އަބަދުވެސް ދިވެހިން ދައްކާ ވާހަކައެއް އޮވެއެވެ. ތަހްޒީބްގެ ވާހަކައެވެ. ތެދެކެވެ. ތަހްޒީބުގެ މާނައަކީ ޒަމާނާ އެއްގޮތަށް ބަދަލުވާ ބަދަލުވުމެވެ. ނަމަވެސް ބައެއް ދިވެހިންގެ އުޅުމަށް ބަލާލާއިރު ތަހްޒީބުގެ ކުލަ ދިވެހިންގެ ތެރެއަށް ގަދަކަމުގައެއްނުބުނެވޭނެއެވެ. މިފަހަރު މިދައްކަން އުޅެނީ ވަރަށް ކުޑަވާހަކައެކެވެ. އެހެންނަމަވެސް ކުޑަކަމަކުން ބޮޑު ކަމެއް ދިމާވާ ކަހަލަ ކަމެކެވެ.

މަގުމަތީގައި ހިގާފާދާމީހުންވެސް، އަދި އުޅަދު ފަހަރުގައި ދާމީހުންވެސް ކަންމަތީ ފިހާރަޔަކަށް ވަދެވިއްޖެނަމަ ދަޅެއް ބޯލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ދަޅު ބުއިމުގައި މައްސަލައެއްނެތެވެ. ލިބޭ ގެއްލުމެއްވާނީ ޚުދު ތިމާއަށްތާއެވެ. އެހެންނަމަވެސް މައްސަލަ އުފެދޭ ހިސާބަކީ ދަޅު ބޮއެފައި ދެންކަންތައް ކުރާގޮތެވެ. ދެންއެދަޅު އެއްލާލާތަނެވެ. މަގުމައްޗަށް ނަޒަރު ހިންގާލާއިރު މާލޭގެ މަގުތަކުގައި ކުނި އަޅާނެ ނިޒާމެއް އަދި ޤާއިމް ކުރެވިފައެއް ނެތެވެ. އެހެންނަމަވެސް މީގެ މާނައަކީ ތިމާ އުފައްދާ ކުނި ތިމާ ބޭނުންވާތާކަށް އެޅުމުގެ ލައިސެންސް ތިމާއަށް ލިބުމެއް ނޫނެވެ. އަދި ހަމައެހެންމެ ތިމާ ހުސްކުރާ ދަޅު، ސައިކަލެއްގެ ވަށިގަނޑަށް ނުވަތަ މަގުމަތީގައި ހުންނަ ބޯޑެއްގައި ދަޅު ބެހެއްޓުމުގެ މިނިވަންކަން ތިމާއަށް ލިބުމެއްވެސް ނޫނެވެ.

ކުނި އުފައްދަނީ ތިމާއެވެ. ކުނި އަޅާނެ ނިޒާމެއް ކަގުތަކުގައި ޤާއިމްވެފައި ނެތަސް ތިމާ އުފައްދާ ކުނި ހެޔޮގޮތުގައި ނައްތާލުމުގެ ޒިންމާ ތިމާ އުފުލަން ޖެހޭނެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބޮއެލާފަ ހުސްކޮށްލާފުޅި ފިހާރާގެ ޑަސްޓްބިންއަކަށް ލެވިދާނެއެވެ. ނުވަތަ އެހިފާގެން ގެއަށްގޮސް ގޭގައި ހުންނަ ޑަސްޓްބިންއަށް އެލުމަކީ މާކަ އުދަގޫކަމަކަށް ވެދާނެހެނެއްހީއެއްނުވެއެވެ.

މިގޮތަށް ކަންތައްކޮށްފިނަމަ މަގުމަތީގައި ގިނަވާ ކުނީގެ ނިސްބަތް މަދުވެގެންދާނެކަމާއިމެދު ޝައްކެއްނެތެވެ. ވަރަށް "ސިންޕަލް"ކަމެއްކޮށް ބޮޑު "އިންޕެކްޓް"އެއް ގެންނަމާ ހިގާށެވެ.