ހުޅުމަލޭ ފެރީ ޓާރމިނަލް. ފޮޓޯ: މޯލްޑިވްސް ޓައިމް

ފެރީތަކުގައި ހިނގާ އުނދަގޫކުރަވިނި އަމަލުތަކުގެ ވާހަކައަކީ އަބަދުވެސް މީހުން ކުރަމުން އަންނަ ޝަކުވާ ތަކެކެވެ. ބުރިޖްހެދި، ހުޅުމާލެއަށް ބުރިޖްގައި ދާންފެށުމުން، މިޝަކުވާތަށް ކުޑަ ވިއެއް ކަމަކު، މިއީ މިއަދު ނުދައްކާ ދޫކޮށްލެވެން ވަރުގެ ވާހަކައެއް ނޫނެވެ.

ޑިއުޓީއަށް ދާން ތަންކޮޅެއް ލަހުން ހޭލެވުނު ދުވަހެއް ކަމުން، ވަރަށް އަވަސްކޮށްލާފައި މާލެ ދިއުމަށް ހުޅުމާލޭގައި ހުންނަ މާލޭ ފެރީ ޓާމިނަލް ދިޔައީމެވެ. އޭރު އޮވެ 8 ޖަހަނީއެވެ. ޓާމިނަލް ތެރެ އޮތީ ފުރިބާރުވެފައެވެ. އޮފީސްއަށްދާން ގަޑުޖެހިގެން އުޅޭމީހުނާއި ދަރި ސުކޫލަށްދާން ލާމީހުނެވެ. ހިތްހަމަ ނުޖެހޭ އެތަށް މަންޒަރެއް މިތަނުން ފެނިގެން ދެއެވެ. ފުރަތަމަ ކަމަކަށް ޓިކެޓްގެ ކިޔުއެވެ. ބޭންޖަހާފައި ގެއިން އައިސް ކިޔޫގައި ހުއްޓުނީ ވީއެންމެ އަވަހަކަށް މާލެ ދިއުމަށެވެ. ޓިކެޓު ނަގަން ކިއުގައި ހުއްޓާ ކިއު ފަޅާލާފައި ކުރިއަރައިގެން އެދަނީ ދާނެ މީހެކެވެ. އަނެއްކޮޅުން ޓިކެޓު ނަގައިގެން ގޮސް ޓިކެޓު ކަނޑާ މީހާ އަތަށް ދޭ އިރަށް ގަނޑުކޮޅު ވީދާލައިފާ އެލަނީ ޑަސްބިނަށެވެ. މިހާހިސާބުން ފަތިވަރު ނިމުނީކީ ނޫނެވެ. ފެރީ އަށް އިންތިޒާރުކޮށްގެން ތިބެފައި ފެރީ އައީމަ ފެރީއަށް އަރަން ދާން ޖެހެނީ ފިތި ގިތި މީހުންގައި ހޭކެމުންނެވެ. އެހެންޔާ، އެންމެ ކުރިން ފެރީއަށް އެރެވޭނެ މީހަކަށް އެލިބޭ އިނާމްގެ ބޮޑުކަން އެނގޭނަމަ މިވާހަކަ މިހެން ނުދައްކާނެތާއެވެ.

މިއީ އަދި ފެރީއަށްގެ "ވެއިޓިންގް އޭރިޔާ"އަށް ދިޔަ މަގުމަތީގައި ފެނުނު މަންޒަރު ތަކެވެ. އަދި އޮތީ ކުރިޔަށެވެ. ފުރަތަމަ ކަމަކަށް ފެނުނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައި 3 ގޮނޑި އިންނައިރު އެތަނުގައި ވެސް އިށީންނަތަން ފެންނަނީ އެކަމަށް ކުފޫ ހަމަނުވާ މީހާއެވެ. އަދި ލަސްބޮޑުވެފައި ހުންނަ މީހަކު ފެރީއަށް އަރާގަޑިޔާއި ފައިބާގަޑީގައި، ނެރުކޮޅުން ދޯނީގެ ދިރުބާ ކޮޅު ފެންނަ އިރަށް ދެތުވެ ދޮރުކައިރީގައި ބޮޑިވެގަނެއެވެ. ކުރީ ސަފުން، ކުރީބައިގައި އައިސް ޖާގަ ހޯދި މީހާއަށްވުރެވެސް ކުރިއަރާދާކަށް ލަދުގެ ތަންކުފުކެއްވެސް ނޯވެއެވެ. ރާމާމަކުނު ބައިގަނޑެއްގެ އުސޫލުން، ފެރީގައި ކަންތައްވަމުންދާއިރު، މި ކަންކަމާމެދު ވިސްނާ މިކަންތައް ހައްލުވާނެ ގޮތެއް އޮންނާނެ ބާއޭ ހިތަށް އަރާމީހަކު ނުހުންނަނީ ބާއެވެ؟ މިފަދަ ކަންކަމުން ކުރިއަށް އޮތް ޖީލަށް ދަސްވާނީ ނުރަނގަޅު ފިލާވަޅުތަކެކެވެ.

ކިއުގައި ތިބެނީ އެންމެންވެސް ތަރުތީބުން ރީތި ގޮތުގައި ދިޔުމަށް ނަމަވެސް ބާރުގަދަ ގޮތް ކުޑަ މީހާ ދަނީ ކިއު ފަޅާލައިފާ އެވެ. އެކަންތަށް ހުއްޓުވާކަން ދޮރުވާނެއް ފަދަ މީހެއްވެސް ނުހުންނާތީ މިކަންތައް މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. އަދި ޓިކެޓު ގަނެފައި އެ ކަރުދާސްކޮޅު ވީދާލަން ޓިކެޓު ކަނޑާ މީހާއަތަށް ދިނުމުގެ ބަދަލުގައި، އެ ކަރުދާސްތަށް އިސްރާފުނުކޮށް ކުރެވޭނެ އެހެން ގޮތްގޮތްވެސް ހުންނާނެ ނޫންހެއްޔެވެ؟ މިސާލަކަން ފެރީއަށް އަރާމީހުންގެ އަދަދަށް ލެމިނޭޓް ކޮންފަ ޓިކެޓްތަކެއް ހަދުމަށްފަހު އެ ގަނޑުކޮޅު ޓިކެޓު ކަނޑާމީހާއަތަށް ދިނުމުން އެ ގަނޑުކޮޅު އެއްލައި ނުލައި އަލުން ކައުންޓަރަށް ދެވޭނެއެވެ. އެގޮތުން އެ ޓިކެޓު ދެވަނަ މީހާ އަތަށް ދީ އެ ޓިކެޓު ހަލާކުވާންދެން ބޭނުން ކުރެވޭނެއެވެ.

އަދި ފެރީ އަންނަންދެން ތިބެފައި ފެރީއަށް އަރަން ދާން ދުއްވައި ނުގަތަސް ފެރީއަށް އަރަން މަޑުމަޑުން ދެވޭނެއެވެ. ނަމަވެސް އެންމެން އެއްތާކަށް ތޮއްޖެހުމުން ޖެހެނީ ކިތަންމެ މަޑުމަޑުން ދާ މީހާއަށްވެސް އެހެން މީހުން ގައިގަ ހޭކެމުންދާށެވެ. މިއީ ޚާއްސަކޮށް ގިނަ އަންހެންކަބަލުންނަށް ވަރަށް އުނދަގޫވާނެ ކަމެކެވެ.

އޭގެ އިތުރުންލަސްބޮޑުވެގެން ފެރީއަށް އަރާމީހުން، ފެރީ ނެރުން ވަނީމަ ގޮސް ދޮރުކައިރީގައި ތޮއްޖެހިފައި ނުތިބެ، ގަޑީގެ ކުރިޔަށް އައުން ކީތްތޯއެވެ؟ ޚާއްސަ އެހީއަށް ބޭނުންވާ މީހާއާއި ކުޑަކުއްޖާއަށް ބެލުމެއް ނެތި ދުވަމުން އެންމެ ފުރަތަމަ ފެރީން ފޭބެނީ ކާކަށްތޯ ނުބެލިޔަސް ދެން ފެރީ ނައްޓާލާނީ މީހުން ބަރުކޮށްގެންކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަދި ފުރިހަމައެ ނުވޭ ކޮބާ ސައިކް ކިއުގެ ވާހަކަ ސިގިރޭޓުބޯމީހުން ކުޑަކުދިން އަދި ބަލިމީހަކު ހުރިތޯވެސް ބެލުމެއް ނެތް އެކަން މަނާ ކުރާނެ މީހަކުވެސް އެތާނގަނެތް.

  2. ޙެޔޮ އެދޭ ފަރާތެއް

    ވިލިގިލީގަ އުޅޭނެ ތިކަހަލަ ފެމެލީއެއް

  3. ތިޔައިން އެގެނީ ދިވެހިންގެ ގޮތްކުޑަކަން . ފެރީ ބޭއްވޭނީ އުސޫލަކުން އެއަށް ތަބާވާންޖެނީ ފެރީއަށް އަރާމީހާ ، ފެރީ ނުޖެހޭނެ އެމީހުނަށް ތަބާވާކަށެއް ، މިގައުމުގެ ރީތި އާދަކާދަ ނަގާލީ ގޮތެއްނެތް މީހަކު މިގައުމުގެ ރައީސަކަށް ގެނައި މީހުން.

  4. ޑަސްބީން ޓީކެޓު ދޯ ފެރީއައް ދެނީ..

  5. ޓިކެޓް ލެމިނޭޓް ކޮށްފަ ދޭށޭ؟؟ އޭރަށް ކިހިނެއްތަ ވިކުނީ ކިތައް ޓިކެޓްކަމެއް ހޯދަނީ؟؟ ތި ކޮންސެޕްޓް މަށަށް ވިސްނަދީބަލަ؟؟ ފެރީގަ އޮންނަނީ ގަދަ މީހާ ގަދަވާ އުސޫލް. ވެއިޓިންގ އޭރިއާގަ އެންމެ ކުރިން ޓިކެޓް ނަގައިގެން އިށީނދެ ތިއްބާ އެންމެ ފަހުން އަންނަ މީހާ ކުރިއަށްގޮސް ދޮރުކުރިމަތީ ހުއްޓެނީ. އަދި ފެރީއަށް އަރާގޮތަށް އިށީންނަނީ ޕްރަޔޯރިޓީ ސީޓްތަކުގަ. ލަދެއް ހަޔާތެއް ނުހުރޭ. މި ކަންކަމަކީ ފަރުދީ ޒިންމާއެއް ކަމަށް ދެކި އަމިއްލަޔަށް އިސްލާހުކުރޭ!!

  6. ވިލިގިލި ފެރީއަށް ތެމިގެން ލޮނާއެކީ އަރާތިބެ އިށީންނަ އިރު، އެ ފެރިީތަކަކީ ހަމައެކަނި ޕިކްނިކް އަންނަ މީހުންނަށް ޚާއްޞަ ފެރީތަކެއް ނޫންކަން ވިސްނަނީ ކިތައް މީހުންތޯ؟ ހަމަ މިފެރީތަކުގައި އޮފީހަށް ސްކޫލަށް ޕާރޓީތަކަށް ޖަލްސާތަކަށް ދާމީހުންވެސް އުޅޭ.