(ހއ.ފިއްލަދޫ) މީގެ ކުރީގެ އިންތިޚާބުތަކުގައި ހއ. ފިއްލަދޫގައި ސިޔާސީ ވާދަވެރިކަމެއް ފެންނަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި އެންމެ މެންބަރުން ގިނަ އެމްޑީޕީއާ ދެމެދުގައެވެ. އެހެންނަމަވެސް މިފަހަރު އެރަށުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މުޅި ރަށް ވަނީ ޕީޕީއެމްގެ ލަވަތަކުން ގުގުމާލެވިފައެވެ. ފިޔާތޮށި ކުލައިން މުޅި ރަށް ވަނީ ޖަރީވެފައެވެ. ސިޔާސީ ވާދަވެރިކަން އިންތިހާއަށް އޮތް ފިއްލަދޫއިން މިފަހަރު ކައުންސިލް އިންތިހާބަށް ނިކުތް ޕީޕީއެމްގެ ޓީމަކީ ވަރަށް ތަޖުރިބާކާރު ޓީމެކެވެ. އެ ޓީމުގެ ތަސައްވުރާއި އެކު ފިއްލަދޫއަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ ކުރިއަރުވާ ކޮމިޓީގެ އިންތިހާބު ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފިއްލަދޫ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލާފައިވާ ދެބޭފުޅުންނަކީ ވަރަށް ގާބިލް ދެބޭފުޅުންނެވެ. އެ ދެ މީހުންވެސް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ބޮޑު ތަސައްވުރަކާއި އެކުއެވެ.

ފިއްލަދޫ ޕީޕީއެމް ފަރާތުން ވާދަކުރާ ކެނޑިޑެޓުން'- ވަގުތު އިމޭޖަސް- އަހްމަދު މަންދޫހް

ފެންފިޔާޒުގެ، ފަތުހިއްޔާ މުހައްމަދު އާއި ކުރެނގި، އިޝާރާ ޢަބްދުއްރަޙީމްގެ އަޒުމަކީ ފިއްލަދޫ އަންހެން ކަނބަލުންނަށް ފަހި ފުރުސަތުތަކެއް ހޯދާދިނުމެވެ. އަދި ތަރައްގީގެ އެހެން ހަރުފަތަކަށް ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ރަށް ގެންދިއުމެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ އިޝާރާގެ ކެންޑިޑޭޓް ނަމްބަރަކީ 6 ކެވެ. ފަތުހިއްޔާގެ ކެންޑިޑޭޓް ނަމްބަރަކީ 5 ކެވެ. ރަށު ފެންވަރުގައި ކުރާ ގިނަ މަަސައްކަތުގައި ދެބޭފުޅުންވެސް ބައިވެރިވެފައިވެއެވެ. ފަތުހިއްޔާ ވަނީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ވާދަކުރައްވާފައެވެ.

ފިއްލަދޫ ޕީޕީއެމް ފަރާތުން ވާދަކުރާ ކެނޑިޑެޓުން'- ވަގުތު އިމޭޖަސް- އަހްމަދު މަންދޫހް

އެދެބޭފުޅުންނަކީ ކޮންމެ އުމުރުފުރާއެއްގެ މީހަކާއި އެކުގައިވެސް މަސައްކަތް ކުރެވޭނެ ދެ ކަނބަލުން ކަމަށް ފިއްލަދޫ ޕީޕިއެމް ގޮފިން ބުނެއެވެ. އަދި އަންހެން ކަނބަލުންގެ ބައިވެރިން އިތުރުކުރުމަށްޓަކައި އެ ދެ ބޭފުޅުންނަށް ވޯޓު ދެއްވުުމަށް ފިއްލަދޫ ޕީޕީއެމް ގޮފިން ވަނީ ރައްޔިތުންގެ އަރިހުން އެދެއެވެ.

ފިއްލަދޫ ރަށު ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލާފައި ވަނީ އިބްރާހީމް ޖަމީލް ( ދިޔަވަރު / ހއ. ފިއްލަދޫ) އާއި މުޙައްމަދު މޫސާ (ސިތުރާ / ހއ. ފިއްލަދޫ) އެވެ. މުހައްމަދު މޫސާ (މޫސަބޭ) އަކީ ރކ. ކޮމިޓީގައި 17 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފިއްލަދޫގެ ހާލަތުު އެންމެ ކައިރިން އެނގޭނެ އެކަކަށް މޫސަބޭ ވާނެއެވެ.

ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރާ ކޮމިޓީތައް ނުވަތަ ރ.ކ ކޮމިޓީތައް ރަށްރަށުގައި އޮތް ދުވަސްވަރުން ފެށިގެން ރަށަށް އިޖްތިމާއީ ގޮތުން އެކި ޙަރަކާތްތައް ހިންގެވުމުގައި އިސްކޮށް އުޅުއްވި މޫސަބޭ އަބަދުވެސް ފިއްލަދޫގެ ތަރައްގީ އަށް ތަސައްވުރެއް ގެންގުޅުއްވައެވެ. އަދި ފިއްލަދޫއަކީ މިއަށްވުރެ މާ ފާގަތި އިގްތިސާދަކާއި ދުޅަހެޔޮ މުޖުތަމައެއް ގެނެވޭނެ ރަށެއް ކަމަށް ގަބޫލުކުރައްވައެވެ. މޫސަބޭގެ ކެންޑިޑޭޓް ނަމްބަރަކީ 12 އެވެ. އަދި ކައުންސަށް ކުރިމަތިލި ޖަމީލްގެ ކެންޑިޑޭޓް ނަމްބަރަކީ 9 އެކެވެ.

ފިއްލަދޫ ޕީޕީއެމް ފަރާތުން ވާދަކުރާ ކެނޑިޑެޓުން'- ވަގުތު އިމޭޖަސް- އަހްމަދު މަންދޫހް

ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ގެނެސް ރަށްރަށުގެ އިޙްތިސާސްގައި ކައިރި ރަށްރަށް ކަނޑައަޅައިފިނަމަ ގާނޫނު އެ ދަންނަ ރޫޙާ އެއް ގޮތަށް އަމަލު ކުރުމަށް ޓަކައި ވެސް ފިއްލަދޫގެ ބަޔަކަށް ދައްޕަރު ހަމަޖައްސަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ފިއްލަދޫ ކެންޑިޑޭޓުން ވިދާޅުވެއެވެ.

ފިއްލަދޫގެ އިގްތިސޯދު ފުޅާކޮށް، އެރަށުގެ ރައްޔިތުންގެ ޖީބުތައް ތަނަވަސްކުރުމަށްވެސް ޕީޕީއެމްގެ ކެންޑިޑޭޓުންގެ ތަސައްވުރެއް އެބައޮތެވެ. އެގޮތުން ފަތުރުވެރިކަން ތައާރަފްކޮށް، ފިއްލަދޫ އަކީ ފަތުރުވެރި ރަށަކަށް ހެދުމުގެ ބޮޑު ތަސައްވުރެއް އެ ކެންޑިޑޭޓުން އަންނަނީ ދެކެމުންނެވެ. އަދި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރުމަށް މިހާރު ދޫކޮށްފައި 5،000 އަކަ ފޫޓުގެ ބިންތައް އެންމެ ކުޑަ މިނުން 10،000 އަކަ ފޫޓަށް ބޮޑު ކޮށްދިނުމަށްވެސް އެ ކެންޑިޑޭޓުން ވައުދުވެއެވެ.

މި ވައުދުތަކުގައި ކުލަ ޖެއްސޭނީ ޕީޕީއެމްއަށް މާދަމާ އޮތް ކައުންސިލް އިންތިހާބުގައި ވޯޓު ދީގެން ކަމަށް ފިއްލަދޫގެ އެޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުން ބުނެއެވެ. އެ ކެންޑިޑޭޓުން އެދެނީ ރަށް ކުރިއަރުވާ ތަރައްގީ ކުރުމަށް ޕީޕީއަށް އިތުބާރުކޮށް ފުރުސަތެއް ދިނުމަށެވެ.