މިއުޒިކީ ފަންނުވެރިކަމުގެ ދާއިރާއަކީ މިއަދު ރާއްޖޭގެ ޒުވާނުންގެ މެދުގައި ވެސް އެެންމެ ޝައުގުވެރިކަން ބޮޑު އެއް ދާއިރާއެވެ. ހަގު އުމުރުން ފަށައިގެން މި ދާއިރާގައި ފިޔަ ޖަހަމުން އަންނަ އެތައް ތަރިންނެއް އަހަރުމެންގެ މި ކުޑަ އާބާދީގެ ތެރޭގައިވެސް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ އެންމެ ގިނަ ބަޔަކު މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުންނަނީ ސަގާފީ ބޮޑުބެރާ މެދުގައި ކަން އެއީ ޝައްކު ހިނގާ ކަމެއް ނޫނެވެ.

މިހާރު ބޮޑުބެރު ގްރޫޕް "ހަބޭސް"ގައި ލީޑް ގިޓަރިސްޓެއްގެ މަގާމު އަދާކުރަމުން އަންނަ އުމުރުން 30 އަހަރުގެ ހުސައިން ވަހީދު (އިންޑި) ވެސް އަލަށް މި ދާއިރާއަށް ވަތް އިރު އޭނާއަކީ ސްކޫލެއްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ. އެެންމެ ފުރަތަމަ ގިޓާ ކުޅުމުގެ ހުނަރު ދަސްކުރުމަށް ހިތް ޖެހުނު ނަމަވެސް މިއަދު ހުރި ހިސާބަށް މި ދާއިރާ އިން ދެވޭނެ ކަމަށް އޭނާގެ ހުވަފެނުގައި ވެސް ނުފެނެއެވެ.

އއ. ރަސްދޫއަށް އުފަން އިންޑި ފުރަތަމަ ގިޓާ ކުޅޭ ހިތްވީ ސްކޫލްގައި ކިޔަވަން އުޅުނު ޒަމާނުގައެވެ. ރަށަށް އޭރު އީދު ޝޯތައް ދިނުމަށް ދާ މީހުން ގިޓާ ކުޅޭ ތަން ފެނި އެކަމަށް ގަޔާވީއެވެ. ދެހާހުގެ އަހަރުތަކުން ފެށިގެން ރަސްދޫއަކީ އީދުތަކުގައި ޝޯތައް ބާއްވާ މިއުޒިކަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން ދިޔަ ރަށެކެވެ. އެންމެ ފުރަތަމަ އަތުގައި ގިޓައެއް ނެތް އިރު އޭގެ ވާނުވާ އެއްވެސް މިންވަރަަކަށް އޭރު ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އިންޑި މީގެ އަހަރުތަކެއް ކުރިން

އަމިއްލަ ގިޓައެއް އޭރު އަތުގައި ނެތް ނަމަވެސް އިންޑި އޭރު ނިންމީ ފޫހި ފިލުވާލަން ވިޔަސް ރަހުމަތްތެރިއެއް ގާތަށް ގޮސް ގިޓާ ކުޅެެން ދަސްކުރުމަށެވެ. ގިޓާ ގެންގުޅުނު ކުއްޖާ އަކީ ވެސް އޭރު އިންޑި ފަދަ އުމުރުން ވަރަށް ހަގު ކުއްޖެކެވެ. ކަން ދިމާކުރި ގޮތުން އެ ދެެ މީހުންގެ ތެރެއިން އެކަކަށްވެސް އޭރު ގިޓާކުޅެން ނޭނގެއެވެ.

"ފުރަތަމަ ރަށު ކުދިންތަކެއް ގިޓާ ކުޅޭތަން ފެންނަނީ. އޭރުގަ ގިޓަޔަކީ ކޮން އެއްޗެއް ކަމެއް ނޭނގެ. ދެން އެމީހުން މަގުތަކުގެ ކަންމަތީގައި އާއި ފާރުތަކުގެ މަތީގަ ކުޅޭތަން ފެނުނީމަ ކުޅޭ ހިތުންް އެމީހުން ކައިރީގަ ބުނަނީ ދީބަލާށޭ ތި ގިޓާ. އޭރު ނޭނގެ އެއީ ކޮން އެއްޗެއް ކަމެއް ވެސް. ދެން މަޑުމަޑުން އޭގެ ތެރެެއަށް ވަދެވުނީ" އަލަށް ގިޓާކުޅެން ދަސްކުރި ހަނދާންތައް އާ ކުރަމުން އިންޑި ކިޔައިދިނެވެެ.

އޭގެ ފަހުން އިންޑި ގިޓާކުޅުން އެހެން ހަރުފަތަކަށް ގެންދިއުމަށް މަޑުމަޑުން މަސައްކަތް ފެށިއެވެ. އެންމެ ފުރަތަމަ އެކުގައި ކިޔަވަން އުޅުނު މީހަކާއި އެހެން ދެ މީހެއް ހިމެނޭހެން "ރޮޓޭޝަން" ނަމަކަށް ކިޔާ ބޭންޑެއް ހަދާ މިއުޒިކް ޝޯތަކާއި، އެހެން މުނާއްސަބަތުތަކުގައި ހަތަރު ޒުވާނުންގެ ހުނަރު ދައްކަން ފެށިއެވެ. މިކަން އިންޑި އަށް ކިތަންމެ ބޮޑު ކުރިއެރުމެއް ލިބުނު ކަމުގައި ވިޔަސް އެމީހުންގެ ހުނަރު ދެއްކުމަށް ރަށުގައި ވީ އުނދަގޫ ކަމަކަށެވެ. ރަށުގެ އާބާދީ ކުޑަވުމުގެެ ސަބަބުން ލިބުނު ސަޕޯޓުވެސް ކުޑައެވެ.

އިންޑި ޝޯއެއްގައި.

ގިޓާ ކުޅުމުގެ އިތުރުން އިންޑިއަކީ ރޮކް މިއުޒިކް ކިއުމަށްވެސް ލޯބިކުރާ އެކަމަށް ކުޅަދާނަ ފަރާތެކެވެ. އިންޑި ބުނި ގޮތުގައި އަލަށް ލަވަކިޔަންވެސް އޭނާއަށް ދަސްވީ މި ބޭންޑާއެކު ކުރި މަސައްކަތުގެ ތެެރެއިންނެެވެ.

"އެންމެ ފުރަތަމަ ލަވަ ކިޔަން ފެށީވެސް ހަމަ އެ ބޭންޑުގައި އުޅެމުން. އޭރު އެއްކޮށް އުޅުނު ލަވަ ކިޔާ ކުއްޖަކު ބޭންޑާ ވަކިވެގެން ދިޔަ ހިސާބުން ލަވަ ކިޔަން ޖެހުނީ. ދެެން އެކަމަށް ވެސް ރަހުމަތްތެެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު." އިންޑި ބުންޏެވެ.

ދެހާސް ދިހަ ވަނަ އަހަރުން ފެެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް އިންޑި މަސައްކަތް ކުރީ އެ ބޭންޑުގައެވެ. ހަ އަހަރަށް ފަހު އެ ހިސާބުން ބޭންޑު ދޫކޮށްް މާލެ ބަދަލުވާން ޖެެހުނު ކަމަށާއި، ބޭންޑު ދޫކޮށްލަން ޖެހުމުން ވެސް ދެރަވިކަމަށް އިންޑި ބުންޏެވެ. އަދި މާލެ އައުމުގެ ކުރިން ބޭންޑުގެ މީހުންނާ ވަކިން ބައްދަލުވެސް ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ލިބުނު ކުއްލި ފުރުސަތަކާއެކު އަލަށް ހަބޭސްއަށް އިންޑި ވަދެފައި ވަނީ 2017 ވަނަ އަހަރުގެ ރޯދަމަހުގެ ތެރޭގައެވެ. އިންޑި ބުނި ގޮތުގައި އޭނާ އަށް އަލަށް ހަބޭސް އަށް ވަދެވުނީ ހަބޭސް ސްޓޫޑިއޯއަށް ދިޔަ ރެއަކު އެ ބޮޑުބެރު ގްރޫޕުގެ އެންމެ އިސް ފަރާތް ދިން ދައުވަތަކާ ގުޅިގެންނެވެ.

އިންޑި އެންމެ ފުރަތަމަ ޝޯގެ ތެރެއިން ލަވައެއް ހުށަަހަޅައި ދެނީ

ހަބޭސް އިން އަލަށް ފުރުސަތު ލިބުނު އިރު އިންޑިގެެ އެންމެ ބޮޑު ހުވަފެނަކަށް ވެފައި އޮތީ ގިނަ ބައެއްގެ ކުރިމަތީގައި އޭނާގެ ހުނަރު ދައްކާލުމެވެ. ހަބޭސްއާ ގުޅި އެންމެ ފުރަތަމަ މަހުގެ ތެރޭގައިވެސް އެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި، ހަބޭސްއަށް ވަދެ އިންޑި ބައިވެރިވި ފުރަތަމަ ޝޯއަކީ އީދު ފާހަގަކުރުމަށް ކާނިވަލުގައި ބޭއްވި ޝޯ ކަމަށް އޭނާ ބުންޏެވެ. މިއީ އަބަދަށްވެސް ހަނދާނުގައި ހުންނާނެެ ޝޯއެއް ކަމަށާއި، އެއީ މި ދާއިރާއަށް ވަތް ފަހުން ވެސް އެންމެ އުފާވި އެއް ރޭ ކަމަށް އިންޑި ފާހަގަކުރިއެވެ.

އިންޑި ހަބޭޭސް އަށް ވަނުމުން އާއިލާއިންނާއި ރަހުމަތްތެރިން ވެސް އެކަަމަށް ވަރަށް ސަޕޯޓުކުރިކަމަށް އިންޑި ބުންޏެވެ. ހަބޭސް އަށް ވަނުމުން ރަހުމަތްތެރިންްނާއި އާއިލާއިން ގުޅާ އެކަމަށް ހިތްވަރު ދިންކަމަށް އޭނާ ބުންޏެވެެ.

މި ދާއިރާއިން މިހާރު އެންމެ ހާސިލްކުރަންް ބޭނުންވާ ކަމަކީ ލަވަ އަލްބަމެއްް ހެދުމެއް ކަމަށް އިންޑި ބުންޏެވެ. މިއީ ހަބޭސްގައި ކުރަމުން އަންނަ މަސައްކަތްތަކުން ބޭރުން އިންޑި ކުރަމުން އަންްނަ މަސައްކަތެެކެވެެ. މިހާރުވެސް އޭނާ ވަނީ މި ލަވަ އަލްބަމަށް މަސައްކަތް ފަށާ ފުރަތަމަ ސާމްޕަލް ލަވައިގެ ބޮޑުބައި ނިންމާލާފައެވެ.

ހަބޭސް ބޮޑުބެރު ގުރޫޕް ގައި ލީޑް ގިޓަރިސްޓެއްގެ މަގާމު އަދާކުރަމުން އަންނަ ހުސެއިން ވަހީދު "ވަގުތަށް" އަށް އިންޓަވިއު ދެނީ- ވަގުތު އިމޭޖަސް-- މުހައްމަދު އަފްޒަލް

"ސާމްޕަލްއަކަށް އެެއް ލަވަ ނެރެންް މި މަސައްކަތްް ކުރަނީ. އިރާދަކުރެއްވިިއްޔާ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެެ ތެރޭގައި ސާމްޕަލް ލަވަ ނެރޭނަން" އިންޑި ބުންޏެވެ.

ރޮކް މިއުޒިކަށް ލޯބިކުރާ އިންޑި މިހާތަނަށް ވަނީ އަމިއްލަ ރާގުގެެ ފަސް ލަވައެެއްް ނެރެެފައެެވެ. މީގެ އިތުރުން ބައެއް ކަވަ ލަވަތައްވެެސް ކިޔާފައިވާނެ ކަަމަށާއި، މި ލަވަތައް މީހުން ބަލައިގެެންފައިވާކަމަށް އޭނާ ބުންޏެެވެ. އިންޑި ބުނި ގޮތުގައި މި ދާއިިރާއިން އޭނާއަށް އެންްމެ ބޮޑު ސަޕޯޓެއްް ލިބެމުން އަންްނަނީ ރަހުމަތްތެެރިންގެ ފަރާތުންނެެވެ. ރަހުމަތްތެރިންގެެ އިތުރުން އާއިލާއިން އަދި، ލޯބިވެރިޔާގެ ފަރާތުންވެސް އަންނަނީ ބޮޑު ސަޕޯޓެއް ލިބެެމުން ކަމަށް އިންޑި ބުންޏެވެ.

އިންޑިގެ އަބަދުވެސް ހުވަފެނަކީ އަމިއްލަ ލަވަތަކާއި އޭނާ ބޭނުންވާ ސްޓައިލްގެ ލަވަތައް ކިޔައިލެވޭ އަމިއްލަ ބޭންޑެއް ވުޖޫދަށް ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޅެފަހެ....

    އަޅެ ތިޔަށްވުރެން ތަންކޮޅެއް ޑީސަންޓްކޮށް ހުރިއްޔާ ބޮޑުބެރު ނުޖެހެނީތަ؟ މިބުނީ ބޯވެސް އެހައި ދިގުނުކޮށް، ކަންފަތުގަ މުދި ނުލާ، ކަރުގަ ޗޭނާއި، ރަބަރު ޓަޔަރު ނާޅަ އުޅުނިއްޔާ އަޅެފަހެ ބޮޑުބެރު ނުޖެހެނީ ހެއްޔޭ؟

    24
    9
  2. ބޯހަލާކު ތަކުރު

    ބޮޑުބެރު ގުރޫޕުގަވެސް ގިޓަރިސްޓުން ތިބޭތަ؟

    17
    1
    • ރަދީފް

      ކެކެކެކެކެކެ.

  3. ހެޔޮއެދެެޭ

    ތެދުމަގު ދައްކަވާށި!

    21
    2
    • ޙަމިނީ

      ކޮން ތެދު މަގެއްގެ ވާހަކަ ތިދައްކަނީ، ކަލޭ ތެދު މަގުން ގޮސް ވެއްޓެންވީ ނޫން، މަޖީދީ މަގު ތެދު ނޫންތައް

      1
      1
  4. Anonymous

    ވަރަށް ލޯބިވޭ.. އަބަދުވެސް އެދެނީ އުފަލުގަ ހުންނަން.. ކުރާ ކޮންމެ ކަމަކުން ކާމިޔާބީ މިންވަރު ކުރަށްވާށި.. އާމީން.. އިރާދަކުރެވިއްޔާ އައި ވިލް ބީ ދެއަރ ވިތް ޔޫ އޯލްވޭސް.. ޔޫ އާ މައި ޖަންނަތު މައި ހެވަން މައި ލައިފް މައި އެވްރީ ތިންގް.. އައި ލަވް ޔޫ މައި ލަވް..😘

    6
    5
  5. ފޯރޓިޝް

    ލުކްސް 40! މީގެ އހަރު ތަކެއް ކުރިންނޭ ކިޔާފަ ޖަހާފަ ހުރި ފޮޓޯ އެއީ ރިއަލް 30 ހެން ހީވަނީ! މީ މަގޭ ހިޔާލް! މިހާރު 30 ވާ އެއްމެން ހެން ވ ޅަ ކޮށް ތިބެނީ ތީ 40

    1
    3
    • Anonymous

      މާ ބޮޑަށް އިނގެނީ ތި.. ތިހާ ބޮޑަށް ނުވާނެ އިނގޭކަށް.. ތި ބޭފުޅާ އަށް ވުރެންވެސް އުމުރުގެ ގޮތުން ހަގު ވާނެ.. ރީތިވެސް ވާނެ.. ޝުކުރިއްޔާ.. މީ ވަރަށް ވާހަކަ 🙌🏻

      3
      1
      • އަލި

        ތިބުނާ ރީތި ކަމަކީ ކޮބާތަ؟... ކިތަންމެ ސިފަ ރީއްޗަސް މަރުވެގެން 3 ދުވަސް ވާއިރަށް ގިރިގެން ދާން ފަށާނެ.. ދެން ކޮން ފޮންޏެއް ތިވަނީ.. ގައިމުވެސް މިޔުޒިކްް ކުޅުމަކީ ހުއްދަ ކަމެއް ނޫން... ދެންވެސް ބާރަށް އަތްޖަހާ... ކަލެއަށް މާބޮޑަށް ތިއޮތީ އެނގިފަ

        1
        1