިންގެ މި ރީތިއަޚްލާގު ހުތުރުވެގެންދާ ކަމެއް. އިސްލާމީ ރީތިއުސޫލު ނެތިދާކަމެއް.

  2. މޭސްތިރި

    އެމީހުން ނުކުރި އިހުތިރާމްކިހިނެއް ކުރާނީ..........އެއްޗެއް ގެންނަން ބުންޏަސް ރުޅިއަށްނާނީ. ދިވެހިން ޓިޕްސްވެސްދޭ ރެސްޓޯރެންޓް ތަކުގައި އުޅޭ ވޭޓަރުން ރަގަޅު ކަޑަ ތަކުގައި (ހޮޓާ )އުޅޭ ވޭޓަރުން ކުރުދޮށިން ދޭނެ ހޫނުކޮށް ނަގުޅެއްލާފަ.

    1
    3
  3. ހަސަން

    ނޮޓް އޮންލީ ދިވެހިން ހާއްސަ ކޮއް އޭސިއާ ގެ މީހުން .. އިންޑިއާ އެން ދިވެހިން ބޮޑައް .. ރިސޯޓެއްގެ ވެއިޓަރެއްގެ ގޮތުން ބުނެލީ

  4. މޯދީ

    ތެދަށް ބުނަންޏާ މި ދުނިޔޭގައި ތިބި އެންމެ ހަޑިކޮށް ވެއިޓަރުންނާ ވާހަކަ ދައްކާ މީހުންގެ ތެރޭ ދިވެހިން އުޅޭނެ. މަ ވެއިޓަރަކަށް އުޅުނު ދުވަސްވަރު، ހަޑި ހުތުރުކޮށް ވާހަކަ ދެއްކި ދިވެހި ބަޔަކަށް ރަނގަޅު ލަނޑެއް ދިނިން.އެ އެންމެންގެ ޑުރިންކަށް ހުރިހާ ވެއިޓަރުންވެގެން ކުޅުތަޅާ ރަނގަޅަށް މިކުސްކޮށްފަ ދިނީ. ކާ އެއްޗެހީގެ ސޯސް ވެސް ހަދާފަ ދިނީ ފާހާނާ ތަށިގަނޑުން ފެން އަޅާފަ. އަހަރެމެން ވަރަށް އުފަލުން އެމީހުން އެ ކާތަން ބަލާފަ. އަބަދުވެސް ހަނދާން ބަހައްޓަންވާނެ، ވެއިޓަރުންނާ ރީއްޗަށް މުއާމަލާތް ކުރަން. އެއީ އެމީހުން ގެންނަ އެއްޗިއްސަށް ކޮންމެ ފަދަ ހަޑިއެއް ވެސް ހާވައިގެން ގެނެސްފާނެ

    5
    1