އަވައްޓެރި އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކަށް ބޭސްފަރުުވާ އަށް ނުވަތަ އެެހެން ކަންކަމުގައި ދެވޭފަހަރަކުވެސް އަހަކަށް އަރައި އެކަން ތަޖުރިބާކުރާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރުމަކީ ޒަމާނުއްސުރެެ ދިވެހިިން ކުރަމުން އަންނަކަމެކެވެ. އެކަން އޭރު ކުރެވެމުން އައީ ހަމައެކަނި ރާއްޖެއިން ބޭރުގައި ނަމަވެސް މިހާރު އަސް ދުއްވުން މާ ފަސޭހައިން ތަޖުރިބާކޮށްލެވެން ދިވެހިންނަށް އެބަ އޮތެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫއަށް ޒިޔާރަތްކޮށް އަސް ދުއްވާލާ ފޮޓޯ ނަގަން މިހާރު ދިވެހިންނަށްވެސް މިވަނީީ ރަނގަޅު ފުރުސަތެެއް ފަހިވެފައެވެ.

އައްޑޫއަށް ތިން އަސް ގެންގޮޮސް އާންމުންނަށް އަދި ފަތުރުވެރިންނަށް އެއާއެކު އެކުވަގުތު ހޭދަކޮށްލުމަށް ފުރުސަތު ދޭ ވާހަކަ އާއެކު ރާއްޖޭގެ ގިިނަބަައެއްގެ ސަމާލުކަން މިވަނީ އެކަމަށް ހުއްޓިފައެވެ. ގިނަ މީހުން ބުނަމުން އަންނަ ގޮތުގައި އައްޑޫއަށް ގޮސް އަސް ދުއްވާލަން އެމީހުން މިހާރު ތިބީ ކެތް މަދުވެފައެވެ. މިކަމަށް މިހާބޮޑު މަގުބޫލްކަމެއްް ލިބިފައި ވަނީ މިިއީ މީގެ ކުރިން ރާއްޖޭގައި އެއްވެސް ގޮތަކަށް ގެންގުޅެފައި ނުވާ ޖަނަވާރަކަށް ވެފައި، އާންމުކޮށް ބަލާ ފިލްމުތަކުންނާއި، ސީރީޒްތަކުން އަސް ދުއްވުމުގެ ތަޖުރިބާ މަޖާކަމަށް ގިނަ ބަޔަކަށް ފެންނާތީއެވެ.

އައްޑުއަށް ގެންދިޔަ އަހެއް --

އައްޑުއަށް ތިން އަސް ގެނެސް އެކަން ތައާރަފްކުރި "ސަދަން ސްޓެލަންސްގެ" ފަހަތުގައި ވަނީ އެ އަތޮޅު ފޭދޫއަށް ނިސްބަތްވާ އަހުމަދު އަގްލީލް އާއި މުހައްމަދު އަދުލީލެވެ. މިއީ އެއް އާއިލާއަކަށް ނިސްބަތްވާ ދެމީހުންނެވެ. ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރުމުގެ ބަދަލުގައި އެމީހުންގެެ ހިޔާލު އަދި ހުރީ، އަހަކީ ރާއްޖޭގައި ނުހުންނަ އެއްޗަކަށް ވެފައ މިކަން ދިވެހިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ނުލިބުމުން އެ ފުރުުސަތު ދިވެހިިންނަށް ފަހިކޮށްދިނުމަށެވެ.

އެންމެ ފުރަތަމަ އަސް ރާއްޖެއަށް ގެނައުމަށް ވާހަކަ ދެކެވުނީ 2019 ވަނަ އަހަރުގެ ތެރޭގައި ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަަގްލީލް ބުންޏެވެ.

"އެއީ 2019 ވަނަ އަހަރުގެ ތެރޭގައިި ދެމީހުން [އަދުލީލް އާއި އެކު] ދެކެވުނު ވާހަކައެއް. އަސްލު މި އައިޑިއާ އަކީ އަދުލީލްގެ އައިޑިއާއެއް،" އަގްލީލް ބުންޏެވެ.

މިއީ މީގެ ކުރިން އާންމުންގެ މީހަކު ނުވަތަ ކުންފުންޏަކުންވެސް ރާއްޖެެ އެތެރެކޮށްފައިވާ ޖަނަވާރަކަށް ނުވުނުމުުން އަސްތައް ރާއްޖެ އެތެރެކުރުމަށް އެމީހުން ކުރަން ޖެހުނު މަސައްކަތްތައްވެސް ވަރަށް ގިނަައެވެ. އަގްލީލް ބުުނި ގޮތުގައި މިކަން ކުރުން ވެފައިވަނީ ބުުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކަށެވެ.

އަސްތައް ގެނައުމަަށް އެންމެ ފުރަތަމަ އެކަމަށް ބޭނުންވާ ޕްރޮޕޯސަލްއެއް ތައްޔާރުކޮށް އެކަމާއި ގުޅޭ ގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން ބޭރުގެ މާހިރުންނާއި އެކު ކުރެވުނު މަޝްވަރާ އާއި ލަފާގެ އަލީގައި ދެނެގަތީ ކަމަށް އަގުލީލް ބުންޏެވެ. ދެން އެއަށްފަހު މިކަމާއ ގުޅިގެން ސަރުކާރުގެ ކަމާގުކޭ އިދާރާތަކާއި އެކުވެސް މަޝްވަރާކޮށްފައިވާނެ ކަމަށާއި، އަދި ބޭނުންވާ ހުއްދަތައް ލިބެން ގިނަ ދުވަސްތަކެއް ނެގިިކަމަށް އޭނާ ބުންޏެވެ.

ސަދަން ސްޓެލަންސް އިން މިވަގުތު އަސްތައް ބޮޑަށް ދޫކޮށްލުމަށް ވިިސްނަނީ އާންމުންނަށެވެ. އަދި އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިިންނަށް ވެސް އަސްތައް ތަޖުރިބާކޮށްލާ، އެސޮރުމެންނާއެކު މަޖާކޮށް ފޮޓޯ ނަގާލުމުގެ ފުރުސަތު ވަނީީ ހުޅުވާލާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ އަސްތައް ތަޖުރިބާކޮށްލުމަށް ޕެކޭޖްތަކެއް ހެދުމުގެ މަަސައްކަތެވެ. އަދި އެއަށްފަހު އާންމުންނަށް ތަޖުރިިބާކޮށްލުމަށް ރަސްމީކޮށް މި އަސްތައް ހުންނާނެއެވެ.

އަސްތައް ބެލެހެއްޓުމަށް ހަމަޖައްސާފައިވާ އިންތިޒާމްތައްވެސް އެހާމެ ފުރިިހަމައެވެ. އެގޮތުން އަސްތަކަށް ހާއްސަކޮށް 14000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. އަދި އެތަނުގައި އަސްތައް ނިދާނެ ޓޭބަލްތަކަކާއި، ބާން އަކާއި، ފެންވެރުވުން ފަދަ ކަންކަމަށް ހާއްސަ ސަރަހައްދަކާއި، ގްރޭވްކުރާނެ ސަރަހައްދެއްވެސް ވަނީ ހަމަޖައްސާފައެވެެ.

އައްޑުއަށް ގެންދިޔަ އަހެއް --

މިހާރު މިކަމަށް ހާއްސަ ވެޓެއްވެސް އިނގިރޭސިވިލާތުން ވަނީ ގެނެސްފައެވެ. އަސްތަކަށް ސިއްހީ އެއްވެސް މައްްސަލައެއް ޖެހިއްޖެ ނަމަ ފަރުވާ ދޭނީ އޭނާއެވެ. މީީގެއިތުރުން އަގްލީލް ވަނީ ކުރިއަށް އޮތްް ތަނުގައި އަސްްތައް ބެލެހެއްޓުމަށް ދިވެެހިިން ހަމަޖައްސާނެ ކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނެފައި ވަނީ މި ވިޔަފާރި ފުޅާކުރުމަށް ވިސްނާ ކަމަށާއި އެގޮތުން އިތުރު އަސްތަކެއްވެސް އަދި ރާއްޖެ ގެންނާނެ ކަމަށެވެ.

"މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެބަވޭ މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެެންގެ އަމާޒަކީ އަސްތައް ބެލެހެއްޓުމަށް ޓްރެއިން ކުރެވި ދިވެހިން ހަމަޖެހިިގެން ދިއުންް. މިހާރުވެސް އެކަމަށް އަންނަނީ ޕްލޭންތަކެއް ކުރެވި މަސައްކަތްތަކެއް ކުރެވެމުން،" އަގްލީލް ބުންނެވެ. އަސްތައް ބެލެހެއްޓުމަށް ހާއްސަކޮށް ކެއާޓޭކަރުންނާއި، ޓްރެއިނަރުން ހޯދުމަށް ވަނީ ނިންމާފައެވެ.

އައްޑުއަށް ގެންދިޔަ އަހެއް --

އަސްތައް ކައިވެނިީގެ ފޮޓޯޝޫޓު ތަކަށާއި، އެހެނިހެން ފޮޓޯނެގުމުގެ ހަރަކާތްތަތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެކި ހަރަކާތްތަކަށް އަސްތައް ދޫކުރުމަށް ހަމަޖެހިިފައިވާިިރު، އަގްލީީލް ބުނެފައިވާ ގޮތުގައ މިިގޮތަށް އަސް ދޫކުރެވޭނީ ހަމައެކަނި އަސް ދުއްވަން އެނގޭ މީހަކަށެވެ. އެހެން ނޫންނަމަ އަސްތައް ދޫކުރާނީ އެކަމަށް ހާއްސަ ޓްރެއިނަރަކާއި އެކު ކަމަށް އޭނާ ބުންޏެވެ.

މިހާރު އަސްތައް އެސޮރުމެން އުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ތިބެނީ ދޫކޮށްލާފައެވެ. ހަމައެކަނި ޓޭބަލްތަކަށް ވައްދަނީ އެސޮރުމެން އަރާމުކުރާ ވަގުތުތަކުގައެވެ.

"އާންމުންގެެ ވަރަށް ބޮޑު ތަރުހީބެއް އެބަ އޮތް. ހާއްސަކޮށް އައްޑޫ ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ސަޕޯޓުކުރޭ. މިއީ މާލެ ކަހަކަ ތަނެއް ނޫން. ހާއްސަކޮށް އައްޑުކަހަލަ އާބާދީ ކުޑަ ތަނެއް ވީމަ، އަސްލު ބުނެވޭނީ ހަމަ އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެޔޭ،" އަގުލީލް ބުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. އައްޑާ ބައްޑާ

  އައްޑޫގެ ވަގުންގެ ކިބައިން ތި އަސްތައް ސަލާމަތް ވާނެބާ

  30
  4
  • ދޫނި

   މޮޔައިން މޮޔަ ހައްދަން ކުރާ ކަންތަށް ތީ

   34
   8
  • ...

   ތިއީ ސަރުކާރު ބޮޑުން އަޑީގައި ތިބެގެން އިންތިހާބާ ދިމާކޮށް ގެނައި އެއްޗެއް. ތިއެއްޗެއް ގެންނަން އުޅޭ ޚަބަރު އޮތީ މާކުރިން މަޖުލީހެއްގަ ހުރި އަނގަގަދަ މިތުރެއް އަމިއްލައަށް ބޭޒާރު ކޮއްލާފައި. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

   11
   1
  • ރީތި

   ރީތިކޮށް ނަލަކޮށް ޖަނަވާރު އައްޑޫއޭ ބުނެފައި ތިއޮތީ. ކުރިން އަޑުއަހަނީ ބިސްހޮޅުދޫ މީހަކު ކީމާ އެރަށު މީހުން ރުޅި އައިވާހަކަ. މިރަށަށް ބިސްހޮޅުދޫ ކިޔަން ނުވާނެ ނޫންހޭ 100 ފަހަރު ކީއިރުވެސް އެމީހުން ތިބީ އުފަލުން. އައްޑޫގައި ތިބޭނީ ޖަނަވާރުންނޭ ބުނެފިއްޔާ ރުޅިއަންނާނެ. މިގޮތަށް ޖަނަވާރުންނޭ ބުންޏަސް މީހަކަށް ރުޅި އަންނާކަށް ނޭނގޭނެ. އެހެންވެފައި މިފަހަރު މިއޮތީ.

   2
   1
 2. ޙެeu

  ސަޅިކަމެ އް ތި ރަގަނގަޅު އަމުދަނިޔެ އްވެސް ތިޔަ ކަމުން ލިބެނެ ހެން ހިވަނި ރަގަނގަޅަ އް ތިޔަ ކަން ކޮ އްފިޔަމުން🐎🐎🐎🐎🐎

  28
  6
 3. އާދަމުގެދަރި

  އަސްތަކުގެ ހުވަފެން މިފަހަރު ހަގީގަތަކަށްވާނެ. އަސްތައް ފަސޭހައިން ތަފާތު ޖިންސް ލިބޭތޯ ހުވަފެން ދެކޭތާ ވަރަށް ދުވަސްވެއްޖެ.

  20
  2
 4. ކީކޭ ބުނާނީ...

  ސަޅި ބެނަން...

  15
  6
 5. ދަރަނި ދަންތުރަ

  އެސްޓާސް އިސްތިހާރު ކުޅުނީ އަސް ގެނެސްގެންނޫންތަ ؟ ތިޔައަހަށް ތިއޮތީ ހުދުބަލި ޖެހިފަތަ ؟

  17
  14
 6. ތީކީ

  އަލަށް ރާއްޖޭގަ ކޮއްގެން އުޅޭ ކަމެއް ނޫން، ކުރިން ބަނޑޮހައް ވެސް ގެނައި އަސް އަދި އެސްޓާސް އިސްތިހާރު ކުޅެން ވެސް ގެނައި އަސް

  41
  4
 7. ޖުހާ

  އަސް އައްޑޫ ކިޔަމާދެން...
  އަސްއައްޑޫ ދެންވާނީ އަސް ހަބަކައް.

  18
  1
 8. ޢާލިމް

  ފަސޭހައެއް ނުވާނެނޫންތޯ. އިންޑިޔާއަށް ދިއުމަށްވުރެ އައްޑޫއަށް ދިއުމަށް ޓިކެޓް ގެ އަގުވެސް ބޮޑުވިއްޔާ.

  27
 9. ނޫނަ

  އަހަކީ އަލަށް ރާއްޖެ ގެނައި އެއްޗެއް ނޫން. މީގެ އެތައް އަހަރު ކުރިން ބ. އޭދަފުއްޓަށް އަމިއްލަ ފަރާތަކުން އަސް ގެންދިޔަ. މައުލޫމާތަށްޓަކާ ބުނެލީ.

  31
  3
 10. ރައީސް ނަޝީދު

  ދެން ފަހަރަކުން ވާނެ ދެތިން ގެރި ގެންނަން.💛

  31
 11. ވާއު ފްރޮމް މާލެ

  މާ ޝާ ﷲ! ހާދަ ރީތި އަސްތަކެކޭ!

  19
  4
 12. ދިވެހި

  އަހަކައް ކިހާވަރެއްބާ

  16
 13. ޚ

  އެ އަތޮަލެއްގެ ބަޔަކު ބޭނުންވާ ކަމެއް މިދަނީ ފުއްދެމުން މިފަދަ، ހިތަށް އަރަނީ އައްޑޫމީހުންގެ އެދުމަކީ ހަމަ މިއީބާއޭ. އަދި 3 އަހުން ކުރެވޭނީ ކޮންކަމެއް ބާއޭ. ޒުލެއްގެ ފެށުން ބާވައޭވެސް ހިތަށް އަރާ.

  11
 14. Anonymous

  1983 ވަނަ އަހަރުވެސް ރާއްޖެއަށް ދެއަސް އެތެރެކުރި ގެނގުޅުނީ މިހާރު އެސްޓީއޯ ލޭބަރ ކްއާޓަރސް އަދި އެފް،އޭ،އެމް ބިލްޑިންގ ހުރި ކޮށީގައި ކޮންމެ ދުވަހަކު ހަވީރު އަސްދުވުމުގެ ފުރުސަތާއި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަހަށް އަރާ އެއާ އެއްކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ރައްޔިތުންނަށް ހިލޭ ލިބުނު. ގާތް ގަނޑަކަށް އަހަރެއް ވަރު ވަންދެން މާލޭގައި އެދެ އަސް ގެންގުޅުނު. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ މިހާރުވެސް ފޮޓޯ އެބަހުރި.

  11
  1
 15. އަލީ

  އަޅުގަޑުގެ އަހުންނޭވެ. އުޙްތާ ތައް ކޮބައިތޯއެވެ.

  6
  2
 16. ދެބޯގެރި

  ދިވެހިން މިވަރުކަމަކުންވެސް ހައްދާލެވޭކަން މިކަމުން ދޭހަވާނީ
  މާދަމާ ކާނެއެއްޗެއް ފެން ކަރަންޓް ބިލަށް ފައިސާ ނުދެއްކި ހުއްޓަސް އޯކޭ ގައުމުދެރިއަސް އޯކޭ މުޖުތަމަޢުތެރޭ ހުރި ހައްލުކުރުމަށް ހުރިމުހިއްމު ކަންތައް ބަހައްޓާފައި މިކަހަލަ ފޫނުބެދޭ ކަންކަން ކުރެވުނީ ހަމަ އޯކޭ

  13
 17. އަޙްމަދު

  ކޮންބައެއްގެ ހުވަފެނެއްބާ! މައޮޅިއްޖެ! ވޯޓް ކާރިވާވަރަކަށް ގުނބޯހައްދާނެ! ރަނގަޅަށް ވިއްޔާ އިންޑިޔާގެ މިލިޓްރީ މީހުން ބޭނުން ކުރަން ގެނައި އަސްތަކަކަށް ވަނީ!!

 18. އަފީ

  އައްޑޫ ސިޓީގެ ރައްޔިތުންގެ އަތްމަތި ޕައުންޑުން ތިޔާގިވެގެން ގޮސް ސިޓީގެ އިގުތިސާދު އަތްނުފޯރާ ހިސާބަށް މައްޗަށް އަރައިގެންގޮސް ރައްޔިތުންނަށް މިހާރު އެންމެ ދަތިވެފައިވާ ކަމަކީ އަހުގެ ހިދުމަތް ނުލިބުން.

  12
 19. ޟިމް

  ޓޭބަލް އެއް ނުން! ސްޓޭބަލް! އެއީ އަސް އުޅޭ ތަން ( އަހުގެ ގެ )

 20. ޥަހީ

  މީ ޙިމާރެއް ތޯ؟ނޫނީ އަަހެއްތޯ ސާ ފު ކޮށްލަ ދޭނީ ކާކުތޯ؟

 21. ޥަހީ

  މީ އަސްތަކެއްތޯ! ނޫނީ ޙިމާާާާރު ތަކެއްތޯ!