ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެއީ ޙުދުމުހުތާރުވެރިކަމެއް ކަމަށް ބުނެ އެތައް ބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ. ޚާއްސަކޮށް ރަައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްވަރާއި ދިމާކޮށް އޭރުގެ ހަރުކަށި އުސޫލުތަކާއި ޚިލާފުވާ މީހުން ގިނަވެ، މަދަނީ ބަސްނޭހުންތައް ގިނަ ވާން ފެށިއެވެ. އަދި ރައީސް މައުމޫން ނޫން އެހެން ވެރިއެއް ބޭނުންވުމާއި ސިޔާސީ ޕާޓީގެ ޚިޔާލުތަކާއި ފިކުރާއި އެކު ސިޔާސީ މައިދާނަށް އާ އެތައް މޭސްތިރީންނެއް ނުކުމެގެންއައެވެ. އެ މޭސްތިރީންގެ ފަަހަތުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށް، ރައީސް މައުމޫން ނޫން ވެރިކަމެއް ބޭނުންވެގެން ނުކުތް އެކަކީ ގއ.މާމެންދޫ އަށް އުފަން އަހުމަދު އަޒީޒް (އެންގާ)އެވެ.
އަމިއްލަ ގޮތުން ގއ.މާމެންދޫ ކައުންސިލްކަމަށް މިފަހަރު ވާދަކުރައްވާ އަޒީޒް ސިޔާސީ މައިދާނަށް ނުކުންނެވީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް މަރުކަޒުކަމަށް ނޫނެކޭ ބުނެ ބަދަލަކަށް އެދިގެންނެވެ.
" އޭރު ނުުކުތީ އެމްޑީޕީގެ ފިކުރަށް ތާއީދުކޮށް ބަދަލެއް ބޭނުންވެގެން. އެ ހިސާބުން ސިޔާސީ ދާއިރާ އަށް ނުކުތީ. އެއީ 15 ވަރަކަށް އަހަރު ކުރިން. އޭގ ފަހުން މާމެންދޫ ކައުންސިލްގެ ދެވަނަ ދައުރުގައި ކައުންސިލް ރައީސެއްގެ މަޤާމު އަދާކުރިން. ދެ އަހަރު އަޅުގަނޑު އަދާކުރިން. މާމެންދޫ އިން ފެންނަ ތަރައްޤީ އަކީ އަޅުގަނޑުގެ ދައުރުގައި ފެނުނު ތަރައްޤީ. ބޮޑު މަގެއް ވެސް ހެދި. ރައީސް ޔާމީން ސަރުކާރު އޮތަަސް އޭރުވެސް އެއްބާރުލުން ދީގެން ރަށުގެ ތަރައްޤި އަށް މަސައްކަތް ކުރިން." އޭނާ ވިދާޅުވިއެވެެ.
އޭނާ ވަނީ ސަރުކާރައި އެކު މަސައްކަތް ކުރުމަށް ސަރުކާރުގެ ކެނޑިޑޭޓުންނަށް ވާން ނުޖެހޭކަން އޭނާ ވާނީ ސާބިތުކޮށްދެއްވާފައި ކަމަށް ވިދާޅުވެފައެވެ. ކޮންމެ ފިކުރެއްގެ މީހަކަށް ވިޔަސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށާއި ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގަންނަވައިފި ނަަމަ އިހުލާސްތެރިވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީ އާއި ތަމައްދުން އަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރަށު ފެންވަރުގައި އާއްމުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޒީޒް އަކީ ގެދޮރު އިމާރާތްކުރުމާއި ވިޔަފާރީގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ކުރައްވާތާ 20 ވަރަަކަށް އަހަރުވެފައިވާ އަޒީޒް އަކީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާއިން ކޮންސަލްޓަންސީގެ ޚިދުމަތް ދެމުންދާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ނުވަތަ ކުރީގެ އެމްއެންޑީއެފް ގައި ވެސް މަސައްކަތްކުރައްވާފައެވެ.
ގއ.މާމެންދޫގެ ކައުންސިލް ރައީސް ކަމަށް އަޙްމަދު އަޒީޒް ހޮވިއްޖެ ނަމަ ހަމަ ޔަޤީނުންވެސް ގއ.މާމެންދޫއަށް އޭނަގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެންވެސް ތަރައްޤީ ގެއްނާނެ ކަމީ ޝައްކެތް އޮތް ކަމެއްނޫން.. އަޙްމަދު އަޒީޒު ވަނީ މީގެ ކުރިން އެކަން ސާބިތުކޮށްދީފަ.. ރަށުގެ އެކި ދިމާތަކުގަ ފިނި މައިޒާން ހަދައިދީ.. ކުޑަކުދިންނަށް ޕާކެއް ހަދައިދީ.. މަސްވެރިންނާއި ރަށަށް އަންނަ ދޯނި ފަހަރުގެ މީހުނަށް ފަސޭހައި ސާފު ބޯފެން ލިބޭ ގޮތަށް ސީދާ ޖެޓިއަށް ފެން ހޮޅި އަޅައިދީ.. ރަށުގެ ބޮޑު މަގު ސާފުކޮށް މަގުގެ ދެފަރާތުގައި ގަސް އިންދައިދީ ރަށުގެ ތުނޑިއާ ވީ ކޮޅުގަ ރަށުގެ ރައްޔިތުންނަށް ޕިކްނިކް ޕޮއިންޓެއް ހަދައިދީ.. މިހެން ގޮސް ވަރަށް ގިނަ ކަންތައް އޭނާ ކުރިން ކައުންސިލް ރައީސްގެ މަޤާމުގައި ހުރި އިރުކޮށްފައިވޭ.. އަޙްމަދު އަޒީޒް އަކީ ކައުންސިލް ރައީސް ކަމަށް ޤާބިލް މީހެއް.. އޭނާ އަށް އެކަން ވާނެ..
އެންގާ އަކީ މާމެންދޫ ރައްޔިތުންގެ އިޙްސާސްތައް ދަންނަ ހިތަވަރުގަދަ ބަތަލެއް. ރަށުގެ ތަރައްޤީގެ ބާނީ. އިރާދަ ކުރެއްވިއްޔާ މިފަހަރު ހަމަ އެންގާއަށް
އެންގާ އަކީ ރައްޔިތުންނާ ރައްޓެހި ނަމޫނާމީހެއް