ހދ. ކުޅުދުއްފުއްޓަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެހެން ފަހަރުތަކަށް ވުރެ ތަފާތެވެ. މީގެކުރިން އެ ރަށުގެ ރައްޔިތުންގެ ވޯޓުން ހޮވަނީ ރަށު ކައުންސިލެކެވެ. އެކަމަކު މިފަހަރު މިވަނީ އެކަން ބަދަލުވެފައެވެ. ލާމަރުކަޒީ ގާނޫނު ވުޖޫދުވި ފަހުން މިހާތަނަށް ރަށު ކައުންސިލެއް އޮތް ކުޅުދުއްފުއްޓަށް މި ފަހަރު އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެކެވެ. މިއީ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބޭނެ އާ ތަޖުރިބާއެކެވެ.
ކުޅުދުއްފުށީގައި ވެސް އިޖްތިމާއީ މައްސަލަތައް ގިނަވެ އެކަށީގެންވާ ހައްލުތަކެއް ނުގެނެވި އޮތް އިރު މި ރަށުގެ ގިނަ ރައްޔިތުންނަކީ ވެސް ލާމަރުކަޒީ ބާރުވެރިކަމަށް ވަކާލާތު ކުރާ ބަޔެކެވެ. އެ ބާރުވެރިކަން ލިބި ރައްޔިތުންނަށް ފައިދާއެއް ލިބެން އޮތީ އެ ވިސްނުމުގައި ނުކުންނަ ބަޔަކަށެވެ. ކުޅުދުއްފުށީ މޭޔަރު ކަމަށް ވާދަކުރައްވާ މުޙައްމަދު އާތިފް ގަބޫލު ކުރައްވާ ގޮތުގައި އެއީ އޭނާ ހިމެނޭ އެމްޑީޕީގެ ޓީމެވެ.
މައްސަލަތައް ހައްލު ވާނީ މައްސަލަތައް ދަންނަ މީހަކަށް
އާތިފް ގަބޫލު ކުރައްވާ ގޮތުގައި، ކުޅުދުއްފުށީގެ މައްސަލަތައް ހައްލު ވާނީ ކުޅުދުއްފުށީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރެވޭނެ މީހަކު މޭޔަރަކަށް އައުމުންނެވެ. ޓޫރިޒަމް ދާއިރާގައި ތިން އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، ދެހާސް ހަވަނަ އަހަރުން ފެށިގެން އާތިފް މަސައްކަތް ކުރައްވަނީ ކުޅުދުއްފުށީގައި އެ ރަށު ކަސްޓަމްސްގައެވެ.
ކުޅުދުއްފުށީ ކަސްޓަމްސްގެ އެކްޓިން ކޮމިޝަނާ އިން ޗާޖްގެ މަގާމު ފުރުއްވަމުން ގެންދަވާ އާތިފްއަކީ ރަށުގައި ހިނގާ ގިނަ އިޖްތިމާއީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅެކެވެ. ރަށުގެ އުތުރު ހުޅަނގު ބިތުގައި އޮންނަ ކުޅިވަރު ކްލަބް ކަމުގައިވާ ކްލަބް ކޮރެލްސްގެ ބޯޑުގެ ރައީސް ކަން އާތިފް ކުރެއްވިއެވެ. މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށި ޓީމުގައި ކުޅުންތެރިއެއްގެ ގޮތުގައި ވެސް އުޅުއްވިއެވެ. އަދި ރެޑް ކްރެސެންޓްގެ ހދ. އަތޮޅު ބްރާންޗްގައި ވެސް މަސައްކަތް ކުރެއްވިއެވެ.
ކުޅުދުއްފުށީގައި އުޅެ ބޮޑުވި އާތިފްއަށް އެ ރަށުގެ މައްސަލަތައް އެނގެވަޑައިގަންނަވައެވެ. އިޖްތިމާއީ މައްސަލަތައް ފުނި ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ ދަތިކަމާއި، އާމްދަނީގެ ފުރުސަތުތައް ނެތުމާއި، ކުނި މެނޭޖް ނުކެރެވުމާއި، ޒުވާނުން ކުށުގެ ވެށީގައި ޖެހުން ފަދަ އެތައް މައްސަލައެއެއް ފާހަގަ ކުރެއްވިއެވެ. ސިޓީ ކައުންސިލްއެއް މެދުވެރިކޮށް މި މައްސަލަތައް ހައްލުވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
އެންމެ ބޮޑު މަސައްކަތަކަށް ބޯހިޔާވަހިކަން
އާތިފް ވެސް ފާހަގަ ކުރެއްވި ގޮތުގައި، މުޅި ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކުގެ މައި އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެއް ގެދޮރުގައި، ހަތަރު ފަސް ގެދޮރެއްގައި އުޅެވޭހާ ގިނަ އާއިލާތައް އުޅެން ޖެހުމުން އިޖްތިމާއީ އެތައް މައްސަލައެއް ކުރިމަތިވަނީއެވެ.
ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ވެގެން އައީ ކުރިން އޮތް ސަރުކާރުގެ އިހުމާލު ބޮޑު ވުމުން ކަމުގައި އާތިފް ގަބޫލު ކުރައްވައެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހިއްކި ބިމުގައި އިމާރާތް ކުރަން ފެށި ފްލެޓްތަކުގެ މަސައްކަތް ހުއްޓިފައި އޮތުމުންނެވެ. އެ ތަންތަން މަރާމާތުކޮށް މި ސަރުކާރުގައި މަސައްކަތް ފަށާފައިވާ ކަން ފާހަގަކުރެއްވިއެވެ.
އާތިފް ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ ކައުންސިލްގެ ހޯދުންތަކަށް ބަލާއިރު އެ ރަށުގައި ބޯހިޔާވަހިކަން ބޭނުންވާ 1200 އެއްހާ އާއިލާއެއް އުޅެއެވެ. އަދި ގޯތި ދޫކޮށްފައިވާ މީހުންގެ ތެރޭގައި ގެ ނޭޅި 700 އެއްހާ އާއިލާއެއް އުޅެއެވެ.
"މި މައްސަލަ ހައްލު ކުރަން ގޯތި ނޭޅި ތިބި މީހުންނާއި ގެދޮރު ބޭނުން ޖެހިފައި ތިބި މީހުންނަށް އަމާޒުކޮށް ސިޓީ ކައުންސިލުން ހައުސިން ލޯން ސްކީމެއް ތައާރަފް ކުރާނަން،" އާތިފް ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ޚާއްސަ އުފެއްދުންތައް މާކެޓްކުރުން
ހދ. ކުޅުދުއްފުއްޓަކީ ޚާއްސަ އުފެއްދުންތަކެއް ވުޖޫދު ވެގެން އައި ރަށެކެވެ. ހާލު ފޮޅި އާއި ރާއްޖެ ބޮޑު ބިސްކޯދާއި، ރޯނު ފަދަ މި ރަށަށް ޚާއްސަ އުފެއްދުންތައް އިތުރަށް މާކެޓް ކުރެވިއްޖެނަމަ މިހާރު ރަށަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ރަށުގެ އިގްތިސާދުގެ ތެރެއަށް ވަންނާނެ ކަމަށް ވިދާޅުވިއެވެ.
"މިއަދު ވެސް މި ފަރާތްތަކުން ގެންދަނީ ރަނގަޅު އާމްދަނީއެއް ކުޅުދުއްފުށި އިގްތިސާދަށް ވައްދަމުން، ކުޅުދުއްފުށީގެ މި ޚާއްސަ އުފެއްދުންތައް، ރާއްޖޭގެ އެކި ރަށްރަށަށް މިހާރު ވެސް ފޯރުކޮށްދޭ، ސިޓީ ކައުންސިލް މެދުވެރިކޮށް މި ތަކެތި އިތުރަށް މާކެޓްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް މި ތަކެތީގެ އިތުރު ބާވަތްތައް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ފޯރުކޮށްދެވެން ފެށުމުން ރަނގަޅު އާމްދަނީއެއް ވަންނާނެ މި ކަމަށް ބަލަނީ،" އާތިފް ވިދާޅުވިއެވެ.
ވިޔަފާރިތަކާއި ޒުވާނުން ބާރުވެރިކުރުވުން
އެމްޑީޕީގެ "ހޯމް ސްޓޭ ވިޔަފާރި" ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގެ ޒުވާނުންނަށް ވަޒިފާގެ އިތުރު ފުރުސަތުތަކެއް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށަށް ފަތުރުވެރިކަމުގެ ވިޔަފާރި އައިސް ރަށުގެ އިގްތިސާދުގެ ތެރެއަށް އިތުރަށް ފައިސާ ވަދެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން މި ވިޔަފާރިއަށް ޒުވާނުން ވަދެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރަށުގައި ކުރިއަރައި ދާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
"ހޯމް ސްޓޭ ވިޔަފާރިއަކީ ދިރިއުޅޭ ގޭގަ ފަތުރުވެރިން ގެންގުޅުން، ކުޅުދުއްފުށީ މީހުން ދިރިއުޅޭ ގޭގެ ކޮޓަރިތައް ތަރައްގީކޮށްފައި، އިތުރު އިންވެސްޓްމަންޓްތަކަށް މި ސިޓީ ހުޅުވާލުން އެއީ އަޅުގަނޑު އަމާޒު،" އާތިފް ވިދާޅުވިއެވެ.
އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް އިތުރަށް ހޯދައިދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތުން އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އަމާޒުކޮށް ލޯނު ސްކީމްއާއި އެކި އެކި ޕްރޮގްރާމްތައް ތައާރަފް ކުރުމުގެ ވިސްނުން އެބަ އޮތް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުއްޓަކީ ފަންނުވެރި ހުނަރުވެރި ޒުވާނުން ތިބި ރަށެއްކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ ތައުލީމީ ޒުވާނުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް ސިޓީ ކައުންސިލް މެދުވެރިކޮށް ހޯދައިދޭނެ ކަމަށެވެ. ކޮންމެ ދަރިވަރަކީ ތައުލީމީ ނަތީޖާ އެންމެ ރަނގަޅު ދަރިވަރަކަށް ނުވި ނަމަވެސް، އެކި އެކި ފަންނުތަކަަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތައް ޒުވާނުންނަށް ހިންގޭނެ ވިސްނުމެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަ ނުދޭނަން މޑޕ އަށް އެންމެ ވޯޓެއް ވެސް. ޤައުމާ ދީނަށް ލޯބިކުރާ މީ ހަކު މޑޕއަށް ވޯޓް ނުދޭނެ. މޑޕއަކީ ގައުމުގެ ހަލާކު
އެމްޑިޕީ އަކު ތަރައްގީގެ ވިސްނުމެއްނެތް. އެމްޑިޕީއަކުން ތިކަން ހާސިލް ވިޔަކަ ނުދޭނެ.
އެމްޑިޕީގެ ފަތިހަކަށް އިރެއްނާރާނެ. ސަބަބކީ އެމްޑިޕީއަންނަ ކޮންމެ ފަހަރަކު ގައުމު ބަގުރޫޓްވެ ހަރުމުދާ ވިއްކަންޖެހޭކަން.
ދޫންޏާ އާތިފޫ ކަލޭ ހޮވޭނެ ، ތި ވައުދު ފުނި ތަންފީޒު ކުރަން ތައްޔާރުވޭ އެކަމު މިއީކީ ވަކި ދައުލަތެއްނޫން
މާސްކު އެޅުން. މުޅި ރާއްޖޭގައި މަޖުބޫރު ކަމެއްކަމަށްވާއިރު . މާސްކު އެޅުމެއްނެތި މަގުމަތީ އުޅޭއިރު ޕާޓީ ކުދިންވީމާ ހުއްޓުވާނެ ބަޔަކު ނެތީތަ. ކޮބައިތޯ އިލެކްޝަން. އަދި އެޗްޕީއޭ
އަމިއްލަ ބޯހިޔާވަހިކަމެއްނެތްއިރުކޮންކޮޓރިއެއްގެސްޓުންނަށްދޭންއޮންނާނީ. އާތިފްމެންގެގެދޮރުހުރީމަނިކަމެތިރައްޔިތުނގެހާލެއްނޭނގޭނެވ. ތިމީހުންހޮވުނަސްބޮޑުވާނީއަމިއްލަޖީބުވ.