އެކި ސްޓޭޖް ޝޯވްތަކުގައި އާއި މިއުޒިކް ޝޯވްތަކުގެ ތެރެއިން ދިވެހިންގެ ލޭ އެންމެެ ބޮޑަށް ކައްކުވާލަނީ ބޮޑުބެރު ލަވައިންނެެވެ. އެެކި މަސައްކަތްތައް ކުރާއިރު އާއި ހާއްސަކޮށް މަސް ބޭނުންފަދަ ޖޯޝުގައި ކުރާ ކަންކަމުގައިވެެސް ބޮޑުބެރު ލަވައަކީ ދިވެހިންގެ ގާތް ރަހުމަތްތެރިއެކެެވެ. ރާއްޖޭގައި ބޮޑުބެެރު ލަވަތައް ނެރެމުން އަންނަ ގިނަ ގްރޫޕްތަކެއް އޮންނަ އިރު މި ގްރޫޕްތަކުގެެވެސް އެެންމެ އުހުގައި "ފިޔަޖަހަމުން" އަންނަނީ "ހަބޭސް ބޮޑުބެރު" ގްރޫޕެެވެެ.

ބޮޑުބެެރު ލަވައަށް ނެެށުމުގައި މީގެ އަހަރުތަކެއް ކުރިން ފ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ނިލަންދޫ ފިލިގޭ ދޮންބެެ އަކީ މަޝްހޫރު ނަމެެކެވެ. ފިލިގޭ ދޮންބެެ މިއަދު ދުނިޔޭގައި ނެތް ނަމަވެސް އޭނާގެެ މޮޅު ނެެށުމުން ހިތްވަރު ލިބިގެން އެ ރޮނގުން ފިޔަޖަހަމުން އަންނަނީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ނެެށުންތެރިޔާ އަދި އޭނާގެ ކާފަ ދަރިފުޅު ވާސިއު ނަސީރު 21، އެެވެ. ހަގު އުމުރުން ފަށައިގެން ބޮޑުބެރު ލަވައަށް ނެށުމުގައި މަސްއޫލުވެެ އުޅެމުންް އަންނަ ވާސިއު "ވަގުތު" އަށް ބުނި ގޮތުގައި އޭނާ މިހާ ހިސާބަށް އައުމަށް އެެންމެ ބޮޑު ހިތްވަރަކަށް ވީ އޭނާގެެ މަންމަ ފަރާތު ކާފަ ފިލިގޭ ދޮންބެެއެވެެ.

ހަބޭސް ބޮޑުބެރުގެ މެމްބަރު ވާސިއު "ވަގުތު" އަށް އިންޓަވިއު ދެނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިހާރު ހަބޭސް ބޮޑުބެރު ގްރޫޕްގައި އޭނާ އަންނަނީ ނެށުންތެރިއެއްގެެ އިތުރުން ބެކް ވޯކަލިސްޓެއްގެ ދައުރު އަދާކުރަމުންނެެވެެ. ހަބޭސް ބޮޑުބެެރު ގްރޫޕްގެ ހައިރާކީއަށް ބަލާއިރު ވާސިއު އަކީ ކިޓް މެނޭޖަރެވެ. މި ގްރޫޕާ 2018 ވަނަ އަހަރު ގުޅުނު ވާސިއު ބުނާ ގޮތުގައި އެންމެ ފުރަތަމަ ދާއިރާއަށް ލޯހުޅުވުނު ހިސާބުންވެސް ހަބޭސް ބޮޑުބެރު ގްރޫޕާ ގުޅުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ. ނަމަވެސް ހަބޭސް ވާސިއު މި ދާއިރާއަށް އެެޅި ފުރަތަމަ ބިންގަލެއް ނޫނެވެ.

"އަޑު އިވިފަ އޮތް ގޮތުގަ ކާފަ އަކީ މިއަތޮގައި އޭރު އެންމެ މޮޅަށް ބޮޑުބެރަށް ނަށާ މީހާ. ކާފަ ބަލައިގެެން ފުރަތަމަ މިކަމަށް ނިކުތީ. އެެންމެެ ފުރަތަމަ ބޮޑުބެރަށް ނަށަން ފެށީ ރަށުގަ ބޮޑުބެރު ގްރޫޕެއް ހަދައިގެެން." ވާސިއު ބުންޏެވެެ.

އެންމެ ފުރަތަމަ ވާސިއު ސްކޫލް ނިންމުމަށް ފަހު މާލެ އައިސް ގުޅުނީ "ދަންމާނު ބޮޑުބެރު"ގްރޫޕާއެެވެ. ދަންމާނު ބޮޑުބެެރު ގްރޫޕާ 2014 ވަނަ އަހަރު ގުޅުނު ނަމަވެސް ކަން ދިމާކުރި ގޮތުން އެ ގްރޫޕްގައި ވާސިއު އެހާ ގިނަ ދުވަހެއް ހޭދައެއް ނުކުރެއެެވެެ. ތިން މަހެއްހާ ދުވަސް ދަންމާނުގައި އުޅުމަށް ފަހު ބްރޭކަކަށް ފަހު ވާސިއު ދެެން ގުޅުނީ ހަބޭސް ބޮޑުބެެރު ގްރޫޕާއެެވެެ.

ހަބޭސް ބޮޑުބެރުގެ މެމްބަރު ވާސިއު "ވަގުތު" އަށް އިންޓަވިއު ދެނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭރުވެސް ހަބޭސް ބޮޑުބެރު ގްރޫޕާ ގުޅުމުގެެ ހުވަފެން ދެެކެމުން އައި ވާސިއު ބުނީ ދަންމާނުން ވަކިވި އިރުވެސް ހަބޭސްއަށް ވަނުމުގެެ ވިސްނުން ގެންގުޅެމުން ދިިޔަ ކަމަށެެވެ. އަދި އުންމީދުވެސް ކުރީ ކޮންމެެވެސް ދުވަހަކު ހަބޭސް ބޮޑުބެރާ ގުޅެވޭނެ ދުވަހަކަށެވެ.

ކާފަ ހިތްވަރަކަށް ބެެލި ނަމަވެސް ވާސިއު ބުނި ގޮތުގައި މި ދާއިރާއަށް ވަނީ މުސްތޯ ކިޔާ ރަހުމަތްތެެރިއަކާއި އެެކުއެެވެ. މުސްތޮ އަކީ މި ދާއިރާއަށް ވަނުމަށް އެންމެ ބޮޑަށް އެހީތެެރިކަން ފޯރުުކޮށްދިން އެކަކު ކަމަށާއި، އެންމެ ފުރަތަމަ ރަށުންވެސް މި ދާއިރާއަށް ނިކުތީ މުސްތޮ އާއި ދެމީހުން އެކުގައި ކަމަށް ވާސިއު ބުންޏެވެ. މުސްތޮ އަކީ އޭނާ މިހާ ހިސާބަށް އައުމުގައި ހަނދާން ނައްތާލަން ބޭނުން ނުވާ ހެޔޮއެދޭ ރަނގަޅު ރަހުމަތްތެރިއެކެވެ.

އަބަދުވެެސް ބޮޑުބެރުގެެ ރޮނގުން ކާމިޔާބީތަކެއް ހޯދުމުގެ ފޮނި އަޒުމުގަައި ކުޑައިރުން ސުރެ ހުރި ވާސިއު ވަނީ އޭނާާގެެ ހިިތްވަރާއި އެެކު އޭޭރު ހާސިލްކުރަން ބޭނުންވާ އެންމެެ ބޮޑު ކަންތައްވެސް ހާސިިލްކޮށްފައެވެ. ވާސިއު ބުނި ގޮތުގައި އޭޭނާ ކުޑައިރު ވެެސް ނިލަންދޫގައި ބޮޑުބެރު ގްރޫޕެއް އޮވެއެވެ. އެ ގްރޫޕްގައި އޭރު ރަށުގައި ތިބި ފުންނާބު އުސް އުމުރުން ދޮށީ މީހުން ތިބި ކަމަށާއި، އެ ބޮޑުބެރު ގްރޫޕަށް ވަނީީ "ފަތީގެ އެންމެ ކުރިއަށް" އެރުމަށްް އަޒުމު ކަނޑައަޅަައަޅަައިގެން ކަމަށް ވާސިއު ބުންޏެވެ. އެކަންވެސް ހާސިލްްކޮށް ވާސިއު ވަނީީ ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ.

ހަބޭސް ބޮޑުބެރުގެ މެމްބަރު ވާސިއު "ވަގުތު" އަށް އިންޓަވިއު ދެނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އެެ ގްރޫޕަކީ އޭރު ފ. އަތޮޅާ ދ. އަތޮޅާ ދެމެދުގައި ބޭއްވި ބޮޑުބެެެރު ޗެލެެންޖުން އެއްވަނަ ވެސް ހޯދި ގްްރޫޕް. ދެން ބޭނުންވީ ހަބޭސް އަށް ވަަންނަން. މިއީ މިހާރު ހަބޭސްގެެ މެންބަރެއް" ކާމިޔާބީތައް ހިއްސާކުރަމުން ވާސިއު ފަހުރުވެރިކަމާއި އެކު ބުންޏެވެ.

"ސިނަމާލެެ" ބްރިިޖް ހުޅުވުމަށްް ބޭއްވި ހާއްސަ ރަސްމިއްޔާތަކީ ހަބޭސް ބޮޑުބެެރު ގްރޫޕަށް ވާސިއުވެސް ބިސްމި ކިޔާފައި ވަތް ދުވަހެވެ. ބޮޑުބެެރު ގްރޫޕްގައި އުޅެމުން އަންނަތާ މިހާރު ތިން އަހަރަށްވުރެެެ ދުވަސްްވެފައިވާއިރު، އޭނާ އަދިވެެސް ފާހަގަކުރަނީ ހަބޭސް އަކީ ރާއްޖޭގެ "ނަމްބަރ 1"ގެ ގޮތުގައެވެެ. ވާސިއު ބުނި ގޮތުގައި އާއިލާ ނޫން ނަމަވެެސް ހަބޭސް ބޮޑުބެެރު ގްރޫޕަކީ އެއް އާއިލާއެއްހާ ރަަހުމަތްތެރި، އަދި ބަދަހި ގުޅުމެއް އޮންނަ ގްރޫޕެެކެެވެ.

މިި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އޭޭނާ ވަނީ ހާއްސަ މެސެޖެއް ދޫކޮށްލާފައެވެ.

"ކުރާހިތުންް ކޮށްްފިއްޔާ ކޮންްމެ ކަމެއްގަވެސް ކުރިއަށް ދެވިދާނެ. މީގެ ބޭނުންވާނީ ހިތްވަރު. ވަގުތު އެކަމަކަށް ދީގެން ވަގުތު ހޯދައިގެން މިކަންވެސް ކޮށްފިއްޔާ ކޮޮންމެެ މީހަކަށްވެސް ކުރިއަށް ދެވިދާނެ މިި ދާއިރާއިންް. މިއީ ރަަނގަޅު މީހުން ބަލައިގަންނާނެ ދާއިރާއެއް" ވާސިއު ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހެޔޮ އެދޭ މީހާ

  ތިޔަކީ އަހަރެމެން ބަލައިގަންނަ ދާއިރާއެއް ނޫން

  11
  3
 2. އުގުރި

  މިއުޒިކަކީ އެއާއި އެއްކޮށް މަދަހަ ކިޔަސް. ޘަނާ ކިޔަސް. ޤު ރްއާން ކިޔެވިޔަސް. ބެ ރު ޖެހިޔަސް. އެއީ ކަނޑައެޅިގެންވާ ޙަ ރާމް އެއްޗެކެވެ.

  7
  2